ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/111 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/111
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 111/HC
-
A/2014
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޙުސައިން ޢާޠިފް
އައިޑީ ކާޑު ނަންބަރު: A076727
* ދާއިމީ އެޑްރެސް: މ.
.. ކުދެހިގެ/މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޖުމާދަލްއާޚިރާ 1439
24 އެޕްރީލް 2014
ނިމުނު ތާރީޚް: 27 ޛުލްޙިއްޖާ 1435
21 އޮކްޓޫބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/1270
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުން
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުން ތާރީޚް: 31 އޮކްޓޫބަރު 2011 ނިމުނު ތާރީޚް: 26 ނޮވެމްބަރު 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު
.އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/111
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
xތ
04 04
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1270 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ޙުސައިން ޢާޠިފް، މ. ކުދެހިގެ;މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A076727) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
7
2
3
4
0
2 ހއ
.
ދ
1. އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1270
މާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ކުދެހިގެ/މާލެ، ޙުސައިން ޢާޠިފް، އޭނާގެ ރައްޓެއްސެއް
ކަމުގައިވާ، ހދ. ކުޅުދުފުށި ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީއާ ގުޅިގެން، 2011 ވަނަ އަހަރުގެ
ޖޫންމަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާތީ، ޤާނޫނު ނަންބަރު
17/77 (މަސްތުވާ
ތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުން ޙުސައިން އާތިފްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށުގެ
ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން، ކްރިމިނަލް ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، މާލެ މ. ކުދެހިގެ ޙުސައިން އާތިފްގެ
މައްޗަށް ކުޅެ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބެލިއިރު، ޙުސައިން އާތިފް، ހދ. ކުޅުދުފުށި ގުލާބީގެ ޢަބްދުއްސައްތާރު ޢަލީއާ ގުޅިގެން، 2011 ވަނަ
އަހަރުގެ ޖޫންމަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅެފައިވާކަން،
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
2014/HC-A/111
ދެވެ
ޏ 7
2 ﷲ 2&2
و مروهی اهرم سے
އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތު
ޤާނޫނު) ގެ 109 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރަން
އުޅުމުގެ ކުށުން ޙުސައިން ޢާޠިފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ބުނެވެދިޔަ މާއްދާގެ (ރ) ގެ ދަށުން މާލެ/މ. ކުދެހިގެ ޙުސައިން ޢާޠިފް 18 (އަށާރަ) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމާއެކު -/75000 (ހަތްދިހަފަސްހާސް ރުފިޔާ) އިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މި
ޖޫރިމަނާ ފައިސާ މިއަދު (26 ނޮވެމްބަރު 2013) ން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި
މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދައްކާ ޚަލާޞްކުރުމަށް ޙުސައިން ޢާޠިފް އަށް އަންގާ، ޙުކުމްކޮށްފީމެވެ"
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
1270/Cr-C/2011
2. ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޙުސައިން ޢާޠިފްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޙުސައިން ޢާޠިފްގެ
ފަރާތުން ހުށަހަޅާފައިވާ
ފުރަތަމަ ނުކުތާއަކީ، މައްސަލަ ސާބިތުކުރުމުގައި ހޯދޭ ހެކިޤަރީނާތަކަކީ ޤާނޫނީ
އިމުގެ ތެރެއިން ހުއްދަ ގޮތުގައި ހޯދަންޖެހޭ ހެކިޤާރީނާކަމަށްވާންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއާ ޚިލާފަށް ހޯދާފައިވާ ހެކި ބޭނުންކޮށްގެން
މައްސަލާގެ ޙުކުމަށް ވާސިލުވެފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢3
4 ޤަޟިއްޔާ ނިމުނު 1
2014/HC-A/111
کی عمری
ދެވެ
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް، މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
22 422
3. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/1270
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޙުސައިން ޢާޠިފްގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2011/Cr
-
C/1270 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު އެމައްސަލައަކީ، މިމައްސަލަ
އިސްތިއުނާފަށް ހުށަހަޅާފައިވާ މ. ކުދެހިގެ މާލެ، ޙުސައިން ޢާޠިފް، އޭނާގެ ރައްޓެއްސެއް ކަމުގައިވާ،
ކުޅުދުފުށި ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީއާ ގުޅިގެން، 2011 ވަނަ އަހަރުގެ ޖޫންމަހުގެ
ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާކަމަށްބުނެ، ޤާނޫނު ނަންބަރު
17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުން ޙުސައިން ޢާޠިފްގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށުގެ
ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ރުމުން، ކްރިމިނަލް ކޯޓުން ބައްލަވާ
ނިންމަވާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
ދިވެހިރާaގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢.
2014/HC-A/111
می هرکی
2 22 22
5 ޤަޟިއްޔާ ނިމުނު ގޮ
ޙުސައިން ޢާޠިފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ އިސްވެމިދެންނެވުނު މައްސަލަ
ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ، ޙުސައިން
ޢާޠިފާއި އެހެން މީހަކާ ދެމެދު ފޯނަކުން ދެކެވިފައިވާކަމަށް ދައުލަތުން ބުނާ ވާހަކަތަކެއްގެ ސްކްރިޕްޓާއި،
އެ އޯޑިއޯ ރެކޯޑިންގގެ އެނެލިސިސް ރިޕޯޓާއި، އަދި އެ އޯޑިއޯތަކުގެ އެންލިސިސް ތައްޔާރުކުރި ފަރާތުގެ
ހެކިބަސްކަން މިމައްސަލާގެ ދަށުކޯޓު މަރުޙާލާގައި، 8 ޖުލައި 2012 ގެ ތާރީޚުގައި ދައުލަތުގެ ވަކީލު
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެންގެން އޮތުމުން، ޙުސައިން ޢާޠިފްގެ
މައްޗަށް ތުޙުމަތުކުރެވިފައިވާ މައްސަލަ ދައުލަތުން ބިނާކޮށްފައިވަނީ ހަމައެކަނި އޭނާއާ އެހެންބަޔަކާ
ދެމެދު ފޯނަކުން ދެކެވިފައިވާކަމަށް ދައުލަތުން ބުނާ ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންގތަކެއްގެ
މައްޗަށްކަން
އެނގޭކަމާއި،
އިސްވެމިދެންނެވުނު އޯޑިއޯ ރެކޯޑިންގތަކުގެ ސްކްރިޕްޓްތަކަށް ބަލާއިރު އޭގެތެރޭގައި
ހިމެނެނީ 15 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 1 (އެކެއް) ފޯނުކޯލުގެ
ރެކޯޑިންގގެ ސްކްރިޕްޓާއި، 20 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 2 (ދޭއް)
ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 22 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 3
(ތިނެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓާއި، 23 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް
ބުނާ 5 (ފަހެއް) ފޯނުކޯލުގެ ރެކޯޑިންގގެ ސްކްރިޕްޓްކަމާއި،
މިދެންނެވުނު ފޯނުކޯލުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ރެކޯޑުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން، މިމައްސަލާގެ ދަށުކޯޓު މަރުޙަލާގައި ޝަރީޢަތަށް ހުށަހަޅާފައިވާ، އަދި މިމައްސަލާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އެއަމުރަކަށް ކްރިމިނަލް ކޯޓުން ހަވާލާދެއްވާފައިވާ ހަމައެކަނި
އަމުރުކަމަށްވާ، 23 ޖޫން 2011 ގެ 19:10 ގައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
2011
/
011/J
(
SMFD-145 ކޯޓުއަމުރަށް ބަލާއިރު، އެއަމުރުގެ ދަށުން، ޙުސައިން ޢާޠިފް :
ބޭނުންކުރާ
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 *3
2014/HC-A/111
ދެވެ
6 ޤަޟިއްޔާ ނިމުނު ގޮތު
9999940 ނަންބަރު ފޯނާއި، އަދި އޭނާއާއި ޙާއްޞަ ގުޅުމެއް އޮންނަކަމަށް ފުލުހުންނަށް އެނގިފައިވާ
ނަންބަރު 9995557 ފޯނާއި، އެ ދެ ނަންބަރު ފޯނު މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ އަޑުތަކުގެ
ރިކޯޑިންގއާއި، ކޯލްތަކުގެ ތަފްސީލާއި، ޓެކްސްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ ބޭނުންކު
ހުއްދަދެއްވާފައިވަނީ 23 ޖޫން 2011 އިން ފެށިގެން 23 ސެޕްޓެމްބަރު 2011 އަށްކަން އެއަމުރަށް
:20ދه
ޓެންކުރުމަށް
ބެލުމުން އެނގެންއޮންނަކަމެވެ.
404
(ށ) ދެވަނަ ކަމަކީ، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި
ގެދޮރާއި، އަނެކުންނާކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމަށާއި، ހަމަ
ކޮންމެ މީހަކުމެ، އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއްވެސް ބައެއްގެ މެދުގައި
ހިނގާފައިވާ ޒާތީ މުއާޞަލާތެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ އެމުއާޞަލާތެއް ހޯދައިގަނެވިފައިވަނީ
ކަމާބެހޭ ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެންކަމަށްވާނަމަކަމާއި، އަދި ޤާނޫނެއްގައި އެހެންގޮތަކަށް
ކަނޑަނާޅާނީސް، އެނޫންގޮތަކަށް ހޯދިފައިވާ، ދެމީހެއްގެ ދެމެދުގައި ފޯނަކުން ކުރެވިފައިވާ މުޢާމަލާތެއްފަދަ
އެއްވެސް ޒާތީ މުއާޞަލާތެއް ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ބަލައިގަތުމަކީ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާއް ކަނޑައެޅިގެން ޚިލާފުކަމެއްކަމާއި،
އަދި، ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ
ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށްނުޖެހި، ހަމަކަމާއެކުގައިކަމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ)
ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އަދި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ
ވަސީލަތްތައް، ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެމީހަކަށްވެސް ލިބެންވާނެކަމަށް ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާއިރު، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި
ހުށަހެޅިފައިވާ ހެއްކަކީ ޤާނޫނީގޮތުން ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިކަމާމެދު ސުވާލު އުފެދޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/111
7 ޤަޟިއްޔާ ނިމުނު ގޮ
ދެވެ
ޙާލަތްތަކުގައި އެފަދަ ހެއްކަކީ ޤާނޫނީ ހަމަތަކުގެމަތިން ހޯދިފައިވާ ހެކިކަން ކަށަވަރުކުމަށްޓަކައި
ޝަރީޢަތުން އަޅުންވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކާނުލައި އެފަދަ ހެކީގެ މައްޗަށް ކުށް ސާބިތުކުރުމަކީ،
އަދި ނުވަތަ އެމީހަކާ އިދިކޮޅަށް ހުށަހެޅިފައިވާ ހެއްކަކީ ޤާނޫނީގޮތުން ޝަރީޢަތަށް ބަލައިގަނެވޭ
ހެކިކަމާމެދު ދަޢުވާލިބޭ ފަރާތަކުން ސުވާލުއުފައްދާ، އެހެކި ހޯދިފައިވާގޮތް ދައުލަތުގެ ކިބައިން
އޮޅުންފިލުވުމަށް ޝަރީޢަތުގައި އެދިފައިވާ ޙާލަތުގައި އެކަން ނުކޮށް، އެހެކީގެ މައްޗަށް ބިނާކޮށް
މައްސަލާގެ ޙުކުމަށް ވާސިލުވުމަކީ، އިސްވެމިދެންނެވުނު ޤާނޫނުއަސާސީގެ މާއްދާތަކާ ޚިލާފުވާނޭ ކަންކަން
ކަމާއި،
މިދެންނެވުނު ޤާނޫނީ ހަމައިގެ އަލީގައި، މިމައްސަލާގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، ޙުސައިން ޢާޠިފްގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިމިވާ މައްސަލަ ބިނާކުރެވިފައިވަނީ
ހަމައެކަނި ފޯނުކޯލް ރެކޯޑިންގތަކެއްގެ މައްޗަށް ކަމަށްވީއިރު، ޙުސައިން ޢާޠިފީ ނުވަތަ އޭނާއާ ގުޅުންހުރި
އެއްވެސް ފަރާތަކުން ބޭނުންކުރާ ފޯނެއް މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ އަޑުތަކުގެ ރިކޯޑިންގއާއި،
ކޯލްތަކުގެ ތަފްސީލާއި، ޓެކްސްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ ބޭނުންކުރުމަށް ކްރިމިނަލް ކޯޓުން ނުވަތަ
ފުންވެސް ކޯޓަކުން ހުއްދަދެއްވާފައިވާ، އިސްވެމިދެންނެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު
2011
/
011/JOSMFD-145 ކޯޓުއަމުރު ފިޔަވާ އެހެން އެއްވެސް އަމުރެއް މިމައްސަލާގެ ދަށުކޯޓު
މަރުޙަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން، މިމައްސަލާގެ
ކްރިމިނަލް ކޯޓުގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުންވެސް، އަދި މިމައްސަލާގެ ކްރިމިނަލް ކޯޓުގެ ފައިލް
ދިވެހިރާއްޖޭގެ ހައިކޯޓަށް ގެނެސް ބެލިބެލުމުންވެސް އެނގެން ނެތްކަމާއި، އަދި މިމައްސަލާގައި ހިމެނޭ
ފޯނުކޯލް ރެކޯޑިންގތަކަކީ ކޯޓުއަމުރެއްގެ ދަށުން ރެކޯޑުކުރެވިފައިވާ ފޯނުކޯލް ތަކެއްކަމާމެދު ޙުސައިން
ޢާޠިފްގެ ފަރާތުން ކްރިމިންލ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު އުފައްދައި، އެފަދަ އަމުރެއް
އެއަމުރެއް ބަލަން ބޭނުންކަމަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވާކަން
މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން ސާފުކޮށް އެނގެން އޮތްއިރު، އެފަދަ
4 20 04
އަނވަ#
އޮތްނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު 1
4, 2
=32
2014/HC-A/111
xޖ2
و فرعی
މުރެއް
ޝަރީޢަތުން ބައްލަވާފައިވާކަން ނުވަތަ އެފަދަ އަމުރެއް އޮތްނަމަ ޝަރީޢަތަށް
ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަވާފައިވާކަން ނުވަތަ އެފަދަ އަމުރެއް އޮތްނަމަ އެއަމުރުގެ
ކޮޕީ ޙުސައިން ޢާޠިފާ ޙިއްސާކޮށްފައިވާކަން އެނގެން ނެތްކަމާއި،
އެހެންކަމުން، މިމައްސަލާގެ ދަށު ކޯޓު މަރުޙަލާގައި ޙުސައިން ޢާޠިފާ އިދިކޮޅަށް
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޝަރުޠުހަމަވާ "ޤާނޫނީ ހެކި" ކަމަށް ބެލެވެންވާނީ އިސްވެދެންނެވިފައިވާ ކްރިމިނަލް
ކޯޓުގެ ނަންބަރު 2011
/
011/J
(
SMFD-145 ކޯޓުއަމުރު ނެރެވުނު ފަހުން އެއަމުރުގެ ތަރަހައިގެ
ތެރެއިން ހޯދިފައިވާ ހެކި އެކަނިކަމާއި، އަދި މިމައްސަލަ ނިންމެވުމުގައި އެނޫން ރެކޯޑިންގއަކަށް
އެއްވެސް ބުރަދަނެއް ދިނުމަކީ އިސްވެދެންނެވިފައިވާ ޤާނޫނުއަސާސީގެ މާއްދާތަކާ ޚިލާފުވާނޭކަމެއްކަމާއި،
އެހެންކަމުން، މިމައްސަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އިސްވެދެންނެވިފައިވާ
ފޯނުކޯލް ރެކޯޑިންގތަކުގެ ތެރޭގައި ހިމެނޭ 15 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ
1 (އެކެއް) ފޯނުކޯލުގެ ރެކޯޑިންގއާއި، 20 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 2
(ދޭއް) ފޯނުކޯލުގެ ރެކޯޑިންގއާއި، 22 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 3
(ތިނެއް) ފޯނުކޯލުގެ ރެކޯޑިންގއަކީ ޙުސައިން ޢާޠިފްގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައިވާ،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ، މައްސަލާއި ޝަރީޢަތުން އެއްވެސް ބުރަދަނެއް ދެވިގެންވާނޭ ތަކެތި
ނޫންކަމާއި، އަދި ހަމައެފަދައިން ކޯޓުއަމުރު ނެރުއްވާފައިވަނީ 23 ޖޫން 2011 ގެ 19:10 ގައި
ކަމުން) 23 ޖޫން 2011 ގެ ތާރީޚުގައި ރެކޯޑުކޮށްފައިވާކަމަށް ބުނާ 5 (ތިނެއް) ފޯނުކޯލުގެ
ރެކޯޑިންގގެ ތެރެއިން، އަމުރު ނެރުއްވާފައިވާ ގަޑީގެ ކުރީގެ ވަގުތެއްކަމަށްވާ، އެދުވަހުގެ މެންދުރު 12
ގަޑި 8 މިނިޓް 26 ސިކުންތުގައި ރެކޯޑުކޮށްފައިވާ ފޯނުކޯލު ރެކޯޑިންގއަށްވެސް ޝަރީޢަތުން އެއްވެސް
ބުރަދަނެއް ދެވިގެންނުވާނޭކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
y
9 ޤަޟިއްޔާ ނިމުނު 1
2014/HC-A/111
می هرکی
(ނ) ތިންވަނަ ކަމަކީ އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޙުސައިން
ޢާޠިފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ ފޯނުކޯލުތަކަކީ ޤާނޫނީ ހަމަތަކުގެ މަތިން ރެކޯޑުކުރެވިފައިވާ
ތަކެތިކަން ސާބިތުކުރުމުގެ ގޮތުން، އެ ފޯނުކޯލުތައް ކޮށްފައިވާކަމަށް ބުނާ ތާރީޚުތައް ހިމެނޭގޮތަށް،
ޙުސައިން ޢާޠިފް ބޭނުންކުރާ 9999940 ނަންބަރު ފޯނު މެދުވެރިކޮށް ހިންގޭ މުއާސަލާތުގެ އަޑުތަކުގެ
ރެކޯޑިންގއާއި، ކޯލުތަކުގެ ތަފްސީލާއި، ޓެކްޓް މެސެޖްތަކުގެ މަޢުލޫމާތު ހޯދާ ބޭނުންކުރުމުގެ ހުއްދަ
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދެއްވާފައިވާކަމަށް ބުނާ ކްރިމިނަލް ކޯޓުގެ ނަންބަރު
2011
/
004/J
(
SMFD-145 ކޯޓުއަމުރުގެ ކޮޕީއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިމައްސަލާގެ
އިސްތިއުނާފު މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަމާއި، އެހެންނަމަވެސް،
އިސްވެދެނެންނެވިފައިވާ ސަބަބުތަކަށްޓަކައި އެއަމުރުގެ ދަށުން ނެގިފައިވާ ފޯނުކޯލު ރެކޯޑިންގތަކަކީ
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ސާބިތުކުރުމަށް އެއްވެސް ބުރަދަނެއް ދެވިގެންވާނޭ
ރެކޯޑިންތަކެއް ނޫންކަމާއި،
އަދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ،
އިސްވެމިދެންނެވުނު ކޯޓުއަމުރުގެ ދަށުން ނެގިފައިވާ ފޯނުކޯލް ރެކޯޑިންތަކަކީ އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގައި ޝަރީޢަތަށް ބަލައިގަނެވޭނޭ "ޤާނޫނީ ހެކި" ކަމަށް ބަހުސްގެ ބޭނުމަށް
ބެލިކަމުގައިވީނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން ޙުސައިން ޢާޠިފްގެ މައްޗަށް ހުށަހެޅިފައިވާ
މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ހުށަހެޅިފައިވާ ހަމައެކަނި ހެއްކަކީ، އޭނާއާ
އެހެން ބަޔަކާ ދެމެދުގައި ދެކެވިފައިވާކަމަށް ބުނާ ވާހަކަތަކެއްގެ ފޯނުކޯލު ރެކޯޑިންތަކެއްކަމަށްވެފައި،
މިމައްސަލާގެ ދަށުކޯޓު މަރުޙަލާގައި ޙުސައިން ޢާޠިފްގެ ފަރާތުން ޝަރީޢަތަށް ޚަބީރެއްގެ ގޮތުގައި
ޙާޒިރުކޮށްފައިވާ (ޝަރީޢަތުންވެސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންވެސް ޚަބީރެއްގެ ގޮތުގައި
ބަލައި އޭނާގެ ހެކިބަސް ޝަރީޢަތަށް ނަގާފައިވާ) ލިލީގަސް މާލެ، އަޙްމަދު ޒުފަރު ޙުސައިންގެ
404
9
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/111
10 ޤަޟިއްޔާ ނިމުނު ގޮ
کی مرکی
ހެކިބަހުގައި، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ފޯނުކޯލު ރެކޯޑިންގތަކުގެ ތެރެއިން
ޙުސައިން ޢާޠިފްގެ އަޑުކަމަށް ބުނާ ކްލިޕެއްގައި އެޑިޓްކުރެވިފައިވާކަމުގެ ހެކިހުރިކަމަށްބުނެ
އެރެކޯޑިންގތަކުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައިވާއިރު، ޙުސައިން ޢާޠިފްގެ މައްޗަށް ކުށް
ސާބިތުކުރުމުގައި އެ ރެކޯޑިންތަކަށް ދެވެންޖެހޭ ބުރަދަން ލުއިވެގެންދާކަމާއި، އަދި މިޙާލަތުގައި އެހެއްކަށް
އިތުރު ބާރެއް ލިއްބައިދޭނެ އެހެން އެއްވެސް ހެއްކެއް ނުވަތަ ޤާރީނާއެއްވިއަސް ހުށަހެޅިފައިނުވާއިރު،
ހަމައެކަނި އެފޯނުކޯލު ރެކޯޑިންގތަކުގެ މައްޗަށް ބުރަވެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއްނުވާ މިންވަރަށް، ޙުސައިން އާތިފްގެ
ތުހުމަތުކުރެވިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުކުރެވިގެންވާނޭކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމެވެ.
މައްޗަށް
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2011/Cr
-
C/1270 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް އިއްތިފާޤުވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/1270 ޤަޟިއްޔާގައި،
ކުދެހިގެ/މާލެ، ޙުސައިން ޢާޠިފް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ
މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 109
ވަނަ މާއްދާގެ (ށ) ގެ ދަށުން، އެޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރަން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 43
2014/HC-A/111
11 ޤަޟިއްޔާ ނިމުނު "
އުޅުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާބެހޭ
ޤާނޫނުގެ 109 ވަނަ މާއްދާގެ (ރ) ގެ ދަށުން ޙުސައިން ޢާޠިފް 18 (އަށާރަ) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމާއެކު -/75,000 (ހަތްދިހަފަސްހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، އެފައިސާ 26
ނޮވެމްބަރު 2013 އިން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ
ޚަލާޞްކުރުމަށް ޙުސައިން އާތިފަށް އަންގާ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން
ޙުކުމްކޮށް ފީމެވެ.
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv