ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/80 ޤަޟިއްޔާގެ ޙުކުމް
ފަނޑިޔާރު ތަކިޖަހައި9
1
2{13/HC-A/8{
ޤަޟިއްޔާ ނިމުނު ގޮތު
ایمانداری سیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ގެ
,jiކީ
!ނައްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 80/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުލްޤާދިރު އިބްރާހީމް
ދާއިމީ އެޑްރެސް: ނޫވިލާގެ / ރ. ވާދޫ
* އައި.ޑީ.ކާޑް ނަންބަރ: A235718
މިހާރުގެ އެޑްރެސް: ނޫވިލާގެ / ރ. ވާދޫ
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޖުޑީޝަލް ސާރވިސް ކޮމިޝަން
، ދާއިމީ އެޑްރެސް: ތީމުގެ / މާލެ މިހާރުގެ އެޑްރެސް: ތީމުގެ / މާލެ
* ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ފެބްރުއަރީ 2013 * ނިމުނު ތާރީޚް:29 ޖެނުއަރީ 2014
*
*
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2012/Cv
-
C/929
* ކޯޓު: ސިވިލް ކޯޓް
* ޤާޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
ނިންމެވި ތާރީޚް: 16 ސެޕްޓެމްބަރ 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 346471
35
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2013/HC-A{
ނުދީ، 01 ޖެނުއަރީ 2011 ގައި ޖުޑީޝަލް ސަރވިސްގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2012/Cv-C/929 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓްގެ ނަންބަރު 2012/Cv
-
C/929 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ސިވިލް ކޯޓްގެ ނަންބަރު 2012/Cv-C/929 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައި މުސްކުޅި ކުރުމަކީ ޢުމުރުން 70 އަހަރުވުމުން ކަނޑައެޅޭ ވަކި
ޢިނާޔަތަކާއެކު ވަޒީފާއިން ވަކިކުރުންކަމަށް ބުނެފައި އޮތްއިރު، ޤާނޫނުއަސާސީގެ 148 ވަނަމާއްދާގެ (ނ)
އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަމާއްދާއާއި، 27 ވަނަމާއްދާގެ (ނ) ގެ ދަށުން
.2
މަށްބުނެ،
.މެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 73316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2013/HC-A/860
ޤަޟިއްޔާ ނިމުނު ގޮތު
<<
<< O
ކޮމިޝަނުން ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު އިބްރާހީމް، ވަޒީފާއިން ވަކިކޮށްފައިވާތީ، ޤާނޫނުއަސާސީގެ
20 ވަނަމާއްދާއާއި، 32 ވަނަމާއްދާއާއި، ދިވެހިރައްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 69 ވަނަމާއްދާގެ (ހ)
ގެ ދަށުން ޢަބްދުލްޤާދިރު އިބްރާހީމަށް ޙައްޤުވާ ޢިނާޔަތުގެ މިންވަރު ޝަރީޢަތުން ކަނޑައަޅުއްވައި
ދެއްވުމާއެކު، އެޢިނާޔަތް ހޯދުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޢަބްދުލްޤާދިރު
އިބްރާހީމް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
ޢަބްދުލްޤާދިރު އިބްރާހީމް ހުންނެވި ފަނޑިޔާރުގެ މަޤާމުން މުސްކުޅިކޮށް، އެމަޤާމުން ވަކިކޮށްފައިވަނީ
ޢަބްދުލްޤްދިރު އިބްރާހީމް ޢުމުރުން 70 އަހަރު ފުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
148 ވަނަމާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަ މާއްދާއާއި، 27
ވަނަމާއްދާގެ (ނ) ގެ ދަށުން ކަމަށްވީހިނދު، އެޤާނޫނުގެ 26 (ކުރީގެ 25 ވަނަމާއްދާ) ވަނަމާއްދާގައި،
ފަނޑިޔާރެއްގެ ޢުމުރުން 70 އަހަރު ފުރުމުން، މުސްކުޅި ކުރެވޭ ފަނޑިޔާރުންނަށް ޤާނޫނު ނަންބަރު
8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ދެވޭ ޢިނާޔަތްތަކުގެ އިތުރުން ޢިނާޔަތެއް
ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވާތީ، ޢުމުރުން 70 އަހަރު ފުރުމުން
މުސްކުޅި ކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތެއް ދެވޭނީ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ކަން އެނގެން
އޮތްކަމާއި، އަދި އިތުރު ޢިނާޔަތެއް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައި
އޮތްނަމަވެސް، އެމާއްދާގައި ޢުމުރުން 70 އަހަރު ފުރުމުން މުސްކުޅި ކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތެއް
ހަމަޖެއްސުމުގެ މަސްއޫލިއްޔަތާއި، ބާރު، ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޙަވާލުކުރެވިފައިނުވާކަމާއި، އަދި
އެފަދަ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް އެކޮމިޝަނާ ޙަވާލުކުރެވިފައި ނުވާކަމަށް އެކޮމިޝަނުން
ބުނިހިނދު، ޢަބްދުލްޤާދިރު އިބްރާހީމް އަށް އެކޮމިޝަނަށް އެފަދަ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް
ޙަވާލުކުރެވިފައިވާކަމަށް ދެއްކިފައިނުވާތީ، އެފަދަ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް އެކޮމިޝަނަށް
ޙަވާލުކުރެވިފައިވާކަމަށް ބެލެވެން ނެތްކަމާއި، އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް
ޢަބްދުލްޤާދިރު އިބްރާހީމް ހުށަހަޅާފައިވާ މިމައްސަލަ ބިނާކޮށްފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމި
ހިރާއްޖޭގެ
ހައިކޯ؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647)
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{013/HC-A/8!
ޤަޟިއްޔާ ނިމުނު ގޮ
ލިބިފައިނުވާ ބާރެއް އަދި ޙަވާލުކުރެވިފައިނުވާ މަސްއޫލިއްޔަތެއްގެ މައްޗަށް ކަމަށްވާތީ، މިދަޢުވާއަކީ،
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅުއްވައިކަން އެނގެން
އަންނަކަމެވެ
ކަމެވެ.
3- ސިވިލް ކޯޓްގެ ނަންބަރު 2012/Cv
-
C/929 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޢަބްދުލްޤާދިރު އިބްރާހީމުގެ ފަރާތުން 04 (ހަތަރެއް ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: ޢަބްދުލްޤާދިރު އިބްރާހީމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
މައްޗަށް ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިފައިނުވާ ބާރެއް
އަދި ހަވާލު ކުރެވިފައިނުވާ މަސްއޫލިއްޔަތެއްގެ މައްޗަށް ކަމަށްވާތީ، ޢަބްދުލްޤާދިރު އިބްރާހީމް ކުރި
ދަޢުވާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅުއްވައި
މައުޟޫޢީ ގޮތުން ނުބައްލަވާ ގޮތަށް 2012/Cv
-
C/929 ޤަޟިއްޔާގައި ކުރެއްވި ޙުކުމަކީ އެކޯޓުގެ
ނަންބަރު 2012/Cv-C/796 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމާ ތަޢާރުޒު ވާ ނިންމެވުމެއްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: "މުސްކުޅި ކުރުމަކީ" ފަނޑިޔާރުގެ އުމުރުން 70 (ހަތްދިހަ)
އަހަރުވުމުން ކަނޑައަޅާ އިނާޔަތަކާއެކު" ވަޒީފާއިން ވަކިކުރެވޭ ވަކިކުރުމަށާއި އަދި އުމުރުން 55
(ފަންސާސް ފަހެއް) އަހަރުވުމުން އަމިއްލައަށް އެދިގެން ނުވަތަ ޞިއްޙީ ސަބަބަކަށްޓަކައި ވަޒީފާގެ
މަސްއޫލިއްޔަތު އަދާކުރެވެން ނެތިގެން ކަނޑައެޅޭ އިނާޔަތަކާއެކު ވަޒީފާއިން ވަކިވާވަކިވުމަށް ކިޔާނަމެއްކަން
އާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 73316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{013/HC-A/8!
ޤަޟިއްޔާ ނިމުނު ގޮތު
ޚުލާޞާ
ޤާނޫނުނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 69 ވަނަމާއްދާގެ (ހ) އިން
އެނގެން އޮންނައިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަބްދުލްޤާދިރު އިބްރާހީމް މަޤާމުން
ވަކިކުރެއްވިކަމާއި، "މުސްކުޅި ކުރެއްވީ" ނޫންކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި، ކަނޑައަޅާ
އިނާޔަތަކާއެކު، މުސްކުޅިކުރުން ނޫންގޮތަކަށް ޢަބްދުލްޤާދިރު އިބްރާހީމާ މެދުގައި ޢަމަލު ކުރުމުގެ އެއްވެސް
ޙައްޤެއް އަދި އެއްވެސް ޙައިޞިއްޔަތެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޢަބްދުލްޤާދިރު އިބްރާހީމް "ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން
ވަކިކުރި ޗިޓް" ފޮނުވި ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންކަމަށްވާއިރު، ޢަބްދުލްޤާދިރު އިބްރާހީމް
"އިންޔަތަކާއެކު މުސްކުޅި ކުރެވޭނެ ގޮތެއް" ޖޭއެސްސީއަށް ފެންނަންނެތްނަމަ، ޢަބްދުލްޤްދިރު އިބްރާހީމް
"ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ޗިޓް" ޖޭއެސްސީ އިން ޢަބްދުލްޤާދިރު އިބްރާހީމަށް
ފޮނުވާކަށް ލާޒިމް ނުވާނެކަމާއި، އެޗިޓް ޢަބްދުލްޤާދިރު އިބްރާހީމަށް ޖޭއެސްސީން ފޮނުވީތީ، ޢަބްދުލްޤާދިރު
އިބްރާހީމަށް އިނާޔަތްނުދީ ވަޒީފާއިން ވަކިކުރުމުގެ ޒިންމާ ޖޭއެސްސީއިން އުފުލަންޖެހޭނެކަމާއި، ނަމަވެސް،
މައުޟޫއީ ގޮތުން މިމައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއްނުކޮށް މައްސަލަ އިޖްރާޢީ ގޮތުން
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
(ށ) ހަތަރުވަނަ ނުކުތާއަކީ: ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން
ވަކިވާ ފަނޑިޔާރުންނާއި، ޢުމުރުން 70 އަހަރު ވުމުން ވަޒީފާއިން މުސްކުޅިކުރާ ފަނޑިޔާރުންގެ
"އިއްލަތް" އެއްގޮތްކަމާއި، މިދެގޮތަށް ވަކިވާ ފަނޑިޔާރުންނަކީވެސް ކުށެއްނެތް ގޮތެއްގައި ވަޒީފައިން
މުސްކުޅިވާ ބައެއްކަމާއި، މިދެގޮތަށް ވަކިވާ އެއްބަޔަކަށް "އިނާޔަތް" ދޭގޮތަށް ހަމަޖައްސާފައި އަނެއް ބަޔަކީ
"އިނާޔަތް" ނުލިބޭ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ، މަތީދަރަޖައިގެ ތަފާތު ކުރުމެއްކަމާއި ޢުމުރުން 9
ރުން 2
:
15ގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471( *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{13/HC-A/83
ޤަޟިއްޔާ ނިމުނު ގޮތު
3
4
04
/ވ
20
2
0 / ދ ތ
ވެގެން މުސްކުޅި ކުރާ މީހުންނަކީ (އެމީހުންނަށް އެންވާނަމަ) ޢުމުރުން 55
އަހަރުވެގެން
"މުސްކުޅިކުރާ މީހުން" ގެ ގިންތިއަށްވެސް ފެތޭބައެއް ކަމާއި، އެހެނީ ޢުމުރުން 70 އަހަރުވަނީ 55 އަހަރު
ވެގެންކަމާއި، ނަމަވެސް މިކަންކަމުގެ މައްޗަށްވެސް ޝަރީޢަތުން ރިޢާޔަތްނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
2 20
04- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/929 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޢަބްދުލްޤާދިރު އިބްރާހީމު ގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޢަބްދުލްޤްދިރު
އިބްރާހީމު ގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓްގެ ނަންބަރު
2012/Cv
-
C/929 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިޤަޟިއްޔާ ނިންމުމުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ
މެދުގައި ރައުޔު ތަފާތުވެފައިވާކަމާއި، އެގޮތުން އަޤައްލިއްޔާ ރައުޔަކީ ފަނޑިޔާރު ޢަލީ ސަމީރުގެ ރަޢުޔު
ކަމާއި، އަޣްލަބިއްޔަތު ރައުޔަކީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު ޝުޢައިބު ޙުސައިން
ޒަކަރިއްޔާގެ ރައުޔުކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު،
މިއީ ޢަބްދުލްޤާދިރު އިބްރާހީމް ރ.ވާދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ ވަޒީފާ އަދާކުރަމުން
ދަނިކޮށް ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25
ވަނަމާއްދާއާއި 27 ވަނަމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 01 ޖެނުއަރީ 2011 ގައި ޢަބްދުލްޤާދިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647( *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{013/HC-A/8!
ޤަޟިއްޔާ ނިމުނު ގޮތު
އިބްރާހީމުގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކޮށްފައިވާތީ، ޤާނޫނުއަސާސީގެ 20 ވަނަމާއްދާއާއި،
O
38
ވަނަމާއްދާއާއި، ދިވެހިރައްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 69
ވަނަމާއްދާގެ (ހ) ގެ ދަށުން
ޢަބްދުލްޤާދިރު އިބްރާހީމަށް ޙައްޤުވާ ޢިނާޔަތުގެ މިންވަރު ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުމާއެކު،
އެޢިނާޔަތް ހޯދުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޢަބްދުލްޤާދިރު އިބްރާހީމް
ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަން އެނގޭކަމާއި، މިދަޢުވާ ޢަބްދުލްޤާދިރު އިބްރާހިމްގެ ފަރާތުން
ހުށަހެޅުމުން މިމައްސަލައާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސިވިލްކޯޓަށް 18
ޖުލައި 2012 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި އިޖުރާއީ ނުކުތާއެއް ނަގާފައިވާކަމާއި މިއިޖުރާއީ ނުކުތާގައި
"ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ފުރިހަމަ ވުމުން، އެފަނޑިޔާރަކު ޤާނޫނީ ގޮތުން މުސްކުޅިވެ މަޤާމު
ހުސްވުމުން، އެފަނޑިޔާރުންނަށް ލިބިދޭން ޖެހޭ ޢިނާޔަތްތައް ހަމަޖެއްސުމުގެ ޤާނޫނީ ޙައިސިއްޔަތު
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުންވެސް ނުވަތަ ޕެންޝަނާބެހޭ ޤާނޫނުންވެސް ޖުޑީޝަލް
ސަރވިސްކޮމިޝަނަށް މަތިކޮށްފައިނުވުމާއި، އެފަދަ ޢިނާޔަތެއް ހަމަޖެއްސުމުގެ ބާރު ލިބިދީފައިވާ ފަރާތަކީ
ރައްޔިތުންގެ މަޖިލިސް ކަމުގައި ދެކޭތީ މީއީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރެވިގެންވާނެ
ދަޢުވާއެއްކަމަށް ނުދެކޭ ކަމަށާއި، މިމައްސަލައިގައި މައުޟޫއަށް ޖަވާބުދާރީ ވުމުގެ ކުރިން މިމައްސަލައަކީ
އިޖުރާއީ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއްކަން ނުވަތަ ނޫންކަން
ކަނޑައަޅައި ދިނުން އެދޭކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކުރައްވާފައިވާކަމާއި
މިމައްސަލައިގެ ޙުކުމު ކުރެއްވުމުގައި ސިވިލްކޯޓުންވެސް ގޮތެއް ކަނޑައަޅާފައިވަނީ ޖުޑީޝަލް ސަރވިސް
ކޮމިޝަންގެ ފަރާތުން ނަގާފައިވާ މިއިޖުރާއީ ނުކުތާގެ މައްޗަށް އެކަނިކަން އެނގޭކަމެވެ.
3
(ށ) ދެވަނަ ކަމަކީ: މިމައްސަލައާއި ގުޅިގެން ޖުޑީޝަލްސަރވިސް ކޮމިޝަންގެ ފަރާތުން
ދަށުކޯޓުގައި ދެއްކިވާހަކަތަކުންނާއި ޢަބްދުލްޤާދިރު އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471( *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2{013/HC-A/8!
ޤަޟިއްޔާ ނިމުނު ގޮތު
މައުޟޫއުގެ
04x
ނުކުތާތަކުން އަދި މިމައްސަލަ ނިންމުމުގައި ސިވިލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން
މިމައްސަލަގައި ހަމައެކަނި ގޮތެއް ކަނޑައެޅިފައިވަނީ ސިވިލްކޯޓުގައި ޖުޑީޝަލްސަރވިސް ކޮމިޝަންގެ
ފަރާތުން ނެގި އިޝާރާތްކުރެވުނު އިޖުރާއީ ނުކުތާގެ މައްޗަށް އެކަނި ކަމާއި، މިމައްސަލައިގެ މައުޟޫއާއި
ގުޅޭ ގޮތުން ޖުޑީޝަލްސަރވިސް ކޮމިޝަނުން ޖަވާބުދާރީވެފައިނުވާކަން އެނގެން އޮތުމުގެ އިތުރަށް
މިމައްސަލަ ނިންމުމުގައި މިމައްސަލައިގެ
މައްޗަށް ސިވިލްކޯޓުން
ކަނޑައަޅާފައިނުވާކަމާއި މިމައްސަލައިގެ މައުޟޫއަކީ ޢަބްދުލްޤާދިރު އިބްރާހިމަށް ޖުޑީޝަލްސަރވިސް
ކޮމިޝަންގެ ފަރާތުން އެއްވެސް ޢިނާޔަތެއް ދޭންޖެހޭކަން ނުވަތަ ނޫންކަން އަދި ޢިނާޔަތްތައްދޭންޖެހޭ
މިންވަރު ކަނޑައަޅާނެ ގޮތަކާއި ފައިސާދޭންޖެހޭގޮތެއް ކަނޑައެޅުން ކަމުގައިވާއިރު، މިކަމަކީ އެކަންކަމުގެ
މައްޗަށް ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީވެ އެކަންކަމުގެ މައްޗަށް އެކޮމިޝަނުގެ
ފަރާތުން ދެކޭ
ދެކޭ ގޮތެއް ވެސް ހާމަ ކުރެވެންޖެހޭނެ ކަމެއްކަމުގައި ޤަބޫލުކުރެވޭކަމެވެ.
(ބ) ތިންވަނަ ކަމަކީ: ޢަބްދުލްޤާދިރު އިބްރާހީމް ފަރާތުން ސިވިލްކޯޓަށް ހުށަހެޅި
މައްސަލައާއި ގުޅިގެން ޖުޑީޝަލް ސަރވިސްކޮމިޝަންގެ ފަރާތުން އެކޯޓުގައި ނަގާފައިވާ އިޖުރާއީ
ނުކުތާއާއި ގުޅޭ ގޮތުން އެކޯޓުން ނިންމާފައިވާ ނިންމުން މިމައްސަލައިގެ އަޣުލަބިއްޔަތު ރައުޔުގައި
ފާހަގަކުރައްވާފައިވާ ސަބަބުތަކަށްޓަކައި ބަދަލުގެންނަންޖެހޭކަމަށް އަހުރެންނަށްވެސް އެއްބަސްވެވޭކަމާއި،
އެހެންނަމަވެސް ދަށު ކޯޓުން އެމައްސަލައެއްގެ މައުޟޫއު އާއި މެދު ފައިޞަލާކުރަނިވި ޙުކުމެއް
ކޮށްފައިނުވާ ކަމެއްގައި މަތީ މަރުޙަލާ ކޯޓްތަކުން ޤަޟިއްޔާއެއް އިސްތިއުނާފު ކުރުމުގެ ތެރޭގައި އާ
ޙުކުމެއް ކުރުމަކީ އިސްތިއުނާފް އުޞޫލުތަކާ އެއްގޮތްވާ ކަމެއް ނޫންކަމުގައިވާތީއާއި، މިމައްސަލައަކީ
މިމައްސަލައިގެ މައުޟޫއާއި ގުޅޭގޮތުން ޖުޑީޝަލްސަރވިސް ކޮމިޝަނުން ޖަވާބުދާރީވެފައިނެތް
މައްސަލައެއްކަމުގައިވާތީ އަދި މިމައްސަލައިގެ މައުޟޫއާއި މެދު ސިވިލްކޯޓުންވެސް ގޮތެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/"
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
9
2{13/HC-A/83
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަނޑައަޅާފައިނުވާ މައްސަލައަކަށްވާތީ މިމައްސަލައިގެ މައުޟޫއަށް ސިވިލްކޯޓުން ގޮތެއް ކަނޑައެޅުމުން
މެނުވީ މައްސަލައިގެ މައުޟޫއާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމިދާނެކަމަށް އަހުރެންނަށް
ޒީ2 22 هلހ22
ޕްލޭންކޮޅަކަމެވެ
ވީމާ، އިސްވެ އިޝާރާތްކުރެވުނު ސަބަބުތަކަށްޓަކައި، މިމައްސަލައަކީ ޖުޑީޝަލްސަރވިސް
ކޮމިޝަނުގެ މައްޗަށް ޢަބްދުލްޤާދިރު އިބްރާހީމަށް ދަޢުވާނުކުރެވޭނެ މައްސަލައެއްކަމަށް ސިވިލްކޯޓުން
ނިންމާފައިވާ އިޖުރާއީ ނިންމުން ބާތިލުކުރަން ޖެހޭކަމަށް ކަނޑައެޅުމާއި އެކު މިމައްސަލައަކީ
މިމައްސަލައިގެ މައުޟޫއާއި މެދު އަދި ގޮތެއް ކަނޑައެޅިފައި ނުވާ މައްސަލައެއްކަމުން މިމައްސަލައިގެ
މައުޟޫއުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދެކޭގޮތެއް ބެލުމަށްފަހު އެކަމާއި ގުޅޭ ގޮތުން
ގޮތެއް ކަނޑައަޅަންޖެހޭނީ މިމައްސަލަ ބެލި ސިވިލްކޯޓުންކަމަށް ޤަބޫލުކުރެވޭތީ މިމައްސަލައިގެ މައުޟޫއަށް
ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށްޓަކައި މިމައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި
ބުނެފައިވާ ގޮތުގެ މަތިން ސިވިލްކޯޓަށް ތައްވީލުކުރަންޖެހޭ ކަމަށް ކަނޑައަޅައި މިގޮތުގެ މަތިން އަހުރެންގެ
ރައުޔު އިއްވީމެވެ.
އަޣުލަބިއްޔަތު ރައުޔު: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ
ރައުޔާއި، އެރައުއް ބިނާކުރެވިފައިވާ އަސާސްތައް:
./
(ހ) ފުރަތަމަ ކަމަކީ: ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު އިބްރާހީމް،
މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ޤާނޫނުއަސާސީގެ 148 ވަނަ
މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަމާއްދާއާއި 27 ވަނަމާއްދާގެ (ޑީޖޭގެ
: ހައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/(*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
10
2{013/HC-A/8!
ޤަޟިއްޔާ ނިމުނު ގޮތު
ގައިވާ ގޮތުގެމަތިން 01 ޖެނުއަރީ 2011 ގައި ޢަބްދުލްޤާދިރު އިބްރާހީމުގެ ވަޒީފާއިން މުސްކުޅިކޮށް
ވަޒީފާއިން ވަކިކޮށްފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2011
/
02/JSC(35) (14
މާޗް 2011) "ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެއްވި ޗިޓް" އިން އެނގެން އޮންނަކަމެވެ.
މ 04
032
148
<<
(ށ) ދެވަނަ ކަމަކީ: ފަނޑިޔާރުންނަކީ ވަކިމުއްދަތަކަށް އައްޔަންކުރެވޭ
ކަމަށާއި، ނަމަވެސް ފަނޑިޔާރެއްގެ ޢުމުރުން ހަތްދިހަ އަހަރުވުމުން އެމީހަކު މަޤާމުން މުސްކުޅި
ކުރެވޭނެކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަމާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާކަމާއި، އަދި ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ފުރުމުން މުސްކުޅިކުރެވޭ
ފަނޑިޔާރުންނަށް ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ދެވޭ
އިނާޔަތްތަކުގެ އިތުރަށް އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅިދާނެކަމަށް ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، އަދި އެމާއްދާގެ (ށ) ގައި
"އެޤާނޫނުގެ 24 ވަނަމާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން
ވަޒީފާއިން ވަކިވެއްޖެނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ވަކި ޢަދަދަކަށް ފައިސާ
ލިބޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެކޮމިޝަނަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، ރ.
ވާދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ވަޒީފާ އަދާކުރަމުން ދިޔަ ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު
އިބްރާހީމް، މެޖިސްޓްރޭޓް ކަމުގެ ވަޒީފާއިން 01 ޖެނުއަރީ 2011 ގައި، މުސްކުޅިކޮށް ވަޒީފާއިން
ވަކިކޮށްފައިވާކަމަށް 14
2011 ގައި
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު
2011
/
02/JSC(35) "ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެއްވި ޗިޓް" އެންގެވީ، ޢަބްދުލްޤާދިރު
އިބްރާހީމަށް އިނާޔަތެއް ދިނުމަކާ ނުލައި، އަދި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ
ޤާނޫނު) ގެ ދަށުން ދެވޭ އިނާޔަތެއްވެސް ނެތިކަން އެނގެން އޮންނަކަމެވެ.
.ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 831071
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{13/HC-A/83
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންނުކުރާހާ
ހިނދަކު، ޤާނޫނުއަސާސީގައި ބަޔާންކުރެވިގެންވާ ގޮތަށް ޢައްޔަނުކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި
މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫންކަމަށާއި، އަދި އެފަނޑިޔާރުން މަޤާމަށް ޢައްޔަންވީއްސުރެ
މަޤާމުން މުސްކުޅިކުރެވެންދެން މަޤާމުގައި ދެމިތިބޭނެކަމަށާއި، އަދި އެއިން ކޮންމެ ފަނޑިޔާރަކުވެސް އޭނާ
ޢައްޔަންކުރެވިފައިވާ ކޯޓެއްގައި މަސައްކަތްކުރާނީ ދާއިމީ ސިފައެއްގައިކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނުގެ 6 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި، ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް
ޢައްޔަނުކުރެވޭ ބައެއްނޫންކަމަށާއި، ނަމަވެސް ފަނޑިޔާރެއްގެ ޢުމުރުން 70 އަހަރުވުމުން އެމީހަކު
މަޤާމުން މުސްކުޅިކުރެވޭ
ރެވޭނެކަމަށް އެޤާނޫނުގެ 21 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ފަނޑިޔާރެއްގެ
ޢުމުރުން 55 އަހަރުވުމުން އެފަނޑިޔާރަކު މަޤާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ހުށަހަޅައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކާ އެއްގޮތްވާ
ގޮތުގެމަތިން، އަމިއްލައަށް މަޤާމުން ވަކިވުމުގެ ފުރުޞަތު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނުގެ 24 ވަނަމާއްދާގައި ބަޔާންކޮށްފައިވާއިރު، "މުސްކުޅިކުރުން" އަކީ ޢުމުރުން 70 އަހަރުވުމުން
ކަނޑައަޅާ ޢިނާޔަތަކާއެކު ވަޒީފާއިން ވަކިކުރާ ވަކިކުރުމަށާއި، އަމިއްލައަށް އެދިގެން ކަނޑައަޅާ
ޢިނާޔަތަކާއެކު ވަޒީފާއިން ވަކިވާ ވަކިވުމަށާއި، ޞިއްޙީ ސަބަބަކަށްޓަކައި ވަޒީފާގެ މަސްއޫލިއްޔަތު
އަދާކުރެވެން ނެތިގެން ކަނޑައަޅާ ޢިނާޔަތަކާއެކު ވަޒީފާއިން ވަކިކުރާވަކިކުރުންކަން ދިވެހިރައްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގެ
ވަނަމާއްދާގެ (ހ) އިން އެނގޭކަމާއި، އަދި "ޢިނާޔަތް" އަކީ
ފަނޑިޔާރަކަށް މުސާރައިގެ އިތުރުން ދައުލަތުން ލިބޭ ފައިސާގެ އެހެނިހެން ޢިނާޔަތްތަކާއި، މަޤާމުގެ
ހައިސިއްޔަތުން ލިބޭ އެހެނިހެން ޚިދުމަތްތައްކަން އެމާއްދާގެ (ނ) އިން އެނގޭކަމާއި، ފަނޑިޔާރުކަމުގެ
މަޤާމާ އެކަށީގެންވާފަދަ މުސާރައާއި ޢިނާޔަތްތައް ލިބުމުގެ ޙައްޤު ފަނޑިޔާރުންނަށް ލިބިގެންވާކަމަށާއި،
އެފަދައިން ކަނޑައަޅާ މުސާރައަކީ، ފަނޑިޔާރެއްގެ ޢާއިލާ ދެމެހެއްޓުމަށާއި، އަމިއްލަ މުސްތަޤިއްލުކަން
ރައްކާތެރިކުރުމަށްޓަކައި، އެކަށީގެންވާ މުސާރައާއި ޢިނާޔަތެއްކަން ރައްޔިތުންގެ
<< O
69
މަޖިލީހުގެ އަކު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 33256329، ފެކްސް: 1316471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A{
ކަށަވަރުކުރަންވާނެކަމަށް އެޤާނޫނުގެ 8 ވަނަމާއްދާގައި ބަޔާންކޮށްފައިވާއިރު، އެމާއްދާއަށް ރިޢާޔަތްކޮށް
ފަނޑިޔާރުކަމުގެ މަޤާމުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންކަމަށް އެޤާނޫނުގެ
38 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި އެޤާނޫނުގެ 39 ވަނަމާއްދާގައި ބަޔާންވެގެންވާ
ޢިނާޔަތްތަކުގެ އިތުރުންވެސް ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭ ޚާއްޞަ މާލީ ޢިނާޔަތްތައް
ފަނޑިޔާރުންނަށް ލިބިދިނުމަށް އެޤާނޫނު ހުރަސްނާޅާކަމަށް އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން
އެނގޭކަމާއި، އެޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު މަޤާމުން އިސްތިޢުފާ ދިނުމަކުން އެފަނޑިޔާރަކަށް
ލިބެންޖެހޭ ޕެންޝަން ނުވަތަ އެނޫންވެސް ޢިނާޔަތަކުން މަޙްރޫމެއް
ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
202c
(ރ) ހަތަރުވަނަ ކަމަކީ: ފަނޑިޔާރުކަމުގެ މަޤާމު ހުސްވާނެ ހާލަތްތަކުގެ ތެރޭގައި
ޢުމުރުން 70 އަހަރު ހަމަވުމާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން، ޢުމުރުން 55
އަހަރުވުމުން އަމިއްލައަށް އެދިގެން މަޤާމުން މުސްކުޅިކުރުން ހިމެނޭކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ
ޤާނޫނުގެ 26 ވަނަމާއްދާގެ (ނ) އާއި (ބ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، ޢުމުރުން 55
އަހަރުވުމުން އަމިއްލައަށް އެދިގެން މަޤާމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށާއި، ސިއްހީ ސަބަބަކަށްޓަކައި
ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ފަދަ ހާލަތެއްގައިވާ ފަނޑިޔާރަކު މަޤާމުން
މުސްކުޅިކުރެވޭއިރު، އެފަނޑިޔާރަކަށް ދެވޭނެ ޢިނާޔަތްތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން
ކަނޑައަޅައި، އެމާއްދާގައިވާ ގޮތުގެ މަތިން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް އެޢިނާޔަތްތައް ދެމުން
ގެންދާކަމާއި، ނަމަވެސް، ޢުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދެވޭނެ އިނާޔަތެއް
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިނުވާކަމަށް ވިދާޅުވެ އެފަދަ ޢިނާޔަތެއް އެމާއްދާގެ ދަށުން
ޢުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ނުދެވޭކަމަށް ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، ދިވެހިރާއްޖޭޤެއްޖޭގެ ހައިދީ
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A{
13 ޤަޟިއްޔާ ނިމުނު ގޮތު
<
ބަލާއިރު، އެމާއްދާގައި ބަޔާންކޮށްފައިވާ 3& ޙާލަތުގައިވެސް މަޤާމުން މުސްކުޅިކުރެވޭނީ ކަނޑައަޅާ
ޢިނާޔަތަކާއެކުގައިކަން އެނގޭކަމާއި، އިނާޔަތެއް ކަނޑައެޅުމަކާ ނުލައި މުސްކުޅިނުކުރެވޭނެކަން އެބަސް
މާނަކޮށްފައިވާ ގޮތަށް ބެލުމުން އެނގެން އޮންނަކަމާއި، ޢުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭ
ފަނޑިޔާރުންނަށް ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ދެވޭ
އިނާޔަތްތަކުގެ އިތުރަށް
އިތުރަށް އިނާޔަތެއް
އިނާޔަތެއް ދިނުމަށް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ
މަސްއޫލިއްތެއްކަމުގައިވީނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެފަދަ ހާލަތުގައި ވަކިކުރެވޭ ފަނޑިޔާރުންނަށް
އިނާޔަތެއް ދިނުމަށް ކަނޑައަޅާފައިނުވާއިރު، އަދި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުންވެސް ދެވޭ
ޢިނާޔަތެއްނެތް އިރު، ފަނޑިޔާރުކަމުގެ މަޤާމުން 55 އަހަރުވުމުން ނުވަތަ ސިއްހީ ސަބަބަކަށްޓަކައި
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތިގެން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތް ދެވޭ ގޮތަށް
ހަމަޖެހި އަދި އެގޮތުން ޢިނާޔަތް ދެވޭ މީހުންގެ ޢުމުރުން 70 އަހަރުވުމަށްފަހުގައިވެސް އެޢިނާޔަތް
ލިބެމުންދާއިރު، ޢުމުރުން 70 އަހަރު ފުރުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކޮށް ވަޒީފާއިން
ވަކިކުރެވޭ ފަނޑިޔާރުންނަށް އެއްވެސް ޢިނާޔަތެއް ނުލިބުމަކީ އިންސާފުވެރި ގޮތެއްކަމަށް ނުބެލެވޭކަމާއި،
ޤާނޫނަކުން މަސްއޫލިއްޔަތެއް އަދާ ކުރުމަށް ހަވާލުކޮށްފައިވާ ފަރާތަކުން އެމަސްޢޫލިއްޔަތު އަދާނުކުރުމުގެ
ސަބަބުން، ގެއްލުން ލިބޭ ފަރާތުގެ ޙައްޤު ހިމާޔަތްކޮށް ރައްކަތެރިކުރުމަކީ ދަޢުލަތުގެ ޒިންމާއެއް ކަމާއި،
ދިވެހިރާއްޖޭގެ ފަނޑިޔާރުންނާ ބެހޭ ޤާނޫނުގެ މާއްދާތަކަށް ބަލާއިރު، އެޤާނޫނުގެ މާއްދާތަކުން
ފަނޑިޔާރުކަމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތް ލިބިދިނުމަށް ބާރުއަޅާފައިވާކަން އެނގޭކަމާއި،
އެހެންކަމުން ޢުމުރުން 70 އަހަރުވުމުން މުސްކުޅި ކުރެވޭ ފަނޑިޔާރުންނަކީ ޢުމުރުން 55 އަހަރުވެފައިވާ
މީހުންކަމަށްވާތީ، ޢުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމަށް
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންދެން، ޢުމުރުން 55 އަހަރުވުމުން ނުވަތަ ސިއްހީ ސަބަބަކަށްޓަކައި
މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތްދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާޕަމާޒްގެ ފައި
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14
2{13/HC-A/8g
2 2x 24 (2)
.و می ک هرم
70
0ތ 2
0
4
2
4 އ ދވ
ou o o
އިބްރާހީމް ފަނޑިޔާރުކަމުގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކޮށްފައިވަނީ ޖުޑީޝަލް ސަރވިސްޓްޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮ
ގޮތުގެމަތިން ޢުމުރުން އަހަރުވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުނަށް
ޢިނާޔަތްދޭންޖެހޭނެކަމަށް ޤަބޫލުކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު އިބްރާހީމް، ރ. ވާދޫ
މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން މުސްކުޅިކޮށްކަން
އެނގޭއިރު، ދިވެހިރައްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 69 ވަނަމާއްދާގެ (ހ) ގައި "މުސްކުޅިކުރުން"
މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ވަޒީފާއިން މުސްކުޅިކުރެވޭނީ ޢިނާޔަތަކާއެކުގައިކަން އެނގޭއިރު،
ޢަބްދުލްޤާދިރު އިބްރާހީމް ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކޮށްފައިވަނީ ޢިނާޔަތަކާއެކުގައިނޫންކަން
އެނގޭތީ، ޢުމުރުން 70 އަހަރުފުރުމުން ވަޒީފާއިން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދެވޭ ޢިނާޔަތް
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންދެން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ލިބިގެންވާ ބާރުގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކޮށް ވަކިކުރެވޭ
ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއެއްގޮތް ވާގޮތުގެމަތިން ރ. ވާދޫ
މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ވަޒީފާ އަދާކުރަމުން ދިޔަ، ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު
އިބްރާހީމަށް ޢިނާޔަތް ލިބިދޭންޖެހޭކަމަށް ފެންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ފަނޑިޔާރުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ ބާރަކީ ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ލިބިގެންވާ ބާރެއްކަން އެނގޭކަމާއި، ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުކަމުގެ
މަޤާމުން މުސްކުޅިކުރެވޭނީ ކަނޑައެޅިފައިވާ ޢިނާޔަތަކާއެކުގައިކަމާއި، ޢިނާޔަތަކާއެކުގައި ނޫން ގޮތަކަށް
ފަނޑިޔާރަކު މަޤާމުން މުސްކުޅިނުކުރެވޭނެކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި
"މުސްކުޅިކުރުން" މިބަސް މާނަކޮށްދީފައިވާ ގޮތަށް ބެލުމުން އެނގޭއިރު، ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 133
:
47
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2013/HC-A{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮމިޝަނުންކަމާއި، އަދި އެކަން ޢަބްދުލްޤާދިރު އިބްރާހީމަށް އެންގީވެސް އެކޮމިޝަނުންކަން އެނގޭތީ
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޢަބްދުލްޤާދިރު އިބްރާހީމަށް ދަޢުވާނުކުރެވޭނެ ކަމަށް ބެލެވޭފަދަ
އެއްވެސް ސަބަބެއް އޮތްކަމަ
ބަބެއް އޮތްކަމަކަށް ނުފެންނަކަމެވެ.
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން
ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/929 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/929 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
148 ވަނަމާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 25 ވަނަ މާއްދާއާއި، 27
ވަނަމާއްދާގެ (ނ) ގެ ދަށުން ރ. ވާދޫ ނޫވިލާގޭ ޢަބްދުލްޤާދިރު އިބްރާހީމް ހުންނެވި ފަނޑިޔާރުގެ
މަޤާމުން މުސްކުޅިކޮށް، އެމަޤާމުން ވަކިކޮށްފައިވަނީ ޢަބްދުލްޤްދިރު އިބްރާހީމުގެ ޢުމުރުން 70 އަހަރު
ފުރުމުން، ޢިނާޔަތެއް ދިނުމަކާ ނުލައި ކަމަށްވާތީ ޢަބްދުލްޤާދިރު އިބްރާހީމަށް ޙައްޤުވާ ޢިނާޔަތުގެ މިންވަރު
ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވައި، އެޢިނާޔަތް ހޯއްދަވައިދެއްވުމަށް އެދި ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ މައްޗަށް ޢަބްދުލްޤްދިރު އިބްރާހީމް ދަޢުވާކުރި މައްސަލަ ބިނާކޮށްފައިވަނީ، ޖުޑީޝަލް
ސަރވިސް ކޮމިޝަނަށް ލިބިފައިނުވާ ބާރެއް އަދި ޙަވާލުކުރެވިފައިނުވާ މަސްއޫލިއްޔަތެއްގެ މައްޗަށް ކަމަށް
ބަޔާންކުރައްވައި، އެދަޢުވާއަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް
ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، ފަނޑިޔާރެއްގެ ޢުމުރުން 70 އަހަރުވުމުން
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647)
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/8{
16 ޤަޟިއްޔާ ނިމުނު ގޮތު
ފަނޑިޔާރު ކަމުން މުސްކުޅިކުރެވޭނެ ކަމާއި، ފަނޑިޔާރު ކަމުގެ މަޤާމުން މުސްކުޅިކުރުމަކީ އެމީހަކަށް
ޢިނާޔަތެއް ދިނުމާއެކު ކުރެވޭ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަމާއްދާގެ
(ނ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 69 ވަހަމާއްދާގެ (ހ) ގައި "މުސްކުޅިކުރުން" މިބަސް
މާނަކޮށްފައިވާ ގޮތަށް ބެލުމުން އެނގެން އޮތުމުން، ފަނޑިޔާރު ކަމުގެ މަޤާމުން މުސްކުޅިކުރެވޭ މީހުންނަށް
ޢިނާޔަތެއް ޙައްޤުވާކަން އެނގޭކަމާއި، ޢަބްދުލްޤާދިރު އިބްރާހީމަށް ޢިނާޔަތެއް ދިނުމަކާނުލައި، ފަނޑިޔާރު
ކަމުގެ މަޤާމުން އޭނާ މުސްކުޅިކޮށްފައިވަނީ އޭނާއަށް ޙައްޤުވާ ޢިނާޔަތް ދިނުމަކާ ނުލައިކަމަށްވާތީއާއި،
ޢުމުރުން 70 އަހަރުވުމުން މަޤާމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދޭނެ ޢިނާޔަތުގެ މިންވަރު
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިނުވުމަކީ ޢަބްދުލްޤާދިރު އިބްރާހީމަށް ޙައްޤުވާ ޢިނާޔަތުން އޭނާ
މަހްރޫމް ކުރެވޭނެ ސަބަބެއްކަމަށް ނުފެންނާތީ، ޢުމުރުން 70 އަހަރުވުމުން މަޤާމުން މުސްކުޅިކުރެވޭ
ފަނޑިޔާރުންނަށް ދެވޭ ޢިނާޔަތުގެ މިންވަރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންދެން، މަޤާމުން
މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ޢިނާޔަތްދިނުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ
އުސޫލުން، ޢަބްދުލްޤާދިރު އިބްރާހީމަށް ފަނޑިޔާރު ކަމުގެ މަޤާމުން މުސްކުޅިކުރުމުން ދެވޭ ޢިނާޔަތްދިނުމަށް
ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުޢައްސަސާތަކުގެ މައްޗަށް އަންގައި
އަމުރުކޮށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
4
: 2 3 4
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv