ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/161 ޤަޟިއްޔާގެ ޙުކުމް
2013/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم انداز مراسیم
44
ހައިކޯޓު
މިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 161/HC
-
A/2013
• އިސްތިއުނާފް ކުރިފަރާތްތައް:
.* ނަން: އާމިނަތު ޙަބީބާ
ދާއިމީ އެޑްރެސް: ޕާމްކޯޑް / ގދ. ތިނަދޫ
4.2 ނަން: އިރާޝާ އަޙްމަދު
* ދާއިމީ އެޑްރެސް: ނާރެސް / ގދ. ތިނަދޫ
* އައިޑެންޓިޓީކާޑު ނަންބަރު: A104337
މިހާރުގެ އެޑްރެސް: ޕާމްކޯޑް / ގދ. ތިނަދޫ
އައިޑެންޓިޓީކާޑު ނަންބަރު:A318514
* މިހާރުގެ އެޑްރެސް: ނާރެސް / ގދ. ތިނަދޫ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން. ބޭންކް އޮފް މޯލްޑިވްސް ޕލކ
* ދާއިމީ އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް
ބޮޑުތަކުރުފާނު މަގު | މާލެ
* މިހާރުގެ އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް
ބޮޑުތަކުރުފާނު މަގު / މާލެ
ރަޖިސްޓްރީ ކުރެވުން
ކުރެވުނު ތާރީޚް: 09 މެއި 2013
ނިމުނު ތާރީޚް: 20 އޯގަސްޓް 2014
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
+ ނަންބަރު: 2012/Q10C/110
* ޤަޟިއްޔާގެ ބާވަތް ފައިސާ ހޯދުން
* ކޯޓު: ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
* ނިންމެވި ތާރީޚް: 28 ފެބްރުއަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ދިވެހިރާއް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޔޫސުފް ޙުސައިން،
ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/161
ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ނަންބަރު 2012/Q10C/110
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ. ތިނަދޫ، ޕާދްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ
އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
1. ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ނަންބަރު 2012/Q10C/110 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ގދ. ތިނަދޫ، ޕާމްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ އަޙްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ނަންބަރު 2012/Q10C/110
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގދ. ތިނަދޫ ނާރެސް އިރާޝާ
އަޙްމަދާއި، އެރަށު ޕާމްކޯޑް އާމިނަތު ޙަބީބާއާ ދެމީހުންގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ގދ.
ތިނަދޫ ބްރާންޗުގެ ސެންކްޝަން ސިޓީ ނަންބަރު 392
/
2008-THBR
/
ADV (11 ސެޕްޓެމްބަރ 2008)
ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ދަށުން -/400,000ރ (ހަތަރުލައްކަ ރުފިޔާ) ގެ ޑިމާންޑް ލޯނެއް
އެފަރާތްތަކަށް ދޫކޮށްފައިވާހިނދު، އެފަރާތްތަކުން އެއްބަސްވެފައިވާ ގޮތަށް ލޯނު އަދާކޮށްފައިނުވާތީ މެންގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/161
2 0 2 0 0
ނިމުނު ގޮތުގެ ޚުލާސާ
ފައިސާ އިންޓްރެސްޓާއި، ޖޫރިމަނާގެ ފައިސާއާއެކު އެއްފަހަރާ ލިބިގަތުމަށާއި، މި ފައިސާ އެކުގައި އެއްފަހަރާ
ނުދެއްކޭނަމަ، ލޯނާއި ގުޅިގެން 13 އޮކްޓޯބަރ 2008 ގައި ގދ. ތިނަދޫ ކޯޓުގައި ރަޖިސްޓްރީ ކުރެވުނު
އެގްރީމަންޓް ނަންބަރު 149
/
2008/Q10CA ގެ ދަށުން ރަހުނު ކުރެވުނު ގެ "ޕާމްކޯޑް" ގދ. ތިނަދޫ
ރަޖިސްޓްރީ ނަންބަރު 2008
/
31-IR) ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދެއްވައި،
ބުނެވިދިޔަ ރަހުނަކީ މިލޯނާއި ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާއެއް ލިބިދެވޭނެ ކަމުގެ
ޔަޤީންކަން ދިނުމުގެ ގޮތުން ކުރެވުނު ރަހުނަކަށްވީ ހިނދު ލޯނާއި ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި
ފައިސާ ދައްކައި ލޯނު ޚަލާޞް ކުރެވި ލޯނު އެކައުންޓް ބަންދު ކުރެވެންދެން އެގްރީމެންޓާއި، އެގްރީމެންޓްގެ
ދަށުން ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި ބޭންކް
އޮފް މޯލްޑިވްސް ޕލކ އިން މި
ހުށަހެޅެމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގދ.ތިނަދޫ
ބްރާންޗުން ގދ.ތިނަދޫ، ޕާމްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ އަޙްމަދު 2008 އޮކްޓޯބަރ
މަހުގައި ނަގާފައިވާ -/000,400ރ (ހަތަރުލައްކަ ރުފިޔާ) ގެ ޑިމާންޑް ލޯނާއި، އެލޯނަށް އަރާ
އިންޓްރެސްޓާއިއެކު ދައްކައި ޚަލާސްކުރުމަށް ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ ލޯނު ދައްކާފައިނުވާތީ،
މިއަދާއި ހަމައަށް ދައްކަންޖެހޭ 495,377159ރ (ހަތަރުލައްކަ ނުވަދިހަ ފަސްހާސް ތިންސަތޭކަ ހަތްދިހަ
ހަތް ރުފިޔާ ގެ ފަންސާސްނުވަ ލާރި) ހުރިކަމަށް މީލޯނު ނަގާފައިވާ ދެފަރާތާއި ބޭންކް އޮފް މޯލްޑިވްސްގެ
ބަހުން ޘާބިތުވާތީ، މިފައިސާ ދައްކައި ނިންމުމަށްޓަކައި
ފަރާތުން ހުށަހެޅި މުއްދަތަށް
ރިޢާޔަތްކުރުމަށްފަހު މިހާރު ދައްކަންޖެހި ނުދައްކައި ހުރި 377،495
/
59ރ (ހަތަރުލައްކަ ނުވަދިހަ
ފަސްހާސް ތިންސަތޭކަ ހަތްދިހަ ހަތް ރުފިޔާ | ފަންސާސްނުވަ ލާރި) މިއަދު، 28 ފެބްރުއަރީ 2013
ދުވަހުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭ ބޭންކް އޮފް މޯލްޑިވްސް ޕލކ ގދ. ތިނަދޫ
ބްރާންޗަށް ދައްކައި ޚަލާސްކުރެވޭއިރު އިންޓްރެސްޓްގެ ގޮތުގައި އަރާ ފައިސާއާއެކު މުއްދަތުގެ ތެރޭ
ޚަލާޞްކުރުމަށް އިރާޝާ އައްމަދުއާއި އާމިނަތު ޙަބީބާއަށް އެންގުމަށްޓަކައި މިމައްސަލައިގެ ބަދަލުގަޒިޑިގެ
ޙާޟިރުވެ އިންނެވި އަޙްމަދު ޙަބީބަށް އަންގައި އަދި މިދެންނެވި މުއްދަތުގެ ތެރޭގައި މިފައިސާ
2 0 2 0 0
Oouc
2 0 0 2c
ހ32
ހައިކޯ
404
YE!
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29
3250
3، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2{013/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚަލާޞް ނުކުރެވިއްޖެނަމަ މިލޯނު ނެގުމަށްޓަކައި ރަހުނުކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު 2008
/
31-IR
(12 ފެބްރުއަރީ 2008) "ޕާމްކޯޑް" ކިޔާގެ ނީލަމުގައި ވިއްކާލުމަށްފަހު ލޯނު އަދާކުރުމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ ގދ. ތިނަދޫ ބްރާންޗަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
3. ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ނަންބަރު 2012/Q10C/110 ޤަޟިއްޔާ
އެ ކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގދ. ތިނަދޫ، ޕާމްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ އަޙްމަދުގެ
ފަރާތުން 07 (ހަތެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
<< O
(ހ) ފުރަތަމަ ނުކުތާއަކީ: ދަށު ކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައިއޮތް
ރަހުނުގެ އެގްރީމެންޓަށް ބެލެވިގެންނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: މިލިޔުމާއެކު އޮތުން ލާޒިމްކުރާކަން ބަޔާންކުރައްވާފައިވާ ސެންކްޝަން
ސިޓީ އެލިޔުމާއެކު ހިމަނާފައިނުވާ އެގްރީމެންޓަކަށް މިއެގްރީމެންޓުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ކަމްޕައުންޑް އިންޓްރެސްޓް ނެގުމަށް ދަށު ކޯޓުގެ ޤަޟިއްޔާގެ
ޙުކުމުގައި އަމުރުކުރައްވައި، އެފައިސާ ނުދެއްކިއްޖެނަމަ ރަހުނު ވިއްކާލުމަށް ކުރައްވާފައިވާ ޙުކުމުގައި
ޢަދުކުވެރިކަމެއްނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) ހަތަރުވަނަ ނުކުތާއަކީ: ރަހުނު އަދާކޮށް ނިންމަންޖެހޭ މުއްދަތުކަމަށް ބުނެފައިވާ މުއްދަތު
3 އޮކްޓޯބަރ 2013 އާއި ހަމައަށް ރަހުނުގެ އެގްރީމެންޓުގައި ބަޔާންކޮށްފައިވާއިރު އެމުއްދަތު އައުމުގެ
މާކުރިން 28 ފެބްރުއަރީ 2013 ގައި ކުރައްވާފައިވާ ޙުކުމުގައި ރަހުނު ވިއްކާލެވޭހެން ބުނެފައިވާ ބުނުމަކީ
ޢަދުލުވެރި ނިންމުމެއްކަމުގައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ
.
(ބ) ފަސްވަނަ ނުކުތާއަކީ: ބޭންކާއި ދެފަރާތުގެ ދެމެދުގައި އޮތްކަމަށް ބުނާ ރަހުނު
އެގްރީމެންޓަކީ ޣައިރު ޝަރުޢީ އެގްރީމަންޓެއްކަމަށްވެފައި އަދި ޤާނޫނުއަސާސީއާއި ޚިލާފު ކަންތަކެއް
ހިމަނައިގެން ކުރެވިފައިވާ އެއްބަސްވުމަކަށްވުމުން އެއެގްރީމަންޓަށް ޢަމަލުކޮށް ނިންމައިފިނަމަ ޤާނޫނު މަނާ
މަގުފަހިވެގެންދާ
ޖެންދާނެކަން އެނގެން އޮތްކަމަށްބުނެ
/ ހ2ތ 2
2 ހއ
ކުރުކަމާއެކު ރމަށް
ހުށަހެޅި ނުކުތާ.
(ވ) ހަވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ބުނާ ބުނުމަށް ފުށުއަރާހެން
އިންޓްރެސްޓްގެ ނަމުންނަންކިޔައި ރިބާ ނެގުމަށް މަގުފަހިކޮށްދެވިފައިވާ ހިނދު ތިބާގެ ދޮރު ބަންދުނުކޮށް
ކަނޑައަޅުއްވާފައިވާ ޙުކުމެއްކަމަށްބުނެ
އެކަމަށްބުނެ ހުށަހެޅި ނުކުތާ
(ކ) ހަތްވަނަ ނުކުތާއަކީ: ބޭންކުންދޫކުރި -/
400,000ރ. (ހަތަރުލައްކަ ރުފިޔާ) ގެ މައްޗަށް
ދަރަނިވެރިކުރުވި ދަރަންޏެކެވެ. އެފައިސާ ދޫކުރި ޖުމްލަ ޢަދަދުގެ ތެރޭގައި އިންޓްރެސްޓުގެ ފައިސާއޭ ބުނާ
ފައިސާއެއް ހިމަނައިގެން ދޫކުރި ފައިސާއަކަށް އެފައިސާ ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ފެނިއްޖެނަމަ ސަރވިސް ޗާރޖް އިތުރުކުރެވޭނެކަމަށް ސެންކްޝަން ސިޓީގެ 9 ވަނަ ނަންބަރުގެ (ނބީޑު ހައި"
6
2{013/HC-A/161
.4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/110
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގދ. ތިނަދޫ، ޕާމް ކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ
އަޙްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތްތަކުންނާއި
މިއިސްތިއުނާފް ދަޢުވާ ރައްދުވާ ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް
ނަންބަރު 2012/Q10C/110 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
00c
(ހ) ފުރަތަމަ ކަމަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކގެ ގދ. ތިނަދޫ ބްރާންޗުގެ
ބްރާންޗުގެ ނަންބަރު
392
/
2008-THBR
/
ADV (11 ސެޕްޓެމްބަރ 2008) ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ
ޝަރުޠުތަކުގެ މަތިން، -/400,000ރ (ހަތަރުލައްކަ ރުފިޔާ) ގެ ޑިމާންޑް ލޯނެއް ބޭންކް އޮފް މޯލްޑިވްސް
ޕީލކ އިން ގދ. ތިނަދޫ، ޕާމްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ އަޙްމަދަށް ދޫކޮށްފައިވާ
ކަމާއި، އެ ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 2008 ގައި -/4000ރ. (ހަތަރުހާސް ރުފިޔާ) އަދި
ނޮވެމްބަރ 2008 ފެށިގެން ކޮންމެ މަހަކު -/
8،893ރ (އަށްހާސް އަށްސަތޭކަ ނުވަދިހަ ތިންރުފިޔާ)
ދައްކަމުންދާ ގޮތަށްކަމާއި، ލޯނުގެ މުއްދަތު ހަމަވާ ތާރީޚަކީ 3 އޮކްޓޯބަރ 2013 ކަން ސެންކްޝަން ސިޓީގެ
2 ވަނަ ނަންބަރާއި 5 އަދި 6 އަށް ބެލުމުން އެނގެން އޮންނަކަމާއި، އެ ލޯނުގެ ޢަދަދަށް އަހަރަކު
ސަތޭކައަކުން %11.75 ރޭޓުން އެއްދުވަހުން އަނެއްދުވަހަށް ލޯން ނަގާފަރާތުން ޔަޤީންކަންދޭ ފަރާތުން
ބޭންކަށް ދައްކަންއޮތް ޢަދަދެއްގެ މައްޗަށް ބިނާކޮށް ސަރވިސް ޗާރޖް (އިންޓްރަސްޓް) ހިމަނާފައި ކޮންމެ
މަހެއްގެވެސް އެންމެފަހު ދުވަހާހަމައަށް ލޯންނަގާފަރާތުގެ އެކައުންޓަށް އިތުރުކުރެވޭނެކަމަށާއި، ބޭންކަށް
20 8
ބަޔާންކޮށްފައިވާކަމާއި، އެއްބަސްވުމުގައިވާ ގޮތުގެމަތިން ފައިސާ ގަވާއިދުން ނުދެއްކިއްޖެނަމަ، ލޯނު ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
1
2{013/HC-A/161
ހދ
ނެވެޏ
2 ބ 2
0
ހުޅުކީ
کوتر
07 024
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގަނެފައިވާ ތަކެތި ބޭންކާ ލުކުރުމަށް ނުވަތަ ވިއްކާލުމަށް އެދިއްޖެނަމަ،
އެއްވެސް ޝަރުޠަކާ ނުލައި ހަވާލުކުރުމަށް ނުވަތަ ވިއްކާލުމަށް ލޯނު ނަގާ ފަރާތުން އެއްބަސްވާކަމާއި، އަދި
އެގޮތުން މުދާ ވިއްކާލައިގެން ލޯނުގެ އަދަދު އަދާ ނުކުރެވިއްޖެނަމަ، އެމަދުވާ އަދަދެއްގެ ފައިސާ
އަދާކުރުމަށްޓަކައި ލޯނު ނެގި ފަރާތުގެ އަމިއްލަ މިލްކުގައިވާ އެހެނިހެން މުދާތައް ޝަރީޢަތް މެދުވެރިކޮށް
ވިއްކާލައިގެން ނަމަވެސް ލަސްނުކޮށް ލޯނު އަދާކުރަންވާނެކަމަށް ސެންކްޝަން ސިޓީގެ 9 ވަނަމާއްދާގެ (ބ)
ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެ ލޯނަށް އާމިނަތު ޙަބީބާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
ތިނަދޫ "ޕާމްކޯޑް" ނަމަކަށްކިޔާ ގެ ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރަހުނު ކޮށް، ބޭންކް އޮފް މޯލްޑިވްސް
ޕީލކ އާއި ލޯނު ނެގި ފަރާތްތަކާ ދެމެދު، ބޭންކް އޮފް މޯލްޑިވްސް ޕލކ ގދ. ތިނަދޫ ބްރާންޗްގެ ނަންބަރު
162
/
2008-BMLITIBR
/
AGR ރަހުނު އެގްރީމަންޓުގައި ސޮއި ކޮށްފައިވާކަން އެނގޭކަމާއި،
ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ލޯން އަދާކުރުމަށް ލޯނު ނަގާ/ ޔަޤީންކަން ދޭފަރާތަށް އެންގުމުން އެކަމަށް
އުޒުރުވެރިވެއްޖެ ހިނދެއްގައި ރަހުނު ކުރެވުނު މުދާ ބޭންކްގެ ފަރާތުން ވިއްކާލުމުގެ | ކުއްޔަށް
ދިނުމުގެ ހުއްދަ
އެއްވެސް އިތުރު ޝަރުތެއްނެތި ދިނުމަށް ލޯނު ނަގާ ޔަޤީންކަންދޭ ފަރާތުން އެއްބަސްވާ
.އި، އަދި
އެގޮތުން އެމުދާ ވިއްކައިގެން ލޯނުގެ އަދަދު އަދާނުކުރެވިއްޖެނަމަ، އެމަދުވާ ޢަދަދެއްގެ ފައިސާ ލޯނުނަގާ
ފަރާތުން! ޔަޤީންކަންދޭ ފަރާތުން އަދާކޮށް ދިނުމަށް އެއްބަސްވާކަމާއި، ބޭންކުން އަންގައިފި ކޮންމެ ވަގުތެއްގައި
ސެކިއުރިޓީގެ ގޮތުން ބެހެއްޓިފައިހުރި މުދާ ބޭންކާއި އަވަހަށް ހަވާލުކުރުމަށާއި އެ އެގްރީމަންޓުގެ ދަށުން
ލިބިގެންވާ ޙައްޤުތަކެއް ލިބިގަތުމުގައި ބޭންކުން ކުރާ އެއްވެސް ޢަމަލަކަށް އެއްވެސް ބާވަތެއްގެ
ލޯނުނަގާ| ޔަޤީންކަން ދޭފަރާތުން އެއްބަސްވާކަން އެ އެއްބަސްވުމުގެ 2 ވަނަމާއްދާއާއި 5
ވަނަމާއްދާއިން އެނގެން އޮންނަކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން، އާމިނަތު ޙަބީބާ އާއި އިރާޝާ
އަޙްމަދަށް ދޫކުރެވުނު ލޯނުގެ ބޭނުންކޮށްފައިވަނީ ގދ. ތިނަދޫ "ޕާމްކޯޑް" ކިޔާ ގޯތި އިމާރާތްކުރުމާއި މަރާމާތު
ފަރާތްތަކުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
04
2
0
2 ދ ތރު
&2 ތ ގތ
މ 04
224
04
ހުރަހެއްނޭޅުމަށް
ބޑތ ތކ
/2ޓކއ އ
ހައިކޯ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/161
OX
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ދެވަނަ ކަމަކީ: ގދ. ތިނަދޫ، ޕާމްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ
އަޙްމަދަށް ބޭންކް އޮފް މޯލްޑިވްސް ޕލކއިން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން
495,377
/
59ރ (ހަތަރުލައްކަ ނުވަދިހަފަސްހާސް ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ ފަންސާސް ނުވަލާރި) 28
ފެބުރުއަރީ 2013 އާ ހަމައަށް ނުދައްކައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ބުނެފައިވާކަން
އެނގޭކަމާއި، ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ދެއްކިފައިވަނީ -/
207,140ރ (ދެލައްކަ ހަތްހާސް
އެއްސަތޭކަ ސާޅީސް ރުފިޔާ) ކަމަށާއި، އަދި ބާކީ ދައްކަންޖެހޭ ފައިސާވެސް ދެއްކުމަށް މަސައްކަތް
ކުރަމުންދާކަމަށް އާމިނަތު ޙަބީބާއާއި އިރާޝާ އަޙްމަދުގެ ފަރާތުން ދަށު ކޯޓުގައި ބުނެފައިވާކަން އެދެމީހުންގެ
ބަދަލުގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވި އަޙްމަދު ޙަބީބު 03 ފެބުރުއަރީ 2013 ގައި އެކޯޓަށް
ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކގެ
ގދ. ތިނަދޫ ބްރާންޗުން
ގދ. ތިނަދޫ، ޕާމްކޯޑް، އާމިނަތު ޙަބީބާ އާއި އެރަށު ނާރެސް އިރާޝާ އަޙްމަދަށް -/000
:
400ރ
(ހަތަރުލައްކަ ރުފިޔާ) ގެ ޑިމާންޑް ލޯނެއް ދޫކުރެވިފައިވާކަމާއި، އެ ލޯނު ދޫކުރެވިފައިވަނީ ބޭންކް އޮފް
މޯލްޑިވްސް ޕލކގެ ގދ. ތިނަދޫ ބްރާންޗުގެ ނަންބަރު 392
/
2008-THBR
/
ADV (11 ސެޕްޓެމްބަރ
2008) ސެންކްޝަން ސިޓީގައާއި، އެލޯނާ ގުޅިގެން ކުރެވުނު ރަހުނު އެގްރީމަންޓުގައި ބަޔާންކޮށްފައިވާ
މާއްދާތަކާއި ޝަރުޠުތަކުގެ މަތިން، އަދި އެ މާއްދާތަކާއި ޝަރުޠުތަކަށް އާމިނަތު ޙަބީބާއާއި އިރާޝާ
އަޙްމަދުވެސް ރުހި ޤަބޫލުވެ އެގޮތަށް އެއްބަސްވެގެންކަން އެނގޭކަމާއި، އެގޮތުން ލޯނާއި އެ ލޯނާގުޅިގެން
އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އާމިނަތު ޙަބީބާއާއި އިރާޝާ އަޙްމަދު އެއްބަސްވެފައިވާކަން އެދެ
އެއްބަސްވުމަށް ބެލުމުން އެނގެން އޮންނައިރު، އެ ލޯނާ ގުޅިގެން އިތުރަށް އަރަމުންދާ ފައިސާއަކީ އެދެމީހުން
ދައްކަންޖެހޭ އެއްޗެއް ނޫންކަމަށް މިހާރު ބުނާ ބުނުމަކީ އެދެމީހުންނަށް އެލޯނު ދޫކުރުމަށް
އެއްބަސްވުންތަކާ ޚިލާފު ބުނުމެއްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 325029
3، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/161
44
2 ހ2ތ
އހރމނ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ހުވަދު އަތޮޅު
ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/110 ޤަޟިއްޔާގައި އެ ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ހުވަދު އަތޮޅު
ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/Q10C/110 ޤަޟިއްޔާގައި އެކޯޓުން ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv