ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/113 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 113/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙުމަދު ނަޞީރު
އައިޑީ ކާޑު ނަންބަރ A125205
ދ 3
2
4
ހިތަދޫ | އަންނާރުމާގެ
އެޑްރެސް:
އެޑްރެސް:
• ހުށަހެޅުނު ތާރީޚް: 02 ޖުމާދަލްއޫލާ 1429
27 އޭޕްރީލް 2009
*ނިމުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1432
ފެބުރުއަރީ
20
2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން
z
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2009/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
22 2x 22
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1040 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ - ހިތަދޫ | އަންނާރުމާގެ އަޙުމަދު ނަޞީރެވެ.
ހަގަކުރެވުނު ނުކުތާތައް
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އަޙުމަދު ނަޞީރުގެ ފަރާތުން ދެއްކި
ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
(ހ) އަޙުމަދު ނަޞީރަށް ޕޮލިހުންގެ ފަރާތުން ކުޑަކަމުދާ ތަކެތި ދިނުމަށް އެންގިކަމާއި
އަޙުމަދު ނަޞީރު ކުޑަކަމުދާ ތަކެތި ނުދީވާކަން ހެކިންގެ ބަހުންނާއި އަދި އަޙުމަދު ނަޞީރުގެ ބަހުން
އެނގެން އޮތްކަމާއި ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1040 ޤަޟިއްޔާގެ ޙުކުމުންވެސް މިވާޤިޔާ
ސާބިތުވާކަން އެނގޭކަމާއި ނަމަވެސް ޖިނާއީކޯޓުގެ ޙުކުމްގައި އެކަން ކުށެއްކަމުގައި ބަލައި އެއަށް އަދަބެއް
ކަނޑައަޅުއްވާފައި ނުވަނީ އަޙުމަދު ނަޞީރުގެ އެ ޢަމަލު، ނުވަތަ ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން
އެކަމަށް އިޖާބަ ނުދިނުން ޤާނޫނީގޮތުން ކުށެއްކަމުގައި ނުބެލެވޭތީއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނު
އަސާސީގެ 61 ވަނަ މާއްދާގެ (ނ) އެކަމަށް ހުރަސްއަޅާތީކަމަށް ޖިނާއީކޯޓުން ނިންމި ނިންމުން ބިނާކުރި
އަސާސަށް ބަލާއިރު؟
ޤާނޫނެއްގެ ދަށުން ނުވަތަ އިސްލާމީ ޝަރީޢަތުގައި މަނާކަމެއްގެ ގޮތުގައި ބެލެވޭ ކޮންމެ
ކަމަކީ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމެއްކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 59 ވަނަ
24
z
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2009/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހ4 2 ހ ކ
ކަމެއެކަނީ 200ކށް
0* 3 0
24 2 0
9
މާއްދާގެ (ހ) އިން މިކަން ރަނގަޅަށް އެނގެން އޮތްކަމާއި އެހެން ކަމުން ވަކި ޢަމަލެއް ނުވަތަ ކަމެއް
ތަޖްރީމު ކުރެވެނީ ހަމައެކަނި ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން ނޫންކަމާއި؛
ޤާނޫނޫ އަސާސީގެ 61 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވަނީ ކުށެއްގެ ޢަމަލެއްގެ
މައްޗަށް މީހަކާއިމެދު ދަޢުވާކުރެވޭއިރު އެއީ ކުށެއްކަން އިސްވެ އެނގިފައިވުމާއި އެއީ ތަޖްރީމް ކުރެވިފައިވާ
އެނގި އޮންނަންޖެހޭ ޖެހުންކަން އެނގޭކަމާއި އެއީ ޤާނޫނު އަސާސީގެ 19 ވަނަ
މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުޞޫލާއި ފުށުއަރާކަމެއް ނޫންކަމާއި ޝަރުޢުގައި
މަނާ ކަންތައް އެއީ މަނާ ކަންތަކުގެ ގޮތުގައި ބަލަންޖެހޭކަމާއި، އެކަމަށް ބާރު އަޅާ ޤާނޫނު އަސާސީގެ
142 ވަނަ މާއްދާގައި ސާފު ބަހުން ޤާނޫނު އަސާސީ އާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ
ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް
ކުރަންވާނެކަމަށް ބުނެފައި އޮތްއޮތުން ފާހަގަކުރެވޭ ކަމާއި؛
ތަޙުޤީޤް ކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެ ދިނުމާއި
ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ ކަމެއްގައި
އަދާކުރަންޖެހޭ ޒިންމާއެއްކަމާއި ހެކިނުފޮރުވުމަށާއި އަމިއްލަ ނަފުސާއި ދެކޮޅަށް ކަމުގައި ވިޔަސް ހެކިބަސް
ދިނުމަށާއި ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވާ އަމުރުކުރެވިފައިވާކަމާއި ޝަރުޢީގޮތުންކުރާ
އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި
އަދަބު ދެވިފައިވާކަމާއި ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން،
ކަޑައަޅާނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާ ކަމާއި އެމާއްދާގައި ކަނޑައެޅިފައިވާ މަފުހޫމަށް ބަދަލެއް
އައިސްފައި ނުވާކަން އެނގެން އޮތުމުން ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) އަށް އެކަނި
ނަޒަރުކޮށް ޢަމަލުތައް ތަޖުރީމު ކުރުމުގެ ޤާއިދާއެއް އެކަށައެޅުމަކީ ޤާނޫނީ ގޮތުން ބޮޑެތި
އަރާނެކަމެއް ކަމާއި ތަޖްރީމްކުރުމުގެ މަޞްދަރުތައް އޮޅިގެން ހިނގައިދާނެކަމެއް ކަމަށް ބެލެވިގެން
ހިނގާދާނެކަން؟
(ށ) އިސްވެ ބަޔާން
ގޮތުގެ މަތިން އެކަން ހުރުމުން ޖިނާއީކޯޓުގެ ނަންބަރު
2008/JC/1040 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބިނާކުރާ އަސާސް ޤާނޫނު އަސާސީގެ 2 ވަނަ
22
4
2 ތ ދޑ
ހއރނތަކެއް
ދުންތަކެއް
ما تو کفر کی
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2009/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 69 ވަނަ މާއްދާގެ (ހ) އާއި 142 ވަނަ މާއްދާގައި
ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2009
310/A ޤަޟިއްޔާއިންވެސް ކަނޑައަޅައި ޖިނާއީކޯޓުގެ ނަންބަރު 2009/JC/1642 ޤަޟިއްޔާގެ ޙުކުމް
ބާޠިލްކުރައްވާފައިވާކަމާއި އަދި މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކުރަންޖެހޭ
އުޞޫލު އެޤަޟިއްޔާގައި ކަނޑައަޅާފައިވާކަން.
ވީމާ، 12 ޑިސެމްބަރ 2007 ދުވަހުގެ 20:15 އެހާކަންހައި އިރު
ހިތަދޫ އަންނާރުމާގެ
އަޙުމަދު ނަޞީރު އަތޮޅުވެއްސަށް ޙާޟިރުކޮށް އަޙުމަދު ނަޞީރުގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން
ންގުމުން އަޙުމަދު ނަޞީރު ކުޑަކަމުދާ ތަކެތި ދީފައި ނުވާކަން އަޙުމަދު ނަޞީރުގެ އިޢުތިރާފުން
ޝަރީޢަތަށް ސާބިތުވި ކަމުގައި ވިޔަސް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް އަޙުމަދު ނަޞީރުގެ މައްޗަށް
ސާބިތުކޮށް އަދަބު ކަނޑައެޅުމަށް ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ހ) ހުރަސްއަޅާ ކަމަށް ދެކި
އަޙުމަދު ނަޞީރުގެ މައްޗަށް ސާބިތުވާ ކުށެއް ނެތްކަމަށް ޖިނާއީކޯޓުގެ ނަންބަރު 2008/JC/1040
ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވަނީ، އެފަދަ ޢަމަލު ތަޖްރީމުކުރުމުގެ އިތުރަށް އެ ޢަމަލުތަކަށް ކަނޑައަޅާ
ޢުޤޫބާތްވެސް ބަޔާންކުރެވިފައިވާ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާއިނުލާ އަދި
ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ)
އާއި 142 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނުވާތީ،
އެޤަޟިއްޔާ ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ޖިނާއީކޯޓުގެ ނަންބަރު 2008/JC/1040 ޤަޟިއްޔާގައި
ހިތަދޫ އަންނާރުމާގެ އަޙުމަދު ނަޞީރުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ
ޢުޤޫބާތެއްގެ ގޮތުން އަޙުމަދު ނަޞީރު 01 (އެކެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފީމެވެ.
2 22 22
ޕް
z
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv