ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/131 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ:131/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ
ރަޖިސްޓްރީ ނަންބަރ: AB
/
F98
ދާއިމީ އެޑްރެސް: ލ. ޑޮނޭރިޔާ
ސަންލީޓް، 2 ވަނަ ފަންގިފިލާ
4
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
0
ނިމުނު ތާރީޚް: 16 ޖޫން 2011
ހުށަހެޅުނު ތާރީޚް: 16 ޖޫން 2010
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
އެހިރާއްޖެ
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓްގެ ނަންބަރު 2010/MC/47 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
)
OLO
ފާހަގަކުރެވުނު ނުކުތާތައް:
2006
ﷲ04
Oec
01- މަދަނީކޯޓުގެ ނަންބަރު 2010/MC/47 ޤަޟިއްޔާއަކީ މިރިހި މާލެ ޙުސައިން
ޝަރީފް، ސްޓޭޓް ބޭންކް އޮފް
އިންޑިޔާއިން 18 ނޮވެމްބަރ
ގައި ނަގާފައިވާ
$3,500,000.00US (ތިން މިލިއަން ފަސްލައްކަ ޔޫ. އެސް ޑޮލަރ)ގެ ތެރެއިން މިހާތަނަށް
$3,552,231.83US (ތިން މިލިއަން ފަސްލައްކަ ފަންސާސްދެހާސް ދުއިސައްތަ އެއްތިރީސް ޕޮއިންޓް
ތިނެއް) ޔޫ. އެސް ޑޮލަރު ދައްކާފައިނުވާ ކަމަށްބުނެ، އެފައިސާ ހޯދުމަށް އެދި ޙުސައިން ޝަރީފްގެ
މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، ހ. މިރިހި މާލެ ޙުސައިން ޝަރީފްގެ
މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މިމައްސަލާގައި، ދަޢުވާ
ފޯމުގައިވާ އެޑްރެހަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން، އެއެޑްރެހުގައި ޙުސައިން ޝަރީފް ނޫޅޭ
ކަމަށް މިކޯޓަށް މަޢްލޫމާތު ލިބިފައިވާތީ، ޙުސައިން ޝަރީފް މިހާރު އުޅޭ އެޑްރެސް ސާފު ކުރުމަށްފަހު 07
(ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން މިކޯޓަށް އެންގުމަށާއި އަދި އެމުއްދަތުގެ ތެރޭގައި ޙުސައިން ޝަރީފް
މިހާރު އުޅޭ އެޑްރެސް މިކޯޓަށް ނާންގައިފިނަމަ ދަޢުވާ ފޯމް ބާޠިލް ކުރެވޭނެކަން، ދަޢުވާކުރާ ސްޓޭޓް
ބޭންކް އޮފް އިންޑިޔާގެ ފަރާތުން މިމައްސަލައިގައި ޙާޟިރުވުމަށް ޢައްޔަން ކޮށްފައިވާ ވަކީލް، ހެޕީ|
މާލެ ޖައުފަރު ރަޝީދަށް 25 ފެބުރުއަރީ 2010 ގައި އެންގިފައިވާއިރު، މިއެންގުމާއި ގުޅިގެން ޙުސައިން
ޝަރީފް މިހާރު އުޅޭ އެޑްރެސް ދަޢުވާކުރާ ފަރާތުން މިހާތަނަށްވެސް ސާފުކޮށްދީފައިވާ ނުވާތީ،
މިމައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް މައްސަލަ ނިންމީއެވެ.؟ މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ox
****
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OLC
7
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓުގެ ނަންބަރު 2010/MC/47
ޤަޟިއްޔާ ނިންމެވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 4 ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- މަދަނީކޯޓުގެ ނަންބަރު 2010/MC/47 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން އެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މިމައްސަލައާއި ގުޅޭ ގޮތުން ޝަރީޢަތަށް
ލިބިފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުން ބެލި ހިނދު މިމައްސަލަ ނިންމަން ފެންނަގޮތާއިމެދު
ފަނޑިޔާރުންގެ މެދުގައި ދެރައުޔެއްގެ މައްޗަށްވަނީ ޚިޔާލު ތަފާތުވެފައެވެ. އެދެރައުޔާއި އަދި އެދެރައުޔު
ބިނާކުރެވިފައިވާ އަސާސްތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.
0
ޤަޟިއްޔާގެ
ފުރަތަމަ: ޚިލާފުވިރައުޔު (ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު) އާއި
އެރައުޔު ބިނާކުރެވިފައިވާ އަސާސުތައް:
މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2010/MC/47
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ސްޓޭޓް
ބޭންކް އޮފް އިންޑިއާ އިން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
އެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ އާއި ގުޅިގެން
ހުށަހެޅުނު ލިޔެކިޔުން ތަކަށް ރިޢާޔަތް ކުރުމުގައި މައްސަލަބެލި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު:
(ހ) ސްޓޭޓް އޮފް އިންޑިޔާއިން މަދަނީ ކޯޓަށް ހުށަހެޅި ނަމްބަރު 2010/MC/47
ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެއީ ހ. މިރިހި، މާލެ ޙުސައިން ޝަރީފް، ސްޓޭޓް
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބޭންކް އޮފް އިންޑިޔާގެ
ބޭންކް އޮފް އިންޑިޔާއިން 18 ނޮވެމްބަރު 2006 ގައި ނަގާފައިވާ $3,500,000.00US (ތިން މިލިއަން
ފަސްލައްކަ ޔޫ. އެސް ޑޮލަރު)ގެ ތެރެއިން މިހާތަނަށް $3,552,231.83US (ތިން މިލިއަން ފަސްލައްކަ
ފަންސާސްދެހާސް ދުއިސައްތަ އެއްތިރީސް ޕޮއިންޓް އަށެއް ތިނެއް) ޔޫ. އެސް ޑޮލަރ ދައްކާފައިނުވާ
ކަމަށްބުނެ، އެފައިސާ ހޯދުމަށް އެދި ޙުސައިން ޝަރީފުގެ މައްޗަށް ސްޓޭޓް
ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮތްއިރު،
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދަޢުވާކުރާ މުޢާމަލާތަކީ އެބޭންކާއި
ޝަރީފާ ދެމެދު އެއްބަސްވެވި އެދެފަރާތުން ސޮއިކޮށް 06 ނޮވެންބަރު 2006 ގައި މަދަނީ ކޯޓުގައި
ރަޖިސްޓްރީ ކުރެވިފައިވާ އެގްރީމެންޓުން ސާފުކޮށް އެނގެން އޮތް މުޢާމަލާތެއްކަމާއި، މިދެފަރާތުގެ
ދެމެދުގައި ވެފައިވާ އެގްރީމެންޓަށް ބަލާއިރު، ޙުސައިން ޝަރީފު ބޭންކަށް ދީފައިވާ އެޑްރެހަކީ ހ. މިރިހި
ކަން އެނގޭކަމާއި، އަދި މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓު މަދަނީ ކޯޓުގައި ރަޖިސްޓްރީ
ކުރުމުގައިވެސް ޙުސައިން ޝަރީފުގެ އެޑްރެސް ކަމުގައި ބަޔާންކޮށްފައިވަނީ
ކަން އެނގެއެވެ.
މިރިހި ޙުސައިން
ހ. މިރަހަ
040
282
2.22
අe
ޑިހޤީ
(ށ) އިސްތިއުނާފު ކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަމްބަރު 2010/MC/47 ޤަޟިއްޔާ
އޮފް އިންޑިޔާގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅިއިރު، ހުސައިން ޝަރީފުގެ
ގޮތުގައި ދަޢުވާފޯމުގައި ބަޔާންކޮށްފައިވަނީވެސް
ހުރިހަ
ކަން އެނގޭކަމާއި، ޙުސައިން ޝަރީފު
ޙާޟިރުކުރުމަށް އެއެޑްރެހަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން އެއެޑްރެހުގައި ޙުސައިން ޝަރީފު
ނޫޅޭކަމަށް ބުނުމުން ޙުސައިން ޝަރީފުގެ އެޑްރެސް ސާފުކޮށް މަދަނީ ކޯޓަށް އެންގުމަށް މަދަނީ ކޯޓުން
ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް އަންގާފައިވާކަން އެނގޭކަމާއި، މިއެންގުމާ ގުޅިގެން ޙުސައިން ޝަރީފު
މިހާރު އެއެޑްރެހުގައި ނޫޅެކަމަށާއި އޭނާ އުޅެނީ ރާއްޖެއިން ބޭރުގައި ކަމަށް މަދަނީ ކޯޓަށް އަންގާފައިވާނެ
ކަމަށާއި ރާއްޖެއިން ބޭރުގައި ޙުސައިން ޝަރީފު އުޅޭ ޤައުމަކާއި އެޑްރެސް އަންގާފައި ނުވަނީ އެމަޢުލޫމާތު
ސާފުވެފައި
ނެތުމުންކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއި
.ޑިއާއިން ބުނެފައިވާކަން އެނގެއެވެ.
(ނ) މިފަދަ މުޢާމަލާތެއް ބޭންކާއެކު ކުރުމަށްފަހު، ލޯނު ނެގި ފަރާތުން އަދާކުރަންޖެހޭ ޒިންމާ
އަދާނުކޮށް، އަދި އެޑްރެސް ބަދަލުކޮށް އެކަން ބޭންކަށް ނާންގާ އުޅޭ ޙާލަތުގައި، ބޭންކުގެ ޙައްޤު ހޯދުމަށް،
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2
4
2 ހ
2
22 ހ2 04
14080
ލޯނުނެގި ފަރާތުގެ މައްޗަށް ދަޢުވާކުރުމުގެ މަގު ބަންދުވުމަކީ ނުވަތަ ހަނިވުމަކީ، ބޭންކުތަކާއި އެނޫނަސް
އެފަދަ މާލީ އިދާރާތަކުގެ މަޞްލަހަތުތައް ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ނިޒާމުގެ ތެރެއިން
ޙިމާޔަތްކުރެވޭނެ ކަމާމެދު އޮންނަ އިތުބާރު ކުޑަވެ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އެކަމުގެ
ނުރަނގަޅު އަސަރު ކޮށްފާނެކަމެއްކަމާއި،
ހުންކަމުން، ލިޔެކިއުމުން ފެންނަންހުންނަ އަދި
ހިނގާފައިވާކަން
ނގެންހުންނަ މުޢާމަލާތްތަކުން އުފެދޭ ދަޢުވާތަކަކީ، އެމުޢާމަލާތުގައި ހިމެނޭ ފަރާތަކުން އަދާކުރަންޖެހޭ
ޒިންމާތައް އަދާނުކޮށް އަދި އުޅޭނޫޅޭ ތަނެއް ނޭނގޭ ގޮތަށް އުޅުމުން، ޝަރުޢީ ނިޒާމުގެ ތެރެއިން
ނުބެލޭގޮތަށް އޮވެގެންވާނެ ކަމެއްނޫންކަމަށް ދެކޭކަމާއި، މިގޮތަށް ދިމާވާ މައްސަލަތަކުގައި އަމަލުކުރުމަށް
ދިވެހިރާއްޖޭގައި ހެދިފައިވާ ޤަވާޢިދުތަކަށް ބަލާއިރުވެސް، އެގޮތަށް ދިމާވާ ޙާލަތްތަކުގައި އެދަޢުވާއެއް
ހިންގައި ނިންމުމުގެ ޖާގަ އޮތްކަން ފާހަގަކުރެވެއެވެ.
އެހެނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ 28 ވަނަ
ފީގައި ވަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު
ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ނުވަތަ
ޙާޟިރު ކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައިނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި
މައްސަލަ ހިންގޭނެކަން އެނގޭނެގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް
ޚަބަރު ފަތުރާ ވަސީލަތަކުން އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް
ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުންކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާ ޤަރީނާގެ
މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް
ލިބިގެންވެއެވެ.” މިފަދައިން ކަމާއި،
މިޤަވާއިދުގެ މިމާއްދާގައި ކޯޓަށް ލިބިދީފައިވާ އިޚްތިޔާރު ބޭނުންކުރުމުގައި، ކޯޓަށް
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ދެމެދުގައި މުޢާމަލާތެއް
ކުރެވިފައިވާކަން ނުވަތަ އެގްރިމެންޓެއް ކުރެވިފައިވާކަން އެނގެން
ގެންއޮތްނަމަ، އެމުޢާމަލާތުން އުފެދިފައިވާ
د ترک و
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙައްޤުތައް ޙިމާޔަތް ކުރުމަށް އިސްކަންދީ އެމައްސަލަ ހިންގައި ނިންމުމަކީ ކޯޓަށް ލިބިދީފައިވާ އިޚްތިޔާރު
ބޭނުންކުރުމުގައި އެންމެ އިންސާފުވެރިގޮތްކަން ފާހަގަ ކުރެވެއެވެ.
2x 24
މ އ ވ މ 02
އެ ކެނއތރ
22c
2 2ޏ2
(ރ) އިސްތިއުނާފު ކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަމްބަރު 2010/MC/47 ޤަޟިއްޔާ އާއި
އެތަކެއް ހުރި އެހެން ޤަޟިއްޔާއެއް ކަމުގައިވާ މަދަނީކޯޓުގެ ނަންބަރު:2008/MC/1810
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނަމްބަރު 14/HC
-
A/2009
ޤަޟިއްޔާގައި އެމައްސަލަ ބަލައި ނިންމާފައިވާގޮތަށް ބަލާއިރު، އެމައްސަލައިގެ ޙުކުމުގައިވަނީ "ދެންފަހެ،
އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށްބަލާއިރު، މަދަނީ ކޯޓުގެ ނަމްބަރު
2008/MC/1810 ޤަޟިއްޔާގައި މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުގައި ދަޢުވާލިބޭ
ފަރާތް މިހާރު ދިރިއުޅޭ އެޑްރެސްކަމަށް ލިޔެފައިވާ "ގ. ދޭދަރު" އަކީ ގަލޮޅުގައި ހުންނަ ގެއަކަށް
ނުވާތީއާއި، ދަޢުވާލިބޭ ފަރާތް މިހާރު އުޅޭ އެޑްރެސް ސާފުކޮށްދިނުމަށް މުޙައްމަދު ނައީމަށް އަންގާ، 7
ދުވަހުގެ މުއްދަތެއް ދެވިފައިވާއިރު، އެމުއްދަތުގައި ދަޢުވާލިބޭ ފަރާތް މިހާރު އުޅޭ އެޑްރެސް
ސާފުކޮށްވީ ވާތީއާއި، ދަޢުވާލިބޭ ފަރާތް ޢައްޔަނުވާނޭ ގޮތަށް
ޞައްޙަ މަޢުލޫމާތު
ސާފުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ލާޒިމުވާ ކަމަކަށްވާތީ،
މިމައްސަލަ ހައިކޯޓުން ބެލި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނީ މަދަނީ ކޯޓުގެ ނަމްބަރު
2008/MC/1810 ޤަޟިއްޔާގެ ދަޢުވާ ފޯމު އެކޯޓުން ބާތިލު ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެ ހަމައެއް ނެތްކަމުގެ މައްޗަށް ކަމަށްވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދު
ކޮށްފީމެވެ." މިފަދައިންކަން އެނގޭކަމާއި،
މަދަނީ ކޯޓުގެ އެޤަޟިއްޔާގެ ޙުކުމަށާއި އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމުމުގައި
ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، ދަޢުވާލިބޭ ފަރާތް ދީފައިވާ އެޑްރެހުގައި ނެތުމުން އެފަރާތް މިހާރު
ދިރިއުޅޭ އެޑްރެސް ސާފުކުރުމަށްފަހު މަދަނީ ކޯޓަށް އެންގުމަށް އެދަޢުވާ ހުށަހެޅި ފަރާތަށް އެންގުމުން
އެއެޑްރެސް ސާފުކޮށްދީފައިނުވާތީ ކަމަށްބުނެ މަދަނީކޯޓުން އެމައްސަލަ ބާޠިލުކޮށް ނިންމި ނިންމުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ، ހަމައެކަނި ދަޢުވާލިބޭ ފަރާތް މިހާރު ދިރިއުޅޭ އެޑްރެސް
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސާފުކޮށްދީފައިނުވާތީ ނޫންކަން އެނގޭކަމާއި، ނަމަވެސް ދަޢުވާލިބޭ ފަރާތުގެ މިހާރުގެ އެޑްރެސް ކަމަށް
ބުނެ ދީފައިވާ އެޑްރެސްކަމުގައިވާ "ގ.ދޭދަރުގެ" އަކީ ގަލޮޅުގައި ހުންނަ ގެއަކަށް ނުވާތީއާއި އަދި
ދަޢުވާލިބޭ ފަރާތްކަމުގައި ބަޔާންކޮށްފައިވަނީ ޏ. ފުވައްމުލައް ލިލަކްވިލާ ޙަސަން ސަޢީދު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު: A004643) ކަމަށްވާއިރު އެނަމްބަރު ކާޑު ހަދާދީފައިވަނީ
ޏ. ފުވައްމުލައް، ހޯދަޑު. ލިލަކްވިލާ ސިމާދު ސަޢީދަށް ކަމާއި އޭނާގެ ނަމަކީ ހަސަން ސަޢީދު ނޫންކަން
އެނގެން އޮތުމުން ދަޢުވާލިބޭ ފަރާތް ޢައްޔަނުވާނޭ ގޮތަށް ދަޢުވާލިބޭ ފަރާތުގެ ޞައްޙަ މަޢުލޫމާތު
ލިބިފައިނުވާތީ މިކަންކަމުގެ މައްޗަށް ބިނާކޮށްކަން އެނގެއެވެ.
ou o
ހިނގި އިރު
2 ހއ
ބަނ
ވީމާ، އިސްވެ މިބަޔާންކުރެވުނު ކަންތައްތަކަށް ބަލާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން
މިރިހި ޙުސައިން ޝަރީފަށް ދަޢުވާލިބޭ ގޮތަށް މަދަނީކޯޓަށް ހުށަހެޅި މައްސަލައަކީ އެދެފަރާތުގެ ދެމެދުގައި
ހިނގާފައިވާ މުޢާމަލާތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަލައެއްކަން ސާފުކޮށް އެނގޭ ލިޔެކިއުމާއި
އެގްރީމެންޓް އޮތުމުންނާއި، ދަޢުވާލިބޭ ފަރާތަކީ ހ. މިރިހި ޙުސައިން ޝަރީފު ކަމާއި ހ. މިރިހި އަކީ
ޙުސައިން ޝަރީފުގެ އެޑްރެސްކަމާއި އެއެޑްރެހަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއެކު ޙުސައިން ޝަރީފް،
ބަޔާންކުރެވިދިޔަ މުޢާމަލާތް
ދީފައިވާ އެޑްރެސްކަމާއި އަދި އެދެފަރާތުގެ ދެމެދުގައި
ކުރެވުނު އެގްރީމެންޓް މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރުމުގައިވެސް ދީފައިވާ އެޑްރެސްކަން އެނގެން
އުތުމުންނާއި، ޙުސައިން ޝަރީފު އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް އުޅޭއެޑްރެހެއް ނާންގައި އުޅުމަކީ
ސާފުކޮށް އެނގި، ލިޔެކިއުމުން ފެންނަން އޮތް އެމުޢާމަލާތުން ބޭންކަށް ލިބެންޖެހޭ ޙައްޤުތައް ލިބުމަށް
ހުރަސްއެޅޭކަމަކަށް ވެގެންވާނެކަމަށް ނުދެކޭތީއާއި، މިފަދައިން ދިމާވާ ޙާލަތްތަކުގައި އެފަދަ މައްސަލަތައް
ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ބަލައި ނިންމޭނެގޮތް، ކޯޓަށް މީހުން ޙާޟިރުކުރުމުގައި
ޤަވާޢިދު“ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުންނާއި އެމާއްދާގައި ކޯޓަށް
ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރަންވާނީ ޢަދުލު އިންސާފު ޤާއިމުކުރުމަށް އިސްކަންދީ އެކަމަށް
މަގުފަހިވާގެ ކަމުގެ މިރިހި ޙުސައިން ޝަރީފު އަށް ދަޢުވާ ލިބޭގޮތަށް ސްޓޭޓް ބޭންކް އޮފް
ހ ށ22 2
2
2x
يا ترسی کمیک
037
OXLC
.ޅޭގތށް
ޅވެޤ01ނ،
ހ. މުދަހ
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ
އިންޑިޔާއިން މަދަނީ ކޯޓަށް ހުށަހެޅި ބަޔާންކުރެވިދިޔަ މައްސަލައަކީ މަދަނީ ކޯޓުން ބަލައި އެމައްސަލާގައި
ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢާ މެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެކެވެ.
0
ދެވަނަ: އަޣްލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޢަލީ ސަމީރުގެ
ރައުޔު):
(ހ) މަދަނީކޯޓުގެ ނަންބަރު 2010/MC/47 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުގެ މިހާރުގެ
އެޑްރެސް ކަމަށް ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާ އެޑްރެހުގައި އެފަރާތް ނޫޅޭ ކަމުގެ މަޢުލޫމާތު
މަދަނީކޯޓަށް ލިބިފައިވާތީ، ދަޢުވާލިބޭ ފަރާތް މިހާރު ދިރި އުޅޭ އެޑްރެސް ސާފު ކުރުމަށްފަހު މަދަނީކޯޓަށް
އެންގުމުގެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް ދެއްވާފައިވާ ކަމާއި، އެގޮތުން 07 ދުވަހުގެ މުހުލަތެއް
ދެއްވާފައިވާ ކަމާއި، އެ މުއްދަތުގައި ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ސާފު ނުކޮށްދީފިނަމަ ދަޢުވާ ފޯމް
ބާތިލް ކުރާނެ ކަން ކޯޓުގެ ފަރާތުން ދަޢުވާކުރާ ފަރާތަށް އަންގާފައިވާ ކަން އެނގެން އޮންނަ ކަމާއި،
ކޯޓުގެ ފަރާތުން އެންގެވި އެންގުމާ އެއްގޮތަށް އެމުއްދަތުގައި ދަޢުވާކުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފަރާތުން ޢަމަލު ކޮށްފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއްވިޔަސް ހުށަހެޅިފައި ނުވާކަން
އެނގެއެވެ.
(ށ) ޝަރީޢަތް ކުރުމުގެ އުސޫލުތަކަށް ބަލާއިރު، މައްސަލައިގައި ހިމެނޭ ދެޚަޞްމުންގެ އަޑު
އެހުމަށްފަހު އަދި އެ ދެފަރާތުގެ ޙާޟިރުގައި މައްސަލަ ހިންގުމަކީ މައްސަލަތައް ބަލާ ނިޔާ
ކަނޑައެޅުމުގައި އެންމެ ބޮޑަށް އެދެވިގެންވާގޮތް ކަމާއި، މަދަނީ މައްސަލަތަކުގައި ޣައިރު ޙާޟިރުގައި
މައްސަލަ ބަލާ ނިޔާ ކަނޑައެޅުމަކީ ހުއްދަވެގެންވާ ކަމެއްކަމުގައިވީ ނަމަވެސް، އެކަން ހުއްދަ
ކުރެވިފައިވަނީ، އެމީހެއްގެ ޙާޟިރުގައި މައްސަލަ ހިންގުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް
ކުރުމަށްފަހު އިތުރު ގޮތެއް ނެތުމުން، އިސްތިސްނާއީ ޙާލަތްތަކުގައިކަން އެނގެން އޮވެއެވެ.
(ނ) ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާއަށް
ބަލާއިރު، އެމާއްދާ އަކީ ދަޢްވާ ލިބޭ ފަރާތް ދިރިއުޅޭ އެޑްރެސް ސާފުކޮށްދީފައިވަނިކޮށް، އެމައްސަލަ
ހިންގުމުގެ ތެރޭގައި ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ޢަމަލުކުރަން ޖެހޭ ގޮތް ބަޔާން ކޮށްދޭ މާއްދާއެއްކަން
LC OX
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެމާއްދާގެ ނައްސަށް ބެލުމުން އެނގެން އޮންނަ ކަމާއި، އެމާއްދާގައި އޮންނަނީ ކޯޓަށް ހުށައެޅިފައިވާ
މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޒުރެއްނެތި އަމުރުގައިވާ ތާރީޚާއި
ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ނުވަތަ ހާޟިރުކުރަން ޖެހޭ މީހާ ދީފައިވާ
އެޑްރެހުގައި ނެތިއްޖެ ނަމަ، ޢަމަލު ކުރަން ޖެހޭ ގޮތް ކަމާއި، މި މާއްދާއިން މީހެއްގެ ޣައިރު ޙާޟިރުގައި
މަދަނީ މައްސަލައެއް ބަލާ ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިދީފައި އޮންނަކަމާއި، އެގޮތުން މީހެއްގެ ޣައިރު
ޙާޟިރުގައި މައްސަލަ ބަލާ ކޯޓުން ގޮތެއް ނިންމުމުގެ އިޚުތިޔާރު ލިބިގެންވާ ދެ ޙާލަތަކީ މަޤްބޫލު
ޢުޒުރެއްނެތި ކޯޓަށް ޙާޟިރު ނުވުމާއި، ހާޟިރުކުރަން ޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތުމާއި މި
ދެޙާލަތްކަން އެނގެން އޮތް އިރުގެ
މި މާއްދާގައި އޮންނަ ”ޙާޟިރު ކުރަން ޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތުން، ކަމަށް މާނަ
ކުރެވެނީ މައްސަލައެއް ހިންގަމުން ދަނިކޮށް އެމައްސަލައިގައި ދަޢުވާލިބޭ ފަރާތުން އުޅެމުންދާ ކަމަށް
އެފަރާތުން ދީފައިވާ އެޑްރެސް ނުވަތަ ދަޢުވާލިބޭ ފަރާތަށް އެއެޑްރެހަކުން ކޯޓަށް ޙާޟިރުވުމުގެ އަމުރު
ރައްދު ކުރެވިފައިވާ އެޑްރެސް ނޫން އެހެން އެޑްރެހަކަށް ދަޢުވާލިބޭ ފަރާތުން ބަދަލުވުމުގެ މާނަކަން
އެނގޭކަމަށްޓަކައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައިގެ ވަށައިގެންވާ
ކަންކަމަށް ބެލުމުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށްޓަކައި އިޖުރާއީ ގޮތުން
ފުރިހަމަ ވާންޖެހޭ ކަމަށް ބެލެވޭ ކަންކަން ފުރިހަމަ ވެފައިނުވާ ކަމަށްޓަކައި، މިޙާލަތުގައި ޣައިރު
ޙާޟިރުގައި މައްސަލަ ހިންގިދާނެ ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންގެ އަޣްލަބިއްޔަތަކަށް އެއްބަހެއް ނުވެވުނެވެ.
(ރ) މަދަނީކޯޓުގެ ނަންބަރު:
ޤަޟިއްޔާ އާއި މަދަނީކޯޓުގެ
ނަންބަރު: 2008/MC/1810 ޤަޟިއްޔާ އާއި މިދެޤަޟިއްޔާއަކީ ދަޢުވާކުރުމަށް އެދި ހުށަހަޅާފައިވާ
ފޯމުގައި، ދަޢުވާލިބޭ ފަރާތް މިހާރު އުޅޭ އެޑްރެސް ކަމަށް ދަޢުވާކުރާ ފަރާތުން ލިޔެފައިވާ އެޑްރެހުގައި
ދަޢުވާލިބޭ ފަރާތް ނޫޅޭ ކަމުގެ މަޢުލޫމާތު ކޯޓަށް ލިބިފައިވާތީ، ދަޢުވާލިބޭ ފަރާތް މިހާރު އުޅޭ އެޑްރެސް
07 ދުވަހުގެ ތެރޭގައި ސާފުކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް ލިޔުމުން އަންގާފައިވާ އެންގުމާ އެއްގޮތަށް
ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކޮށްދީފައި ނުވާތީ، ބާޠިލް ކުރައްވާފައިވާ ދެ ޤަޟިއްޔާއަށް ވާއިރު،
2c22
2c
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
10
2010/HC-A/131
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަދަނީކޯޓުގެ ނަންބަރު: 2008/MC/1810 ޤަޟިއްޔާ އާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
14/HC
-
A/2009 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅައި، ވަކި އުޞޫލަކާއި މައްދައެއް ޤާއިމުކޮށްފައިވާކަން
އެނގެން އޮވެފައި، އެޤަޟިއްޔާގެ ޙުކުމަށް އަދި މިހާތަނަށް އެއްވެސް ބަދަލެއް ނައިސް އޭގެ ޞައްޙަކަން
މަތީ ދެމި އޮތް ކަމަށްޓަކައި، އެޤަޟިއްޔާގައި ޤާއިމު ކޮށްފައިވާ އުޞޫލާއި މަބުދައާ އެއްގޮތަށް ޢަމަލު
ކުރަންޖެހޭ ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް އެއްބަސްވެއެވެ.
OLCO
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވުނު
ކުރެވުނު ކަންކަމަށް ބަލާއިރު،
މަދަނީކޯޓުގެ ނަންބަރު 2010/MC/47 ޤަޟިއްޔާއިން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން، ހ.
މިރިހި ޙުސައިން ޝަރީފްގެ މައްޗަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައާއި ގުޅިގެން ދަޢުވާ
ފޯމުގައި، ދަޢުވާލިބޭ ފަރާތް މިހާރު އުޅޭ އެޑްރެސް ކަމަށް ލިޔެފައިވާ "ހ. މިރިހި، އަށް ޗިޓް ފޮނުވުމުން
އެގޭގައި ޙުސައިން ޝަރީފް ކިޔާ މީހަކު ނޫޅޭ ކަމަށް މަދަނީ ކޯޓަށް މަޢުލޫމާތު ލިބިފައިވާތީ، ޙުސައިން
ޝަރީފް މިހާރު އުޅޭ އެޑްރެސް ސާފުކޮށް ދިނުމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް އަންގާ، 07
(ހަތެއް) ދުވަހުގެ މުއްދަތެއް ދެވިފައިވާއިރު، އެކަމާ ގުޅިގެން އެމުއްދަތުގައި ދަޢުވާކުރާ ފަރާތުން މަދަނީ
ކޯޓަށް އެއްވެސް ފޯރުކޮށްދީފައި ނުވާތީ އާއި، ކޯޓު ތަކުން ކުރާ އަމުރު ތަކާއި އަންގާ
އެންގުންތަކަށް ފުރިހަމަޔަށް ތަބާވެ، އެއާއި އެއްގޮތަށް ޢަމަލު ކުރުމަކީ، އެ އަމުރެއް ނުވަތަ އެ އެންގުމެއް
ރައްދުވާ ފަރާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ލާޒިމުވާ ކަމަކަށް ވާތީ، މިމައްސަލަ
ހައިކޯޓުން ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް އިއްތިފާޤު ވެވުނީ މަދަނީކޯޓުގެ ނަންބަރު
2010/MC/47 ޤަޟިއްޔާގެ ދަޢުވާ ފޯމު އެކޯޓުން ބާތިލް ކޮށްފައިވަނީ ރަގަޅަށް ނޫން ކަމަށް ބަލާނެ
ހަމައެއް ނެތް ކަމުގެ މައްޗަށް ކަމަށްވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
22 429 30
14202
02
ޑިގެ
އެހިރާއްޖެ
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv