ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/249 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A249
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 249/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ސާޖިދު
ދާއިމީ
އެޑްރެސް: ފ.ސައުތު ބްރީޒް
މިހާރުގެ އެޑްރެސް: ފ.އައްޑޫގެ އައިޑީކާޑް ނަންބަރު: A048607
• ވަކީލު: އގ. އަރީފް އަޙްމަދު ނަޞީރު
0
• އިސްތިއުނާފު ރައްދުވި ފަރާތް:
1- ނަން: މަރިޔަމް ވަޙީދާ
* މިހާރުގެ އެޑްރެސް: ލ. ރާޅުފުނީ
ވަކީލު: އޖ. ޝަހީމް އަޙްމަދު
އެޑްރެސް: ސ.ފޭދޫ! ކަރަންފޫގެ
އައިޑީކާޑް ނަންބަރު: A017281
ރަޖިސްޓްރީކުރެވުނު ތާރީޚް: 15 އޮގަސްޓް 2012
0
ނިމުނު ތާރީޚް: 19 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Fm
-
C/731
ޤަޟިއްޔާގެ ބާވަތް: ޙަޟާނަތު
• ނިންމެވި ކޯޓް: ފެމިލީ ކޯޓު
ހުށަހެޅި ތާރީޚް: 07-05-2012
ނިމުނު ތާރީޚް: 28-06-2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން
ޝަރީފު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
0
އިސްފަނޑިޔާރު އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/249
ދައުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގ. ސައުތްބެރީޒް ޢަލީ
ސާޖިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.މަރަދޫ ! ކަރަންފުގެ، މަރިޔަމް ވަޙީދާ އެވެ.
• ފާހަގަކުރެވުނު ނުކުތާތައް
01- ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާއަކީ، ސައުތުބްރީޒް ޢަލީ
ސާޖިދުއާއި ސ.މަރަދޫފޭދޫ މޫނިމާގެ ސުޖީތާ ޢަބްދުﷲ އާ ކާވެނިކޮށް 27 ޛުލްޤައިދާ 1429 ( 25
ފުވެމްބަރު 2008 މ. ) ގައި ލިބިފައިވާ ފިރިހެން ދަރި ބްރައަން ޢަލީގެ ޙަޟާނަތު ލިބިގަތުމަށް އެދި
އެކުއްޖާގެ މައްމަ ފަރާތު މާމަ މަރަދޫ ކަރަންފޫގެ މަރްޔަމް ވަހީދާ ހުށަހެޅުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
05
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، މާލެ ގ.ސައުތްބްރީޒް ޢަލީ ސާޖިދު
(އައިޑީކާޑު ނަންބަރު: A048607) އާއި ސ.މަރަދޫފޭދު މޫނިމާގެ ސުޖީތާ ޢަބްދުﷲ (އައިޑީކާޑު
ނަންބަރު: A016651) އާ ކާވެނިކޮށް 27 ޛުލްޤަޢިދާ 1429 ހ. | 25 ނޮވެމްބަރު 2008 މ.
ގައި ލިބިފައިވާ ފިރިހެން ދަރި ބްރައަން ޢަލީގެ ޙަޟާނަތު ލިބިގަތުމަށް އެދި މި ކުއްޖާގެ މަންމަ
ފަރާތު މާމަ ސ.މަރަދޫ ކަރަންފޫގެ މަރްޔަމް ވަޙީދާ (އައިޑީކާޑު ނަންބަރު: A017281) ކުޅަ މި
ދަޢުވާގައި ދަޢުވާކުރާ މަރްޔަމް ވަޙީދު މި ދަޢުވާ ހުށަހަޅާފައިވަނީ ބުނެވިދިޔަ ކުއްޖާއަށް
ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތެއް ދީގެން ބަލާބޮޑުކުރުމަށް އެދޭތީއާއި، ކުއްޖާގެ ބައްޕަގެ
ބެލުމުގައި ކުއްޖާ ހުންނަ ހުރުމުގައި މި ކުއްޖާގެ ބައްޕަގެ ބޭނުންޖެހޭ އެންމެ މުހިންމު
ވަޤުތުތަކުގައި ޢަލީ ސާޖިދުއަށް މި ކުއްޖާގެ ކައިރީގައި ނުހުރެވޭނެކަން ޔަޤީން ކުރެވޭތީއާއި، ޤާނޫނު
ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގައި ޙަޟާނަތު ޙަވާލުކުރެވޭ މީހާގެ
ކިބައިން ހުންނަންޖެހޭ އެންމެހާ ޝަރުޠުތައް ދަޢުވާކުރާ މަރްޔަމް ވަޙީދާގެ ކިބައިން ފުރިހަމަވާތީއާއި
ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވޭ ތަރުތީބަށް ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/249
32
މަންމަ ފިޔަވައި އެންމެ އިސް ފަރާތަކީ ކުއްޖާގެ މަންމަ ފަރާތު މާމަކަމަށް ކަނޑައަޅާފައިވާތީ
ބްރަޔަން ޢަލީގެ ޙަޟާނަތު ޙައްޤު ލިބިގަތުމަށްއެދިކަމުގައި މަރްޔަމް ވަޙީދާގެ ފަރާތުން
ބުނެފައިވާއިރު، ދަޢުވާލިބޭ ޢަލީ ސާޖިދުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުން ޢާއިލާއާބެހޭ ޤަވާޢިދުގެ
71 ވަނަ މާއްދާއަށް ޙަވާލާދީ މަރްޔަމް ވަޙީދާގެ ފަރާތުން
މި
ދަޢުވާ ބިނާކުރިނަމަވެސް
ބަޔާންކުރަނިވި މާއްދާއިން އެއްވެސް ފަރާތަކަށް ކުއްޖާގެ ޙަޟާނަތު ޔަޤީންކޮށްދެވިފައިނުވާކަމާއި،
ޢަލީ ސާޖިދުގެ ބެލުމުގެ ދަށުން ބްރަޔަން ޢަލީ ދަނީ ތަޢުލީމް ޙާސިލުކުރަމުންކަމާއި، އަދި ރަނގަޅު
ތަރުބިއްޔަތެއް ފޯރުކޮށްދެވޭކަމާއި، ޢަލީ ސާޖިދު އަދާކުރާ ވަޒީފާގެ ގޮތުން މަސައްކަތްކުރުމަށް
ދާންޖެހެނީ ހަފްތާއަކު ދެ ރޭކަމާއި، މި ދެރޭވެސް ޢަލީ ސާޖިދު ވަޒީފާއަދާކުރުމަށް ދަނީ ބްރަޔަން
ޢަލީ ނިންދަވާފައިކަމާއި، ބްރަޔަން ޢަލީ، ޢަލީ ސާޖިދުގެ ބެލުމުގެ ދަށުގައި ހުރީ ބްރަޔަން ޢަލީގެ
މަންމަ، ސުޖީތާ ޢަބްދުﷲ މި ކުއްޖާ ޢަލީ ސާޖިދުއާ ޙަވާލުކުރުމުންކަމާއި، މި ކުއްޖާ ޢަލީ ސާޖިދުގެ
ބެލުމުގެ ދަށުގައި ހުންނައިރު މި ކުއްޖާގެ މާމަ މި ކުއްޖާއަށް ޒިޔާރަތްކޮށްފައިނުވާކަމާއި، މި
ކުއްޖާގެ މަޞްލަޙަތަށް އެންމެ ހެޔޮގޮތަކީ އެހެން މާހައުލަކަށް މި ކުއްޖާ ބަދަލުކުރުމުގެ ބަދަލުގައި
މި ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށުގައި މި ކުއްޖާ ހުރުންކަމަށް ބުނެ މަރްޔަމް ވަޙީދާ ކުޅަ
ދަޢުވާއަށް ޢަލީ ސާޖިދު އިންކާރުކޮށްފައިވުމުން، ބްރަޔަން ޢަލީގެ ޙަޟާނަތު ލިބިގަތުމަށް އެދި މި
ކުއްޖާގެ މައިފުށު މާމަ މަރްޔަމް ވަޙީދާ ކުޅަ މި ދަޢުވާގެ ޙަޤީޤަތްތަކުގެ މައްޗަށް ޤާނޫނު ނަންބަރު
4/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި ޢާއިލާއާބެހޭ ޤަވާޢިދުގެ އަލީގައި ބަލާއިރު، ޢާއިލާއާބެހޭ
ޤަވާޢިދުގެ 1 ވަނަ މާއްދާގައި ކުއްޖެއްގެ ޙަޟާނަތު ޙަވާލުކުރުމުގައި އިސްކަންދޭ ތަރުތީބު
ބަޔާންކޮށްފައިވާއިރު ދެވަނައަށް ބަޔާންކުރެވިފައިވަނީ މަންމަގެ
މަންމަކަން އެނގޭކަމާއި،
މިހެންމިކަން އޮތްއިރު ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙަޟާނަތު ލިބުމުގެ ޝަރުތެއް ބުނެވިދިޔަ ކުއްޖާގެ މާމަ މަރްޔަމް ވަޙީދާގެ ކިބައިން
އުނިވެ، އަދި ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު)ގެ 42 ވަނަ މާއްދާގައި
ބަޔާކުރެވިފައިވާ ޙަޟާނަތުގެ ޙައްޤު މަރްޔަމް ވަޙީދާގެ ކިބައިން ގެއްލޭގޮތްތަކުންކުރެ ގޮތެއް
މެދުވެރިވެފައިވާކަން ޝަރީޢަތަށް އެނގެންނެތޭތީ އަދި މިކަން މަދަނީ މިންގަނޑުތަކުން ޢަލީ
ސާޖިދުއަށް ސާބިތުކޮށްދީފައިނުވާހިނދު، ޙަޟާނަތުގެ މައްސަލަތަކަކީ ކޮންމެ މައްސަލައެއްވެސް
ވަކީން އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރެވިގެން ކުދިންގެ މަޞްލަޙަތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/249
ނު
ކުއްޖާ
އެންމެ ރަނގަޅުކަމަކީ ކޮބައިކަން ބެލުމަށްފަހު ކުދިންގެ މަޞްލަޙަތަށް އެންމެ ރަނގަޅުގޮތް
އިޚްތިޔާރުކުރަންޖެހޭ މައްސަލަތަކެއްކަން ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު)ގެ 40
ވަނަ މާއްދާގެ (ބ) އިން އެނގެން އޮތުމުންނާއި، ކުދިންގެ ޙަޟާނަތު ޙަވާލުކުރުމުގައި ކުދިން
އުޅޭނެތަނަކާއި، ކުދިންގެ އަސާސީ ކަންތައްތައް ފުރިހަމަކޮށްދެވެންޖެހޭނެކަމަށް ޝަރުތުކުރުމަށް
ޢާއިލާއާބެހޭ ޤަވާޢިދުން ބާރު އަޅާފައިވަނީވެސް ކުދިންގެ މަޞްލަޙަތަށް ބެލުމުގެ ބޭނުންތެރިކަން
ބޮޑުކަމުންކަމަށް ފާހަގަކުރެވޭތީ، ބުނެވިދިޔަ ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ރަނގަޅުގޮތް
ބެލުމުގައި ކޯޓުގެ ފަރާތުން މަރްޔަމް ވަޙީދާ ދިރިއުޅޭ ގެއަށާއި ޢަލީ ސާޖިދު ދިރިއުޅޭ ގެއަށް
ޒިޔާރަތްކުރިކުރުމުގައި ބުނެވިދިޔަ ކުއްޖާ އުފަންވީއްސުރެ ސުޖީތު ޢަބްދުﷲ އާއި ޢަލީ ސާޖިދުއާ ދެ
މީހުން ވަކިވެ މި ކުއްޖާއަށް 3 (ތިނެއް) އަހަރުވުމާއި ހަމައަށް އުޅެފައިވަނީ މި ކުއްޖާގެ މާމަ
ދިރިއުޅޭ ގެ، މ.ރާޅުފުނީގައިކަމާއި، މި ގެއަކީ ބުނެވިދިޔަ ކުއްޖާއަށް އެއްވެސް ނުރައްކާތެރިކަމެއް
ކުރިމަތިވެފައިވާ ނުވަތަ ކުއްޖާއަށް ނުރަނގަޅު އަސަރުތަކެއްކޮށްފައިވާ ތަނެއްކަން ކޯޓުގެ ފަރާތުން
ބެލިބެލުމުން ފާހަގަކުރެވިފައިނުވާކަމާއި، މި ކުއްޖާގެ މަޞްލަޙަތު
ގިނަދުވަސްތަކެއްވަންދެން އުޅެފައިވާ އަދި މި ކުއްޖާ ދެކެފަރިތަ މާޙައުލުގައި އުޅުންކަމަށް
ޝަރީޢަތުން ބުރަވާހިނދު، މައްސަލައިގެ ވަށައިގެންވާ ޙަޤީޤަތްތަކުގެ މައްޗަށް ބަޔާންކުރަނިވި
މާއްދާތައް ތަތުބީޤުކުރެވި މިކަންކަމަށް ނަޒަރުކޮށް، މާލެ ގ، ސައުތްބްރީޒް ޢަލީ ސާޖިދުއާއި
ސ.މަރަދޫފޭދޫ މޫނިމާގެ ސުޖީތް ޢަބްދުﷲއާ ކައިވެނިކޮށް ލިބިފައިވާ ދަރި ބްރަޔަން ޢަލީގެ
ޙަޟާނަތުގެ ޙައްޤުވެރިޔަކީ މި ކުއްޖާގެ މަންމަ ފުށު މާ ސ.މަރަދޫ ކަރަންފޫގެ މަރްޔަމް ވަޙީދާ
ކަމުގައި ޝަރީޢަތުން ކަނޑައަޅައި، މިއަދު (08 ޝަޢުބާން 1433 ހ. ! 28 ޖޫން 2012 މ.)
މި ވަގުތުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ބްރަޔަން ޢަލީ ( މި ކުއްޖާގެ ތަކެއްޗާއިއެކު) މި
ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވިފައިވާ ފަރާތް މަރަދޫ ކަރަންފޫގެ މަރްޔަމް ވަހީދާއާ
ޙަވާލުކުރުމަށް މާލެ ގ.ސައުތްބްރީޒް ޢަލީ ސާޖިދުއަށް އަންގައި، ބްރަޔަން ޢަލީގެ ޙަޟާނަތު
ކުއްޖާގެ މަންމަ ފުށު މާމަ މަރްޔަމް ވަޙީދާއާ ޙަވާލުކުރެވުނުނަމަވެސް، މި ކުއްޖާގެ ބައްޕަ ޢަލީ
ސާޖިދުއަށް މި ކުއްޖާއަށް ޒިޔާރަތްކޮށް މި ކުއްޖާއާ ބައްދަލުކުރެވެންވާނެކަމާއި، އަދި ފޯނުގެ
ޒަރީޢާއިން މި ކުއްޖާއާ ވާހަކަދެކެވެންވާނެކަމާއި، މި ކުއްޖާ ބަލައި ތަރުބިއްޔަތު ކުރުމުގައި މި
ކުއްޖާގެ މައިންބަފައިން ޙިއްސާވެ، މި ކުއްޖާގެ
މަސްލަޙަތަށް އިސްކަން ދީގެން
މި
2 203
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/249
ކަންތައްކުޅައުމަށާއި، މި ކުއްޖާއަށް ނޭދެވޭ އަސަރެއްކޮށްފާނެ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ހެޔޮ
ގޮތުގައި މި ކުއްޖާއަށް ކިޔަވައިދީ، ރަނގަޅު ސިއްޙަތަކާއި ތަރުބިއްޔަތެއް މި ކުއްޖާއަށް
ހޯދައިދިނުމަށް މި ކުއްޖާގެ މައިންބަފައިންނާއި ގުޅިގެން މި ދެ ފަރާތުގެ މަޝްވަރާގެމަތިން މި
ކުއްޖާގެ ކަންތައްތައް ބެލެހެއްޓުމަށް މި ކުއްޖާގެ މާމަ މަރްޔަމް ވަހީދާއަށް ނަސޭޙަތްތެރިވެ، މިގޮތުގެ
މަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
OXO.
02- ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަ
ނުވާކަމަށްބުނެ އެޤަޟިއްޔާ ތިއުނާފުކޮށްދިނުން އެދި ގ. ސައުތްބެރީޒް ޢަލީ
ސާޖިދުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2&
(ހ) ފުރަތަމަ ނުކުތާއަކީ، މިމައްސަލާގައި ޤާނޫނު ނަންބަރު 4/2000 ޢާއިލާއާއިބެހޭ
ޤާނޫނުގެ 40 ވަނަމާއްދާގެ (ބ) ގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލުކުރަން ވާނީ
ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ކަމުގައި ބަޔާންކޮށްފައިވާއިރު، މިމައްސަލާގައި
ކުއްޖާގެ މަޞްލަޙަތަށް ބެއްލެވުމުގައި މައްސަލާގައި ހާމަވެފައިވާ ކަންތައްތަކާއި އަދި ޖެންޑަރ
މިނިސްޓްރީގެ ފަރާތުން މައްސަލަ ބައްލަވައި ހޯއްދަވާފައިވާ ހޯއްދެވުންތަކަށް ރިޢާޔަތްނުކޮށް
މައްސަލަ ނިންމަވާފައިވަނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ކަމުގައި ނުވުން
ކަމަށްބުނެ ހުށަހެޅި .
44 239
ނއވެ.
ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/2000 ޢާއިލާއާއިބެހޭ ޤާނޫނުގެ 42
ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން ޙަޟާނަތު ޙަވާލުވެފައިވާ މީހާ ކުއްޖާއާއި އަޅާނުލުން،
ނުވަތަ ކުއްޖާއަށް އަނިޔާވެރިވުން އެއީ ކުއްޖާގެ ޙަޟާނަތު ގެއްލޭނެ ޙާލަތެއްކަމަށް ވީއިރު، ފެމިލީ
ބައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
: ތަކާ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/249
ކޯޓުގެ ނަންބަރު 2012/FM
-
C/731 ޤަޟިއްޔާގައި ދަރިފުޅުގެ ޙަޟާނަތު ހަވާލުކުރުމުގައި
އިސްކަންދޭ ތަރުތީބު ބަޔާންކޮށްފައިވާއިރު ދެވަނައަށް ބަޔާންކުރެވިފައިވަނީ މަންމަގެ މަންމަކަމާއި،
ދަރިފުޅުގެ މާމަ މަރިޔަމް ވަޙީދާގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލިފައި ނުވާކަމަށް ނިންމެވުން
ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
03- ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ސައުތްބްރީޒް ޢަލީ ސާޖިދުގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ރެވެއެވެ
/ އ 4
2
2
4
ހގކުރވއވ"
2 203
0 ހ އ ހވ
04
4
3
2 ހ
ހ) ފުރަތަމަ ކަމަކީ، މިމައްސަލާގައި ޤާނޫނު ނަންބަރު 4/2000 ޢާއިލާއާއިބެހޭ
ޤާނޫނުގެ 40 ވަނަމާއްދާގެ (ބ) ގައި ކުއްޖާގެ ޙަޟާނަތު ޙަވާލު
ވާލުކުރުމުގައި ޢަމަލުކުރަން ވާނީ
ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ކަމުގައި ބަޔާންކޮށްފައިވާއިރު، މިމައްސަލާގައި
މިނިސްޓްރީގެ ފަރާތުން މައްސަލަ ބައްލަވައި ހޯއްދަވާފައިވާ ހޯއްދެވުންތަކަށް ރިޢާޔަތްނުކޮށް
މައްސަލަ ނިންމަވާފައިވަނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތަށް ކަމުގައި ނުވުން
ކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބެލިއިރު،
ފެމިލީ ކޯޓުގެ ނަންބަރު
2012/Fm
-
C/731 ޤަޟިއްޔާއަކީ ގ.ސައުތްބެރީޒް ޢަލީ
ސާޖިދު އާއި ސ.
ސ.މަރަދޫފޭދޫ މޫނިމާގެ ސްޖީތާ ޢަބްދުﷲ އާ ކާވެނިކޮށް 25 ނޮވެމްބަރު 2008 މ. ގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2012/HC-A/249
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިފައިވާ ފިރިހެން ދަރި ބްރަޔަން ޢަލީގެ ޙަޟާނަތު ލިބިގަތުމަށް އެދި އެކުއްޖާގެ މަންމަ ފަރާތު މާމަ
ސ.މަރަދޫ ކަރަންފޫގެ، މަރްޔަމް ވަޙީދާ ގެ ފަރާތުން ހުށަހަޅައިފައިވާ ޤަޟިއްޔާއެއްކަމާއި
ދަޢުވާކުރާ މަރްޔަމް ވަޙީދާ މިދަޢުވާ ހުށަހަޅާފައިވަނީ ބްރަޔަން ޢަލީއަށް ރަނގަޅު
ތަޢުލީމާއި ތަރުބިއްޔަތެއް ދީގެން ބަލާބޮޑުކުރުމަށް އެދޭތީއާއި، ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށުގައި ކުއްޖާ
ހުންނަ ހުރުމުގައި ކުއްޖާގެ ބައްޕަގެ ބޭނުންޖެހޭ އެންމެ މުހިންމު ވަޤުތުތަކުގައި ޢަލީ ސާޖިދުއަށް ކުއްޖާގެ
ކައިރީގައި ނުހުރެވޭނެކަން ޔަޤީންކުރެވޭތީއާއި، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 41
ވަނަ މާއްދާގައި ޙަޟާނަތު ޙަވާލުކުރެވޭ މީހާގެ ކިބައިގައި ހުންނަންޖެހޭ އެންމެހާ ޝަރުޠުތައް ދަޢުވާކުރާ
ވަހީދާގެ ކިބައިން ފުރިހަމަވާތީޢާއި ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައި ކުއްޖާގެ
ޙަޟާނަތު ޙަވާލުކުރެވޭ ތަރުތީބަށް ބަލާއިރު މަންމަ ފިޔަވައި އެންމެ އިސް ފަރާތަކީ ކުއްޖާގެ މަންމަ ފަރާތު
މާމަކަމަށް ކަނޑައަޅާފައިވާތީ އެސަބަބުތަކަށްޓަކައިކަމަށް މަރްޔަމް ވަހީދާގެ ފަރާތުން ބުނެފައިވާ ކަމާއި
0 ﷲ0
މަރްޔަމް
ދަރިންގެ ޙަޟާނަތު ޙައްޤަކީ އެއްވެސް ފަރާތަކަށް މިލްކުވެގެންވާ ބަދަލު ނުކުރެވޭނެ
ޙައްޤެއްނޫންކަމާއި ޤާނޫނު ނަންބަރ 4/2000 ޢާއިލާއާ ބެހޭ ޤާނޫނު)ގެ 40 ވަނަ މާއްދާގެ (ނ) އަށް
ބަލާއިރު ޙަޟާނަތު ޙަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޢާއިލާއާއި ބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ
ޙަޟާނަތު ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި އިސްކަންދޭންޖެހޭ ތަރުތީބަށްބަލައި އެތަރުތީބަށް
އިސްކަން ދޭންޖެހޭނެކަމަށް ބަޔާންކޮ
ންކޮށްފައިވީނަމަވެސް އެޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) ގައި ޙަޟާނަތު
ހަވާލު ކުރުމުގައި ޢަމަލުކުރަންވާނީ ކުއްޖާގެ
މަސްލަޙަތަށް
އެންމެ ރަނގަޅު ގޮތަކަށް ކަމަށް
ބަޔާންކޮށްފައި ވާކަމާއި
އަތޮ
އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި ބްރަޔަން އަލީގެ ޙަޟާނަތު ލިބިގަތުމަށް އެދި ދަޢުވާ
ކޮށްފައިވާ މަރްޔަމް ވަހީދާއަކީ ބްރަޔަން ޢަލީގެ މައިފުށުގެ މާމަ ކަމަށްވާއިރު އާއިލާއާއި ބެހޭ ޤަވާއިދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A249
71 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތު ހަވާލުކުރުމުގައި އިސްކަންދޭން
ދޭންޖެހޭ ތަރުތީބުގައި ކުއްޖާގެ މައިފުށު
މާމަ އައިސްފައިވަނީ ދެވަނައަށް ކަން އެނގެން އޮންނަކަމާއި
އިސްތިއުނާފު މިކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާގައި
ބްރަޔަން ޢަލީގެ ޙަޟާނަތު ކުއްޖާގެ މައިފުށު މާމަ މަރްޔަމް ވަހީދާއަށް ޙަވާލުކުރުމުގައި ކުއްޖާގެ
މަސްލަޙަތަށް ބެއްލެވުމުގައި ފެމިލީ ކޯޓުން ބައްލަވާފައިވާ ކަންތައްތަކަށް ބަލާއިރު،
މިމައްސަލައާއި ގުޅިގެން ކުއްޖާގެ މާމަ މަރްޔަމް ވަޙީދާ ދިރިއުޅޭ ގެ ކަމަށްވާ މ.ރާޅުފުނިގެއާއި
ކުއްޖާގެ ބައްޕަ ޢަލީ ސާޖިދު ދިރިއުޅޭ ގެ ކަމަށްވާ ހ.އައްޑޫގެއަށް ފެމިލީ ކޯޓުގެ ފަރާތުން ޒިޔާރަތްކޮށް
އެކުލަވާލައިފައިވާ ރިޕޯޓުގައި އެދެތަނަކީވެސް ކުޑަކުއްޖަކު ދިރިއުޅުމަށް އެކަށީގެންވާ މާހައުލެއްކަމުގައި
ފާހަގަކޮށްފައިވާކަން ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގޭކަމާއި އަދި ކުއްޖާ ގިނަ މުއްދަތެއްވަންދެން ދިރިއުޅެފައިވަނީ ކުއްޖާގެ މާމައާއި
އެގެއެއްގައިކަން އެރިޕޯޓުގައި ފާހަގަކޮށްފައިވާއިރު މިޤަޟިއްޔާއާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ބަޔާންތަކުންވެސް ކުއްޖާ ގިނަދުވަސްތަކެއް ވަންދެން ދިރުއުޅެމުން އައިސްފައިވަނީ
ކުއްޖާގެ މައިފުށުގެ މާމައާއި އެއްކޮށްކަމަށް އިސްތިއުނާފުކުރާ ޢަލީ ސާޖިދު ފަރާތުންވެސް
ބުނެފައިވާކަންވެސް އެނގޭކަމާއި
އެހެންކަމުން ކުއްޖާގެ މަސްލަޙަތަށް ރިޢާޔަތްކުރާއިރު ކުއްޖާއަށް އެކުއްޖާ ގިނަދުވަސްވަންދެން
ދިރިއުޅެފައިވާ ދެކެފަރިތަ މާޙައުލެއްގައި ކުއްޖާ ހުރުމަކީ ކުއްޖާއަށް އެންމެ މަސްލަހަތުހުރި ގޮތްކަމަށް
22 24320
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 4/2000 ޢާއިލާއާއިބެހޭ ޤާނޫނުގެ 42 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން ޙަޟާނަތު ޙަވާލުވެފައިވާ މީހާ ކުއްޖާއާއި އަޅާނުލުން، ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/249
ކުއްޖާއަށް އަނިޔާވެރިވުން އެއީ ކުއްޖާގެ ޙަޟާނަތު ގެއްލޭނެ ޙާލަތެއްކަމަށް ވީއިރު، ފެމިލީ ކޯޓުގެ
ނަންބަރު 2012/FM-C/731 ޤަޟިއްޔާގައި ދަރިފުޅުގެ ޙަޟާނަތު ހަވާލުކުރުމުގައި އިސްކަންދޭ
ތަރުތީބު ބަޔާންކޮށްފައިވާއިރު ދެވަނައަށް ބަޔާންކުރެވިފައިވަނީ މަންމަގެ މަންމަކަމާއި، ދަރިފުޅުގެ
މާމަ މަރިޔަމް ވަޙީދާގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލިފައި ނުވާކަމަށް ނިންމެވުން ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއަށް ބެލުމުން
ގ.ސައުތްބްރީޒް ޢަލީ ސާޖިދު އާއި ސ.މަރަދޫފޭދޫ، މޫނިމާގެ ސުޖީ ޢަބްދުﷲ އާ ކާވެނިކޮށް
25 ނޮވެމްބަރު 2008 މ. ގައި ލިބިފައިވާ ފިރިހެން ދަރި ބްރައަން ޢަލީގެ ޙަޟާނަތު ލިބިގަތުމަށް އެދި
އެކުއްޖާގެ މަންމަ ފަރާތު މާމަ ސ.މަރަދޫ ޕެކަރަންފޫގެ، މަރްޔަމް ވަޙީދާ ގެ ފަރާތުން ފެމިލީ ކޯޓަށް
ހުށަހެޅުނު އިރު އެއްވެސް ފަރާތަކަށް ކުއްޖާގެ ޙަޟާނަތު ހަވަލުކުރެވި ވިފައިވާކަން އެނގެން ނެތްކަމާއި
24 22
ޙަޟާނަތުގެ ޙައްޤު ގެއްލޭ ގޮތްތައް ޤާނޫނު ނަންބަރު:4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ
42 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި އަދި އެމާއްދާގައި ބަޔާން ކޮށްފައިވާ ކަންތައްތައް ކުއްޖާގެ
މައި ފުށުގެ މާމައަށް ތަތުބީޤު ކުރެވޭއިރު، އެމާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ހާލަތެއް ކުއްޖާގެ މާމަ
މަރިޔަމް ވަހީދާއަށް މެދުވެރިވެފައިވާކަން މައްސަލަ އިސްތިއުނާފު ކުރިފަރާތުން ޝަރީޢަތަށް ސާބިތު
ކޮށްދެވިފައި ނުވާ ކަމާއި އަދި ޢާއިލާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގައި ޙަޟާނަތު ލިބުމުގެ ޝަރުޠުތައް
ކަމުގައި މުސްލިމަކަށްވުން، ބުއްދި ހަމައަށް ހުރުން، ކުއްޖާ ބަލާ ބޮޑުކުރުމަށް ބޭނުންވާ އޯގާތެރިކަމާއި
ފަރުވާތެރިކަން ދެވޭފަދަ މީހަކު ކަމުގައިވުން، އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ފާޙިޝް ޢަމަލުކުރާ
މީހަކު ކަމުގައި ނުވުން އަދި އެމީހަކު ދިރިއުޅޭ ތަނަކީ އަޚުލާޤީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުއްޖާއަށް
ނުރަނގަޅު އަސަރެއް ނުފޯރާނެ ތަނަކަށްވުން، މިކަންކަން ބަޔާންކޮށްފައިވާއިރު މިއިން އެއްވެސް ޝަރުތެއް
ބުނެވިދިޔަ ކުއްޖާގެ މާމަ، މަރިޔަމް ވަހީދާގެ ކިބައިގައި ފުރިހަމަ ނުވާކަން ޝަރީޢަތަށް އެގެންނެތްއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A249
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިއިން އެއްވެސް ޝަރުތެއް އުނިވެފައި ވާކަން އިސްތިއުނާފުކުރާ ޢަލީ ސާޖިދުގެ ފަރާތުން ޝަރީޢަތަށް
ސާބިތު ކޮށްދެވިފައި ނުވާކަން އެނގެއެވެ.
Puc
(ނ) ތިންވަނަ ކަމަކީ، ޢަލީ ސާޖިދުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅި 2 ވަނަ
ނުކުތާގެ ތަފްސީލުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ ސާޖިދުގެ ފަރާތުން ވާހަކަ
ދެއްކިއިރު ކުއްޖާގެ ހަޟާނަތު އެކުއްޖާގެ މަންމަ ފަރާތުގެ މާމައަށް ކޯޓުން ނަގައިދިން އިރު ކުއްޖާގެ
މަންމަގެ ކިބައިން ހަޟާނަތުގެ ހައްޤު ގެއްލިފައިވޭތޯ ނުވަތަ ނޫންތޯ ކޯޓުން އެއްވެސް ވަރަކަށް
ބައްލަވާފައިނުވާކަމަށް ބުނެފައިވާއިރު އެއީ މައްސަލަ އިސްތިއުނާފު ކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ
އިސްތިއުނާފް ނުކުތާއެއް ނޫން ކަމާއި އަދި އެއީ ޢަލީ ސާޖިދުގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގައި
ފާހަގަކޮށް ޝަރީޢަތަށް ހުށަހަޅާފައިވާ ކަމަކަށް ނުވާތީ އެނުކުތާއަކީ މިމަރުހަލާގައި މިހާރު ބެލޭނެ ކަމެއް
ނޫންކަން އެނގޭ ކަމެވެ.
OX
ވީމާ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731
ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވަނީ ޤަބޫލުކުރެވިފައެވެ.
ޙުކުމް
24 2)
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ނުކުތާތަކުގައި ބަޔާންވެދިޔަ ކަންކަން އެގޮތަށް
ފެމިލީ ކޯޓުގެ ނަންބަރު 2012/Fm
-
C/731 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/249
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/Fm
-
C/731 ޤަޟިއްޔާގައި
ފަނޑިޔާރުން އިއްތިފާޤު ވެފައިވާތީ ފެމިލީ ކޯޓުގެ ނަންބަރު
ކުރައްވާފައިވާ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.
ބައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv