ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/92 ޤަޟިއްޔާގެ ޙުކުމް
1
2009}HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
WA1/
ހުން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 92/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ
OLCO
ދާއިމީ އެޑްރެސް: ގ.ސްވޯންލޭކް
މިހާރުގެ އެޑްރެސް: ފ.ސްވޯންލޭކް
ޖި2 ބ
އައިޑީ ކާޑު ނަންބަރ:
Ou o
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އަޙުމަދު ވަޙީދު
އައިޑީ ކާޑުނަންބަރު: A025525
ދާއިމީ އެޑްރެސް: ގދ.ތިނަދޫ އޭޝިޔާ
* މިހާރުގެ އެޑްރެސް: މއ.އޯކިޑުގެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 15 އޭޕްރީލް 2009
ނިމުނު ތާރީޚް: 18 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/515
• ނިންމެވިކޯޓް: މަދަނީކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 11 މާރޗް 2008 * ނިމުނު ތާރީޚް: 12 އޮކްޓޫބަރ 2008
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް :
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، އިސްފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޝުޢައިބު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{{39/HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތަކީ، ގދ.ތިނަދޫ، އޭޝިޔާ އަޙްމަދު ވަޙީދު (އައި.ޑީ.ކާޑް ނަންބަރުA025525)
އެވެ.
01- މިއީ، މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތަކީ، ގދ.ތިނަދޫ އޭޝިޔާ އަޙްމަދު ވަޙީދު (އައި.ޑީ.ކާޑް ނަންބަރުA025525)
އެވެ.
02- މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާއަކީ، ގދ.ތިނަދޫ(އޭޝިޔާ އަޙްމަދު
ވަޙީދު، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ އިން ސިމެންތި ގަތުމަށްފަހު، އެކުންފުނީން ދޫކޮށްފައިވާ
އިންވޮއިސްތަކަށް ފައިސާ ދައްކާފައި ނުވާކަމަށާއި، މިގޮތުން 29 ފެބްރުއަރީ 2008 ގެ ނިޔަލަށް
7627984
/
52ރ.(ހަތްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ، ފަންސާސް ދެލާރި)
އަޙްމަދު ވަޙީދު ދައްކަން ޖެހިފައިވާކަމަށްބުނެ އެފައިސާ އަޙްމަދު ވަޙީދު އަތުން ހޯދުމަށް ބެސްޓް ޗައިސް
މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން ހުށަހެޅުމުން މަދަނީކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވާ ނިންމަވާފައިވަނީ، ގދ.ތިނަދޫ، އޭޝިޔާ އަޙްމަދު ވަޙީދުގެ މައްޗަށް
ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑގެ ފަރާތުން ކުޅި ދަޢުވާގައި ބުނެފައިވާ 762984152ރ.(ހަތްލައްކަ
ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ، ފަންސާސް ދެލާރި)
އަޙްމަދު
ވަޙީދު އިންކާރުކޮށްފައިވާކަމާއި، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ އިން ގެންދިޔަ
0 ދ ތ 4 &ޑތ ތކ
ދައްކަންޖީހޭކަމުން 23
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{{39/HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކުންފުނީން ފޮނުވާފައިވާ 03 (ތިނެއް) އިންވޮއިސްގައިވާ -;
4231230ރ.(ހަތަރުލައްކަ ތޭވީސްހާސް
ދުއިސައްތަ ތިރީސް ރުފިޔާ) އަކީ ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އޭގެތެރެއިން -/000'136ރ.(އެއްލައްކަ
ތިރީސްހަހާސް ރުފިޔާ) ދައްކާފައިވާކަން އަޙްމަދު ވަޙީދުގެ ބަހުންނާއި، ބެސްޓް ޗައިސް މޯލްޑިވްސް
ޕީވޓ.ލިޓޑ ގެ ބަހުން އެނގޭތީއާއި، އަދި ބާކީ އެކުންފުންޏަށް ނުދެއްކިވަނީ -/287230ރ.(ދެލައްކަ
އަށްޑިހަ ހަތްހާސް ދުއިސައްތަ ތިރީސް ރުފިޔާ) ކަން އަޙްމަދު ވަޙީދުގެ އިޢުތިރާފުން ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އެފައިސާ 12 އޮކްޓޯބަރ 2008 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި
މަދަނީކޯޓަށް ދައްކާ ޚަލާޞް ކުރުމަށް އަޙްމަދު ވަޙީދަށް އަންގަވައި، އަދި ބެސްޓް ޗައިސް މޯލްޑިވްސް
ޕީވޓ.ލޓޑ ގެ ފަރާތުން ކުޅި ދަޢުވާގައި އެޑްމިނިސްޓްރޭޓިވް ޗާރޖްގެ ގޮތުގައި ހޯދުމަށް ދަޢުވާ ކޮށްފައިވާ
ފައިސާ އަޙްމަދު ވަޙީދު ގެ އަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވައި، އެގޮތުގެ މަތީން ޙުކުމް
ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެންގެން އޮންނަކަން ފާހަގަކުރެވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު:2009/MC/515
ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމުން، އެޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ
ޙުކުމެއް ކަމަށްބުނެ ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
* އެ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާ ގައި ހޯދުމަށް
ދަޢުވާކޮށްފައިވާ 7627984
/
52ރ.(ހަތްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ،
ފަންސާސް ދެލާރި) ދައްކަންޖެހެނީ ކޮންއުޞޫލަކުން ހިސާބުކުރެވިގެންކަން ޝަރީޢަތުގައި ސާބިތު
ކޮށްދެވިފައިވަނިކޮށް، އަދި "ދަރަނި އަދާ ކުރުމާއި ބެހޭގޮތުން ވެވޭ އެއްބަސްވުން" މިނަމުގައިވާ ލިޔުމުގައި
އަޙްމަދު ވަޙީދު ސޮއިކޮށްފައިވާކަމަށް ޝަރީޢަތުގައި އޭނާ އިޢުތިރާފު ވެފައިވާއިރު، އެއެއްބަސްވުމުންވެސް
އަޙްމަދު ވަޙީދު ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ އަށް ދައްކަންޖެހޭ ފައިސާއަކީ، ޙުކުމް ކުރައްވާފައީލާ
-/230'287ރ.(ދެލައްކަ އަށްޑިހަ ހަތްހާސް ދުއިސައްތަ ތިރީސް ރުފިޔާ) އަށްވުރެ ގިނަ ޢަދަދެއްގެ
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{{39/HC-A/92
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަމަށް ވީހިނދު، އެކަންކަމަށް ރިޢާޔަތް ނުކުރައްވާ، ހަމައެކަނީ -/230'287ރ.(ދެލައްކަ އަށްޑިހަ ހަތްހާސް
ދުއިސައްތަ ތިރީސް ރުފިޔާ) ދެއްކުމަށް ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، ބެސްޓް ޗައިސް މޯލްޑިވްސް ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގައި ބެސްޓް
ޗޮއިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، އެކުންފުނީން މި އަޙްމަދު ވަޙީދު
ގަނެފައިވާ 2000 ބަސްތާ މެރިން ސިމެންތި (އިންވޮއިސް ނަންބަރ 06
/
173/Inv) އަށާއި، 4500 ބަސްތާ
ވިލާ ސިމެންތި (އިންވޮއިސް ނަންބަރު 06
/
211/Inv) އަށް އަޙްމަދު ވަޙީދު ދައްކަންޖެހޭ ފައިސާ އެއްކޮށް
ދައްކާ ޚަލާޞް ކޮށްފައި ނުވާކަމަށްބުނެ، އެ ދެ އިންވޮއިސަށް ދައްކަންޖެހިފައިވާ ފައިސާއާއި، އެފައިސާ
ދައްކަންޖެހޭ
ނުދެއްކުމުގެ
ސަބަބުން
އެޑްމިނިސްޓްރޭޓިވް ޗާރޖާއެކު
29 ފެބްރުއަރީ 2008 ގެ ނިޔަލަށް 7627984152ރ.(ހަތްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ
ހަތަރު ރުފިޔާ، ފަންސާސް ދެ ލާރި) އަޙްމަދު ވަޙީދު އަތުން ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގޭކަމާއި،
އެދަޢުވާއަށް އަޙްމަދު ވަޙީދުގެ ފަރާތުން ޖަވާބު ދެމުން މަދަނީކޯޓުގައި ދައްކާފައިވާ ވާހަކައަށް
ބަލާއިރު، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން ކުޅި ދަޢުވާގައި ބުނެފައިވާ 2000 ބަސްތާ
މެރިން ސިމެންތި (އިންވޮއިސް ނަންބަރ 06
/
173/Inv) އާއި، 4500 ބަސްތާ ވިލާ ސިމެންތި (އިންވޮއިސް
ނަންބަރު 06
/
211/Inv) އެކުންފުނީން ގަނެފައިވާކަމަށް އަޙްމަދު ވަޙީދުގެ ފަރާތުން އެއްބަސްވުމަށްފަހު، އަދި
އޭނާ ގެންދާ މުދަލަށް އެކިފަހަރު މަތީން ފައިސާ ދައްކަމުން އައިސް އެޑްމިނިސްޓްރޭޓިވް ޗާރޖްގެ ގޮތުގައި
އިތުރު ފައިސާ ނަގަން ފެށުމުން މިދެފަރާތުގެ ދެމެދުގައި މައްސަލަ ޖެހި ފައިސާ ދެއްކުން ހުއްޓާ
އަޙްމަދު ވަޙީދު ގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި،
މުއްދަތުގައި
އަރަމުންދާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{{39}HC-A/92
ޤުޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގައި އަޙްމަދު ވަޙީދުގެ އަތުން
984
/
52'762ރ.(ހަތްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ، ފަންސާސް ދެލާރި)
ހޯދުމަށް ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި، އަޙްމަދު ވަޙީދު
އިޢުތިރާފު ވެފައިވާ މިންވަރު ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަޅާ، ނަމަވެސް ބާކީ ފައިސާ ސާބިތު ނުވި
ސަބަބެއް އެޙުކުމުގައި ބަޔާން ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
(ށ) މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާ އާއި ގުޅިގެން ބެސްޓް ޗައިސް
މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި، އަދި އިސްތިއުނާފުގެ
މަރުޙަލާގައި އެކުންފުނީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު،
ބެސްޓް ޗޮއިސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ދަޢުވާގައި ޙަވާލާ ދީފައިވާ ދެ އިންވޮއިސްއަކީ
އެކުންފުނީގެ ނަންބަރ 06
/
173/Inv (03 ސެޕްޓެމަބްރ 2006) ގެ އިންވޮއިސްއާއި،
ނަންބަރު
06
/
211/Inv (17 އޮކްޓޯބަރ 2006) ގެ އިންވޮއިސްކަން އެނގޭކަމާއި،
އޭގެ ތެރެއިން ނަންބަރ 06
/
173/Inv (03 ސެޕްޓެމަބްރ 2006) އަށް ބަލާއިރު، އެއީ
ދަޢުވާގައި ބުނެފައިވާ 2000 ބަސްތާ މެރިން ސިމެންތިއާއި އެތަކެތި ކ.ތިލަފުށީން ގދ.ތިނަދޫ އަށް
ގެންދިޔުމުގެ އަގާއި ގުޅޭ އިންވޮއިސް ކަމާއި، އެ އިންވޮއިސް ގެ ދަށުން މުދަލުގެ އަގުގެ ގޮތުގައާއި އެތަކެތީގެ
ނާލުގެ އަގުގެ ގޮތުގައި އަޙްމަދު ވަޙީދު ދައްކަންޖެހޭ ޢަދަދަކީ -/1821000ރ.(އެއްލައްކަ އަށްޑިހަ ދެހާސް)
ރުފިޔާ ކަމާއި، އެ އިންވޮއިސްއަށް ފައިސާ ދެއްކުމަށް ދީފައިވާ
އެންމެފަހުގެ ތާރީޚަކީ
03 އޮކްޓޯބަރ 2006 ކަމާއި،
ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ދަޢުވާގައި ބަޔާން ކޮށްފައިވާ ދެވަނަ އިންވޮއިސް
އަކީ، އެކުންފުނީގެ ނަންބަރު 06
/
211/Inv (17 އޮކްޓޯބަރ 2006) އިންވޮއިސް ކަމާއި، އިންވޮއިސް
އަކީ ދަޢުވާގައި ބުނެފައިވާ 4500 ބަސްތާ ވިލާ ސިމެންތީގެ އަގަށާއި، އެތަކެތީގެ ނާލުގެ މައްޗަށް
އެކުލެވިފައިވާ -/4091500ރ. (ހަތަރުލައްކަ ނުވަހާސް ފަސްސަތޭކަ) ރުފިޔާގެ އިންވޮއިސް
އިންވޮއިސްފައިވާ ފައިސާ ދެއްކުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ 01 ނޮވެމްބަރ 2006 ކަމާ
އަކީ
4ތ ހ2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{{9/HC-A/92
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
01
ecco
މި ދެ އިންވޮއިސްގެ ތިރީގައި ބޯޓެއްގައި އަންނަނިވި މާނަ ދޭހަވާގޮތަށް އިގިރޭސި ބަހުން،
މުއްދަތު ހަމަވާ ތާރީޚުގެ ކުރީން ފައިސާ ދައްކާ ޚަލާޞް ކުރުން އެދެމެވެ.
02 - ބިލުގައި އެއްވެސް މައްސަލައެއް ވާނަމަ 3 ދުވަހުގެ ތެރޭގައި އަންގަން ވާނެއެވެ.
އެވެ. އެހެން
ނޫންނަމަ އިންވޮއިސް ރަގަޅު ކަމަށް ބެލެވޭނެއެވެ.
03 - މުއްދަތު ހަމަވުމަށްފަހު ފައިސާ ދައްކާނަމަ އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި
0.2
% ކޮންމެ ދުވަހަކަށް އިތުރު ކުރެވޭނެއެވެ.
04 - އެއްވެސް މައްސަލައެއް ނުޖެހި ފޮނުވާ ފެކްސް އަކީ ޞައްޙަ ރަސީދު ކަމުގައި ބެލެވޭނެއެވެ.
މިފަދައިން ބަޔާން ކޮށްފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) އިސްވެ މިބަޔާންކުރެވުނު ދެ އިންވޮއިސް އަށް އަޙްމަދު ވަޙީދު ދައްކަންޖެހޭ ފައިސާ އެއްކޮށް
ދައްކާ ޚަލާޞް ކޮށްފައިނުވާތީއާއި، އަދި ފައިސާ ނުދައްކާ އިތުރަށް ހިނގާ ދުވަސްތަކަށް އިންވޮއިސްގައި
ލިޔެފައިވާ ފަދައިން %0.2 ޗާޖް އަރަމުންދާތީ، ބެސްޓް ޗައިސް މޯލްޑިވްސް ޕަވަޏ.ލޓޑ ގެ ފަރާތުން
އިސްނަގައިގެން އަޙްމަދު ވަޙީދުއާ ވާހަކަ ދައްކައިގެން އެފައިސާ އެކުންފުންޏަށް ދެއްކުމާބެހޭ ގޮތުން
އެދެފަރާތުގެ ދެމެދުގައި "ދަރަނި އަދާކުރުމާއި ބެހޭގޮތުން ވެވޭ އެއްބަސްވުން" މިނަމުގައި އެއްބަސްވުމެއް
އެކުލަވާލެވި އޭގައި ދެފަރާތުން ސޮއިކޮށްފައިވާކަމާއި،
އެ އެއްބަސްވުމުގައި މި އަޙްމަދު ވަޙީދު، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ އިން
ގަނެފައިވާ 2000 ބަސްތާ މެރިން ސިމެންތީގެ އަގުގެ ގޮތުގައި -/000'142ރ.(އެއްލައްކަ ސާޅީސް ދެހާސް)
ރުފިޔާއާއި އެތަކެތި ކ.ތިލަފުށީން ގދ.ތިނަދޫއަށް ގެންގޮސް ދިނުމުގެ އަގުގެ ގޮތުގައި -/000'40ރ.(ސާޅީސް
ހާސް) ރުފިޔާއަކީ، ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ނަންބަރ 06
/
173/Inv (03 ސެޕްޓެމްބަރ
2006) އިންވޮއިސްގައިވާ ފަދައިން، 03 އޮކްޓޯބަރ 2006 ގެ ކުރީން ބެސްޓް ޗައިސް މޯލްޑިވްސް
ޕީވޓ.ލޓޑ އަށް އަޙްމަދު ވަޙީދުގެ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ ފައިސާއެއްކަމަށާއި، ނަމަވެސް
އެފައިސާ ވަނީ އެކުގައި ނުދެއްކި ކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{39}HC-A/92
ހަމައެފަދައިން ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ އިން އަޙްމަދު ވަޙީދު ގަނެފައިވާ 4500
ބަސްތާ ވިލާ ސިމެންތީގެ އަގުގެ ގޮތުގައި -/3191500ރ.(ތިންލައްކަ ނަވާރަ ހާސް ފަސްސަތޭކަ ރުފިޔާ) އާއި،
އެތަކެތި ކ.ތިލަފުށީން ގދ.ތިނަދޫއަށް ގެންދިއުމުގެ އަގު ކަމުގައިވާ -;000°90ރ.(ނުވަދިހަ ހާސް ރުފިޔާ)
އަކީވެސް އަޙްމަދު ވަޙީދުގެ ފަރާތުން އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއެއް ކަމަށާއި، އެތަކެއްޗަށް ވަނީ
އެކުންފުނީގެ ނަންބަރު 06
/
211/Inv (17 އޮކްޓޯބަރ 2006) އިންވޮއިސް އަޙްމަދު ވަޙީދާއި ޙަވާލު
ކުރެވިފައި ކަމަށާއި، އެ އިންވޮއިސަށް 01 ނޮވެމްބަރ 2006 ގެ ކުރީން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ
ކަމަށާއި، ނަމަވެސް އެއިންވޮއިސަށްވެސް އެކުގައި ފައިސާ ދެއްކިފައި ނުވާކަމަށާއި،
އިސްވެ ބަޔާންކުރެވުނު ދެ އިންވޮއިސްގައިވާ ފައިސާދެއްކުމަށް ދެވިފައިވާ ތާރީޚުގެ ކުރީން ފައިސާ
ނުދައްކައިފިނަމަ، އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި %0.2 ކޮންމެ ދުވަހަކަށް ޗާޖްކުރެވޭނެ ކަމަށް
ބަޔާންކުރެވިފައިވާ ކަމަށާއި، މިގޮތުން މިއެއްބަސްވުމުގައި ސޮއިކުރި ތާރީޚް ކަމުގައިވާ 16ސެޕްޓެމްބަރ 2007
އާއި ހަމައަށް، އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި ނަންބަރު 06
/
211/Inv (17 އޮކްޓޯބަރ 2006)
އިންވޮއިސަށް ފައިސާ ނުދައްކާ އިތުރުވެފައިވާ ކޮންމެ ދުވަހަކަށް 409/50 ރުފިޔާގެ ރޭޓުން 319 ދުވަހަށް
ޖުމްލަ -/1309630ރ.(އެއްލައްކަ ތިރީސްހާސް ހަސަތޭކަ ތިރީސް ރުފިޔާ) ދައްކަންޖެހިފައިވާ ކަމަށާއި،
އަދި ނަންބަރ 06
/
173/Inv (03 ސެޕްޓެމަބްރ 2006) އިންވޮއިސަށް އެޑްމިނިސްޓްރޭޓިވް
ޗާޖްގެ ގޮތުގައި، ފައިސާ ނުދައްކާ އިތުރު ވެފައިވާ ކޮންމެ ދުވަހަކަށް -/364ރ. ގެ ރޭޓުން 347 ދުވަހަށް
ޖުމްލަ -/308'126ރ.(އެއްލައްކަ ސައްބީސް ހާސް ތިންސަތޭކަ އަށްރުފިޔާ) ދައްކަންޖެހިފައިވާ ކަމަށާއި، އަދި
މިފައިސާ އަކީ އަޙްމަދު ވަޙީދުގެ ފަރާތުން ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ އަށް ދެއްކުމަށް
އެއްބަސްވާ ފައިސާއެއް ކަމަށާއި،
މިގޮތުން ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމަށް އަޙްމަދު ވަޙީދު އެއްބަސްވާ ގޮތަކީ،
30 ސެޕްޓެމްބަރ 2007 ގެ ކުރީން -/100000ރ.(އެއްލައްކަ ރުފިޔާ) ދެއްކުމަށްފަހު،1 އޮކްޓޯބަރ 2007
ގެ ކުރީން އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި އަރާފައިވާ ފައިސާއާ އެކު އެއްކޮށް ދައްކާ ޚަލާޞް ކުރުން
ކަމަށާއި، އަދި ދިމާވާ ސަބަބަކާހުރި 31 އޮކްޓޯބަރ 2007 ގެ ކުރީން އެފައިސާ އެކުގައި ދައްކާ ޚަވާ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2{{9/HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުރެވިއްޖެނަމަ، 31 ޖެނުއަރީ 2008 ގެ ކުރީން އެހާތަނަށް ދައްކަންޖެހޭ އެޑްމިނިސްޓްރޭޓިވް ޗާޖާއެކު
ހުރިހާ ފައިސާއެއް ދައްކާ ޚަލާޞް ކުރުމަށް އެއްބަސްވެ އަޙްމަދު ވަޙީދު ސޮއިކޮށް އިގިލީގެ ނިޝާން
ޖަހާފައިވާކަން އެނގެން އޮވެއެވެ.
(ރ) މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގައި ބެސްޓް ޗައިސް މޯލްޑިވްސް
ޕީވޓ.ލޓޑ ގެ ފަރާތުން ކުޅި ދަޢުވާއަށް އަޙްމަދު ވަޙީދުގެ ފަރާތުން ޖަވާބު ދެމުން 18 މާރޗް 2008 ގައި
ދީފައިވާ ބަޔާނުގައި، "...އަޅުގަޑު ބެސްޓް ޗައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގެންދިޔަ ސިމެންތިތަކަށް
ދައްކަންޖެހޭ ފައިސާ ދައްކަމުން އައިސް ދިމާވި ސަބަބަކާއިހުދެ ނުދެއްކިވެއެވެ. މިފައިސާ ނުދެއްކިވަނީ ބެސްޓް
ޗޮއިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގާ އިންޓަރެސްޓް ޗާޖުގެ މައްސަލަ ޖެހިގެންނެވެ. އަޅުގަޑު
ސިމެންތި ގެންދިޔައިރު އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދިފަކާނުވާނެއެވެ. އަދި އިންޓަރެސްޓް ޗާޖެއް
ނެގޭގޮތަކަށް ހަމަޖެހިފައި ނުވެއެވެ. އަދި އަޅުގަޑު ސިމެންތި ގެންދަނީ ޗެކް އެފަރާތަށް ދިނުމަށްފަހުގައެވެ. އަދި
އެފަރާތަށް ފައިސާ ދައްކާފައިވާ އެއްވެސް ފަހަރަކު އިންޓަރެސްޓް ނަގާފަކާ ނުވެއެވެ..." މިފަދައިން އަޙްމަދު
ވަޙީދު ބުނެފައިވާތީ،
ހައިކޯޓުގެ މި އިސްތިއުނާފް ޤަޟިއްޔާ ބެލުމުގެ ތެރެއިން އެނުކުތާއަށް ރިޢާޔަތްކޮށް
ބެލިބެލުމުން، އަޙްމަދު ވަޙީދު ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ އިން ގަނެފައިވާ ސިމެންތިއާއި
އެތަކެތީގެ ނާލަށް އެކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެކުންފުންޏަށް ޗެކް ދޫކޮށްފައިވާ
ކޮންމެ ފަހަރަކު ޗެކް ދޫކޮށްފައިވަނީ، އޭނާ އެކުންފުންޏަށް ފައިސާ ދައްކަންޖެހިފައިވާ އިންވޮއިސްތަކުގައިވާ
ޖުމްލަ ޢަދަދުގެ މައްޗަށް ބިނާ ކޮށްގެން ނޫންކަން މައްސަލައާގުޅިގެން ހުށަހެޅިފައިވާ، އަޙްމަދު ވަޙީދު ބެސްޓް
ޗޮއިސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކުގެ ކޮޕީތަކުން އެނގެން އޮންނަކަމާއި،
މިގޮތުން ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ދަޢުވާގައި ބަޔާން ކޮށްފައިވާ އިސްވެ
ބަޔާން ކުރެވުނު ދެ އިންވޮއިސްގެ ތެރެއިން ނަންބަރ 06
/
173/Inv (03 ސެޕްޓެމަބްރ 2006)
އިންވޮއިސްގައިވާ މުދަލާއި ނާލުގެ އަގަށް ބިލްކުރެވިފައިވާ ޖުމްލަ ޢަދަދަކީ -/
182,000ރ.(އެއްލައްކަ އަށްޑިހަ
ދެހާސް ރުފިޔާ) ކަން އެނގެން އޮތްއިރު، އިތުރު ޗާޖަކާ ނުލައި އެބިލަށް ފައިސާ ދެއްކުމަށް
02 0 2 0 :
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2{{39}HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަހުގެ ތާރީޚަކީ 03 އޮކްޓޯބަރ 2006 ކަމާއި، އަޙްމަދު ވަޙީދު އެބިލަށް ނިސްބަތްކޮށް ދޫކޮށްފައިވަނީ
04އޮކްޓޯބަރ 2006 ގެ ތާރީޚްގައި ފައިސާ ނެގޭގޮތަށް ޑޭޓެކް ޗެކެއްކަމާއި، ނަމަވެސް އެކައުންޓުގައި ފައިސާ
ނެތުމުގެ ސަބަބުން އެޗެކަށް އެތާރީޚް ގައި ފައިސާ ނުލިބި ބައުންސް ވެފައިވާކަމާއި، އަދި މިބަޔާން ކުރެވުނު
ޗެކަށް ފައިސާ ނުލިބި ބައުންސް ވެފައިވާ ފަދައިން އެކި ޢަދަދު ތަކުގެ މައްޗަށް ބިނާކޮށް އަޙްމަދު ވަޙީދު
ދޫކޮށްފައިވާ ބައެއް އެހެނިހެން ޗެކްތައްވެސް ބައުންސް ވެފައިވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮންނަކަމާއި، ވީމާ ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އަޙްމަދު
ވަޙީދުގެ މައްޗަށް ކުޅަ ދަޢުވާގައި ބަޔާން ކޮށްފައިވާ ދެ އިންވޮއިސްގެ ތެރެއިން އެއްވެސް އިންވޮއިސް އަކަށް
އެ އިންވޮއިސް އަށް އިތުރު ޗާޖަކާނުލައި ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ
ޚަލާޞް ކުރެވިފައި ނުވާކަން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި އެ ދެ އިންވޮއިސްގެ ތިރީގައިވާ ނޯޓުގެ
03 ވަނަ ނުކުތާގައި، މުއްދަތު ހަމަވުމަށްފަހު ފައިސާ ދައްކާނަމަ އެޑްމިނިސްޓްރޭޓިވް ޗާޖްގެގޮތުގައި %0.2
ކޮންމެ ދުވަހަކަށް އިތުރު ކުރެވޭނެއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެނގެން އޮންނާތީ، އިސްވެ
ބަޔާންކުރެވުނު ދެ އިންވޮސްގައިވާ މުދާ އަޙްމަދު ވަޙީދު ގެންދިޔައިރު، މުދަލުގެ އަގުދެއްކުމަށް ދެވިފައިވާ
މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އިތުރު އެއްވެސް ޗާޖެއް ކުރެވޭގޮތަށް ބެސްޓް ޗައިސް މޯލްޑިވްސް
ޕީވޓ.ލޓޑ އާއި އެކު އެއްބަސްވެފައި ނުވާނެކަމަށް އަޙްމަދު ވަޙީދު ބުނެފައިވާ ބުނުމަކީ ކަމުގެ ޙަޤީޤަތާއި
އެއްގޮތަށް ބުނެފައިވާ ބުނުމެއް ނޫންކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ.
އަދި ބެސްޓް ޗައިސް އަށް އަޙްމަދު ވަޙީދު ފައިސާ ދައްކާފައިވާ އެއްވެސް ފަހަރަކު
އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާފައި ނުވާކަމަށް އަޙްމަދު ވަޙީދު ބުނެފައިވާ
ބުނުމަކީވެސް ޙަޤީޤަތާއި އެއްގޮތަށް ބުނެފައިވާ ބުނުމެއް އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ
ހިސާބުތަކުގެ ތަފްޞީލް ހިމެނޭ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ބ) ވިޔަފާރީގެ ޢަޤްދުގެ އަޞްލު ތަބީޢަތަކީ މުދާ ލިބިގަތުމާއި އަގު އަދާ ކުރުމާއި އެކުއެކީގައި
ނިމެގެން ދިޔުންކަމަށް ވީނަމަވެސް، މުދާ ވިއްކާ މީހާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން މުދަލުގެ
އަދާކުރުމާއިބެހޭ ގޮތުން ދެފަރާތުން އެއާއި ޚިލާފު ގޮތަކަށް އެއްބަސްވުމަކީ ޝަރުޢީ އަދި
eco
32 0ތ
ނޫންކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{09/HC-A/92
*ތތ
ہی ہے کم
ހުއްދަކުރެވިފައިވާ އުޞޫލެއްކަމާއި، މިގޮތުން ދެފަރާތް އެއްބަސްވާ ފަހުގެ ތާރީޚެއްގައި ވަކި އުޞޫލަކުން
މުދަލުގެ އަގު ދެއްކުމަށް އެއްބަސްވުމަކީ ޝަރުޢީ ހަމަތައް އެކަމަށް ހުރަސްއަޅާ ކަމެއް ނޫންކަމާއި، އަދި
މިފަދައިން ވެވޭ އެއްބަސްވުމަކީ ވަކިގޮތަކަށް އޮތުން ލާޒިމުކުރާ އެއްބަސްވުމެއްވެސް ނޫންކަން ޤާނޫނު ނަންބަރު
4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން އެނގޭކަމާއި،
ވަކިތާރީޚެއްގެ ކުރީން މުދަލުގެ އަގު ދެއްކުމަށާއި، އެތާރީޚްގެ ކުރީން މުދަލުގެ އަގު
ނުދައްކައިފިނަމަ، އެކަމުގައި އޮޅުވާލުމެއް ނުވަތަ ކަނޑައެޅިގެން ޝަރީޢަތާ ޚިލާފު ކަމެއް ނުހިމެނޭ ގޮތުން،
ދެފަރާތަށްވެސް ސާފުވެފައިވާ އުޞޫލެއްގެ މަތީން ޖޫރިމަނާއެއް ނުވަތަ ޗާޖެއް ނެގުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ
ނިޒާމުގައި މަތީ މަރުޙަލާތަކުންވެސް ބަލާގަނެފައިވާ އަދި އެއުޞޫލާއި ޢަމަލު ކުރަމުން
އަންނަކަމެއްކަމާއި،
މިގޮތުން މުދާ ލިބިގަންނަ ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައި އަގު އަދާކުރާގޮތަށް މުދާ
ވިއްކައިދިނުމަށް އަޙްމަދު ވަޙީދު އެދުމުން ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން އޭނާގެ
އެހުށަހެޅުން ޤަބޫލުކޮށް އެގޮތުގެ މަތިން އޭނާއަށް މުދާ ވިއްކުމަށްފަހު، އޭނާއާ ހަވާލު ކޮށްފައިވާ ބިލުގައި
މުދަލުގެ އަގު އެއްކޮށް ދެއްކުމަށް ކަނޑައަޅާފައިވާ ތާރީޚްގައި ފައިސާ ނުދައްކައިފިނަމަ، ފައިސާ ނުދައްކާ
އިތުރުވާ ކޮންމެ ދުވަހަކަށް ކަނޑައެޅި ބަޔާންވެގެންވާ މިންވަރެއްގެ ޗާޖެއް ކުރެވޭނޭކަމަށް ބަޔާން ކޮށްފައި
އޮތްއޮތުމަށް އަޙްމަދު ވަޙީދު އިޢުތިރާޟް ނުކޮށްހުރި ހުރުމަކީ އަޙްމަދު ވަޙީދު އެކަމަށް އެއްބަސްވެފައިވާކަމަށް
ބެލެވޭ ކަމެއްކަމާއި، އަދި ބިލްތަކަށް ދައްކަންޖެހޭ ފައިސާ އެކިފަހަރުމަތީން ދައްކަމުން ގޮސް ބައެއް ބިލްތަކަށް
ދައްކަންޖެހޭ ފައިސާ (ބިލްގެ އަޞްލު ޢަދަދާއި އަދި އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޗާޖާއެކު)
ދައްކާ ޚަލާޞް ކުރުމަށްފަހު، އަދި ބާކީ ބިލްތަކަށް ނުދައްކާފައިވާ ފައިސާއާއި އެފައިސާ ނުދެއްކުމުގެ ސަބަބުން
އަރަމުންދާ ޗާޖާއެކު، އެފައިސާ ދައްކާ ޚަލާޞްކުރުމަށް ވަކި އެއްބަސްވުމެއްވެސް ދެފަރާތުގެ ދެމެދުގައިހެދި،
އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު، އެފަދަ ޗާޖެއް ނެގިދާނެކަމަށް އަދި އެފަދަ ޗާޖެއް ނެގުމަށް
އެއްބަސްވެފައި ނުވާނެ ކަމަށްބުނެ އަޙްމަދު ވަޙީދުގެ ފަރާތުން މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަރުދަނާ
މީގެ
220 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2{{39/HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Inv/06211
29
2008
ގެ
މައްޗަށް ބިނާކޮށްގެން ދައްކާފައިވާ ވާހަކައެއް ކަމަކަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެންނަކަން
ފާހަގަކުރެވެއެވެ.
(ޅ) މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގައި އަޙްމަދު ވަޙީދުގެ މައްޗަށް
ބެސްޓް ޗައިސް މޯލްޑިވްސް ފަރާތުން ދަޢުވާކޮށްފައިވަނީ އެކުންފުނީގެ ނަންބަރު
(17 އޮކްޓޯބަރ 2006) އިންވޮއިސް އަށާއި، ނަންބަރ 06
/
173/Inv (03 ސެޕްޓެމަބްރ 2006)
އިންވޮއިސް އަށް އެޑްމިނިސްޓްރޭޓިވް ޗާޖާއެކު ފެބްރުއަރީ
ނިޔަލަށް
7627984152ރ.(ހަތްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ، ފަންސާސް ދެލާރި)
ދައްކަންޖެހި ނުދައްކާވާ ކަމަށް ބުނެ އެފައިސާ ހޯދުމަށްކަމާއި، އަދި މިޢަދަދަކީ އަޙްމަދު ވަޙީދު އެކުންފުނީން
ގަނެފައިވާ ސިމެންތިއަށާއި އެތަކެތީގެ ނާލުގެ އަގަށާއި، އެފައިސާ ދައްކަންޖެހޭ ތާރީޚުތަކުގެ ކުރިން
ނުދެއްކުމުގެ ސަބަބުން އަރާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއެކު އެހާތަނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން
އަޙްމަދު ވަޙީދު އެކިފަހަރު މަތީން ދައްކާފައިވާ ފައިސާ އުނިކުރުމުން ބާކީ ދައްކަންޖެހޭ ޖުމްލަ ޢަދަދުކަމަށްބުނެ
އެކަމުގެ ތަފްޞީލު 07 ޖުލައި 2008 ގައި ބެސްޓް ޗައިސް މޯލްޑިވްސްގެ ފަރާތުން މަދަނީކޯޓަށް
ހުށަހަޅާފައިވާ ބަޔާނުގައި ހިމަނާފައިވާއިރު، އަދި އެބަޔާނުގައި އަޙްމަދު ވަޙީދު ދައްކާފައިވާ ފައިސާގެ ޢަދަދު
ކަމަށް އެކުންފުނިން ބުނެފައިވާ ޢަދަދަށްވުރެ އިތުރަށް އަޙްމަދު ވަޙީދުގެ ފަރާތުން އެކުންފުންޏަށް ފައިސާ
ދައްކާފައިވާކަމަށް އަޙްމަދު ވަޙީދުގެ ފަރާތުން ބުނެފައި ނުވާއިރު،
އެކުންފުނީން ދަޢުވާކުރުމުގެ ކުރީން އަޙްމަދު ވަޙީދު އެދެއިންވޮއިސަށް ދައްކާފައިވާ ފައިސާއާއި
އެއްވަރުގެ ޢަދަދެއް ޝަރީޢަތުން މައްސަލަ ނިންމެވުމުގައި އުނިކުރެއްވުމުން، އަޙްމަދު ވަޙީދު އެދެއިން
ވޮއިސަށް ދައްކި ފައިސާގެ އަދަދަށްވުރެ ދެގުނަ އިތުރަށް ޝަރީޢަތުން އުނިކުރައްވާފައިވާކަމާއި،
އަޙްމަދު ވަޙީދު އެކުންފުނީގެ އެ ދެ އިންވޮއިސަށް ދައްކަންޖެހޭ ފައިސާ، އެފައިސާ
ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން، (އެ އިންވޮއިސްގައި ބަޔާން ކުރެވިފައިވާ ފަދައިން، އަދި
ފަހުން ދެފަރާތުގެ ދެމެދުގައި "ދަރަނި އަދާކުރުމާއި ބެހޭގޮތުން ވެވޭ އެއްބަސްވުން" މިނަމުގައި ވެވިފައިވާ
އެއްބަސްވުމުގައި ވެސް ވާފަދައިން) ޖޫރިމަނާގެ ގޮތުގައި ޗާޖްކުރެވިފައިވާ ފައިސާ ނަގައި ނުދެއްޕީ:
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2{{39/HC-A/92
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާން ކުރެއްވުމަކާ ނުލައި، އެފައިސާ އުނިކުރައްވާ މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގައި
ޝަރީޢަތުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް
މިމައްސަލަބެލި ފަނޑިޔާރުންނަށް ނުފެނުނުހިނދު، މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގެ
ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވެއެވެ.
..
0
027/
ތއް
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ސަބަބުތައް
އެގޮތުގެ މަތީން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު:2009/MC/515 ޤަޟިއްޔާގައި ބެސްޓް ޗައިސް
މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން ކުޅި ދަޢުވާގައި ބަޔާން ކޮށްފައިވާ ފަދައިން އެކުންފުނީން ގދ.ތިނަދޫ
އޭޝިޔާ އަޙްމަދު ވަޙީދު (އައި.ޑީ.ކާޑް ނަންބަރުA025525} ގަނެފައިވާ ސިމެންތީގެ އަގަށާއި އެތަކެތީގެ
ނާލުގެ އަގަށް ދައްކަންޖެހޭ ފައިސާ، އެފައިސާ ދައްކަންޖެހޭ މުދަތުގައި އެކުގައި ދައްކާ ޚަލާޞް ކޮށްފައި
ނުވާކަމާއި، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވުމުގެ ސަބަބުން އެޑްމިނިސްޓްރޭޓިވް ޗާޖްގެ
ގޮތުގައި ކޮންމެ ދުވަހަކަށް %0.2 އިންސައްތަ ޗާޖް ކުރުމުގެ ޙައްޤު ބެސްޓް ޗައިސް މޯލްޑިވްސް
ޕީވޓ.ލިޓޑ އަށް ލިބިގެންވާކަމާއި، މިގޮތުން 29 ފެބްރުއަރީ 2008 ގެ ނިޔަލަށް އަޙްމަދު ވަޙީދުގެ ފަރާތުން
ބެސްޓް ޗޮއިސް މޯލްޑިވްސް ޕވޓ.ލިޓޑ 7627984152ރ.(ހަތްލައްކަ ފަސްދޮޅަސް ދެހާސް
ނުވަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ، ފަންސާސް ދެލާރި) ދައްކަންޖެހި ނުދައްކާ ވާކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑަޅައި، މިފައިސާ ބެސްޓް ޗައިސް މޯލްޑިވްސް ޕވޓ.ލޓޑ އަށް
ލިބިދިނުމަށްޓަކައި، މިއަދު (18 ޖެނުއަރީ 2012) ން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު
2549328
/
17ރ.(ދެލައްކަ ފަންސާސް ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ، ސަތާރަ ލާރި) މަދަނީ
ކޯޓަށް ދައްކަމުންގޮސް 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މިފައިސާ އެކުގައި ދައްކާ ޚަލާޞް ކުރުމަށް
އަށް
ދިވެހިރާއްa
ކި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{{09/HC-A/92
ގދ.ތިނަދޫ އޭޝިޔާ އަޙްމަދު ވަޙީދު (އައި.ޑީ.ކާޑް ނަންބަރުA025525) އަށް އަންގާ މިގޮތުގެ މަތީން
ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv