ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2{15/HC-A/08
کی عمری
ދެލި
جمال المراسيم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 08/HC
-
A/2015
• އިސްތިއުނާފް ކުރިފަރާތްތައް
* ނަން: އިބްރާހީމް ރަޝީދު މޫސާ
* އައި.ޑީ.ކާޑް ނަންބަރ: A037055
އެޑްރެސް: ހ.މީރުބަހުރުގޭއާގެ/ މާލެ މިހާރުގެ އެޑްރެސް: ހ.މީރުބަހުރުގޭއާގެ/ މާލެ
.2
* ނަން: ޢަބްދުﷲ ފާރޫޤު ޙަސަން
* ދާއިމީ އެޑްރެސް: ގ.ކޮއްކިރި/ މާލެ
* އައި.ޑީ.ކާޑް ނަންބަރ: A036717
މިހާރުގެ އެޑްރެސް: ފ.ކޮއްކޮރި/ މާލެ
ޑީ
18
އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: މުޙައްމަދު ޒާހިރު ޙުސައިން
ދާއިމީ އެޑްރެސް: ހ.ނީލްވިލާ/ މާލެ
* އައި.ޑީކާޑް ނަންބަ، A027272
މިހާރުގެ އެޑްރެސް: ހ.ނީލްވިލާ/ މާލެ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޖަނަވަރީ 2015 * ނިމުނު ތާރީޚް: 25 އޯގަސްޓް 2015
• އިސްތިއުނާފުކުރެވުނު އަމުރު
+ ނަންބަރު: 2013/Cv
-
C/899
ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 08 ޖުލައި 2014
* ޤަޟިއްޔާގެ ބާވަތް: ހަވީރުނޫހާއި ޗާޕްޚާނާގެ ޙިއްޞާ ހޯދުމަށް
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢަލީ ސަމީރު،
ފަނޑިޔާރު ޢަބްދު
ހައިކޯ
ތާފީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/38
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
މީރުބަހުރުގޭއާގެ އިބްރާހީމް ރަޝީދު މޫސާ އާއި ކޮއްކިރި ޢަބްދުﷲ ފާރޫޤު ޙަސަނުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ކުރުމަށް ހ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހ. ނީލްވިލާ މުޙައްމަދު ޒާހިރު ޙުސައިންއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
1- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހ.މީރުބަހުރުގޭއާގެ| އިބްރާހީމް ރަޝީދު މޫސާ އާއި ކޮއްކިރި| ޢަބްދުﷲ ފާރޫޤު ޙަސަންގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ދުވަހު ނޫސް ހަވީރު ނެރުމަށާއި، ހަވީރު' ގެ ފަރާތުން
ރަޖިސްޓްރީކުރެވިފައިވާ ޗާޕްޚާނާ ވިޔަފާރީގެ ގޮތުން ހިންގުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާ އާއި
ޢަބްދުﷲ ފާރޫޤު ޙަސަން އާއި މުޙައްމަދު ޒާހިރު ޙުސައިން އަދި ހ. ޓައިމްސް މުޙައްމަދު ނަޢީމް އާ
ހަތަރު މީހުންގެ މެދުގައި 31 މާރޗް 1983 ވަނަ ދުވަހު ވެފައިވާ "ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް
ފައުންޑަރުން އެއްބަސްވި އެއްބަސްވުން' އާއި ޚިލާފަށް، ފައުންޑަރ މެންބަރެއްކަމުގައިވާ މުޙައްމަދު ޒާހިރު
ޙުސައިން ޢަމަލުކޮށްފައިވާތީ، 31 މާރޗް 1983 ވަނަ ދުވަހުން ފެށިގެން މިމައްސަލައިގައި ކޯޓުން ޙުކުމެއް
ކުރުމާއި ހަމައަށް، ހަވީރު ނޫސް އެޖެންސީއަށާއި، އެއެޖެންސީން ނެރެމުންއައި "ހަވީރު! ދުވަހު ނޫހަޖްލި ހައި%
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1
331647)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު 1
4 43
=32
2{015/HC-A/08
28
އެއެޖެންސީގެ ފަރާތުން ހިންގަމުންއައި ޗާޕްޚާނާއަށް ލިބިފައިވާ ޖުމްލަ އާމްދަނީން، ޚަރަދު ކަނޑައި
ލިބިފައިވާ ފައިދާގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަނާ
މި
02 (ދޭއް)
މީހުންކުރެ ކޮންމެ މީހަކަށް ހަތަރުބައިކުޅަ އެއްބައި 25 އިންސައްތަ) ނަގައިދިނުމަށާއި، އަދި 31 މާރޗް
1983 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 'ހަވީރު ނޫސް އެޖެންސީ' އާއި އެއެޖެންސީން ނެރުނު
ދުވަހު ނޫސް "ހަވީރު" އާއި މިހާރު އެހެން ނަމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއްތަނެއްގެ
ދަށަށް ބަދަލުކުރެވިފައިވާ މުދާ! ތަކެތި ވިޔަސް "ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން
އެއްބަސްވި އެއްބަސްވުން' ގެ ދަށުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން، މި
ދެމީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާ 25 އިންސައްތައިގެ މިލްކުވެރިކަމުގެ ޙައްޤު ރައްކާތެރިކޮށްދީ،
ނިގުޅައިގަނެވިފައިވާ މިދެމީހުންގެ ޙައްޤު އެދެމީހުންނަށް އަނބުރާ ލިބިދިނުންއެދި ގ.ނީލްވިލާ ! ޑރ.
މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް ހ. މީރުބަހުރުގޭއާގެ! އިބްރާހީމް ރަޝީދު މޫސާ އަދި ގ. ކޮއްކިރި
ޢަބްދުﷲ ފާރޫޤު ޙަސަން ދަޢުވާކުރުމުން ބެލެވު.
ދައުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާކުރާ ފަރާތްތަކުގެ ދަޢުވާއަށް ބެލުމުން ދަޢުވާ
އެމައްޗަށް ބިނާވެގެންވާ ނުކުތާތައް ބިނާވެގެންވަނީ 1 (އެކެއް) ނުކުތާގެ މައްޗަށްކަމާއި، އެނުކުތާއަކީ
ދުވަހުނޫސް "ހަވީރު އަދި މިމައްސަލައިގައި ހަވާލާދެވޭ ޗާޕްޚާނާއަކީ ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން
އުފައްދައި ހިންގަމުންއައި ދުވަހުނޫހެއް އަދި ޗާޕްޚާނާ އެއްކަމާމެދު އޮތް ނުކުތާކަން އެނގެން އޮންނަހިނދު،
ހުށަހެޅިފައިމިވާ ދަޢުވާގައި ޝަރީޢަތުން އެކަމެއްގެ މައްޗަށް ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު
އަސާސަކީވެސް އެއީކަމަށްވުމުން، އެނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ކޮންޓްރެކްޓެއް ކޮންޓްރެކްޓަކަށްވުމަށް ބޭނުންވާ މައިގަނޑު 01 (އެކެއް) ރުކުނަކީ
މުޤާބިލެއް އޮތުން ކަމުގައިވާއިރު، ދަޢުވާކުރާ ފަރާތްތަކުން ބަޔާންކުރާ 31 މާރޗް 1982 ގައި ކުރެވިފައިވާ
އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިންނަށް އިލްތިޒާމެއް އަދި އެބައިވެ
މިމުޢާމަލާތަށްދޭ ޙިއްޞާއެއްވެސް ބަޔާންކުރެވިފައިނުވާއިރު، މިއެއްބަސްވުމުގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/38
މުޤާބަލެއްނެތްކަން އެނގޭހިނދު، މިއެއްބަސްވުމަކީ އޭގެ ޒާތުން އެމައްޗަށް ޢަމަލުކުރެވޭ ފަދައަކުން އަދި
ޤާނޫނީ ގޮތުން ބަނދެވޭ ފަދައަކުން އޮތް އެއްބަސްވުމެއްނޫންކަން އެނގެން އޮންނަކަމާއި،
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުމަށް ބަލާއިރު، ދަޢުވާކުރާ
ފަރާތްތަކުން އިޝާރާތްކުރާ އެއްބަސްވުންވެފައިވާ ތާރީޚުކަމުގައިވާ 31 މާރޗް 1983 ގެ ކުރިންވެސް އަދި
ފަހުންވެސް ދުވަހުނޫސް ހަވީރު ނެރެފައިވާކަމާއި، އަދި އެތާރީޚުގެ ފަހުންވެސް އަދި ކުރިންވެސް
ދުވަހުނޫސް "ހަވީރު' ރަޖިސްޓްރީކުރެވިގެން ހިންގާފައިވަނީ ދަޢުވާލިބޭ ފަރާތުގެ ނަމުގައިކަން އެނޫހުގެ
އެކިއަހަރުތަކުގެ ރަޖިސްޓްރީތަކަށް ބެލުމުންނާއި 31 މާރޗް 1983 ގެ ކުރީގެ ތާރީޚުގައިވެސް އެނޫސް
ހިންގައި ނެރެފައިވާކަން އަންގައިދޭ އެތާރީޚުގެ ކުރީގައި ނެރެފައިވާ އެނޫހުގެ ނަކަލުން އެނގެން
އޮންނާތީއާއި،
ދުވަހުނޫސް "ހަވީރު" އާއި މިމައްސަލައިގައި ހަވާލާދޭ ޗާޕްޚާނާ ހިންގުމަށްޓަކައި ދިވެހި
ސަރުކާރުންނާއި އަދި މާލީ އިދާރާތަކުން އެކިދުވަސްވަރުގައި އެކި މިންވަރުގެ ލޯނު ނަގާފައިވާކަން
ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގެން އޮންނައިރު، އެލޯނުތައް މުޅިންވެސް ނަގާފައިހުރީ ދަޢުވާލިބޭ
ފަރާތުން ދިންމާވާގޮތަށް އެފަރާތުގެ އަމިއްލަ ނަމުގައިކަމާއި، މިއިން އެއްވެސް މާލީ މުޢާމަލާތެއްގައި
ދަޢުވާކުރާ ފަރާތްތަކުގެ އެއްވެސް ދައުރެއް އަދި ޙިއްޞާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތްކަން
އެނގެން އޮންނާތީއާއި،
ދުވަހުނޫސް "ހަވީރު" ހިންގުމާއި އަދި އެނޫސް އިތުރަށް ފުޅާކުރުމުގެ
ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މުޢާމަލާތްކުރެވިގެން ގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން
އެނގެން އޮންނައިރު، މިއިން އެއްވެސް ކަމެއްގައި ދަޢުވާކުރާ ފަރާތްތަކުގެ އެއްވެސް ދައުރެއް އަދި
ޙިއްޞާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތްކަން އެނގެން އޮންނާތީއާއި،
ދަޢުވާކުރާ ފަރާތްތަކުން ބަޔާންކުރަނީ 1983 ގައި ކުރެވިފައިވާ މުޢާމަލާތަކާއި ދަޢުވާލިބޭ
ފަރާތުން ޚިލާފުވެފައިވާކަމުގެ މައްޗަށް ކަމުގައިވާއިރު، 1983 އިން ފެށިގެން މިހާތަނަށް އަބީރިޖުޖޭގެ
2 2x243
2x
کر کمیسر
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ
ނިމުނު
فلش تي سي یری
44 235
=32
2{15/HC-A/[38
2
0
0 ދ ތ
ދަޢުވާކުރާ ފަރާތްތަކުގެ އޮތްކަމަށް ބުނާ އެޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅެއް އަޅައި، ނުވަތަ
ޝަކުވާއެއް ހުށަހަޅާފައިނުވާކަން އެނގެން އޮންނާތީއާއި،
މީސްމީހުންގެ ނަމުގައި ރަޖިސޯޓްރީކޮށްފައިވާ ތަކެތީގެ ރަޖިސްޓްރީ އާއި ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 17/SC-A/2010 ޤަޟިއްޔާގެ އުޞޫލު މިމައްސަލައަށް
ތަޠުބީޤުކުރުމުން، ދަޢުވާކުރާ ފަރާތްތަކުގެ ދަޢުވާއަކީ ސުޕްރީމް ކޯޓުގެ ނަންބަރު 17/SC
-
A/2010
ޤަޟިއްޔާގައި ބުނެފައިވާ ފަދައިން ހުށަހެޅިފައިވާ ރަޖިސްޓްރީތައް ތަޢުނުކޮށް ހުށަހެޅިފައިވާ
ދަޢުވާއަކަށްނުވެފައި، މިދަޢުވާއަކީ ރަޖިސްޓްރީ އެމައްޗަށް ދޫކުރެވިފައިވާ އެތީގެ މިލްކުވެރިކަމާމެދު އޮތް
ދަޢުވާއެއްކަމުގައިވުމުން، އެއެތީގެ މިލްކުވެރިކަން ޝަރީޢަތުން ކަށަވަރުކުރުމުގައި އެއެތީގެ ރަޖިސްޓްރީއަކީ
އެކަމަށް އެކަށޭނަ ހެއްކެއްކަން
ސުޕްރީމް ކޯޓުގެ ނަންބަރު 17/SC
-
A/2010 ޤަޟިއްޔާގައި އެކޯޓު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ބެލުމުން އެނގެން އޮންނާތީ،
މިއެންމެހާ ކަންކަން އެގޮތުގައި ހުރުމު ދަޢުވާކުރާ ފަރާތްތަކުން ބަޔާންކުރާ ފަދައިން
ދުވަހުނޫސް "ހަވީރު" އާއި ޗާޕްޚާނާއަކީ ދަޢުވާކުރާ ފަރާތްތަކާއެކު 1983 ގައި ވެފައިވާ އެއްބަސްވުމުގެ
ދަށުން އުފެދުނު އަދި ހިންގަމުން އައިސްފައިވާ ނޫހެއް އަދި ޗާޕްޚާނާއެއް ނޫންކަން ސާފުގޮތެއްގައި
ޝަރީޢަތަށް ޘާބިތުވާން އޮތުމުން، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ފަދައިން އެނޫހާއި ޗާޕްޚާނާގައި
ދަޢުވާކުރާ ފަރާތުގެ ޙިއްޞާއެއްވާކަމުގައި ބެލޭނޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނެތުމުން،
ދުވަހުނޫސް "ހަވީރު" އަދި ޗާޕްޚާނާ ހިންގައިގެން މިހާތަނަށް ލިބިފައިވާ ނަފާއިން ދަޢުވާކުރާ ފަރާތްތަކަށް
މިންވަރެއް ދިނުމަށް ދަޢުވާލިބޭ ފަރާތުގެ މައްޗަށް އަމުރުކުރާނޭ
ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
.0
//0ނ،
22 / 2 0
04 04
244
04 ﷲ0
ނެޗުކަމަށް
3- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤާ އްޔާ އިސްތިއުނާފު ކުރުމަށް
ހ. މީރުބަހުރުގޭއާގެ/ އިބްރާހީމް ރަޝީދު މޫސާ އާއި ކޮއްކިރި ޢަބްދުﷲ ފާރޫޤު ޙަސަނުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
( )30014
6
2015/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ
04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:=
.ފއވހކ.
(ހ) ފުރަތަމަ ނުކުތާއަކީ: ހަވީރު ނޫސް އޭޖެންސީ އުފެއްދުމުގެ ގޮތުން، އިސްތިއުނާފުކުރާ
ފަރާތްތަކާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި، އަދި ހ. ޓައިމްލެސް، މުޙައްމަދު ނަޢީމު އާ ހަތަރު މީހުން
31 މާރޗް 1983 ގައި، ސޮއިކޮށްފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި، އެހަތަރު މީހުންގެ
އިލްތިޒާމްތަކާއި ވާޖިބު ތަކަކީ ކޮބައިކަމާއި، އެ އިލްތިޒާމްތަކާއި ވާޖިބުތަކުގެ މުޤާބިލުގައި، އެހަތަރު
މީހުންނަށް ލިބިގެންވާ ޙިއްޞާގެ މިންވަރަކީ ކޮބައިކަން، އިސްވެ ބުނެވުނު އެއްބަސްވުމުގެ 16 ވަނަ
،
އިލްތިޒާމެއް އަދި އެބައިވެރިން އެ މުޢާމަލާތަށްދޭ ޙިއްޞާއެއްވެސް ބަޔާންކުރެވިފައި ނުވާކަމަށާއި،
އެއެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ މުޤާބިލެއް ނެތްކަމަށާއި، މިގޮތުން މިއެއްބަސްވުމަކީ އޭގެ ޛާތުން
އެމައްޗަށް ޢަމަލު ކުރެވޭ ފަދައަކުން އަދި ޤާނޫނީ ގޮތުން ބަދެވޭ ފަދައަކުން އޮތް އެއްބަސްވުމެއް ނޫންކަމަށް،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C;899 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ، އިސްވެ އިޝާރާތް
ކުރެވުނު އެއްބަސްވުމުގެ 5 ވަނަ މާއްދާ އަދި 16 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާނުލައިކަމަށްބުނެ
ހުށަހެޅި ނުކުތާ.
.
(ނ) ދެވަނަ ނުކުތާއަކީ: 31 މާރޗް 1983ގެ ކުރިންވެސް އަދި އޭގެ ފަހުންވެސް
އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްއޫލުވެރިކަމުގެ ދަށުގައި ދުވަހު ނޫސް "ހަވީރު" ރަޖިސްޓްރީކޮށް
ނެރެފައިވުމާއި، އަދި ހަވީރު ނޫހުގެ މަސްއޫލުވެރިއެއްގެ ހައިސިއްޔަތުން އެނޫހާއި އެނޫހުގެ ޗާޕްޚާނާ ހިންގާ
ތަރައްޤީ ކުރުމުގެ ގޮތުން، އެނޫހުގެ އެސެޓްތައް ރަހުނުކޮށް ލޯނު ނަގާފައި އޮތް އޮތުމަށް ޝަރީޢަތުން
ރިޢާޔަތްކުރައްވައި، "ހަވީރު" ނޫހާއި އެނޫހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޗާޕްޚާނާގެ މިލްކުވެރި
ފަރާތަކީ، ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތްކަމަށް، ބައްލަވައިގެން ސިވިލް ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
3
ޤަޟިއްޔާ ނިމުނު "
2{015/HC-A/08
می هرکی
ދެވެ
899/Cv-C/2013
ޤަޟިއްޔާ ނިންމަވާފައިވަނީ، މިމައްސަލާގައި ދަށު ކޯޓަށް އިސްތިއުނާފުކުރާ
ފަރާތްތަކުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ރަނގަޅަށް ރިޢާޔަތް
ނުކުރައްވައި ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/899 ޤަޟިއްޔާގައި،
ދުވަހު ނޫސް ހަވީރު އާއި، ހަވީރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޗާޕްޚާނާގެ މިލްކުވެރި ފަރާތަކީ،
އިސްތިއުނާފު ރައްދުވާ ފަރާތްކަމަށް ކަނޑައެޅުއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
17/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠުބީޤް ކުރައްވާފައިވަނީ، ރަނގަޅު
މަޙައުލުގައި ނޫންކަމަށްބުނެ ހުށަހެޅު ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާގައި،
ދުވަހުނޫސް
"ހަވީރު" އާއި، ޗާޕްޚާނާއަކީ، ދަޢުވާކުރާ ފަރާތްތަކާއެކު 1983 ގައި ވެފައިވާ އެއްބަސްވުމުގެ
ދަށުން، ހިންގަމުން އައިސްފައިވާ ނޫހެއް އަދި ޗާޕްޚާނާއެއް ނޫންކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ، އެއްބަސްވުމުގެ 3 ވަނަ މާއްދާއަށް ރިޢާޔަތް ކުރެއްވުމަކާ ނުލައި
ކަމަށްބުނެ ހުށަހެޅި
ނުކުތާ.
-4
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މީރުބަހުރުގޭއާގެ| އިބްރާހީމް ރަޝީދު މޫސާ އާއި ކޮއްކިރި ޢަބްދުﷲ ފާރޫޤު ޙަސަނުގެ ފަރާތުން
ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭގޮތުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ
ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ނީލްވިލާ މުޙައްމަދު ޒާހިރު ޙުސައިނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/899 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1
331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
.މީ ދު
,
ޤަޟިއްޔާ ނިމުނު
2015/HC-A/08
ދެވެ
ލިޔެކިޔުންތަކުގެ މައްޗަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ހ.
(ހ) ފުރަތަމަ ކަމަކީ: ނީލްވިލާ މުޙައްމަދު ޒާހިރު ޙުސައިނުގެ މައްޗަށް ރައްދުވާ
ގޮތަށް ހ. މީރުބަހުރުގޭއާގެ އިބްރާހީމް ރަޝީދު މޫސާއާއި ގ. ކޮއްކި ޢަބްދުﷲ ފާރޫޤު ޙަސަނާ ދެމީހުން
ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ، ދުވަހު ނޫސް "ހަވީރު" ނެރުމަށާއި، ހަވީރު" ގެ ފަރާތުން
ރަޖިސްޓްރީކުރެވިފައިވާ ޗާޕްޚާނާ ވިޔަފާރީގެ ގޮތުން ހިންގުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދު
ފާރޫޤު ޙަސަނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، ޓައިމްލެސް މުޙައްމަދު ނަޢީމާ މި ހަތަރު މީހުން
ހަމަހަމައަށް ޙިއްޞާ (މީހަކު %25) ވާ ގޮތަށް 31 މާރޗް 1983 ވަނަ ދުވަހު، ވެފައިވާ ހަވީރު ނޫސް
އެޖެންސީ އުފެއްދުމަށްވީ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު ޒާހިރު ޙުސައިން ޢަމަލުކޮށްފައިވާކަމަށްބުނެ، 31
މާރޗް 1983 ވަނަ ދުވަހުން ފެށިގެން މިމައްސަލައިގައި ކޯޓުން ޙުކުމެއް ކުރުމާއި ހަމައަށް، "ހަވީރު ނޫސް
އެޖެންސީ" އަށާއި، އެއެޖެންސީން ނެރެމުންއައި "ހަވީރު" ދުވަހު ނޫހަށާއި، އެއެޖެންސީގެ ފަރާތުން
ހިންގަމުންއައި ޗާޕްޚާނާއަށް ލިބިފައިވާ ޖުމްލަ އާމްދަނީން، ޚަރަދު ކަނޑައި ލިބިފައިވާ ފައިދާގެ ތެރެއިން،
އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އާ މި 2 (ދޭއް) މީހުންކުރެ ކޮންމެ މީހަކަށް
ހަތަރުބައިކުޅަ އެއްބައި (25 އިންސައްތަ) ނަގައިދިނުމަށާއި، އަދި 31 މާރޗް 1983 ވަނަ ދުވަހުން
ފެށިގެން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާ ހަމައަށް "ހަވީރު ނޫސް އެޖެންސީ" އާއި އެއެޖެންސީން ނެރުނު
ދުވަހު ނޫސް "ހަވީރު" އާއި މިހާރު އެހެން ނަމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއް/ތަނެއްގެ
ދަށަށް ބަދަލުކުރެވިފައިވާ މުދާ ތަކެތި ވިޔަސް "ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން
އެއްބަސްވި އެއްބަސްވުން" ގެ ދަށުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަނާ މި
ދެމީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާ 25 އިންސައްތައިގެ މިލްކުވެރިކަމުގެ ޙައްޤު ރައްކާތެރިކޮށްދީ،
ނިގުޅައިގަނެވިފައިވާ އެދެމީހުންގެ ޙައްޤު އެދެމީހުންނަށް އަނބުރާ ލިބިދިނުންއެދި ކޮށްފައިވާ ދަޢުވާއެއްކަން
އެދަޢުވާގެ ޞިޝާގެ ޢިބާރާތަށް ބެލުމުން އެނގެން އޮންނަކަމެވެ.
O
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު "
2015/HC-A/38
کی عمری
ހ.
(ނ) ދެވަނަ ކަމަކީ: އިބްރާހީމް ރަޝީދު މޫސާއާއި، ޢަބްދުﷲ ފާރޫޤު ޙަސަނުގެ ފަރާތުން
މުޙައްމަދު ޒާހިރު ޙުސައިނުގެ މައްޗަށް އުފުލި ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސްކަމުގައިވާ 31 މާޗް
1983 ގައި ވެފައިވާ، މި މައްސަލައާއެކު ހުށަހެޅިފައިވާ "ހަވީރު ނޫސް އެޖެންސީ
އުފެއްދުމަށް ފައުންޑަރ
މެންބަރުން އެއްބަސްވި އެއްބަސްވުން" އަކީ މި މައްސަލައިގައި ހިމެނޭ ތިންފަރާތާއި ޓައިމްވެސް}
މުޙައްމަދު ނަޢީމް އާ އެހަތަރު މީހުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއްކަމާއި އެއެއްބަސްވުމުގެ
މާއްދާތަކުގައި ބަޔާންކުރެވިފައިވާ ކަންކަމަށް މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން އިޤްރާރުވާކަން އެނގޭއިރު،
އެއެއްބަސްވުމުގައި "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުން ސޮއިކޮށްފައިވަނީ 31 މާޗް 1983
ގައިކަމާއި، ފައުންޑަރ މެންބަރުން އެއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއެއްބަސްވުމަށް ހުރުމަތްތެރިކޮށް
ހިތައި އެއާ އެއްގޮތަށް ޢަމަލުކުރުމަށް ހެޔޮ ހާލުގައި ތިބެ ރުހިގެންކަމާއި، އަދި އެއެއްބަސްވުމުގައި ސޮއިކުރެވޭ
ދުވަހުން ފެށިގެން އެއަށް ޢަމަލު ކުރެވެން ފެށޭނެކަން އެއެއްބަސްވުމުގެ 20 ވަނަމާއްދާއިން އެނގޭކަމާއި،
ހަވީރުނޫސް އެޖެންސީއާބެހޭ ހުރިހާ ކަމެއްގައި އެންމެ އިސްފަރާތަކީ ފައުންޑަރ
މެންބަރުންގެ ބޯޑުކަމާއި، ހަވީރުނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންނަކީ، ހ.
ނީލްވިލާ މުޙައްމަދު
ޒާހިރު ޙުސައިންއާއި، މީރުބަހުރުގޭއާގެ/ އިބްރާހީމް ރަޝީދު މޫސާއާއި، ހ. ފަތަގުމާގެ| ފާރޫޤު
ޙަސަންއާއި، ހ. ޓައިމްލެސް! މުޙައްމަދު ނަޢީމްކަމާއި، ހަވީރު ނޫސް އެޖެންސީން ކުރާ މަސައްކަތްތަކަކީ،
ދުވަހުނޫސް "ހަވީރު" ނެރުމާއި، މަހަކު އެއްފަހަރު ނުކުންނަ "އަމާޒު" މަޖައްލާ ނެރުމާއި، ހަވީރުގެ ފަރާތުން
ރަޖިސްޓްރީ ކުރެވިފައިވާ ޗާޕްޚާނާ ވިޔަފާރީގެ ގޮތުން ހިންގުންކަމަށް
މި އެއްބަސްވުމުގައި
ބަޔާންކޮށްފައިވާކަމާއި،
މީގެ އިތުރުން ހަވީރުނޫސް އެޖެންސީން ނެރޭ ނޫސް މަޖައްލާފަދަތަކެތި ނެރެ އެކަންކަން
ހިންގާނީ ފައުންޑަރ މެންބަރުންގެ ބޯޑުން އެއްބަސްވާ ގޮތެއްގެ މަތިން މަސްއޫލުވެރިންނާއި އެޑިޓަރުންކަމާއި،
ހަވީރުނޫސް އެޖެންސީން ނެރޭ ނޫހާއި މަޖައްލާފަދަ ތަކެތީގެ މަސްއޫލުވެރިންނާއި އެޑިޓަރުން ލައްވައި
ވަކިކުރާނީ ފައުންޑަރ މެންބަރުންގެ ބޯޑުންކަމާއި، ހަވީރުނޫސް އެޖެންސީ ނުވަތަ އެތަނުން ނެރޭ ނޫހެއް
E
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1
331647"
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ
4, 2
ނިމުނު
2015/HC-A/38
کی مرگی
ދެވެ
ނުވަތަ
.ތަ މަޖައްލާއެއް
އުވާލުމަށް ނުވަތަ ކުރަމުން ގެންދާ ކަމެއް ހުއްޓާލުމަށް ކަނޑައަޅާނީ ފައުންޑަރ
މެންބަރުންގެ ބޯޑުގެ އިއްތިފާޤުންކަމާއި، ފައުންޑަރ މެންބަރުންގެ ބޯޑުގެ ނިންމުންތަކަށް ހުރިހާ މެންބަރުން
އިހްތިރާމް ކުރަންޖެހޭނެކަން އެއެއްބަސްވުމުގެ 2،3،4,6,9,11 އަދި 12 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނައިރު، އިސްވެ ބުނެވުނު އެއްބަސްވުން ވެވުނު ކަމާމެދު މުޙައްމަދު ޒާހިރު ޙުސައިންގެ
ފަރާތުން އިންކާރުކޮށްފައިނުވި ނަމަވެސް، އެއެއްބަސްވުމަކީ، އެއާ އެއްގޮތަށް ޢަމަލުކުރެވިފައި ނުވާ އަދި
އެއްވެސް މިންވަރެއް ތަންފީޒު ކުރެވިފައިވެސް ނުވާ އެއްބަސްވުމެއް ކަމަށާއި، ދުވަހު ނޫސް "ހަވީރު" އަކީ
މުޙައްމަދު ޒާހިރު ޙުސައިންގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެންފެށި ނޫހެއްކަމަށާއި، އެނޫހާއި އެނޫހުގެ
ޗާޕްޚާނާ ތަރައްޤީ ކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތަކީ މުޙައްމަދު ޒާހިރު ޙުސައިން ކޮށްފައިވާ
މަސައްކަތެއްކަމަށާއި، އެނޫހާއި އެނޫހުގެ ޗާޕްޚާނާގެ މިލްކްވެރިކަމުގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ
ޙައްޤެއްނުވާކަމަށް މުޙައްމަދު ޒާހިރު ޙުސައިނުގެ ފަރާތުން ބުނެ އެދަޢުވާއަށް އިންކާރުކޮށްފައިވާކަން އެނގެން
އަނނިކުމެވެ
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 17/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 5 ވަނަނުކުތާގެ (ށ) އަށް
ބަލާއިރު، މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓަރީކޮށް ދޫކޮށްފައިވާ ރަސްމީ ރަޖިސްޓަރީއަކީ އެމުދަލުގެ
މިލްކްވެރިކަން އެމީހަކަށް އޮތްކަން ސާބިތުކޮށްދޭ ސާބިތު ދަލީލެއްކަމަށް ވީނަމަވެސް، އެނޫން އެހެންގޮތެއް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާ ހިނދެއްގައި އޭގެ ހުއްޖިއްޔަތު ނެތިދާނެކަމަށް
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދުވަހު ނޫސް "ހަވީރު" އަކީ 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މި
މައްސަލައިގެ އިސްތިޢުނާފް ރައްދުވާ، ހ. ނީލްވިލާ: މުޙައްމަދު ޒާހިރު ޙުސައިނުގެ މަސްއޫލުވެރިކަމުގެ
ދަށުން ރަޖިސްޓްރީކުރެވި، 01 ޖެނުއަރީ 1979 ގައި ނެރެން ފެށި ދުވަހު ނޫހެއްކަމާއި،
މ
އްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
کی عمری
2015/HC-A/38
ދެވެ
މި ޢިޓް
ޤަޟިއްޔާ ނިމުނު
މަސްއޫލުވެރިކަން މުޙައްމަދު ޒާހިރު ޙުސައިނަށް އޮތްކަން 01 ޖެނުއަރީ 1979 ގައި ޝާއިޢުކުރި "ހަވީރު"
ނޫހުގެ ފުރަތަމަ ޢަދަދުގެ ފުރަތަމަ ޞަފްޙާއިންނާއި، މުޙައްމަދު ޒާހިރު ޙުސައިނުގެ ފަރާތުން ހުށަހަޅާފައިވާ
1985 އޮކްޓޯބަރ މަހުގެ 18 ދުވަހާއި، އޭގެ ފަހުގެ ތާރީޚުތަކުގައި ހަދައިދީފައިހުރި "ހަވީރު" ނޫހުގެ
ރަޖިސްޓަރީތަކަށް ބެލުމުން އެނގޭފަދައިން މިމައްސަލަ އިސްތިޢުނާފުކުރާ ހ. މީރުބަހުރުގޭއާގެ! އިބްރާހީމް
ރަޝީދު މޫސާގެ މަސްއޫލުވެރިކަމުންގެ ދަށުންވެސް "ހަވީރު" ނޫސް ނެރެފައިވާކަން މި މައްސަލައާއެކު
ހުށަހެޅުނު ލިޔުންތަކުން އެނގޭކަމާއި، މިގޮތުން "ހަވީރު" ގެ މަސްއޫލުވެރިޔާ އަލްއުސްތާޛު އިބްރާހީމް
ރަޝީދު މޫސާ އަށް އެޑްރެސްކޮށް 10 ފެބްރުއަރީ 1980 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން
ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު 1/80 ސިޓީންނާއި، "ޢާންމު ޚިދުމަތުގެ އިނާމް ފޮތް 1979-1992"
ގެ 64 ވަނަ ޞަފްޙާގައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކޮށްފައިވާ ޚިދުމަތްތައް ބަޔާން
ކޮށްދެމުން، ވަނައަހަރު "ހަވީރު" ޝާއިޢުވާން ފެއްޓެވިއިރު، އޭނާ ހުންނެވީ ނޫހުގެ
މަސްއޫލުވެރިއެއްގެ ގޮތުގައެއްނޫނެވެ.
1980 ވަނައަހަރުން ފެށިގެން އޭނާއަކީ އެނޫހުގެ
މަސްއޫލުވެރިޔާއެވެ. އޭގެ އިތުރަށް އޭނާއަކީ އެނޫހުގެ ހުރިހާ ޚަބަރެއް ގާތްގަނޑަކަށް ލިޔުއްވާ
ލިޔުންތެރިޔާވެސް މެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަ 18 އޮކްޓޯބަރ 1985 ގައި
ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ހަދައިދީފައިވާ "ހަވީރު" ނޫހުގެ
ރަޖިސްޓަރީގައި، އެރަޖިސްޓަރީއަކީ "ހަވީރު" ނޫހުގެ މަސްއޫލުވެރިޔާއާއި އެޑިޓަރުގެ ނަމަށް ބަދަލުގެނެސް،
ހަދައިދީފައިވާ ރަޖިސްޓަރީއެއްކަމަށް ބަޔާންކޮށްފައި އޮތުމުން، އެރަޖިސްޓަރީ ހަދައިދިނުމުގެ ކުރިން "ހަވީރު"
ނޫހުގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އެރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ހ. ނީލްވިލާ މުޙައްމަދު ޒާހިރު
ޙުސައިން ނޫން އެހެން ފަރާތްތެއް ހުރިކަމުގައި ބެލެވެން އޮންނަ
އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ: ދުވަހު ނޫސް "ހަވީރު" އަކީ 1978 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ ތެރޭގައި، މި މައްސަލަ ރައްދުވާ، ހ.
1979"
4ހނނަމަވެސް،
ރއ
4 2228 ·
252 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2x 29
83
=32
2015/HC-A/38
کمری
.88
އދގ
ނިންމުމުގެ އެންމެ އިސް ފަރާތަކީ "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ޖޯމީ އިއްޖާގެ ޚަޢީ
ޤަޟިއްޔާ ނިމުނު
ދަށުން ރަޖިސްޓަރީކުރެވި، 01 ޖެނުއަރީ 1979 ގައި ނެރެން ފެށި ދުވަހު ނޫހެއްކަމުގައިވީނަމަވެސް،
އެނޫހުގެ މަސައްކަތް ފަށައިގަތީ މަސްއޫލުވެރިޔާ މުޙައްމަދު ޒާހިރު ޙުސައިން އެއްވެސް އިންވެސްޓްމަންޓެއް
މާލީ އެއްވެސް ރިސްކެއް ނަގައިގެން ނޫންކަމަށާއި، "ހަވީރު" ނޫސް ވުޖޫދަށް އައިސް،
ފުރަތަމަ ދުވަސްވަރު އެނޫސް ނެރުމަށްޓަކައި މި މައްސަލައިގެ އިސްތިޢުނާފުކުރާ ދެފަރާތާއި "ހަވީރު"
ޓީމްގައި ތިބި އެހެން މީހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަކަމަށާއި، ނޫހުގެ ހުރިހާ
ޚަރަދެއް ކޮށް، ޗާޕްކުރީ ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝަރޒް ޕްރައިވެޓް ލިމިޓެޑުން ކަމަށާއި، މާލީ
ރިސްކް ނެގީ، ނޮވެލްޓީން ކަމަށާއި، އަދި އެނޫހުގެ ވިޔަފާރީން ލިބުނު ފައިދާއެއް އަދި ވީ ގެއްލުމެއް ވިޔަސް
އޮތީ ނޮވެލްޓީއަށް ކަމަށާއި، ނޫހަށް އިޝްތިރާކު ދައްކާ ފަރާތްތަކުން އިޝްތިރާކު ދެއްކުމާއި، ނޫހަށް
އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާވެސް ލިބެމުން ދިޔައީ ނޮވެލްޓީއަށް ކަމަށާއި، އެދުވަސްވަރު މުޙައްމަދު
ޒާހިރު ޙުސައިން ޢަމަލީ ގޮތުން އަދާކުރި ދައުރެއްވެސް ނެތްކަމަށް މި މައްސަލައިގެ އިސްތިޢުނާފުކުރާ
ފަރާތްތަކުން ބުނެފައިވާކަމާއި،
"ހަވީރު" ނޫސް އެޖެންސީއަކީ، 1983 ވަނައަހަރުގެ މާޗް މަހުގެ ތެރޭގައި ނޮވެލްޓީން
"ހަވީރު" ނޫހުގެ
މަސައްކަތްތައް އިތުރަށް ކޮށްދެވެން ނެތްކަމަށްބުނެ
ނޫސް ޗާޕްކޮށްދިނުން
ހުއްޓައިލާނެކަމަށް ވަރަށް ކުއްލިގޮތަކަށް އެންގުމުން، "ހަވީރު" ނޫސް ހުއްޓައިނުލައި ކުރިއަށް ގެންދިއުމުގެ
މަޤްޞަދުގައި، 31 މާޗް 1983 ގައި، މި މައްސަލައިގައި ހިމެނޭ ތިން ފަރާތާއި ހ. ޓައިމްލެސް މުޙައްމަދު
ނަޢީމާ މެދު ވީ ޑިސްވުމެއްގެ ދަށުން އުފެއްދި ތަނެއްކަމަށާއި، އެއެޖެންސީގެ ދަށުން "ހަވީރު" ނޫހުގެ
ފަރާތުން އެވަގުތު ކުރަމުންދިޔަ ހަވީރު ނޫސް ނެރުމާއި، ހިންގުމާއި އެނޫހުގެ ޗާޕްޚާނާ ވިޔަފާރީގެ ގޮތުން
ހިންގުމާއި، "އަމާޒު" މަޖައްލާ ނެރުމުގެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހުނުކަން އެނގޭކަމާއި،
ފައުންޑަރ މެންބަރުންގެ މެދުގައި ވެފައިވާ ހަވީރު ނޫސް އެޖެންސީ އުފެއްދުމުގެ
އެއްބަސްވުމުގައި ބަޔާންކުރާ އެންމެހައި މާއްދާތަކަށް ބެލުމުން، "ހަވީރު" ނޫހާ ބެހޭ ގޮތުން ކަންކަން
2 22 22
I 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
83
2015/HC-A/38
މެންބަރެއްގެ ފަރާތުން ލިބޭ މާއްދީ އަދި މަޢުނަވީ ގެއްލުމުގެ މަސްޢޫލިއްޔަތު އެމީހަކު އުފުލަންގެ
ޤަޟިއްޔާ ނިމުނު
އެއެޖެންސީން ނެރޭ ނޫސް މަޖައްލާ ނެރެ ހިންގާނީ ފައުންޑަރ މެންބަރުގެ ބޯޑުން އެއްބަސްވާ ގޮތެއްގެ މަތިން
މަސްއޫލުވެރިންނާއި އެޑިޓަރުންކަމާއި، މަސްއޫލުވެރިންނާއި އެޑިޓަރުން ލެއްވުމާއި ވަކިކުރުމުގެ ބާރު
ލިބިގެންވަނީ ފައުންޑަރ މެންބަރުންގެ ބޯޑަށް ކަން އެނގޭއިރު، އިސްވެ ބުނެވުނު އެއްބަސްވުމުގައި ސޮއި
ކުރެވުނު އިރު، އަދި އެއަށްފަހުވެސް "ހަވީރު" ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި މި މައްސަލައިގެ
އިސްތިޢުނާފުކުރާ އެއްފަރާތް ކަމުގައިވާ ށ. މީރުބަހުރުގޭއާގެއިބްރާހީމް ރަޝީދު މޫސާ، އަދި އެނޫހުގެ
އެޑިޓަރެއްގެ ގޮތުގައި، މި މައްސަލައިގެ އިސްތިޢުނާފުކުރާ އަނެއް ފަރާތްކަމުގައިވާ ގ. ކޮއްކިރި! ޢަބްދު
ފާރޫޤު ޙަސަން، ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑުން ހަމަޖައްސާފައިވާކަމަށް
ދެފަރާތުން ބުނެފައިވާކަން އެނގޭކަމާއި، އަދި އެއެއްބަސްވުމުގެ ދަށުން "ހަވީރު" ނޫސް އެޖެންސީގެ
ފައުންޑަރ މެންބަރުންގެ ބޯޑަށް ލިބިދީފައިވާ ބާރާއި ޙައްޤުތައް "ހަވީރު" ނޫހުގެ މަސްއޫލުވެރިންނާ
އެޑިޓަރުންނަށް ލިބޭ ބާރުތަކާއި ޙައްޤުތަކުގެ މައްޗަށް އިސްކުރެވިފައިވާކަން އެއެއްބަސްވުމުގެ މާއްދާތަކަށް
ބެލުމުން އެނގޭއިރު، މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހަވީރުނޫސް
އެޖެންސީއާއި، "ހަވީރު" ނޫހާއި އެނޫހުގެ ޗާޕްޚާނާގެ މައްޗަށް "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ
މުންބަރުންގެ ބޯޑަށް ލިބިދީފައިވާ ބާރުތަކާއި ޙައްޤުތައް އެހެން ގޮތަކަށް ނުވަތަ އެހެން ފަރާތަކަށް ބަލަދުކޮށް
ނުވަތަ ދޫކޮށްލާފައިވާކަން އެނގެން ނެތްކަމާއި،
"ހަވީރު"ނޫސް އެޖެންސީއާއި އެތާގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލަކީ،
ފައުންޑަރުންގެ ހަތަރު މީހުންގެ ހަމަހަމަ މިލްކްކަމަށާއި، ކޮންމެ އަހަރެއް ފައިދާ ބަހަންވާނީ އަދި އެޖެންސީ
އުވާލެވިއްޖެނަމަ އެޖެންސީގެ މިލްކިއްޔަތު ބަހަންވާނީ ފައުންޑަރުންގެ ހަތަރުމީހުންގެ މެދުގައި ހަމަހަމަވާ
ގޮތަށް ކަމާއި، ކޮންމެ މީލާދީ އަހަރެއް ހުސްވުމުން އެއަހަރަކު ނޫސް އެޖެންސީއަށް ޚަރަދު ކަޑާލިބުނު
ފައިދާއެއްގެ އެއްބަސްވެވޭ ފަރސެންޓެއް ފައުންޑަރުންގެ މެދުގައި ބަހަންވާނެކަމަށާއި އަދި ހިނގާ އަހަރު
ފެބްރުއަރީ މަސް ހުސްވުމުގެ ކުރިން އެކަން ނިންމަންވާނެކަމާއި، ނޫސް އެޖެންސީއަށް ފައުންޑަރ
#
تر کر
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1
331647"
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
8 4 3 2 3
ޤަޟިއްޔާ ނިމުނު
2015/HC-A/38
کی مرگی
ދެވެ
ބަޔާންކޮށްފައިވާކަން އެއެއްބަސްމު
ސްވުމުގެ 15,16 އަދި 18 ވަނަމާއްދާއަށް ބެލުމުން އެނގޭއިރު، އެނޫހުގެ
0x
މަސްއޫލުވެރިޔަކަށް 1985 ވަނަ އަހަރުގެ ތެރޭގައި މުޙައްމަދު ޒާހިރު ޙުސައިން ކަނޑައެޅުނު އިރު، އެނޫހަކީ
ސާފު ފައިދާގައި ހިންގި ނޫހެއްކަމަށް މި މައްސަލައިގެ އިސްތިޢުނާފުކުރާ ފަރާތްތަކުން ބުނެފައިވާކަން
އެނގޭކަމާއި، އެނޫސް ހިންގުމާ މުޙައްމަދު ޒާހިރު ޙުސައިން ހަވާލުވެ އެނޫހަކީ އޭނާގެ އަމިއްލަ ނޫހެއް
ކަމުގައި ދެކެ ހަވީރު ނޫހުން އިބްރާހީމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫޤު ޙަސަނާ ދެމީހުން ވަކިކޮށް
ދުރުކޮށްފައިވާކަމަށް އެދެމީހުންގެ ފަރާތުން ބުނާއިރު، އެދެމީހުން "ހަވީރު" ނޫހުގެ މަސައްކަތުން
ވަކިކޮށްފައިވަނީ އެދެމީހުންގެ ސަބަބުން ތަފާތު މައްސަލަތައް ޖެހޭތީކަން މުޙައްމަދު ޒާހިރު ޙުސައިންގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން ވެސް އެނގޭއިރު، ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރ
މެންބަރުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެނޫހަށް ކަނޑައަޅާ މަސްއޫލުވެރިޔަކަށް އެނޫހުގެ އެންމެ
ސްފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ފައުންޑަރ މެންބަރުންގެ ބޯޑުގެ މެންބަރަކު މަސައްކަތުން ވަކިކޮށް
ރުކުރުން ނުވަތަ އެއްފަރާތްކުރުމުގެ ބާރު ލިބިފައިނުވާކަން އެނގޭކަމާއި،
މީގެ އިތުރުން ބުނެވިދިޔަ އެއްބަސްވުމުގެ މާއްދާތަކަށް ބަލާއިރުވެސް، "ހަވީރު" ނޫސް
އެޖެންސީގެ ފައުންޑަރ މެންބަރުންނަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތަކަކީ ހަމަހަމަ ގޮތެއްގައި ލިބިދީފައިވާ
ޙައްޤުތަކާއި ބާރުތަކެއްކަން އެނގޭކަމާއި، "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރަކު،
ނުރުހުމުގައި އެއެޖެންސީން ނުވަތަ އެނޫހުގައި އޭނާ ކުރަމުންދާ މަސައްކަތަކުން ވަކިކުރުމުގެ ބާރު، "ހަވީރު"
ނޫހުގެ މަސްއޫލުވެރިޔާއަށް ނުވަތަ ފައުންޑަރ މެންބަރަކަށް ލިބިގެންނުވާކަމާއި، ހަވީރު ނޫހަށް މުވައްޒަފުން
ލެއްވުމާއި ވަކިކުރުމުގެ ބާރަކީ، "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑަށް ލިބިގެންވާ
ބާރެއްކަން އެނގޭކަމާއި، ފައުންޑަރ މެންބަރަކު މަރުވުމުން، އެއެޖެންސީން ވަކިވާ ހާލަތުގައި އެމީހަކު މަރުވި
ތާރީޚަކާ ހަމައަށް ނޫސް އެޖެންސީގައި ހުރި ފައިސާއަކާއި މުދަލެއް އަގުކޮށް އެއިގެ ހަތަރުބައިކުޅަ
އެއްބަޔަށްވާ ފައިސާ އެމީހެއްގެ ވާރުތަވެރިންނަށް ދޭންވާނެކަމާއި، މިފައިސާ ދެވޭނީ ނޫސް އެޖެންސީ
ހިންގުމަށްދަތިނުވާ ގޮތަށް މަރުވި ފައުންޑަރެއްގެ ވާރުތަވެރިންނާއި، ފައުންޑަރުންގެ ބޯޑާ ދެމެދު އެކެންނޭޑް
2 22c
...
ވެފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1
331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
4 *3
=32
2{015/HC-A/08
کی مرکی
44ތ ހ 0
2
2
4
ہی ہی می یومد کی
ޤަޟިއްޔާ ނިމުނު
ގޮތެއްގެ މަތީންކަމަށް
14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި
އެއެއްބަސްވުމުގެ 13 ވަނަމާއްދާއަށް ބަލާއިރު، ނޫސް އެޖެންސީ އުވާލުމަށް ފާސްވެއްޖެނަމަ އެޖަލްސާއެއްގައި
އެޖެންސީގެ މުދަލާއި، ފައިސާއާބެހޭ ގޮތުން ޢަމަލުކުރާނެ ވަކިގޮތެއް ކަނޑައަޅަންވާނެކަމަށާއި، އަދި އެފަދަ
މައްސަލަތައް އެޖެންސީ އެއްމަސްދުވަހުގެ ތެރޭގައި ނިންމަންވާނެކަމަށް ބަޔާންކޮށްފައި
ށްފައިވާކަން
އެނގޭއިރު، ހަވީރުނޫސް އެޖެންސީ އުވާލުމަށް ނުވަތަ ނިމުމަކަށް ގެނައުމަށް ފައުންޑަރ މެންބަރުންގެ ބޯޑުން
ފާސްކޮށްފައިނުވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން އެނގެން އޮންނަކަމެވެ.
2202
4 2220
(ބ) ފަސްވަނަ ކަމަކީ: ދުވަހުނޫސް "ހަވީރު" ގެ މިލްކްވެރި ފަރާތަކީ ހަމައެކަނި
ނީލްވިލާ މުޙައްމަދު ޒާހިރު ޙުސައިންކަމަށް އޭނާގެ ފަރާތުން ވަކާލާތުކުރާ މައިގަނޑު ސަބަބަކީ އެނޫސް
އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓަރީކުރެވި ނެރެންފެށުނު ނޫހަކަށްވުމާއި، އެނޫހުގެ
މަސްއޫލުވެރިޔެއްގެ ގޮތުގައި މިހާރުވެސް އޭނާ ހުރުމާއި، އެނޫހުގެ މުވައްޒަފުންނަށް މުސާރަދިނުމާއި އެނޫސް
ތަރައްޤީ ކުރުމުގެ ގޮތުން އޭނާ މަސައްކަތް ކޮށްފައިވުމާއި، އެގޮތުން އެނޫސް ތަރައްޤީކުރުމަށް އޭނާ
ޒިންމާވާގޮތަށް ތަފާތު ލޯނުތައް ނަގައިގެން ޚަރަދުތައް ކުރެވިފައިވާތީކަން މުޙައްމަދު ޒާހިރު ޙުސައިނުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބެލުމުން އެނގޭއިރު، "ހަވީރު" ނޫސް
އެޖެންސީގެ ފައުންޑަރ މެންބަރުގެ
މެދުގައި މައްސަލަ ޖެހި، އެނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި މުޙައްމަދު
ޒާހިރު ޙުސައިން ހަމަޖެހުމާގުޅިގެން 1985 ގެ ފަހުން "ހަވީރު" ނޫހާއި، ހަވީރު ޗާޕުޚާނާ ތަރައްޤީ ކުރުމުގެ
ގޮތުން މުޙައްމަދު ޒާހިރު ޙުސައިން މަސައްކަތް ކޮށްފައިވާ ކަމާމެދަކު މި މައްސަލާގައި އިސްތިޢުނާފުކުރާ
ފަރާތްތަކުން އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި،
ނަމަވެސް، "ހަވީރު" ނޫސް ފެށިއިރު، ކުރަންޖެހޭ އެންމެހައި ޚަރަދުތަކެއް ކުރަނީ
ނޮވެލްޓީން ކަމަށާއި، "ހަވީރު" ނޫސް ނެރުމުގައި އެއްވެސް އިންވެސްޓްމަންޓެއް މުޙައްމަދު ޒާހިރު ހުސަން
* 2:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
83
2{15/HC-A/[38
ޤަޟިއްޔާ ނިމުނު
ދެވެ
ކޮށްފައިނުވާކަމަށާއި ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުގެ މެދުގައި މައްސަލަ ޖެހުމާގުޅިގެން
"ހަވީރު" ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި މުޙައްމަދު ޒާހިރު ޙުސައިން ހަމަޖެއްސިކަމަށާއި، އޭގެ ފަހުން
އެނޫހަކީ އޭނާގެ އަމިއްލަ ނޫހެއްގެ ގޮތުގައި ދެކިގެން، "ހަވީރު" ނޫސް އެޖެންސީއަށް ލިބިގެންވާ ބާރުތަކާއި
ޙައްޤުތަކާއި ދައުރު ލިބިނުދީ، މުޙައްމަދު ޒާހިރު ޙުސައިން "ހަވީރު" ނޫސް ހިންގަމުން ދަނީ ފައުންޑަރ
މެންބަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް އިސްތިޢުނާފުކުރާ ފަރާތްތަކުން ބުނެފައިވާކަން
އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: "ހަވީރު" ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރ މެންބަރުން ވީ
އެއްބަސްވުމަކީ، އެއާ އެއްގޮތަށް ޢަމަލުކުރެވިފައިނުވާ އެއްބަސްވުމެއްކަމަށާއި، އެއެއްބަސްވުމުގައި މުޤާބިލެއް
ނެތްކަމަށާއި، އެއީ ފައުންޑަރ މެންބަރުންގެ މެދުގައި އޮތް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްކަމަށް
މިމައްސަލައިގައި އިސްތިޢުނާފުރައްދުވާ މުޙައްމަދު ޒާހިރު ޙުސައިނުގެ ފަރާތުން ބުނާއިރު، 31 މާޗް 1983
ގައި، މި މައްސަލައިގައި ހިމެނޭ ތިން ފަރާތާއި ހ. ޓައިމްވެސް މުޙައްމަދު ނަޢީމުގެ މެދުގައި ވެފައިވާ
"ހަވީރު ނޫސް އެޖެންސީ އުފެއްދުމުގެ އެއްބަސްވުމަކީ، ކުރިންވެސް ބުނެވުނު ފަދައިން އެފަރާތްތަކުގެ
މެދުގައި ވެފައިވާ އެއްބަސްވުމެއްކަމާމެދަކު އަދި އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން
ކަމަކާމެދަކު ޚިލާފެއްނެތްކަން އެނގޭކަމާއި، އެއެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ އެއެއްބަސްވުމުގައި
ސޮއިކުރެވުނު ދުވަހުން ފެށިގެންކަން އެއެއްބަސްވުމުގެ 20 ވަނަމާއްދާއަށް ބަލާއިރު، ސާފު ޞަރީޙަ ބަހުން
ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެދުވަހުން ފެށިގެން "ހަވީރު" ނޫހާއި، އެނޫހުގެ ޗާޕްޚާނާގެ މަސައްކަތް
އެއެއްބަސްވުމުގައިވާ ގޮތުގެމަތިން ކުރަމުން ގެންދިޔަކަމަށް އިސްތިޢުނާފުކުރާ ދެފަރާތުންމެ ބުނެފައިވާކަން
އެނގެން އޮތުމުގެ އިތުރަށް، 12 އޭޕްރީލް 2013 ގައި، ޢަބްދުﷲ ފާރޫޤު ޙަސަނަށް އެޑްރެސްކޮށް މުޙައްމަދު
ޒާހިރު ޙުސައިންގެ ޤާނޫނީ ވަކީލުގެ ގޮތުގައި ޢައްޔަންކޮށްފައިވާ "ސުޢޫދު އެންޑް އަންވަރު.އެލްއެލްޕީ"ގެ
ފަރާތު ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، ހަވީރުނޫސް އެޖެންސީއަކީ، ހަވީރު ނޫސް އެޖެންސީ އެފެއްދުނު
202c
0 2 0 2
ޓްގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471"
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު 1
=32
#
2015/HC-A/38
ދ . ސ ހ4
ނިއްކުމާއި،
2292
O ouc
އިރުވެސް މުޙައްމަދު ޒާހިރު ޙުސައިނުގެ މަސްއޫލުވެރިކަމުގައި ވުޖޫދުގައި އޮތް ހަވީރު ނޫހުގެ އެޑިޓޯރިއަލް
މަސައްކަތްތައް މެނޭޖް ކުރުމަށްޓަކައި އެފަރާތުން އިސްނަގައިގެން ތިޔަފަރާތް އޭގައި ބައިވެރިކޮށްގެން އުފެއްދި
ހަވީރު ނޫހުގެ އެޑިޓޯރިއަލް މަސައްކަތް މެނޭޖުކުރުމުގެ މަސައްކަތް ހަވީރު ނޫސް އެޖެންސީން
1983 އިން 1985 އާ ދޭތެރޭގައި ކުރިކަމާއި، ހަވީރުނޫހާއި އެފަރާތާއި އޮތް ގުޅުމަކީ 1983 އިން 1985
އާ ދެމެދު ހަވީރު ނޫހުގެ އެޑިޓޯރިއަލް މެނޭޖްމަންޓްގައި އުޅުމުގެ ގުޅުންކަމާއި، ތިޔަ ބޭފުޅުން ހަވީރު ނޫހުގައި
1983 އާއި 1985 އާ ދޭތެރޭ، އެޑިޓޯރިއަލް މެނޭޖްމަންޓުގައި އުޅުއްވިއިރު، ތިޔަ ބޭފުޅުންނަށް އެކަށޭނަ
އުޖޫރައެއް ދެއްވިފައިނުވާ ކަމަށް ތިޔަ ބޭފުޅުންނަށް ހީފުޅުވެލައްވާނަމަ، އެކަމާ ވާހަކަ ދައްކަށް މުޙައްމަދު
ޒާހިރު ޙުސައިން ތައްޔާރަށް ހުރިކަމަށް ބަޔާންކޮށްފައި އޮތުމުން ހަވީރު ނޫސް އެޖެންސީ ވުޖޫދުވެ،
އެއެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކޮށްފައިވާކަމާއި، މި މައްސަލަ އިސްތިޢުނާފުކުރާ
ދެފަރާތަކީ އެނޫހުގެ އެޑިޓޯރިއަލް މެނޭޖްމަންޓުގައި އިސްކޮށް ހަރަކާތްތެރިވީ ބައެއްކަން އެނގޭއިރު،
"ހަވީރު"ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި އެދުވަސްވަރު އިބްރާހީމް ރަޝީދު މޫސާ އަދި އެޑިޓަރެއްގެ
ގޮތުގައި ޢަބްދުﷲ ފާރޫޤު ޙަސަން މަސައްކަތް ކޮށްފައިވާކަމަށާއި، 1985 ގައި "ހަވީރު" ނޫހުގެ
މަސްއޫލުވެރިއެއްގެ ގޮތުގައި މުޙައްމަދު ޒާހިރު ޙުސައިން ހަމަޖެހެންދެން އެނޫހާއި ޗާޕްޚާނާގެ މަސައްކަތް
ގެންގޮސްފައިވާނީ އިސްވެބުނެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށާއި، ނަމަވެސް،
މުޙައްމަދު ޒާހިރު ޙުސައިން މަސްއޫލުވެރިކަމާ ހަވާލުވުމަށްފަހު، އެއެއްބަސްވުމާ ޚިލާފަށް މަސައްކަތް
ކުރަމުންދާކަމަށް މި މައްސަލަ އިސްތިޢުނާފުކުރާ އިބްރާހީމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫޤު ޙަސަނުގެ
ފަރާތުން ބުނެފައިވާކަން އެނގޭކަމާއި،
ހަވީރު ނޫސް އެޖެންސީއަކީ، ހަވީރު ނޫހާއި އެނޫހުގެ ޗާޕްޚާނާއާއި، "އަމާޒު" މަޖައްލާ
ނެރުމުގެ މަސައްކަތްކުރުމަށް އުފައްދާފައިވާ އެޖެންސީއެއްކަމާއި، އެއެޖެންސީގެ ފައިދާއާއި ގެއްލުމުގައި
ފައުންޑަރ މެންބަރުން ޙިއްޞާވަނީ ހަމަހަމައަށް ކަމާއި، އެމަސައްކަތުގެ ފައިދާއާއި ގެއްލުން ބިނާވެގެންވަނީ
އެފަރާތުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ މައްޗަށްކަން އެނގޭއިރު، ކޮންޓްރެކްޓެއް
އެމައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު "
4, 2
=32
2015/HC-A/38
کی عمری
2 02 02 0 0x4
ہی مل سسر نر ل ع ر کر
332ނ
މައިގަނޑު ދެރުކުނަކީ
ބައިވެރިން އެކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޮންނަ ރުހުމާއި
ޤަބޫލުވުމާއި، އަދި ޤާނޫނު މަނާނުކުރާ ހުއްދަ ސަބަބެއްގެ މައްޗަށް އެކޮންޓްރެކްޓެއްގެ ބައިވެރިންގެ ރުހުމާއި
ޤަބޫލުވުން ޤާއިމްވެފައި އޮތުމާއި، މިދެރުކުނަކީ، ކޮންޓްރެކްޓް އެދެރުކުނުގެ
މައްޗަށް ޤާއިމްވެ
މައިގަނޑު ދެރުކުންކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަމާއްދާގެ ނައްޞުން
ކަށަވަރުކޮށްދީފައިވާކަމަށާއި، އެދެރުކުން ނެތިފިލައިދާފަދަ ކަމެއް ހިމެނޭގޮތަށް ކުރެވޭ ކޮންޓްރެކްޓެއް ފިޔަވައި،
ޤާނޫނު މަނާނުކުރާ ހުއްދަ ސަބަބެއްގެ
ޓެއްގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި
ޤަބޫލުވުމުގެ މައްޗަށް ކުރެވޭ ކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކުރުން އެކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް
ލާޒިމްވާ ކޮންޓްރެކްޓެއްކަން އިސްވެ ބުނެވުނު ޤާނޫނުގެ 20 ވަނަމާއްދާގެ (ހ) އިން ސާފުކޮށް އެނގެން
އޮންނަކަމާއި، އެއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ އެކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް
ލާޒިމްކަމަކަށް ދުލެއްދީފިނަމަ ނުވަތަ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަކަން
އެއަކުރުގެ ފަހުގެ ޢިބާރާތްތަކުން ސާފުކޮށް އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
މައްޗަށް
و مطمع راع ہے کہ
14/SC
-
A/2012 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 6 ވަނަނުކުތާގެ (އ) އަށް ބެލުމުން
އެނގޭއިރު، ހަވީރުނޫސް އެޖެންސީގެ އެއްބަސްވުމަކީ އެއެޖެންސީގެ ހަތަރު ފައުންޑަރ މެންބަރުންގެ ހުރުމާއި
އެމައްޗަށް ޢަމަލުކުރުމަށް އެއްބަސްވެ ވެވިފައިވާ އެއްބަސްވުމެއްކަމާ .މުގައި
ޤާނޫނު މަނާކުރާ ނުވަތަ ޤާނޫނު ހުއްދަނުކުރާ ކަމެއް ކުރުމަށް އެއެއްބަސްވުމުގައި ބައިވެރިން
/، މި
ޤުބަލި99އކު
3 2 0 2 0¢
އއއބ29لއ
1 $8
އެއްބަސްވެފައިނުވާކަމާއި، އެއެއްބަސްވުމުގެ ދަށުން ބައިވެރިންނަށް ލިބިދީފައިވާ ޙައްޤުތަކާއި ބާރުތައްވެސް
އެހެން ގޮތަކަށް ބަދަލުކޮށް އެހެން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާކަން އެނގެން ނެތްއިރު،
އެ އެއްބަސްވުމަކީ ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑުން ކަނޑައަޅާ
އުޞޫލާ ނިންމާ ނިންމުތަކާ ގޮތުގެމަތިން އެހަތަރު މެންބަރުން ހަމަހަމަ ހިއްސާވާ ގޮތަށް
މަސައްކަތެއް ކުރާނެ ގޮތްތަކާއި އުސޫލުތައް ބަޔާންކޮށްފައިވާ އެއްބަސްވުމެއް
ބަސްވުމެއްކަމާއި، އޭގެ ދަށުން ކުރާ
މަސައްކަތުން ލިބޭ ފައިދާ ފައުންޑަރ މެންބަރުންގެ މެދުގައި ބެހިގެންދަނީ ހަމަހަމައަށް ކަން އެނގޭކަމާއި،
04
0x ދު
ہے کہ صرف
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
2{15/HC-A/38
ޤަޟިއްޔާ ނިމުނު 1
کی عمری
މިފަދަ އެއްބަސްވުމަކީ ޝަރުޢީ އަދި ޤާނޫނު ދަންނަ އެއްބަސްވުމެއްކަމާއި، އަދި އެ އެއްބަސްވުމަކީ،
ފައުންޑަރ މެންބަރުންގެ މެދުގައި އޮތް މެމޮރެމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްނޫންކަމާއި،
އެއީ ޕާޓްނަރޝިޕް އުސޫލުން އެޖެންސީ ހިންގުމަށް ވެފައިވާ އެއްބަސްވުމެއްކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުމުގައި ހަވީރު ނޫސް
އެޖެންސީގެ ފައުންޑަރ މެންބަރުން ހިއްސާވާ މިންވަރާއި އެފަރާތްތަކުގެ ދައުރާއި މަސްޢޫލިއްޔަތާއި ޙައްޤުތައް
ބަޔާންކޮށްފައިވާކަން އެނގޭއިރު، އެއެޖެންސީން ނެރޭ ނޫސްމަޖައްލާފަދަ ތަކެތި، ފައުންޑަރ މެންބަރުންގެ
ބޯޑުން އެއްބަސްވާ ގޮތެއްގެ މަތިން ނެރެ، ހިންގުމުގެ މަސްޢޫލިއްޔަތު އުފުލާނީ މަސްއޫލުވެރިޔާއާއި
އެޑިޓަރކަން އެނގޭކަމާއި، އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް މަސްއޫލުވެރިޔާގެ މަސްޢޫލިއްޔަތު
ފައުންޑަރ މެންބަރުން ކަނޑައަޅާފައިވާ ގޮތަށް ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޒިންމާ އެފަރާތުން
އުފުލަންޖެހޭކަން އެނގޭއިރު، 1985 ވަނައަހަރު ހަވީރު ނޫހުގެ މަސްއޫލުވެރިކަން މުޙައްމަދު ޒާހިރު
ޙުސައިނާ ހަވާލުކުރެވުމުން އެނޫހުގެ އެޖެންސީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެނޫހާ ބެހޭ އެންމެ
ހައި ކަންތައްތައް ގެންދިއުމަކީ މަސްއޫލުވެރިޔާގެ ހައިސިއްޔަތުން މުޙައްމަދު ޒާހިރު ޙުސައިން އަދާކުރަންޖެހޭ
ޒިންމާއެއްކަމާއި، އެޒިންމާ އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ބުރަ އުފުލަންޖެހޭނީވެސް
އެފަރާތުންކަން އެނގޭއިރު، އެއެއްބަސްވުމުގެ ބައިވެރިން ވަކިގޮތަކަށް ކުރުމަށް އެއްބަސްވެފައިވާ ކަމެއް
އެނޫން ގޮތަކަށް ގެންދިއުމުގެ އިޚްތިޔާރު ހަވީރުނޫހުގެ މަސްއޫލުވެރިޔާއަށް ލިބިގެންނުވާކަމާއި، ބުނެވުނު
އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތާ ޚިލާފަށް ގެންދާކަމެއް، ހުއްޓުވާލުމުގެ ނުވަތަ އެއްބަސްވުމާއެއްގޮތަށް
ގެންދިއުމަށް އެންގުމުގެ ޙައްޤު އެއެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންވާކަން އެނގޭއިރު، "ހަވީރު" ނޫސް
ވިއްކާލުމަށް މުޙައްމަދު ޒާހިރު ޙުސައިން އަމިއްލަ ގޮތުން މަސައްކަތް ކުރަންފެށުމުން އެކަން އެގޮތަށް
ކުރުމާމެދު "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ތެރެއިން މި މައްސަލަ އިސްތިޢުނާފުކުރާ
އިބްރާހީމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫޤު ޙަސަން އިޢުތިރާޒުކޮށްފައިވާކަން އެނގޭކަމާއި، އެއްބަސްވާންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20
4
ޤަޟިއްޔާ ނިމުނު
2{015/HC-A/08
مليت مي کی در
ދެ
ސޮއިކޮށް ވުޖޫދުވެފައިވާ އެއްބަސްވުމެއްކަމާއި، އަދި އެއްބަސްވުން އުވާލެވިފައިވާކަން އެނގެން ނެތް އިރު
އެއެއްބަސްވުމުގެ ދަށުން ފައުންޑަރ މެންބަރުންގެ ތެރެއިން މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކަށް
ލިބިދޭ ޙައްޤެއް ދޫކޮށްލާފައިވާކަން އެނގެންނެތް ހިނދު، އަދި އެއެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް
ހައްލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ހައްލުކޮށްފައިވާކަން އަދި އެއެއްބަސްވުމާ ގުޅޭ މައްސަލައެއް މީގެ
ކުރިން ޝަރުޢީ ކޯޓުން ފައިސަލާކޮށްފައިވާކަން އެނގެން ނެތްކަމާއި، ހަވީރު ނޫހުގެ މަސްއޫލުވެރިއެއްގެ
ގޮތުން މުޙައްމަދު ޒާހިރު ޙުސައިން، ހަވީރު ނޫސް އެޖެންސީ ހިންގުމަށް އެޖެންސީގެ ފައުންޑަރ މެންބަރުން
ވެފައިވާ އެއްބަސްވުމާ ޚިލާފަށް "ހަވީރު" ނޫސް ނެރެ، ހިންގުމުގައި، އެއެޖެންސީގެ ފައުންޑަރ މެންބަރުން
އެކަމާ އިންކާރު ނުކުރުމަކީ، އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތްނޫން އެހެން ގޮތަކަށް ހަވީރު ނޫސް
ނެރެ، ހިންގުން ހުއްދަކުރާނެ ސަބަބެއްކަމަށް ޤަބޫލުނުކުރެވޭކަމާއި، އަދި އެކަމާ ބަސްނުބުނެ އެމެންބަރުން
ތިބިތިބުމަކީ އެފަރާތްތަކަށް އެއްބަސްވުމުގެ ދަށުން ލިބިދީފައިވާ ޙައްޤުތަކާއި ބާރުތައް ދޫކޮށްލީކަމަށް ބެލެވޭނެ
ހއ 2
0
2
0
ހ02އވެ
ނޫންކަމާއި،
އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރުމަށް ޝަރުޢީ ކޯޓަށް ހުށަހެޅުން
ލާޒިމްކުރާ މާއްދާއެއް އެއެއްބަސްވުމުގައި ނެތްއިރު، މިބާވަތުގެ އެއްބަސްވުމުގެ ދަށުން އުފެދޭ ޚުޞޫމަތުގައި
މުއްދަތެއްގެ ތެރޭގައި ދަޢުވާ ހުށަހެޅުން ލާޒިމްކުރާ ޤާނޫނެއް އަދި ޝަރުޢީ އުސޫލެއް ދިވެހިރާއްޖޭގެ
ޝަރުޢީ ނިޒާމުގެ ތެރެއިން އިސްތިޤުރާރުވެފައިނުވާކަން އެނގެން އޮންނައިރު، "ހަވީރު" ނޫސް އެޖެންސީގެ
އެއްބަސްވުމާއި ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޚިލާފުވެފައިވަނީ މީގެ 35 (ތިރީސްފަހެއް) އަހަރު ކުރިން
ފެށިގެންކަމަށް ވީނަމަވެސް، އެފަރާތުން އެއެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން އަދި ނުކުރާކަން
އެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން އެއެއްބަސްވުމާ އެފަރާތުން ވާ ޚިލާފުވުމަކީ ކުރިން
ފެށިގެން ދެމިގެންދާ ގޮތަށް ޚިލާފުވުންތަކެއްކަމާއި އެޚިލާފުވުން ނިމިގެން ނުދާކަން އެނގެން އޮތުމުން މި
މައްސަލަ އިސްތިޢުނާފުކުރާ ފަރާތްތަކުގެ ދަޢުވާއަކީ ގިނަދުވަސްވުމުގެ ސަބަބުން ހުށަހެޅުން މަނާކުރެވިފައިވާ
ނުވަތަ ހުއްދަކުރެވިފައިނުވާ ދަޢުވާއެއްކަމުގައި ޤާނޫނީ އަދި ޝަރުޢީ ގޮތުން ބެލެވެން ނެތްކަމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު "
2015/HC-A/38
(އ) އަށްވަނަ ކަމަކީ: ހަވީރު ނޫސް އެޖެންސީގެ އެއްބަސްވުމުގައި އެއެޖެންސީން ކުރާ
މަސައްކަތުގެ ތެރޭގައި "ހަވީރު" ގެ ފަރާތުން ރަޖިސްޓްރީކުރެވިފައިވާ ޗާޕްޚާނާ ވިޔަފާރީގެ ގޮތުން ހިންގުން
ހިމެނިފައިވާކަން އެއެއްބަސްވުމުގެ 3 ވަނަމާއްދާގެ (ނ) އަށް ބެލުމުން އެނގޭކަމާއި، "ހަވީރު" ނޫހުގެ
ޗާޕްޚާނާ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ "ހަވީރު" ނޫހުގެ ކުރީގެ އެޑިޓަރު ޢަބްދުﷲ ފާރޫޤު ޙަސަނުގެ
ނަމުގައިކަމަށް އިސްތިޢުނާފުކުރާ ފަރާތްތަކުން ބުނާއިރު، "ހަވީރު" ނޫހުގެ ފަރާތުން ރަޖިސްޓަރީކޮށްފައިވާ
ޗާޕްޚާނާ އަކީ މުޙައްމަދު ޒާހިރު ޙުސައިނުގެ މިލްކް ތަނެއްކަމަށް ބުނެ، އެކަން ސާބިތުކޮށް ދިނުމުގެ ގޮތުން
މި މައްސަލައިގެ އިސްތިޢުނާފު ރައްދުވާ މުޙައްމަދު ޒާހިރު ޙުސައިނުގެ ފަރާތުން ހުށަހަޅާފައިވާ
ރަޖިސްޓަރީއަކީ ކުރިން ހެދިފައިވާ ނަންބަރު 88/03 ގެ ނަން ބަދަލުކޮށް، "ލޯމާފާނު ޕްރިންޓް" ގެ ނަމުގައި
23 ނޮވެމްބަރ 1995 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހަދައިދީފައިވާ ރަޖިސްޓަރީއެއްކަން
އެނގޭއިރު، ހަވީރު ނޫސް އެޖެންސީ އުފެއްދުމަށްވީ އެއްބަސްވުމަކީ 31 މާޗް 1983 ގައި، ސޮއިކުރެވި
އެދުވަހުން ފެށިގެން ޢަމަލުކުރަން ފެށިފައިވާ އެއްބަސްވުމެއްކަމާއި، އެއިރު، "ހަވީރު" ގެ ފަރާތުން
ރަޖިސްޓަރީ ކުރެވިފައިވާ ޗާޕްޚާނާއެއް ހުރިކަން ބުނެވުނު އެއްބަސްވުމުގެ 3 ވަނަމާއްދާގެ (ނ) އަށް ބެލުމުން
އެނގެން އޮންނަކަމާއި، އެހެންކަމުން "ހަވީރު"ގެ ޗާޕްޚާނާ މިހާރު އެހެން ނަމެއްގައި ހިންގިކަމުގައި
ވީނަމަވެސް، "ހަވީރު" ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރ މެންބަރުން ވެފައިވާ އިސްވެ ބުނެވުނު
އެއްބަސްވުމުގެ ދަށުން އެމެންބަރުންނަށް ލިބިދޭ ޙައްޤުތަކާއި ބާރުތައް އެތަނުގެ މައްޗަށްވެސް ހިނގާނެކަމަށް
23 ه2
4
2
ޤު@ހނވާކަމެވެ.
(ވ) ނުވަވަނަ ކަމަކީ މިމައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުމަކީ ހަވީރުނޫސް
އެޖެންސީގެ ފައުންޑަރ މެންބަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއްކަމާއި، އެއެއްބަސްވުމާ އެއްގޮތަށް
1983 މާޗް 37 އިން ފެށިގެން 1985 ވަނަ އަހަރު، "ހަވީރު" ނޫހުގެ މަސްއޫލުވެރިކަމާ މުޙައްމަދު ޒާހިރު
ޙުސައިން ހަވާލުވުމާ ހަމައަށް ޢަމަލުކޮށްފައިވާ ކަމަށާއި، "ހަވީރު" ނޫސް ނެރެމުންދާ ހާހިނދަކު ހަވީމަ އެވެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު 1
4 3
=3
2{15/HC-A/08
کی عمری
އެޖެންސީ ހިނގަމުންދާ
ންދާނެކަމަށް ބަލަންޖެހޭކަމަށް އިސްތިޢުނާފު ކުރާ ފަރާތްތަކުން ބުނެފައިވާކަން އެނގޭއިރު،
ހަވީރު ނޫސް އެޖެންސީއާ ބެހޭ ހުރިހާ ކަމެއްގައި އެންމެ އިސްފަރާތަކީ އެއެޖެންސީގެ ފައުންޑަރ މެންބަރުންގެ
ބޯޑުކަން އެނގޭކަމާއި، ހަވީރު ނޫސް އެޖެންސީން ނެރޭ ނޫސް މަޖައްލާފަދަ ތަކެތި ނެރެ އެކަން ހިންގުމުގެ
ބާރު މަސްއޫލުވެރިންނާއި އެޑިޓަރުންނަށް ލިބިގެންވަނީ ފައުންޑަރ މެންބަރުންގެ ބޯޑުން އެއްބަސްވާ ގޮތެއްގެ
މަތިންކަމާއި، ހަވީރު ނޫސް އެޖެންސީން ނެރޭ ނޫހާއި މަޖައްލާ ފަދަ ތަކެތީގެ މަސްއޫލުވެރިންނާއި އެޑިޓަރުން
ލައްވައި، ވަކިކުރުމާއި، އެނޫހަށް މުވައްޒަފުން ލައްވައި ވަކިކުރުމުގެ ބާރު ލިބިގެންވަނީވެސް ފައުންޑަރ
މެންބަރުންގެ ބޯޑަށްކަން އެނގޭކަމާއި، ހަވީރު ނޫސް އެޖެންސީ ނުވަތަ އެތަނުން ނެރޭ ނޫހެއް ނުވަތަ
މަޖައްލާއެއް އުވާލުމަށް ނުވަތަ ކުރަމުން ގެންދާކަމެއް ހުއްޓުވާލުމަށް ކަނޑައަޅާނީ ފައުންޑަރ މެންބަރުންގެ
ބޯޑުގެ އިއްތިފާޤުން ކަމަށް ބަޔާންކޮށްފައިވާއިރު، އެއެޖެންސީން ނެރެމުން ދިޔަ "ހަވީރު" ނޫހުގެ
މަސްއޫލުވެރިކަން މުޙައްމަދު ޒާހިރު ޙުސައިނަށް 1985 ގައި ހަވާލުކުރެވިފައިވީނަމަވެސް، އެއެއްބަސްވު
ޚިލާފަށް "ހަވީރު" ނޫހުގެ ކަންކަން ކުރުމުގެ ބާރު މަސްއޫލުވެރިޔާއަށް ނެތްކަން އެނގޭއިރު، އަދި "ހަވީރު"
ނޫސް އެޖެންސީން ކުރަމުން ދިޔަ މަސައްކަތް އެހެން ފަރާތަކަށް ބަދަލުކުރުމަށް ނުވަތަ އެމަސައްކަތް
ނުވަތަ "ހަވީރު"ނޫސް އުވާލުމަށް އެއެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑުން
ނިންމާފައިނުވާކަން އެނގެން އޮންނާތީ، ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުން އެއްބަސްވެފައިވާ
ގޮތުގެމަތިން އެފަރާތްތަކުގެ ޙައްޤުތައް އެފަރާތްތަކަށް ޝަރުޢީ އަދި ޤާނޫނީ ގޮތުގެމަތިން ލިބިދެވެން
ސްވެމާ
ހުއްޓާލުމަށް
.2
2 2ދ 22
2 ه2
4 އދވ
ޖުހނކަމަށް
ކަމަށް ޤަބޫލުކުރެވޭކަމެވެ.
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތު
2{15/HC-A/38
کی مری
ޙުކުމް
1
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2013/Cv
-
C/899 ޤަޟިއްޔާ ނިންމަވާފައިވަނީ މި މައްސަލާގައި ދަޢުވާކުރި ދެފަރާތުން
ދަޢުވާ ބިނާކޮށްފައިވާ ޙަޤީޤަތްތަކަށާއި އެޙަޤީޤަތްތަކުން އެނގޭ ކަންތައްތަކަށާއި އެފަރާތުން ހުށަހެޅި ހެކިތަކަށް
ފުރިހަމަ ގޮތެއްގައި ރިޢާޔަތްކުރެވި ބެލެވިގެން ކަމުގައިނުވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބާޠިލްކޮށް، ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރ މެންބަރުން 31 މާޗް 1983 ގައި
ސޮއިކޮށްފައިވާ އެއްބަސްވުމަކީ، މި މައްސަލައިގެ އިސްތިޢުނާފު ރައްދުވާ ފަރާތާއި އިސްތިޢުނާފުކުރާ
ދެފަރާތުންވެސް ރުހުމާއި ޤަބޫލުގައި އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އެއްބަސްވުމެއް ކަމާއި، އެއެއްބަސްވުން
އުވާލެވި ނުވަތު ނިމުމަކަށް ގެނެސްފައިވާކަން އެނގެން ނެތަތީ އެއެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި އޮތް
އެއްބަސްވުމެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެނގޭއިރު، އެއެއްބަސްވުމާ އެއްގޮތަށް އިސްތިޢުނާފު
ރައްދުވާ ފަރާތުން ޢަމަލުކޮށްފައިނުވާކަށް އެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ހެކިތަކުން އެނގޭތީ،
އެއެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރުނޫސް އެޖެންސީއާއި، އެއެޖެންސީގެ ދަށަށް ބަދަލުކުރެވި،
އެއެޖެންސީން ހިންގަމުން ދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރިފަރާތަކީ، އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ހަވީރުނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
ސާބިތުވާކަމަށް ކަނޑައަޅައި، އެއެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން މި މައްސަލަ އިސްތިޢުނާފުކުރާ
އަދި ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުން ކަމުގައިވާ އިބްރާހީމް ރަޝީދު މޫސާއާއި ޢަބްދު
ފާރޫޤު ޙަސަނާ ދެމީހުން ކުރެ ކޮންމެ މީހަކަށް ހަވީރުނޫސް އެޖެންސީއާއި، އެތާގެ މިލްކުގައިވާ ހުރިހާ
ފައިސާއަކާއި، މުދަލުގެ 1/4 (%25) ޙިއްޞާ ލިބިގެންވާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް
ސާބިތުވާތީ، އެއެއްބަސްވުމުގެ ދަށުން ހިންގަމުންދިޔަ ހަވީރުނޫސް އެޖެންސީއާއި އެތަނުގެ ފައިސާއާއި
މިލްކްގައިވާ ތަންތަނާއި ތަކެތިން ލިބިފައިވާ ޖުމްލަ އާމްދަނީން ޚަރަދު ކަނޑައި، ލިބިފައިވާ
ތެރެއިން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މި މައްސަލަ އިސްތިޢުނާފުކުރާ ފަރާތްތަކަށް
2 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 73316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
24
23
2{15/HC-A/[38
ޤަޟިއްޔާ ނިމުނު "
می هرکی
މިންވަރާއި ޢަދަދު ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ފަރާތްތަކަށް
ލިބިގެންވާކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތީން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv