ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/120 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/12{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 120/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް
* ނަން: މުޙައްމަދު ޙިލްމީ
އައިޑީ ކާޑު ނަންބަރު: A001742
އެޑްރެސް: ހިތްއަލިވާގެ ސ. ފޭދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ ލޮޓް 10032 | ކ. މާލެ
12
* ނަން: އާމިނަތު ޢަލީ
* ދާއިމީ އެޑްރެސް: ހުސްނުހީނާގެ / ސ.ފޭދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ ލޮޓް 10032 | ކ. މާލެ
އައިޑީ ކާޑު ނަންބަރު: A023664
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓަރީ ނަންބަރު:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ތާރީޚް: 05 ޖުމާދަލްއާޚިރާ 1433
އޭޕްރިލް 2012
ނިމުނު ތާރީޚް: 20 ޝައްވާލު 1434
27 އޯގަސްޓް 2013
26
ދިވެހިރާއްa
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/JC
/
2009
)
579
/
Cr
-
C/2388)
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ޢާއްމު ތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުން
• ހުށަހެޅި ތާރީޚް: 24.11.2009
ނިމުނު ތާރީޚް: 21.12.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{12/HC-A/12{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/579 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ފޭދޫ ; ހިތްއަލިވާގެ މުޙައްމަދު ޙިލްމީ އާއި
ފޭދޫ | ހުސްނުހީނާގެ އާމިނަތު ޢަލީގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
1) އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާއަކީ،
ސ. ފޭދޫ ގެ ހިތްއަލިވާގެ މުޙައްމަދު ޙިލްމީ އާއި ސ. ފޭދޫ ހުސްނުހީނާގެ އާމިނަތު ޢަލީގެ މައްޗަށް ދައުލަތުން
ދަޢުވާކުރާ، ޢާއްމުތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މައްސަލައެއްކަމާއި،
މިދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ ޝަރީޢަތުގެ މަޖިލިހުގައި ބުނަނީ، މުޙައްމަދު ޙިލްމީއާއި
އާމިނަތު ޢަލީއާ ދެމީހުން 12 ނޮވެމްބަރ 2009 ދުވަހުގެ 23:00 އެހައިކަށްހައިއިރު ހުޅުމާލެ ކުނިގޮނޑުގެ
އިރުމަތީ ފަރާތު ހޭޅިފަށުގައި ތިބެގެން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާތީ މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ
މައްޗަށް ޢާންމު ތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ކުރާކަން އެނގޭކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "...ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު
ނުކުތާތަކަށް ބަލާއިރު، ސ. ފޭދޫ / ހިތްއަލިވާގެ މުޙައްމަދު ޙިލްމީއާއި، ފޭދޫ | ހުސްނުހީނާގޭ އާމިނަތު
ޢަލީގެ މައްޗަށް ދައުލަތުންކުޅޭ ޢާއްމު ތަނެއްގައި އެހެންމީހަކާއެކު ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތުން ބެލިބެލުމުން، 12 ނޮވެމްބަރ 2009 ދުވަހުގެ 23:30 އެހައިކަށްހައިއިރު ހުޅުމާލޭ ކުނިގޮނޑުގެ
އިރުމަތީފަރާތު ހޭޅިފަށުގައި ތިބެގެން ބަދުއަޚުލާޤީ ޢަމަލެއް ހިންގާފައި ނުވާކަމަށްބުނެ ދައުލަތުގެ ދަޢުވާއަށް
މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީ އިންކާރު ކުރާއިރު، ބުނެވިދިޔަ ރޭ ހުޅުމާލޭ ކުނިގޮނޑުގެ އިރުމަތީފަރާތު
ހޭޅިފަށުގައި ތިބެގެން އާމިނަތު ޢަލީއާއި، މުޙައްމަދު ޙިލްމީއާއި ދެމީހުން ބައްދާ ހެދިކަމަށާއި، އަދި އާމިނަތު
ޢަލީއާއި، މުޙައްމަދު ޙިލްމީއާއި ދެމީހުން ބައްދާހެދި ވަގުތު މިދެމީހުންގެ ތެރެއިން އާމިނަތު ޢަލީ ހުރީ
ލައިގެންހުރި ހަރުވާޅާއި ޖަނގިޔާ ތަނބިކަށްޓާ ހަމައަށް ތިރިކޮށްގެން ކަމަށާއި، މުޙައްމަދު ޙިލްމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
OX
ތިރިން ލައިގެންހުރި ފަޓުލޫނު ތަނބިކަށްޓާ ހަމައަށް ތިރިކޮށްގެން ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކޮންސްޓަބަލް އަޙްމަދު ޝިހާމާއި، ޢަބްދުﷲ ރިޒާމް ރާޒީއާއި، މުޙައްމަދު ނާވީ ޝަރީޢަތަށް ހެކިބަސްދީފައިވާތީ،
މިތިން މީހުންގެ ހެކިބަހުގެ މައްޗަށާއި، ޙާދިޞާ ހިނގިތަނުން ނަގާފައިވާ ފޮޓޯތަކުގެ މައްޗަށް ބިނާކޮށް މުޙައްމަދު
ޙިލްމީއާއި އާމިނަތު ޢަލީއާއި ދެމީހުން ޢާންމު ތަނެއްގައި ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި، މިދެމީހުންގެ މައްޗަށް ސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން "ބަދުއަޚްލާޤީ ކުށާއި
ޒިނޭގެ ކުށުގެ އަދަބު" އާބެހޭ ގަވާއިދުގެ (ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03
ސާރކިއުލަރ) 1 ވަނަ މާއްދާގެ (ހ)ގެ ދަށުން . ފޭދޫ ! ހިތްއަލިވާގެ މުޙައްމަދު ޙިލްމީއާއި،
ހުސްނުހީނާގެ އާމިނަތު ޢަލީއާއި ދެމީހުންކުރެ ކޮންމެ މީހަކު 15 (ފަނަރަ) އެތި ފަހަރުން ތަޢުޒީރުކުރުމާއިއެކު
06 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް، "ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދު"ގެ 292 ވަނަ
މާއްދާގެ 2ވަނަ ނަމްބަރުގެ ދަށުން މިޙުކުމް މިއަދުން (21 ޑިސެމްބަރު 2011) ފެށިގެން 03 (ތިނެއް) އަހަރު
ދުވަހުގެ މުއްދަތަށް ތަންފީޛުނުކޮށް ފަސްކުރުމަށް އަމުރުކޮށް..." ޙުކުމްކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
322c
.—ވ
ފ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ފޭދޫ / ހިތްއަލިވާގެ މުޙައްމަދު ޙިލްމީ އާއި
ފޭދޫ | ހުސްނުހީނާގެ އާމިނަތު ޢަލީގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން 08 (އަށެއް) ނުކު
ނުކުތާއެއް
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް އެކަށީގެންވާ
ޝައްކުތަކެއް ހުއްޓައި މައްސަލަ ސާބިތުކުރައްވާފައިވާކަމާއި، ޝަރީޢަތާއި ޤާނޫނުގެ އުޞޫލުތަކުގެ މަތިން ހެކިންގެ
ހެކިބަސް ވަޒަންކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު ދައުލަތުގެ ހެކިން ހެކިބަހުގައި
ތެދުވެރި ނުވާނެކަމަށް ބެލެވެން އޮތް ހިނދު އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޤާނޫނާއި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ހޯދާފައިވާ ހެއްކާއި ޤައިނީމައެއްގެ ހައި
ރިޢާޔަތްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
• ހަތަރުވަނަ ނުކުތާއަކީ، ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުނު ޝަރީޢަތް ހިނގިއިރު ހެކިން
އެކަކު އަނެކަކާ ވާހަކަދައްކައި މަޝްވަރާނުކުރެވޭނެ އިންތިޒާމު ޝަރީޢަތުން ހަމަޖައްސަވައިދެއްވުން އެދި 24
ޑިސެމްބަރ 2009 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތުގެ ވަކީލު އެދިފައިވީނަމަވެސް
ޝަރީޢަތުން އެއިންތިޒާމު ހަމަޖައްސަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
• ފަސްވަނަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ކޯޓަށް ހުށަހެޅި އެއްވެސް ލިޔުމެއް
އަދި ޑޮކިއުމަންޓަކަށް ރިޢާޔަތްކުރައްވާފައިނުވާއިރު އެއިން އެއްޗެއް ރިޕޯޓުގައިވެސް ހިމަނުއްވާފައިނުވާއިރު
ދައުލަތުގެ ފަރާތުން ދެއްކި އެންމެހައި ވާހަކަތަކާއި ހުށަހެޅި ތަކެއްޗަށް ރިޢާޔަތްކުރައްވާފައިވާކަމާއި، ޝަރީޢަތުގެ
މެދުތެރެއިން ހުށަހެޅި ތަކެއްޗަށް ދާންދެން ރިޕޯޓުގައިވެސް ހިމަނުއްވާފައިވާތީ، ޝަރީޢަތްކުރުމުގައި ގެންގުޅެންޖެހޭ
ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަ
ވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
232 2 0 2
014ރޚު
ފުރުޞަތު ކޯޓުން
• ހަވަނަ ނުކުތާއަކީ، ކުށުން ބަރީޢަވުމަށްޓަކައި ދޭންޖެހޭ
ދެއްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
• ހަތްވަނަ ނުކުތާއަކީ، މައްސަލާގައި މަޞްލަޙަތު އޮތް ފަނޑިޔާރަކު މައްސަލަ ބައްލަވައި
ޙުކުމް އިއްވަވާފައިވުމުން އިންސާފު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• އަށްވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ބާޠިލު
ގަވާއިދެއްގެ ދަށުން ޙުކުމް އިއްވަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
މިމައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ނިންމަން
ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މިގޮތުން؛
4 22
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
ތަފާތުވި ރަޢުޔު (ފަނޑިޔާރު ޢައްބާސް ޝަރީފްގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ފުރަތަމަކަމަކީ، މިރިޕޯޓުގައި ހިމެނިފައިވާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ އަޣުލަބިއްޔަތު ރަޢުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ
(ނ) ގެ 6، 7، 8 އަދި 3 ވަނަ ޕެރެގްރާފްގައި ފާހަގަކުރައްވާފައިވާ ކަންކަމާއި އެރަޢުޔުގެ (ޅ)، (ކ)، (އ)،
(ކ) އަދި (މ) ގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ މިމައްސަލަ އިސްތިއުނާފުކޮށްފައިވާ މުޙައްމަދު ޙިލްމީ އާއި
އާމިނަތު ޢަލީގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކުރަމުން ފާހަގަކޮށްފައިވާ 3 ވަނަ ނުކުތާއާއި 4 ވަނަ
ނުކުތާއާއި 5 ވަނަ ނުކުތާއާއި، 6 ވަނަ ނުކުތާއާއި، 7 ވަނަ ނުކުތާއާއި، އަދި 8 ވަނަ ނުކުތާއާމެދު އަހުރެން
(ފަނޑިޔާރު ޢައްބާސް ޝަރީފް) ގެވެސް ރަޢުޔުކަމެވެ.
(ށ) ދެވަނަކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2009
)
579
/
Cr
-
C/2388) ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ ޢާންމު ތަނެއްގައި
އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވާ (7 ޑިސެމްބަރު 2009 ގައި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު ދީނާޒް ފަހްމީ ޖިނާއީ
ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި އިޝާރާތްކޮށްފައިވާ) ހެކި ޤަރީނާތަކަށް ބަލާއިރު އޭގެ
ތެރޭގައި ހިމެނެނީ، އެމައްސަލައާއެކު ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ފޮޓޯތަކާއި ޕޮލިސް
ކޮންސްޓަބަލް އިސްމާޢީލް ޢަބްދުލްކަރީމް އާއި ޕޮލިސް ކޮންސްޓަބަލް އަޙްމަދު ޝިހާމް އާއި ޕޮލިސް
ކޮންސްޓަބަލް ޢަބްދުﷲ ރިޒާމް ރާޒީ އާއި ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ޢަޒީޒު އާއި ޕޮލިސް ކޮންސްޓަބަލް
މުޙައްމަދު މާލިކު އާއި ޕޮލިސް ކޮންސްޓަބަލް ނަސްރުﷲ ޢަބްދުލްމަޖީދު އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް
މުޖުތަބާ ޢަބްދުއްސައްތާރުގެ ހެކިބަސްކަމާއި، ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި މިދެންނެވުނު ހެކިންގެ
ތެރެއިން ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނެގިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
މުޙައްމަދު ނާވީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަބްދުﷲ ރިޒާމް ރާޒީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު ޝިހާމްގެ އެކަނިކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްސަލަ ސާބިތުކުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފޮޓޯތަކާމެދު، ދިވެހިރާއްޖޭގެ ހައިކޯޓުން
މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވާ ގޮތަކީ (މިރިޕޯޓުގެ
އަޣުލަބިއްޔަތު ރަޢުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) ގެ 6، 7، 8 އަދި 9 ވަނަ
ޕެރެގްރާފްގައި ފާހަގަކުރައްވާފައިވާ ކަންކަން) ހެއްކެއް ނުވަތަ ޤާރީނާއެއްގެ ގޮތުގައި އެފޮޓޯތައް ޝަރީޢަތަށް
ބަލައިގަތުމާ ބެހޭގޮތުން އަހުރެންގެވެސް ރަޢުޔުކަމަށްވުމާއެކު، އެފޮޓޯތަކަކީ އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލަ ސާބިތުކުރުމުގެ ގޮތުން ޝަރީޢަތުން އެއަށް އެއްވެސް ވަރެއްގެ ބުރަދަނެއް ދެވިގެންވާނޭ
ނޫންކަމާއި، އެހެންކަމުން އެމައްސަލާގައި ގޮތެއް ކަނޑައެޅުމުގައި ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް
ބަލައިގަނެވޭނީ ހަމައެކަނި، އެމައްސަލައާ ގުޅިގެން އެބައެއްގެ ހެކިބަސް ޝަރީޢަތަށް ނަގާފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު ނާވީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
ޢަބްދުﷲ ރިޒާމް ރާޒީ އާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު ޝިހާމްގެ ހެކިބަހަށް
14
24
އެކަނިކަމާއި،
މިދެންނެވުނު ހެކިންގެ ތެރެއިން، 24 ޑިސެމްބަރު 2009 ގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު ނާވީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހުގައި،
12 ނޮވެމްބަރު 2009 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 11:00 ހާއިރު ޕެޓްރޯލްކުރަމުން ދަނިކޮށް ހުޅުމާލޭ
އިރުމަތީ ފަރާތު ގޮނޑުދޮށާއި ދިމާލުން ސައިކަލެއް ފެނިގެން އޭނާ އާއި އިތުރު ހަތަރު ފުލުހަކު ހޭޅިފަށުގައި
މަޑުކޮށްފައި އެސަރަޙައްދުން ދިޔައިރު އަތިރިމަތިން ހިޔަންޏެއް ފެންނާތީ މަޑުކޮށްފައި ބެލިކަމަށާއި، އޭރު
އެތަނުގައި ތިބީ މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީކަމަށާއި، އެދެމީހުން ތިބީ ކުރިމަތިން ބައްދައިގެންކަން
އެނގޭކަމަށާއި، އޭރު އެތަނުން އަލި ފެންނަކަމަށާއި، "ޓަވަރުގެ ލައިޓް ބަރާބަރަށް އެދިމާލަށް އެޅިފައި ހުންނާ"
ނެ ކަމަށާއި، އިސްމާއީލް ޢަބްދުލްކަރީމް އާއި އަޒީޒު ސާރޗްލައިޓުން އަލިކުރުމުން ދެމީހުން ތިބިގޮތަށް ތިބެ
ފިލަން ދުއްވައިގަތީކަމަށާއި، އޭނާ އާމިނަތު ޢަލީގެ އެއް އަތުގައި ހިފެހެއްޓުމުން އަނެއް އަތުން އާމިނަރު އަޑީޖޭގެ ހައި
ޖަނގިޔާ އަރުވާތީވެ، އަޙްމަދު ޝިހާމް ގޮސް އާމިނަތު ޢަލީގެ އަނެއް އަތުގައި ހިފެހެއްޓުމުން އޭން އާމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
ޢަލީގެ އަތުގައި ބިޑި އެޅުވީކަމަށާއި، ދެން ޢަބްދުﷲ ރިޒާމް ރާޒީ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ
ޢަބްދުއްސައްތާރުއަށް ގުޅިކަމަށް ބުނެފައިވާއިރު، އަދި މައްސަލައިގެ ތަޙްޤީޤަށް 14 ނޮވެމްބަރު 2009 ގައި
އޭނާ ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއްކަމަށް ބުނެފައިވާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ތަޙްޤީޤަށް، 14 ނޮވެމްބަރު 2009 ގައި
މުޙައްމަދު ނާވީ ދީފައިވާ ބަޔާނަށް ބަލާއިރު، ހުޅުލޭ އެއަރޕޯޓުގެ ޓަވަރުގެ އެނބުރޭ ލައިޓްގެ އައްޔާއި އަދި
ހުޅުމާލެއާއި ހުޅުލެއާ ދެމެދުގައި ހުޅުމާލެއާއި ވީކޮޅުގައި ހަރުކޮށްފައިހުރި ލައިޓްތަކުގެ އަލި އެދެމީހުން
ތުހުމަތުކުރެވޭ ދެމީހުން) ގެ ގަޔަށް އެޅުމުން
އެދެމީހުން ތިބީ
އެކަކު އަނެކެއްގެ
ގައިގައި ބައްދައިގެންކަން
އެނގޭކަމަށާއި، އޭރު އެދެމީހުންނާއި އެތަނަށް ދިޔަ ފުލުހުންނާ ދެމެދު ހުންނާނީ ގާތްގަނޑަކަށް ވިއްސަކަށް
ފޫޓުކަމަށާއި، ދެން އޭނާ އެދެމީހުނަށް ހިލަން ނުވާގޮތަށް މަޑުމަޑުން ހިނގާފައި ގޮސް އެމީހުންނާއި
ގާތްގަނޑަކަށް ހައެއްކަ ފޫޓު ކައިރިވި ވަގުތު އެދެމީހުން އެކަކު އަނެކަކަށް ކުރިމަތިލައިގެން ބައްދައިގެން
ތިބިކަމަށާއި، އޭރު އަންހެން މީހާ ތިރިން ލައިގެންހުރި ހަރުވާޅު ފައިގެ ތަނބިކައްޓާ ހަމައަށް
ތިރިކޮށްފައިވާކަމަށާއި، އަދި ލައިގެންހުރި ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށްފައިހުރިކަމަށާއި، ފިރިހެން މީހާ
ލައިގެންހުރި ފަޓުލޫނުވެސް އޮތީ އޭނާގެ ފައިގެ ތަނބިކައްޓާ ހަމައަށް ތިރިކޮށްފައިކަމަށާއި، އަންހެން މީހާ ހުރީ
އެނާގެ ވާތުފައި ކުޑަކޮށް ބިމުން މައްޗަށް ހިއްލާލައި ދެފައި ކުޑަކޮށް ދުރުކޮށްލައިގެންކަމަށާއި، ފިރިހެން މީހާގެ
ކަނާތުން އަންހެން މީހާގެ ހިއްލިފައިހުރި ފައިގެ ފަލަމަސްގަނޑާއި ދިމާލުން ފަހަތުގައި ހިފަހައްޓައިގެން
ހުރިކަމަށާއި، އެމީހުން (ފުލުހުން) ގެ ތެރެއިން އިސްމާޢީލް ޢަބްދުލްކަރީމް އާއި މުޙައްމަދު އަޒީޒްގެ އަތުގައި
އޮތް ސާރޗް ލައިޓުން އެދެމީހުންގެ ގަޔަށް އަލިކުރުމުން އަންހެން މީހާ އަވަސްއަވަހަށް ފިރިހެން މީހާއާއި
ދުރަށް ޖެހިލައި ތިރިކޮށްފައިހުރި ޖަނގިޔާ މައްޗަށް ނެގިކަމަށާއި، އޭރު ފިރިހެން މީހާ ލައިގެންހުރި ބޮކްސަރ
ހުރީ ނުބާލާކަމަށާއި، ނަމަވެސް އޭނާ ހުރީ ގަމީހުގެ ގޮށްތައް ނައްޓާލައި މުޅިމީހާ ދާހިއްލާ ފޯވެފައިކަމަށާއި،
މުޙައްމަދު ނާވީ ދުވެފައި ގޮސް އަންހެން މީހާގެ އަތުގައި ހިފެހެއްޓީކަމަށާއި، އަދި އިސްމާޢީލް ޢަބްދުލްކަރީމް
ފިރިހެން މީހާގެ އަތުގައި ހިފެހެއްޓިކަމަށާއި، އަދި އިސްމާޢީލް ޢަބްދުލްކަރީމްގެ އަތްފޮޅުވާލައި ކީއްކުރަޓީގެ
ތިއުޅެނީ ފިރިހެން މީހާ ބުނިތަނާ ޢަބްދުﷲ ރިޒާމް ރާޒީ ދުވެފައި ގޮސް އެމީހާ އަތުގައި ހިފަހައްޓާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
އެޅުވިކަމަށާއި، މުޙައްމަދު ނާވީ އަންހެން މީހާގެ އަތުގައި ހިފަހައްޓައިގެން ހުއްޓާ އަންހެން މީހާ އޭނާ
ތިރިކޮށްފައިހުރި ހަރުވާޅު އަރުވަން މަސައްކަތް ކުރިތަނުން އަޙްމަދު ޝިހާމް ގޮސް އަންހެން މީހާގެ ގައިގައި
ހިފެހެއްޓިކަމަށާއި، އަދި އަންހެން މީހާއަށްވެސް ބަދުއަޚްލާޤީ ޢަމަލު ހިންގާކަމަށް ތުހުމަތުކުރެވިގެން
ހިފެހެއްޓުނުކަން އަންގައި އަތުގައި ބިޑި އެޅުވީކަމަށް ބުނެފައިވާކަން އެނގޭކަމާއި،
މީގެ އިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސް ދީފައިވާ ދެވަނަ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކޮންސްޓަބަލް ޢަބްދުﷲ ރިޒާމް ރާޒީގެ ހެކިބަހަށް ބަލާއިރު، 12 ނޮވެމްބަރު 2009 ވަނަ ދުވަހު ހުޅުމާލެތެރެ
ޕެޓްރޯލްކުރަން އުޅުމުގެ ތެރޭގައި ހުޅުމާލޭ އިރުމަތީ ފަރާތު ގަސްތަކުގެ ތެރެއަށް ވައްދާފަކަހަލަ ގޮތަށް ހުރި
ސައިކަލެއް ފެނިގެން އެތަން ބެލިކަމަށާއި، އެންމެ ފުރަތަމަ ބެލީ އެމީހުންނާ އެއްކޮށް އުޅޭ އިސްމާއީލްކަމަށާއި،
މިގޮތުން ބެލިބެލުމުން ގަސްތަކުތެރޭން ތަންކޮޅެއް ދުރުން ދެހިޔަނި ފެންނަގޮތަށް ފުރަތަމަ ފެނުނުކަމަށާއި،
އިސްމާޢީލް އައިސް އެމީހުން ގާތުގައި އެތަނުގައި ދެމީހަކު ތިބި ވާހަކަ ބުނިކަމަށާއި، އެމީހުން (ފުލުހުން) އެތާ
ތިބި ކޮންބައެއްތޯ ބަލަން މަޑުމަޑުން އެމީހުންނާ ކައިރިވިކަމަށާއި، ކައިރިވިއިރު އެދެމީހުން ކައިރިވެ ދުރުވެ
ފެންނަކަމަށާއި، ދެމީހުންގެ ސިފައެއް އޭރަކު ނޭނގޭކަމަށާއި، އެމީހުން (ފުލުހުން) އެމީހުންގެ
އަތުގައި ހުރި ސާރޗްލައިޓުން އަލި އަޅުވާލިކަމަށާއި، އަލި އަޅުވާލިއިރު ދެމީހަކު ފެނުނުކަމަށާއި، ދެމީހުންވެސް
ތިބީ ތިރިން ލައިގެންހުރި އެއްޗެހި ބާލައިގެންކަމަށާއި، އެއްޗެހި ހުރީ ތަނބިކައްޓާ ހަމައަށް ގާތްގަނޑަކަށް
ކަކުލުން ތިރީގައިކަމަށާއި، މަތިން ލައިގެންހުރި އެއްޗެއްސެއް ނުބާލާކަމަށާއި، ފުރަތަމަ އަލި އަޅުވާލިއިރު
އޭނާއަށް ފާހަގަކުރެވުނީ އަންހެންކުއްޖާގެ ޖަނގިޔާވެސް ހުރީ ކަކުލާ ހަމައަށް ތިރިކޮށްފައިކަމަށާއި، އަދި
ފިރިހެން މީހާ ހުރީ ޖަނގިޔާ ބާލައިގެންނެއް ނޫންކަމަށާއި، އެމީހުން (ފުލުހުން) ކޮންބައެއްހޭ ކިޔާ
ހަޅޭއްލަވައިގަތުމަށްފަހު ދުވެފައި ގޮސް އެތާ ތިބި މީހުން ހިފެހެއްޓީކަމަށާއި، ހިފެހެއްޓިއިރު އަންހެން މީހާ
ޖަނގިޔާވެސް އަރުވައިފިކަމަށާއި، ދެން އޭނާ އެމީހުން (ފުލުހުން) ގެ އިންޗާޖް ސަބްއިންސްޕެކް
މި
ޕޮލިސް، މުޖުތަބާ ޢަބްދުއްސައްތާރަށް ގުޅީކަމަށް ބުނެފައިވާއިރު،
ކު
ވތ 4 ހއ ހ 0
2
0
ބަދުހަދާތަންވެސް
829ތ
E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
14 ނޮވެމްބަރު 2009 ގައި މިމައްސަލާގެ ތަޙްޤީޤަށް އަބްދުﷲ ރިޒާމް ރާޒީ ދީފައިވާ
ބަޔާނުގައި، އޭނާއަށްވެސް އަންހެނަކާއި ފިރިހެނަކު ބައްދައިގެން ތިއްބާ ފެނުނުކަމަށާއި، އޭނާއަށް އެދެމީހުން
ތިބިގޮތް ފެނުނީ ހުޅުލޭ އެއަރޕޯޓް ޓަވަރު ލައިޓުގެ އައްޔާއި ހުޅުމާލެއާއި ހުޅުލެއާ ދެމެދުގައި އޮންނަ މަގުގައި
ހުޅުމާލެއާއި ވީކޮޅަށް ހަރުކޮށްފައިހުރި ބައްތިތަކުގެ އަލި އެދެމީހުންގެ ގަޔަށް އެޅުމުންކަމަށާއި، ދެން އެމީހުން
ފުލުހުން ގެ ފަސް މީހުން އެކީގައި އެމީހުންނަށް ހިލަން ނުވާގޮތަށް އެދެމީހުންނާއި ގާތްގަނޑަކަށް ހަފޫޓެއްހާ
ކައިރިއަށް ދެވުނުއިރު އަންހެން މީހާ ފިރިހެން މީހާ ގައިގައި ބައްދައިގެން އަންހެން މީހާގެ ވާތުފައި ބިމުން
ހިއްލާލައި ކަކުލުހުޅުން ކުޑަކޮށް ލަންބާލައިގެން ދެފައި ދުރުކޮށްގެން ހުއްޓާ އޭނާއަށް ފެނުނުކަމަށާއި، އަދި
ފިރިހެން މީހާ ހުރީ އޭނާގެ ކަނާތުން އަންހެން މީހާގެ ވާތުފައިގެ ފަލަ މަސްގަނޑާއި ދިމާލުން
ހިފަހައްޓާއިގެންކަމަށާއި، ދެން އިސްމާއީލް ޢަބްދުލްކަރީމް އާއި މުޙައްމަދު އަޒީޒްގެ އަތުގައި އޮތް ދެ
ސާރޗްލައިޓުން އެދެމީހުންގެ ގަޔަށް އަރިކުރިކަމަށާއި، އަލިކުރުމުން އަންހެން މީހާ ލައިގެންހުރި ޖަނގިޔާ ކަކުލާ
ހަމައަށް ތިރިކޮށް ހަރުވާޅު ފައިގެ ތަނބިކައްޓާ ހިސާބަށް ތިރިކޮށްފައި ހުއްޓާ ފެނުކަމަށާއި، އަދި ފިރިހެން މީހާ
ލައިގެންހުރި ފަޓުލޫނު ތަނބިކައްޓާ ހަމައަށް ތިރިކޮށްފައި ހުއްޓާވެސް ފެނުނުކަމަށާއި، އަލިކުރުމާއެކު އަންހެން
މީހާ ފިރިހެން މީހާއާ ދުރަށްޖެހިލާ އަންހެން މީހާ ތިރިކޮށްފައިހުރި ޖަނގިޔާ މައްޗަށް އެރުވިކަމަށާއި، އަދި
މުޙައްމަދު ނާވީއާއި މުޙައްމަދު އަޒީޒުއާ ދެމީހުން ދުވެފައި ގޮސް އަންހެން މީހާ ހިފެހެއްޓިކަމަށާއި، އޭރު
ފިރިހެން މީހާ ހުރީ ދާހިއްލާ ފޯވެފައިކަމަށާއި އަދި ފިރިހެން މީހާ ލައިގެންހުރި ގަމީހުގެ ގޮށްތަށް ހުރީ
ނައްޓާފައިކަމަށާއި، ދެން އޭނާ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް
މުޖްތަބާ ޢަބްދުއްސައްތާރަށް ގުޅާ އެމަޢުލޫމާތު ދިނުމުން އެދެމީހުން ތިބިގޮތަށް ފޮޓޯ ނެގުމަށްފަހު، ބިޑި ނައްޓުވާ
އަންނައުނު ލައްވައިގެން ސްޓޭޝަނަށް ހާޟިރުކުރަން ބުނުމުން މުޙައްމަދު އަޒީޒް ޓޯކީން ވެހިކަލަށް ގުޅާ
އެތަނަށް ވެހިކަލް ގޮސް ވެހިކަލްގައި އިން މުޙައްމަދު ޚާލިކު އެދެމީހުން ތިބިގޮތަށް ފޮޓޯ ނެގުމުން އެދެމީހުންގެ
އަތުގައި އަޅާފައިހުރި ބިޑި ނައްޓުވާ އެދެމީހުން އަންނައުނު ލުމުން ވެހިކަލްގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް
ހާޟިރުކުރުވީ ކަމަށް ބުނެފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ހެކިބަސް ދީފައިވާ ތިންވަނަ ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
އަޙްމަދު ޝިހާމްގެ ހެކިބަހަށް ބަލާއިރު، މިމައްސަލާގައި ހިމެނޭ ޙާދިސާ ހިނގާފައިވާކަމަށް ބުނާ ސަރަޙައްދު
ބަލަމުން ދަނިކޮށް ސައިކަލެއް ފެނިގެން އެމީހުން (ފުލުހުން) މަޑުކޮށްފައި ހިލަމެއް ނުވާގޮތަށް މަޑުމަޑުން
ބަލަމުން ދަނިކޮށް އެތަނުގައި ދެމީހަކު ތިއްބާ އިސްމާޢީލަށް ފެނުނުކަމަށާއި ދެން އިސްމާޢީލް އެމީހުންނަށް
(ފުލުހުންނަށް) ވެސް ދައްކާލީކަމަށާއި، ދައްކާލީމާ އެމީހުން (ފުލުހުން) މަޑުމަޑުން ކައިރިވަމުން އެމީހުންނާ
(ތުހުމަތުކުރެވޭ މީހުން) ހައެއްކަ ފޫޓަށް ކައިރިވެފައި އެންމެން އެއްފަހަރާ ކުއްލިއަކަށް ލައިޓު އަޅުވާލުމަށްފަހު
އެމީހުން ކައިރިއަށް ދިޔައިރު އެދެމީހުން ތިބީ އެތަނުގައިކަމަށާއި، އެތަނުގައި އެވަގުތު އަލިކަމެކޭ ބުނާ ވަރަކަށް
އަލިކަމެއް ނެތްކަމަށާއި، އެތަނަށް އެއަރޕޯޓުގެ ޓަވަރުގެ ލައިޓް އެޅޭކަމަށާއި، އެމީހުން (ފުލުހުން) ފުރަތަމަ
އެތަނަށް ފޭބިއިރު އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަމެއް ނޭނގޭކަމަށާއި، ކައިރިއަށް ދިޔައީމަ އެއީ
އަންހެނެއްކަމާއި ފިރިހެނެއްކަން އެނގޭކަމަށާއި، އެދެމީހުން ތިބީ ބައްދައިގެންކަމަށާއި، އެންމެ ފުރަތަމަ
ފެނުނުއިރުވެސް ފެންނަނީ ވަރަށް ކައިރީގަ އެދެމީހުން ތިއްބާކަމަށާއި، ކޮންމެ ގޮތެއްވިޔަސް މީހުންކަން
އެނގޭކަމަށާއި، ދެން އެހެންވެ ކައިރިއަށް ދިޔައީކަމަށާއި، ދެންވީގޮތަކީ އެމީހުން (ފުލުހުން) ލައިޓް އެޅުވުމުން
ދެމީހުން ކުއްލިއަކަށް ދުރުވެގެންފައި ދެމީހުން އަވަސްއަވަހަށް އެއްޗެހި އެރުވީކަމަށާއި، ދެން އެމީހުން
(ފުލުހުން) ގޮސް އެދެމީހުން ގައިގައި ބިޑި އެޅުވީކަމަށާއި، ބިޑި އަޅުވާފައި އެމީހުން (ފުލުހުން) އެވަގުތު
އިންޗާޖަކަށްހުރި މީހާއަށް ގުޅާފައި އޭނާގެ ލަފާގެ މަތިން ކަންތައް ކުރަންވީގޮތަށް ކޮށްފައި، ސްޓޭޝަނަށް
ގެންދިޔައީކަމަށް ބުނެފައިވާއިރު،
14 ނޮވެމްބަރު 2009 ގައި މިމައްސަލާގެ ތަޙްޤީޤަށް އަޙްމަދު ޝިހާމް ދީފައިވާ ބަޔާނުގައި،
އެމީހުން (ފުލުހުން) އަށް އެދެމީހުން ތިބިތަނާއި ގާތްގަނޑަކަށް ހައެއްކަ ފޫޓަށް ދެވުނުއިރު އެދެމީހުން ތިބީ
އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން އަންހެން މީހާ ލައިގެންހުރި ހަރުވާޅު ތަނބިކައްޓާ ހަމައަށް ބާލައި،
ލައިގެންހުރި ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށް އަންހެން މީހާގެ ވާތުފައި ކުޑަކޮށް ކަކުލުހުޅުން ލަންބާލައި
ދުރުކޮށްގެންކަމަށާއި، ފިރިހެން މީހާ ހުރީ ލައިގެންހުރި ފަޓުލޫނު ތަނބިކައްޓާ ހަމައަށް ތިރިކޮށް އޭނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
OX
އަންހެން މީހާގެ ވާތުފައިގެ ފަލަމަސްގަނޑުގައި ހިފަހައްޓާލައިގެންކަމަށާއި، އެމަންޒަރު ފެނުމުން އެމީހުން
(ފުލުހުން) ގެ ތެރޭގައި ތިބި އިސްމާއީލް ޢަބްދުލްކަރީމްއާއި މުޙައްމަދު އަޒީޒުއާ ދެމީހުންގެ އަތުގައި އޮތް
ސާރޗްލައިޓުން އެދެމީހުންނާ ދިމާލަށް އަލިކުރުމުން އަންހެން މީހާ ފިރިހެން މީހާގެ ގައިން ދޫކޮށްލައި
ދުރަށްޖެހިލަމުން ތިރިކޮށްފައިހުރި ޖަނގިޔާ މައްޗަށް ނެގިކަމަށާއި، އަދި ފިރިހެން މީހާ ހުރީ ލައިގެންހުރި
ގަމީހުގެ ގޮށްތައް ނައްޓާލައި ދާހިއްލާ ފޯވެފައިކަމަށާއި، ދެން އެމީހުން (ފުލުހުން) ގެ ތެރެއިން މުޙައްމަދު ނާވީ
އާއި މުޙައްމަދު އަޒީޒު ގޮސް އަންހެން މީހާ ހިފެހެއްޓިކަމަށާއި، އިސްމާއީލް ޢަބްދުލްކަރީމް ގޮސް ފިރިހެން
މީހާގެ އަތުގައި ހިފެހެއްޓުމުން އަތް ފޮޅުވާލަމުން ޢަބްދުﷲ ރިޒާމް ރާޒީ ގޮސް އެ ފިރިހެން މީހާގެ އަތުގައި ބިޑި
އެޅުވިކަމަށާއި، މިމަޢުލޫމާތު ޢަބްދުﷲ ރިޒާމް ރާޒީ ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖް ސަބްއިންސްޕެކްޓަރ
އޮފް ޕޮލިސް މުޖްތަބާ އަބްދުއްސައްތާރަށް ގުޅާ ދިނުމުން، މުޙައްމަދު ހިލްމީ އާއި އާމިނަތު ޢަލީ ތިބި ޙާލުގައި
ފޮޓޯ ނެގުމަށްފަހު ނައްޓުވާ އަންނައުނު ލައްވައިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހާޟިރުކުރުމަށް
އެންގުމުން، މުޙައްމަދު އަޒީޒްގެ އަތުގައި އޮތް ޓޯކީން ވެހިކަލަށް ގޮވާ ވެހިކަލް އެތަނަށް ގެންގޮސް ވެހިކަލްގައި
ތިބި މީހުން ތެރެއިން ޕޮލިސް ކޮންސްޓަބަލް މާލިކު ކެމެރާ ހިފައިގެން ގޮސް އަންހެން މީހާ އާއި ފިރިހެން
މީހާ ފޮޓޯ ނެގުމުން އެދެމީހުންގެ އަތުގައި އަޅުވާފައިހުރި ބިޑި ނައްޓުވާ އެދެމީހުން ތިރިން ބާލައިގެން ތިބި
އަންނައުނު ލުމުން ވެހިކަލްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޟިރުކުރުވީކަމަށް ބުނެފައިވާކަން
ބިޑި
4 22
މިހެ3
އެނގޭކަމެކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސް ދީފައިވާ ފަރާތްތަކުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދީފައިވާ ހެކިބަހަށް ބަލާއިރު، އެތިން މީހުންގެ ހެކިބަހުގައިވެސް ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް
ހުރިކަމަށާއި އަދި ހަމައެހެންމެ އިސްވެ ފާހަގަކުރެވިފައިވާ ފަދައިން އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި ހިމެނޭ ޙާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރެވުނު ތަޙްޤީޤަށް
(ޝަރީޢަތަށް ހެކިބަސްދިނުމުގެ އެންމެ ދޮޅުމަހެއްހާ ދުވަސް ކުރިން) އެމީހުން ދީފައިވާ ބަޔާންތަކާއި
ހަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
މަޖިލިހުގައި އެމީހުން ދީފައިވާ ބަޔާންތަކާ ފުށުއެރުންތަކެއް އެބަހުރިކަމާއި، އެގޮތުން ބަލާއިރު، މައްސަލައާ
ގުޅިގެން ހެކިބަސް ދީފައިވާ މީހުންގެ ތެރެއިން މުޙައްމަދު ނާވީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދީފައިވާ ހެކިބަހުގައި، އިސްމާއީލް ޢަބްދުލްކަރީމް އާއި އަޒީޒު ސާރޗްލައިޓުން އަލިކުރުމުން ދެމީހުން ތިބިގޮތަށް
ތިބެ ފިލަން ދުއްވައިގަތީކަމަށް ބުނެފައިވާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ހެކިބަސް
ދީފައިވާ އަނެއް ދެމީހުންގެ ހެކިބަހުގައި އެއްވެސް މީހަކު ފިލަން ދުއްވައިގެން ވާހަކަ ބުނެފައިނުވާކަމާއި، އަދި
އާމިނަތު ޢަލީގެ އަތުގައި މުޙައްމަދު ނާވީ ހިފެހެއްޓުމުން އަނެއް އަތުން އާމިނަތު ޢަލީ ޖަނގިޔާ އަރުވާތީވެ
އަޙްމަދު ޝިހާމް ގޮސް އާމިނަތު ޢަލީގެ އަނެއް އަތުގައި ހިފެހެއްޓީކަމަށް މުޙައްމަދު ނާވީ ބުނެފައިވާއިރު،
މުޙައްމަދު ނާވީއާއި މުޙައްމަދު އަޒީޒުއާ ދެމީހުން ދުވެފައި ގޮސް އަންހެން މީހާ ހިފެހެއްޓިއިރު (އަލިކުރުމާއެކު)
އަންހެން މީހާ ތިރިކޮށްފައިހުރި ޖަނގިޔާ މައްޗަށް އަރުވާފައިވާކަމަށް އަބްދުﷲ ރިޒާމް ރާޒީގެ ހެކިބަހުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސް ދެމުން،
މިމައްސަލާގައި ތުހުމަތުކުރެވިފައިވާ ފަރާތްތައް އެތާގައި ތިބިކަމަށް ބުނެފައިވާ ގޮތަށް އެމީހުން ތިބިތަން
ފެނިފައިވަނީ އެމީހުން ތިބި ހިސާބާ ގާތްގަނޑަކަށް ހައެއްކަ ފޫޓު ކައިރިއަށް ގޮސް، ފުލުހުންގެ އަތުގައި ހުރި
ސާރޗްލައިޓްތައް އެމީހުންނާ ދިމާކޮށް ދިއްލުމުންކަމަށާއި، އޭގެ ކުރިން އެމީހުންނަށް (ފުލުހުންނަށް)
ތުހުމަތުކުރެވޭ ދެމީހުން ފެނިފައިވަނީ ހިޔަންޏެއްގެ ގޮތުގައިކަމަށް ޝަރީޢަތުގައި ހެކިބަސް ދީފައިވާ
އެންމެންވެސް އިއްތިފާޤުވެފައިވާއިރު، މައްސަލައިގެ ތަޙްޤީޤަށް، ކްރިމިނަލް ކޯޓަށް ހެކިބަސް ދީފައިވާ ތިން
މީހުން ދީފައިވާ ބަޔާނުގައިވެސް، ތުހުމަތުކުރެވޭ މީހުން ތިބިގޮތްކަމަށް އެމީހުން ބުނާގޮތަށް، (އަންހެން މީހާ
ލައިގެންހުރި ހަރުވާޅު ތަނބިކައްޓާ ހަމައަށް ބާލައި، ލައިގެންހުރި ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށް އަންހެން
މީހާގެ ވާތުފައި ކުޑަކޮށް ކަކުލުހުޅުން ލަންބާލާފައި ދުރުކޮށްގެން ހުރެ، އަދި ފިރިހެން މީހާ ލައިގެންހުރި
ފަޓުލޫނު ތަނބިކައްޓާ ހަމައަށް ތިރިކޮށް އޭނާގެ ކަނާތުން އަންހެން މީހާގެ ވާތުފައިގެ ފަލަމަސްގަނޑުގައި
ހިފަހައްޓާލައިގެން އެކަކު އަނެކަކުގެ ގައިގައި ބައްދައިގެން ތިބުން) ހެކި ދިން ފުލުހުންގެ މީހުންނަށް އެމީހުން
ގެންގުޅުނު ސާރޗްލައިޓް ދިއްލުމުގެ ކުރިން ފެނިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މިގޮތަށް އެމީހުންނަގެ
ފެނިފައިވަނީ ހުޅުލޭ އެއަރޕޯޓް ޓަވަރު ލައިޓުގެ އައްޔާއި ހުޅުމާލެއާއި ހުޅުލެއާ ދެމެދުގައި އޮން މަގު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
ހުޅުމާލެއާއި ވީކޮޅަށް ހަރުކޮށްފައިހުރި ބައްތިތަކުގެ އަލިންކަމަށް އެމީހުން ބަޔާންކޮށްފައިވާކަމާއި، އަދި ތަޙްޤީޤު
ބަޔާނުގައިވާ ގޮތުންނަމަ ސާރޗްލައިޓް ދިއްލުމަށްފަހު ތުހުމަތުކުރެވިފައިވާ މީހުން ކުރިކަމަކީ އެމީހުން ތިރިން
ލައިގެން ތިބި
ތިބީ އަންނައުނު މައްޗަށް އަރުވަން މަސައްކަތްކުރުންކަމާ
މީގެ އިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހަށް ހެކިބަސް ދީފައިވާ ފަރާތްތަކުން ދީފައިވާ ހެކިބަހުގައި އެމައްސަލާގެ ތަޙްޤީޤަށް އެމީހުން ދީފައިވާ
ބަޔާންތަކުގައި ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ޙަޤީޤަތާ އެއްގޮތަށް އެމީހުން ބަޔާންކޮށްފައިވާ
ކަންތައްތަކެއްކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނިފައިވާކަމާއި، މިގޮތުން ބަލާއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގައި ޝަރީޢަތަށް ހެކިބަސް ދީފައިވާ ހެކިންގެ ތެރެއިން މުޙައްމަދު ނާވީގެ ހެކިބަހުގައި،
އާމިނަތު ޢަލީ ހައްޔަރުކުރެވުނުއިރު އޭނާ ހުރިކަމަށް ބުނެފައިވާ ގޮތްކަމަށްވާ އޭނާ ލައިގެންހުރި ހަރުވާޅު
ތަނބިކައްޓާ ހަމައަށް ބާލައި، ލައިގެންހުރި ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށްގެން ހުރެފައި ފުލުހުން ގެންގުޅުނު
ސާރޗްލައިޓްތައް ދިއްލުމުން އޭނާ ފިލަން ދުއްވައިގަންކަމަށް ބުނާއިރު، އާމިނަތު ޢަލީ އޭރު އެހުރިކަމަށް
މައްސަލާގައި ހެކިބަސް ދިން ތިން މީހުންވެސް ބުނެފައިވާ ޙާލަތުގައި ހުންނަ މީހަކަށް ކުއްލިއަކަށް
ދުއްވައިގަތުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމާއި، އަދި އާމިނަތު ޢަލީ ފިލަން ދުއްވައިގަތްކަމަށް މައްސަލާގައި
ހެކިބަސް ދީފައިވާ އެހެން އެއްވެސް ފަރާތަކުން ބުނެފައިނުވާކަމާއި، އެހެންކަމުން އާމިނަތު ޢަލީ ފިލަން
ދުއްވައިގަންކަމަށް މުޙައްމަދު ނާވީ ބުނާ ބުނުމަކީ ޙަޤީޤަތާ އެއްގޮތް ވާހަކައެއްކަމާމެދު ސުވާލު އުފެދޭކަމާއި،
މީގެ އިތުރުން މައްސަލާގައި ހެކިބަސް ދީފައިވާ ތިން މީހުންގެ ހެކިބަހުގައިވެސް،
މައްސަލާގައި ތުހުމަތުކުރެވޭ މީހުން އެތާގައި ތިބިތަން ފެނިގެން އެމީހުން ހިފެހެއްޓުމަށްފަހު އެތާގައި ތިބި
ފުލުހުންގެ ތެރެއިން ޢަބްދުﷲ ރިޒާމް ރާޒީ، ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖް ސަބްއިންސްޕެކްޓަރ އޮފް
ޕޮލިސް މުޖްތަބާ އަބްދުއްސައްތާރަށް ގުޅާފައިވާކަމަށް ބުނެފައިވާއިރު، މައްސަލައާ ގުޅިގެން، ކަމާބެހޭ
މުއައްސަސާއިން ކްރިމިނަލް ކޯޓުން ހޯއްދަވާފައިވާ ޢަބްދުﷲ ރިޒާމް ރާޒީގެ ފޯނު ރެކޯޑުތަކަށް ބަލާއިރު އޭނާގެ
ފޯނުން ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖްތަބާ ޢަބްދުއްސައްތާނުކެޖޭގެ ހައިރީ
ގުޅާފައިވާކަން އެނގެން ނެތްކަމަށާއި، އަދި އެރެކޯޑުތަކުން ދައްކާ ގޮތުން އޭނާ އެވަގުތު ހުރީ މާލޭގައިކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
ކްރިމިނަލް ކޯޓުގައި މައްސަލަ ރައްދުވި ފަރާތުން (މިމައްސަލަ އިސްތިއުނާފުކޮށްފައިވާ ފަރާތުން ބުނެ ޙާދިޞާ
ހިނގި ތާގައި ޢަބްދުﷲ ރިޒާމް ރާޒީ ހުރިކަމާމެދު ސުވާލު އުފައްދާފައިވާއިރު، މިކަމާބެހޭ ގޮތުން އޭނާއާ އިތުރު
އެއްވެސް ސުވާލެއް ކުރެވިފައިނުވާކަމާއި، އަދި ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖް ސަބްއިންސްޕެކްޓަރ އޮފް
ޕޮލިސް މުޖްތަބާ ޢަބްދުއްސައްތާރަށް ޢަބްދުﷲ ރިޒާމް ރާޒީ ގުޅިކަމަށް ހެކިން ބުނާ ބުނުން ފިޔަވައި އެކަން
ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި، އެހެންކަމުން
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހެކިބަސް ދީފައިވާ ފަރާތްތަކުން ދީފައިވާ ހެކިބަހާ އެއްގޮތަށް
ޙާދިސާ ހިނގިކަމަށް ބުނާ ތަނުގައި ޢަބްދުﷲ ރިޒާމް ރާޒީ ހުރިކަމާމެދުވެސް އަދި އޭނާ އެތާގައި ހުރިނަމަވެސް،
މައްސަލައާ ގުޅިގެން ބަޔާން ދީފައިވާ ފަރާތަކުން ބަޔާން ދީފައިވާ ގޮތަށް، ހުޅުމާލޭ ޕޮލިސް ސްޓޭޝަން އިންޗާޖް
ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖްތަބާ ޢަބްދުއްސައްތާރަށް ޢަބްދުﷲ ރިޒާމް ރާޒީ ގުޅިކަމާމެދުވެސް ސުވާލު
އުފެދޭކަމާއި، އެހެންކަމުން ޢަބްދުﷲ ރިޒާމް ރާޒީގެ ހެކިބަހަކީ މިމައްސަލާގައި ޝަރީޢަތަށް ބަލައިގަނެވޭނެ
ޞައްޙަ ހެކިބަހެއް ނޫންކަމާއި، އަދި މިސަބަބަށްޓަކައި އޭނާގެ ހެކިބަސް ޝަރީޢަތަށް ބަލައިނުގަނެވޭނެކަމަށް
ނިންމައިފިނަމަ އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހެކިބަސް ދީފައިވާ އަނެއް ދެފަރާތުގެ ހެކިބަހުގައި
ޢަބްދުﷲ ރިޒާމް ރާޒީއަށް ނިސްބަތްވާގޮތަށް ބުނެފައިވާ ހުރިހާ ޞައްޙަކަމާމެދުވެސް ސުވާލު
އުފެދިގެން ދާނެކަމާއި، އަދި ހެކިބަހެއްގައި ހިމެނޭ ވަކިބައެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ޙާލަތުގައި
އެހެކިބަހެއްގެ ސުވާލު އުފެދޭ ބައި އުނިކޮށް އެހެން ބައިތަކަކީ ޞައްޙަ ބައިތަކެއްކަމަށް ކަނޑައަޅައި
އެބައިތަކުގެ މައްޗަށް ބަލައި، އޭގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފުކަމެއްކަމާއި،
އަދި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ތުހުތުކުރެވިފައިވާ ފަރާތްތައް ކުށުގެ
ޢަމަލު ހިންގަން ތިބިކަމަށް ހެކިންގެ ހެކިބަހުގައި ބުނެފައިވާ ތަނުގައި އެމީހުން އެކަމެއް ކުރުމަށް ތިބިތަން
ހެކިންނަށް ފެނިފައިވަނީ ހުޅުލޭ އެއަރޕޯޓް ޓަވަރު ލައިޓުގެ އައްޔާއި ހުޅުމާލެއާއި ހުޅުލެއާ ދެމެދުގައި އޮންނަ
މަގުގައި ހުޅުމާލެއާއި ވީކޮޅަށް ހަރުކޮށްފައިހުރި ބައްތިތަކުގެ އަލިންކަމަށް މައްސަލައިގެ ތަޙްޤީޤަށް
ދީފައިވާ ބަޔާންތަކުގައި ބުނެފައިވާއިރު، އަދި "ޓަވަރުގެ ލައިޓް ބަރާބަރަށް އެދިމާލަށް އެޅިފައި ހުންނަ ނެކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4 44 3 9
ބުނެވެއެގެ
ވު.
gE
;
ދިވެހިރާއްޖެ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
24 2
މުޙައްމަދު ނާވީ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، އަދި އެތަނަށް އެއަރޕޯޓުގެ
ޓަވަރުގެ ލައިޓް އެޅޭކަމަށް އަޙްމަދު ޝިހާމް ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ބުނެފައިވާއިރު، އެތަނަކީ ހެކިންގެ
ހެކިބަހުގައި ބުނެފައިވާފަދަ އެއްވެސް އައްޔެއް އެޅޭ ތަނެއް ނޫންކަމަށް މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން
ބުނެ އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން އެސަރަޙައްދުން ޢާންމުކޮށް ދަތުރުކޮށް އުޅޭ ދެމީހެއްގެ
ހެކިބަސް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހަޅާފައިވާކަމާއި، އަދި އެމީހުންގެ ހެކިބަހުގައި ޙާދިޞާ
ހިނގިކަމަށް ބުނާ ދުވަސްވަރު، ހުޅުމާލެއާއި ހުޅުލެއާ ދެމެދުގައި އޮންނަ މަގުގައި ހުޅުމާލެއާއި ވީކޮޅަށް
ހަރުކޮށްފައިހުރި ބައްތިތަކެއް ނުހުންނާނެކަމަށާއި އަދި ޙާދިސާ ހިނގިކަމަށް ބުނާ ތަނަށް ހުޅުލޭ ޓަވަރުގެ
އަލިވެސް ނޭޅޭނޭކަމަށް ބުނެފައިވާކަމާއި، އެހެންނަމަވެސް މިކަން ނަފީކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން
އެކަށީގެންވާ މިންވަރަށް ހެއްކެއް ހުށަހެޅިފައިނުވާކަމާއި، އަދި މިކަން ޝަރީޢަތުގެ ފަރާތުންވެސް އިތުރަށް
ކަށަވަރުކޮށްފައިވާކަން އެނގެން ނެތްކަމާއި، އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ތުހުތުކުރެވިފައިވާ ފަރާތްތައް ކުށުގެ ޢަމަލު ހިންގަން ތިބިކަމަށް ހެކިންގެ ހެކިބަހުގައި ބުނެފައިވާ ތަނުގައި
އެމީހުން އެކަމެއް ކުރުމަށް ތިބިތަން ހެކިންނަށް ފެނިފައިވަނީ ހުޅުލޭ އެއަރޕޯޓް ޓަވަރު ލައިޓުގެ އައްޔާއި
ހުޅުމާލެއާއި ހުޅުލެއާ ދެމެދުގައި އޮންނަ މަގުގައި ހުޅުމާލެއާއި ވީކޮޅަށް ހަރުކޮށްފައިހުރި ބައްތިތަކުގެ އަލިންކަމަށް
މައްސަލައިގެ ތަޙްޤީޤަށް އެމީހުން ދީފައިވާ ބަޔާނުގައި ބުނެފައިވާ ބުނުމުގެ އިތުރުން، "ޓަވަރުގެ ލައިޓް
ބަރާބަރަށް އެދިމާލަށް އެޅިފައި ހުންނާ" ނެކަމަށް މުޙައްމަދު ނާވީ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނުގައި
ބުނެފައިވާ ބުނުމާއި، އަދި އެތަނަށް އެއަރޕޯޓުގެ ޓަވަރުގެ ލައިޓް އެޅޭކަމަށް އަޙްމަދު ޝިހާމް ޝަރީޢަތަށް
ދީފައިވާ ހެކިބަހުގައި ބުނެފައިވާ ބުނުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭކަމެވެ.
2 22 22
(ބ) ފަސްވަނަ ކަމަކީ، އެމީހަކީ ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި
ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކުކަމުގައި ބެލުމުގެ ޙައްޤު، ކުށެއް ކުރިކަމުގެ
ދަޢުވާ އުފުލިގެންވާ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވުމުން، ޖިނާޢީ މައްސަލަތަކާ ގުޅިގެން އުފުލޭ ދަޢުވާއެއް
ﷲއް
ޢަޠީބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ޗުންeއل
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
އއ ލބ މހ
02
xތ
xތ ދ
ހ2 ހކ ދއކ ކތ 2ވ
އުފުލިފައިވާ މީހެއްގެ މައްޗަށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައެޅޭނީ އެމީހަކު އެކުށެއް ކޮށްފައިވާކަން
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާނަމަކަމާއި،
އިސްވެ ދެންނެވިފައިވާ ފަދައިން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޝަރީޢަތަށް
ބަލައިގަނެވޭނެ ހަމައެކަނި އެކިކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު ނާވީ އާއި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަބްދުﷲ ރިޒާމް ރާޒީ އާއި އަދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު ޝިހާމް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ހެކިބަހާއި
މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި ހުރި ފުށުއެރުންތަކަށާއި، އަދި އެބަޔާންތަކުގައި ހުރި
ސުވާލު އުފެދޭ، އިސްވެ ފާހަގަކުރެވިފައިވާ ކަންތައްތަކަށާއި، އަދި އެމައްސަލާގައި، މިމައްސަލަ
އިސްތިއުނާފުކޮށްފައިވާ ފަރާތްތައް ހައްޔަރުކޮށް އެމީހުންގެ ފޮޓޯ ނަގައި ހެދުމުގައި ކަންތައްތައް ހިނގާފައިވާ
ގޮތްތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިމައްސަލަ އިސްތިއުނާފުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ދައުލަތުގެ
ފަރާތުން ތުހުމަތުކޮށްފައިވާ، ޢާންމު ތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށް،
ދައުލަތުގެ ފަރާތުން ބުނެފައިވާ ބީދައިން އެމީހުން ކޮށްފައިވާކަމާމެދު އެކަށީގެންވާ ޝައްކުތަކެއް އުފެދޭކަމާއި،
އެހެންކަމުން، މިމައްސަލަ އިސްތިއުނާފުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ދައުލަތުގެ ފަރާތުން
ތުހުމަތުކޮށްފައިވާ، ޢާންމު ތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، އެމީހުންގެ
މައްޗަށް ސާބިތުވާކަމަށް އަހުރެންނަށް ޤަބޫލުނުކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި އަހުރެންގެ ރަޢުޔަކީ، މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މައްޗަށް ދައުލަތުން
ކޮށްފައިވާ، އާންމުތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ
ގޮތުން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކީ!ޤާރީނާގެ ތެރެއިން ޝަރީޢަތަށް ބަލައިގަނެމޭންޒިކެއްގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް
ނެތް މިންވަރަށް، އެމީހުންގެ މައްޗަށް ދައުލަތުގެ ފަރާތުން ތުހުމަތުކޮށްފައިވާ ކުށް ސާބިތުވާކަމަށް
ކަނޑަނޭޅޭނެކަމާއި،
އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2009
)
579
/
Cr
-
C/2388) ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅަންޖެހޭނެކަމަށެވެ.
އަޣުލަބިއްޔަތު ރަޢުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރަޢުޔު) އާއި
އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގައި މުޙައްމަދު
ޙިލްމީ އާއި އާމިނަތު ޢަލީގެ މައްޗަށް ކޮށްފައިވާ ޢާންމު ތަނެއްގައި އެހެން މީހަކާއެކު ބަދުއަޚްލާޤީ ޢަމަލު
ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށް ބަލާއިރު،
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ކްރިމިނަލް ކޯޓަށް ޙާޟިރުކުރެވިފައިވަނީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު ނާވީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ކޮންސްޓަބަލް ޢަބްދުﷲ ރިޒާމް ރާޒީ އާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު
ޝިހާމްކަމާއި،
މުޙައްމަދު ނާވީ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 12 ނޮވެމްބަރ
2009 ދުވަހުގެ ރޭ ގާތްގަނޑަކަށް 11:00 ހާއިރު ޕެޓްރޯލްކުރަމުން ދަނިކޮށް ހުޅުމާލެ އިރުމަތީ ފަރާތު
ގޮނޑުދޮށާއި ދިމާލުން ސައިކަލެއް ފެނިގެން މުޙައްމަދު ނާވީ އާއި އިސްމާޢީލް ޢަބްދުލްކަރީމް އާއި ޢަބްދު
ރިޒާމް އާއި އަޙްމަދު ޝިހާމް އާއި ނަސްރުﷲ ޢަބްދުލްމަޖީދު އާއި މުޙައްމަދު މާލިކު ހޭޅިފަށުގައި މަޑުކޮށްފައި
އެސަރަޙައްދުން ދިޔައިރު އަތިރިމަތީގައި ހިޔަންޏެއް ފެންނާތީ މަޑުކޮށްފައި ބެލިކަމަށާއި، އޭރު އެތަނުގައި ތިބީ
މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީކަމަށާއި، މިދެމީހުން ތިބީ ކުރިމަތިން ބައްދައިގެންކަން އެނގޭކަމަށާއި،
އިސްމާޢީލް ޢަބްދުލްކަރީމް އާއި މުޙައްމަދު އަޒީޒު ސާރޗްލައިޓުން އަލިކުރުމުން ދެމީހުން ތިބިގޮތަށް ތިބެ ފިލަން
ދުއްވައިގަތީކަމަށާއި، މުޙައްމަދު ނާވީ އާމިނަތު ޢަލީގެ އެއް އަތުގައި ހިފެހެއްޓުމުން، އަނެއް އަތުން އާމިނަތު އަޒްގެ )
ޖަނގިޔާ އަރުވާތީވެ ޝިހާމްއައިސް އޭނާގެ އަނެއް އަތުގައި ހިފެހެއްޓުމުން މުޙައްމަދު ނާވީ އާމިނަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
18ނއކމށް
ބިޑި އެޅުވީކަމަށާއި، ދެން ރިޒާމް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޢަބްދުސައްތާރުއަށް ގުޅުމުން،
މުޖުތަބާ ޢަބްދުސައްތާރު ބުނީ އެމީހުން ތިބިގޮތަށް ބައިތިއްބާފައި ފޮޓޯ ނެގުމަށްފަހު އެމީހުން ވެހިކަލަށް ލައިގެން
ސްޓޭޝަނަށް ގެންދިއުމަށްކަމަށާއި،
އަދި ފުރަތަމަ އެސަރަޙައްދު ޕެޓްރޯލްކުރަމުން ދިޔައިރު އެސަރަޙައްދުން ސައިކަލެއް ފެނިގެން
ހޭޅިފަށަށް ނިކުމެ ބެލީމާ މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ހިޔަނި ފެނުނީކަމަށާއި، މުޙައްމަދު ނާވީ
ތަޙްޤީޤަށް ދިން ބަޔާނުގައި އެއްވެސް އުނިއިތުރެއް ނީންނާނެކަމަށާއި، އަދި އެއީ މުޙައްމަދު ނާވީ ދިން ތެދު
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ޢަބްދުﷲ ރިޒާމް ރާޒީ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނަށް ބަލާއިރު، 12 ނޮވެމްބަރ
2009 ދުވަހު ހުޅުމާލެތެރެ ޕެޓްރޯލްކުރަން އުޅުމުގެ ތެރޭގައި، ހުޅުމާލެ އިރުމަތީ ފަރާތު ގަސްތަކުގެ ތެރެއަށް
ވައްދާފައިކަހަލަ ގޮތަކަށް އިން ސައިކަލެއް ފެނުނުކަމަށާއި، އެސަރަޙައްދަކީ މީހުން ނޫޅޭ އެކަހެރި
ސަރަޙައްދެއްކަމަށްވުމުން އަންހެން ފިރިހެން ކުދިން އެތަނަށް ވަދެ އެކި ޒާތްޒާތުގެ ކަންތައްތައް ކޮށްއުޅޭކަމަށާއި،
އެހެންވެ އެތަން ރަނގަޅަށް ބެލުމަށްޓަކައި އެތަނަށް ފޭބީކަމަށާއި، ގަސްތަކުގެ ތެރޭން ތަންކޮޅެއް ދުރުން ދެހިޔަނި
ފެނުނުކަމަށާއި، އެހެންނަމަވެސް އެއީ ދެމީހުންކަން އެނގޭކަމަށާއި، އެދެމީހުން ގާތްވެފައި ދުރުވެފައި އުޅޭތަން
ފެންނަކަމަށާއި، އަދި އެތަނުގައި ތިބި ދެމީހުން އެންމެ ފުރަތަމަ ފެނުނީ އިސްމާޢީލަށްކަމަށާއި، އެދެމީހުން
އެތަނުގައި ތިބި ވާހަކަ ބުނީ އިސްމާޢީލުކަމަށާއި، މަޑުމަޑުން އެއީ ކޮންބައެއްތޯ ބަލަން ޢަބްދުﷲ ރިޒާމް ރާޒީ އާއި
އެތަނުގައި ދެންތިބި ފުލުހުން ކައިރިވިކަމަށާއި، އަދި ކައިރިވިއިރު ދުރުވެ ބައްދާހަދާތަންވެސް ފެންނަކަމަށާއި،
ފުލުހުންގެ ސާރޗްލައިޓުން އަލި އަޅުވާލުމުން ދެމީހުންވެސް ތިބީ ތިރިން ލައިގެންހުރި އެއްޗެހި ބާލައިގެންކަމަށާއި،
ފުރަތަމަ އަލި އަޅުވާލިއިރު އަންހެން ކުއްޖާގެ ޖަނގިޔާވެސް ހުރީ ކަކުލާ ހަމައަށް ތިރިކޮށްފައިކަމަށާއި، ފިރިހެން
މީހާ ހުރީ ޖަނގިޔާ ބާލައިގެން ނޫންކަމަށާއި، ޢަބްދުﷲ ރިޒާމް ރާޒީ އާއި އެތަނުގައި ދެންތިބި ފުލުހުން
ކޮންބައެއްހޭ ކިޔައި ހަޅޭއްލަވައިގަތުމަށްފަހު ދުވެފައި ގޮސް ހިފެހެއްޓީކަމަށާއި، ހިފެހެއްޓިއިރު އަންހެން މީހާގެ
ޖަނގިޔާވެސް އަރުވާފައިވާކަމަށާއި، މުޙައްމަދު ޙިލްމީ ގައިގާ އެންމެ ފުރަތަމަ ހިފެހެއްޓީ އިސްމާޢީލް
ޢަބްދުލްކަރީމް ކަމަށާއި، މުޙައްމަދު ޙިލްމީ ގަދަހަދަން ފެށުމުން ޢަބްދުﷲ ރިޒާމް ރާޒީ ގޮސް ހިފެހެއްޓީ މުޙައްމަގު
އިލްމީގެ ވައަތުގައިކަމަށާއި،
އިސްވެ ބުނެވުނު ޙާދިޞާ ހިނގިއިރު އެތަނުގައި ތިބި ފުލުހުންގެ އަތުގައި އޭރު ފޮޓޯ
ކެމެރާ ނެތްކަމަށާއި، ކެމެރާއަކީ ވެހިކަލް ތެރޭގައި އޮންނަ އެއްޗެއްކަމަށާއި،
404
ދީ 04
0
ކަމެއް
ދިމާވެއްޖި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
2x
އއ ވހއ
هހުމެކެވެ
ގޮވާލާފައި ކެމެރާ ގެންނަނީކަމަށާއި، އެރޭ ސަބްއިންސްޕެކްޓަރ މުޖުތަބާއަށް ގުޅިކަމަށާއި އަދި މުޖުތަބާގެ
އިރުޝާދުގެ ދަށުން ފޮޓޯ ނެގިކަމަށާއި، ފުލުހުން މުޖްތަބާއަށް ގުޅި ހިސާބުން ވެހިކަލް އަންނަން ގާތްގަނޑަކަށް 5
ނުވަތަ 10 ވަރަކަށް މިނެޓްވާނެކަމަށާއި، ޢަބްދުﷲ ރިޒާމް ރާޒީ އެރޭ ދުއްވި ސައިކަލުގެ ފަހަތުގައި އިނީ
ކަމަށާއި، އެމީހުން ތާރު އަޅާފައި އޮތް ބޮޑުމަގުން ދުއްވާފައި ދިޔައިރު ތަންކޮޅެއް ފަހަތުން ވެހިކަލް
އަންނަކަމަށާއި، ތާރު އަޅާފައި އޮންނަ މަގުން ގޮނޑުދޮށަށް ފައިބަން ތާރު ނާޅާ މަގެއް ވަކިން އޮންނާނެކަމަށާއި،
އެހިސާބުގައި ދުއްވާފައި ދަނިކޮށް ސައިކަލުގެ ރިފްލެކްޓަރުގެ އަލިން ފެނުނީކަމަށާއި، އަދި ޢަބްދުﷲ ރިޒާމް ރާޒީ
ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއްކަމަށް ބުނެފައިވާކަން ފާހަގަކުރެވޭ
ކުރެވޭކަމާއި،
އަޙްމަދު ޝިހާމް ޝަރީޢަތުގެ މަޖިލިހަށް ދިން ބަޔާނަށް ބެލިއިރު، 12 ނޮވެމްބަރ 2009
ދުވަހުގެ ރޭ އަޙްމަދު ޝިހާމް ޑިއުޓީއަށް ނިކުތްކަމަށާއި، އެރެއަކީ ބުރާސްފަތި ދުވަހުގެ ރޭކަމަށްވާތީ ޢާންމުކޮށް
ހުޅުމާލޭގައި ޑިއުޓީކުރާއިރު ޚާއްޞަކަމެއް އޮންނާނެކަމަށާއި، އެއީ މާލެއިން ވަރަށް ގިނަ މީހުން އަރާނެކަމަށާއި،
ރާބުއިމާއި ބަދުއަޚްލާޤީ ޢަމަލު ވަރަށް ގިނައިން ހިނގާނެކަމަށާއި، ބީޗް ސަރަޙައްދުގައި ވަރަށް ގިނަ މީހުން
އުޅޭނެކަމަށާއި، އެގޮތުގެ މަތިން ރޭގަނޑު އަޙްމަދު ޝިހާމްމެން ދުއްވަމުން ދިޔަކަމަށާއި، އެއް ސައިކަލުގައި
ދިޔައީ އަޙްމަދު ޝިހާމް އާއި ރިޒާމެކަމަށާއި، އަނެއް ސައިކަލުގައި ދިޔައީ ނާވީ އާއި އިސްމާޢީލްކަމަށާއި،
ދުއްވަމުން ދިޔައިރު ވެހިކަލް އޮތީ އެސައިކަލުތަކުގެ ފަހަތުގައި ކަމަށާއި، އެސަރަޙައްދު ބަލަމުން ދަނިކޮށް
ސައިކަލެއް ފެނިގެން އަޙްމަދު ޝިހާމްމެން މަޑުކޮށްފައި، ހިލަމެއް ނުވާގޮތަށް މަޑުމަޑުން ބަލަމުން ދަނިކޮށް
އިސްމާޢީލަށް އެތަނުގައި ދެމީހަކު ތިބިތަން ފެނުނުކަމަށާއި، އެގަޑީގައި އަޒީޒުވެސް ވެހިކަލުން ފޭބިކަމަށާއި، ދެން
ވެހިކަލް ދިޔައީކަމަށާއި، އިސްމާޢީލަށް ފެނުނު ދެމީހުން ދެން ތިބި ފުލުހުންނަށް ދެއްކިކަމަށާއި، ދެން އަޙްމަދު
ޝިހާމްމެން މަޑުމަޑުން އެމީހުންނާ ކައިރިވަމުން ހައެއްކަ ފޫޓަށް ކައިރިވެފައި އެންމެން އެއްފަހަރާ ކުއްލިއަކަށް
ލައިޓް އަޅުވާލުމަށްފަހު، އެމީހުން ކައިރިއަށް ދިޔައިރު އެދެމީހުން ތިބީ އެތަނުގައިކަމަށާއި،
އަޙްމަދު ޝިހާމްމެން އެންމެ ފުރަތަމަ އެތަނަށް ފޭބިއިރު، އެއީ
ފިރިހެނެއްކަމެއް
ނޭނގޭކަމަށާއި، ތަންކޮޅެއް ކައިރިއަށް ދިޔުމުން އެއީ އަންހެނަކާއި ފިރިހެނެއްކަން އެނގޭކަމަށާއި، އަދި އެދެމީހުން
ތިބީ ބައްދައިގެން ކަމަށާއި، ދެން ފުލުހުން ލައިޓް އެޅުވުމުން ދެމީހުން ކުއްލިއަކަށް ދުރުވެގެންފައި ދެމީހުން
އަވަސްއަވަހަށް އެއްޗެހި އެރުވިކަމަށާއި، ދެން ފުލުހުން ގޮސް އެމީހުން ގައިގައި ބިޑިއެޅުވިކަމަށާއި، ބިޑި
އަޅުވާފައި އެވަގުތު އިންޗާރޖްއަކަށް ހުރި މީހާއަށް ގުޅިކަމަށާއި، އޭނާގެ ލަފާގެ މަތިން ކަންތައް ކުރަންވީ
ކޮށްފައި އެދެމީހުން ސްޓޭޝަނަށް ގެންދިޔައީކަމަށާއި،
ދ ޏ ސ ޑ ޖ ޗ 02
އަނހނެއްކަމެއް
.ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
ބިޑިއެޅުވިއިރު އެދެމީހުން ތިރިކޮށްފައިވާ ހުރިހާ އެއްޗެއް ނޭރުވޭކަމަށާއި، އަޙްމަދު
ޝިހާމްމެންވެސް އެތަނަށް އެންމެ ފުރަތަމަ ފޭބީ އެސަރަޙައްދުން ސައިކަލެއް ފެނުމުންކަމަށާއި، އަދި
ޕެޓްރޯލްކުރަމުންގެންދާއިރު ކޮންމެ ޝިޕްޓަކަށްވެސް ކެމެރާއެއް ވެހިކަލްގައި އޮންނާނެކަމަށާއި، އަދި އަޙްމަދު
ތަޙްޤީޤަށް ދިން ބަޔާނަކީ ތެދު ޞައްޙަ ބަޔާނެއްކަމަށް ބުނެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
هހމެވެ
(ށ) ދެވަނަ ކަމަކީ، މުޙައްމަދު ނާވީއާއި ޢަބްދުﷲ ރިޒާމް ރާޒީއާއި އަދި އަޙްމަދު ޝިހާމްއާ ތިން
މީހުންވެސް ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ޞައްޙަ ތެދު ބަޔާންކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2016/Cr
-
C/579 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައި އޮތުމުން،
މުޙައްމަދު ނާވީ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، 2009 ނޮވެމްބަރ 12 ދުވަހުގެ ރޭ
ގާތްގަނޑަކަށް 23:00 ކަންހާއިރު ހުޅުމާލެ ކުނިގޮނޑުގެ އިރުމަތީ ފަރާތުގައި ސައިކަލެއް ހުރުމުން މުޙައްމަދު
ނާވީ އާއި އެރޭ ޕެޓްރޯލް ކުރަމުން ދިޔަ ދެންތިބި ފުލުހުން އެތަނަށް މަޑުކުރިކަމަށާއި، އަދި މުޙައްމަދު ނާވީއާއި
އިސްމާޢީލް ޢަބްދުލްކަރީމްއާއި އަޙްމަދު ޝިހާމްއާއި ޢަބްދުﷲ ރިޒާމް ރާޒީއާއި އަދި މުޙައްމަދު އަޒީޒްއާ
ފަސްމީހުން އެތަން ޗެކްކުރަން ފެށިކަމަށާއި، އެސަރަޙައްދު ބަލަމުން ދަނިކޮށް ބީޗް ސަރަޙައްދު ކައިރީގައި ހުރި
ގަސްތަކުގެ ކައިރީގައި ދެމީހަކު ތިއްބާ އިސްމާޢީލް ޢަބްދުލްކަރީމްއަށް ފެނިގެން ދެންތިބި ފުލުހުންނަށް
ދެއްކިކަމަށާއި، ހުޅުލޭ އެއަރޕޯޓްގެ ޓަވަރުގެ އެނބުރޭ ލައިޓްގެ އައްޔާއި އަދި ހުލުމާލެއާއި ހުޅުލެއާ ދެމެދުގައި
ހުޅުމާލެއާއި ވީކޮޅުގައި ހަރުކޮށްފައިހުރި ލައިޓްތަކުގެ އަލި އެދެމީހުންގެ ގަޔަށް އެޅުމުން އެދެމީހުން ތިބީ އެކަކު
އަނެކަކު ގައިގައި ބައްދައިގެންކަން އެނގޭކަމަށާއި، އޭރު އެދެމީހުންނާއި ފުލުހުންނާ ދެމެދު ހުންނާނީ
ގާތްގަނޑަކަށް ވިއްސަކަށް ފޫޓުކަމަށާއި، ދެން ފުލުހުން އެދެމީހުންނަށް ހިލަންނުވާގޮތަށް މަޑުމަޑުން ހިނގާފައި
ގޮސް އެމީހުންނާ ގާތްގަނޑަކަށް ހައެއްކަ ފޫޓު ކައިރިވި ވަގުތު އެދެމީހުން އެކަކު އަނެކަކާ ކުރިމަތިލައިގެން
ބައްދައިގެން ތިބިކަމަށާއި، އޭރު އަންހެން މީހާ ތިރިން ލައިގެންހުރި ހަރުވާޅު ފައިގެ ތަނބިކައްޓާ ހަމައަށް
ތިރިކޮށްފައިވާކަމަށާއި، އަދި ލައިގެންހުރި ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށްފައިހުރިކަމަށާއި، ފިރިހެން މީހާ
ލައިގެންހުރި ފަޓުލޫނު ހުރީ އޭނާގެ ފައިގެ ތަނބިކައްޓާ ހަމައަށް ތިރިކޮށްފައިކަމަށާއި، އަންހެން މީހާ ހުރީ އޭނާގެ
ވާތުފައި ކުޑަކޮށް ބިމުން މައްޗަށް ހިއްލާލައި، ދެފައި ކުޑަކޮށް ދުރުކޮށްލައިގެންކަމަށާއި، ފިރިހެން މީހާގެ ކަނައަތުން
އަންހެން މީހާގެ ހިއްލިފައިހުރި ފައިގެ ފަލަމަސްގަނޑާއި ދިމާލުން ފަހަތުގައި ހިފަހައްޓައިގެން ހުރިކަމަށާއި،
އިސްމާޢީލް ޢަބްދުލްކަރީމް އާއި މުޙައްމަދު އަޒީޒްގެ އަތުގައި އޮތް ސާރޗްލައިޓްތަކުން އެދެމީހުން ކަންޖޭގެ ޚި
އަލިކުރުމުން، އަންހެން މީހާ އަވަސްއަވަހަށް ފިރިހެން މީހާއާ ދުރަށްޖެހިލައި ތިރިކޮށްފައިހުރި ޖަނގިށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
02
ނެގިކަމަށާއި، އޭރު ފިރިހެން މީހާ ލައިގެންހުރި ބޮކްސަރ ހުރީ ނުބާލާކަމަށާއި، ނަމަވެސް އޭނާ ހުރީ ގަމީހުގެ
ގޮށްތައް ނައްޓާލައި މުޅި މީހާ ދާހިއްލާ ފޯވެފައިކަމަށާއި، މުޙައްމަދު ނާވީ ދުވެފައި ގޮސް އަންހެން މީހާގެ އަތުގައި
ހިފެހެއްޓީކަމަށާއި، އަދި އިސްމާޢީލް ޢަބްދުލްކަރީމް ފިރިހެން މީހާގެ އަތުގައި ހިފެހެއްޓިކަމަށާއި އަދި މިހެން
ހެދުމުން ފިރިހެން މީހާ އަތް ފޮޅުވާލުމުން ޢަބްދުﷲ ރިޒާމް ރާޒީ ދުވެފައި ގޮސް އެމީހާ އަތުގައި ހިފަހައްޓައި ބިޑި
އެޅުވިކަމަށާއި، މުޙައްމަދު ނާވީ އަންހެން މީހާގެ އަތުގައި ހިފަހައްޓައިގެން ހުއްޓާ، އަންހެން މީހާ އޭނާ
ތިރިކޮށްފައިހުރި ހަރުވާޅު އަރުވަން މަސައްކަތްކުރިތަނުން އަޙްމަދު ޝިހާމް ގޮސް އަންހެން މީހާގެ އަތުގައި
ހިފެހެއްޓިކަމަށާއި، އަދި އަންހެން މީހާގެ އަތުގައި ބިޑި އެޅުވީ މުޙައްމަދު ނާވީކަމަށާއި، އެއަށްފަހު ސްޓޭޝަން
އިންޗާރޖް ސަބްއިންސްޕެކްޓަރ މުޖްތަބާ އަބްދުއްސައްތާރަށް އެމަޢުލޫމާތު ދިނުމުން އެދެމީހުން ތިބިގޮތަށް ފޮޓޯ
ނައްޓައިގެން ސްޓޭޝަނަށް ޙާޟިރުކުރުމަށް އެންގިކަމަށާއި، ވެހިކަލަށް ގުޅައިގެން ވެހިކަލްގައި
އިން މުޙައްމަދު މާލިކު ކެމެރާ ހިފަހައިގެން ގޮސް އެދެމީހުން ތިބިގޮތަށް ފޮޓޯ ނެގިކަމަށް މުޙައްމަދު ނާވީ
ތަޙްޤީޤަށް ދިން ބަޔާނުގައި ބުނެފައިވާކަމާއި،
ޢަބްދުﷲ ރިޒާމް ރާޒީއާއި އަޙްމަދު ޝިހާމްއާ ދެމީހުން ތަޙްޤީޤަށް ދިން ބަޔާނަށް ބަލާއިރު،
މިދެމީހުންވެސް ޙާދިޞާ ހިނގާދިޔަ ގޮތްކަމަށް ކިޔާދީފައިވަނީ މުޙައްމަދު ނާވީވެސް އެޙާދިޞާ ކިޔާދިން ގޮތަށްކަން
ފާހަގަކުރެވޭކަމާއި، އަދި މިތިން މީހުންގެ ތަޙްޤީޤު ބަޔާނުގައި އެކަކު އަނެކަކު ދައްކާފައިވާ ވާހަކަތަކުގައި ޙާދިޞާ
އެނޫން ގޮތަކަށް ހިނގާފައިވާކަން ސާބިތުކުރެވޭވަރުގެ ފުށުއެރުންތަކެއް ނުވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
22 ދތ ވ2
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ
ޚިލާފަށް އެކަށީގެންވާ ޝައްކުތަކެއް ހުއްޓައި ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުކުރައްވާފައިވާކަމަށާއި،
ޝަރީޢަތާއި ޤާނޫނުގެ އުޞޫލުތަކުގެ މަތިން، އެކޯޓުން ހެކިންގެ ހެކިބަސް ވަޒަންކުރައްވާފައިނުވާކަމަށް މުޙައްމަދު
ޙިލްމީ އާއި އާމިނަތު ޢަލީގެ ފަރާތުން ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
ޝަރީޢަތަށް ހުށަހެޅި ހެކިންގެ ބަޔާނާއި ފުށުއަރާގޮތަށް ޝަރީޢަތުގައި ދައުލަތުގެ ހެކިން
ވާހަކަދައްކާފައިވާއިރު، އަދި އެކަން ދަށު ކޯޓުގައި ދަޢުވާލިބޭ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، އެކަމަށް
މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި، އެގޮތުން، ހެކިންގެ ބަޔާނުގައި ކުށް ކުރަނިކޮށް ލޮލަށް ފެންނަން
މެދުވެރިވި ސަބަބު ތަޙްޤީޤަށް ދިން ބަޔާނުގައާއި ޝަރީޢަތަށް ދިން ބަޔާނުގައި
ފާހަގަކޮށްފައިވާކަމާއި، ހެކިންގެ ބަޔާނުގައި ކުށް ކުރަނިކޮށް ލޮލަށް ފެންނަން މެދުވެރިވި ސަބަބަކީ ހުޅުލޭ ޓަބަލް)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
22
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނބުރޭ ބައްތިއާއި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހަރުކޮށްފައިހުރި ލައިޓްތަކުގެ އަލި އެޅިފައިހުރުމުގެ
ސަބަބުންކަމަށް ބަޔާންކޮށްފައިވާއިރު، އެއާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވަނީ ކުށް
ކުރަނިކޮށް ފެނުނީ ފުލުހުންގެ އަތުގައި އޮތް ސާރޗްލައިޓުން އަލި އެޅުވުމުންކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން
ފާހަގަކޮށްފައިވާކަމާއި،
ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
މުޙައްމަދު ނާވީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަބްދުﷲ ރިޒާމް ރާޒީ އާއި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަޙްމަދު ޝިހާމް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ
ބަޔާންތަކުން، އެންމެ ފުރަތަމަ އެމީހުންނަށް މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ފެނުނުކަމަށް ބުނާ
ސަރަޙައްދުން ތަންކޮޅެއް ދުރުން ފެނުނީ ދެހިޔަނިކަމަށާއި، އެދެމީހުން ދުރުވެ، ކައިރިވެ، ބައްދާހަދާތަން
ފެނުނުކަމަށާއި، އަދި އިސްވެ ބުނެވުނު ތިން ފުލުހުންނާއި، އިތުރު ފުލުހުންތަކެއް އެތަނަށް ކައިރިވެ
ސާރޗްލައިޓުން އަލި ކުރުމުން މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ފެނުނުކަމަށް ބުނެފައިވާއިރު،
މުޙައްމަދު ނާވީ އާއި ޢަބްދުﷲ ރިޒާމް ރާޒީ އާއި އަޙްމަދު ޝިހާމް ތަޙްޤީޤަށް ދިން
ބަޔާންތަކަށް
ބެލިއިރު، މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިބި ގޮތުގެ ތަފްޞީލު
ކިޔާދީފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، އެދެމީހުން ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިބި ގޮތް ފެނިފައިވަނީ
ފުލުހުން ގެންގުޅުނު ސާރޗްލައިޓްތަކުން އަލިއެޅުވުމުގެ ކުރިންކަން އެތިން ބަޔާނުންވެސް އެނގޭކަމާއި، މުޙައްމަދު
ޙިލްމީ އާއި އާމިނަތު ޢަލީއާ ދެމީހުން ބަދުއަޚްލާޤީ ޢަމަލު ހިންގި ގޮތް އެހާ ތަފްޞީލުކޮށް ފެނިފައިވަނީ ހުޅުލޭ
ޓަވަރު އެނބުރޭ ބައްތިއާއި، ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހަރުކޮށްފައިހުރި ލައިޓްތަކުގެ އަލި އެޅިފައިހުރުމުގެ
ސަބަބުންކަމަށް މުޙައްމަދު ނާވީ އާއި ޢަބްދުﷲ ރިޒާމް ރާޒީ އާއި އަޙްމަދު ޝިހާމް ތަޙްޤީޤަށް ދިން ބަޔާންތަކުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މަވެސް، އިސްތިއުނާފުކުރާ ފަރާތްތަކުން
ހަތަ
ބުނެފައިވީނަމަވެސް، ހުޅުލޭ ޓަވަރު އެނބުރޭ ބައްތިއާއި، ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހަރުކޮށްފައިހުރި ލައިޓްތަކުގެ
އަލި ނެތްކަމުގައި ބެލިނަމަވެސް، ޝަރީޢަތަށް ޙާޟިރުކުރެވުނު ދައުލަތުގެ ތިން ހެކިންގެ ބަޔާނަށް ބަލާއިރު،
އެތިން މީހުންވެސް އެސަރަޙައްދު އިތުރަށް ބަލަން ފޭބީ އެތަނުގައި ސައިކަލެއް ބަހައްޓާފައި ހުރުމުންކަމަށާއި،
އެތިން މީހުންނަށްވެސް ދުރުން ދެމީހަކު ބައްދާތަން ފެންނަކަމަށާއި، އަދި އެތަން އަނދިރިކަމުން އެހާ
ނުފެނުނު ނަމަވެސް އެތަނުގައި ތިބީ ދެމީހުންކަން އެނގޭކަމަށާއި، އަދި އެދެމީހުން ބައްދާހަދާތަން ފެންނަ
,2
2 ހދ 02
އެހެންނަމެވެ
437
2
04 މ ގތ
ފެށުއެރުމެއްކަމަށް
2x32
މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
ހ 2
0 74ތ 4
ތަންކޮޅެއް ކައިރިއަށް އައިސް ސާރޗްލައިޓް އެޅުވުމުން، އެދެމީހުން ތިބީ ތިރިން ލައިގެންހުރި އެއްޗެހި
ބާލައިގެންކަމަށާއި، އަދި އަންހެން ކުއްޖާގެ ޖަނގިޔާވެސް ހުރީ ތިރިކޮށްފައިކަމަށާއި، އަދި ފުލުހުން ޑި
އެޅުވުމުގެ ކުރިން ޖަނގިޔާ މައްޗަށް ނެގިކަމަށް އިސްވެ ފާހަގަކުރެވުނު ތިން ހެކިން ބުނި ބުނުމާއި، ތަޙްޤީޤުގައި
އެތިން ހެކިން ދިން ބަޔާންތަކުން، ޙާދިޞާ ނަފީކުރެވޭވަރުގެ ފުށުއެރުމެއް ނެތްކަން ފާހަގަކުރެވޭކަމާއި، އަދި
މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ އެކަހެރި ތަނެއްގައި ތިބިކަން ޚުދު އެމީހުންގެ ބަޔާންތަކުންވެސް އެނގޭކަން
ފާހަގަކުރެވޭކަމާއި،
މިމައްސަލަ ކްރިމިނަލް ކޯޓުގައި ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިހުރި ފޮޓޯތަކަށް ބަލާއިރު،
މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީއާ ދެމީހުން ބިޑި އަޅުވާފައި ފޮޓޯތަކެއް ނަގާފައިވާކަން އެނގޭކަމާއި،
އެފޮޓޯތަކުގައި މުޙައްމަދު ޙިލްމީ ހުރީ ގަމީހުގެ ގޮށްތައް ނައްޓާލާފައި، ފަޓުލޫނު ތިރިކޮށްގެން އަދި ބޮކްސަރ
ލައިގެންކަމާއި، އަދި އާމިނަތު ޢަލީ ލައިގެންހުރި ހަރުވާޅު ހުރީ ތިރިކޮށްފައިކަމާއި، ފާހަގަކުރެވުނު ފޮޓޯތަކުގެ
ތެރެއިން ބައެއް ފޮޓޯތަކުގައި މުޙައްމަދު ޙިލްމީ ބިޑި އަޅުވާފައިހުރިއިރު، ތިރިކުރެވިފައިވާ މުޙައްމަދު ޙިލްމީގެ
ފަޓުލޫނުގައި މީހަކު އަތުން ހިފަހައްޓައިގެން ހުރިތަން ފެންނަކަމާއި، އަދި އާމިނަތު ޢަލީގެ ފޮޓޯތަކުގައިވެސް
އާމިނަތު ޢަލީ ބިޑި އަޅުވާ ބަހައްޓާފައި އޭނާގެ ހަރުވާޅު ތިރިކޮށްފައި ފޮޓޯތަކެއް ނަގާފައިވާއިރު، އެތަނުން އެއް
ފޮޓޯގައި ފުލުހަކު ކައިރީގައި ހުންނަތަން ފާހަގަކުރެވޭކަމާއި،
ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅޭ ފޮޓޯތަކަކީ، އަދި ޚާއްޞަ ގޮތެއްގައި ޑިޖިޓަލް ފޮޓޯތަކަކީ،
އެއްވެސް ބަދަލެއް، ނުވަތަ އުނި އިތުރެއް ގެނެސްފައިނުވާ ފޮޓޯތަކެއް ކަމުގައި ޝަރީޢަތުން
ކަށަވަރުކުރަންޖެހޭނެކަމާއި، އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/579 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް އެންމެ ފުރަތަމަ ދައުލަތުގެ ފަރާތުން ހުށަހެޅި
ފޮޓޯތަކުގައި، މުޙައްމަދު ޙިލްމީގެ ފަޓްލޫނު ތިރިކޮށް ހިފަހައްޓާލައިގެން މީހަކު ހުރިކަން ނޭނގޭނެހެން
ހިފަހައްޓާލައިގެން ހުރި މީހާގެ އަތް ނުފެންނާނެހެން ފޮޓޯ ކްރޮޕްކޮށްފައިވާކަން ފާހަގަކުރެވެން އޮތް ހިނދު،
ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ނެރުއްވައިގެން ޙާދިސާ ހިނގި ރޭ ފުލުހުން ނެގި ހުރިހާ ފޮޓޯތަކެއް ޝަރީޢަތަށް
ގެނެވުނުއިރު، އެފޮޓޯތަކުން މުޙައްމަދު ޙިލްމީގެ ފަޓްލޫނު ތިރިކޮށްފައިހުރިއިރު ފުލުހަކު ފަޓްލޫނުގައި
ހިފަހައްޓާލައިގެން ހުރިކަން ފާހަގަކުރެވޭކަމާއި، އަދި އެފޮޓޯތަކުން މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީއާއިޖީ
ތިބީ ބިޑި އަޅުވާފައިކަން އެނގޭކަމާއި،
22c421
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
24
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފޮޓޯއެއްގެ ޞައްޙަކަން ކޯޓަކަށް ކަށަވަރުކުރަންޖެހުމުގެ އިތުރުން، ދަޢުވާއެއް ސާބިތުކުރުމުގެ
މަޤްޞަދުގައި ފޮޓޯގެ ޒަރީއާއިން ކޯޓަށް ހެކި ހުށަހެޅުމުގެ ބޭނުމަކީ އެޙާދިސާއެއް ހިނގި ވަގުތު އެކަން ހިނގި
ގޮތް ދައްކުވައިދިނުންކަމުގައި ވީހިނދު، ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ފުލުހުން ތުހުމަތުކުރާ ބައެއްގެ އަތުގައި
ރޭ އެޅުވުމަށްފަހު އެމީހުން ފޮޓޯނަގަން ވަކިގޮތަކަށް ބައިތިއްބައި (pose). އެމީހުން ލައިގެންހުރި އަންނައުނުގައި
ހިފަހައްޓާފައި ފޮޓޯ ނެގުމުން، އެމީހުން ބަދުއަޚްލާޤީ ޢަމަލުތަކެއް ހިންގިކަމެއް އެފޮޓޯތަކަކުން
ސާބިތުކޮށްނުދޭކަމާއި، މިމައްސަލައިގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ބަޔާންތަކަށް ބަލާއިރު، ފުލުހުންގެ
ސާރޗްލައިޓުން އަލި އެޅުވުމަށްފަހު، މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ހެދުން އަރުވާތީވެ ބިޑި އަޅުވާފައި ފޮޓޯ
ނެގީކަމަށް އެހެކިން ބުނެފައިވާއިރު، މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީއާ ދެމީހުން ބަދުއަޚްލާޤީ ޢަމަލު
ހިންގިކަމުގެ ދަޢުވާ ސާބިތުކުރުމުގެ ބޭނުމަށްޓަކައި، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ފޮޓޯތަކަށް އެކޯޓުގެ ނަންބަރު
2010/Cr
-
C/579 ޤަޟިއްޔާއިން ރިޢާޔަތްކުރައްވައި، އެފޮޓޯތަކަކީ މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ
ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިބިކަން ސާބިތުކޮށްދޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ހެކިކަމަށް
ކަނޑައަޅުއްވާފައިވަނީ، ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމާއި،
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޢަބްދުﷲ ރިޒާމް ރާޒީ ޝަރީޢަތުގެ
މަޖިލިހަށް ދިން ބަޔާނުގައި މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ އަތުގައި ބިޑި އެޅުވުމަށްފަހު ޢަބްދުﷲ ރިޒާމް
ރާޒީގެ އިންޗާރޖްއަކަށްހުރި ސަބްއިންސްޕެކްޓަރ މުޖުތަބާއަށް ގުޅިކަމަށާއި، މުޙައްމަދު ޙިލްމީ އާއި އާމިނަތު
ޢަލީގެ ފޮޓޯ ނަގާފައިވަނީ މުޖްތަބާގެ އިރުޝާދުގެ ދަށުން ކަމުގައި ޢަބްދުﷲ ރިޒާމް ރާޒީ ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، ޢަބްދުﷲ ރިޒާމް ރާޒީގެ ކޯލް ޑީޓެއިލް ކްރިމިނަލް ކޯޓުން ހޯއްދެވިއިރު،
އެފަދަ އެއްވެސް ކޯލެއް ޢަބްދުﷲ ރިޒާމް ރާޒީގެ ފޯނުން ކޮށްފައިވާކަން އެނގެން ނެތްކަމަށް އިސްތިއުނާފުކުރާ
ފަރާތްތަކުން ފާހަގަކޮށްފައިވާކަމާއި، އަދި ޢަބްދުﷲ ރިޒާމް ރާޒީ އެރޭ ހުރީ މާލޭގައިކަން އޭނާގެ ފޯނު ރެކޯޑްތަކުން
އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވާއިރު،
މިކަމާ ގުޅޭ ގޮތުން ޢަބްދުﷲ ރިޒާމް ރާޒީއާ ސުވާލު ކުރެވިފައިނުވާކަން ފާހަގަކުރެވޭކަމާއި،
ޢަބްދުﷲ ރިޒާމް ރާޒީ އެރޭ ގުޅީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނަންބަރުންތޯ ނޫންތޯ
ކަށަވަރުކޮށްފައިނުވާކަމާއި، އަދި އެހެންނޫންނަމަވެސް، ޢަބްދުﷲ ރިޒާމް ރާޒީގެ ހެކިބަސް މިމައްސަލައިގައި
އެއްފަރާތްކުރިނަމަވެސް، މުޙައްމަދު ނާވީ އާއި އަޙްމަދު ޝިހާމްގެ ހެކިބަހުގައި ޙާދިޞާ އެނޫން
ހިނގާފައިވާކަން ސާބިތުކުރެ
ތިކުރެވޭވަރުގެ ފުށުއެރުންތަކެއް ނުވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
24ކ ހތ
އގަކުން
2
2x
ہی کو میسر
4 22
ޖައީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
202
މ 04 ދ
ޝަ02ހހހ
ހއޓއށ
0 0
<< O
() ހަތަރުވަނަ ކަމަކީ، ކުށް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް
ނެތް މިންވަރަށް ކުށް ސާބިތުވުންކަމާއި، މިގޮތުން އެކަށީގެންވާ ޝައްކެއް
އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގައި
ބަލަންޖެހޭ މައިގަނޑު އެއް މިންގަނޑަކީ، ހެކިބަސް ބުއްދީގެ ހަމަތަކާ ފުށުނޭރުންކަމަށާއި، ބުއްދިއަށް
ޤަބޫލުނުކުރެވޭފަދަ ވާހަކަތަކަކީ ހެކިބަހުގައި ޝައްކު އުފައްދައިދޭ
ވީހިނދު، ހެކިބަސް
ވަޒަންކުރެއްވުމުގައި މިއުޞޫލަށް ދަށު ކޯޓުން ޢަމަލުކުރައްވާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
އެގޮތުން، މުޙައްމަދު ނާވީ އާއި ޢަބްދުﷲ ރިޒާމް ރާޒީ އާއި އަޙްމަދު ޝިހާމް ތަޙްޤީޤަށް ދީފައިވާ
ބަޔާންތަކުގައި، ސާރޗްލައިޓް އެޅުވުމުގެ ކުރިން ފުލުހުން މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީއަށް
ހިލަންނުވާގޮތަށް މަޑުމަޑުން ހިނގާފައި ގޮސް އެމީހުންނާ ގާތްގަނޑަކަށް ހައެއްކަ ފޫޓު ކައިރިވި ވަގުތު އެދެމީހުން
އެކަކު އަނެކަކާ ކުރިމަތިލައިގެން ބައްދައިގެން ތިބިކަމަށް ބުނެފައިވާކަމަށާއި، އޭރު އަންހެން މީހާ ތިރިން
ލައިގެންހުރި ހަރުވާޅު ފައިގެ ތަނބިކައްޓާ ހަމައަށް ތިރިކޮށްފައިވާކަމަށް ބުނެފައިވާކަމަށާއި، އަދި ލައިގެންހުރި
ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށްފައިހުރިކަމަށް ބުނެފައިވާކަމަށާއި، ފިރިހެން މީހާ ލައިގެންހުރި ފަޓުލޫނު ހުރީ
އޭނާގެ ފައިގެ ތަނބިކައްޓާ ހަމައަށް ތިރިކޮށްފައިކަމަށާއި، އަދި އެހެން ހުރެ އާމިނަތު ޢަލީ އޭނާގެ އެއްފައި
މުޙައްމަދު ޙިލްމީގެ އަތާއި ހަމައަށް މައްޗަށް ހިއްލާލައިގެން ހުރިކަމަށް އިސްވެ ބުނެވުނު ހެކިން ބުނާ ބުނުން
ހަމަނުޖެހޭކަމަށާއި، ހަފޫޓު ކައިރިން ފުލުހުން ސާރޗްލައިޓުން އަލި އަޅުވާލުމުން އެގޮތަށް ތިބެ
ދުއްވައިގަނެވޭނެކަމަށް ހަމަ ބުއްދިއަށް ޤަބޫލުނުކުރެވޭކަމަށާއި، ހަފޫޓު ކައިރިން ފުލުހުން އެދެމީހުންނަށް ހިލަމެއް
ނުވާގޮތަށް އައިސް ކުއްލިއަކަށް އެދެމީހުންގެ ގައިގައި ހިފެހެއްޓެންވާއިރަށް، އެދެމީހުންނަށް މާބޮޑު ހަރަކާތެއް
ނުކުރެވޭނެކަމަށާއި، ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައި ދަނިކޮށް ހުޅުމާލޭގެ ކުނިކޮށި އޮންނަ ސަރަޙައްދުގެ
ހޭޅި ފަށުގައި ސައިކަލެއް ޕާކްކޮށްފައިހުއްޓާ ފެނުނުކަމަކީވެސް މުސްތަޙީލުކަމެއްކަމަށް މުޙައްމަދު ޙިލްމީ އާއި
އާމިނަތު ޢަލީގެ ފަރާތުން ބުނެފައިވީނަމަވެސް،
މުޙައްމަދު ނާވީ އާއި ޢަބްދުﷲ ރިޒާމް ރާޒީ އާއި އަޙްމަދު ޝިހާމް ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން، އެރޭ ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު، ނިރޮޅު މަގުން ދުއްވާފައި ދިޔަކަން
އެބަޔާންތަކުން އެނގޭކަމާއި، އަދި ތާރު އެޅި މަގުން ބީޗް ސަރަޙައްދަށް ވަންނަން ތާރު ނާޅާ މަގެއް އޮންނަކަމަށް
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އެމަގަކީ އެއްޗެހި އަބަދު އެމަގުން ދުއްވާތީވެ އުފެދިފައި އޮންނަ މަގެއްކަމަށާއި
މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ސައިކަލު ފެނިފައިވަނީ ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށާއި
0724
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
އެއްވެސް
ގަސްތަކުގެ ތެރެއަށް ވައްދާފައިކަހަލަ ގޮތަކަށް ހުއްޓާކަން އެބަޔާންތައް ބެލުމުން އެނގޭކަމާއި، މުޙައްމަދު ނާވީ
އާއި ޢަބްދުﷲ ރިޒާމް ރާޒީ އާއި އަޙްމަދު ޝިހާމް ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުންވެސް އަދި ޝަރީޢަތުގެ
މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުންވެސް، މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ސައިކަލު ފެނިފައިވަނީ
އިސްވެ ފާހަގަކުރެވުނު ތާރު ނާޅާ މަގުން ދުއްވާފައި ދިޔައިރުކަން ފާހަގަކުރެވޭކަމާއި، އަދި އެސައިކަލު
ފެނިފައިވަނީ ނިރޮޅުމަގުން ދުއްވާފައި ދިޔައިރު ހުޅުމާލެ ހޭޅިފަށުންކަމަށް ބަޔާނެއްގައި
ބުނެފައިނުވާކަމާއި، އާމިނަތު ޢަލީގެ ހަރުވާޅު ފައިގެ ތަނބިކައްޓާ ހަމައަށް ތިރިކޮށްގެން، ލައިގެންހުރި ޖަނގިޔާ
ކަކުލާ ހަމައަށް ތިރިކޮށްގެން ހުރެ، އޭނާގެ އެއްފައި މުޙައްމަދު ޙިލްމީގެ އަތާއި ހަމައަށް މައްޗަށް ހިއްލާލައިގެން
ހުރިކަމަށް ހެކިން ބުނެފައިވާކަމަށް މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް، ހެކިން ތަޙްޤީޤަށް ދިން ބަޔާނުގައިވެސް އަދި ޝަރީޢަތަށް ދިން
ބަޔާނުގައިވެސް އެގޮތަށް ބުނެފައިވާކަން އެނގެން ނެތްކަމާއި، އެހެންނަމަވެސް، އެޙާދިޞާ ފެނުނު ގޮތްކަމަށް ބުނެ
ތަޙްޤީޤު ބަޔާނުގައި ބުނެފައިވަނީ އޭރު އަންހެން މީހާ ތިރިން ލައިގެންހުރި ހަރުވާޅު ފައިގެ ތަނބިކައްޓާ ހަމައަށް
ތިރިކޮށްފައިވާކަމަށާއި، އަދި ލައިގެންހުރި ޖަނގިޔާ ކަކުލާ ހަމައަށް ތިރިކޮށްފައިހުރިކަމަށާއި، ފިރިހެން މީހާ
ލައިގެންހުރި ފަޓުލޫނު ހުރީ އޭނާގެ ފައިގެ ތަނބިކައްޓާ ހަމައަށް ތިރިކޮށްފައިކަމަށާއި، އަންހެން މީހާ ހުރީ އޭނާގެ
ވާތުފައި ކުޑަކޮށް ބިމުން މައްޗަށް ހިއްލާލައި، ދެފައި ކުޑަކޮށް ދުރުކޮށްލައިގެންކަމަށާއި، ފިރިހެން މީހާގެ
ކަނައަތުން އަންހެން މީހާގެ ހިއްލިފައިހުރި ފައިގެ ފަލަމަސްގަނޑާއި ދިމާލުން ފަހަތުގައި ހިފަހައްޓައިގެން
ހުރިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި ހަފޫޓު ކައިރިން ފުލުހުން ސާރޗްލައިޓުން އަލި އަޅުވާލުމުން އެގޮތަށް ތިބެ
ދުއްވަ އިގަނެވޭނެކަމަށް ހަމަ ބުއްދިއަށް ޤަބޫލުނުކުރެވޭކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވީނަމަވެސް،
އިސްތިއުނާފުކުރާ ފަރާތްތަކުން ފުށުއެރުންތަކެއްކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ، ފުލުހުން ސާރޗްލައިޓުން
އަލި އަޅުވާލި ވަގުތު، މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ބަދުއަޚްލާޤީ ޢަމަލު ހިންގަން ތިބިތަން ފުލުހުންނަށް
ފެނުނު ޙާދިޞާ ނަފީކުރެވޭވަރުގެ، ނުވަތަ އެކަށިގެންވާ މިންވަރެއްގެ ޝައްކު އުފެދޭވަރު ކަންކަންކަމަށް ބެލެވެން
ނެތްކަމެވެ.
އއކ"
(ބ) ފަސްވަނަ ކަމަކީ، ދައުލަތުގެ ހެކިންގެ ހެކިބަހުގައި ތެދުވެރިނުވާކަމަށް ބެލެވެން އޮތް
ހިނދު، އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި، މިގޮތުން ބަލާއިރު، ދައުލަތުގެ ހެކިން ޝަރީޢަތުގައި ހެވިވަންގެ ފައި
ދީފައިވަނީ އެމީހުން މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީއާމެދު، ލާއިންސާނީ ޢަމަލު ހިންގާ އަނިޔާކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
27
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަބުރަށް ހުތުރުކޮށް ޢަމަލުތަކެއް ހިންގާފައިވާތީ، އެމައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ އެތިކަލް ސްޓޭންޑަރޑް ކޮމިޓީއިން އެމީހުންނާ ސުވާލުކޮށް ތަޙްޤީޤު ހިންގަމުންދިޔަ
ދުވަސްވަރުކަމަށްވެފައި، ޙަޤީޤަތާ ޚިލާފުވެ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތު
ގޯސްކަން ދައްކާ އެކަމުން އެމީހުންގެ ޒާތީ މަޞްލަޙަތެއް ފެންނަން އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި މީގެ އިތުރުން، ފުލުހުން
އަނިޔާކުރިކަމަށާއި، އަދި އަނިޔާކުރިކަން އެނގޭ މެޑިކަލް ޑޮކްޓަރީ ލިޔުންތައްވެސް ޝަރީޢަތަށް ހުށަހަޅާފައިވާކަމަށް
މުޙައްމަދު ޙިލްމީގެ ފަރާތުން ފާހަގަކޮށްފައިވާއިރު،
މުޙައްމަދު ޙިލްމީގެ ފަރާތުން ދެ މެޑިކަލް ސެޓިފިކެޓެއް ކްރިމިނަލް ކޯޓަށް ހުށަހެޅިކަން
އެނގޭކަމާއި، އެހެންނަމަވެސް، އެސެޓިފިކެޓްތަކުގައި މުޙައްމަދު ޙިލްމީގެ އަތުގައި ބިޑި އެޅުވުމުގެ ސަބަބުން
ލިބުނު ކޮންމެވެސް ވަރެއްގެ އަނިޔާތައް ފާހަގަކުރެވިފައި އޮތުމުގެ އިތުރުން، މުޙައްމަދު ޙިލްމީއަށް ފުލުހުން
އަނިޔާކުރިކަން އެނގެން ނެތްކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 13 ވަނަ ނުކުތާގައާއި 14 ވަނަ ނުކުތާގައި މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީއާ
ދެކޮޅަށް ހެކިބަސްދީފައިވާ ހެކިންގެ ޢަދުލުވެރިކަމާމެދު ސުވާލު އުފައްދާފައިވާތީ، ޝަރީޢަތުން އެކަމަށް
ރިޢާޔަތްކުރައްވާފައިވާކަން އެނގޭކަމާއި، އަދި އެދެނުކުތާގައިވެސް ހެކިން ޢަދުލުވެރިނުވާންވީ ސަބަބެއް
އިސްތިއުނާފުކުރާ ފަރާތްތަކަށް ދެއްކިފައިނުވާކަމަށް ކަނޑައަޅުއްވާފައިވާކަމާއި،
އެގޮތުން، މުޙައްމަދު ޙިލްމީއާއި އާމިނަތު ޢަލީއާމެދު، ލާއިންސާނީ ޢަމަލު ހިންގާ އަނިޔާކޮށް
ޢިއްޒަތާ އަބުރަށް ހުތުރުކޮށް ޢަމަލުތަކެއް ހިންގާފައިވާތީ، އެމައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެތިކަލް ސްޓޭންޑަރޑް ކޮމިޓީއަށް ހުށަހަޅާފައިވަނީ މިހާރު ބަލަމުންމިދާ
މައްސަލައާ ގުޅިގެންކަމުގައި ވީހިނދު، ބަލަމުންމިދާ މައްސަލައިގެ ތަޙްޤީޤު ބަޔާންތައް ދީފައިވަނީ ޕޮލިސް
އިންޓަގްރިޓީ ކޮމިޝަނަށް މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ޝަކުވާ ހުށަހެޅުމުގެ ކުރިންކަމަށް
ފާހަގަ
ގަކުރައްވާފައިވާކަމާއި، އަދި ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކާއި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ
ވާހަކަތަކުގައި ތަފާތެއް ނެތްކަން ފާހަގަކުރެވެން އޮތުމުން، މިމައްސަލައިގައި ހެކިބަސް ދިން ފަރާތްތަކުގެ
ޢަދުލުވެރިކަން ގެއްލިފައިވާކަން އެނގެން ނެތްކަމާއި، އަދި މިމައްސަލައަކީ މުޙައްމަދު ޙިލްމީ ޤާއްޓާޓެގެ
ހައިސިއްޔަތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޖެހުނު މައްސަލައަކާ ގުޅިގެން އުފައްދާފައިވާ މައްސަލައެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
މުޙައްމަދު ޙިލްމީއަށް ސާބިތުކޮށްދެވިފައިނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ
ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުނު ޝަރީޢަތް ހިނގިއިރު ހެކިން އެކަކު
އަނެކަކާ ވާހަކަދައްކައި މަޝްވަރާނުކުރެވޭނެ އިންތިޒާމު ޝަރީޢަތުން ހަމަޖައްސަވައިދެއްވުން އެދި 24 ޑިސެމްބަރ
2009 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ދަޢުވާލިބޭ ފަރާތުގެ ވަކީލު އެދިފައިވީނަމަވެސް ޝަރީޢަތުން
އެއިންތިޒާމު ހަމަޖައްސަވާފައިނުވާކަމަށާއި، މިގޮތުން ހެކިބަސް ދިނުމަށްފަހު ދެކިވެރިޔާ ބޭރަށް ނިކުމެ އެހެން
ހެކިވެރިންނާ ވާހަކަދައްކައި މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެފައި އޮތްކަމަށާއި، މީގެ ސަބަބުން ހެކިވެރިޔާއަށް
ޝަރީޢަތުގެ މަޖިލިހުގައި ކުރެވުނު ސުވާލުތަކާއި އެސުވާލުތަކަށް އެއް ހެކިވެރިއަކު ދިން ޖަވާބު ކޯޓުގައި ތިބި
އެހެން ހެކިވެރިންނާ ޙިއްސާކޮށްފައިނުވާކަން ޔަޤީންކުރެވެން ނެތްކަމުން ހެކިންގެ ހެކިބަސް ނެގުމުގައި ޢަދުލު
އިންސާފު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
24 ޑިސެމްބަރ 2009 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ހެކިންނަށް މަޝްވަރާނުކުރެވޭ
ގޮތް ޝަރީޢަތުން ހަމަޖައްސަވައިދެއްވުމަށް އެދިފައިވާކަމާއި އަދި ހުރިހާ ހެކިންނާ އެއް ދުވަހެއްގެ ތެރޭގައި
ސުވާލުކޮށް ނިންމޭނެ ގޮތަށް ހަމަޖައްސަވައިދެއްވުމަށް މުޙައްމަދު ޙިލްމީގެ ވަކީލު އެދިފައިވާކަން އެނގޭކަމާއި،
މުޙައްމަދު ނާވީއާއި ޢަބްދުﷲ ރިޒާމް ރާޒީއާއި އަދި އަޙްމަދު ޝިހާމްއާ މިތިން މީހުންވެސް
ޝަރީޢަތަށް ބަޔާންދީފައިވަނީ 24 ޑިސެމްބަރ 2009 ގައިކަން އެނގޭކަމާއި، މިތިން މީހުން ތަޙްޤީޤަށް ދީފައިވާ
ބަޔާނާއި ޝަރީޢަތަށް ދީފައިވާ ބަޔާނުގައި މައްސަލައިގެ ޙާދިޞާ ނަފީކުރެވޭވަރުގެ ފުށުއެރުންތަކެއް ނެތްކަމާއި،
އަދި ތަޙްޤީޤުގައި ދައްކާފައިހުރި ބައެއް ވާހަކަތަކާ ޝަރީޢަތުގައި ދެއްކި ވާހަކަތަކާ ފުށުއަރާކަމަށް ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދިފާޢީ ވަކީލު ފާހަގަކުރުމުން، އެކަންކަންވެސް އިސްވެ ބުނެވުނު ހެކިން
ސާފުކޮށްދީފައިވާކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގައި ހެކިން ޝަރީޢަތަށް ޙާޟިރުކުރުމުގައި
ޢަމަލުކުރަންޖެހޭ ގޮތް ތަންޒީމުނުކުރެވި އޮތް ޙާލު، އަދި ހުށަހެޅިފައިމިވާ މައްސަލައިގައި ހެކިން އެއް ތަނެއްގައި
ބޭތިއްބުމުގެ ސަބަބުން، އެމީހުން ހެކިބަސް ދީފައިވަނީ އެކަކު އަނެކަކާ މަޝްވަރާކޮށް، ރާވައިގެންކަން
އިސްތިއުނާފުކުރާ ފަރާތްތަކަށް ދެއްކިފައިނެތުމުން، ހެކިން އެއްތަނެއްގައި ތިބި ތިބުމަކީ ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr-C/579 ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައަޅާނެ ސަބަބެއް
ބަބެއް ނޫންކަމެވެ.
ICO
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
(ކ) ހަތްވަނަ ކަމަކީ، ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ކޯޓަށް ހުށަހެޅި އެއްވެސް ލިޔުމެއް އަދި
ޑޮކިއުމަންޓަކަށް ރިޢާޔަތްކުރައްވާފައިނުވާއިރު، އެއިން އެއްޗެއް ރިޕޯޓުގައިވެސް ހިމަނުއްވާފައިނުވާއިރު، ދައުލަތުގެ
ފަރާތުން ދެއްކި އެންމެހައި ވާހަކަތަކާއި ހުށަހެޅި ތަކެއްޗަށް ރިޢާޔަތްކުރައްވާފައިވާކަމާއި، ޝަރީޢަތުގެ މެދުތެރެއިން
ހުށަހެޅި ތަކެއްޗަށް ދާންދެން ރިޕޯޓުގައިވެސް ހިމަނުއްވާފައިވާތީ، ޝަރީޢަތް ކުރުމުގައި ގެންގުޅެންޖެހޭ
ހަމަހަމަކަމުގެ އުޞޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް
ހުށަހެޅި ބައެއް ލިޔެކިއުންތައް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނުއްވާފައިނުވާކަމަށް މިދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަމާއި،
ޝަރީޢަތްކުރުމާ
ރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 ގެ 5 ވަނަ މާއްދާގައި ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުގައި ހިމަނަންޖެހޭ މަޢުލޫމާތު ބަޔާންކުރެވިފައިވާކަމާއި، އެގޮތުން
އެގޮތުން އެމާއްދާގެ 9 ވަނަ ނަންބަރަށް
ބެލުމުން ޤަޟިއްޔާއާގުޅޭ ލިޔުންތަކުގެ މަޢުލޫމާތު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނަންޖެހޭކަން
އެނގޭކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/579 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓާއެކު ހިމެނިފައިވާ ލިޔެކިއުންތަކުގެ ތެރޭގައި، ޝަރީޢަތަށް ޙާޟިރުނުކުރެވޭ ހެކިންގެ ބަޔާންތައްވެސް
ހިމަނުއްވާފައިވާކަމަށް މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން
ފާހަގަކޮށްފައިވީނަމަވެސް، އެފަދަ ލިޔުންތައް ރިޕޯޓްއެކު ހިމެނިފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނިފައި އޮތުމަކީ
މައްސަލައެއް ބާޠިލުކުރަންޖެހޭ ސަބަބެއް ނޫންކަމާއި، ޢާންމު ގޮތެއްގައި، މައްސަލައެއްގައި ހުށަހެޅޭ އެމައްސަލައާ
ގުޅޭ ހުރިހާ ލިޔެކިއުންތައް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު ހިމެނިފައި އޮތުމަކީ، އިސްތިއުނާފް
މަރުޙަލާގައިވެސް އިސްތިއުނާފުކުރާ ނުކުތާތަކާ ގުޅިގެން ކޯޓަށްވެސް މައްސަލަ ބެލުން މަގުފަހިކޮށްދޭ، އަދި ވަގުތު
ސަލާމަތްކޮށްދޭ ކަމެއްކަމާއި،
އެހެންނަމަވެސް، ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް ޖިނާއީ މައްސަލަތަކުގައި، ހެކިބަހަށް
ރިޢާޔަތްކުރުމުގައި، ރިޢާޔަތްކުރަންވާނީ ހަމައެކަނި ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވޭ ހެކިންގެ ހެކިބަހަށްކަމާއި،
ތަޙްޤީޤަށް ހުށަހެޅިފައިވާ ބަޔާނެއްގެ މައްޗަށް އެކަނި ރިޢާޔަތްކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމާއި، އަދި ޝަރީޢަތަށް ޙާޟިރުނުކުރެވޭ ހެއްކެއްގެ ތަޙްޤީޤު ބަޔާން ޝަރީޢަތް ނިމުނު
ރިޕޯޓާއެކު ހިމެނިފައިވީނަމަވެސް، އެހެއްކަކީ ޝަރީޢަތަށް ޙާޟިރުކޮށްފައިނުވާ ހެއްކެއްނަމަ، އެތައްޤީގެ ބަންނަ
02
4x ވ 02
އެއެގތކަމެއް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
30
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ﷲ0
37
3
ކުރުމަކީ
ކޯޓުތަކުން މިހާތަނަށްވެސް ޢަމަލުކުރަމުންގެންދާ ގޮތްކަން ފާހަގަކުރެވޭކަމާއި، އަދި ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގައިވެސް ޝަރީޢަތަށް ޙާޟިރުނުކުރެވޭ ހެއްކެއްގެ ތަޙްޤީޤު
ބަޔާނަށް ރިޢާޔަތްކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކަށް
ބެލުމުން އެނގެން ނެތްކަމާއި،
މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ ފަރާތުނޯ ހުށަހެޅި އެންމެހައި ލިޔެކިއުންތައް ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/Cr
-
C;579 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު ހިމެނިފައިނުވިނަމަވެސް،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގައި ދަށު ކޯޓަކުން
ނިންމާފައިވާ މައްސަލައެއް، ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ހައިކޯޓުގައި
އިސްތިއުނާފުކުރުމުގެ ޙައްޤު، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ
އެޤާނޫނުގެ 43 ވަނަ މާއްދާގައި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނިންމުންތައް
އިސްތި
ސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށް، އެޙާލަތްތަކުގެ ތެރޭގައި އެމާއްދާގެ (ހ) ގައި އިސްތިއުނާފުކުރަން
ހުށަހަޅާފައިވާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް
ހުރުން، ނުވަތަ ޤާނޫނު ތަޠްބީޤްކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ
ކަންކަން ހުންނަ ޙާލަތާއި، އެމާއްދާގެ (ށ) ގައި ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އެޤާނޫނުގައި
ބަޔާންކޮށްފައިވާ އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެޙުކުމަށް ނުވަތަ އެނިންމުމަށް އަސަރު ފޯރުވި
އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއްކަމުގައިވާ ޙާލަތް ހިމެނިފައިވާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/579 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގައި ދަޢުވާ ރައްދުވި ފަރާތްތަކުން ހުށަހެޅި އެއްވެސް ލިޔެކިއުމެއް އެޤަޟިއްޔާއާ ގުޅޭ ލިޔުންތަކުގެ
މަޢުލޫމާތުގެ ތެރޭގައި ހިމަނުއްވާފައި ނެތުމުގެ ސަބަބުން، އެޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޤަޟިއްޔާ ބާޠިލުކަމަށް ކަނޑައެޅޭ
ސަބަބެއް ނޫންކަމެވެ.
އެޅޭނެ
(އ) އަށްވަނަ ކަމަކީ، ކުށުން ބަރީޢަވުމަށްޓަކައި ދޭންޖެހޭ
އެއްބާރުލުމާއި ފުރުޞަތު ކޯޓުން
ދެއްވާފައިނުވާކަމަށާއި، އެގޮތުން، ދައުލަތުގެ ހެކިން 24 ޑިސެމްބަރ 2009 ގައި ޝަރީޢަތުގައި ދިން ހެކިބަހާ
ގުޅޭ ގޮތުން އޭގެ 1 އަހަރާއި 7 މަސްދުވަސް ފަހުން ޚުލާސާ ބަޔާން ހުށަހަޅައި ހެކިންގެ ހެކިޑަރާމެއް ހަ3
ވާހަކަދައްކަންޖެހުނުއިރު، ހެކިން ބުނި އެއްޗެއް ރަނގަޅަށް ހަނދާންކުރަން ދަތިވެފައި، ހެކިބަހުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
،ދިވެހިރާއްޖެ
31
2{012/HC-A/12]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 20
ގޭކަމާއި،
OLC
ފުށުއެރުންތައް އެންމެ ރަނގަޅަށް ފާހަގަކުރެވޭ ގޮތް ވެފައިނުވާކަމަށާއި، ދައުލަތުގެ ހެކިން 24 ޑިސެމްބަރ 2009
ގައި ޝަރީޢަތަށް ދިން ހެކިބަހުގެ ޓްރާންސްކްރިޕްޓް ކްރިމިނަލް ކޯޓުން ދޫކުއްރައްވާފައިނުވާކަމަށް
އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސިގެ 51 ވަނަ މާއްދާގެ (ބ) ގައި ކުށުން
ބަރީޢަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަޞީލަތްތައް ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް
ލިބެންވާނެކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
ހުށަހެޅިފައިވާ މައްސަލައިގެ އެންމެ ފުރަތަމަ ޝަރީޢަތުގެ މަޖިލިހުގައި، އިސްތިއުނާފުކުރާ
ފަރާތްތަކުން ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އެދުނުކަން އެނގޭކަމާއި، އަދި އެފުރުޞަތު ކްރިމިނަލް ކޯޓުން
ދެއްވިކަން އެނގޭކަމާއި، އޭގެ ފަހުން ހިންގި ޝަރީޢަތުގެ މަޖިލިސްތައް، އަދި ޚާއްޞަކޮށް ދައުލަތުގެ ހެކިން
ޙާޟިރުކުރެވުނު ދުވަހު އިސްތިއުނާފުކުރާ ފަރާތްތަކުގެ ވަކީލުން ޙާޟިރުވެ ތިބިކަން ފާހަގަކުރެވޭކަމާއި، އަދި
ހެކިންނާ ސުވާލުކުރުމަށް ފުރުޞަތު ލިބުނުކަންވެސް އެނގޭކަ
ހެކިންގެ ހެކިބަސް ނެގުމަށްފަހު، އޭގެ އެތައް މަހެއް ފަހުން ދެން ބޭއްވުނު ޝަރީޢަތުގެ
މަޖިލިސްތަކަށްވެސް ޙާޟިރުވެފައިވަނީ ހަމަ އެއް ޤާނޫނީ ވަކީލުންކަން ފާހަގަކުރެވޭކަމާއި، ދިވެހިރާއްޖޭގައި ހެކިން
ޝަރީޢަތުގެ މަޖިލިހަށް ދޭ ބަޔާންތަކާއި އަދި ޓްރާންސްކްރިޕްޓްތައް މައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް
ފޯރުކޮށްދިނުން ލާޒިމްކުރާ ޤާނޫނެއްވެސް އަދި ގަވާއިދެއްވެސް ނެތް ޙާލަތުގައި، އަދި މިމައްސަލައިގެ އަޑުއެހުން
އެއް އަހަރު ފަހުން ބޭއްވުމުން، އެންމެ ފަހުން ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ހެކިން ދެއްކި ވާހަކަތަކުގެ
މައްޗަށް ބިނާކޮށް ހެކިން ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަތަކުގެ ފުށުއެރުންތަކާއި އަދި ތަޙްޤީޤަށް ދިން
ބަޔާނުގައިވާ ފުށުއެރުންތައް ފާހަގަކުރަން ދަތިވިކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާއިރު،
ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަތަކުގެ ފުށުއެރުންތައް ވަގުތުން ފާހަގަކުރުމަކީ
ޝަރީޢަތުގައި މައްސަލައާ ގުޅިގެން ޙާޟިރުވެ ތިބޭ ފަރާތްތަކަށް ލިބިގެންވާ އިޚްތިޔާރެއްކަމާއި، އަދި އެއް އަހަރު
ފަހުން ކްރިމިނަލް ކޯޓުން އެޓްރާންސްކްރިޕްޓްތައް ފޯރުކޮށްނުދިނުމަކީ އެފަރާތްތައް ދިފާޢުވުމަށް އޮތް ޙައްޤަށް އައި
އުނިކަމެއްކަމަށް ބެލެވެން އޮތް ކަމެއް ނޫންކަމާއި،
އަދި މައްސަލާގައި އިންސާފު ޤާއިމުކުރެވެން އޮތީ ކުށުގެ މަޙައްލުކަމުގައި ބުނާ ސަރަޙައްދު
ކޯޓުން ބައްލަވައިގެންކަމަށާއި، ކޯޓުގެ ޓީމަކުން އެތަން ބައްލަވައިދެއްވުމަށް ތަކުރާރުކޮށް އެދިފައިވީނަމަވެސް ކޯޓުގެ
އެފުރުޞަތު ދެއްވާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވީނަމަވެސް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
މައްސަލައަކާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭންނުންވެއްޖެނަމަ، އެމަޢުލޫމާތު
ސާފުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ އިޚްތިޔާރުގައި އޮންނަ ކަމެއްކަމާއި، އަދި ހުށަހެޅިފައިމިވާ މައްސަލައަށް
ބަލާއިރު، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ތަޙްޤީޤަށް ދިން ބަޔާންތަކުންނާއި ޝަރީޢަތަށް ދިން ބަޔާންތަކުން
ޙާދިޞާ ހިނގާދިޔަ ގޮތް ސާފުވާކަން ފާހަގަކުރެވެން އޮތްކަމެވެ.
2 20
(ވ) ނުވަވަނަ ކަމަކީ، މައްސަލައިގައި މަޞްލަޙަތު އޮތް ފަނޑިޔާރަކު މައްސަލަ ބައްލަވައި، ޙުކުމް
އިއްވަވާފައިވުމުން އިންސާފު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ކްރިމިނަލް ކޯޓުގައި މިމައްސަލަ ބެއްލެވި ޤާޟީ ޢަބްދުﷲ ދީދީ ޖުޑީޝަލް ސަރވިސް
ކޮމިޝަންގައި މުޙައްމަދު ޙިލްމީގެ އަޚްލާޤީ ބައިން ޝަރުޠު ހަމަނުވާކަމަށް ވަކާލާތު ކުރައްވާފައިވާކަމަށާއި،
އެހެންކަމުން އެޤާޟީ ހުންނެވީ ވަކިގޮތަކަށް މައްސަލައިގައި ޙުކުމް ހިތުން ކަނޑައަޅުއްވައިގެންކަމަށާއި، ޤާޟީ
ހުންނެވީ ހެކިންގެ ބަޔާންތަކާއި، ފޮޓޯތައް ޝަރީޢަތުގެ ބޭރުން ވަޒަންކުރައްވައި މައްސަލައާމެދު ކުރިން ވަކިގޮތެއް
ނިންމަވައިގެންކަމަށާއި، އަދި އޭގެ ފަހުން ޝަރީޢަތުގެ ގޮނޑިކޮޅުގައި އިންނަވައިގެން ހަމަ އެތަކެއްޗަށް
ރިޢާޔަތްކުރައްވައި މައްސަލަ ނިންމެވުމުން، ފެންނަން އޮތް ޙަޤީޤަތަކަކީ ޖީ.އެސް.ސީ.ގެ ގޮނޑީގައި އިށީންނަވައި
ވޯޓު ދެއްވައި ނިންމެވި ގޮތް ޞައްޙަކަމަށް ކަނޑައަޅުއްވައި ތައްގަނޑުޖެއްސެވުންކަމަށް ބެލެވޭކަމަށް މުޙައްމަދު
ޙިލްމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގެ މައްސަލަ އޭރުގެ ޖިނާއީ ކޯޓަށް
ހުށަހެޅުނީ 24 ނޮވެމްބަރ 2009 ގައިކަން އެނގޭކަމާއި، އޭރު އެޤަޟިއްޔާއަށް ދެވިފައިވާ ނަންބަރަކީ
2009/JC/2388 ކަމާއި، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް
ޢަމަލުކުރަން ފެށުމުން، އެޤަޟިއްޔާގެ ނަންބަރު ބަދަލުވެފައިވާކަން ފާހަގަކުރެވޭކަމާއި، މިޤަޟިއްޔާގެ އެންމެ
ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 07 ޑިސެމްބަރ 2009 ގައިކަން އެނގޭކަމާއި، އަދި މިމައްސަލައިގައި
ޙުކުމްކުރައްވާފައިވަނީ 21 ޑިސެމްބަރ 2011 ގައިކަމާއި،
ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަލުން ފަނޑިޔާރުން ޢައްޔަންކުރުމުގައި، އަޚްލާޤީ ބައިން
މުޙައްމަދު ޙިލްމީގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅައި، އެކޮމިޝަންގެ ޙާޟިރުވެ ތިބި 7 (ހަތެއް)
މެންބަރުންގެ ތެރެއިން 5 (ފަހެއް) މެންބަރުން ވޯޓު ދީފައިވާކަން އެނގޭކަމާއި، މިނިންމުން ނިންމާފައިވަނީ 06
އޯގަސްޓް 2010 ގައިކަން އެނގޭކަމާއި،
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
ދަށުކޯޓުގައި މިމައްސަލަ ބެއްލެވި ޤާޟީގެ މަޞްލަޙަތު ފުށުއަރާކަމަށް މުޙައްމަދު ޙިލްމީގެ
ފަރާތުން ބުނެފައިވީނަމަވެސް، އެނުކުތާ ދަށުކޯޓުގައި ނަގާފައިނުވާނެކަމަށް މުޙައްމަދު ޙިލްމީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެއިރު ޤާޟީ ޢަބްދުﷲ ދީދީގެ
މަޞްލަހަތު އޮތްކަމެއް ނޭނގޭކަމަށް މުޙައްމަދު ޙިލްމީ ބުނެފައިވާއިރު، މުޙައްމަދު ޙިލްމީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޔައުމިއްޔާއަކީ 06 އޯގަސްޓް 2010 ގެ
ޔައުމިއްޔާއެއްކަމާއި، އަދި އެނިންމުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަކި ކޮމިޓީއަކުން ނިންމާފައިވާ
ނިންމުމެއްގެ ޔައުމިއްޔާއެއް ނޫންކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، އެނިންމުމަކީ މުޅި ކޮމިޝަންގެ
ނިންމުމެއްކަމުން، އަދި ޤާޟީ ޢަބްދުﷲ ދީދީއަކީ މުޙައްމަދު ޙިލްމީ ފަނޑިޔާރުކަމަށް އަލުން ޢައްޔަންނުކުރުމަށް
ނިންމި އިރުން ފެށިގެން އިސްތިއުނާފުކުރާ މައްސަލަ ކްރިމިނަލް ކޯޓުގައި ނިމުމާ ހަމައަށްވެސް ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ މެންބަރެއްކަން އެނގެން އޮތް ހިނދު، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު
މިނުކުތާ ނެގުމުގެ ފުރުޞަތު މުޙައްމަދު ޙިލްމީއަށް އޮތްކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، އޭރު މިޙާލަތު
އެނުކުތާ ނަގާފައި ނެތުމުން، ދަށު ކޯޓުގައި ދައްކާފައިނުވާ ވާހަކައަކަށް އިސްތިއުނާފް މަރުޙަލާގައި
ރިޢާޔަތްނުކުރެވޭނެކަމަށް މިމައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމެވެ.
ފk
ތf9
(މ) ދިހަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގައި ޙުކުމް
އިއްވަވާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް، ބާޠިލު ގަވާއިދެއްގެ ދަށުންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން
ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީގެ މައްޗަށް ކުށް ސާބިތުވީކަމަށް ކަނޑައަޅުއްވައި،
އެދެމީހުންގެ މައްޗަށް ސާބިތުވި ކުށުގެ ޢުޤޫބާތް ކަނޑައަޅުއްވާފައިވަނީ "ބަދުއަޚްލާޤީ ކުށާއި ޒިނޭގެ ކުށުގެ އަދަބު'
އާބެހޭ ގަވާއިދު (ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03 ސަރކިއުލަރ) ގެ 1 ވަނަ
މާއްދާގެ (ށ) ގެ ދަށުންކަމާއި،
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 2008
:
03
:
45 ސަރކިއުލަރއަށް ބަލާއިރު،
އެސަރކިއުލަރއަކީ 11 މެއި 2008 ގައި ނެރެވުނު ސަރކިއުލަރއެއްކަން އެނގޭކަމާއި، އަދި އެސަރކިއުލަރއަށް
ޢަމަލުކުރަން ފަށަންޖެހޭ ތާރީޚަކީ 14 މެއި 2008 ކަމަށް އެސަރކިއުލަރގައި ބަޔާންކުރެވިފައިވާކަމާއި،
މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03 ސަރކިއުލަރއަކީ އެމިނިސްޓްރީގެ
MJ/2008
/
01 ސަރކިއުލަރއަށް ގެނެވުނު އިސްލާހެއްކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
34
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/12]
22 / 2 20
ތކެޗ2ޓހ
މިނިސްޓްރީގެ ނަންބަރު MJ:01;2008 ސަރކިއުލަރއަށް ބަލާއިރު، އެސަރކިއުލަރއަކީ
ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 ގެ 193 ވަނަ މާއްދާ (ބަދުއަޚްލާޤީ ކުށުގެ އަދަބު)
އިސްލާޙުކޮށްފައިވާ ސަރކިއުލަރއެއްކަން އެނގެން އޮންނަކަމާއި،
ޝަރީޢަތް ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަކީ 12 ޖޫން 2003 ގައި
ޝާޢިއުކޮށްފައިވާ ފޮތެއްކަމާއި، 12 ޖޫން 2013 ގެ ފަހުން އެގަވާއިދުތަކުގެ އެކި މާއްދާތަކަށް އެކި
ސަރކިއުލަރތަކުން އިސްލާޙު ގެނެވިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ޤާނޫނު ނަންބަރު 6/2006 (ޢާންމު
ގަވާއިދުތަކާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށެންދެން އިޞްލާޙުކުރެވިފައިވާ ސަރކިއުލަރތަކަށް ކޯޓުތަކުން
ޢަމަލުކުރަމުން ގެންދިޔަކަމާއި،
ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެޤާނޫނަކީ ދިވެހިރާއްޖޭގައި ޢަމަލުކުރަމުންގެންދާ ގަވާއިދުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން
ފާސްކުރާ ޤާނޫނަކުން އެގަވާއިދެއް ހެދުމުގެ ބާރު ލިބިގެން ނޫން ގޮތަކަށް ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން،
ދައުލަތުގެ ހިންގުމުގެ ނިޒާމް ކުރިއަށް ގެންދިއުމަށާއި، ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި، ޤާނޫނު
ތަންފީޒުކުރުމަށް މުހިންމު ގަވާއިދުތައް ކަނޑައަޅައި، އެގަވާއިދުތައް ހިންގުމަށް ވަގުތީ ގޮތުން ޤާނޫނީ ބާރު
ލިބިދިނުމަށްޓަކައި އެކަށައަޅާފައިވާ ޤާނޫނެއްކަން ބަޔާންކުރެވިފައިވާއިރު، އެޤާނޫނަށް ޢަމަލުކުރަން ފަށާނީ އެޤާނޫނު
ފާސްވެ ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށް އެޤާނޫނުގެ 10 ވަނަ
މާއްދާއިން އެނގެން އޮވެފައި، އެޤާނޫނު ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވަނީ 5
އޯގަސްޓް 2008 ގައިކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03 ސަރކިއުލަރއަކީ 14
މެއި 2008 ގައި ޢަމަލުކުރަން ފެށި ސަރކިއުލަރއެއްކަމުން، ޤާނޫނު ނަންބަރު 6/2008 (ޢާންމު
ގަވާއިދުތަކާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށިއިރު މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03
ސަރކިއުލަރއަކީ އޭގެ އެތައް މަހެއް ކުރިން ޢަމަލުކުރަން ފަށާފައިވާ ގަވާއިދެއްކަން އެނގޭކަމާއި، އަދި
އެގަވާއިދަކީ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަށް ގެނެވުނު އެތައް އިސްލާހެއްގެ ތެރެއިން
އެއް އިސްލާޙުކަމުގައި ވީހިނދު، އެގަވާއިދަކީ ޤާނޫނު ނަންބަރު 6/2006 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ 1
ވަނަ މާއްދާގެ (ހ) ގެ އަލީގައި އެޤާނޫނުގެ ދަށުން ބެލެނިވެރިކަން ލިބި، އޭގެ މައްޗަށް ޢަމަލުކުރެވޭ
ގަވާއިދެއްކަން އެނގެން އޮތުމުން، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތަށް
މިނިސްޓް: 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/12{
ޖަސްޓިސްގެ ނަންބަރު MJ/2008
/
03 ސަރކިއުލަރއަކީ ޤާނޫނީ ބެލެނިވެރިކަން ލިބިދީފައިނުވާ ގަވާއިދެއްކަމަށް
ބަލާނެ ތަނެއް ނެތްކަމެވެ.
(0 އެގާރަވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ފަދައިން، މިމައްސަލައާ ގުޅިގެން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ނަގާފައިވާ ފޮޓޯތަކަށް ރިޢާޔަތްނުކުރިނަމަވެސް، ދައުލަތުގެ ފަރާތުން ހެކިންގެ
ގޮތުގައި ހުށަހެޅި މުޙައްމަދު ނާވީ އާއި ޢަބްދުﷲ ރިޒާމް ރާޒީ އާއި އަދި އަޙްމަދު ޝިހާމް ތަޙްޤީޤަށް ދިން
ބަޔާންތަކަށާއި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިހުރި ވާހަކަތަކަށް ރިޢާޔަތްކުރާއިރު، އެމީހުންނަށް އެޙާދިޞާ
ފެނުނުގޮތްކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/579 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި
ކިޔާދިން ކިޔާދިނުމާއި އަދި ތަޙްޤީޤަށް ދިން ބަޔާންތަކުގައި އެޙާދިޞާއާމެދު ޝައްކު އުފެދޭވަރުގެ ފުށުއެރުންތަކެއް
ހުރިކަމަށް ބެލެވެން ނެތްކަމާއި، އަދި މިމައްސަލާގައި ޢަބްދުﷲ ރިޒާމް ރާޒީއަކީ ޙާދިސާ ހިނގިތަނުގައި ހުރި
މީހެއް ނޫންކަމަށް
އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނާއިރު، އަދި އެކަމުގެ ހުއްޖަތެއްގެ ގޮތުގައި ޢަބްދުﷲ ރިޒާމް
ރާޒީގެ ފޯނު ނަންބަރުގެ ފޯންކޯލް ޑީޓެއިލްސް ކަމަށް ބުނެ ހުށަހެޅި ނަންބަރަކީ، އެޙާދިސާ ހިނގި ރޭ ޢަބްދު
ރިޒާމް ރާޒީ ގެންގުޅުނު ނަންބަރުކަމެއް އަދި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޢަބްދުސައްތާރަށް ގުޅި
ނަންބަރުކަމެއް ކަށަވަރުކޮށްފައިނުވާކަމާއި، އެހެންނަމަވެސް، މިމައްސަލާގައި ޢަބްދުﷲ ރިޒާމް ރާޒީގެ ހެކިބަސް
އެއްފަރާތް ކުރިނަމަވެސް، މުޙައްމަދު ނާވީ އާއި އަޙްމަދު ޝިހާމްގެ ހެކިބަހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މުޙައްމަދު
ޙިލްމީއާއި އާމިނަތު ޢަލީގެ މައްޗަށް މައްސަލަ ސާބިތުވާކަމާއި، އަދި ހުޅުމާލޭގެ އެކަހެރި އަނދިރި
ސަރަޙައްދެއްގައި މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ތިބިކަން އެދެމީހުންގެ ވާހަކަތަކުންވެސް އެނގެން އޮތް
ހިނދު، އެކަމަކީ މިމައްސަލަ ސާބިތުކުރުމަށް ބަލައިގަނެވޭ ހަރުދަނާ ޤަރީނާއެއްކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/579 ޤަޟިއްޔާގައި "ބަދުއަޚްލާޤީ ކުށާއި ޒިނޭގެ
ކުށުގެ އަދަބު" އާބެހޭ ގަވާއިދު (ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03 ސަރކިއުލަރ)
ގެ 1 ވަނަ މާއްދާގެ (ނ) ގެ ދަށުން، މުޙައްމަދު ޙިލްމީ އާއި އާމިނަތު ޢަލީ ޢާންމު ތަނެއްގައި ބަދުއަޚްލާޤީ
ޢަމަލު ހިންގިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅުއްވާފައިވަނީ،
ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަސްދާރުންގެ
އަޣުލަބިއްޔަތަށް ނުފެނުނުކަމެވެ.
<<
04 04
ބައިބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
36
2{12/HC-A/120
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
}
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/579 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި
ސ. ފޭދޫ
ހިތްއަލިވާގެ މުޙައްމަދު ޙިލްމީ އާއި
ސ. ފޭދޫ | ހުސްނުހީނާގެ އާމިނަތު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް
ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގެ ޙުކުމުގައި ޢާންމު ތަނެއްގައި ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށް
އެދެމީހުންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުންވި
ފެންވުން ބާޠިލުކުރަންޖެހޭ ޤާނޫނީ ނުވަތަ
ޝަރުޢީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv