ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/93 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/93
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 93/HC-A/2012
• އިސްތިއުނާފު ކުރިފަރާތް؟
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
0
0
4
* ދާއިމީ އެޑްރެސް: ތ.ތިމަރަފުށީގެ ކަރަންކާވިލާ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އިސްމާޢީލް ޝަހީމް
ކާޑު ނަންބަރު: 101028-A
ވަކީލު: އޗ.އާދަމް އާޞިފް
* އައިޑީ ކާޑު ނަންބަރު: 045783-A
އައިޑީ
k
ދާއިމީ އެޑްރެސް: ތުނޑި،ވުޑްލޭންޑް / ލ.ގަން
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1433
ނިމުނު ތާރީޚް: 10 ޖުމާދަލްއޫލާ 1433
02 އޭޕްރީލް 2012
21
2012
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2012/1881(J
(
MD-145
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 16 މާރޗް 2012 * ނިމުނު ތާރީޚް: 16 މާރޗް 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316171
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1881(J(MD-145 ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ތ.ތިމަރަފުށި| ކަރަންކާވިލާ
އިސްމާޢީލް ޝަހީމެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
1881/J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފް
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1881(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު
އެކޯޓު އަމުރު ނެރެފައިވަނީ، 16 މާރޗް 2012 ވަނަ ދުވަހުގެ 19:56 އިން ފެށިގެން ޝަރީޢަތުން
ވަކި ގޮތެއް ކަނޑައަޅަންދެން (މައްސަލައިގެ ޙުކުމް ކުރެވެންދެން) ތ.ތިމަރަފުށި ކަރަންކާވިލާ އިސްމާޢީލް
ޝަހީމް ފުލުހުންގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް އިސްމާޢީލް
ޝަހީމް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ، "އިސްމާޢީލް ޝަހީމްގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި
މިވަގުތު މީނާ ކުރެވި)
ރެވިފައިވާ ބަންދުން ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކި
ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީ" މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ޚަދ
ހ2ނ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1881(J(MD-145 ކޯޓު އަމުރު
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2012/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
¢ ¢ ¢
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފްކުރެވޭ ކްރިމިނަލް ކޯޓުގެ އަމުރުގައި
އިސްމާޢީލް ޝަހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން
ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި މިވަގުތު އިސްމާޢީލް ޝަހީމް، ކުރެވިފައިވާ ބަންދުން
ދޫކޮށްލުމަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް
ފެންނާތީކަމަށް ބަޔާންކުރައްވައި، އިސްމާޢީލް ޝަހީމް ޖަލުގައި ބަންދުކުރައްވާފައި ވަނިކޮށް، އިސްމާޢީލް
ޝަހީމްގެ ކިބައިން މުޖުތަމަޢުއަށް ލިބިދާނެ ނުރައްކަލެއް ފިލައިގެން ނުދަނީސް، އަދި މައްސަލައިގެ ހެކި
ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް އޮތް ފުރުޞަތު އެގޮތުގައި އޮއްވައި، އިސްމާޢީލް ޝަހީމް ގޭގައި
ބަންދުކުރުމަށް 16 މާރޗް 2012 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ
އުޞޫލަށް
ޞޫލަށް ރިޢާޔަތްނު ނެރުއްވާފައިވާ ބުނެ ހުށަހެޅި ނުކުތާ
4ނކރއވ
އ(ރއކމަށް
0
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ
އުޞޫލު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ
ނަންބަރު
ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ޗި 0
64
2011/SC-A/33
4. މި
މައްސަލައާއި
ގުޅިގެން ކްރިމިނަލް
ކޯޓުގެ
ނަންބަރު
2012/1881(J(MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން އިސްމާޢީލް ޝަހީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައި29
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް:53647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
212/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު،
އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްމާޢީލް ޝަހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މަސްތުވާތަކެތީގެ މައްސަލައަކީ ތަޙުޤީޤުކުރުމުގެ މަރުހަލާގައިވާ މައްސަލައެއް ނޫންކަމާއި، އަދި ތަޙުޤީޤު
ނިމި ޝަރީޢަތަށް ހުށަހެޅުމުގެ މަރުޙަލާގައިވެސްވާ މައްސަލައެއްނޫންކަމާއި، އެހެންނަމަވެސް
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައި، އެކޯޓުގައި ހިނގަމުންދާ
މައްސަލައެއްކަން ސާފުކޮށް އެނގެން އޮތްއިރު، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއަށް ބަލާއިރު،
ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެގޮތް އެމާއްދާގައި
ބަޔާންކޮށްފައިވާކަމާއި،
ގޮތެއް
އެމާއްދާގެ (ހ) ގައިވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
ނިންމާނީ މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރެކެވެ. އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ
އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ނޑިޔާރެކެވެ." މިފަދައިން ކަމާއި،
4
CCC
އެމާއްދާގެ (ށ) ގައި ވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
ގޮތެއް ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ ބަލާ ފަނޑިޔާރަކަށް އަނގަބަހުން ހުށަހެޅިދާނެއެވެ.'
މިފަދައިން ކަމާއި،
އެމާއްދާގެ (ނ) ގައިވަނީ "މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުން
ހުށަހަޅައިފިނަމަ، ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށް ބަލައި، އެމީހަކު މިޤަވާޢިދުގެ ނުވަ ވަނަ
މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން ޝަރުޠުކުރުމަށްފަހު، ނުވަތަ ދިހަވަނަ މާއްދާއާއި އެގާރަ ވަނަ
މާއްދާގައި ކަފާލާތު އުޞޫލުން ޔަގީންކަން ދީފައި ހައްޔަރު ނުވަތަ ބަންދުން ދޫކޮށްލުން،
320
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 325029/، ފެކްޗު3%
E
އީމެއިލް [email protected] ވެބް ސައިޓް Awww.highcourt.gov.mv
212/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވަތަ ލުއިދިނުމުގެ ގޮތުން އެމީހަކު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު މައްސަލަ ބަލާ
ފަނޑިޔާރަށް ލިބިގެން ވެއެވެ." މިފަދައިންކަން އެނގޭ ކަމާއި،
އެހެންކަމުން، އިސްމާޢީލް ޝަހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ
މައްސަލައަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން އެނގެން އޮތްއިރު މިމަރުހަލާ
(ޝަރީޢަތުގެ މަރުހަލާ) ގައި އިސްމާޢީލް ޝަހީމް ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން، ނުވަތަ ލުއި
ދިނުމުގެ ގޮތުން އިސްމާޢީލް ޝަހީމް ގޭ ބަންދަށް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ އިސްމާޢީލް ޝަހީމްގެ
މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރަށް ކަމާއި، ނުވަތަ
ގަވާއިދުގައިވާ ގޮތުގެ މަތިން ކްރިމިނަލް ކޯޓުގެ އިސް ގާޝީ ނުވަތަ އިސް ގާޝީ
ފަނޑިޔާރަކަށްކަން އެނގޭކަމާއި،
ސ ކަނޑައަޅުއްވާ އެހެން
އަދި އެފަދަ ނިންމެވުމެއް ނިންމަވަންޖެހެނީ، އިސްމާޢީލް ޝަހީމްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ
ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވައި، އެގޮތުގެ މަތިންކަން އެނގޭކަމެވެ.
6 24
23
30 ފ
eހ2"
/0ހދިޑ 2 ހ4
(ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
މައްސަލައަކީ، ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި އެކުށުގެ
މިމަތުގައިވާ މީހާ ބަންދުން ދޫކޮށްލާފައިވާތީ އެކަމުގެ މައްޗަށް ބަލާ ނިންމާފައިވާ
ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މި މައްސަލައަކީ ޝަރީޢަތުގެ މަރުހަލާގައި ކުށުގެ ތުހުމަތުގައިވާ
މީހަކަށް ލުއި ދިނުމުގެ ގޮތުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ މައްސަލައެއްކަމުން،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެމައްސަލައާއި މިކޯޓުން ބަލަމުންދާ މި މައްސަލައަކީ ތަފާތު ތަކެއް ހުރި
އެއްގޮތް ނޫން ދެމައްސަލަކަން އެނގެން އޮންނަކަމެވެ.
44
(ނ) ތިންވަނަކަމަކީ، މައްސަލައެއްގެ ތަޙްޤީޤު ނިންމައި އެމީހެއްގެ މައްސަލަ
ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައި، އެމައްސަލައެއްގައި ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: b3b2509ން
އީމެއިލް [email protected] ވެބް ސައިޓް www.bghcourt.gov.mv
ޖެހިރާއްޖޭގެ ހައިކޯޓް
6
2012/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ
މުޖުތަމަޢުގެ މަސްލަޙަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ
ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ
މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަށް ކުށުގެ
ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް
ބަންދުގައި ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަން
ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާ، ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއި ދިނުމުގެ ގޮތުން އެމީހަކު
ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން އޮތްއިރު، ހުށައެޅިފައިވާ
މައްސަލައެއްގެ ޙުކުމް ކުރުމުގެކުރީން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ ވަކި މުއްދަތަކަށް
ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ
ތެރެއިން ޙާލަތެއްދިމާވެފައިވާނަމަ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ފާހަގަކުރައްވާފައި
ހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، އެމައްސަލައިގެ ޝަރީޢަތަށް
ހުށައެޅިފައިވާ އެންމެހާ ކަންކަމުގެ މައްޗަށް އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބެއްލެވުމަށް
ފަހުގައިކަން އެނގޭކަމާއި، އަދި މިގޮތަށް މައްސަލައިގެ ޝަރީޢަތަށް ހުށައެޅިފައިވާ ކަންކަމާއި، އިޝާރާތް
ކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަން މައްސަލައިގައި އަދި ތުހުމަތު
ކުރެވޭ ފަރާތެއްގެ ކިބައިގައި ހުރިކަން ބަލާ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަކީ، އެމައްސަލައެއްގައި
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބެލުމަށް
ށްފަހު
ނޫނީ އެނގޭނެކަމެއް ނޫންކަމާއި،
#
CU O
އަދި މިގޮތުގެމަތިން އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، އެންމެ
އެކަށީގެންވާ ގޮތެއްގައި އެކަންކަން ވަޒަންކުރެވޭނީ އެމައްސަލައެއް މަޢުޟޫއީ ގޮތުން ބައްލަވާ
ފަނޑިޔާރަށްކަމާއި، މިހެންކަމުން އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ
ފަރުމާކުރެވިފައިވާގޮތުން، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގެ
13
ވަނަ
މާއްދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 6516471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ
2012/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާ "ތަޤްދީރީ"
(discretionary) ބާރެއް ކަން އެނގޭކަމާއި،
4 22
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC-A/2009 މައްސަލަ ނިންމެވިއިރު
ފާހަގަކުރެއްވި ނުކުތާތަކުގެ 07 ވަނަ ނަންބަރުގައިވާ އުސޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް
ހުށައެޅޭ ކަންކަން ވަޒަންކުރުމަށް ފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ
ދަށުން ކަނޑައެޅޭ ކަންކަމަކީ، އެކަންކަމުގެ މައްޗަށް އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) އިން
ބޭރުގައިވާ ކަންތައްތަކެއްކަން އެނގެއެވެ.
(ރ) ހަތަރުވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ނ) އަށް
ރިޢާޔަތްކޮށް، ހުށައެޅިފައިވާ މައްސަލައަށް ބަލާ ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
ގޮތެއް ނިންމުމުގައި، ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއިދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް
ބަދަލުކުރުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަން އެނގެން އޮތްއިރު،
މިކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާއާތުތައް މިމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިފަދަ
މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނީ އެމީހާގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވާ
ފަނޑިޔާރަކު ނުވަތަ މައްސަލަބައްލަވާ ފަނޑިޔާރު ނެތްނަމަ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅާ ފަރާތެއް ކަމުގައިވުމާއި، ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް ކުށުގެ
ތުހުމަތުގައިވާ މީހާ އެދިފައިވުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން އެމައްސަލައެއްގައި
ހުށައެޅިފައިވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަން އެނގޭކަމާއި، ހުށައެޅިފައިވާ މިވާ މައްސަލައިގައި
ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލާއިރު، އިސްމާޢީލް ޝަހީމްއަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ
މައްސަލައިގައި ތުހުމަތު ކުރެވިގެން އޭނާގެ މައްސަލައިގެ ތަޙްޤީޤު ނިންމާ މައްސަލަ ޝަރީޢަތަށް
ހުށައެޅިފައިވާ ފަރާތެއްކަމާއި، އިސްމާޢީލް ޝަހީމް ބަންދާއިމެދު ގޮތެއް ނިންމާފައިވަނީ އެމައްސަލަ
ބައްލަވާ ފަނޑިޔާރުކަމާއި، މައްސަލަ ބައްލަވާ ފަނޑިޔާރު މިގޮތަށް ނިންމާފައިވަނީ އިސްމާޢީލް ޝަހީމްގެ
ފަރާތުން އެދުނު އެދުމެއްގެ މައްޗަށް ބަލާ، އިސްމާޢީލް ޝަހީމްގެ މައްޗަށް ކުރެވިފައިވާ ދަޢުވާއާ
ގުޅިގެން ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:+697
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2012/HC-A/93
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރPފ2
މައްޗަށް ރުމަށްފަހުގައި ކަން އެނގޭއިރު، އިސްމާޢީލް ޝަހީމަށް ލުއިދިނުމުގެ ގޮތުން އޭނާ
ގޭބަންދަށް ބަދަލުކުރީ، އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރުން ބޭރުން އަދި
ޤަވާޢިދުގައިވާ އިޖުރާއާތުން ބޭރުންކަން ވެސް އެނގޭކަށް ނެތެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/1881(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް
ނެރެފައިވާ އަމުރެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1881(J
/
MD-145 ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv