ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/213 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/213
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
به نام رازیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 213/HC
-
A/2008
ދަޢުވާކުރާ ފަރާތް:
• ނަން: އާމިނަތު ޝަކީބާ އިބްރާހީމް
ދާއިމީ އެޑްރެސް: މއ. ކާޕެންޓަރުގެ
އައި.ޑީ.ކާޑް ނަންބަރ: A011106 * މިހާރުގެ އެޑްރެސް: މއ. ކާވެންޓަރުގެ
ވަކީލު:
އިޒް. އަހްމަދު ޒަމީރު އާދަމް އިލަމާ (A068395)
*
)
ދަޢުވާލިބުނު ފަރާތް.
• ނަން: ޙަސަން ސަޢީދު
* ދާއިމީ އެޑްރެސް: މމދ ދަފްތަރު 02-16
އައި.ޑީ.ކާޑް ނަންބަރ: A009507 * މިހާރުގެ އެޑްރެސް: މމދ ދަފްތަރު 02-16
ބަދަލުގައި: އޒީ. ޢަބްދުﷲ އަޙްމަދު ޅ. އޮޅުފަޅު. ގ. ގޯލްޑަންސްޓަރ (A777187)
0
ހުށަހެޅުނު ތާރީޚް: 21 ރަޖަބު 1429
24 ޖުލައި 2008
* ނިމުނު ތާރީޚް: 28 ރަބީޢުލްއައްވަލް 1431
14 މާރޗް
2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/1604
• ނިންމެވިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 27.09.2007
ނިމުނު ތާރީޚް: 28.04.2008
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/213
ދަޢުވާގެ ޚުލާޞާ
95
މިއީ މަދަނީކޯޓުގެ ނަންބަރު 2007/MC/1604 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ކާޕެންޓަރުގެ އާމިނަތު ޝަކީބާ އިބްރާހީމްގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ
މައްސަލައެކެވެ.
މިއ.
އާމިނަތު ޝަކީބާ އިބްރާހީމްކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މޅޅ
ދަފްތަރު 02-16 ޙަސަން ސަޢީދު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު: 2007/MC/1604 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަކާއި އިސްތިއުނާފު
ކުރުމަށް އާމިނަތު ޝަކީބާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން
ދެފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(1
ފުރަތަމަކަމަކީ، އާމިނަތު ޝަކީބާ އިބްރާހީމް އާއި ޝަމްސިއްޔާ އިބްރާހީމްގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. ކާޕެންޓަރުގޭގައި 5 ބުރިއަށް ޢިމާރާތެއް ހެދުމަށް 2002
އޮގަސްޓް 9 ވަނަދުވަހު ކޮށްފައިވާ އެގްރިމެންޓާއި ދަފްތަރު ޙަސަން ސަޢީދުއާއި
ގއ. ދެއްވަދޫ ޕެރިސް ޢަލީ ޒުބައިރު އާއި މލޅ ދަފްތަރު އަހްމަދު ޢަލީ މއ. ކާޕެންޓަރުގެ އާއި
މި ތިންމީހުން ޚިލާފުވެ މިތިންމީހުންގެ ޚަރަދުގައި ހަދާފައިވާ ޢިމާރާތް ހަދާފައިވަނީ އެގްރިމެންޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 332.5029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/213
04ހ4
مرميمري
11 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާގޮތާއި ޚިލާފަށް މޯލްޑިވްސް ހައުސިންގ އެންޑް
އާރބަން ޑިވެލޮޕްމަންޓް ބޯޑުން ހުއްދަ ދީފައިވާ ކުރެހުމާއި ޚިލާފަށްކަމަށްވެފައި އެޢިމާރާތުގައި
ދިރިއުޅުމުގެ ހުއްދަ ދެވޭނީ މޯލްޑިވްސް ހައުސިންގެ އެންޑް އާރބަން ޑިވެލޮޕްމަންޓް ބޯޑުން ހުއްދަ
ދީފައިވާ ކުރެހުމާއި
ރަގަޅުކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް
ރަގަޅުކުރުމަށްފަހުގައިކަމަށް އެބޯޑުން އަންގަވާފައިވާކަންކަން އަދިވެސް ރަގަޅު ނުކޮށްވާކަމަށް
ފާހަގަކުރައްވައި އެގްރިމެންޓުގެ 5 ވަނަ މާއްދާގެ ދަށުން ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭ
2 ބުރި އެމާއްދާގައި ބުނެފައިވާ މުއްދަތުގައި ޙަވާލުކޮށްފައި ނުވާތީއާއި މި އެގްރިމެންޓަކީ ޢިމާރާތުގެ
ވެރިފަރާތުގެ ނުރުހުމުގައި އެގްރީމެންޓުގެ މުއްދަތަށް ދެމެހެއްޓުން ލާޒިމުވާ އެގްރިމެންޓެއް
ކަމަށްނުވާތީ އެގްރިމެންޓުގެ 9 ވަނަ މާއްދާގެ ދަށުން އެގްރިމެންޓް ބާޠިލުކުރުމުގެ އިޚްތިޔާރު
އެފަރާތަށް ލިބިދީފައިވާތީ އެގްރިމެންޓު ބާޠިލުކުރަން ޢިމާރާތުގެ ވެރިފަރާތުން ޝަރީޢަތުގައި
ދަޢުވާކޮށްފައިވުމުން، 2006 ވަނައަހަރުގެ ޑިސެމްބަރ 28 ވަނަ ދުވަހުން ފެށިގެން އެ
އެގްރިމެންޓަކީ ބާޠިލު އެގްރިމެންޓެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ހ ( 8*0 ހ 22
3
165/HC
-
A/2005 ޤަޟިއްޔާއިން ކަނޑައަޅައި ދެފަރާތުން ކުރެ ފަރާތަކަށް ލިބެންޖެހިދާނެ
ބަދަލާއިމެދު ދަށުކޯޓުގައި ދަޢުވާކޮށްގެން އެކަމާއިމެދު ގޮތެއް ކަނޑައެ
ޑައެޅެންޖެހޭކަމަށް ޤަޟިއްޔާގެ
ޙުކުމްގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން،
ދެފަރާތުގެ ދެމެދު ކުރެވިފައިވާ އެގްރިމެންޓް ބާޠިލުވުމަށް މެދުވެރިވި ސަބަބަކީ ޢިމާރާތް
ކުރުމަށް ޙަވާލުވެ ޢިމާރާތްކޮށްފައިވާ ފަރާތުން އެގްރިމެންޓުގައި ކަނޑައެޅިފައިވާ އަދި ކުރެހުމުގައި
ވާގޮތާއި ޚިލާފަށް ޢިމާރާތްކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވާކަން ކަމާއި މިގޮތުގެމަތިން
ކޮށްފައިވާ ޢިމާރާތުގެ އަގުހޯދުމަށް ޙަސަން ސަޢީދު އާއި ޢަލީ ޒުބައިރުއާއި އަޙްމަދު ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/213
ދަޢުވާކުރުމުން މަދަނީކޯޓުގެ އިސްތިއުނާފު ކުރެވޭ މިޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުގެ އަމިއްލަ
ޚަރަދުގައި 6 ބުރި ޢިމާރާތެއް ކޮށްފައިވާކަން އެނގޭތީ އެގްރިމެންޓް ބާޠިލު ކުރިނަމަވެސް ޢިމާރާތް
ހެދުމަށް ޚަރަދުކުރި ފައިސާއަކީ މަސައްކަތްކުރި ފަރާތަށް ޙައްޤުވާ ފައިސާއެއްކަމަށް ބައްލަވައި
އަގުކޮމިޓީގެ ފަރާތުން ޢިމާރާތް އަގުކޮށް އެއަގު އެފަރާތަށް ދިނުމަށް ޢިމާރާތުގެ ވެރިފަރާތަށް އަންގާ
ޙުކުމް ކުރެއްވިއިރު އެޢިމާރާތް ކުރެހުމާއި އެއްގޮތަށް އިޞްލާޙުކުރުމަށްއެދި މޯލްޑިވްސް ހައުސިންގ
އެންޑް އާރބަން ޑިވެލޮޕްމަންޓް ބޯޑުން ހުއްދަދީފައިވާ ގޮތާއި ޚިލާފަށް ހުރިކަންތައްތައް
ރަގަޅުކުރުމަށް ހިނގާޚަރަދު އުނިކުރައްވާފައި ނުވުމަކީ މިބާވަތުގެ ކޮންޓްރެކްޓުގެ ހަމަތަކަށް
މައްސަލަ ނިންމުމުގައި ރިޢާޔަތްކުރައްވާފައިވާ ކަމަށް ނުބެލެވޭ ކަމެއްކަމަށް މަދަނީކޯޓުގެ ނަންބަރު
2007/MC/1604ޤަޟިއްޔާގައި އިންޞާފު ޤާއިމުކުރެވިފައިވާކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން،
0 0
2 20
ޙުކުމް:
4
އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ
ތުގެމަތިން ހުރުމުން މއ. ކާޕެންޓަރުގެ ގޯތީގައި
މލޅ ދަފްތަރު ޙަސަން ސަޢީދު އާއި އޭނާގެ ދެ ބައިވެރިންކަމުގައިވާ ގއ. ދެއްވަދޫ ޕެރިސްގެ ޢަލީ
ޒުބައިރު އާއި މލމ ދަފްތަރު އަޙްމަދު ޢަލީ އާއި މި ތިންމީހުންގެ ޚަރަދުގައި ކޮށްފައިވާ 5 ބުރީގެ
ޢިމާރާތަށް މަދަނީކޯޓުގެ ފަރާތުން ޢައްޔަންކުރި އަގުކޮމިޓީގެ ފަރާތުން ކަނޑައެޅި އަގުކަމުގައިވާ
-/810000ރ. (އަށްލައްކަ ދިހަހާސް) ރުފިޔާއިން އެޢިމާރާތް ކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ
އަދި ޢިމާރާތްކުރުމަށް މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑުން ހުއްދަދީފައިވާ
ގޮތާއި އެއްގޮތަށް އިޞްލާޙު ކުރަން ހިނގާ ޚަރަދު އުނިކުރެވެންޖެހޭކަމާއި އެކަންކަން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/213
އިޞްލާޙުކުރުމަކީ ޢިމާރާތްކުރި ފަރާތުގެ ޒިންމާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު
އެނގެން އޮތުމުން އެކަންކަން އިޞްލާޙުކޮށް ކުރެހުމާއި އެއްގޮތަށް ރަނގަޅުކުރުމަށް ހިނގާ ޚަރަދު
ޝަރީޢަތުގެ ފަރާތުން ބަލައި ނުވަތަ ދެފަރާތުން އެކަމަށް އެއްބަސްވާ އަގެއް އޮތްނަމަ އެއަގު
ޢިމާރާތްކުރުމަށް ޚަރަދުވެފައިވާ އަގުން އުނިކުރުމުން ބާކީ އޮންނަ ޢަދަދަކީ ޙަސަން ސަޢީދު އާއި
އަޙްމަދު ޢަލީ އާއި ޢަލީ ޒުބައިރު އަށް ޙައްޤުވާނެ މިންވަރުކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީ އެގޮތުގެމަތިން ޙުކުމްކޮށް މިދެފަރާތުންކުރެ ފަރާތަކުން
އެކަން ބެލުމަށް ދަށުކޯޓަށް ހުށަހަޅައިފިނަމަ ބަލައިދިނުމަށް އަންގާ މި ޤަޟިއްޔާ ނިންމީއެވެ.
ނޯޓް: މިޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީކޯޓުގެ ނަންބަރު 2007/MC/1604
ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ބާޠިލުވީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
(
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
(ފަނޑިޔާރު)
ޑި:8
ދީވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt.gov.mv