ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/321 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 21
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 321/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަލީ އަޙްމަދު
* އައި.ޑީ.ކާޑު
ކާޑު ނަންބަރު: A033020
ބަދަލުގައި: އދ. މައުމޫން މޫސާ، ސީސްޓަރ
ދާއިމީ އެޑްރެސް:
. ކުރެބްޓްރީ/ މާލެ
މިހާރުގެ އެޑްރެސް: ފ. ކުރެބްޓްރީ/ މާލެ
ހpވ
0
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ދާއިމީ އެޑްރެސް: ގ. އިރުފާ/ މާލެ
* އައި.ޑީ.ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް:
* ޕާޓީގެ ފަރާތުން: ޕާޓީގެ ވަގުތީ ލީޑަރ އަލްފާޟިލް މުޙައްމަދު ނަޝީދު ހ. ފޮއްދޫގެ، މާލެ
E
ރަޖިސްޓްރީ ކުރެވުނު
22 ޛުލްޤަޢިދާ 1433
08 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 30 ރަޖަބު 1435
29 މެއި 2014
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv
-
C/1875
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 31 އޮކްޓޯބަރ 2012
• ޤަޟިއްޔާ ނިމުނު ތާރީޚް: 15 މެއި 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/321
ދަޢުވާގެ ޚުލާޞާ
1875/Cv-C/2012
އެއްގޮތަށް
މިއީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ،
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ގ. ކުރެބްޓްރީ ޢަލީ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
4284
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ޅ. ކުރެބްޓްރީ ޢަލީ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
4344ށް
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ގ. ކުރެބްޓްރީ ޢަލީ އަޙްމަދުގެ ފަރާތުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)
އަށް ޅ. ކުރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ކުއްޔަށްދީފައިވާ މުއްދަތު ހަމަވެގެން
ދިއުމުންވެސް ތަން ހުސްނުކޮ
ޢިމާރާތުގެ ވެރިފަރާތާއި އެތަން ޙަވާލުކޮށްފައި ނުވާތީއާއި، އެތަނަށް ކުލި
ދައްކަމުން ނުދާތީ، އެއްބަސްވެފައިވާ ފަދައިން ކުއްޔަށްދީފައިވާތަން ހުސްކޮށް ޢިމާރާތުގެ ވެރިފަރާތާ އެތަން
ޙަވާލުކުރުމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ފަހުން ހިނގާ މުއްދަތަށް، މަހަކު -/30,000ރ.
(ތިރީސްހާސް ރުފިޔާ) ގެ މަގުން ކުލިއަދާކުރުމަށް އަންގައިދިނުމަށް އެދި ޢަލީ އަޙްމަދުގެ ފަރާތުން ދިވެހި
ކޮށް
ދިވެހިރާއްaގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/321
ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އަށް ދަޢުވާރައްދުވާ
و مری
2 ހޑ 2
03
ހުށަހެޅުމާލޭ
ބެލެވިފައިވާ މައްސަލައެއްކަން
ޑ
އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ގ. ކްރެބްޓްރީ ޢަލީ
އަޙްމަދު (ދ.ރ ކާޑު ނަންބަރު A033020) ގެ ފަރާތުން ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އަށް
ގ. ކްރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ކުއްޔަށްދީފައިވާ މުއްދަތު ހަމަވެގެން
ދިއުމުންވެސް ތަން ހުސްކޮށް ޢިމާރާތުގެ ވެރިފަރާތާއި އެތަން ޙަވާލުކޮށްފައި ނުވާތީއާއި، އެތަނަށް ކުލި
ދައްކަމުން ނުދާތީ، އެއްބަސްވެފައިވާ ފަދައިން ކުއްޔަށްދީފައިވާތަން ހުސްކޮށް ޢިމާރާތުގެ ވެރިފަރާތާއި އެތަން
ޙަވާލުކުރުމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ފަހުން މިހިނގާ މުއްދަތަށް، މަހަކު -/
30,000ރ.
(ތިރީސްހާސް ރުފިޔާ) ގެ މަގުން ކުލިއަދާކުރުމަށް އަންގާދިނުން އެދި ޢަލީ އަޙްމަދުގެ ފަރާތުން
ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ މައްޗަށް ކުޅި ދަޢުވާއަށް ބަލާއިރު،
ދަޢުވާއާއި ގުޅިގެން ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ކޯޓަށް ޙާޟިރުކުރަން ކުރެވުނު
މަސައްކަތުގެ ތެރެއިން އެފަރާތް ކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، މިމައްސަލަ ހިންގާފައިވަނީ ޢާންމުކޮށް
އިޢުލާނުކުރުމަށްފަހު، ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ، ގެ ޣައިރުޙާޝިރުގައި، ދަޢުވާއަށް ދިވެހިރައްޔިތުންގެ
ޕާޓީ (ޑީ.އާރް.ޕީ) ގެ ފަރާތުން އިންކާރުކުރާކަމަށް ބަލައިގެން ކަމާއި،
ޢަލީ އަޙްމަދާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އާދެމެދުގައި 1 ޖުލައި 2007 ދުވަހު
އެއްބަސްވުމެއްވެ، އެ އެއްބަސްވުމުގެ މުއްދަތު 30 ޖޫން 2012 ދުވަހު ހަމަވެފައިވާކަން ޝަރީޢަތަށް
ހުށަހަޅާފައިވާ ލިޔެކިޔުމުން އެނގެން އޮންނަކަމާއި، މިއެއްބަސްވުމުގެ ސަބަބުން އެއްބަސްވުމުގެ މުއްދަތުގައި
ގ. ކްރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ކުއްޔަށްދީފައިހުރީ ދިވެހިރައްޔިތުންގެ ޕާޓީ
(ޑީ.އާރް.ޕީ) އަށްކަން މަދަނީ މިންގަނޑުން ޘާބިތުވާހިނދު، އެއްބަސްވުމުގެ މުއްދަތަށްފަހު ކުލީ ފައިސާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 21
ދިނުމަކާއި ނުލައި ގ. ކްރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ދިވެހިރައްޔިތުންގެ ޕާޓީ
(ޑީ.އާރު.ޕީ ގެ ފަރާތުން ބޭނުންކުރަމުންދާތީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ ކިބައިން ކުލި
ނަގާދިނުމަށާއި، ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ ފަރާތުން އެތަން ހުސްކުރުމަށްފަހު އެތަން ޢަލީ
އަޙްމަދާއި ޙަވާލުކުރުމަށް އަންގާދިނުމަށް ޢަލީ އަޙްމަދުގެ ފަރާތުން އެދިފައިވީނަމަވެސް، އެއްބަސްވުމުގެ
މުއްދަތަށް ފަހުގައި ގ. ކްރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ދިވެހިރައްޔިތުންގެ ޕާޓީ
(ޑީ.އާރް.ޕީ) ގެ ފަރާތުން ބޭނުންކުރަމުންދާކަން، އަދި އެތަނަށް ކުލިދައްކަމުން ނުދާކަމުގައި ޢަލީ އަޙްމަދުގެ
ފަރާތުން ބުނާ ބުނުމުގެ އިތުރުން، އެކަން ޝަރީޢަތަށް ޘާބިތުކޮށްދިނުމުގެ ގޮތުން ޢަލީ އަޙްމަދުގެ ފަރާތުން
އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ހުށަހަޅާފައި ނެތަތީ، ދަޢުވާގައި އެދިފައިވާ ފަދައިން ޢަލީ އަޙްމަދާއި
ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާމެދު ގ. ކްރޭބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ
ފަންގިފިލާ ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުގައި އެތަން ދިވެހިރައްޔިތުންގެ ޕާޓީ
(ޑީ.އާރް.ޕީ) ގެ ފަރާތުން
އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ ފަރާތުން އެތަނަށް
ކުލި ދައްކަމުން ނުދާކަމުގައި ޘާބިތުވާކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި .ފީމެވެ"
މިފައިންނެވެ.
ބޭނުންކުރަމުންދާކަން
ޙުކުމްކޮށްފިމެވެ
13
4. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ކުރެބްޓްރީ ޢަލީ އަޙްމަދުގެ ފަރާތުން ފާހަގަކޮށް، ދިވެހިރާއްޖޭގެ
ހައިކޯޓުގައި ވާހަކަދައްކާފައިވަނީ އެއްމެ ނުކުތާއެއްގެ މައްޗަށް ކަމާއި، އެނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ
ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއާއި ފުށުއަރާ ގޮތަށް
ކަމުގައިވެފައި، އަދި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ
އަދުލުވެރިކަން ގެއްލޭގޮތަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/3 21
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1875 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، ކުރެބްޓްރީ ޢަލީ އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 * * *
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875
ޤަޟިއްޔާގައި
ކުރެބްޓްރީ ޢަލީ އަޙްމަދު ހުށަހަޅާފައިވާ ދަޢުވާއަކީ، ޅ. ކުރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ
ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ކުއްޔަށްދިނުމާގުޅޭގޮތުން ކުރެބްޓްރީ ޢަލީ އަޙްމަދާއި ދިވެހި ރައްޔިތުންގެ
ޕާޓީ (ޑީ.އާރް.ޕީ، އާދެމެދު ކުރެވިފައިވާ އެއްބަސްވުމުގައިވާ މުއްދަތު ހަމަވެގެން ދިއުމުންވެސް ތަންހުސްނުކޮށް
ޢިމާރާތުގެ ވެރިފަރާތާއި ތަން ޙަވާލުކޮށްފައިނުވާތީއާއި، އެތަނަށް ކުލި ދައްކަމުން ނުދާތީ، އެއްބަސްވުމުގައިވާ
ފަދައިން ކުއްޔަށްދީފައިވާތަން ހުސްކޮށް ޢިމާރާތުގެ ވެރިފަރާތާއި އެތަން ޙަވާލުކުރުމަށާއި، އެއްބަސްވުމުގެ
މުއްދަތު ހަމަވުމުގެ ފަހުން ހިނގާ މުއްދަތަށް މަހަކު -/
30,000ރ. (ތިރީސްހާސް ރުފިޔާ) ގެ މަގުން
ކުރިއަދާކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އަށް އަންގައިދިނުމަށް އެދި ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެއްކަން އެނގެންއޮންނަކަމާއި،
އެއްބަސްވުމުގެ މުއްދަތަށް ފަހުވެސް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ ފަރާތުން
. ކުރެބްޓްރީ އެވެ ކިޔާ ގޯތީގެ 1 ވަނަ ފަންގިފިލާ ބޭނުންކުރަމުންދާކަން އަދި އެތަނަށް ކުލި ދައްކަމުން
ނުދާކަމުގައި ބުނެ ހުށަހެޅި މިދަޢުވާ ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން ޢަލީ އަޙްމަދުގެ ފަރާތުން
އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ހުށަހަޅާފައިނުވާތީ، އެދަޢުވާގައި އެދިފައިވާ ފަދައިން ޢަލީ އަޙްމަދާއި ދިވެހި
ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އާދެމެދު ކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ މުއްދަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 21
ހަމަވުމަށްފަހުގައި އެތަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ ފަރާތުން ބޭނުންކުރަމުންދާކަމާއި އަދި
އެތަނަށް ކުލި ދައްކަމުން ނުދާކަމުގައި ޘާބިތުވާކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާ އެކޯޓުގައި ހިންގަވާފައިވަނީ
އެޤަޟިއްޔާގައި ދަޢުވާލިބުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ކޯޓަށް ޙާޟިރުކުރުމަށް ކުރެވުނު
މަސައްކަތުން ޙާޟިރުނުކުރެވުމުގެ ސަބަބުން، ޢާންމުކޮށް އިޢުލާނުކުރެއްވުމަށްފަހު ދިވެހި ރައްޔިތުންގެ ޕާޓީ
ޣައިރުޙާޟިރުގައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
ގެ
(ށ) ދެވަނަ ކަމަކީ، ގ. ކުރެބްޓްރީ 1 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމާގުޅޭގޮތުން، ، ގ. ކުރެބްޓްރީ
ޢަލީ އަޙްމަދާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އާ ދެމެދު 1 ޖުލައި 2007 ވަނަ ދުވަހު
އެއްބަސްވުމެ ވެފައިވާކަމާއި، މި
ބަސްވުމުގެ ދަށުން ކުރެބްޓްރީ 1 ވަނަ ފަންގިފިލާ ކުއްޔަށް
ދީފައިވަނީ މީލާދީ ގޮތުން 5 އަހަރު ދުވަހުގެ މުއްދަތަށް ކަމާއި،
ކުއްޔަށް
ފަރާތުން އިތުރު މުއްދަތަކަށް
ޢިމާރާތް ބޭނުންވާނަމަ އެއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ކުއްޔަށްދިންފަރާތަށް އެކަން
އަންގައި، ކުއްޔަށް ދިން ފަރާތުން ޢިމާރާތް ކުއްޔަށް ދޭން ގަސްތުކުރާނަމަ، ކުއްޔަށް ފަރާތަށް
އިސްކަން
ތިކަންދޭންވާނެކަމަށް އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެންއޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާ ޢަލީ އަޙްމަދުގެ ފަރާތުން އެކޯޓަށް
ހުށަހަޅާފައިވަނީ އިސްވެ ދެންނެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުންވެސް ދިވެހި ރައްޔިތުންގެ ޕާޓީ
(ޑީ.އާރް.ޕީ) އިން އެތަން ބޭނުންކުރަމުންދާކަމަށާއި އަދި ކުލި ދައްކަމުންނުދާކަމަށްބުނެ، 31 އޮކްޓޯބަރ 2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/321
ގައިކަން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1875 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައި ޢަލީ އަޙްމަދާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އާ
ދެމެދު އެއްބަސްވުމެއް ވުޖޫދުވެފައިވާކަން އެނގެންއޮންނަކަން މަދަނީ މިންގަނޑުން ޝަރީޢަތަށް
ސާބިތުކުރެވިފައިވާކަން ފާހަގަކުރައްވާފައިވާ ވުމަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އިން އެތަން
ބޭނުންކޮށްފައިވާކަން ޝަރީޢަތުން ބަލައިގަނެފައިވާކަން އެނގޭނެ ހެއްކެއްކަމަށާއި، އެހެންކަމުން ޝަރީޢަތުން
މައްސަލަ ނިންމެވުމުގައި މިފަދަ މައްސަލަތައް ނިންމެވުމުގައި ބަލަންޖެހޭ މިންވަރަށް ނުބައްލަވައި، ޤާނޫނު
ނަންބަރު 24/76 ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި ފުށުއަރާ ގޮތަށް މައްސަލަ ނިންމަވާފައިވާކަމަށާއި
އަދި އެނިންމެވުމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަށަވަރުކޮށްދީފައިވާ
ޢަދުލުވެރިކަން ގެއްލިގެން ގޮސްފައިވާކަމަށް ބުނެ ޢަލީ އަޙްމަދުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައިވަނީ، "ހަގީގަތެއް ސާބިތު
ވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް
ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި
ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް
އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ
އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ"
މިދައިންކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 21
ޢަލީ އަޙްމަދު ސިވިލް ކޯޓަށް ހުށަހެޅި މިޤައްޔާއަށް ބަލާއިރު، ޢަލީ އަޙްމަދު ހުށަހަޅާފައިވަނީ
މ. ކްރެބްޓްރީ 1 ވަނަ ފަންގިފިލާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އިން ކުއްޔަށް ހިފާފައިވާ މުއްދަތު
ހަމަވެގެން ދިއުމުންވެސް ޢިމާރާތް ހުސްކޮށް ޢިމާރާތުގެ ވެރިފަރާތާއި ޢިމާރާތް ޙަވާލުނުކުރުމާއި، އެއްބަސްވުމުގެ
މުއްދަތުގެ ފަހުން ޢިމާރާތް ބޭނުންކުރަމުންދާ ދުވަސްތަކަށް ކުލި ނުލިބުމުގެ މައްސަލަކަން އެނގޭކަމާއި،
404
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ އެކޯޓުގައި ހިންގަވާފައިވަނީ އެޤަޟިއްޔާގައި
ދަޢުވާލިބުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ކޯޓަށް ޙާޟިރުކުރުމަށް ކުރެވުނު މަސައްކަތުން
ޙާޟިރުނުކުރެވުމުގެ ސަބަބުން، ޢާންމުކޮށް އިޢުލާނުކުރެއްވުމަށްފަހު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ
ޣައިރުޙާޟިރުގައި ކަމަށްވާއިރު، އަދި މިގޮތަށް ދަޢުވާލިބޭ ފަރާތުގެ ޣައިރުޙާޟިރުގައި މައްސަލަ ހިންގަވައި،
ނިންމަވާ ޙާލަތްތަކުގައިވެސް، އެމައްސަލައަކާމެދު ކޯޓުން ގޮތެއް ނިންމަވާނީ، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި
ޤަރީނާގެ މައްޗަށް ރިޢާޔަތްކުރައްވައިގެންކަން އެނގޭއިރު،
OCX
މަދަނީ
ޚުސޫމާތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަން އެނގޭކަމާއި، ޢަލީ އަޙްމަދާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އާ ދެމެދު
ކުރެވިފައިވާ ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އިން
ޅ. ކުރެބްޓްރީ 1 ވަނަ ފަންގިފިލާ ބޭނުންކުރަމުންދާކަމާއި އެތަނަށް ކުލި ދައްކަމުންނުދާކަން ޝަރީޢަތަށް
ސާބިތުކޮށްދިނުމަށް ޢަލީ އަޙްމަދުގެ ފަރާތުން އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހަޅާފައިނުވާކަމާއި،
31 މާރޗް 2013 ވަނަ ދުވަހު ޢަލީ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް ދީފައިވާ ބަޔާނަށް
ބަލާއިރު އެތަން ހުސްކޮށްފައިވާކަން ނުވަތަ ނޫންކަން ޢަލީ އަޙްމަދަށް އެނގިފައި ނުވާކަން ދޭހަވާގޮތަށް ވާހަކަ
ދައްކާފައިވާކަން އެނގޭއިރު، 13 މެއި 2013 ގައި ޢަލީ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް ދީފައިވާ
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/321
ބަޔާނުގައި، މައްސަލައާއި ގުޅިގެން ހެއްކެއް ހުށަހަޅަން ނޭދޭކަމުގައި ބުނެފައިވުމުން، ޢަލީ އަޙްމަދުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ފުރުޞަތު ލިބި އެފުރުސަތު ދޫކޮށްލާފައިވާކަން
އެނގޭކަމާއި، އަދި ސިވިލް ކޯޓަށް ޢަލީ އަޙްމަދުގެ ފަރާތުން ހުށަހެޅި ކަންތައްތައް
ކަންތައްތައް ސާބިތުކުރުމަށް އެއްވެސް
ހެއްކެއް ހުށަހަޅާފައިނުވާނެކަމަށް، 26 ޑިސެމްބަރ 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައިވެސް ޢަލީ އަޙްމަދުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މީގެ އިތުރުން، ޢަލީ އަޙްމަދުގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާގެ
ތަފްސީލުގައި، ސިވިލް ކޯޓުން މިމައްސަލަ ނިންމެވި އިރު، ޢަލީ އަޙްމަދުގެ ފަރާތުން ހެކި ހުށަނާޅާކަމަށްބުނެ،
އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) ގެ ޣައިރުޙާޟިރުގައި މައްސަލަ ހިންގަވައި ނިންމެވިއިރު،
ޝަރީޢަތުގެ ފަރާތުން ތަން ހުރިގޮތް ނުބައްލަވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، ތަން ހުރިގޮތް
ބަލައިދިނުމަށްވެސް ޢަލީ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާކަން މިމައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓާއި އެރިޕޯޓާއެކު ހުށަހެޅިފައިވާ ބަޔާންތަކާއި ލިއުންތަކުން އެނގެން ނެތްކަމާއި،
އެހެންކަމުން،
މިނުކުތާގައި ފާހަގަކުރެވިދިޔަ ކަންކަން އެގޮތުގެމަތިން
އެގޮތުގެމަތިން ހުރިއިރު، ޢަލީ އަޙްމަދާއި
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އާ ދެމެދު އެއްބަސްވުމެއްވެ، އެއެއްބަސްވުމުގެ މުއްދަތުގައި
ގ. ކުރެބްޓްރީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތުގެ 1 ވަނަ ފަންގިފިލާ ކުއްޔަށްދީފައިހުރީ ދިވެހި ރައްޔިތުންގެ ޕާޓީ
(ޑީ.އާރް.ޕީ) އަށްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުކުރެވިފައިވުމަކީ، އެ އެއްބަސް
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އިން އެތަން ބޭނުންކުރަމުންދާކަމާއި، އެތަނަށް ކުލި ދައްކަމުން ނުދާކަން
މަދަނީ މިންގަނޑުން ސާބިތުވާ ކަމެއްކަމުގައި ބެލެވޭނެ
ނޫންކަމެވެ.
4
2 ހދ އމޑ 8
.ބަސްވުމަށްފަ02-
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/3 21
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1875 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް
އެދި ކުރެބްޓްރީ ޢަލީ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން
ނެތްކަމުގައެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1875 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފުކަމަށް ބަލާނެތަނެ
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
92އދ
ދ .4
ހއ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv