ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/244 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/244
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
U
• ޤަޟިއްޔާ ނަންބަރު: 244/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް: ނިލަންދެ އަތޮޅު އުތުރުބުރި ބިލެއްދޫ ކައުންސިލް
* ދާއިމީ އެޑްރެސް: ނިލަންދެ އަތޮޅު އުތުރުބުރި ބިލެއްދޫ ކައުންސިލްގެ އިދާރާ
* ކައުންސިލްގެ ފަރާތުން ވަކީލު: އަލްއުސްތާޛު މުޙައްމަދު ފަރީދު
0
އިސްތިއުނާފު ރައްދުވި ފަރާތް: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ ޓަވަރު * ރަޖިސްޓްރީ ނަންބަރު: 680-C
* ކުންފުނީގެ ފަރާތުން: ބަދަލުގައި ޢާއިޝަތު ތައުމީނާ، އަޙްމަދު ސަޢީދު
. ވަކީލު: އަލްއުސްތާޛާ ޢާއިޝަތު ޙައިފާ
• ހުށަހެޅުނު ތާރީޚް: 31 ޖުލައި 2013
ނިމުނު ތާރީޚް: 23 ސެޕްޓެމްބަރު 2013
0
އިސްތިއުނާފުކުރެވުނު ނިންމުން: ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/L3C/23 ޤަޟިއްޔާ އިޖުރާއީ ގޮތުން ނިންމިގޮތް
ނިންމެވިކޯޓް: ނިލަންދެ އަތޮޅު އުތުރުބުރި ބިލެއްދޫ މެޖިސްޓްރޭޓް ކޯޓު
ނިންމި ތާރީޚް: 18 ޖުލައި 2013
18
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/244
ދަޢުވާގެ ޚުލާޞާ:
927
cu o
މިއީ، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/L3C/23
ޤަޟިއްޔާ އިޖުރާއީ ގޮތުން ނިންމިގޮތް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާ ކަމަށް ބުނެ ނިލަންދެ
އުތުރުބުރި ބިލެއްދޫ ކައުންސިލް އިދާރާގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/L3C/23
ޤަޟިއްޔާ އިޖުރާއީ ގޮތުން ނިންމިގޮތަށް ބަލާއިރު އެނިންމެވުމުގައިވަނީ: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑު (އެމް.ޓީ.ސީ.ސީ) ން ފ. ބިލެއްދޫގައި ހަދާ ބަދަރުގެ މަސައްކަތް
ނުނިންމައި އަދި ބަދަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް
ކޮންމެހެންވެސް ކުރަންޖެހޭ ކަންކަން
ފުރިހަމަނުކޮށް، ބަދަރު ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް
ލިމިޓެޑު (އެމް.ޓީ.ސީ.ސީ) އިން ގެނެސް ފ. ބިލެއްދޫ ކައުންސިލްގެ އިދާރާގެ ބެލެނިވެރިކަމުގައިވާ އެރަށު
ބަދަރު ސަރަޙައްދުގައި ހުރި، އިކްލިޕްމަންޓާއި މެޝިނަރީސްތަކާއި، މެޓީރިއަލްސް ފ. ބިލެއްދޫން ގެންދިއުން
ހުއްޓުވައި ދިނުމަށް، ކޯޓު އަމުރެއް ނެރެދިނުމަށް އެގޭ
އެދޭކަމުގައިބުނެ، ފ. ބިލެއްދޫ ކައުންސިލުގެ އިދާރާގެ
ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑު (އެމް.ޓީ.ސީ.ސީ)
އަށް ދަޢުވާ ރައްދުވާ ގޮތަށް ހުށަހެޅި މިމައްސަލަ ޝަރީޢަތުގެ ފަރާތުން ބެލިބެލުމުން،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާ (ކޯޓުތަކުގެ
ސަރަޙައްދީ އިޚްތިޞާޞް) ގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން "ކުންފުންޏެއް ނުވަތަ ކުލަބް
ޖަމްޢިއްޔާއެއް ފަދަ ޖަމާޢަތެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ، އެމައްސަލަ ހުށަހެޅޭ ކޯޓަކީ އެ
ޖަމްޢިއްޔާގެ މައި މަރުކަޒު ހިމެނޭ ދާއިރާއެއްގެ ކޯޓަކަށް ވާންވާނެކަމަށާއި، އަދި މިފަދަ ޖަމާޢަތެއްގެ
ގޮތްޕެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ އެގޮތްޕެއްގެ މަރުކަޒު ހުރި ދާއިރާއެއްގެ ކޯޓަކަށްވެސް
COX
8 ،
COCOXC
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/244
c etc
OCCO
ވާންވާނެކަމަށާއި، އެމް.ޓީ.ސީ.ސީ ގެ މައި އޮފީސް ހުންނަނީ ފުރަމާލޭގައި ކަމަށްވެފައި އަދި ފ. ބިލެއްދޫގައި
އެމް.ޓީ.ސީ.ސީގެ މަރުކަޒެއް ނެތަތީ، މިމައްސަލައަކީ ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގައި ބެލޭނެ
މައްސަލައެއް ނޫންކަމުގައި ދެކޭކަމަށް، އެމް.ޓީ.ސީ.ސީގެ ފަރާތުން މިމައްސަލާގައި ޖަވާބުދާރީވުމުގެ ކުރިން
ނެގި އިޖުރާއީ ނުކުތާގައި ބުނެފައިވާއިރު،
އިސްވެ ބަޔާންކުރެވުނު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69
ވަނަ މާއްދާ (ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް) ގައި ބަޔާންވެގެންވަނީ، ޤާނޫނުއަސާސީ އާއި އަދި
ކޯޓުތަކުގެ ޤާނޫނުގައި ކޯޓުތަކަށް ކަނޑައަޅުއްވާފައިވާ އިޚްތިޞާޞްގެ އިތުރުން ވަކި ޙާލަތްތަކެއްގައި
ކޯޓުތަކަށް ލިބިދޭ އިޚްތިޞާޞް ބަޔާންކޮށްފައިވާ މާއްދާއެއްކަމާ ،
ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި އެކޯޓެއް
ހުންނަ ޖުޑީޝަލް ދާއިރާއެއްގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން
އެ ޖަދުވަލުގައި ނުވަތަ ކޯޓުތަކުގެ ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި
އިސްތިސްނާކޮށްފައި ނުވާ ހުރިހާ މައްސަލައެއް ބެލޭނެކަމާއި، އަދި
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަ 2008 ގެ ފުރަތަމަ ބާބުގައި
ޙައްޤުތައް ހޯދުމަށް
ޢުވާކުރުމުގެ ޙައްޤު ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮންނައޮތުމާއި،
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008
43 ވަނަ މާއްދާގައި
ރިޢާޔަތްކުރާއިރު،
އެމް.ޓީ.ސީ.ސީން ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު ސަރަޙައްދީ އިޚްތިޞާޞްގައި ބަޔާންވެގެންވަނީ، އެޤާނޫނުގެ ޖަދުވަލު 5 ގައި ބަޔާންވެގެންވާ
ކަންކަމުގެ އިތުރުން ރައްޔިތުމީހާއަށް ލިބިފައިވާ އިތުރު ޙައްޤެއްކަމާއި، އެއީ އެއްވެސް ޙާލެއްގައި އެ
ޖަދުވަލުގައި ހުރިހާ ބާވަތެއް މައްސަލައެއް ހުށަހެޅުމުގެ ފުރުޞަތު ހަނިކޮށްފައިވާ މިންވަރަށްވުރެ، ފުރުޞަތު
ހަނިކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ މާއްދާއެއްކަމަށް، ޝަރީޢަތަށް ނުފެންނަކަމާއި، އަދި ކިޔެއްތަ އެއީ
އޭގެ އިތުރަށް ރައްޔިތުމީހާއަށް ހުޅުވާލެވިފައި ދޮރެއްކަމަށް ޝަރީޢަތަށް ފާހަގަކުރެވޭކަމާއި،
OCCO
ހހ 44
3
/
08ނ
/
ގެ
ދ/ ޏ ސ ޑ ޖ ޗ
هހނgނ
އދއތއ
ހޯމަކަށް
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/244
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއެހުސެ
އެމް.ޓީ.ސީ.ސީން ފާހަގަކޮށްފައިވާ ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފ. ބިލެއްދޫން ބޭލުން
ހުއްޓުވުމަށް ފ. ބިލެއްދޫ ކައުންސިލުގެ ފަރާތުން އެދޭ މުދަލުގެ އަގު 05 (ފަހެއް) މިލިޔަން ރުފިޔާއަށްވުރެ
މަތީގެ މުދަލެއް ހިމެނޭ މައްސަލައަކަށްވުމުން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ ޖަދުވަލް 5 ގެ (މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް) ގައި މެޖިސްޓްރޭޓް ކޯޓުން ނުބެލޭނެ
ކަމަށް ބަޔާންކޮށްފައިވާ (އ) ގައި 5000000 (ފަސްމިލިޔަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ
ފައިސާ ހިމެނޭ ނުވަތަ އެ ޢަދަދުގެ މުދާ ހިމެނޭ މައްސަލަތައް، މެޖިސްޓްރޭޓް ކޯޓުތަކުން ނުބެލޭނެކަމަށް
އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު މިއީ، މިކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެފައިވާ ބުނުމާއި،
އަދި އެގޮތުން މިވަގުތު ފ. ބިލެއްދޫގައި ހުރި އެމް.ޓީ.ސީ.ސީގެ ތަކެތީގެ އަގުކަމުގައި ބުނެ،
އެމް.ޓީ.ސީ.ސީން ހުށަހެޅި ތަކެތީގެ އަގަކީ 13901449.88 (ތޭރަ މިލިޔަން ނުވަލައްކަ
ހަތަރުސަތޭކަ ސާޅީސްނުވަ ރުފިޔާ އައްޑިހަ އައްލާރި) ކަމަށް ބުނާކަމާއި،
އެހެންކަމުން އެމް.ޓީ.ސީ.ސީން އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ ދެވަނަ ނުކުތާއަށް ރިޢާޔަތްކޮށް،
މިމައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލް 5 ގެ 2
ވަނަ ނަންބަރުގައި (މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް) ގައި މެޖިސްޓްރޭޓް ކޯޓުން ނުބެލޭނެކަމަށް
ބަޔާންކޮށްފައިވާ (އ) ގައި ބަޔާންވެގެންވާ
ގޮތުގެ
މަތިން މިކޯޓުން ނުބެލޭނެ މައްސަލައެއްކަމަށް
ކަނޑައަޅައި،
މިމައްސަލާގައި އެމް.ޓީ.ސީ.ސީ އަށް ލިބިފައިވާ ލިޔެކިޔުން ތަކަށް ބަލާއިރު، މިމައްސަލާގައި
މައުޟޫޢީ ދަޢުވާއެއް ކޮށްފައިވާކަން އެނގެން ނެތްކަމަށްވާއިރު، ވަގުތީ އަމުރެއް ނެރެންޖެހޭނީ މައުޟޫޢީ
ދަޢުވާއެއްގެ މައްޗަށް ބިނާކޮށްގެން ކަމަށްދެކޭކަމާއި، މައުޞޫއީ ދަޢުވާއެއްނެތި، ވަގުތީ އަމުރެއް
ނެރެވިދާނެކަމަށް ނުދެކޭކަމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނެފައިވާކަމާއި، އަދި ވަގުތީ އަމުރަކީ މަޢުޟޫޢީ
މައްސަލަ ޢާއްމު އިޖުރާއަތްތަކުން ދާނަމަ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކޯޓުން ނެރޭ
ވަގުތީ އަމުރެއްކަމާއި،
cu o
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/244
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެހެންކަމުން، މިހާރު މިކޯޓުން އެމް.ޓީ.ސީ.ސީން މިރަށުގެ ބަނދަރުގެ މަސައްކަތަށް ގެނެސްފައިވާ
ތަކެތި، މިރަށުން ބޭލުން ހުއްޓުވުމަށް ނެރުއްވާފައިވާ ވަގުތީ އަމުރަކީ ޞައްޙަ
އަމުރެއް ނޫންކަމަށް
ކަނޑައަޅައި ދިނުމަށް އެދޭކަމަށް ބުނެފައިވާކަމާއި،
އިސްވެ ބަޔާންކުރެވުނު ފ. ބިލެއްދޫ މެޖިސްޓްރޭޓް ވަގުތީ އަމުރު ނަންބަރު 2013
/
01/L3MC
(14 ޖުލައި 2013) ގެ ވަގުތީ އަމުރު ނެރެފައިވަނީ، މިދަޢުވާ އެމް.ޓީ.ސީ.ސީގެ މައްޗަށް އުފުލުނު ހިނދު،
ދަޢުވާއަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި އެވަގުތު ދަޢުވާއާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް
ބުނެފައިނުވެފައި،
މައްސަލައިގެ ތެރެއަށް ފ. ބިލެއްދޫ ރައްޔިތެއްގެ ހައިޘިއްޔަތުން ތަދައްޚުލުވެފައިވާ ފ. ބިލެއްދޫ
މޯނިންގްވިލާ އަޙްމަދު އަސްލަމް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، ކަމަށްވާތީ، މިކޯޓުން ނެރެފައިވާ އިސްވެ
ބަޔާންކުޅަ އަމުރަކީ ޞައްޙަ އަމުރެއް ނޫންކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ކަނޑައަޅައި، އަދި މިކޯޓުން
ނެރެފައިވާ އަމުރެއް އަދި ޙުކުމެއްނަމަވެސް ބާޠިލްކޮށް އަދި އޭގެ ޞައްޙަ ކަމާމެދު ގޮތް ކަނޑައެޅުމަކީ،
މިކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށް ކަނޑައަޅައި،
އިސްވެ ބަޔާންވެގެންވާ މިކޯޓުގެ ވަގުތީ އަމުރު ނަންބަރު 2013
/
01/L3MC (14 ޖުލައި
2013) އަކީ މިހިނގާ މިކޯޓުގެ ނަންބަރު 2013/L3MC/23 ގެ ޤަޟިއްޔާއަށް ފައިޞަލާކުރަނިވި
ޙުކުމެއް ކުރަންދެން ދެމިއޮންނާނެ އަމުރެއްކަން އެއަމުރުން އެނގެން އޮތުމުން،
މިހިނދުން ފެށިގެން އެއަމުރު ބާޠިލްވީ ކަމަށް ކަނޑައަޅައި މިގޮތުގެ މަތިން އިޖުރާއީ ގޮތުން
މިމައްސަލަ ނިންމީއެވެ.؟ މިފަދައިން ކަން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ”އިޖުރާއީ ގޮތުން ނިންމިގޮތް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި
ޚިލާފުވާ ކަމަށް ބުނެ ނިލަންދެ އަތޮޅު އުތުރުބުރީ ބިލެއްދޫ ކައުންސިލް އިދާރާގެ ފަރާތުން ދެ ނުކުތާއެއް
ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
45569
ކަން/ތ ﷲ0
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/244
0
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލް
5 ގެ 2 ގެ (އ) ގެ ޢާންމު މަފްހޫމާއި ޚިލާފަށް މާނަކޮށްފައިވުން ކަމަށް ބުނެ ފާހަގަ ކުރި
• ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލް
5 ގެ 3 ގެ (ހ) އާއި ޚިލާފަށް އިޖުރާއީ ނުކުތާ ނިންމާފައިވުން ކަމަށް ބުނެ ފާހަގަ ކުރި
ނަކީ 0އ
03- ނިލަންދެ އަތޮޅު އުތުރުބުރި ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/L3C/23
ޤަޟިއްޔާ ”އިޖުރާއީ ގޮތުން ނިންމިގޮތް“ އަށާއި އެނިންމުން އިސްތިއުނާފު ކުރުމަށް ނިލަންދެ އަތޮޅު
އުތުރުބުރީ ބިލެއްދޫ ކައުންސިލް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި،
މިމައްސަލައާއި ގުޅުންހުރި ޝަރުޢީ ޤާނޫނީ ނައްޞުތަކަށް ބަލާއިރު އަންނަނިވި
ފާހަގަކުރެވެއެވެ.
cu o
(ހ) މެޖިސްޓްރޭޓް ކޯޓުތަކަކީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން
އުފައްދާފައިވާ ތިރީ ގިންތީގެ ކޯޓު ތަކެއްކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 66 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، އެކޯޓުތަކުގެ އިޚްތިޞާޞް އެޤާނޫނުގެ ޖަދުވަލު 5
ގައި ބަޔާންކޮށްފައިވާކަމާއި، އެ ޖަދުވަލަށް ބެލިއިރު، އެ ޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން
މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ފިޔަވައި އެކޯޓެއް ހިމެނޭ
ޖުޑިޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް
މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިދީފައިވާކަން އެނގެން އޮންނަކަމާއިގެ
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/244
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭގޮތަށް އިސްތިސްނާކޮށްފައިވާ
މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން މަދަނީ މައްސަލަތަކަށް ބަލާއިރު،
މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭގޮތަށް، ކަނޑައެޅި ބަޔާން ކުރެވިފައި އޮތީ، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގެ (އ) ގައި ބަޔާންކޮށްފައިވާ،
5,000,000 (ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ
ހިމެނޭ މައްސަލަތައް އެކަނިކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ
ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް ފިޔަވައި އެހެނިހެން އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ
އިޚްތިޞާޞް، އުޞޫލެއްގެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ލިބިފައިވާކަން އެނގެއެވެ.
OCO
(ނ) އިސްވެ ބަޔާންކުރެވުނު މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްތަކުގެ އިތުރުން، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގައި ކޯޓުތަކަށް ލިބިގެންވާ
ސަރަޙައްދީ އިޚްތިޞާޞްތަކެއްވެސް ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި
އެގޮތުން ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އެމާއްދާގައި ޤާނޫނު
އަސާސީއާއި އެޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، "ކުންފުންޏެއް ނުވަތަ
ކުލަބް ޖަމްޢިއްޔާއެއް ފަދަ ޖަމާޢަތެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ، އެމައްސަލަ ހުށަހެޅޭ ކޯޓަކީ އެ
ޖަމްޢިއްޔާގެ މައި މަރުކަޒު ހިމެނޭ ދާއިރާއެއްގެ ކޯޓަކަށް ވާންވާނެކަމަށާއި، އަދި އެފަދަ ޖަމާޢަތެއްގެ
ގޮތްޕެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ އެގޮތްޕެއްގެ މަރުކަޒު ހުރި ދާއިރާއެއްގެ ކޯޓަކަށް
އެމައްސަލައެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞްވެސް ލިބިގެންވާކަން އެމާއްދާގެ (ރ) އިން އެނގެން
އޮވެއެވެ.
OCO
(ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 4 ގައި ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވޭތޯ ކޯޓުން ބަލަންޖެހޭ ޢާއްމު ޝަރުތުތަކެއްގެ
utcome
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/244
ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް
ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި
ޤާއިމުވެގެންވުމާއި، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ
ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު"
(capacity) ނުވަތަ ހައިސިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ބަޔާންކުރައްވާފައިވާކަމާއި،
ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/L3C/23 ޤަޟިއްޔާއަށް ބަލާއިރު،
ޤަޟިއްޔާއަކީ ފ. ބިލެއްދޫ ބަނދަރު ޕްރޮޖެކްޓުގައިވާ ހުރިހާ މަސައްކަތްތަކެއް ނިންމުމަށްފަހު ނޫނީ
މަސައްކަތްކުރަން ބޭނުންވާ ތަކެތި ބިލެއްދޫއިން ނުގެންދިއުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ވަގުތީ
އަމުރަށް އެދޭ ފޯމަކުން ފ. ބިލެއްދޫ ކައުންސިލުގެ ފަރާތުން އެމް.ޓީ.ސީ.ސީގެ މައްޗަށް ހުށަހަޅާފައިވާ
މައްސަލައެއް ކަން އެނގެން އޮންނައިރު، އެމަސައްކަތާއި ގުޅިގެން ފ. ބިލެއްދޫ ކައުންސިލުގެ ފަރާތުން
އެމް.ޓީ.ސީ.ސީގެ މައްޗަށް މައުޟޫޢީ ދަޢުވާއެއް ކޮށްފައިވާކަން އެނގެން ނެތްކަމާއި،
އެމް.ޓީ.ސީ.ސީގެ ފަރާތުން ފ. ބިލެއްދޫގައި ކުރަމުންގޮސްފައިވާ މަސައްކަތަކީ އެމް.ޓީ.ސީ.ސީއާއި
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއާއި، ދެމެދު ވެވިފައިވާ
ދަށުން ފ. ބިލެއްދޫގެ ބަނދަރު ހެދުމުގެ މަސައްކަތްކަން އެނގެން އޮންނައިރު، އަދި އެމަސައްކަތާއި
ގުޅިގެން ފ. ބިލެއްދޫ ކައުންސިލު އިދާރާއާއި އެމް.ޓީ.ސީ.ސީ އާއި ދެމެދު ޤާނޫނީ ގޮތުން ސީދާ ގޮތެއްގައި
ބަދެވޭ ބަދެވުމެއް ނެތްއިރު، އެއްބަސްވުމުގެ ދަށުން އެމަސައްކަތަކާއި ގުޅިގެން ކުރިމަތިވާ އެންމެހައި
ކަންކަމުގައި ޤާނޫނީ ގޮތުން އެމް.ޓީ.ސީ.ސީގެ ފަރާތުން ޖަވާބުދާރީވާންޖެހޭ ފަރާތަކީ މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އަށްކަން އެނގޭކަމާއި؟
އެހެން ކަމުން ފ. ބިލެއްދޫ ކައުންސިލުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވަނީ،
އެމް.ޓީ.ސީ.ސީގެ މައްޗަށް މައުޟޫޢީ ދަޢުވާއެއް ކުރުމަކާއި ނުލައި އަދި އެފަދަ ދަޢުވާއެއް ސީދާ ގޮތެއްގައި
އެމް.ޓީ .ސީ.ސީގެ މައްޗަށް ކުރެވެން އޮތް ޙާލަތެއްގައި ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
· 4 ، 3 0 146
3291
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/244
ވީމާ، ނިލަންދެ އަތޮޅު އުތުރުބުރި ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/L3C/23
ޤަޟިއްޔާއަކީ އެކޯޓުން ނުބެލޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާ ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ކަމަށް މި މައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
cc)
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ނިލަންދެ އަތޮޅު
އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/L3C/23 ޤަޟިއްޔާއަކީ އެކޯޓުން ނުބެލޭނެ
މައްސަލައެއް ކަމަށް ކަނޑައަޅުއްވާ އެކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެނެވެން ނެތްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް
$i;
ރާއްޖ.
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv