ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/334 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
* *ވ ·
ލައްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 334/HC
-
A/2012
• އިސްތިއުނާފް ކުރި ފަރާތް:
* ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 245
/
2001-C
* ވަކީލް: އދ. ޙަސަން މަޢާޒް ޝަރީފް، މ. ވެލަގަލި/ މާލެ
• އިސްތިއުނާފް ރައްދުވާ ފަރާތް
* ނަން: އަޙްމަދު
ދާއިމީ އެޑްރެސް: މީނާޒް/ ބ. މާޅޮސް
އައި.ޑީ.ކާޑު ނަންބަރު: A011906 * މިހާރުގެ އެޑްރެސް: ކުރަހާގެ ބ. މާޅޮސް
* ވަކީލް: އދ. ޢަރީފް އަޙްމަދު ނަޞީރު، ނަސްފަރު
ދަރަވަންދޫ
* ނަން: ޢަބްދުﷲ ކަމާލު
* ދާއިމީ އެޑްރެސް: ޕިކްނިކް މ. މަޑުއްވަރީ
އައި.ޑީ.ކާޑު ނަންބަރު: A032669 * މިހާރުގެ އެޑްރެސް: ހ. އޯޝަނިކް ބިލްޑިންގ! މާލެ
.1
.2
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 މުޙައްރަމް 1434
06 ޑިސެމްބަރ 2012
ނިމުނު ތާރީޚް: 15 މުޙައްރަމް 1435
19 ނޮވެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/Cv
-
C/1491
ނިންމިކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
މައްސަލަބެވީ ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ،ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
*
2
2012/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
/
OX
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1491 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
8
މާޅޮސް މީނާޒް އަޙްމަދު ފިރާޤާއި،
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާ
ފަރާތްތަކަކީ
މ. މަޑުއްވަރީ ޕިކްނިކް ޢަބްދުﷲ ކަމާލުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1491 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1491 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
މާޅޮސް މީނާޒް އަޙްމަދު ފިރާޤްދެމެދު 31 އޮކްޓޯބަރ 2007 ވަނަ ދުވަހު ކުރެވުނު ނަންބަރު:
07100573 ފައިނޭންސް ލީސް އެގްރީމެންޓާއި، އެމުޢާމަލާތާ ގުޅިގެން 06 އޯގަސްޓް 2009 ވަނަ ދުވަހު
ކުރެވުނު ރީސްޓޭޓަޑް ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ލިމިޓެޑާއި،
oec
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕްރައިވެޓް ލިމިޓެޑަށް އަޙްމަދު ފިރާޤް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވުމުގެ
ސަބަބުން 14 އޯގަސްޓް 2010 ވަނަ ދުވަހުގެ ނިޔަލަށް އަޙްމަދު ފިރާޤް ނުދައްކައިވާ އެންމެހައި ލީސް
ރެންޓަލްސްއާއި، ޤާވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، އަޙްމަދު ފިރާޤް
ފައިނޭންސް ލީސް އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ
ވަކީލުންގެ ފީއާއި، ކޯޓުފީއާއެކު ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ އެކުޖުމްލަ 1,544,129
/
12ރ. (އެއްމިލިއަން ފަސްލައްކަ ސާޅީސް
ހަތަރުހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ | ބާރަ ލާރި) އަކީ އަޙްމަދު ފިރާޤް އާއި، މިމުޢާމަލާތުގައި
ގެރެންޓަރެއްގެ (ޔަޤީންކަންދިން ފަރާތް) ގޮތުން ބައިވެރިވި މަޑުއްވަރީ ޕިކްނިކް ޢަބްދުﷲ ކަމާލު
ދައްކަންޖެހޭ ފައިސާއެއްކަމުގައި ބުނެ، މިފައިސާ ލިބުމަށް އެދި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ މައްޗަށް ހުށަހެޅުމުން ބެލެވިފައިވާ
:
މައްސަލައެއްކަން އެނގެންއޮވެއެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1491 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީޒިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 24512001-C) އާއި، މާޅޮސް | މީނާޒް، އަޙްމަދު ފިރާޤް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A011906) އާއި ދެމެދު 31 އޮކްޓޯބަރ 2007 ވަނަ
ދުވަހު ކުރެވުނު ނަންބަރު: 07100573 ފައިނޭންސް ލީސް އެގްރީމެންޓާއި، އެމުޢާމަލާތާއި ގުޅިގެން 06
އޯގަސްޓް 2009 ވަނަ ދުވަހު ކުރެވުނު ރީސްޓޭޓަޑް ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަޙްމަދު ފިރާޤް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ
ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން 14 އޯގަސްޓް 2010 ވަނަ ދުވަހުގެ ނިޔަލަށް އަޙްމަދު ފިރާޤް
ނުދައްކާވައި އެންމެހައި ލީސް ރެންޓަލްސްއާއި، ޤާވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެ28
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2012}HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖޫރިމަނާއާއި، އަޙްމަދު ފިރާޤް ފައިނޭންސް ލީސް އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ
ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓުފީއާއެކު، ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ އެކުޖުމްލަ 1,544,129
/
12ރ.
(އެއްމިލިއަން ފުސްލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ ބާރަ ލާރި) އަކީ އަޙްމަދު ފިރާޤް
އާއި، މިމުޢާމަލާތުގައި ގެރެންޓަރެއްގެ (ޔަޤީންކަންދިން ފަރާތް) ގޮތުން ބައިވެރިވި މ. މަޑުއްވަރި | ޕިކްނިކް،
ޢަބްދުﷲ ކަމާލު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު: A032669) ދައްކަންޖެހޭ
ފައިސާއެއްކަމުގައި ބުނެ، މިފައިސާ ލިބުމަށް އެދި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން
ބެލިއިރުގައި،
*2
2 22 22 2
49202
31 އޮކްޓޯބަރ 2007 ވަނަ ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި އަޙްމަދު ފިރާޤް އާއި ދެމެދު ނަންބަރު: 07100573 ފައިނޭންސް ލީސް އެއްބަސްވުން
ވެފައިވާކަމާއި، އެމުޢާމަލާތާއި ގުޅިގެން 06 އޯގަސްޓް 2009 ވަނަ ދުވަހު ރީސްޓޭޓަޑް ފައިނޭންސް ލީސް
އެއްބަސްވުމެއް މިދެފަރާތުގެ ދެމެދުގައި ވެފައިވާކަމާއި، އަދި އެއްބަސްވުމަށް ޔަޤީންކަން ދިނުމަށްޓަކައި،
ގެރެންޓަރެއްގެ ޙައިޘިއްޔަތުން ޢަބްދުﷲ ކަމާލު ބައިވެރިވެފައިވާކަމާއި، ދެފަރާތުގެ ދެމެދުގައި
ވެފައިވާ ފައިނޭންސް ލީސް އެއްބަސްވުމުގައިވާ ގޮތުގެމަތީން އަޙްމަދު ފިރާޤް ޢަމަލުކޮށްފައި ނުވުމުގެ
ސަބަބުން، ލީސް ރެންޓަލްސްގެ ގޮތުގައި -/
1,432,800ރ. (އެއްމިލިއަން ހަތަރުލައްކަ ތިރީސް ދެހާސް
އަށްސަތޭކަ ރުފިޔާ) އާއި، އެއްބަސްވެފައިވާ ގޮތުގެމަތީން ލީސް ރެންޓަލްސްއަށް ފައިސާ ނުދެއްކުމުގެ ސަބަބުން
ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 35,136
/
20ރ. (ތިރީސް ފަސްހާސް އެއްސަތޭކަ ތިރީސް ހަ ރުފިޔާ
ވިހިލާރި) އާއި އެކުޖުމްލަ 1,467,936
/
20ރ. (އެއްމިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަތްހާސް ނުވަސަތޭކަ
ތިރީސް ހަރުފިޔާ ވިހިލާރި) އަކީ އަޙްމަދު ފިރާޤްއާއި ޢަބްދުﷲ ކަމާލު ދައްކަންޖެހޭ ފައިސާއެއްކަން 2 ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެފަރާތުގެ ބަޔާންތަކުން ޝަރީޢަތަށް ސާބިތުވާކަމާއި، މިފައިސާގެ އިތުރުން، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ 51,167
/
92ރ.
(ފަންސާސް އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ | ނުވަދިހަ ދެލާރި) އާއި ކޯޓު ފީގެ ގޮތުގައި
ހޯދުމަށް އެދިފައިވާ -251 (ފަންސަވީސް ރުފިޔާ) އާއި، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ
-/25,000 (ފަންސަވީސްހާސް ރުފިޔާ) އަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް އަޙްމަދު ފިރާޤް އާއި،
ޢަބްދުﷲ ކަމާލު ބުނެފައިވާއިރު، ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ 51,167192ރ.
(ފަންސާސް އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ / ނުވަދިހަ ދެލާރި) އަށް ޝަރީޢަތުން
ބެލިއިރުގައި، ދަޢުވާއާއެކު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ
ޑޮކިއުމެންޓް 3 "ލީސް ކުރެވިފައިވާ ކުރުން ބާޠިލް ކުރުމާ ބެހޭ" ލިޔުމަށް ބަލާލުމުން، ބާޠިލްކުރެވިފައިވަނީ،
ލީސް ކުރުން ކަން އެނގެން އޮތްކަމާއި، ލިކުއިޑޭޓެޑް ޑެމޭޖަސްއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ 17.3 ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކަމުގައިވުމުން، މިފައިސާއަކީ އަޙްމަދު
ފިރާޤް އާއި، ޢަބްދުﷲ ކަމާލު ދައްކަންޖެހޭ ފައިސާއެއްކަމާއި، ކޯޓު ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -251ރ.
(ފަންސަވީސް ރުފިޔާ) އަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 17.4 ވަނަ ނަންބަރުގެ ދަށުން
ދައްކަންޖެހޭ ފައިސާއެއްކަމުގައިވުމުން، މިފައިސާއަކީ އަޙްމަދު ފިރާޤް އާއި، ޢަބްދުﷲ ކަމާލު ދައްކަންޖެހޭ
ފައިސާއެއްކަމާއި، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -;25,000ރ. (ފަންސަވީސްހާސް
ރުފިޔާ) ނަގައިދިނުމަށް ޝަރީޢަތުން ބެލިއިރުގައި، ޤާނޫނު ނަންބަރު: 6/2008 (ޢާންމު ޤަވާޢިދުތަކާބެހޭ
ޤާނޫނު) ގެ ދަށުން ބާރު ލިބިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ޤަވާޢިދުގެ 5.4 ވަނަ
މާއްދާގައި، "ވަކީލާއި މުވައްކިލާ ދެމެދުގައިވެވޭ ފީގެ އެއްބަސްވުން އޮންނަންވާނީ، ވަކީލުގެ މަސައްކަތް
ފެށުމުގެކުރިން ލިޔެވި، ދެފަރާތުން ސޮއިކުރެވިފައިކަމަށް" ބަޔާންކޮށްފައިވާހިނދު، މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މިމައްސަލާގައި މިފަދަ އެއްބަސްވުމެއް ހުށަހަޅާފައި ނުވާތީ،
މިފައިސާއަކީ މިޙާލަތުގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަމާއި، މިމައްސަލާގައި ދައްކަންޖެ
19
22
.
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012}HC-A/334
ސާބިތުވެފައިވާ އެކުޖުމްލަ 1,519,129
/
12ރ. (އެއްމިލިއަން ފަސްލައްކަ ނަވާރަހާސް އެއްސަތޭކަ ނަވާވީސް
ރުފިޔާ ( ބާރަލާރި) އަކީ އަޙްމަދު ފިރާޤް އާއި، ޢަބްދުﷲ ކަމާލު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
މިފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި،
މިއަދު 24 ޖޫން 2012 ވަނަ ދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް
މަދުވެގެން އެމަހަކަށްޖެހޭވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެމުއްދަތުގެ ތެރޭގައި އެއްކޮށް
ދައްކައި
ޚަލާސް ކުރުމަށް މާޅޮސް | މީނާޒް، އަޙްމަދު ފިރާޤް އާއި މ. މަޑުއްވަރި ! ޕިކްނިކް، ޢަބްދުﷲ ކަމާލު
އަށް ޣައިރު ޙާޟިރުގައި އަންގައި ޙުކުމްކޮށްފީމެވެ" މިހެންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1491 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށްނޫންކަމަށްބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
02x2&2
ފުރަތަމަ ނުކުތާއަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
(އެމް.އެފް.އެލް.ސީ) އަޙްމަދު ފިރާޤް ދެމެދު ކުރެވުނު ފައިނޭންސް ލީސިންގ އެގްރީމެންޓުގެ 17.2 ވަނަ
މާއްދާގެ ދަށުން، އަޙްމަދު ފިރާޤް އެގްރީމެންޓާ ޚިލާފުވުމުގެ ސަބަބުން ޤާނޫނީ ފިޔަވަޅު އެޅުމަށާއި
އެމް.އެފް.އެލް.ސީ ގެ ޙައްޤުތައް ހޯދުމަށާއި އެގްރީމަންޓް ތަންފީޛުކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ދިނުމަށް
އަޙްމަދު ފިރާޤް އެއްބަސްވެފައިވާހިނދު، ޤާނޫނީ ވަކީލެއްގެ ލަފާއާއި އެހީތެރިކަން ހޯދަންޖެހި އެކަމަށް ޖުމްލަ
-/25,000ރ. (ފަންސަވީސްހާސް ރުފިޔާ) ޚަރަދުވެފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެންއޮތްއިރު
ޝައި%
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަކީލާއި މުވައްކިލާ ދެމެދު ލިޔުމުން ވެފައިވާ ވަކި އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައިނުވާތީ ވަކީލުގެ ފީ
ނަގައި ނުދެވޭނެކަމަށް ނިންމާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 04/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23
ވަނަ މާއްދާއަ ޚިލާފަށް ނިންމާފައިވާ ނިންމެ
ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި
22 / ))
ނެކެއވާ
ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން މި ބާވަތުގެ އެހެން މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ
އެހީތެރިކަން ހޯދުމަށް ކޮށްފައިވާ ޚަރަދު ނަގާދީފައިވާއިރު މި މައްސަލާގައި ޤާނޫނީ ވަކީލާއި އެމް.އެފް.އެލް.ސީ
އާ ދެމެދު ކޮށްފައިވާ އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައި ނެތުމުން ޤާނޫނީ ވަކީލުގެ ޚަރަދު
ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ
މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ޙައްޤާ ޚިލާފު ނިންމުމެއްކަމަށާއި، އަދި އެނިންމެވުމަކީ
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ތަޢާރުޞުވާ ނިންނެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
19
2 22 22
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުން މި ބާވަތުގެ އެހެން މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ
އެހީތެރިކަން ހޯދުމަށް ކޮށްފައިވާ ޚަރަދު ނަގާދީފައިވާއިރު މި މައްސަލާގައި ޤާނޫނީ ވަކީލާއި އެމް.އެފް.އެލް.ސީ
އާ ދެމެދު ކޮށްފައިވާ އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައި ނެތުމުން ޤާނޫނީ ވަކީލުގެ ޚަރަދު
ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވުމަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށް ނިންމަވާފައިވާ ނިން
އަދި އެ ނިންމެވުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި
0
4
2
04 ހދޗް
ނނ930ކ9ނއި،
ކުهއވާ
ހަތަރުވަނަ ނުކުތާއަކީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ވަނަ މާއްދާގެ
ތަބާވާންވާނެކަމަށް
143
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2012}HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 186/HC
-
A/2010 ޤަޟިއްޔާގައި 10 އޭޕްރިލް
2012 ގައި ކުރައްވާފައިވާ ޙުކުމުގައި ޤާނޫނީވަކީލްގެ ފީގެ ގޮތުގައި އެމް.އެފް.އެފް.ސީ އިން ޚަރަދުކޮށްފައިވާ
ފައިސާ ނަގައިދޭންޖެހޭނެކަމަށް ކުރީގެ މަދަނީ ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްފައިވާއިރު އެމް.އެފް.އެލް.ސީ
އިން މަދަނީ ކޯޓަށް އެ މައްސަލަ ހުށަހެޅިއިރު ޤާނޫނީ ވަކީލުގެ ފީއާގުޅޭ ވަކި އެއްބަސްވުމެއް
ހުށަހަޅާފައިނުވާއިރު، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ގޮތާ ޚިލާފަށް މިމައްސަލާގައި ސިވިލް ކޯޓުން
މިގޮތަށް ނިންމަވާފައިވުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
02x2c2
5. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1491 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިއެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
کو کرفسر
(ހ) ފުރަތަމަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބ. މާޅޮސް މީނާޒް އަޙްމަދު ފިރާޤް އާއި މ. މަޑުއްވަރީ ޕިކްނިކް ޢަބްދުﷲ ކަމާލުގެ މައްޗަށް ސިވިލް ކޯޓަށް
ހުށަހެޅި މައްސަލައަކީ އެކުންފުންޏާއި ބ. މާޅޮސް މީނާޒް އަޙްމަދު ފިރާޤް ދެމެދު 31 އޮކްޓޯބަރ 2007 ވަނަ
ދުވަހު ކުރެވުނު ނަންބަރު: 07100573 ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަޙްމަދު ފިރާޤް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް
ދައްކާފައިނުވުމުގެ ސަބަބުން 14 އޯގަސްޓް 2010 ވަނަ ދުވަހުގެ ނިޔަލަށް އަޙްމަދު ފިރާޤް ނުދައްކައިވާ
އެންމެހައި ލީސް ރެންޓަލްސްއާއި، ޤާވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާގެ
37
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2012/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަޙްމަދު ފިރާޤް ފައިނޭންސް ލީސް އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް
ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓުފީއާއެކު ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ އެކުޖުމްލަ 1,544,129
/
12ރ.
(އެއްމިލިއަން ފަސްލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ / ބާރަ ލާރި) އަކީ އަޙްމަދު
ފިރާޤް އާއި، މިމުޢާމަލާތުގައި ގެރެންޓަރެއްގެ (ޔަޤީންކަންދިން ފަރާތް ގޮތުން ބައިވެރިވި މ. މަޑުއްވަރި
ޕިކްނިކް ޢަބްދުﷲ ކަމާލު ދައްކަންޖެހޭ ފައިސާއެއްކަމުގައި ބުނެ، މިފައިސާ މިދެމީހުންގެ އަތުން ލިބިގަތުމަށް
އެދި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަޙްމަދު ފިރާޤްއި ޢަބްދުﷲ ކަމާލުގެ
ބަލައިދެވުނު މައްސަލައެއްކަން އެނގޭކަމާއި،
0202
2
224 |
މެށް ހރހޅުމނ
އެމައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން އެދިފައިވާގޮތަށް ލީސް ރެންޓަލްސްއާއި، ޤަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ
ޖޫރިމަނާއާއި، އަޙްމަދު ފިރާޤް ފައިނޭންސް ލީސް އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ
ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ކޯޓުފީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ދެއްކި ފައިސާ އަޙްމަދު ފިރާޤާއި ޢަބްދުﷲ ކަމާލުގެ ފަރާތުން ނަގައިދިނުމަށް ޙުކުމް ކުރެއްވިއިރު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މި މައްސަލައާއި ގުޅިގެން ހޭދަ ކުރަން
ޖެހުނު ޤާނޫނީ ވަކީލުގެ ފީއަކީ މިދެމީހުންގެ ފަރާތުން ދައްކަން ޖެހޭ ފައިސާއެއް
ކަނޑައަޅުއްވާފައިވާކަމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް
ކޯޓުގެ އެމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައިގަނޑަކީވެސް، ސިވިލް ކޯޓުން މި
މައްސަލައިގެ ޙުކުމް ކުރެއްވިއިރު، ޤާނޫނީ ވަކީލުގެ ފީ އުނިކުރިކުރުންކަން އެނގެން އޮންނަކަމެވެ.
22 ތ ދ ތތ
ނޫންކަމަށް
99
މާޢީބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 0
<< O
xތ 0
2
0 / 2ޏ
مرمرم مرمر معهم
(ނ) ދެވަނަ ކަމަކީ، ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި
އެޤާނޫނުތަކުން ބާރުލިބިގެން ހެދޭ ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއި
ޚިލާފުވާކަން އަދި ދިވެހިރާއްޖޭގެ
ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ
އެންމެހާކަންކަން ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު މިފަދަ އެއްބަސްވުމަކީ
އެއެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ
ބައިވެރިންގެ މެދުގައި ބަނދެވޭ ބަނދެވުމެއްކަމާއި، މިފަދަ އެއްބަސްވުމަކާއި ގުޅިގެން އުފެދޭ މައްސަލަތައް
ބެލުމުގައި އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ އެއެއްބަސްވުމުގައި އެކަމެއް އޮތް ގޮތެއްގެ މައްޗަށް ކަމާއި،
99
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ
އެކުންފުންޏާއި އަޙްމަދު ފިރާދެމެދު ވެފައިވާ ލީސް އެގްރީމެންޓް ނަންބަރު: 07100573 ގެ ދަށުން
އެއެގްރީމެންޓާ އަޙްމަދު ފިރާޤް ޚިލާފުވެފައިވާ ކަމަށް ބުނެ މިއެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ
ހޯދުމަށްކަން އެނގޭއިރު، މި ލީސް އެގްރީމެންޓުގައި އަޙްމަދު ފިރާޤް ސޮއިކޮށްފައިވާކަން އެނގޭކަމާއި، އަދި މި
ލީސް އެގްރީމެންޓަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހެދޭ ޤަވާޢިދުތަކާއި
އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފުވާ އަދި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި
.މެއް ފުރިހަމަވުމަށް ޝަރުތުކުރާ ކަންކަމާއި ޚިލާފުގޮތަކަށް އޮތް އެގްރީމެންޓެއް ކަމަށް ބުނެ މި
އެއްބަސްވުމުގެ ސައްޙަކަމުގެ މައްޗަށް އެއްވެސް މިންވަރަކަށް އަޙްމަދު ފިރާޤް ސުވާލު އުފައްދާ އަދި
މިއެއްބަސްވުމަށް އަޙްމަދު ފިރާޤް ވެސް އަދި ޢަބްދުﷲ ކަމާލުވެސް އިންކާރުކޮށްފައިނުވާކަމާއި، މިހެންކަމުން
މިއެއްބަސްވުމުގައިވާ އެންމެހާ
މާއްދާތަކުގައި ބަޔާންވެގެން ކަންކަމުގެ މައްޗަށް ޢަމަލުކުރުމަކީ
މިއެއްބަސްވުމުގެ ބައިވެރިންނަށް ލާޒިމުވެގެންވާކަމެއްކަން އެނގޭކަމެވެ.
04 ދ ތ 3 4ތ
94
(ނ) ތިންވަނަ ކަމަކީ، ކޯޓަށް ހުށަހެޅޭ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ އެއްޚަސްމުގެ
ކިބައިން އަނެއް ޚަސްމަށް ޤާނޫނީ ވަކީލުގެ ފީ ޝަރީޢަތުން ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭގޮތާއި މެދު
ދިވެހިރާއްޖޭގެ ހައިކޯޓުން އުސޫލުތަކެއް ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި، މިގޮތުން ދިވެހިރާއްޖޭޑެކެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވެ
11
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހައިކޯޓުގެ
گی
.
ނަންބަރު 348/HC
-
A/2009 ޟިއްޔާއާއި،
އި، އެއާ އެއްފަދަ އެހެން މައްސަލަތަކުގައި
ޤާއިމުކުރައްވާފައިވާ އުސޫލަށް ބަލާއިރު، ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމުގެ
މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގައި ވަކީލުގެ ފީ ޚަސްމުންގެ އަތުން ނަގައިދެވޭނީ ދެ
ޚަސްމުންގެ މެދުގައި ވަކީލުންގެ ފީ ނަގައިދިނުމާއި ގުޅޭ ގޮތުން އެއްބަސްވުމެއް އޮތްނަމަ ކަން އަދި
ދެޚަޞްމުންގެ މެދުގައި އެފަދަ އެއްބަސްވުމެއް ނެތްނަމަ ވަކީލު ފީ ނަގައިދެވެން ނެތްކަމަށް
ކަނޑައަޅަންޖެހޭކަން އެމައްސަލަތަކުގައި ޤާއިމުކޮށްފައިވާ އުސޫލުތަކަށް ބެލުމުން އެނގޭކަމާއި، މިހެންކަމުން
ބައިވެރިންގެ މެދުގައި ވަކީލު ފީ ނަގައިދިނުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އޮތްނަމަ، ޤާނޫނު
ނަންބަރު 6/2006 (ޢާއްމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި ހިމެނިފައިވާ ދިވެހިރާއްޖޭގައި
ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 5.4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ވަކީލާއި މުވައްކިލާއި ދެމެދުވެވޭ
ފީގެ އެއްބަސްވުމެއް ލިޔެވިފައި ނެތްނަމަވެސް އެއްޚަސްމުގެ ކިބައިން އަނެއް ޚަސްމަށް ޤާނޫނީ ވަކީލުގެ ފީ
ނަގައި ދެވިދާނެކަން އެނގޭކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް މިކަންކަން މިގޮތަށް ކަނޑައެޅިފައިވާކަން އެނގޭކަމެވެ.
4970
02ތ
އެއްބަސްވުމުގެ
2012/HC-A/354
(ރ) ހަތަރުވަނަ ކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް
ކޯޓުގައި ދަޢުވާކޮށްފައިވަނީ އެކުންފުންޏާއި އަޙްމަދު ފިރާޤްދެމެދު ވެފައިވާ ލީސް އެގްރީމެންޓް ނަންބަރު:
07100573 ގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ބެލުމުން، މިއެއްބަސްވުމުގެ 17.4 ވަނަ މާއްދާގައި "ލެސީ
މިއެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން އުފެދޭ ކަންކަމުގައި އެފަދަ ކަމަކާ ގުޅިގެން ލެސޯރ ކުރަންވާ ކަންތައްތައް
ކުރުމަށް ޚަރަދުވާ ފައިސާއާއި އަދި ޤާނޫނީ ވަކީލުންގެ ފީއާއި އަދި އެނޫންވެސް އެހެނިހެން ފައިސާއަކާއި
ޚަރަދެއް މިއެއްބަސްވުމުގައިވާ ގޮތުގެ މަތިން ފެސީ، ލެސޯރއަށް ދޭންވާނެއެވެ. މިކަންތައްތަކުގެ ތެރޭގައި
ލީޒްކުރެވުނު މުދާ އަނބުރާ ހޯދުމަށް ކުރަންޖެހުނު ޚަރަދާއި މިއެއްބަސްވުމަށް ޢަމަލުކުރުމާއި ގުޅޭގޮތުން
ކުރަންޖެހޭ ކަންކަން ހިމެނެއެވެ" މިފަދައިން ބަޔާންވެގެންވާކަން އެނގެން އޮތުމުންނާއި، އަދި މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު ފިރާޤް ދެމެދު ހެދިފައިވާ ފައިނޭންސް ލީސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެގްރީމެންޓް ނަންބަރު: 07100573 ގެ ދަށުން އަޙްމަދު ފިރާޤް އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ގެރެންޓީ
ދިނުމުގެގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މ. މަޑުއްވަރި ޕިކްނިކް
ޢަބްދުﷲ ކަމާލާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވާކަމާއި، އެހެންކަމުން، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު ފިރާޤް ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 17.4 ވަނަ މާއްދާއަށް
ޢަމަލުކުރުން އަޙްމަދު ފިރާޤް އަށާއި ޢަބްދުﷲ ކަމާލުއަށްވެސް ލާޒިމުވާކަން އެނގޭކަމާއި،
މިމައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޭދަ ކުރަން ޖެހުނު ފީ އަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް
ވެޓް ލިމިޓެޑް އަޙްމަދު ފިރާޤާދެމެދު ވެފައިވާ ލީސް އެގްރީމެންޓް ނަންބަރު: 07100573 ގެ 17.4
ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކަން އަޙްމަދު ފިރާޤް ވެފައިވާ މި
ބެލުމުން
އެނގެން އޮތްއިރު، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ޚަރަދުވިކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައި، ހޯދުމަށް އެދިފައިވާ -/25,000ރ. (ފަންސަވީސްހާސް ރުފިޔާ) އަކީ އަޙްމަދު
ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން އެނގޭކަމެވެ.
04 ﷲ 0
2 ތތ
އެއެ@29ނ
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، 31 އޮކްޓޯބަރ 2007
ވަނަ ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަޙްމަދު ފިރާޤް ދެމެދު ކުރެވުނު
ނަންބަރު: 07100573 ފައިނޭންސް ލީސް އެގްރީމެންޓާ އެއްގޮތަށް އަޙްމަދު ފިރާޤް ޢަމަލުކޮށްފައިނުވާތީ،
ސިވިލް ކޯޓުގެ ނަންބަރު 2010;Cv
-
C;1491 ޤަޟިއްޔާއިން އެކޯޓުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ އަތުން
ހޯދުމަށް އެދި ހުށަހަޅާފައިވާ، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/
25,000ރ.
ފަންސަވީސްހާސް ރުފިޔާ) އަކީވެސް އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލު ދައްކަންޖެހޭ ފައިސާއެއްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
އަކު ދ.
13
2012/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/Cv
-
C/1491 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާ ގޮތަށް ޤާނޫނީ ވަކީލުގެ ފީއަކީ ނަގައިދެވެންނެތް ފައިސާ އެއްކަމަށް ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭކަމެވެ.
95
ޖ:-
ދދު 0
2
24
3
19ކރ
ދެންފަހެ، އިސްވެ
އެގޮތުގެ މަތިން ހުރުމުން، މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ބ. މާޅޮސް މީނާޒް އަޙްމަދު ފިރާޤް ދެމެދު 31
އޮކްޓޯބަރ 2007 ވަނަ ދުވަހު ކުރެވުނު ނަންބަރު: 07100573 ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަޙްމަދު ފިރާޤް ދައްކަންޖެހޭ ފައިސާ
އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން މިފައިސާ އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ އަތުން
ހޯދުމަށްޓަކައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚަރަދުކުރަން ޖެހުނު
އެކުންފުނީގެ ޤާނޫނީ ވަކީލުގެ ފީއަށްވާ ;25.000 (ފަންސަވީސްހާސް ރުފިޔާ) އަކީ އަޙްމަދު ފިރާޤް އާއި
ޢަބްދުﷲ ކަމާލުގެ އަތުން ނަގައިދެވެން ނެތް ފައިސާއެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1491
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބައި ބާޠިލުކޮށް، ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ
-/
25,000ރ. (ފަންސަވީސްހާސް ރުފިޔާ) އަކީ އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ ފަރާތުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޝަރީޢަތަށް ސާބިތުވާ
ފައިސާއެއްކަމުން، -/
25,000ރ. (ފަންސަވީސްހާސް ރުފިޔާ) އަކީ އަޙްމަދު ފިރާޤް އާއި ޢަބްދުﷲ ކަމާލުގެ
ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި
ކަނޑައަޅައި ފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި،
މިއަދު، 19 ނޮވެމްބަރ 2013 ދުވަހުން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު މަދުވެގެން -/r2500
ހު
ރަބީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
2{12/HC-A/334
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ބާރަހާސް ފަސްސަތޭކަ ރުފިޔާ) އަށްވުރެ މަދުނޫން އަދަދަކަށް ސިވިލް ކޯޓަށް ފައިސާ ދައްކައި ލަސްވެގެން 2
މަސްދުވަހުގެ ތެރޭގައި އެފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ބ. މާޅޮސް ! މީނާޒް، އަޙްމަދު ފިރާޤް
އާއި މަޑުއްވަރި | ޕިކްނިކް، ޢަބްދުﷲ ކަމާލު އަށް އަންގައި އެގޮތުގެ މަތިން މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާ
ޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv