ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/169 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 169/HC-A/2015
އިސްތިއުނާފް ކުރިފަރާތް:
ނަން: ޢަލީ ވަޙީދު
އައިޑީ ކާޑު ނަންބަރު: A080847
ދާއިމީ އެޑްރެސް: ބަނދަރު/ ހދ.ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: ލ.ޑާލިޔާ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރު.
* ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް:18 ރަޖަބް 1436
07 މެއި 2015
ނިމުނު ތާރީޚް: 25 ރަޖަބް 1436
14 މެއި 2015
ދިވެހިރާއް59
• އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2015
/
3385/J
/
MD-145
• އަމުރުގެ ބާވަތް: ކޯޓު އަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
• ފަނޑިޔާރު އޖ.ޢަލީ ސަމީރު، ފަނޑިޔާރު އ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3385/J
/
MD-145 ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފު
ކުރުމަށް އެދި ހދ.ކުޅުދުއްފުށީ ބަނދަރު ޢަލީ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއް
މިސްއެއެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
O
ފާހަގަކުރެވުނު ނުކުތާތައް:
.1
ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3385/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ހދ.ކުޅުދުއްފުށީ ބަނދަރު ޢަލީ ވަޙީދުގެ ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3385/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 02 މެއި 2015 ވަނަ ދުވަހުގެ 23:24 އިން ފެށިގެން 17 މެއި 2015 ވަނަ
ދުވަހުގެ 23:23 އަށް ހދ.ކުޅުދުއްފުށީ ބަނދަރު ޢަލީ ވަޙީދު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން
ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް ޢަލީ ވަޙީދު ބަންދުގައި
ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ، "މުޖުތަމަޢުގެ ސަލާމަތަށްޓަކައި” ކަމަށް މިއަމުރަށް ބެލުމުން
އެނގެން އޮވެއެވެ.
3. ކްރިމިނަލް ކޯޓްގެ ނަންބަރ 2015
/
3385/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހދ.ކުޅުދުއްފުށީ ބަނދަރު ޢަލީ ވަޙީދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި އަންނަނިވި
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ނުކުތާތައް ފާހަގަކޮށް
ޤިހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ން: 3325029 ، ފެކްސް:stlދިވެހިބޭސް
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ކު06 :.
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
OXUCC
,03ނ
ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތަކީ، މޯލްޑިވްސް ޕޮލިސްސަރވިސްއިން ކުރާ
ކޮންމެކަމެއްގައި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދުނުކޮންމެކަމެއް ޙާލަތެއްގައި ފުލުހުންނަށް
ފަރާތެއްކަމަށް މުއްދަތުގެ މަޖިލީހުގައި ފުލުހުން އިޢުތިރާފުވެފައިވަނިކޮށް އަދި
އިސްތިއުނާފުކުރާ ފަރާތަކީ، މުޖުތަމަޢުއަށް ނުރައްކާތެރި މީހެއްނޫންކަމަށް ބެލެވޭގޮތަ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވީނަމަވެސް، އެކަމަށް
ރިޢާޔަތްކުރުމެއްނެތި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކަމަށް ވިދާޅުވެ، އެއްވެސް ފެކްޗުއަލް އަސާސެއްގެ
މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާފަރާތް 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓްގެ ނަންބަރ
2015
/
3385/J
/
MD-145 (02 މެއި 2015) ކޯޓް އަމުރު ނެރުއްވާފައިވަނީ، ކުށެއްގެ
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7
ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
COC>
24
e
Jއ
14
0
ލަފާލަތުގެ
ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާފަރާތް އުޞޫލުން ދޫކޮށްދިނުމަށް
އެދުނަމަވެސް، އެކަމަށް ރިޢާޔަތްކުރުމެއްނެތި އަދި އެކަމާގުޅޭގޮތުން އެއްވެސް ޖަވާބެއްދެއްވުމެއްނެތި
ކްރިމިނަލް ކޯޓްގެ ނަންބަރ 2015
/
3385/J
/
MD-145 (02 މެއި 2015) ކޯޓް އަމުރު
ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާ.
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރަން އެދޭ ސަބަބަކީ 01 މެއި
2015 ވަނަ ދުވަހު އިސްއިތުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަކާ ގުޅިގެން އެހެން ބަޔަކު
ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަންކަމާގުޅިގެން ކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއިން ބުނާއިރު،
އިސްތިއުނާފުކުރާ ފަރާތުން 01 މެއި 2015 ވަނަ ދުވަހު ދެއްކި އެއްވެސް ވާހަކައަކާ ތުހުމަތުކުރެވޭ
ކަންކަމާ އެއްވެސް ގުޅުމެއްހުރިކަމަށް މޯލްޑިވްސް ޕޮލިސްސަރވިސްއަށް ބުނެދެވިފައި ނުވާއިރުވެސް
ކްރިމިނަލް ކޯޓްގެ ނަންބަރ 2015
/
3385/J
/
MD-145 (02 މެއި 2015) ކޯޓް އަމުރު ނެރުއްވާފައިވާ
ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށްޓަކައި ކްރިމިނަލް ކޯޓްގެ
ނަންބަރ 2015
/
3385/J
/
MD-145 (02 މެއި 2015) ކޯޓް އަމުރު ނެރުއްވާފައިވަނީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް:
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
215/HC-A/169
ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދުގެ 4 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ: ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ރ) އިން
ލާޒިމްކޮށްފައިވާ ގޮތާއި ޚިލާފަށް، އެމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބަންދުކުރި ސަބަބު ފޯމުގައި
ބަޔާންކޮށްފައި ނެތުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
0
ހަވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ވަކި ޙާލަތަކާ ގުޅިގެން ކަމަށް
ބުނާއިރު، އެޙާލަތު ދެމިގެން ނުދިއުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
4. ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ކްރިމިނަލް ކޯޓްގެ ނަންބަރ
2015
/
3385/J
/
MD-145 (02 މެއި 2015) ކޯޓް އަމުރު އަމުރަށާއި، އެ އަމުރު އިސްތިއުނާފު
ކުރުމަށް އެދި ހދ.ކުޅުދުއްފުށި ބަނދަރު ޢަލީ ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު މިމައްސަލަ ނިންމުމުގައި މިމައްސަލަ ބެލި
ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވާކަމާއި، އެގޮތުން އަޤައްލިއްޔާ ރައުޔަކީ ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރުގެ ރައުޔު ކަމާއި، އަޣްލަބިއްޔަތު ރައުޔަކީ ފަނޑިޔާރު ޢަލީ ސަމީރުއާއި ފަނޑިޔާރު
ޢަބްދުﷲ ޙަމީދުގެ ރައުޔުކަން ފާހަގަކުރެވެއެވެ.
ތަފާތުވި ރައުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔު) އާއި އެރައުޔު ބިނާކޮށްފައިވާ އަސާސްތައް:
2
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3385(J(MD-145 ކޯޓު
އަމުރުގައި ބިރުދެއްކުމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2 މެއި 2015 ގެ
23:24 އިން ފެށިގެން 17 މެއި 2015 ގެ 23:23 ގެ ނިޔަލަށް ހދ. ކުޅުދުއްފުށި | ބަނދަރު ޢަލީ
ވަޙީދު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
އަމުރުކުރައްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 338472ޖީހިބެޖް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
-އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
ޢަލީ ވަޙީދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
192/(J
(
HA-145 ކޯޓު އަމުރުގެ ދަށުންކަމާއި، އަދި މީނާ ބަންދުގައި ބަހައްޓަންޖެހޭ
ސަބަބުކަމަށް އިސްތިއުނާފުކުރެވޭ ކޯޓު އަމުރުގައި ޙަވާލާދޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށައަޅާ ފޯމް" ނަންބަރު TD078821 ގައި ބަޔާންކޮށްފައިވަނީ، 2015 މެއި 01
ވަނަ ދުވަހު މޭޑޭގެ މުޒާހަރާގައި މީނާއާއި އިތުރު ފަރާތްތަކުން އަނިޔާވެރި ޢަމަލުތަކަށް ހިތްވަރުލިބޭ ގޮތަށް
ވާހަކަ ދައްކާފައިވަނިކޮށް މުޒާހަރާގައި ބައިވެރިވި މީހުން މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވެ އަމަން
ބަލަހައްޓަން ތިބި ފުލުހުންނަށާއި، ޢާންމުގެ މުދަލަށް ގެއްލުންދީ އެފަދަ މައްސަލަތައް ހުށަހެޅިފައިވާތީއާއި،
އެފަދަ ކަންކަން ހިނގަން މެދުވެރިވީ މީނާ މުޒާހަރާގެ ބައިވެރިންނަށް އެފަދަ ކަންކަން ކުރުމަށް ހިތްވަރުދީ
ދެއްކުމުންކަމަށް ތަޙްޤީޤަށް ބެލެވޭތީއާއި، މީނާއާ މެދު ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތުން، މީނާ
ދޫކޮށްލާފައި ބެހެއްޓުމަކީ މިފަދަ ކަންކަން މީނާގެ ފުށުން ތަކުރާރުވެ މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފެންނާތީވެކަމަށް އެ
ފޯމުގައި ބަޔާންކުރެވިފައިވާކަމެވެ.
Utcc
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެ މީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް)
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ
ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
44
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް yf6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް
ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް،
ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު
ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި،
ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި،
މީދާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، އެމާއްދާގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެ
ކަމަށް ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކީ ބަންދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި އެކު
ހުށަހެޅޭ އެންމެހައި ހެކި ޤަރީނާތަކާއި ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ
މައްސަލަ ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ
ންތައްތަކެއްކަމާއި، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް
ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކިޤަރީނާ ނޫންކަމަށާއި، އެފަދަ
މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި
ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅާފައި
ޝައްކުކުރެވޭ
22 ހދ
އަންނަކަމާއި،
ހ8 99ޑ 4
ބަންދުކުރެވެ
އެހެންނަމަވެސް،
ކުށެއްގެ ތުހުމަތުގައި
މީހުންގެ ބަންދާއިމެދު ގޮތެއް
ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބިދެވިފައިވާ ތަޤްދީރީ ބާރަކީ މުޠުލަޤުކޮށް ލިބިދެވިފައިވާ ބާރެއް
ނޫންކަމާއި، އެފަދަ މައްސަލަތަކުގައި ހެކި ވަޒަން ކުރުމުގައި ކުށެއްކުރިކަމުގެ ތުހުމަތު އުފެދޭ މިންވަރަށް
ހެކި ޤަރީނާ ހުރުމުގެ އިތުރުން، ތުހުމަތު ކުރެވޭ
ސަބަބުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް[3647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރެ
އޮތްތޯ ކަނޑައެޅުމުގައި އެކަށީގެންވާ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ފަނޑިޔާރުގެ ނިންމުން
ސަބަބެއް
CC COCC?
ޗި ސ ހ
ނުކުރެވޭނޭވާނޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ
ކުށަކީ ބިރު ދެއްކުމުގެ ކުށް ކަމުގައިވާއިރު، ޢަލީ ވަޙީދު ބިރުދެއްކި ގޮތްކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ "ކުށެވޭ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށައަޅާ ފޯމް" ނަންބަރު TD078821 ގައި
ބަޔާންކޮށްފައިވަނީ 01 މެއި 2015 ގައި ބޭއްވުނު މުޒާހަރާއަށް އެއްވެ ތިބި މީހުން މާލޭގެ އެކި
ސަރަޙައްދުތަކަށް އެއްވެ އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާއި ޢާންމުގެ މުދަލަށް ގެއްލުންދީފައިވަނީ،
އަނިޔާވެރި ޢަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޢަލީ ވަޙީދު އެ މުޒާހަރާގައި ވާހަކަ ދެއްކުމުންކަމަށާއި،
ސަބަބުން
ހއ
ބިރު ދެއްކުމުގެ ގޮތުން ޢަލީ ވަޙީދު ދައްކާފައިވާ ވާހަކަތަކަކީ އެރޭ ގެއަށް ދާންވާނީ ޤާނޫނީ
އިމުގެ ތެރެއިން ރައީސް ނަޝީދު ގޮވައިގެންކަމަށާއި، އަދި މުޒާހަރާގެ ތެރެއިން ދިމާވާ ކަންކަމަށް
ކުރިމަތިލާންވާނެކަމަށް މީނާ ބުނުމުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިތުރަށް ބުނެފައިވާކަމާއި، އެހެންނަމަވެސް، މިކަންކަމުގެ މައްޗަށް
އެކަނި ބިނާކޮށް، ޢަލީ ވަޙީދުގެ މައްޗަށް ބިރުދެއްކިކަމުގެ ތުހުމަތު އޮތްކަމަށް ބަލައި، އަދި އެކަމުގެ
މީނާގެ ކިބައިން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ޤާނޫނުއަސާސިގެ
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ ދަށުން، މީނާ
ބަންދުގައި 15 (ފަނަރަ) ދުވަހު ބަހައްޓަންޖެހޭކަމުގެ އެކަށީގެންވާ ސަބަބުތަކެއް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތަތީ، ކްރިމިނަލް ކޯޓުގެ ނަންބަރު
2015/3385(J
(
MD-145 ކޯޓު އަމުރަކީ ބަދަލު ގެންނަންޖެހޭ ކޯޓު އަމުރެއްކަމަށް
ޤަބޫލުކުރެވޭކަމެވެ.
49 ވަނަ މާއްދާއާއި
އަހުރެންނަށް
cc ecc >>
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
ފަނޑިޔާރު ޢަލީ ސަމީރު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔާއި އެރައުއު ބިނާކޮށްފައިވާ
ޢާއްމުންގެ
ކަންކަމަށް
ހިންގަމުން
32 ހ33 * 4
ތުހުމަތުކުރެވޭނ؟
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3385(JMD-145 ކޯޓު
އަމުރަކީ، 2015 މެއި 01 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި އަނިޔާވެރި ޢަމަލުތައް
ހިންގުމަށް މުޒާހަރާ ބައިވެރިންނަށް ހިތްވަރު ލިބޭފަދަ ގޮތަށް ޢަލީ ވަޙީދު ވާހަކަ ދެއްކުމުން، މުޒާހަރާގެ
ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ އެކިއެކި ސަރަޙައްދުތަކަށް ވަންނަން މަސައްކަތްކޮށް ފުލުހުންނަށާއި،
މުދަލަށް ގެއްލުން ދެމުންދާތީއާއި، މިކަމަކީ ޢަލީ ވަޙީދުއާއި އިތުރު ފަރާތްތަކުން އެފަދަ
ހިތްވަރު ދިނުމުގެ ސަބަބުން ގެންދާ ކަންތައްތަކެއްކަމަށް
މިމައްސަލައިގެ ބާވަތަށް ބަލާ ޢަލީ ވަޙީދު ދޫކޮށްލާފައި ބެހެއްޓުމަކީ މިފަދަ ކަންތައްތައް ޢަލީ ވަޙީދުގެ
ފުށުން ތަކުރާރުވެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް ފެންނާތީ 02 މެއި
2015 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޢަލީ ވަޙީދު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD078821 "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
މައްސަލަ ހުށައަޅާ ފޯމު" ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޢަލީ ވަޙީދުގެ މައްޗަށް
ހުށައެޅިފައިވާ ކަންކަމުގެ
މައްޗަށް ބަލާ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ޢަލީ ވަޙީދު 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ
އޮފް ހޯމްއެފެއާރޒުން ކަނޑައަޅައިތަނެއްގައި ބަންދުކޮށްފައިބެހެއްޓުމަށް ނެރެފައިވާ އަމުރެއްކަން
ގފާ2ށ
4ދޑ 4
އެނގޭކަމެވެ.
4
(ނ) ދެވަނަކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ބަބުންކުރެ
ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދިރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 89،އިޖްހިއެވެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
ލިބިދީފައިވަނީ، ކޯޓަށް ހުށައެޅޭ ހެކި ޤަރީނާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަންދުގެ މައްސަލަ ބައްލަވާ
ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، މިމައްސަލައިގައި ޙަވާލާދެވޭ ކްރިމިނަލް ކޯޓުގެ އަމުރަށް
ބަލާއިރު، ޢަލީ ވަޙީދު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ސަބަބެއް ގޮތުގައި ކްރިމިނަލް ކޯޓުން
ފާހަގަކުރައްވާފައިވަނީ، ޢަލީ ވަޙީދުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވުންކަން އެނގޭއިރު،
ހުށަހެޅޭ ހެކި ޤަރީނާތަކުގެ މައްޗަށް ބަލައި، ކުށެއްގެ ތުހުމަތުގައިވާ މީހަކީ މުޖުތަމަޢުގެ ސަލާމަތަށް
އެކާތެރިވެދާނެ މީހެއްކަމަށް ބަންދުގެ މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނުމަކީ، ކުށެއްގެ ތުހުމަތުގައި
މީހުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު ސަބަބެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
މީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބެލުމުން
އެނގެން އޮންނަކަމެވެ.
,އP
ދ 334 ޑ 4
ބަންދުކުރެވޭ
ޤާނޫނު އަސާއ
ހުދު
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
މީހަކު ބަންދުން ދޫކޮށްލާ ހިނދު، ކަފާލަތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް
ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެކަމަށް އޮންނަކަމާއި،
އެހެންނަމަވެސް ބަންދުން ދޫކޮށްލެވޭ ހިނދު، ބަންދުން ދޫކޮށްލުމުގައި ފަނޑިޔާރު ޢަމަލުކުރުމަށް
އިޚުތިޔާރެއްކަމާއި، މިއީ އެއްވެސް ޙާލަތެއްގައި އެގޮތަށް ޢަމަލުކުރުމަށް ފަނޑިޔާރުގެ މައްޗަށް
ލާޒިމްވެގެންވާކަމެއް ނޫންކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3385(J(MD-145 ކޯޓު އަމުރަށް
ބަލާއިރު، އެއަމުރަކީ ޢަލީ ވަޙީދު ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރެއް ނޫންކަމާއި އެއަމުރަކީ
ޢަލީ ވަޙީދު ބަންދުގައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
2 8
ه
4 , ,
COC
(ނ) ހަތަރުވަނަކަމަކީ، ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ރ) އިން ލާޒިމްކުރަނީ އެމީހަކު
ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔުމަށްކަމާއި، މިގޮތުން މީހަކު ހައްޔަރުގައި
ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތައް އިޝާރާތްކުރެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، ޢަލީ ވަޙީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 96471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
ބަލާއިރު އެއަމުރުގައި ޢަލީ ވަޙީދު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބު ބަޔާންކޮށްފައިވާކަމާއި، އަދި
އެސަބަބަކީ ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައި ބަޔާންކުރާ
ދަރީންކުރާ ސަބަބުކަން އެނގޭކަމެވެ.
ކޮންމެ
ބޮނދި
(ބ) ފަސްވަނަކަމަކީ، ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި
ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭމީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންޖެހޭ ވަގުތަކީ ބަންދުނޫން
ފެމެ ދުވަހެއްގެ 7:30 އިން ފެށިގެން ރޭގަނޑު 9:30 އާއި ދެމެދުގައިކަމަށް އޮންނައިރު، ޢަލީ ވަޙީދުގެ
މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކޮށްފައިވަނީ، 02 މެއި 2015 ވަނަ
ދުވަހުގެ ރޭގަނޑު 8:00 ގައިކަމަށް ދައުލަތުން ބުނާބުނުމާއިމެދު ޢަލީ ވަޙީދުގެ ފަރާތުން
އިންކާރުނުކުރާކަމާއި، ބަންދުގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ ގަޑިއަށް ކޯޓަށް ޙާޟިރުކުރުމަކީ
ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރުންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިކޯޓުގެ ނަންބަރު
112/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ މަފްހޫމަށްބެލުމުން އެނގެން އޮންނަކަމާއި،
މިހެންކަމުން ޢަލީ ވަޙީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ވަގުތު،
ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާއާއި ޚިލާފުކަމުގައި
CU O
ބެލެވެންނެތްކަމެވެ.
4ހހހ
ބވަތަށާއި،
(ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
9 ވަނަ ނުކުތާގައި މީހަކު ބަންދުގައި ބެހެއްޓުމުގައި ރިޢާޔަތްކުރަން ޖެހޭނެ އަދި ފަނޑިޔާރުން
ވަޒަންކުރަންވާނެ ކަންތައްތަކެއް ބަޔާންކޮށްފައިވާކަމާއި، މިގޮތުން މީހަކު ބަންދުކުރުމުގައި ކުށް ސާބިތުވުމަށް
ކާފީހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ ކުށުގެ ކުށުގެ ތަބީޢަތަށާއި، ކުށުގެ
ކުޑަބޮޑުމިން ފަދަ ކަންކަން ބަންދުގައި މީހަކު
.އްޓުމުގައި ވަޒަންކުރަންޖެހޭނެ ކަމަށް ބަޔާންކޮށް
ބަޔާންކޮށްފައި
އޮންނައިރު އެމާއްދާ
އްދާގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކީ
ބަންދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއިއެކު ހުށަހެޅޭ އެންމެހައި ހެކި ޤަރީނާތަކާއި ދައްކާ
ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ
ބާރުގެ ތެރެއިން އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަން އެނގޭކަމާއި، މީގެ އިތުރުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް:
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/169
އއ
ޝާރާތްކުރެވުނު
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ
ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ދެކިޤަރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި
ބަލައިގަންނަންޖެހޭނީ ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކިޤަރީނާކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 263/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަކަމާއި، އިޝާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކަށާއި، މިފަދަ
މައްސަލަތަކުގައި ހެކިވަޒަންކުރުމުގައި ޢަމަލުކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން
ނިންމާފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައި އޮންނަ މިންވަރަށް ބަލާއިރު، ޢަލީ ވަޙީދުގެ މައްޗަށް
ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ޒާތަށާއި، ތަބީޢަތަށް ބެލުމުން، އަދި މިޙާދިޘާ ހިނގާދިޔަގޮތް ކަމަށްބު،
ކަމަށްބުނެ
ފުލުހުންގެ ފަރާތުން ފާހަގަކުރި ކަންކަމަށް ބެލުމުން، އޭނާގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ މިންވަރަށް
ހެކި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމެވެ.
6 24
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3385(J(MD-145
ކޯޓުއަމުރު އިސްތިއުނާފް ކުރުމަށް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރު
ބާތިލުކުރަންޖެހޭފަދަ ސަބަބެއް ފެންނަން ނެތްކަމަށެވެ.
ޙުކުމް
e
3 c / 2
8
//0އކީ6
ހަމަ 25
ދެންފަހެ، އިސްވެފާ
ކިވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3385(J
(
MD-145 ކޯޓުއަމުރަށް ދިވެހިރާއްޖޭގެ
ހައިކޯޓު ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް
ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެނުނު ހިނދު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3385(J
(
MD-145 ކޯޓުއަމުރަށް ބަދަލެއް ންނާނެތަނެ
ނެތްކަމަށް ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ce o
2
8
ދިވެހިރާއްa ,
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 36471
38
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6J8