ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/05 ޤަޟިއްޔާގެ ޙުކުމް
20]2/HC-DM/05
1
ޕޮޕްޓް ތާމާތު
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
*
ޤަޟިއްޔާ ނަންބަރ: 05/HC
-
MD/2012
• އިސްތިއުނާފު ކުރިފަރާތް
* ނަން: އިބްރާހީމް ފަލާޙު
އައިޑީ ކާޑު ނަންބަރ. A025680
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން
ކާޑު ނަންބަރ
ދާއިމީ އެޑްރެސް: މ.
ކުޑަވެޔޮމަތީގެ
މިހާރުގެ އެޑްރެސް: މ.
ކުޑަވެޔޮމަތީގެ
#
*
ދާއިމީ އެޑްރެސް:-
މިހާރުގެ އެޑްރެސް :
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޖުމާދަލްއޫލާ 1439
05 އޭޕްރީލް 2012
* ނިމުނު ތާރީޚް: 16 ރަޖަބު 1433
31 މެއި 2012
• ޤަޟިއްޔާގެ ބާވަތް:ދުސްތޫރީ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2]2HC-DM/05
ޞަފްހާ ނަންބަރ: 05-04
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
II
05-16:
II
03- ޙުކުމް:
11:
04- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙުޝަރު ބަޔާން
*
އިބްރާހީމް ފަލާޙުޤީ މ. ކުޑަވެޔޮމަތީގެ ފަރާތުން:
ބަދަލުގައި އދ. ޢަލީ ޙުސައިން މުނިޔާގެ، ކެންދޫ ދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 11-01 :HC
-
DM
-
05 pg-2012
މަޙުޝަރު ނަންބަރ: 32-26 :HC
-
DM
-
05 Mpg-2012
މަޙުޝަރު ނަންބަރ: 36-33 :HC
-
DM
-
05 Mpg-2012
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަހުޝަރު ބަޔާންތައް:
(.
8 0 4
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން:
ލީގަލް އޮފިސަރު އދ. އަޙްމަދު ޝިހާދު ދެއްކި ވާހަކަތައް
މަޙުޝަރު ނަންބަރ: 15-12 :HC
-
DM
-
05_Mpg-2012
މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަންގެ ފަރާތުން
ޑިރެކްޓަރ ޖެނެރަލް މޮނީޓަރިން އެންޑް އިންޖިނިއަރިންގް މުޙައްމަދު ނާޞިޙު ދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 17-16 :HC
-
DM
-
05 Mpg-2012
މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަންގެ ފަރާތުން:
ލީގަލް އޮފިސަރު އދ. އަޙްމަދު ޝިހާދު ދެއްކި ވާހަކަތައްތައް
މަޙުޝަރު ނަންބަރ: 25-18 :HC
-
DM
-
05 Mpg-2012
މަޙުޝަރު ނަންބަރ: 41-37 :HC
-
DM-
05 Mpg-2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.ilv
3
26012/HC-DM/05
ގެ ގެ
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
|
ރިޕޯރޓްގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 60
(
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2012/HC-DM/05
ދަޢުވާގެ ޚުލާޞާ
x
0 އ ހ ކ ވ
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ
ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ތަފާތުނުކުރުމާއި ޤާނޫނުއަސާސީ ގެ 20 ވަނަ މާއްދާގެ ދަށުން،
ޤާނޫނުގެ ކުރިމަތީގައާއި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަކަން
ލިއްބައިދޭންޖެހޭ މީހަކަށްވާއިރު، އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި
ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރުމާމެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނުން ގޮތެއް ނިންމުމުގައި މިމާއްދާއިން ލައިސަންސަށް އެދޭ ފަރާތުން ފެންވަރު ރަނގަޅު ޚިދުމަތެއް
ފޯރުކޮށްދިނުމުގެ ފަންނީ ޤާބިލުކަން ހުރިމިންވަރު ދެނެގަތުމާއި، ބްރޯޑްކާސްޓް ކުރުމުގެ ސިނާއަތުގެ
ވާދަވެރިކަމަށް ލިބިދާނެ ގެއްލުމަކަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާ ރާއްޖޭގެ
އުފެއްދުންތައް ކުރިއެރުވުމަށް ދޭންޖެހޭ ސަމާލުކަމަށް
ރިޢާޔަތްކުރުމަށް ފުމަވެސް، މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ "ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ
ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފްރީކުއެންސީ ދޫކުރުމުގެ މައިގަނޑު އުޞޫލުތަކުގެ
ތެރޭގައި ފްރީކުއެންސީ ހޯދުމަށް އެދޭ ފަރާތުގެ ތަޖުރިބާއާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި
އިންވެސްޓްމަންޓް ފަދަ ކަންކަމަށް އެކަށީގެންވާ ބުރަދަނެއް ދިނުމަށް އޮތް އޮތުމާ
މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ
މަޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި، އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ބިޑު ހުށަހަޅާ ފަރާތުގެ
ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖްރިބާއަށް 300 މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި
އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 އަދި 20
ވަނަ މާއްދާއާ އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ކަނޑައެޅިގެން
ޚިލާފު ކަމަކަށްވާތީ ކަމަށްބުނެ، ބުނެވިދިޔަ "ރޭޑިއޯޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ
(
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަދު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2012/IIC-DM/05
ޤަވާޢިދު" ގެ 2 ވަނަމާއްދާގެ (ހ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ
ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި،
އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި، ބިޑު ހުށަހަޅާ ފަރާތުގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖްރިބާއަށް 300
މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 އަދި 20 ވަނަ މާއްދާއާ އަދި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 26 ވަނަ
މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފު، ބާޠިލް މާއްދާތަކެއް ކަމުގައި ކަނޑައަޅައިދިނުން އެދި ދ. ކުޑަވެޔޮމަތީގެ
އިބްރާހީމް ފަލާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
C
(
01- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ
ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ތަފާތުނުކުރުމާއި ޤާނޫނުއަސާސީ ގެ 20 ވަނަ މާއްދާގެ ދަށުން،
ޤާނޫނުގެ ކުރިމަތީގައާއި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަކަން
ލިއްބައިދޭންޖެހޭ މީހަކަށްވާއިރު، އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި
ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރުމާމެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނުން ގޮތެއް ނިންމުމުގައި މިމާއްދާއިން ލައިސަންސަށް އެދޭ ފަރާތުން ފެންވަރު ރަނގަޅު ޚިދުމަތެއް
ފޯރުކޮށްދިނުމުގެ ފަންނީ ޤާބިލުކަން ހުރިމިންވަރު ދެނެގަތުމާއި، ބްރޯޑްކާސްޓް ކުރުމުގެ ސިނާއަތުގެ
ވާދަވެރިކަމަށް ލިބިދާނެ ގެއްލުމަކަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާ ރާއްޖޭގެ
އުފެއްދުންތައް ކުރިއެރުވުމަށް ދޭންޖެހޭ ސަމާލުކަމަށް ރިޢާޔަތްކުރުމަށް އޮތްނަމަވެސް، މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ "ރޭޑިއޯ ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ތިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 6471] 33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.inv
6
... ?
2012/HC-
DM/05
[
ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފްރީކުއެންސީ ދޫކުރުމުގެ މައިގަނޑު އުޞޫލުތަކުގެ
ތެރޭގައި ފްރީކުއެންސީ ހޯދުމަށް އެދޭ ފަރާތުގެ ތަޖުރިބާއާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި
އިންވެސްޓްމަންޓް ފަދަ ކަންކަމަށް އެކަށީގެންވާ ބުރަދަނެއް ދިނުމަށް އޮތް އޮތުމާއި، މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ
މަޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި، އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ބިޑު ހުށަހަޅާ ފަރާތުގެ
ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖްރިބާއަށް 300 މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި
އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 އަދި 20
ވަނަ މާއްދާއާ އަދި ބްރޯޑްކާސްޓް
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ކަނޑައެޅިގެން
ޚިލާފު ކަމަކަށްވާތީ ކަމަށްބުނެ، ބުނެވިދިޔަ "ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ
ޤަވާޢިދު" ގެ 2 ވަނަމާއްދާގެ (ހ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ
ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި،
އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި، ބިޑު ހުށަހަޅާ ފަރާތުގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާއަށް 300
މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 އަދި 20 ވަނަ މާއްދާއާ އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ
މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފު، ބާޠިލް މާއްދާތަކެއް ކަމުގައި ކަނޑައަޅައިދިނުން އެދި ދ. ކުޑަވެޔޮމަތީގެ
އިބްރާހީމް ފަލާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
{
cu o
02- މ.
ކުޑަވެޔޮމަތީގެ އިބްރާހީމް ފަލާޙްގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ ދަޢުވާ
ބިނާކުރި ސަބަބުތަކުގެ މައްޗަށް ބެލިއިރު، 04 (ހަތަރެއް) ސަބަބެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2012/HC-DM/05
O
(ހ) ފުރަތަމަ ސަބަބަކީ: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި
ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބެލުމުގައި ކޮމިޝަނުން ގެންގުޅެންވާނީ ހަމަހަމަ އަދި ހާމަކަންބޮޑު
ނިޒާމެއްކަމަށް ބަޔާންކޮށްފައި ވީހިނދު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ I7 ވަނަ
މާއްދާގައި އެމީހެއްގެ މާލީ ފުދުންތެރިކަމަށް ބަލައި ތަފާތު ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވާއިރު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން
ހުށަހެޅުމާބެހޭ ޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ބިޑު ހުށަހަޅާ
ފަރާތުގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާއަށް 300 މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި
އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ
ޚިލާފު ކަމެއްކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ބެހޭ މަޢުލުމެe
(ށ) ދެވަނަ ސަބަބަކީ: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި
ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރުމާއި މެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނުން ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވާއިރު އެމާއްދާގައި ނުހިމެނޭ
ކަންތައްތަކެއް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯ ޓީވީ ބްރޯޑްކާސްޓިންގއަށް
ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން
ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނު
މާއްދާގައި، އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ހިމަނާފައި ވުމަކީ ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޚިލާފު
ކަމެއްކަމަށާއި، އެހެނީ ފްރީކުއެންސީ ހޯދުމަށް އެދޭ ފަރާތުގެ ތަޖުރިބާ އާއި މިހާތަނަށް ކޮށްފައިވާ
މަސައްކަތަށާއި އިންވެސްޓްމަންޓަށް ބެލުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި
ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރުމާއި މެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނުން ގޮތެއް ނިންމުމުގައި ބަލަންޖެހޭނެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫންކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
212FIC-DM/05
އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގައި ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ
ލައިސަންސެއް ދޫކުރުމާއި މެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަން
ޖެހޭނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ 1. ލައިސަންސްއަށް އެދޭ ފަރާތުން ފެންވަރު ރަނގަޅު ޚިދުމަތެއް
ފޯރުކޮށްދިނުމުގެ ފަންނީ ޤާބިލުކަން ހުރިމިންވަރު، 2. ބްރޯޑްކާސްޓް ކުރުމުގެ ސިނާއަތުގެ ވާދަވެރިކަމަށް
ލިބިދާނެ ގެއްލުމަކަށް ބެލުން އަދި 3. ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާ ރާއްޖޭގެ
އުފެއްދުންތައް ކުރިއެރުވުމަށް ދޭންޖެހޭ ސަމާލުކަމަށް ރިޢާޔަތްކުރުން ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ނ) ތިންވަނަ ސަބަބަކީ: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަމާއްދާގެ (ށ) ގެ (2)
ވަނަ ނަންބަރުގައި، ސިނާއަތުގެ ވާދަވެރިކަމަށް ލިބިދާނެ ގެއްލުމަކަށް ބްރޯޑްކާސްޓް
ރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ
ލައިސަންސެއް ދޫކުރުމުގައި ރިޢާޔަތްކުރަން ޖެހޭނެ ކަމަށް އޮތްއިރު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން
އެކުލަވާލާފައިވާ ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ)
އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން
ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި ޕްރޮޕޯރސަލް ހުށަހަޅާ ފަރާތުގެ ތަޖްރިބާއަށާއި
މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމަންޓަށް މާކްސް ދިނުމަށް އޮތް އޮތުމަކީ ޙަޤީޤަތުގައި
ބްރޯޑްކާސްޓް ކުރުމުގެ ސިނާއަތުގެ ވާދަވެރިކަމަށް ގެއްލުން ލިބިގެންދާނެ އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ }
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ތަފާތުނުކުރުމާއި އަދި ޤާނޫނުއަސާސީގެ 20 ވަނަ
މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަ ކަމުގެ އުޞޫލާއި ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށާއި، އެހެނީ
ފްރީކުއެންސީ ހޯދުމަށް އެދޭ ފަރާތުގެ ތަޖުރިބާ އާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް
ބަލައި މާކްސް ދީފިނަމަ ބްރޯޑްކާސްޓް ކުރުމުގެ ފްރީކުއެންސީ ލިބުމުގެ ފުރުޞަތު އެންމެބޮޑުވާނީ މިހާރުވެސް
ބްރޯޑްކާސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2012/HC-DM/05
6 7
(ރ) ހަތަރުވަނަ ސަބަބަކީ: ބްރޯޑްކާ
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި
ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބެލުމުގައި ކޮމިޝަނުން ގެންގުޅެންވާނީ ހަމަހަމަ އަދި
ހާމަކަންބޮޑު ނިޒާމެއްކަމަށް ބަޔާންކޮށްފައި ވީހިނދު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17
ވަނަ މާއްދާގައި އެމީހެއްގެ މާލީ ފުދުންތެރިކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު،
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ "ރޭޑިއޯޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ
ދޫކުރުމުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) ގައި ކުރާ ފްރީކުއެންސީ ދޫކުރުމުގެ މައިގަނޑު
އުޞޫލުތަކުގައާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް
ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ މާއްދާގައި ފްރީކުއެންސީ ހޯދުމަށް އެދޭ ފަރާތުން މިހާތަނަށް
ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓް ފަދަ ކަންކަމަށް މާކްސް ދޭގޮތަށް އޮތްއޮތުމަކީ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހ4 470
ބަޔަކު
03- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(.
(ހ) ފުރަތަމަ ކަމަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި
ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރުމާއި މެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނުން ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވާއިރު އެމާއްދާގައި ނުހިމެނޭ
ކަންތައްތަކެއް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯ ޓީވީ ބްރޯޑްކާސްޓިންގއަށް
ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން
ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ
¢ ¢3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.inv
10
32HC-DM/05
==އި
ނަންބަރުގައި، އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ހިމަނާފައި ވުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފު
ކަމެއްކަމަށް ބުނެ އިބްރާހީމް ފަލާޙުގެ ފަރާތުން ހުށަހަޅައި، ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު،
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ
ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބެލުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން
ގުޅެންވާނީ ހަމަހަމަ އަދި ހާމަކަންބޮޑު ނިޒާމެއް ކަމަށާއި،
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ނ) ގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ
ޚިދުމަތްދިނުމުގެ ލައިސަންސެއް ދޫކުރުމާމެދު ގޮތެއް ނިންމުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން
ރިޢާޔަތްކުރަންވާނެ ކަންކަން ކަމާއި، އެގޮތުން ތިން ކަމެއް ބަޔާންކޮށްފައިވާކަމާއި، އެއީ،
1. ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތް
ފަންނީގޮތުން ޤާބިލުތޯ ނުވަތަ ނޫންތޯ؟ އެކަން ބެލުމުގައި އެފަރާތުން ދޭން އެދިފައިވާ
ޚިދުމަތުގެ ބާވަތަށް ރިޢާޔަތްކުރަންވާނެކަން.
2.ސިނާއަތުގެ ވާދަވެރިކަމަށް ލިބިދާނެ ގެއްލުމަކަށް!
3. ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާ ރާއްޖޭގެ އުފެއްދުންތައް
ކުރިއެރުވުމަށް ދޭންޖެހޭ ސަމާލުކަން. މިތިންކަންތައްކަން އެނގޭކަމާއި،
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯ ޓީވީ ބްރޯޑްކާސްޓިންގއަށް
ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ 2 ވަނަ މާއްދާއަކީ ފްރީކުއެންސީ ދޫކުރުމުގެ މައިގަނޑު އުޞޫލު
ކަނޑައަޅާ މާއްދާކަމާއި، އެމާއްދާގެ ގެ (ހ) ގައިވަނީ "ޕްރޮޕޯސަލް އިވެލުއޭޓްކުރާއިރު އެ ފަރާތްތަކުގެ
ތަޖުރިބާއަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމެންޓަށް، އަދި ޚިދުމަތް ފުޅާކުރާ އަވަސްމިން
(ރޯލްއައުޓް ޕްލޭން) ފަދަ ކަންކަމަށް އެކަށީގެންވާ ބުރަދަނެއްދިނުން" މިފަދައިންކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: (3325026، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
11
2012/HC-DVi/05
މިމާއްދާތަކަށާއި އަދި މިނޫނަސް ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސެއް
ދޫކުރުމާއި، ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމާ ގުޅޭގޮތުން ޤާނޫނު ނަންބަރު 16/2010
(ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯ/ޓީވީ
ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ މާއްދާތަކަށް ބަލާއިރު، ބްރޯޑްކާސްޓްކުރުމުގެ
ޚިދުމަތްދިނުމުގެ ލައިސަންސް ދޫކުރުމާއި، ބްރޯޑްކާސްޓިންގ އަށް ފްރީކުއެންސީ ދޫކުރުމަކީ ތަފާތު ދެކަމެއްކަން
އެނގޭކަމާއި،
ބްރޯޑްކާސްޓްކުރުމަކީ،
ކީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ޢާންމުކޮށް ނުވަތަ ވަކި ބަޔަކަށް
އަމާޒުކޮށް އަޑާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރު ދުރަށް ފެތުރުންކަމާއި، ނަމަވެސް ޢާންމުތަނެއްގައި
ބަޔަކަށް ދައްކާލުމުގެ ބޭނުމުގައި ނުވަތަ އިއްވުމުގެ ބޭނުމުގައި އަޑާއި މަންޒަރު ހުށަހެޅުން މިއިން
އިސްތިސްނާވާކަމާއި، ބްރޯޑްކާސްޓްކުރުމުގައި މަޢުލޫމާތު ފޮނުވެނީ ގިނަ އަދަދެއްގެ ބަޔަކަށްކަމާއި، މަޢުލޫމާތު
ފޮނުވެނީ ރޭޑިއޯ ސިގްނަލް ނުވަތަ ރޭޑިއޯ ވޭވްސް (Radio Waves)، ކޭބަލް (Wire) ނުވަތަ ސެޓެލައިޓް
(Satellite) މެދުވެރިކޮށްގެންކަމާއި، މިގޮތުން ފޮނުވޭ ސިގްނަލްތައް، ޓީވީ ބަލާމީހުން ނުވަތަ ރޭޑިއޯ
އަޑުއަހާމީހުން ނަގާނީ ޓެލެވިޜަން ސެޓް ނުވަތަ ރޭޑިއޯ ރިސީވަރުތައް މެދުވެރިކޮށްގެންކަން އެނގޭކަމާއި،
ބަޔާންކުރެވިދިޔަ ތިންގޮތުންކުރެ ރޭޑިއޯ ސިގްނަލް ނުވަތަ ރޭޑިއޯ ވޭވްސް މެދުވެރިކޮށް ކުރާ
ބޮރޯޑްކާސްޓަކީ ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގކަމާއި، ޓެރެސްޓްރިއަލްކޮށް ބްރޯޑްކާސްޓްކުރަނީ
ޓްރާންސްމިޓިންގ ސްޓޭޝަންތަކެއް ޤާއިމްކޮށްގެން ވަކި ފްރީކުއެންސީއެއް ނުވަތަ ފްރީކުއެންސީތަކެއް
ބޭނުންކޮށްގެން ޖައްވުގައި ފޮނުވޭ ރޭޑިއޯ ސިގްނަލްތަކެއް މެދުވެރިކޮށް ދުރަށް މަންޒަރު އަދި އަޑު ފޮނުވައިގެން
ON
ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.lhighcourt.gov.mv
12
2017/HC-DM/5
86ވތް 344
33
c
ބްރޯޑްކާސްޓްކުރުމުގެ
ފްރީކުއެންސީއަކީ ބްރޯޑްކާސްޓްކުރުމުގެ ވަޞީލަތެއްކަމާއި، އަދި
ލައިސަންސެއް ދިނުމަކީ ބްރޯޑްކާސްޓްކުރުމުގައި ބޭނުންކުރެވިދާނެ ހުރިހާ ވަޞީލަތްތަކެއް ބޭނުންކުރުމަށް ދެވޭ
ލައިސަންސެއްނޫންކަމާއި، ފްރީކުއެންސީ މެދުވެރިކޮށް ބްރޯޑްކާސްޓްކުރެވޭނީ ފްރީކުއެންސީ ލައިސަންސް
ލިބިފައި އޮވެގެންކަމާއި
،
OX
ވުމާއެކު، ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދިނުމާއި ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގއަށް
ބޭނުންވާ ފްރީކުއެންސީ ލައިސަންސް ދޫކުރުމަކީ ތަފާތު ދެކަމެއްކަން އެނގޭކަމާއި، ބްރޯޑްކާސްޓްކުރުމުގެ
ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ
ލައިސަންސެއް ދޫކުރުމާމެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮތެއް ނިންމުމުގައި ބަލަންޖެހޭ
ކަމާއި،
02 ހއ 02
/eއeއ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯޓީވީ ބްރޯޑްކާސްޓިންގއަށް
ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވަނީ ފްރީކުއެންސީ ލިބޭނެ
ފަރާތްތައް ހޮވުމުގައި ބަލަންޖެހޭ ކަންތައްތަކުގެ ތެރެއިން ކަމެއްކަމާއި، އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތް (18
މާރޗް 2012) ގެ 8.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އެވަނީ ފްރީކުއެންސީ ހޯދުމަށް އެދި ހުށަހަޅާ
ފަރާތްތައް އިވެލުއޭޓްކުރާނެ ކްރައިޓީރިއާތަކެއްކަމާއި،
oxo
އެހެންކަމުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި ބްރޯޑްކާސްޓް
ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއް ދޫކުރުމާއި މެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮތެއް
ނިންމުމުގައި ބަލަންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވާއިރު އެމާއްދާގައި ނުހިމެނޭ ކަންތައްތަކެއް، މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ރޭޑިއޯޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2012/HC-Di/5
ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ
ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފު،
ބާޠިލުކުމެއްކަމުގައި ބަލާނެތަނެއްއޮތްކަމެއްނޫންކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި
އެމީހެއްގެ މާލީ ފުދުންތެރިކަމަށް ބަލައި ތަފާތު ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު މޯލްޑިވްސް
ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ
ލޫމާތު ފޮތުގެ 8.1 ވަނަ ނަންބަރުގައި އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ބިޑު ހުށަހަޅާ ފަރާތުގެ
ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖްރިބާއަށް 300 މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި
އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާ
ޚިލާފު ކަމެއްކަމަށާއި އަދި އެއީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ
އުޞޫލާވެސް ފުށުއަރާކަމެއްކަމަށް މިމައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ބުނުމުގެ މައްޗަށް ބެލިއިރު،
(
3 ފ 25 4ސ
ހށޅެމުބކ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް
ބީލަން
މަޢުލޫމާތު ފޮތުގެ 8.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އިވެލުއޭޝަން
ކްރައިޓީރިއާއެއްކަމާއި، އެކްރައިޓީރިއާގައި ކަނޑައަޅާފައިވަނީ،
- ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖްރިބާއަށް 300 މާކްސް
- މިހާތަނަށް ކޮށްފައިވާ އިންވެސްޓްމެންޓަށް 150 މާކްސް
- ޚިދުމަތް ފޯރުވައިދިނުމަށް ރާވާފައިވާ ރޯލްއައުޓް ޕްލޭނަށް 100 މާކްސް
- އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހުށަހަޅާ ކަންކަމަށް 50 މާކްސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2012/HC-DM05
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
- ހުށަހަޅާ އަގަށް 400 މާކްސް ކަމާއި،
މިއީ ރޭޑިއޯޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދުގެ ޖަދުވަލު 4
ގައިވާ، ފްރީކުއެންސީގެ ބީލަން އިވެލުއޭޓް ކުރެވޭނެ ކްރައިޓީރިއާގެ މައްޗަށް ބިނާކޮށް، އޭގައި
ބަޔާންކުރެވިފައިވާގޮތަށް ކަނޑައެޅިފައިވާ އިވެލުއޭޝަން ކްރައިޓީރިއާއެއްކަމާއި،
OXO
"
* 9 8
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއަށް ބެލިއިރު އެމާއްދާގެ (ހ) ގައި ވަނީ
"މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް
ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި،
އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް،
ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް
ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ
މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ.
މިފަދައިންކަމާއި، އަދި އެމާއްދާގެ (ނ) ގައި ވަނީ
"މުޖްތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާޢީ
ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން
ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް
ނުވާނެއެވެ." މިފަދައިންކަމާއި،
އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއަށް ބެލިއިރު އެމާއްދާގައި ވަނީ
ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ
މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ
މީހެއްގެވެސް ޙައްޤެކެވެ." މިފަދައިންކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2012}FIC-DMI{{05
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ
މިމާއްދާތަކުގެ
މައްޗަށް ބަލައި، ބަޔާންކުރެވިދިޔަ
ކްރައިޓީރިއާތަކަށް ބަލާއިރު، މިފަދަ ކްރައިޓީރިއާތަކަކީ އެންމެ އެކަށޭނަ ފަރާތް ހޮވުމުގެ ބޭނުމުގައި ކަނޑައެޅޭ
ކަންތައްތަކެއްކަމާއި، އަދި މިކްރައިޓީރިއާތަކަށް ބަލާއިރު މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާގައި ބުނެފައިވާފަދައަކުން ތަފާތުކުރުމަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި
ބުނެފައިވާ ހަމަހަމަކަމުގެ އުޞޫލާ ޚިލާފަށް، އެއްވެސް މެދުގައި ތަފާތުކުރުމުގެ ބޭނުމުގައި
ކަނޑައެޅިފައިވާ ކްރައިޓީރިއާތަކެއްކަމުގައި ބެލެވެން ނެތްކަމާއި، އެހެންނަމަވެސް އެއީ، ޓެރެސްޓްރިއަލް
ފްރީކުއެންސީއަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށޭނަ ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ
ކްރައިޓީރިއާތަކެއްކަން އެނގޭކަމާއި،
މ 04
4
ބައެއްގެ
"ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރެވިފައިއެވާ ކަންކަމަކީ، ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ
ތެރެއިން ފްރީކުއެންސީ ދޫކުރުމަށް އެންމެ އެކަށޭނަ ފަރާތްތައް ހޯދުމަށް އެކަށީގެންވާ ބަރުދަނެއް ދޭންޖެހޭ
ކަންތައްތަކެއްގެ ގޮތުގައި އޮތްއިރު، މިމާއްދާގައިވާ ތަޖުރިބާއާއި މިހާތަނަށް ކޮށްފައިވާ މަސައްކަތާއި
އިންވެސްޓްމަންޓް، މިފަދަ ކަންކަމަކީ، ޓެރެސްޓްރިއަލް ފްރީކުއެންސީ ދޫކުރެވޭ ފަރާތަކީ ނުވަތަ ފަރާތްތަކަކީ
މިވަޞީލަތް ބޭނުންކޮށްގެން އެންމެ އެކަށޭނަގޮތެއްގައި، އަދި އެންމެ ރަނގަޅަށް ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް
ފޯރުކޮށްދެވޭނެ، އަދި އެކަމުގެ ހުނަރާއި ޤާބިލުކަން ހުރި ފަރާތެއް ނުވަތަ ފަރާތްތަކެއްކަން ކަށަވަރު ކުރުމުގެ
ބޭނުމުގައި ކުރިން ކަނޑައެޅިފައިވާ ކަންތައްތަކެއްކަމާއި،
{
ފްރީކުއެންސީ ފަދަ މަދު ވަޞީލަތެއް (Limited Resource) ދޫކުރެވޭއިރު، ދޫކުރެވޭ
ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވުމަށް ކަނޑައެޅޭ ކްރައިޓީރިއާއެއް ނެތި ފްރީކުއެންސީ ހޯދުމަށް އެދޭ ކޮންމެ
ފަރާތަކަށް ފްރީކުއެންސީ ދޫކުރެވޭނެ ގޮތެއް ނޯންނާނެކަމާއި، ފްރީކުއެންސީ ދޫކުރެވެން އޮތީ ވަކި އަދަދަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
16
ވިއްޔާ މިމުނު ގޮތުގެ ރިޕޯޓް
2]2}HC-DMI}}5
ކަމަށްވާއިރު، ފްރީކުއެންސީ ދޫކުރާނެ ފަރާތްތަކެއް ކަނޑައެޅުމަށް ކްރައިޓީރިއާތަކެއް ކަނޑައެޅިފައި އޮތުމަކީ
ޤަބޫލުނުކުރެވޭނެ ކަމެއްކަމުގައި ބެލެވިގެން ނުވާނެކަމާއި، މިގޮތުން ޓެރެސްޓްރިއަލް ފްރީކުއެންސީ ދޫކުރުމުގައި،
ފްރީކުއެންސީ ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ތަޖުރިބާއަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި،
އިންވެސްޓްމަންޓަށް ބަލާގޮތަށް، ކުރިން ކަނޑައެޅި، ހަމަޖައްސާފައި އޮތް އޮތުމަކީ، ޓެރެސްޓްރިއަލް
ފްރީކުއެންސީ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށޭނަ ފަރާތް ހޮވުމަށް ކުރިން
ކަނޑައެޅި، އިޢުލާންކުރެވިފައިއޮތް އޮތުމެއްކަމާއި، އެގޮތަށް ކަނޑައެޅިފައިވުމަކީ އެއްވެސް ފަރާތެއްގެ އަސާސީ
ޙައްޤެއް ނުވަތަ މިނިވަންކަމެއްވިއަސް ލިބިދިނުމާއި ފުށުއަރާކަމެއްކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމަށް
ނުފެންނަކަމާއި،
އެހެންކަމުން، "ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދު" ގެ 2
މާއްދާގެ (ހ) ގައި ބަޔާންކުރާ ފްރީކުއެންސީ ދޫކުރުމުގެ މައިގަނޑު އުޞޫލުތަކުގެ ތެރޭގައި ފްރީކުއެންސީ
ހޯދުމަށް އެދޭ ފަރާތުގެ ތަޖުރިބާއާއި މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓް ފަދަ ކަންކަމަށް
އެކަށީގެންވާ ބުރަދަނެއް ދިނުމަށް އޮތް އޮތުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުއްވާފައިވާ
ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތުގެ 8.1 ވަނަ ނަންބަރުގައި،
އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި ބިޑު ހުށަހަޅާ ފަރާތުގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖްރިބާއަށް 300 .
މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް 150 މާކްސް ދޭގޮތަށް އޮތް އޮތުމަކީ
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާފަދައަކުން ތަފާތުކުރުމެއްކަމުގައި، 'އަދި
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ ހަމަހަމަކަމުގެ އުސޫލާ ޚިލާފު
ކަމެއްކަމުގައިވެސް ބެލެވޭނެ ތަނެއް ނެތްކަމެވެ.
2
OL
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް: info{@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.Imv
17
2012/HC-DM/05
• ޙުކުމް:
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،"ރޭޑިއޯޓީވީ ބްރޯޑްކާސްޓިންގއަށް
ފްރީކުއެންސީ ދޫކުރުމުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން
ނެރުއްވާފައިވާ ޓެރެސްޓްރިއަލް ފްރީކުއެންސީއަށް ބީލަން ހުށަހެޅުމާބެހޭ މަޢުލޫމާތު ފޮތް (18 މާރޗް 2012)
ގެ 8.1 ވަނަ ނަންބަރުގައި، އިވެލުއޭޝަން ކްރައިޓީރިއާގެ ތެރޭގައި، ބިޑު ހުށަހަޅާ ފަރާތުގެ ބްރޯޑްކާސްޓިންގ
ދާއިރާގެ ތަޖްރިބާއަށް 300 މާކްސްއާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތަށާއި އިންވެސްޓްމަންޓަށް 150
މާކްސް ދޭގޮތަށް އޮތް އޮތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 އަދި 20 ވަނަ މާއްދާއާ އަދި
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފު، ބާޠިލް މާއްދާތަކެއް ކަމުގައި
iނޑައަޅާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ
بالا
26
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ތައްޔާރުކުރީ: ފާޠިމަތު ނީޝާ
ޗެކްކުރީ: ޙައްވާ ނަޝާތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv