ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/271 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/271
A4
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 271/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޢާޠިފް
* އައިޑީ ކާޑު ނަންބަރު: A315431
ދާއިމީ އެޑްރެސް: މަތިމަރަދޫ. ވިލާ | ލ. ގަން
މިހާރުގެ އެޑްރެސް: މަތިމަރަދޫ ވިލާ | ލ. ގަން
0
F
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:.
ރަޖިސްޓްރީ ތާރީޚް: 28 ޝައްވާލު 1434
04 ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 05 ޛުލްޤަޢިދާ 1434
11 ސެޕްޓެމްބަރ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރު
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުކޮށްފައި ބެހެއްޓުމުގެ ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 23.08.2013
ނިމުނު ތާރީޚް: 23.08.2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2013/HC-A/271
• ދަޢުވާގެ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި
ލ. ގަން | މަތިމަރަދޫ، ވިލާ ޙުސައިން ޢާޠިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
4 2 22292
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރު ނެރުއްވާފައިވަނީ ލ. ގަން | މަތިމަރަދޫ، ވިލާ ޙުސައިން ޢާޠިފްގެ މައްޗަށް އިންޒާރުދިނުމާއި މާރާމާރީ
ހިންގަން މަސައްކަތްކުރުމުގެ
މައްސަލައިގައި، ޙުސައިން ޢާޠިފް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ޝަރީޢަތަށް ފެންނާތީ، މައްސަލައިގައި ޝަރީޢަތުން ގޮތެއް
ނިންމަވަންދެން ނޫނީ ޙުކުމެއް ކުރެއްވުމާއި ހަމައަށް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން ކަނޑައަޅާ
ތަނެއްގައި ޙުސައިން ޢާޠިފް ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
އަމުރުކުރައްވައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J
(
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، ލ. ގަން | މަތިމަރަދޫ.
ވިލާ ޙުސައިން ޢާޠިފްގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
. ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)، (ކ) އަދި (ށ) އާ ޚިލާފަށް ޙުސައިން ޢާޠިފް ބަންދުކޮށްފައި
ބެހެއްޓުމަށް ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/271
ޑޑ 8 9ދ8
ބޮހޮއeމށް
I
ޙުސައިން ޢާޠިފްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވާފައިވަނީ ޝަރީޢަތުން ގޮތެއް ނިންމަންދެން ކަމާތުގެ ހައި
. ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާ
ޚިލާފަށް ޙުސައިން ޢާޠިފް ބަންދުކޮށްފައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ ދަށުން ޝަރީޢަތް ނިމެންދެން މީހުން ބަންދުކޮށްފައި
ބެއިތިއްބުމަށް ކަނޑައަޅާފައިވާ އިޖްރާޢާތުއާއި އުސޫލާ ޚިލާފަށް ޙުސައިން ޢާޠިފް ބަންދުކޮށްފައި ބެހެއްޓުމަށް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރުގައި
ޙުސައިން ޢާޠިފް ބަންދުކުރުމަށް ޙަވާލާދޭ ފޯމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" ނަންބަރު 096065/MF ފޯމުކަމާއި، އިސްވެ ބުނެވުނު ފޯމުގައި ޙުސައިން
ޢާޠިފް ހައްޔަރު ކުރެވިފައިވަނީ 08 އޯގަސްޓް 2013 ވަނަ ދުވަހުގެ ގާތްގަނޑަކަށް 00:30 ހާއިރު ފުލުހުންގެ
މީހަކު ލ. ގަން މަތިމަރަދޫ ސެންޓްރަލް ޕާރކް ހޮޓަލުގައި އިންދާ އެތަނަށް ޙުސައިން ޢާޠިފްއާއި އެހެން މީހަކު
އައިސް ހަޑިހުތުރު ބަހުން މުޚާތަބުކޮށް ފުލުހުންގެ މީހާގެ ގައިގައި މާރާމާރީ ހިންގަން މަސައްކަތް ކުރުމަށްފަހު،
އެތަނުން ނިކުމެގެން ދަމުން ފުލުހުންގެ މީހާ މަގުމަތިން ފެނިއްޖެނަމަ ވަޅިހަރާނެ ކަމަށާއި، މަރާލާނެކަމަށް ބުނެ
އިންޒާރުދީފައިވާ މައްސަލައިގައި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އެފޯމަށް ބެލުމުން
އެނގޭކަމާއި، އަދި މިމައްސަލައާ ގުޅިގެން ޙުސައިން ޢާޠިފް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ މީނާ
ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސް ދޭންތިބި ހުރިހާ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި
ނައްތާލަފާނެކަމަށް ބެލެވޭތީވެއާއި، މީނާ ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް
ކުރިމަތިވެދާނެތީއާއި، މީނާ ދޫކޮށްލައިފިނަމަ ފިލައިގެން އުޅެފާނެކަމަށްޓަކައި ކަމަށް
އެފޯމުގައި
ބަޔާންކުރެވިފައިވާކަމާއި، އަދި މިހާރު އިސްތިއުނާފު ކުރެވިފައިމިވާ ކޯޓު އަމުރުން 24 އޯގަސްޓް 2013 ގައި
ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް ނަންބަރު 096065/MF "ބަންދުގެ މުއްދަތު އިތުރުކުރު
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/271
ފޯމް" އިން އެދިފައިވަނީ އެތާރީޚުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މީނާގެ ބަންދުގެ މުއްދަތު
އިތުރުކޮށްދިނުމަށްކަން އެނގެން އޮންނަކަމެވެ.
އެޗުށް
OCX
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް، އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ
ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަ ވޭތޯކަމާއި، އެއިން ސަބަބެއް
ފުރިހަމަވާކަން ނުވަތަ
ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް
އޮންނަކަމެވެ.
OCX
88ކަން
2326
ފ 93ޑ 4
އަމުރެއް
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން
ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ ނެރުމުގެ ބާރު ފަނޑިޔާރަށް
ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ތަޙްޤީޤު މަރުޙަލާގައި މީހަކު ބަންދުކުރެވޭނީ، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވާކަމަށް ފަނޑިޔާރަށް
ޤަބޫލުކުރެވޭ ޙާލަތުގައި، ފަހަރަކު ގިނަވެގެން 15 (ފަނަރަ) ދުވަހަށްކަން އެޤަވާޢިދު ގެ 7 ވަނަ މާއްދާގެ
އާއި (ނ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ޝަރީޢަތުން މައްސަލަ ނިމެންދެން މީހަކު ހައްޔަރުގައި
ނުވަތަ ބަންދުގައި ބެހެއްޓޭނީ، އެމީހެއްގެ މައްޗަށް ކުރެވެމުންދާ ތަޙްޤީޤު ނިމުމުން، އެމީހެއްގެ މައްޗަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4, ,
ހައިކޯ
5
2013/HC-A/271
ދދވހ
ބޮނީމަކަމަށް
]
އުފުލޭވަރަށް ހެއްކާއި ޤަރީނާ ހުރުމާއެކު، އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުންކުރެ ސަމަ
ސަބަބެއް އޮތްނަ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) އަށް ބެލުމުން
އެނގެން އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް ނަންބަރު
096065/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން އެދިފައިވަނީ 24 އޯގަސްޓް 2013
އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޙުސައިން ޢާޠިފް ބަންދުކުރުމަށް ކަމުގައި ވީނަމަވެސް، ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/7613(J
(
MD-145 ކޯޓު އަމުރުން އޭނާ ބަންދުކުރައްވާފައިވަނީ، އެމައްސަލައިގައި
ޝަރީޢަތުން ގޮތެއް ނިންމަންދެން ކަމުގައާއި، އިސްވެ ބުނެވުނު ކޯޓު އަމުރާ ގުޅޭ ޝަރީޢަތުގެ މަޖިލިހުގައި
ޙުސައިން ޢާޠިފްގެ ތަޙްޤީޤު ނިމިފައިވީނަމަވެސް، އޭނާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި އެމައްސަލަ އަދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިނުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޙުސައިން ޢާޠިފްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ފޮނުވުމުގެ ކުރިންކަން ފާހަގަކުރެވޭކަމާއި، އަދި މިމައްސަލައިގައި ދަޢުވާކުރުމާ ގުޅޭގޮތުން އަދިވެސް
ގޮތެއް ނުނިންމާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
އެހެންކަމުން،
(ބ) ފަސްވަނަ ކަމަކީ، ޙުސައިން ޢާޠިފްގެ ކުށުގެ ރިކޯޑަށް ބަލާއިރު، ޙުސައިން ޢާޠިފް ތަފާތު
އެކިފަހަރުމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ޙާޟިރުކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އޭގެ
ތެރެއިން 5 (ފަހެއް) މައްސަލައަކީ މާރާމާރީއާ ގުޅޭ މައްސަލަތައްކަމާއި، އަދި އޭގެ ތެރޭގައި 2010 އޭޕްރިލް
17 ވަނަ ދުވަހުގެ 03:50 ހާއިރު ލ.ގަން މަތިމަރަދޫ އަވަށު ގްރޫޕެއް ގިނަ އަދަދެއްގެ ތޫނު ހަތިޔާރު ތަކެއް
ހިފައިގެން ލ.ގަން މުކުރިމަގު އަވަށަށް ގޮސް މުކުރިމަގު އަވަށުގެ އެކިތަންތަ
ތަންތަނަށް ގެއްލުންދީ (އަލިފާން ރޯކޮށް)
ލ. ގަން މުކުރިމަގު އަވަށުގައި ޑިއުޓީ އަދާކުރަމުން ގެންދިއަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި،
އެވަގުތު ޑިއުޓީގައި އުޅުނު ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދީފައިވާ މައްސާ
ތުހުމަތު ކުރެވިގެން ފުލުހުންގެ ތަޙްޤީޤަށް ޙާޟިރުކުރެވުނު މީހެއްކަން ފާހަގަކުރެވެން
ހައިކޯޓް
3 228
64201
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ،
ދިވެހިރާއްޖެ
6
2013/HC-A/z71
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
et cc
އހ2
އެބޭކަމަށް
ޑ 8 *ހ8
އެއްޤަށް
ޢާޠިފްގެ މައްޗަށް މިހާރު ތުހުމަތު ކުރެވޭ ޢަމަލަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާފަދަ ޢަމަލެއްކަމަށް
ބެލެވޭ ހިނދު، އަދި މީނާ ބަންދުން ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު
ބެލެވެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J
(
MD-145 ކޯޓު އަމުރުން ޝަރީޢަތުން
ގޮތެއް ނިމެންދެން ޙުސައިން ޢާޠިފް ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުމަކީ "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" އާއި
ނިންމަވާފައިވާ ނިންމެވުމެއްކަމަށް ނުވާތީ، އެނިންމެވުމަށް ބަދަލުގެންނަންޖެހޭ
ކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާކަމާއި،
ނަމަވެސް ޙުސައިން ޢާޠިފް ބަންދުގައި ބެހެއްޓުމަށް ކަނޑައަޅަންވީ މުއްދަތާމެދު ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރަޢުޔު ތަފާތުވެފައިވާކަމާއި، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ
ރައުޔުއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން ޙުސައިން ޢާޠިފްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ
އިންތިޒާމު ހަމަޖެއްސުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެކަމަށް އެކަށޭނަ މުއްދަތެއް ލިބިދެވޭނެ ގޮތެއްގެ މަތީން
ޙުސައިން ޢާޠިފް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުންކަމާއި، އެގޮތުން 03 (ތިނެއް) ދުވަހުގެ މުއްދަތަށް
މިކޯޓުން ޙުސައިން ޢާޠިފް ބަންދުގައި ބެހެއްޓުމަށް
0
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަންޖެހޭ އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/7613(J(MD-145 ކޯޓު އަމުރުގައި ޝަރީޢަތުން
ގޮތެއް ނިންމަވަންދެން ލ. ގަން | މަތިމަރަދޫ. ވިލާ ޙުސައިން ޢާޠިފް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A315431} ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، މިއަދު، 11
ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ 14:35 އިން ފެށިގެން،
15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ
އޮފް ހޯމް އެފެއާރޒްއިން ކަނޑައަޅާ ތަނެއްގައި، ގަން | މަތިމަރަދޫ. ވިލާ ޙުސައިން ޢާޠީޕް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A315431} ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް
މިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ހައިކޯޓް