ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/201 ޤަޟިއްޔާގެ ޙުކުމް
1
2{{08/HC-A/201
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 201/HC
-
A/2008
• އިސްތިއުނާފް ކުރިފަރާތް:
* ނަން: އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު:26
/
95-C
ދާއިމީ އެޑްރެސް: ލ. ހުޅުގަލި ދެވަނަ ފްލޯރ / މާލެ * މިހާރުގެ އެޑްރެސް: ފ. ކުރެދިމާގެ/ މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ކ. ތިލަފުށި
ތިލަފުށި
* ހުށަހެޅުނު ތާރީޚް: 09 ޖުލައި 2008 * ނިމުނު ތާރީޚް: 27 ފެބްރުއަރީ 2013
*
މިހާރުގެ އެޑްރެސް:
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު:2008/MC/343
* ކޯޓު: މަދަނީ ކޯޓު
*ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ތާރީޚް: 04 ޖޫން 2008
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢައްބާސް
ރާއްޖޭގެ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ
ނިމުނު
2{{08/HC-A/201
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
0
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
4 22
C
ފާހަގަކުރެވުނު ނުކުތާތައް:
1- މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
0 2
<< O
2- މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓެއްކަމުގައިވާ
"ޑްރީމް ވޮނޭޖަރ" އެހެލުމަށް ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި
އެދުމުން އެކުންފުނިން ދިން 001082
/
06/GCSC ނަންބަރު ކޯޓޭޝަނަށް އެއްބަސްވެ އުޅަނދު
އެހެލުމަށްފަހު، އުޅަނދު މަރާމާތްކޮށް ނިމެމުންދަނިކޮށް އެކުންފުނިން ދިން ކޯޓޭޝަނާއި ޚިލާފަށް ޑީލާ328 )
99
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮ
2{{08/HC-A/201
کی عمری
ދެވެ
xc
އިންވޮއިސެއް ލިޔެ، 2008 ފެބްރުއަރީ 07 ގައި ފެކްސްކޮށް ފޮނުވުމުން، އެއީ އަކުއާ ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އެއްބަސްވިގޮތާއި ޚިލާފަށް ފޮނުވާފައިވާ އިންވޮއިސްއެއް ކަމަށްވާތީ، ދެފަރާތުގެ
ދެމެދުގައި އެއްބަސްވެފައިވާ 2006 ޑިސެމްބަރު 06 ގައި ގަލްފް ކްރާފްޓުން ދިން ކޯޓޭޝަންނޫން ގޮތަކަށް
ފައިސާ ނުދައްކާނެކަމަށް ބުނުމުން ޔޮޓް ބާލައި ނުދީ ހިފަހައްޓަފައިވާތީ، ޔޮޓް ބޭލުމުގެ އަވަސް ނިޔާއަކަށް
އެދިގެންނާއި، އަދި ޔޮޓް އެހެލައި ބޭލުމަށް ގަލްފް ކްރާފްޓުން ދިން ކޯޓޭޝަނާއި ޚިލާފުވެ ޔޮޓް ބާލައި
އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިނުވާތީ، ޔޮޓްގެ މަސައްކަތް ނިމި، ޔޮޓް
ހަވާލުކުރަންޖެހޭ ދުވަސްކަމުގައިވާ 2008 ފެބްރުއަރީ 10 ވަނަ ދުވަހުން ފެށިގެން ޔޮޓް ބާލައި، އަކުއާ
ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރާ ދުވަހާއި ހަމައަށް ނުވަތަ މައްސަލައިގެ ޙުކުމް ކުރާ
ދުވަހާއި ހަމައަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި
ދުވާލަކަށް 3,157.00$US (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް ޔޫ.އެސް ޑޮލަރ) ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ނަގައި ދެއްވުމަށާއި، ދެފަރާތުގެ ދެމެދު އެއްބަސްވެފައިވާ، 001082
/
06/GCSC (06
ޑިސެމްބަރު 2006) ނަންބަރު ކޯޓޭޝަންގައިވާ ރޭޓުން ގަލްފް ކްރާފްޓަށް ދައްކަންޖެހޭކަމަށް އަކުއާ
ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކުރާ 43,910.50$US (ސާޅީސް ތިންހާސް
ނުވަސަތޭކަ ދިހައެއް ޕޮއިންޓް ފަހެއް ސުމެއް ޔޫ.އެސް ޑޮލަރ) ޝަރީޢަތް މެދުވެރިކޮށް ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ދެއްވުންއެދި، އަކުއާ ން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރު
ކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
ހ(4
ލިމިޓެޑުގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ސަން މޯލްޑިވްސް ޕްރައިވެޓް
ޔޮޓް "ޑްރީމް ވޮޔޭޖަރ" ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ބޯޓްޔާޑަށް އެހެލާފައިހުރި ދުވަސްތަކަށް ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް
¢ ¢3
4 ޤަޟިއްޔާ ނިމުނު "
2{{8/HC-A/201
کمک مي مي
0 0
ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެއުޅަދަށް ދިން ޚިދުމަތުގެ އަގަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން، ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ
US
$
52,471.03 (ފަންސާސްދެހާސް ހަތަރުސަތޭކަ ހަތްދިހަ އެކެއް ޕޮއިންޓް ސުމެއް ތިނެއް ޔޫއެސް
ޑޮލަރ), ގެ ތެރެއިން ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މި އުޅަނދު ބަލައި ނުދިނުމުގެ ސަބަބުން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ
ބަދަލުގެ ގޮތުގައި ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ 16,524.00$US (ސޯޅަހާސް ފައްސަތޭކަ
ސައުވީސް ޔޫއެސް ޑޮލަރ) އުނިކުރުމުން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއަކީ 35,947.03$US
(ތިރީސްފަސްހާސް ނުވަސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ސުމެއް ތިނެއް ޔޫއެސް ޑޮލަރ)ކަން ޝަރީޢަތަށް
ސާބުތުވެއްޖެކަމަށް ކަނޑައަޅުއްވައި، އެފައިސާ ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓަށް ޖަމާކޮށްފައިވާ 43,910.50$S (ސާޅީސް ތިންހާސް
ނުވަސަތޭކަ ދިހައެށް ޕޮއިންޓް ފަހެއް ސުމެއް
ޑޮލަރ)
ތެރެއިން
US
$
35,947.03 (ތިރީސްފަސްހާސް ނުވަސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ސުމެއް ތިނެއް ޔޫއެސް
ޑޮލަރ)، ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބި ދެވޭނެކަމަށާއި،
އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓަށް ޖަމާކޮށްފައިވާ ފައިސާއިން މިޢަދަދު
އުނިކުރުމުން ބާކީވާ 7,963.47$US (ހަތްހާސް ނުވަސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓް ހަތަރެއް
ހަތެއް ޔޫއެސް ޑޮލަރ) އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ޙުކުމް ކުރައްވައިކަން،
ޔޫއެސް
ގެ
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{8}HC-A/21
5 ޤަޟިއްޔާ ނިމުނު ގޮތުގެ
3- މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާ އެކޯޓުން
ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިގަނޑު 07 (ހަތެއް) ނުކުތާއެއް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާ
ދެވަނަ ބައިގައި ހޯދުމަށް އެދިފައިވާ ޔޮޓް ބާލައި ނުދީ ހިފެހެއްޓުމުން އަކުއާ ސަނަށް ދުވާލަކު ގެއްލުންވާ
ފައިސާގެ ތެރެއިން ޔޮޓް ޑްރީމް ވޮޔޭޖަރގެ ޗާޓަރަށް ދުވާލަކަ
ވާލަކަށްޖެހޭ ޢަދަދު ނުލައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ތިލަފުށީ ބޯޓް ޔާޑަށް އެހެލި އަކުއާ ސަންގެ ޔޮޓު "ޑްރީމް ވޮނޭޖަރ" ގެ މަރާމާތު ނިމި ބާލަން
ޖެހޭ ދުވަސްކަމުގައިވާ 2008 ފެބްރުއަރީ 10 ވަނަ ދުވަހު ބާލައި ނުދީ ހިފެހެއްޓުމުން ޔޮޓު ބާލައި ނުދީ
ހުންނަ ކޮންމެ ދުވަހަކަށް އަކުވާ ސަނަށް ގެއްލުންވާ 3,157.00$US (ތިންހާސް އެއްސަތޭކަ ފަންސާސް
ހަތެއް ޔޫ އެސް ޑޮލަރ) ދައްކަންޖެހޭނެ ކަމަށް 2008 ފެބްރުއަރީ 12 ވަނަ ދުވަހު ލިޔެ، ހަމައެދުވަހު
ގަލްފް ކްރާފްޓަށް ސިޓީއަކުން އަންގާފައި ވަނިކޮށްވެސް، ދަޢުވާގައި ހޯދުމަށް އެދިފައިވާ މިފައިސާގެ
ތެރެއިން އަކުވާ ސަނަށް ދުވާލަކަށް ގެއްލުންވާ ފައިސާގެ ތެރެއިން ޑްރީމް ވޮނޭޖަރގެ ޗާޓަރަށް
ދުވާލަކަށްޖެހޭ އަދަދާއި، ބޯޓުގެ މުވައްޒަފުންނަށް ދުވާލަކަށް ޖެހޭ ޖުމްލަ ޚަރަދުގެ ތެރެއިން ވަރަށްބޮޑު
ޢަދަދެއް ނުލައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް: !3647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-A/21
6 ޤަޟިއްޔާ ނިމުނު ގޮ
مری
ލީ
(ނ) ތިންވަނަ ނުކުތާއަކީ: 2006 ޑިސެމްބަރު 18 ވަނަ ދުވަހަކީ ޔޮޓް މަރާމާތު
ކުރުމަށްޓަކައި ދަތުރުތައް ހުއްޓާލައި ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ތިލަފުށީ ސްލިޕްވޭ އަށް ޔޮޓު މަރާމާތަށް އެހެލުމަށް 2006 ޑިސެމްބަރު 06 ވަނަ ދުވަހު
ކޯޓޭޝަން ހޯދުމަށްފަހު، 2006 ޑިސެމްބަރު 06 ވަނަ ދުވަހުން ފެށިގެން 2007 މެއި 23 ވަނަ ދުވަހާއި
ހަމައަށް ޔޮޓް އެހެލުމަށް ސްލިޕްވޭގެ ޖާގައަށް އިންތިޒާރު ކޮށްގެން އެހެލުމަށް ތައްޔާރީގައި އޮތް
ދުވަސްތަކުގެ ތެރެއިން ހިމެނޭ ދުވަހެއްކަމަށްވެފައި، މިދުވަސްތަކަކީ ދަތުރު ނުކޮށް މަރާމާތަށް އެހެލުމަށް
ތައްޔާރީގައި އޮތް ދުވަސް ތަކެއްކަން ކަނޑައެޅިގެން އެގެން އޮތްއިރުވެސް، މިދުވަސް ތަކުގައި ގެސްޓުން
އަރުވައިގެން ދަތުރުކުރިކަން އެނގެންނެތް ކަމަށް ވިދާޅުވެ، ބޯޓު ބާލައި ނުދީ ހިފެހެއްޓުމުން އަކުވާ
ސަނަށް ދުވާލަކު ގެއްލުންވާ ފައިސާގެ ތެރެއިން ޑްރީމް ވޮޔޭޖަރގެ ޗާޓަރަށް ދުވާލަކަށްޖެހޭ ޢަދަދު ނުލައްވާ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ތިލަފުށީ ބޯޓް ޔާޑަށް އެހެލި އަކުއާސަންގެ ޔޮޓު "ޑްރީމް ވޮނޭޖަރ"ގެ މަރާމާތް ނިމި
ބާލަން ޖެހޭ ދުވަސްކަމުގައިވާ 2008 ފެބްރުއަރީ 10 ވަނަ ދުވަހު ބާލައި ނުދީ ހިފެހެއްޓުމުން ޔޮޓު ބާލައި
ނުދީ ހުންނަ ކޮންމެ ދުވަހަކަށް މި ކުންފުންޏަށް ގެއްލުންވާ 3,157.00$US (ތިންހާސް އެއްސަތޭކަ
ފަންސާސް ހަތެއް ޔޫ އެސް ޑޮލަރ) ދައްކަންޖެހޭނެކަމަށް
ކަމަށް 2008 ފެބުރުއަރީ 12 ވަނަ ދުވަހު ލިޔެ
2008 ފެބްރުއަރީ 12 ވަނަ ދުވަހު ގަލްފްކްރާފްޓަށް ފޮނުވި ސިޓީން އެކުންފުންޏަށް އަންގާފައި
ވަނިކޮށްވެސް އަދި އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކޮއްފައިވަނިކޮށް، ބޯޓު ބާލައިނުދީވަނީ ދެފަރާތުގެ
ދެމެދުގައި ޚިލާފު އުފެދިގެންކަމަށް ފާހަގަކުރެވޭ ނުކުތާ ތަކުގައި ޤާޟީ ވިދާޅުވެ، ކޯޓުން ނެރުއްވާފައިވާ
ވަގުތީ އަމުރު ނެރުމާ ހަމަޔަށް، އެދުވަސްތަކަށް އަކުވާ ސަން މޯލްޑިވަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތު
ފ ދ ތ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 16471/، ދިވެހިންގެ
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޕްރައިވެޓް ލިމިޓެޑުން 2007 ޑިސެމްބަރު 31 ގެ ތާރީޚު ގައި ލިޔެފައިވާ ބިލް، އަކުއާ ސަން މޯލްގެ ހައި
2{{08/HC-A/2[31
7 ޤަޟިއްޔާ ނިމުނު ގޮ
کی مرگی
=32
އެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ފާހަގަ ކުރެވުނު ނުކުތާތަކުގައި
ވިދާޅުވެ އެދުވަސްތަކަށް ފައިސާ ނުލައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ބ) ފަސްވަނަ ނުކުތާއަކީ: 001082
/
06/GCSC ނަންބަރު ކޯޓޭޝަނުގައިވާ
އަގުތައް ދީފައިވަނީ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް ބަލައިގެން
ކަމަށްވިޔަސް އެމުއްދަތު ހަމަވުމުން އެހެން ރޭޓަކުން އަގު ނެގޭކަން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް، ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަންގާފައި ނުވާ
ދުވަސްތަކެއްގައި އަގު ނެގޭނީ 001082
/
06/GCSC ނަންބަރު ކޯޓޭޝަން ގައި ރޭޓުން ކަމަށް ޙުކުމް
ގެ 03 ވަނަ ޕެރެގްރާފްގައި ޤާޟީ ވިދާޅުވެ، 001082
/
06/GCSC ނަންބަރު ކޯޓޭޝަނުގައިވާ ރޭޓާއި
ޚިލާފަށް މާބޮޑު އަގެއް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ޙުކުމް ކުރައްވާފައިވާކަމަށާއި އަދި
ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 2007 ޑިސެމްބަރު 31 ގެ
ތާރީޚު ގައި ލިޔެފައިވާ ބިލަކީ ހަމަ އެދުވަހު އަކުއާ ސަނަށް ލިބިފައިވާ ބިލެއްކަމަށް ބައްލަވައި 2007
ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހަށް ލިފްޓިންގ ޗާރޖް ފިޔަވައި އެހެން
ކަންކަމަށް އަގު ދޭންޖެހެނީ އިންވޮއިސްގައިވާ ރޭޓުން ކަމަށް ޙުކުމުގެ 04 ވަނަ ޕެރެގްރާފްގައި ވިދާޅުވެ
އެކަންކަމަށް އިންވޮއިސްގައިވާ އުސޫލުން ފައިސާ ހިމަނައިގެން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ލ) ހަވަނަ ނުކުތާއަކީ: ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވަނީ 2008 ފެބްރުއަރީ 07 ވަނަ ދުވަހުގެ 17:17 ގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮ
2{{8/HC-A/201
کی عمری
ކަމަށްވެފައި، މިވާހަކަ 2008 އޭޕްރީލް 02 ދުވަހު އޮތް ޝަރީޢަތުގެ މަޖުލީހަށް ހުށަހަޅާފައިވާއިރުވެސް އެ
ބިލް އަކުއާ ސަނަށް ލިބުނު ތާރީޚަށް ބެއްލެވުމެއް ނެތި ހަމައެކަނި ބިލްގައިވާ ތާރީޚަށް ބައްލަވާ 2007
ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން 30 ދުވަހަށް ލިފްޓިންގ ޗާރޖް ފިޔަވައި އެހެން ކަންކަމަށް އަގު
ދޭންޖެހޭނީ އިންވޮއިސްގައިވާ ރޭޓުން ކަމަށް ޙުކުމުގެ 04 ވަނަ ޕްރެގްރާފުގައި ވިދާޅުވެ އެކަންކަމަށް
އިންވޮއިސްގައިވާ އުޞޫލުން ފައިސާ ހިމަނައިގެން އަކުއާސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން،
ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ކ) ހަތްވަނަ ނުކުތާއަކީ: މައްސަލަ ބެއްލެވުމުގައި އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ހައްޤުތަކަށް ރައްކައުތެރި ވެފައި ނުވުމާއި، ޢަދުލުވެރިކަން ޤާއިމްވެފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ
4- މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަކުއާ
ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން އަކުއާ
ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: !231647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
"ދިވެހިއްޖެ
2{{8/HC-A/201
9 ޤަޟިއްޔާ ނިމުނު ގޮ
ދެވެ
4xވ
ورع تر
22
2 ހއ
ޓެޓަޔާޑަށް
(ހ) ފުރަތަމަ ކަމަކީ: ތިލަފުށީގައި އޮންނަ ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓުޔާޑަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓް "ޑްރީމް
އެހެލައި ބޭލުމުގެ ޚިދުމަތް ދިނުމާބެހޭ ގޮތުން، ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެންމެ ފުރަތަމަ
ދިން ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ނަންބަރ
001080
/
06/GCSC ކޯޓޭޝަނަކީ ލަކުޑި އުޅަނދެއް އެހެލާ ބޭލުމަށް ދީފައިވާ ކޯޓޭޝަނެއް ކަމަށާއި،
ނަމަވެސް "ޑްރީމް ވޮނޭޖަރ" އަކީ ސްޓީލް އުޅަނދަކަށްވާތީ އެކޯޓޭޝަން ބާޠިލް ކުރުމަށްފަހު، ދިން
ނަންބަރު 001081
/
06/GCSC ކޯޓޭޝަނުގައިވާ އަގުތައް ރިވައިސް ކުރުމަށްފަހު، ނަންބަރު
001082
/
06/GCSC ކޯޓޭޝަން ދީފައިވާކަން އެނގޭކަމާއި، ޑްރީމް ވޮނޭޖަރ ތިލަފުށީ
އެހެލިއިރު އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވަނީ ނަންބަރު 001082
:
06}GCSC ކޯޓޭޝަނުގައިވާ
އަގުތައްކަން އެނގޭކަމާއި، އެކޯޓޭޝަނުގައިވާ ގޮތުގެ މަތިން ޑްރީމް ވޮނޭޖަރ ބޯޓުޔާޑަށް އެހެލައިގެން
އެބޯޓުގެ މަސައްކަތްކޮށް ނިމުމާ ހަމައަށްވެސް، ނަންބަރު 001082
/
06/GCSC ކޯޓޭޝަނުގައިވާ އަގުތައް
ބަދަލުކޮށް އިތުރު ކޯޓޭޝަނެއް ނުވަތަ އެކޯޓޭޝަނުގައިވާ އަގުތަކަށް ބަދަލު އައިކަމެއް ނުވަތަ
އެކޯޓޭޝަނުގައިވާ އަގަށް ޚިދުމަތް ނުދެވޭނެކަމަކަށް ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެން
ނެތްކަމާއި،
ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
001082
/
06/GCSC ކޯޓޭޝަނުގައި އަގުތަށް ދީފައިވަނީ 45 (ސާޅީސްފަހެއް) ދުވަހުން މަސައްކަތް
ނިމޭނެކަމަށް ބަލައިގެން ކަމަށްވީނަމަވެސް، އެމުއްދަތު ހަމަވިފަހުން ވެސް އެޔޮޓުގެ މަސައްކަތް ތިލަފުށީ
ބޯޓުޔާޑުގައި ކޮށްފައިވާކަން އެނގެން އޮންނަ
ފެނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3O6471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{{08/HC-A/
21
و مری
10 ޤަޟިއްޔާ ނިމުނު ގޮ
(ނ) ދެވަނަ ކަމަކީ: ދެފަރާތެއްގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް
ވެވެނީ، އެއްފަރާތުން ހުށަހަޅާ ހުށަހެޅުން އަނެއް ފަރާތުން ޤަބޫލުކުރުމުން ކަމާއި، އެހުށަހެޅުން
ޤަބޫލުކުރުމަށް ވަކިގޮތެއް ކަނޑައަޅާފައިވާނަމަ ޤަބޫލުކުރަންޖެހޭނީ އެގޮތަކަށްކަމާއި، އަދި ޤަބޫލުކުރުމަށް
ވަކިގޮތެއް ކަނޑައެޅިފައިނުވާނަމަ، ބުނާ ބަހުން ނުވަތަ ޢަމަލުކުރާ ގޮތަކުން ހުށަހެޅުމެއް ޤަބޫލުކުރީކަމަށް
ބެލެވިދާނެކަމާއި، އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓް "ޑް ރީމް ވޮޔޭޖަރ" ތިލަފުށީގައި
އޮންނަ ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓުޔާޑަށް އެހެލައި
ބޭލުމުގެ ޚިދުމަތް ދިނުމުގެ އަގަށް ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެޔޮޓް އެހެލިއިރު، އަދި އެޔޮޓަށް އެބޯޓު ޔާޑުން ޚިދުމަތް ހޯދިއިރު އޮތް ކޯޓޭޝަނަކީ
ގަލްފް ކްރާފްޓް ސަރވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 001082
/
06/GCSC
ކޯޓޭޝަންކަން އެނގެން އޮންނައިރު، އެބޯޓު އެހެލައި މަސައްކަތްކޮށް ނިމުމާ ހަމައަށް ގޮސްފައިވަނިކޮށް،
31 ޑިސެމްބަރު 2007 ގެ ތާރީޚު ލިޔެފައިވާ ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 788
/
07/GCI އިންވޮއިސް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ފޮނުވާފައިވަނީ ދެކުހުން 2008 ފެބްރުއަރީ 7 ވަނަ ދުވަހުގެ 17:17 ގައިކަމަށާއި އޭގެ ކުރިން
ނަންބަރު 001082
/
06/GCSC ކޯޓޭޝަނުގައި ދީފައިވާ އަގުތަކަށް ބަދަލު އައިކަން ނުވަތަ ބަދަލު
ގެނެވުނުކަން ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަކުއާ ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެން ނެތްކަމާއި، އެއިންވޮއިސްގައިވާ ގޮތުގެ މަތިން
އަގު ދެއްކުމަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ކުރުމުން، އެއިންވޮއިސްގައިވާ
ރޭޓުން އަގު ދެއްކުމުން ނޫނީ ބޯޓު ބާލައި ނުދޭނެކަމަށް ބުނެ، އެބޯޓު ބާލައި ދިނުމަށް ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު ކޮށްފައިވާކަން އެނގެން
0
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: !31647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{08/HC-A/201
می هرکی
ދެވެ
ex
ex
l
11 ޤަޟިއްޔާ ނިމުނު ގޮ
(ނ) ތިންވަނަ ކަމަކީ: އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓެއްކަމަށްވާ
ޑްރީމް ވޮޔޭޖަރ އެހެލުމަށްފަހު އެ އުޅަނދު މަރާމާތުކޮށް ނިމި ބާލަންވެފައިވަނިކޮށް ގަލްފް ކްރާފްޓް
ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 001082
/
06/GCSC
ކޯޓޭޝަނުގައިވާ އަގުތަކާ ޚިލާފަށް ނަންބަރު 788
:
07;GCI އިންވޮއިސް ފޮނުވައި، އެއިންވޮއިސްގައިވާ
ގޮތުގެމަތިން ފައިސާ ދެއްކުމުންނޫނީ "ޑްރީމް ވޮނޭޖަރ" ބާލައިނުދޭނެކަމަށް ބުނެ، ގަލްފް ކްރާފްޓް
ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެޔޮޓް ބާލައި ނުދީ ހިފަހައްޓާފައިވާތީއާއި
ޔޮޓްގެ މަސައްކަތް ނިމި، ޔޮޓް ހަވާލުކުރަންޖެހޭ ދުވަސް ކަމުގައިވާ 2008 ފެބްރުއަރީ 10 ވަނަދުވަހުން
ފެށިގެން ޔޮޓް ބާލައި ނުދީ ހިފެހެއްޓުމުން އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބޭ ގެއްލުމުގެ
ބަދަލުގެ ގޮތުގައި ދުވާލަކު 3,157.00$US (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް ޔޫއެސް ޑޮލަރ)
ދައްކަންޖެހޭނެކަމަށާއި ޔޮޓް ނުބޭލި އެސެންޓަރުގައި ހުންނައިރު، ޔޮޓަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ
އެސެންޓަރުން ވާންޖެހޭނެކަމަށް ބަޔާންކޮށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 12 ފެބްރުއަރީ 2008 ގައި ސިޓީއަކުން
އަންގާފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކުރި މައްސަލަ މަދަނީ ކޯޓުން
ވަކިގޮތަކަށް ނިންމަވަންދެން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން އެކޯޓުގެ ނަންބަރު 1
/
2008
/
133-MB3B (06 މާޗް 2008) ގައި
ނެރުއްވާފައިވާ ވަގުތީ އަމުރުގައިވަނީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާ ހިނގަމުން
ދަނިކޮށް، "ޑްރީމް ވޮނޭޖަރ" ޔޮޓް ބާލައިނުދީ ހިފަހައްޓާފައި ހުރުމުގެ ސަބަބުން އަކުވާ ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ވަރަށް ބޮޑަށް ގެއްލުން ލިބެމުންދާކަމަށްބުނެ ޔޮޓް ބާލައި ދިނުމަށްފަހު، އަކުފާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33256329 ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮ
2{{8/HC-A/201
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ކޯޓުގެ ވަގުތީ އަމުރަކަށް އެދި އަކުވާ ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އެކަމުގައި ދެފަރާތަށްވެސް އޮތް އެންމެ ގެއްލުން ކުޑަގޮތަކީ
އެއުޅަނދު، އެހެލައި ބާލައިދިނުމަށް ގަލްފް ކްރާފްޓްގެ ފަރާތުން 06 ޑިސެމްބަރު 2006 ދުވަހު ދީފައިވާ
ކޯޓޭޝަނުގައިވާ ގޮތުގެ މަތިން ގަލްފް ކްރާފްޓަށް ދައްކަންޖެހޭކަމަށް މަދަނީ ކޯޓުގައި ހިނގަމުންދާ ނަންބަރު
2008/MC/343 ޤަޟިއްޔާގައި އަކުވާ ސަންގެ ފަރާތުން ޤަބޫލުކޮށްފައިވާ 910.50، 43$US (ސާޅީސް
ތިންހާސް ނުވަސަތޭކަ ދިހައެށް ޕޮއިންޓް ފަހެއް ސުމެއް ޔޫއެސް ޑޮލަރ) ދެއްކުމުން، މިޔޮޓް
ބާލައިދިނުންކަމަށް ޝަރީޢަތަށް ފެންނާތީ، ބަޔާންވެދިޔަ 43,910.50$US (ސާޅީސް ތިންހާސް
ނުވަސަތޭކަ ދިހައެށް ޕޮއިންޓް ފަހެއް ސުމެއް ޔޫއެސް ޑޮލަރ) 06 މާޗް 2008 އިން ފެށިގެން 5
(ފަހެއް) ދުވަހުގެ ތެރޭގައި އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓަށް
ދެއްކުމަށާއި،
ށާއި، އަދި މިފައިސާ ދައްކާ ޚަލާސްކުރުމުން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މިޔޮޓް
"ޑްރީމް ވޮޔޭޖަރ" ބާލައި، އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި، އަމުރުކުރައްވައިކަން އެނގޭކަމާއި،
* * *
16)
ނަންބަރު
އެއަމުރުގައިވާ ގޮތުގެމަތިން ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން "ޑްރީމް ވޮޔޭޖަރ" ބާލައި ދީފައިނުވާތީ، އެއަމުރު ތަންފީޒުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގަވައި މަދަނީ ކޯޓުގެ ނަންބަރު 1
/
2008
/
134-MB3B
މާޗް 2008)
ގައި ނެރުއްވާފައިވާ އަމުރުގައިވަނީ، މަދަނީ ކޯޓުގެ
1
/
2008
/
133-MB3B ވަގުތީ އަމުރާއި އެއްގޮތަށް ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ، ބަޔާންވެދިޔަ ނަންބަރު 1
/
2008
/
133-MB3B (06
މާޗް 2008) ވަގުތީ އަމުރު 16 މާޗް 2008 ދުވަހުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި
ތަންފީޒުކޮށް ދެއްވުމަށް، އަމުރުކުރައްވައިކަން އެނގޭކަމާއި،
0%
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: 6471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2008/HC-A201
ދެވެ
ދިވެހިރާއްޖޭގެ ހައިކޯ"
13 ޤަޟިއްޔާ ނިމުނު ގޮ
އެދެއަމުރުގައިވާ ގޮތުގެމަތިން "ޑްރީލް ވޮނޭޖަރ" ޔޮޓް ބާލައިނުދިނުމުން މަދަނީ ކޯޓުގެ
ނަންބަރު 1
/
2008
/
261-MB3B (11 މެއި 2008) ގައި ނެރުއްވާފައިވާ އަމުރުގައިވަނީ އެކޯޓުގެ
ނަންބަރު 1
/
2008
/
133-MB3B (06 މާޗް 2008) ވަގުތީ އަމުރުގައިވާ ފަދައިން އަކުވާ ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓް (ޑްރީމް ވޮނޭޖަރ) ބޭލުމުގެ ކުރިން ތިލަފުށީގައި އޮންނަ ގަލްފް
ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު އެހެލާ ބާލަން ބޭނުންކުރާ
ހޮއިސްޓް (ކްރޭން) ބޭނުންކޮށްގެން އެހެން އެއްވެސް އުޅަނދެއް އެހެލާ ބޭލުމުގެ މަސައްކަތް ނުކުރުމަށް
ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި، އަދި ބަޔާންވެދިޔަ
ފަދައިން އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓް (ޑްރީމް ވޮނޭޖަރ) ބޭލުމުގެ ކުރިން
އެޕޮއިންޓް ބޭނުންކޮށްގެން އެހެން އެއްވެސް އުޅަނދެއް އެހެލާ ބޭލުމުގެ މަސައްކަތް ކުރުން ހުއްޓުވުމަށާއި،
އަދި މަދަނީ ކޯޓުގެ ނަންބަރު 1
/
2008
/
133-MB3B ވަގުތީ އަމުރު ތަންފީޒުކުރުމަށް ހުރަސްއަޅާ
ފަރާތެއް ނުވަތަ މީހެއް ވާނަމަ އެފަރާތެއް ނުވަތަ އެމީހެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ
ދަށަށް ގެންދަވައިގެން އެކޯޓުގެ ނަންބަރު 1
/
2008
/
133-MB3B (06 މާޗް 2008) ވަގުތީ އަމުރު
ތަންފީޒުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިކަން އެނގެން އޮންނައިރު، އަކުއާ ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ "ޑްރީމް ވޮނޭޖަރ" ޔޮޓް ބާލާފައިވަނީ 19 މެއި 2008 ގައިކަން
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި
ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމާއި، ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެ ކަމާއި
ނުވަތަ ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރާކަން އެންގުންކަމަށް ބެލެވިދާނެކަމާއި، ޤާނޫނުގައި ބުނެފައިވާ ގޮތުގެ
މަތިން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލު ކުރުމުން
4 22
02 203
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް:/31647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{08/HC-A/201
مع ملی در محلي مم
04 02 0 0x
ކޮންޓްރެކްޓް
ހޮށިހެޅު
14 ޤަޟިއްޔާ ނިމުނު "
ކުރެވޭކަމާއި، ޤަބޫލުކުރުން ފުރިހަމަވަނީ
ހެޅުމެއް ޤަބޫލުކުރާކަން ހުށަހަޅާފަރާތަށް
އެންގުމުންކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާއި 8 ވަނަ
މާއްދާގެ (ހ) އާއި 5 ވަނަ މާއްދާއާއި، 9 ވަނަމާއްދާއަށް ބެލުމުން އެނގޭކަމާއި،
24
مسرم راع ہے کہ
ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް
ލާޒިމްވާ ކަންތައްތައް ކުރަންވާނީ،
އެކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، އެއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ
އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ
ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމަކަން އެޤާނޫނުގެ 20 ވަނަމާއްދާގެ (ހ) އަށް
ބެލުމުން އެނގެން އޮންނައިރު، އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓް ޑްރީމްވޮޔޭޖަރ،
ތިލަފުށީގައި އޮންނަ ގަލްފް ކްރާފްޓް ސާރވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ޔާޑަށް
އެހެލުމުގެ މުޢާމަލާތްކުރުމުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ، ގަލްފް ކްރާފްޓް ސާރވިސް
ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 001082
/
06/GCSC ކޯޓޭޝަން ދީފައިވާ
2/1
އަގުތަކަށްކަން އެނގެން އޮންނަކަމެވެ.
ތ
(ޅ) ހަވަނަ ކަމަކީ: ޑްރީމް ވޮޔޭޖަރ" ތިލަފުށީގައި އޮންނަ ގަލްފް ކްރާފްޓް
ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ޔާޑަށް އެހެލާއި ބޭލުމުގެ ޚިދުމަތްތައް
ދިނުމަށް ދީފައިވާ އަގަކީ އެކުންފުނީގެ ނަންބަރު 001082
/
06/GCSC ކޯޓޭޝަނުގައިވާ އަގު ކަމާއި،
އަދި އެކޯޓޭޝަން ދީފައިވަނީ 45 (ސާޅިސް ފަހެއް) ދުވަހުގެ މުއްދަތަށްކަމަށްވީނަމަވެސް، ބޯޓު ޔާޑުން
ޖާގަ ނުލިބުމުގެ ސަބަބުން އެޔޮޓް ބޯޓު ޔާޑަށް އެހެލާފައިވަނީ 23 މެއި 2007 ގައި ކަން ދެފަރާތުގެ
ބަހުން އެނގޭކަމާއި، އެޔޮޓް ބޯޓު ޔާޑަށް އެހެލާފައިވަނީ އެކޯޓޭޝަނުގައި ދީފައިވާ މުއްދަތު ފާއިތުވީފަ
ކަމަށް ވީނަމަވެސް، އެޔޮޓް އެހެލިއިރު އެބޯޓުޔާޑުން ލިބިދެވޭ ޚިދުމަތް ދިނުމަށް އަކުވާ ސަން
3 ވ 03
ވީފަހުން
c0
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 16471/A
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮ
2008/HC-A201
ދެލީ
ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ އެކޯޓޭޝަނުގައިވާ އަގުކަން އެނގޭކަމާއި، އެކޯޓޭޝަނުގައިވާ އަގު
ބަދަލުކޮށް ފައިވާކަން ނުވަތަ އިތުރު ކޯޓޭޝަނެއްވެސް ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އަކުވާ ސަނަށް ލިބިފައިނުވާކަން އެނގެން އޮތުމުން ދެފަރާތުގެ ދެމެދުގައި
ބަދަލުކުރެވިފައިވާ ކޯޓޭޝަނުގައި އަގުދީފައިވާ މުއްދަތަށް ވުރެ އިތުރަށް ހިނގި ދުވަސްތަކަށްވެސް އަގު
ނެގެންޖެހޭނީ ދެންނެވިދިޔަ ކޯޓޭޝަނުގައިވާ ގޮތުގެމަތިންކަމަށް ޤަބޫލުކުރެވޭތީ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/343 ޤަޟިއްޔާގައި އިތުރަށް ހިނގި ދުވަސްތަކަށް ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 788
/
07/GCI އިންވޮއިސްގައިވާ ރޭޓުން އަގު ނަންގަވައި
ދެއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ޤަބޫލުކުރެވޭކަމެވެ.
OO
2 2
می کرد که
0 0
(ކ) ހަތްވަނަ ކަމަކީ: އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޑްރީމް ވޮނޭޖަރ
ޔޮޓް ބާލައި ނުދިނުމުގެ ސަބަބުން އެކުންފުންޏަށް ގެއްލުން ލިބުނުކަމަށްބުނެ
ބަދަލު ހޯދުމަށް
ގަލްފް ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަކުއާ ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދަޢުވާގައި ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ، ޑްރީމް
ވޮނޭޖަރ ޔޮޓްގެ މަސައްކަތް ނިމި، ޔޮޓް ހަވާލު ކުރަންޖެހޭ ދުވަސް ކަމުގައިވާ 2008 ފެބްރުއަރީ 10
ވަނަ ދުވަހުން ފެށިގެން ޔޮޓް ބާލައި، އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރާ ދުވަހާއި
ހަމައަށް ނުވަތަ މައްސަލައިގެ ޙުކުމް ކުރާ ދުވަހާއި ހަމައަށް އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި، މުވައްޒަފުންނަށް ދުވާލަކު ޚަރަދުވާ 243.00$US
(ދުއިސައްތަ ސާޅީސް ތިނެއް ޔޫއެސް ޑޮލަރ) އާއި، ޑްރީމް ވޮޔޭޖަރގެ ޗާޓަރަށް ދުވާލަކަށް ޖެހޭ
(ދެހާސް ނުވަސަތޭކަ ސާދަ ޔޫއެސް ޑޮލަރ) އާއެކު ޖުމްލަ ދުވާލަކަށް
US
$
3,157.00 (ތިންހާސް އެއްސަތޭކަ ފަންސާސް ހަތެއް ޔޫ.އެސް ޑޮލަރ) ކަމާއި، އެމިންވަ
އެކުންފުނިން ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 19
US$2,914.00
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 4316471، ދިވެހި
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{{8/HC-A/201
کی مرگی
ދެވެ
އދ ވ 32
އާއްމުލި
ވެހިރާއްޖޭގެ ހައިކޯޓު
16 ޤަޟިއްޔާ ނިމުނު ގޮ
2008 ގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ޢަދަދުކަން އެނގެން އޮންނަކަމާއި، އެއިގެ ތެރެއިން
ދަށު ކޯޓުން ނަންގަވައި ދެއްވާފައިވަނީ، މުވައްޒަފުންނަށް ދުވާލަކު ހިނގާކަމަށްބުނެ ހުށަހަޅާފައިވާ
ޢަދަދުކަމާއި، އަދި ޗާޓަރަށް ދުވާލަކުޖެހޭ ޢަދަދު ނަންގަވައި ދެއްވާފައިނުވާކަމާއި، އެޢަދަދު ނަންގަވައި
ދެއްވެންނެތްކަމަށް ކަނޑައަޅުއްވާފައިވަނީ އެގެއްލުމަކީ ސީދާ ގޮތުން އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ލިބުނު ގެއްލުމެއްކަމަށް ނުފެންނާތީކަމަށް ބަޔާންކުރައްވައި ކަމަށްވާއިރު، ކޮންޓްރެކްޓެއްގެ
ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް
މަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެކަމަށާއި، އެގޮތުން ބަދަލު ދޭންޖެހޭ ގެއްލުމަކީ:-
1- ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އަދި
އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް
އެނގިފައިވާ ގެއްލުންކަން ޤާނޫނުނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)
އާއި (ށ) އަށް ބެލުމުން އެނގޭކަމާއި،
އެހެންކަމުން އެޔޮޓް ބާލައިނުދީ ހިފެހެއްޓުމުގެ ސަބަބުން އަކުވާ ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ސީދާ ގޮތުންނާއި ނުސީދާ ގޮތެއްގައި ގެއްލުން ލިބޭނޭކަމަށް ގަލްފް ކްރާފްޓް
ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާތީ، އެޔޮޓް ބާލައި ނުދިނުމުގެ
ސަބަބުން ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ގެއްލުމެއް ލިބިފައިވާނަމަ، ގެއްލުމުގެ ބަދަލަކީ
ޝަރީޢަތުން ނަންގަވައި ދެއްވޭނެ ބަދަލެއްކަން ޤާނޫނުނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23
ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
-2
ވީ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތު
2{{8}HC-A/21
کی مری معلمي حب
(އ) އަށްވަނަ ކަމަކީ: ދެފަރާތެއްގެ ދެމެދުގައި ކުރެވޭ މަދަނީ މުޢާމަލާތަކާ ގުޅިގެން އުފެދޭ
މައްސަލައެއް އެދެފަރާތަށްމެ ހައްލުނުކުރެވިއްޖެނަމަ އެކަމެއް ޝަރުޢީ ކޯޓަށް ހުށަހެޅުމުގެ ޙައްޤު
އެދެފަރާތުންމެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވާއިރު، "ޑްރީމް ވޮނޭޖަރ" ޔޮޓް ތިލަފުށީގައި އޮންނަ ގަލްފް
ކްރާފްޓް ސަރވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ޔާޑަށް އެހެލައި ބޭލުމުގެ
ޚިދުމަތްތައް ދިނުމަށް ގަލްފް ކްރާފްޓް ސާރވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެކުންފުނީގެ ނަންބަރު 001082
/
06/GCSC ކޯޓޭޝަން ދީފައިވާ ކަމާއި، އެޔޮޓް ބޯޓު ޔާޑަށް
އެހެލައިގެން މަސައްކަތްކޮށް ނިމެން ކައިރިވެފައިވަނިކޮށް އެކޯޓޭޝަނުގައިވާ ރޭޓުތަކަށްވުރެ ބޮޑު ރޭޓެއްގައި
އިންވޮއިސެއް ފޮނުވައި، އެއިންވޮއިސްގައިވާ ގޮތުގެ މަތިން ފައިސާ ދެއްކުމުން ނޫނީ ޔޮޓް ބާލައި
ނުދޭނެކަމަށް ގަލްފް ކްރާފްޓް ސާރވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެ، ބޯޓު
ބާލައިދިނުމަށް އިންކާރުކޮށްފައިވާކަމާއި، ބޯޓު ޔާޑަށް ބޯޓު އެހެލައި ބޭލުމަކީ އެތަނުގައި ޤާއިމް ކުރެވިފައިވާ
ވަސީލަތްތަކުންނޫނީ ކުރެވެން އޮތްކަމަކަށްނުވާ ކަމާއި، އެހެންކަމުން ޔޮޓްގެ ވެރިފަރާތުން އެޔޮޓް ބާލައިގެން
ގެންދިއުމަށް ބޭނުންވާކަމުގައި ވީނަމަވެސް، އެކަން ކުރެވޭނެ ގޮތެއްނެތުމުން، އަގު ބޮޑުކޮށް އިންވޮއިސް
ހަދައިގެން އިތުރަށް ފައިސާ ހޯދުމަށް އެދުމަކީ އެމުޢާމަލާތުން ނުހައްޤު މަންފާއެއް ހޯދުމަށް ކުރި
ޢަމަލެއްކަމުގައިނޫ-
ނޫނީ ބެލެވެން ނެތަތީ، އެޔޮޓް ބާލައިދޭން ޖެހޭ ދުވަސްކަމުގައިވާ 10 ފެބްރުއަރީ 2008
އިން ފެށިގެން ޔޮޓް ބާލައިދިން ދުވަސްކަމުގައިވާ 19 މެއި 2008 އަށް ހިނގި ދުވަސްތަކަށް އަކުވާ ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެޔޮޓް ބާލައި ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު
ޝަރީޢަތުން ނަންގަވައި ދޭންޖެހޭނެ ކަމަށް ޤަބޫލުކުރެވޭކަމެވެ.
(ވ) ނުވަވަނަ ކަމަކީ: މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާގައި
•
ކުރައްވާފައިވާ ޙުކުމުގައި ވާ ގޮތުގެ މަތިން ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 33256029 ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2008/HC-A/21
18 ޤަޟިއްޔާ ނިމުނު ގޮ
کی عمری
ދެވެ
ލިމިޓެޑަށް 35,947.03$US (ތިރީސްފަސްހާސް ނުވަސަތޭކަ ސާޅީސްހަތެއް ޕޮއިންޓް ސުމެއް ތިނެއް
ޔޫއެސްޑޮލަރ) ދައްކާފައިވާކަމާއި، އަދި އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 7,963.47$US
(ހަތްހާސް ނުވަސަތޭކަ ފަސްދޮޅަސްތިނެއް ޕޮއިންޓް ހަތަރެއްހަތެއް ޔޫއެސްޑޮލަރ) ދައްކާފައިވާކަން ސިވިލް
ކޯޓުގެ ނަންބަރު 95
/
2013
/
4/C-144 (29 ޖެނުއަރީ 2013) ސިޓީން އެނގޭކަމާއި، ދަށު ކޯޓުގެ
ޤަޟިއްޔާގައި ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ
ނަންގަވައި ދެއްވާފައިވަނީ ރަނގަޅަށްކަމަށް ނުބެލެވޭތީއާއި، އަދި ޔޮޓް ބާލައިނުދީ ހިފެހެއްޓުމުގެ ސަބަބުން
ސީދާ ގޮތުންނާއި ނުސީދާ ގޮތެއްގައި އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ
ބަދަލު ނަގައިދޭންޖެހޭކަމަށް ޤަބޫލުކުރެވޭތީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމާއި، އަދި އެޤަޟިއްޔާގައި ބެލެވުނު މައްސަލާގައި
ދެފަރާތަށް ލިބެންޖެހޭ ފައިސާގެ މިންވަރު މިޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން އަލުން
ކަނޑައަޅަންޖެހޭކަމަށް ޤަބޫލުކުރެވޭތީ،
83
ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަމާއްދާގެ
(ށ) ގެ ދަށުން މިމައްސަލަ އަލުން ބައްލަވައި، ފައިސަލާކުރަނިވި ޙުކުމެއް ކުރައްވުމަށްޓަކައި ސިވިލް
ކޯޓަށް މިމައްސަލަ ތަޙްވީލްކުރުމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވެއެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 94816471، ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19 ޤަޟިއްޔާ ނިމުނު ގޮތު
2{{08/HC-A/201
مری متمي ب
ޙުކުމް
މ (24(
/12ކk
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް
މަދަނީ ކޯޓުގެ ނަންބަރު 2008/MC/343 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، އަކުވާ
ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޔޮޓެއްކަމުގައިވާ "ޑްރީމް ވޮޔޭޖަރ" ތިލަފުށީގައި އޮންނަ ގަލްފް
ކްރާފްޓް ސަރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ޔާޑަށް އެހެލާއި ބޭލުމުގެ
ޚިދުމަތްތައް ދިނުމުގެ އަގު ނަގަންޖެހޭނީ ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ނަންބަރު 001082
/
06/GCSC ކޯޓޭޝަނުގައިވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅައި،
އެކޯޓޭޝަނުގައިވާ އުސޫލުގެ މަތިން އެޔޮޓް ބޯޓު ޔާޑަށް އެހެލި ދުވަހުން ފެށިގެން އެޔޮޓް ބާލައި ދޭންޖެހޭ
ދުވަހާހަމައަށް އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ނަންގަވައި ދެއްވުމަށާއި، އަދި ޔޮޓްގެ މަސައްކަތް ނިމުމުން
އެޔޮޓް ބާލައި ނުދިނުމުގެ ސަބަބުން އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސީދާ ގޮތުންނާއި
ނުސީދާ ގޮތުން ލިބޭނޭކަމަށް އެފަރާތުން ބުނާ ގެއްލުން ލިބިފައިވޭތޯ ޝަރީޢަތުން ބައްލަވައި، އެގެއްލުމުގެ
މިންވަރު ވަޒަންކުރައްވައި، އެގެއްލުމުގެ ބަދަލެއް ނަންގަވައި ދޭންޖެހޭނަމަ، އެބަދަލެއް ގަލްފް ކްރާ
ސާރވިސަސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަކުވާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ނަންގަވައި ދެއްވައި ފައިސަލާކުރަނިވި ކުރެއްވުމަށްޓަކައި، ޤާނޫނުނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަމާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ސިވިލް ކޯޓަށް
ތަޙްވީލްކޮށް، މިޤަޟިއްޔާގައި އިސްތިޢުނާފު ރައްދުވާ ގަލްފް ކްރާފްޓް ސާރވިސަސް ސެންޓަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
uc
ކްރާފްޓް
ޙުކުމެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު އިލްހާމް، ހިނޭވާއިންއްޖެ، ފޯން: 3325029 ފެކްސް: !331647
އީމެއިލް [email protected]
www.highcourt.gov.my