ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/246 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/ 246
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހ
s
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 246/HC
-
A/2013
• އިސްތިއުނާފްކުރި ފަރާތް:
ފުރިހަމަ ނަން: ޢަލީ ޢިމްރާން
ކައި.ޑީ.ކާޑު ނަންބަރު: A043504
ދާއިމީ އެޑްރެސް: މއ.ކޮކްނެޓްހައުސް *މިހާރުގެ އެޑްރެސް: ގ.ވެލެންސިއާގެއާގެ
ވަކީލް: އޒް. ޙަސަން ވަޙީދު ރަންކޮކާގެ ހދ.ކުރިނބީ
2 2x 22
• އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ.ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރްޔަމް ފެޒްލީން
* މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓާފް ސާޖަންޓް ޙުސައިން މަޢުރޫފް (2667)
• ހުށަހެޅުނު ތާރީޚް: 28 ރަމަޟާން 1434
05 އޮގަސްޓް 2013
*ނިމުނު ތާރީޚް: 13 ޝައްވާލް 1434
20 އޮގަސްޓް
2013
އިސްތިއުނާފްކުރެވުނު އަމުރު ނަންބަރ: ނަންބަރު 2013/6650(J
(
MD-145 ކޯޓު އަމުރު
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު ( ބަންދު އަމުރު)
އަމުރު ނެރުނު ތާރީޚް: 26 ޖުލައި 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2
2013/HC-A/ 246
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<<
2ތ294 8
ހޅުމާ
ދައުވާގެ ޚުލާސާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6650(JMD-145ކޯޓު އަމުރު އެކޯޓުން
ނެރުއްވައިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ އެކޯޓުގެ އަމުރު
އިސްތިއުނާފުކުރުމަށް އެދި މއ.ކޮކްނެޓްހައުސް ޢަލީ ޢިމްރާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލިފައިވާ ޤަޟިއްޔާއެކެވެ.
ލިޤާޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6650(J
(
MD-145ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ މއ.ކޮކްނެޓްހައުސް ޢަލީ ޢިމްރާންގެ މައްޗަށް ތުހުމަތު ކުރެވޭ ފުޅާ ދާއިރާއެއްގައި
މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލާގައި ބަންދުން ދޫކޮށްލައިފިނަމަ
ފިލާފާނެކަމަށް ފެންނާތީ 27 ޖުލައި 2013 ދުވަހުގެ 11:25 އިން ފެށިގެން 11 އޮގަސްޓް 2013
ދުވަހުގެ 11:24 އަށް ޢަލީ ޢިމްރާން މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
-2
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6650(J
(
MD-145ކޯޓު އަމުރު އެކޯޓުން
ނެރުއްވައިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު
އިސްތިއުނާފުކުރަމުން ޢަލީ ޢިމްރާންގެ ފަރާތުން 02 (ދޭއް) ނުކުތާ ފާހަގަކޮށް، އެ ނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6650(J
(
MD-145 ކޯޓު
އަމުރުން ޢަލީ ޢިމްރާން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ޤާޟީ
ކަނޑައަޅުއްވައި ނިންމަވާފައިވަނީ އަދި އެމަޖިލިސް ޤާޟީ ހިންގަވާފައިވަނީ " ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު
ގެ 6 ވަނަ މާއްދާގެ (ށ) އާ ކަނޑައެޅިގެން ޚިލާފަށް ކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6650(JMD-145 ކޯޓު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2013/HC-A/ 246
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރުން
ޢަލީ ޢިމްރާންގެ ބަންދާމެދު ގޮތެއް ކަނޑައަޅުއްވައި ނިންމެވުމާއި ގުޅިގެން، ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބުގެ 20 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ
(ށ) އާއި އަދި 53 ވަނަ މާއްދާގެ (ހ) އިން ޢަލީ ޢިމްރާންއަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެހިނދު ޢަލީ
ޢިމްރާންއަށް ގެއްލިގެން ގޮސްފައިވާކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
3- ކްރިމިނަލް ކޯޓުގެ
ނަންބަރު 201316650(J
/
MD-145ކޯޓު އަމުރު
އިސްތިއުނާފްކުރުމަށް ޢަލީ ޢިމްރާން ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2013/6650(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ މއ.ކޮކްނެޓްހައުސް ޢަލީ ޢިމްރާންގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަސްތުވާތަކެތި
ރުންކުރުމުގެ މައްސަލާގައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް ފެންނާތީ ޢަލީ ޢިމްރާން
ގޭގައި ބަންދުކޮށްފައި ހުރި ހުރުން 27 ޖުލައި 2013 ދުވަހުގެ 11:25 އިން ފެށިގެން
އޮގަސްޓް 2013 ދުވަހުގެ 11:24 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެއަމުރަށް ބެލުމުން
ބެލުމުން އެނގެން
އިނގެން އޮވެއެވެ.
ބޭނުންކުރުމު
11
(ށ) ޢަލީ ޢިމްރާނު މައްޗަށް ތުހުމަތު ކުރެވުނު މައްސަލައާއި ގުޅިގެން ހައްޔަރު
ކުރެވުނުއިރު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ފުރުސަތު ލިބިދީފައިވާކަން އެނގެން އޮންނަކަމާއި
މިގޮތުން ޢަލީ ޢިމްރާންގެ ވަކީލެއްގެ ގޮތުގައި ހދ. ކުރިނބި | ރަންކޮކާގެ ޙަސަން ވަޙީދު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ބަލައިގެންފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
ޤާނޫނީ ވަކީލުކަން ޤަބޫލުކުރިކަމުގެ ލިޔުން ބަލައިގަތް ސްލިޕް ން އެނގެންއޮންނަ
ކަމާއި ، ޢަލީ ޢިމްރާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައާއި ގުޅިގެން ބަންދާމެދު ގޮތެއް
ނިންމުމަށް 26 ޖުލައި 2013 ދުވަހު ބޭއްވުނު މުއްދަތުގެ މަޖިލީހަށް ހާޟިރުވުމަށްޓަކައި އެދުވަހު ޢަލީ
1 VR009057
4
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2{13/HC-A/ 246
މިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ .
Xo
ޢިމްރާންގެ ވަކީލު ކްރިމިނަލް ކޯޓަށް ހާޟިރުވެ ކޯޓުގައި އޮންނަ " ވަކީލުން ސޮއިކުރާ ޙާޟިރީ" ގައި
ސޮއިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސްކޮޓް މުވައްޒަފުން ގެންގުޅުއްވާ ޤައިދީންގެ ލިސްޓުގައި
ވަކީލު ހާޟިރުވިކަން ނޯޓުކުރެއްވުމުގެ ގޮތުން އެލިސްޓުގެ ޢަލީ ޢިމްރާނުގެ ނަމާއި ދިމާލުގައި (W)
މިފާހަގަ ޖެހިފައިވާނެ ކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ ޢިމްރާނުގެ ވަކީލުގެ ފަރާތުން
ބުނެފައިވާކަމާއި
ޢަލީ ޢިމްރާންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި ގުޅިގެން ބަންދާމެދު ގޮތެއް ކަނޑައެޅުމަށް
ބޭއްވުނު މުއްދަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ ޢަލީ ޢިމްރާންގެ ވަކީލުގެ ޣައިރު ޙާޟިރުގައި
މުއްދަތުގެ މަޖިލީހުގައި ޢަލީ ޢިމްރާނުގެ ފަރާތުން ވާހަކަ ދެއްކުމަށް ދެވުނު ފުރުސަތުގައި އޭނާގެ
ވަކީލު އެކޯޓުގެ އެހެން ސެކްޝަނެއްގައި ޙާޟިރުވެ ހުރިކަމަށް ބުނެފައި ވަނިކޮށް އިތުރު ފުރުސަތެއް ނުދީ
ހަމައެކަނި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދެއްކެވި ވާހަކަތަކަށް އެކަނި ރިޢާޔަތްކޮށް ޢަލީ
ޢިމްރާން ގޭގައި ބަންދުކޮށްފައި ހުރި ހުރުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކުރައްވާފައިވާ ކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވާއިރު މުއްދަތުގެ މަޖިލީހަށް
މީހުން ވެއްދުމުގެ ކުރިން ޢަލީ ޢިމްރާންގެ ވަކީލު ނެތުމުން ތިންފަހަރެއްގެ މަތީން މަޑު ކުރެވިފައިވާ ކަމަށް
ފުލުހުންގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
4 &
ކަމަށްއ
(ނ) އިސްތިއުނާފު މިކުރެވޭ އަމުރުގެ ދަށުން ޢަލީ ޢިމްރާން ހޯމް މިނިސްޓްރީން ކަނޑައަޅާ
ތަނެއްގައި ބަންދުކުރުމަށް ކަނޑައަޅުއްވައި ނިންމަވާފައިވަނީ ޢަލީ ޢިމްރާނަށް ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ހޯދުމުގެ ފުރުޞަތު ލިބިދިނުމަކާއި ނުލައި ކަމަށް ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
OLC
އިސްތިއުނާފު މިކުރެވޭ ކޯޓު އަމުރު ނެރުއްވި މަޖިލީހުގެ ކަންހިގާ ދިޔަގޮތަށް ބަލާއިރު، ޢަލީ
ޢިމްރާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް 26 ޖުލައި
2013 ދުވަހު ބޭއްވުނު މުއްދަތުގެ މަޖިލީހަށް އަލީ ޢިމްރާނު ވެއްދުމުގެ ކުރީން ޢަލީ ޢިމްރާނުގެ ވަކީލު
ހުރިތޯ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސުވާލުކުރައްވައި މުއްދަތުގެ މަޖިލީހަށް ނުވައްދައި
އެއްފަހަރު މަޑުކޮށްފައިވާކަމަށް ޢަލީ ޢިމްރާނުގެ ފަރާތުންވެސް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަން އެނގެން އޮންނަ ކަމާއި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{313/HC-A/ 246
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ އަމުރު ނެރުއްވި ޝަރީޢަތުގެ މަޖިލިހުގެ
އިޖުރާއާތު ހިނގާދިޔަ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ޝަރީޢަތުގެ މަޖުލީހަށް ހާޟިރުވި ޕޮލިސް ސަރޖަންޓް ޙުސައިން މަޢުރޫފު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވަނީ، މުއްދަތުގެ މަޖިލީހަށް މީހުން ވެއްދުމުގެ ކުރިން އަލީ ޢިމްރާނުގެ ވަކީލު
ނެތުމުން ތިންފަހަރެއްގެ މަތިން މަޑުކޮށްފައިވާނެކަމަށާއި އެހެންނަމަވެސް މުއްދަތު މަޖިލީހަށް ވެއްދުމަށް
ކޯޓުން އެންގުމުން މީހުން ވެއްދިކަމަށާއި އޭރުވެސް އަލީ ޢިމްރާނުގެ ވަކީލު ހާޟިރުވެފައިނުވާކަމަށް
ފުލުހުންގެ ފަރާތުން މުއްދަތުގެ މަޖިލީހަށް ހާޟިރުވި ފަރާތުން ބުނެފައިވާއިރު ޢަލީ ޢިމްރާނުގެ ފަރާތުން
މިކަމަށް އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި
)
ޢަލީ ޢިމްރާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި ގުޅިގެން ޢަލީ ޢިމްރާނުގެ
ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު މަޖިލީހަށް ޙާޟިރުވުމަށްޓަކައި އޭނާގެ ފަރާތުން ހަމަޖެހިފައިވާ
ވަކީލު ހާޟިރުވެފައި ވަނިކޮށް ވަކީލުގެ ޣައިރު ޙާޟިރުގައި މުއްދަތުގެ މަޖިލީސް ކުރިއަށް
ގެންގޮސްފައިވާކަމަށް ޢަލީ ޢިމްރާނުގެ ފަރާތުން ބުނެފައިވީނަމަވެސް ޢަލީ ޢިމްރާނުގެ ވަކީލު ކްރިމިނަލް
ކޯޓަށް އެގަޑީގައި ހާޟިރުވެ އެހެން ޝަރީޢަތެއްގައި އެކޯޓުގައި ހުންނެވި ކަމަށް ބުނެފައިވިއަސް ޢަލީ
ޢިމްރާނުގެ ވަކީލުގެ ފަރާތުން އެކަންތައް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަން އެނގެން ނެތް ކަން
2 ކހ2 4
2
2
4
ފޮހޤީ ކުރެވެއެވެ.
(ރ) ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި
ލިބިގަތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެވޭ މީހުންނާއި
ބަންދުކުރެވޭ މީހުންނަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ޙައްޤުތަކުގެ ތެރޭގައި،
އެމާއްދާގެ (ނ) ގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް
އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ
ހައްޔަރުކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން
ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
މިމައްސަލާގައިކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ
ފުރުޞަތު ޢަލީ ޢިމްރާނަށް ލިބިފައިވާކަން އެނގެން އޮންނަކަމާއި އަދި ޢަލީ ޢިމްރާނުގެ ބަންދާމެދު ގޮތެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{13/HC-A/ 246
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަނޑައެޅުމަށް 26 ޖުލައި 2013 ދުވަހު ކްރިމިނަލް ކޯޓުގައި މުއްދަތުގެ މަޖިލީސް ބޭއްވުނު އިރު
އެގަޑީގައި ޢަލީ ޢިމްރާނުގެ މުއްދަތަށް ހާޟިރުކުރެވިފައިވާކަންވެސް ހަމަޖެހިފައިވާ ވަކީލަށް އެނގެން
އޮތްކަމާއި
އެހެންނަމަވެސް އެދުވަހު ޢަލީ ޢިމްރާނުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު މަޖިލިސް
ފެށުނުއިރު ޢަލީ ޢިމްރާނުގެ ވަކީލުގެ އެކޯޓުގެ އެހެން ސެކްޝަނެއްގެ ޝަރީޢަތުގެ މަޖިލީހެއްގައި
ހުންނެވުމުގެ ސަބަބުން ހާޟިރުނުވެވުނު ކަމަށް ބުނެފައިވާއިރު ޢަލީ ޢިމްރާނުގެ ފަރާތުން ހަމަޖެހިފައިވާ
ވަކީލު އޭރު އެކަން ކޯޓަށް އަންގައި ނުވަތަ އޭރު ވަކީލު ހުންނެވި ޝަރީޢަތުގެ މަޖްލީހުގައިވެސް އެވާހަކަ
ބުނެފައިވާކަން އެނގެންނެތް އިރު، ޢަލީ ޢިމްރާނު މުއްދަތު މަޖިލީހަށް ވެއްދިއިރު ވަކީލު އޭނާއާއެކު
އެމަޖިލީހަށް ވަދެވޭގޮތަށް ޙާޟިރުވެފައިނުވާކަން އެނގެން އޮތުމުން ޢަލީ ޢިމްރާނުގެ ވަކީލު ޢަލީ
ޢިމްރާންއާއެކު ޙާޟިރުވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ކުރުމަށް
ވީމާ ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/6650(J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ހުށަހަޅާފައިވާ ނުކުތާތަކާ ގުޅިގެން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ސަބަބުތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެއަމުރަށް ބަދަލެއް ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންވެދިޔަ ގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ
ނަންބަރު: 2013/6650(J
/
MD-145ކޯޓު އަމުރަށް ބަދަލު ގެންނަޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް
ސަބަބެއްނެތް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅާ
މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my enos