ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/221 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/221
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
· ޤަޟިއްޔާ ނަންބަރ:221/HC
-
A/2011
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޢާއިޝަތު ތައުފީޤް
* އައިޑީކާޑު ނަންބަރު: A075074
ދާއިމީ އެޑްރެސް: ރަންހިރި / މާލެ ، މިހާރުގެ އެޑްރެސް: ރަންހިރި | މާލެ
ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙައްމަދު ސަލީމް (A076835) ގ. ރަންހިރި / މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢާދިލް ތައުފީޤު
* އައިޑީކާޑު ނަންބަރު: A112678
* ދާއިމީ އެޑްރެސް: ހ. ހާޖަރާގެ / މާލެ * މިހާރުގެ އެޑްރެސް: ގ. ރަންހިރި ގޯތީގެ ހުޅަނގުބައި | މާލެ
ޤާނޫނީ ވަކީލް އަލްއުސްތާޛު ޢަލީ އިބްރާހީމް މަނިކު (A069545) ކަފުރުތޮޅިގެ / މާލެ
1.
17
E
ގުޅުނު ތާރީޚް: 28 އޯގަސްޓް 2011
ނިމުނު ތާރީޚް: 31 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު:
* ނަންބަރު:2011/Cv
-
C/1051 ޤަޟިއްޔާއާގުޅޭ ވަގުތީ އަމުރު
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 29 މެއި 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2011/HC-A/221
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއާ ގުޅިގެން ރަންހިރި،
ޢާއިޝަތު ތައުފީޤުގެ ފަރާތުން ނެރެދެއްވުމަށް އެދުނު ވަގުތީ އަމުރާމެދު ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ގ. ރަންހިރި، ޢާއިޝަތު ތައުފީޤް
(އައިޑެންޓިޓީކާޑު ނަންބަރު A075074) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލެވިފައިވާ
2
0222
ހެށުހމާން
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ހ. ހާޖަރާގޭ ޢާދިލް ތައުފީޤު (އައިޑެންޓިޓީކާޑު
ނަންބަރު A112678) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއާ ގުޅިގެން ޢާއިޝަތު ތައުފީޤުގެ
ފަރާތުން ނެރެދެއްވުމަށް އެދުނު ވަގުތީ އަމުރާމެދު ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ
ކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ގ. ރަންހިރި، ޢާއިޝަތު ތައުފީޤް (އައިޑެންޓިޓީކާޑު ނަންބަރު
A075074) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާގައި ޢާއިޝަތު ތައުފީޤްގެ ފަރާތުން
ނެރެދެއްވުމަށް އެދުނު ވަގުތީ އަމުރާމެދު އެކޯޓުން ނިންމެވި ގޮތަށް ބެލިއިރު، އެނިންމެވުމަކީ ސިވިލް ކޯޓުގައި
ހިނގަމުންދާ 2011/Cv
-
C/1011 ޤަޟިއްޔާއާ ގުޅިގެން އަލްމަރުހޫމް މުޙައްމަދު ތައުފީޤުގެ ތަރިކައިގެ
މައްސަލަ ޝަރީޢަތުން ނިންމެވުމުގެ ކުރިން ގ. ރަންހިރި، ކިޔާގޯތީގެ ހުޅަނގުބައިގައިވާ އިމާރާތްތަކަށް
އެއްވެސް ބަދަލެއް ނުގެނައުމަށާއި، މިހާރު ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ޢާދިލް ތައުފީޤުގެ މައްޗަށް
އަމުރުކޮށް ދިނުމަށާއި، ގ. ރަންހިރި، ކިޔާގޯތީގެ ހުޅަނގުބަޔަށް ޢާދިލް ތައުފީޤުގެ ނަމުގައި ވަކިން ކަރަންޓާއި
ފެނުގެ ޚިދުމަތްނުދިނުމަށާއި، އެއިން ޚިދުމަތެއް ޢާދިލް ތައުފީޤްގެ ނަމުގައި ދީފައިވާނަމަ، އެޚިދުމަތެއް
މިހިނދުން މިހިނދަށް މެދުކަނޑާލުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަށާއި، މޯލްޑިވްސް ވޯޓަރ އެންޑް
ސްވަރޭޖް ކޮމްޕެނީގެ މައްޗަށް އަމުރުކޮށް ދިނުމަށް ޢާއިޝަތު ތައުފީޤުގެ ފަރާތުން އެދި ހުށަހެޅި ކަންތައްތަކުގެ
ދިވެހިރާއްޖޭގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2011/HC-A/221
ހި2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްޗަށް ޝަރީޢަތުން ބެއްލެވުމަށްފަހު، ކަރަންޓާއި ފެނުގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވެފައި
ރަންހިރި، ކިޔާގޯތީގެ ރަޖިސްޓްރީގައި ޢާދިލް ތައުފީޤުގެ ނަން ނެތްކަމަށް އަމުރަށް އެދޭ ފަރާތުން
ބުނިނަމަވެސް، ޢާދިލް ތައުފީޤަކީވެސް އަލްމަރުހޫމް މުޙައްމަދު ތައުފީޤުގެ ވާރިޘުންގެ ތެރޭގައިހިމެނޭ
ފަރާތެއްކަމަށްވެފައި، އެގޮތުން ގ. ރަންހިރި ކިޔާގޯތީގައި ޢާދިލް ތައުފީޤުގެ ޙައްޤު ހިމެނޭކަމާއި، އަމުރުގައި
ދެން އެދިފައިވާ ކަމަކީ، ގ، ރަންހިރި ކިޔާގޯތީގައި ޢާދިލް ތައުފީޤު ކުރަމުންދާ މަސައްކަތް ހުއްޓުވައި ދިނުމުގެ
އަމުރަކަށްވެފައި، ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއަކީ މުޙައްމަދު
ތައުފީގެ ތަރިކައިގެ މައްސަލައަކަށް ނުވެފައި، އެޤަޟިއްޔާއަކީ މުޙައްމަދު ތައުފީޤުގެ ފަރާތުން ޢާދިލް
ތައުފީޤަށް ދައްކަންޖެހޭ ފައިސާއާއި ޢާދިލް ތައުފީޤުގެ ފަރާތުން ދައްކަންޖެހޭ ކަމަށްބުނާ ކުލީގެ ފައިސާ
ހަމަޖެއްސުމަށްއޮތް މައްސަލައެއްކަމުން ޢާދިލް ތައުފީޤު ރަންހިރި ކިޔާގޯތީގައި މަސައްކަތެއް ކުރާނަމަ،
އެމަސައްކަތެއް ހުއްޓުވުމުގެ އެއްވެސް މަސްލަހަތެއް އެޤަޟިއްޔާގެ މަޤްޞަދަށްޓަކައި، އޮތްކަމަށް ޝަރީޢަތަށް
އެދިފައިވާ ފަދައިން އަމުރެއް
ނެރެދެއްވޭނެ
ކަނޑައަޅުއްވައިކަން
އެނިންމެވުމަށް ބެލުމުން އެނގެން އޮވެއެވެ.
ނކޅގތ،
މ 04
04 ތ ދވ
#ނން.4ކމަށް
-03
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއާ ގުޅިގެން ޢާއިޝަތު ތައުފީޤުގެ
ފަރާތުން ނެރެދެއްވުމަށް
މަށް އެދުނު ވަގުތީ އަމުރާމެދު ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ
ހެބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ރަންހިރި، ޢާއިޝަތު ތައުފީޤުގެ ފަރާތުން ފަރާތުން 03
(ތިނެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ކަމަށްބު
3x
(ހ) ފުރަތަމަ ނުކުތާއަކީ: ރަންހިރި އަލްމަރުޙޫމް މުޙައްމަދު ތައުފީޤް، ހ. ހާޖަރާގެ
ޢާދިލް ތައުފީޤަށް ދައްކަވަންޖެހޭ ދަރަނި އަދާކުރައްވާ ނިންމެވުމަށްފަ
ށްފަހުގައި މެނުވީ މުޙައްމަދު ތައުފީޤްގެ
ތަރިކައެހުމަކީ، އަދި ކުރެވެން އޮތްކަމެއްނޫންކަމަށް
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
A2
/
01/97
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައި ވީހިނދު، މަދަނީ ކޯޓުގެ ނަންބަރު 1999/MC/417 ޤަޟިއްޔާގައި ޢާދިލް
ތައުފީޤަށް ދައްކަވަން އޮތް އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ދަރަންޏެއްކަމަށް ޙުކުމް ކުރައްވާފައިވާ
179,620.00ރ (އެއްލައްކަ ހަތްދިހަނުވާހާސް ހަސަތޭކަވިހި ރުފިޔާ) އަދާވެ ނިމިފައިވާކަމަށް ކަނޑައަޅުއްވައި
ދެއްވުން އެދިގެން، ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާގައި ނެރެދިނުމަށް
އެދިފައިވާ ވަގުތީ އަމުރަކީ ޝަރީޢަތުގެ ފަރާތުން ނެރެވިދާނެ އަމުރެއްތޯ ބެލިއިރު، ކަރަންޓާއި ފެނުގެ ޚިދުމަތަޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2011/HC-A/221
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަސާސީ ޚިދުމަތެއްކަމަށާއި، ޢާދިލް ތައުފީޤަކީވެސް އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ވާރިސުންގެ ތެރޭގައި
ހިމެނޭ ފަރާތެއް ކަމަށާއި، އެގޮތުން ގ. ރަންހިރި ކިޔާގޯތީގައި ޢާދިލް ތައުފީޤުގެ ޙައްޤު ހިމެނޭކަމަށް ވިދާޅުވެ،
އެދިފައިވާ ފަދައިން އަމުރެއް ނެރެދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައި އޮތުން ކަމަށްބުނެ ހުށަހެޅި
ނުކުތާ
(ނ) ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއަކީ
އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ތަރިކަ ބެހުމުގެ މައްސަލައަކަށް ނުވިނަމަވެސް، އަލްމަރުޙޫމް މުޙައްމަދު
ތައުފީޤުގެ ތަރިކަ ބެހެވެންއޮތީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާ ބަލާ
ނިމިގެންކަމަށްވީއިރު، ތަރިކައިގައި ހިމެނޭ ޅ. ރަންހިރި ކިޔާގޯތީގައިވާ އިމާރާތްތަކަށް ޢާދިލް ތައުފީޤު ބަދަލު
ގެންނަމުންދާކަމަށް ޢާދިލް ތައުފީޤު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީއިރު އަދި ތަރިކައިގެ މައްސަލަ ނިމުމުގެ
ކުރިން ތަރިކައިގައި ހިމެނޭ އިމާރާތްތަކަށް ބަދަލު ގެނައުމަކީ އޭގެ އަސްލު ގެއްލިގެން ހިގައިދާނެ ކަމެއްކަމަށް
ވީހިނދު، އަދި އެއީ އެކަމުގެ ސަބަބުން އިޔާދަ ނުކުރެވެނި ބޮޑު ގެއްލުމެއް ކުރިމަތިވެ ތަރިކައިގެ
މައްސަލައިގައި އަދާލަތު ޤާއިމު ކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެ ކަމެއްކަމަށް ވީހިނދު، ރަންހިރި
ކިޔާގޯތީގައި މަސައްކަތެއް ކުރާނަމަ އެމަސައްކަތެއް ހުއްޓުވުމުގެ އެއްވެސް މަސްލަޙަތެއް މިޤަޟިއްޔާގެ
މަޤުޞަދަށްޓަކައި އޮތްކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭކަމަށް ވިދާޅުވެ އެދިފައިވާ ފަދައިން އަމުރެއް
ނެރެދެއްވޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައި އޮތުންކަމަށް ބުނެ ހުށަހެޅި ނުކުތާ
ނ) ތިންވަނަ ނުކުތާއަކީ މިބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ކޯޓުން
ނެރެދެއްވުމުގައި ޢަމަލު ކުރަމުން އަންނަ ގޮތުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
24 3 24 2
4 ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއާ ގުޅިގެން ޢާއިޝަތު
ތައުފީޤުގެ ފަރާތުން އެދުނު ވަގުތީ އަމުރާމެދު ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފުވާ ކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ގ. ރަންހިރި، ޢާއިޝަތު ތައުފީޤުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން ޢާއިޝަތު ތައުފީޤުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ
ހ. ހާޖަރާގޭ ޢާދިލް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭޑީޑީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2011/HC-A/
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނިންމެވުމަކީ، އެކޯޓުން
ބައްލަވަމުން ގެންދަވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާގައި ވަގުތީ އަމުރެއް
ނެރެދެއްވުމަށް ޢާއިޝަތު ތައުފީޤުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާގުޅިގެން ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 1999/MC/417
ޤަޟިއްޔާ ނިންމެވި ފަހުން ފާއިތުވެދިޔަ 5 (ފަހެއް) އަހަރާއި 6 (ހައެއް) މަސްދުވަހު، ގ. ރަންހިރި ގޯތީގެ
ހުޅަނގުބައި ބޭނުންކޮށްފައިވަނީ ޢާދިލް ތަޢުފީޤު ކަމަށްވުމާއެކު އެދުވަސްތަކުގެ ކުލީގެ ގޮތުގައި ޢާދިލް ތަޢުފީޤު
396000.00ރ (ތިންލައްކަ ނުވަދިހަހަހާސް ރުފިޔާ) ގެ ތެރެއިން މަދަނީ ކޯޓުގެ ނަންބަރު 1999/MC/417
ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން 179,620.00ރ (އެއްލައްކަ ހަތްދިހަނުވާހާސް
ހަސަތޭކަވިހި ރުފިޔާ) ކެނޑުމުން ޢާއިޝަތު ތައުފީޤުގެ ބައްޕަ އަލްމަރުޙޫމް މުޙައްމަދު ތައުފީޤު ދައްކަވަން އޮތް
ދަރަނި ޚަލާސްވެ ނިމިއްޖެކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، ކުލީގެ ގޮތުގައި (31 އޮކްޓޯބަރ 2005 އިން
30 އޭޕްރީލް 2011އަށް) ޢާދިލް ތަޢުފީޤުގެ ފަރާތުން އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ވާރިސުންނަށް
ލިބެންޖެހޭ 216,380.00ރ (ދެލައްކަ ސޯޅަހާސް ތިންސަތޭކަ އައްޑިހަ ރުފިޔާ) ދެއްކުމަށް ކަނޑައަޅުއްވައި
ދެއްވުމަށާއި، މައްސަލަ ޝަރީޢަތުން ނިންމެވުމާ ހަމައަށް ޢާދިލް ތަޢުފީޤު އިމާރާތް ބޭނުންކުރާނަމަ،
އެދުވަސްތަކުގެ ކުލީގެ ފައިސާވެސް ހޯއްދަވައި ދެއްވުމަށާއި، ރަންހިރި ގޯތީގެ ހުޅަނގުބަޔަށް ޢާދިލް
ތައުފީޤުގެ ނަމުގައި ވަކި ކަރަންޓް މީޓަރާއި ވަކި ފެން މީޓަރު ލުމަށާއި، އެބައިގައި ކޮޓަރިތަކެއް ހެދުމަށް
ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމުގެ އަމުރެއް ނެރެދެއްވު އެދި ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަން
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ރަންހިރި މުޙައްމަދު ތައުފީޤު ދުނިޔޭގައި ހުރެގެން އޭނާއާއި، އޭނާގެ
ދަރިފުޅު މ. މަލާގާ ޢާދިލް ތައުފީޤު ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ގ. ރަންހިރި ގޯތީގައި ޢާދިލް
ތައުފީޤު ހަދާފައިވާ އިމާރާތްތަކާއި ތަންތަނުގެ އަގެއްގެ ގޮތުގައި ޢާދިލް ތައުފީޤަށް މުޙައްމަދު ތަޢުފީޤު
ދައްކަންޖެހޭ ދަރަނީގެ މިންވަރަކީ 899,620.00ރ ( އައްލައްކަ ނުވަދިހަނުވާހާސް ހަސަތޭކަ ވިހި ރުފިޔާ)
ކަމާއި، އޭގެ ތެރެއިން ރަންހިރި ހުޅަނގުބައި ޢާދިލް ތައުފީޤު ބޭނުންކުރަމުން ގެންދިޔަ 10 (ދިހައެއް)
އަހަރަށް މިޘާލީ ގޮތުގައި މަހަކަށް 6,000.00ރ (ހަހާސް ރުފިޔާ) ގެ މަގުން 120 (ސަތޭކަކީކީ
ގިh
2
8
2 ބ 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2011/HC-A/221
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަހަށްވާ 720,000.00ރ (ހަތްލައްކަ ވިހިހާސް ރުފިޔާ) ކެނޑުމުން ބާކީވާ 179,620.00ރ (އެއްލައްކަ
ހަތްދިހަނުހާސް ހަސަތޭކަ ވިހި ރުފިޔާ) އަކީ އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ 14 (ސާދަ) ވާރިސުންގެ
ތެރެއިން ދަރަނި އަދާކުރުމަށް ބޭނުންވާ މީހުން ދައްކަންއޮތް ދަރަންޏެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު
1999/MC/417 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައި އޮންނަކަމާއި، އަދި އެޤްޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 7/HC
-
A/2006 ޤަޟިއްޔާއިން ތާއީދުކުރައްވާފައި އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ތަރިކައިގެ މައްސަލަ ޝަރީޢަތުން އަދި
ބައްލަވާފައިނުވާކަން މިމައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނައިރު،
އަލްމަރުޙޫމް މުޙައްމަދު ތައުފީޤު، ޢާދިލް ތައުފީޤަށް ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ދަރަނި ޚަލާޞްކުރުމުން
މެނުވީ، މުޙައްމަދު ތައުފީޤުގެ ތަރިކަ ބެހުމަކީ ކުރެވެން އޮތްކަމެއްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު HC
-
A2
/
1/97 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމާއި އަދި އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއްނައިސް އެގޮތުގައި ދެމިއޮތްކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ޢާއިޝަތު ތައުފީޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސިވިލް
ކޯޓުގެ ނަންބަރު 2011/Cv-C/1011 ޤަޟިއްޔާގައި ބައްލަވަމުން ދާ މައްސަލަ ޝަރީޢަތުން ނިންމެވުމާ
ހަމައަށް ޢާދިލް ތަޢުފީޤު ރަންހިރި ހުޅަނގުބައިގެ އިމާރާތް ބޭނުންކުރާނަމަ، އެތަން ބޭނުންކުރާ
ދުވަސްތަކުގެ ކުލީގެ ފައިސާވެސް ހޯއްދަވައި ދެއްވުމަށް އެދިފައިވާއިރު، ގ. ރަންހިރި ގޯތީގެ ހުޅަނގުބައިގައި
ކަރަންޓާއި ފެންފަދަ ޝަރޫރީ ގެ ފުރިހަމަވެފައި، ހުންނަން ޖެހޭނެކަމަށް ޤަބޫލުކުރެވޭކަމެވެ.
22
22 ހތ
149
032
xތ ﷲ22
22 ހދ
އަނކޮމެންނަކަމަށް
(.) ފަސްވަނަ ކަމަކީ: އަލްމަރުހޫމް މުޙައްމަދު ތައުފީޤުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ޚަލާޞް
ކުރުމުންނޫނީ، މުޙައްމަދު ތައުފީޤުގެ ތަރިކަ ބެހުމަކީ ކުރެވެން
ޝަރީޢަތުން
ކަނޑައަޅުއްވާފައިވުމާއެކު، މިހާރު ސިވިލް ކޯޓަށް ހުށަހެޅި، އެކޯޓުގެ ނަންބަރު 2011/Cv
-
C/1011
ޤަޟިއްޔާގައި ބައްލަވަމުން ގެންދަވާ މައްސަލައަކީ، އަލްމަރުޙޫމް މުޙައްމަދު ތަޢުފީޤުގެ ތަރިކަ ބެހުމާއި
ސީދާގޮތުން ގުޅުމެއްނެތް މައްސަލައެއް ކަމަށްވިޔަސް، އެމައްސަލައަކީ އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ
ތަރިކައާ ނުސީދާ ގޮތެއްގައި ގުޅުން ހުރި މައްސަލައެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީއާއި، ޝަރީޢަތުން
ބަލަމުންގެންދާ މައްސަލައެއްގައި ޙުކުމްކުރެވޭ އިރު، އެމައްސަލައިގެ އަޞްލު ނެތިގެން ހިގައިދާނެކަމަށް ނުވަތަ
އަގަށް ބަދަލެއް އަތުވެދާނެފަދަ ކަމެއް މެދުވެރިވެދާނެ ފަދަ ހާލަތްތަކުގައި މައްސަލައިގެ
2
xމޏ
4
31
ހައިވޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2011/HC-A/221
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2x 0x4
ہی میں کمی کر ہی
ދެމެހެއްޓުމަށްޓަކައި، ވަގުތީ އަމުރު ކުރުމަކީ ޝަރީޢަތުން އަމަލުކުރަމުން ގެންދާ އުޞޫލެއް
ކަމަށްވާއިރު، އަލްމަރުޙޫ
ރުޙޫމް މުޙައްމަދު ތައުފީޤުގެ ތަރިކައިގެ މައްސަލަ ޝަރީޢަތުން ވަކިގޮތަކަށް ނުނިންމަވައި
ވަނިކޮށް އެތަރިކައިގައި ހިމެނޭ ގ. ރަންހިރި ގޯތީގައިވާ އިމާރާތްތަކަށް ބަދަލު ގެނައުމަކީ އޭގެ އަޞްލު
ނެތިގެން ހިގައިދާނެކަމެއްކަމަށް ޤަބޫލުކުރެވޭތީ، އަލްމަރުޙޫމް މުޙައްމަދު ތައުފީޤުގެ ތަރިކައިގެ މައްސަލަ
ވަކިގޮތަކަށް ޝަރީޢަތުން ނިންމަވަންދެން އެމަރުޙޫމުގެ ތަރިކައިގައި ހިމެނޭ ރަންހިރި ހުޅަނގުބައިގެ
އިމާރާތްތަކަށް، އެމަރުޙޫމުގެ ވާރިސުންގެ ނުރުހުމުގައި، އެއްވާރިސަކަށް ބަދަލު ގެނެވޭ ގޮތަށް ދޫކޮށްލެވިފައި
އޮތުމަކީ އެމަރުޙޫމްގެ އެހެން ވާރިސުންގެ ޙައްޤަށް އުނިކަން ލިބޭނޭކަމެއްކަމަށް ޤަބޫލުކުރެވޭތީ، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެދެއްވުމަށް ޢާއިޝަތު ތައުފީޤުގެ ފަރާތުން
ހުށަހެޅި ހުށަހެޅުމާގުޅިގެން އެކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވޭކަމެވެ.
...
}}2 2
ނިންމެވުމެޤް
OX7
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1011 ޤަޟިއްޔާގައި ނެރެދެއްވުމަށް ޢާއިޝަތު ތައުފީޤުގެ ފަރާތުން އެދުނު ވަގުތީ
އަމުރާމެދު އެކޯޓުން ނިންމެވި އިމާރާތަށް ބަދަލުނުގެނައުމަށް އަމުރުކުރެވޭނެ ތަނެއްނެތްކަމަށް
ކަނޑައަޅުއްވާފައިވާ ބައި ބާޠިލުކޮށް، އަލްމަރުހޫމް މުޙައްމަދު ތައުފީޤުގެ ތަރިކައިގެ މައްސަލަ ވަކިގޮތަކަށް
ނިންމެވުމުގެ ކުރިން، އަލްމަރުހޫމް މުޙައްމަދު ތައުފީޤުގެ ވާރިސުންގެ ރުހުމާއިނުލައި، އަލްމަރުޙޫމް މުޙައްމަދު
ތައުފީޤުގެ ތަރިކައިގެ ތެރޭގައި ހިމެނޭ ރަންހިރި ކިޔާގޯތީގެ ހުޅަނގުބައިގައި ހިމެނޭ އިމާރާތްތަކާއި
ތަންތަނަށް އެއްވެސް ބަދަލެއް ނުގެނައުމަށް . ހާޖަރާގޭ ޢާދިލް ތައުފީޤަށް އަންގައި އަމުރުކޮށްފީމެވެ.
މިޤަޟިއްޔާ ބަވައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީ
އަޙްމަދު ޝަރީފް
އިސް ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv