ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/133 ޤަޟިއްޔާގެ ޙުކުމް
ފަނޑިޔާރު އަލީ ސާމިރާއްޖޭގެ
1
2016/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بماندا نوسراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އި
.ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 133/HC-A/2016
• އިސްތިއުނާފުކުރި ފަރާތް:
ނަން: ހުސްނުއްނިސާ އަޙްމަދު
އައިޑީ ކާޑު ނަންބަރު: A091922
E
އެޑްރެސް: ޖަނަވަރީމާގެ/ ފ.ނިލަންދޫ
މިހާރުގެ އެޑްރެސް:
ރީތިނޫ/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ދިވެހި ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން) * ދާއިމީ އެޑްރެސް: ވެލާނާ ބިލްޑިންގ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 މާރިޗް 2016
، ނިމުނު ތާރީޚް: 15 މެއި 2017
އިސްތިއުނާފު ކުރެވުނު މައްސަލަ
• ނަންބަރު: 2015/VTR/120
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަވައިގެ ބާވަތް: ވަޒީފާއާބެހޭ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު އަބްދުﷲދީދީގެ
، ހައިކޯ
ދިވެހިންd
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: M6471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2016/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
120/VTR/2015
މައްސަލަ
އިސްތިއުނާފު ކުރުމަށް ފ.ނިލަންދޫ ޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދައުލަތް (ސިވިލް ސަރވިސް
ކޮމިޝަން) އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/120 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ފ.ނިލަންދޫ ޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދުގެ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A091922) މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރެއްގެ
ވަޒީފާ އަދާކުރަމުން ދަނިކޮށް ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2015
/
1444/CSC(3)
(26 އޭޕްރީލް 2015) ވަޒީފާ ބަދަލުކުރި ޗިޓުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ކޯޑް އޮފް
ކޮންޑަކްޓާ ޚިލާފުވެފައިވާކަމަށްބުނެ ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5
ވަނަ ނަންބަރުގެ ދަށުން އިސްލާޙީ ފިޔަވަޅެއްގެ ގޮތުން ވަޒީފާގެ މަޤާމު ދަށްކޮށް 6 މެއި 2015 ގައި
އެސިސްޓެން
ޓެންޓް ޑިރެކްޓަރގެ މަޤާމަށް ބަދަލުކޮށްފައިވާތީ، މަޤާމު ށްކޮށްފައިވަނީ ޤާނޫނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް [331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
201/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚިލާފަށްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، ކުރިންހުރި މަޤާމަށް ރުޖޫޢުކޮށް ދިނުމަށް ސިވިލް ސަރވިސް
ކޮމިޝަނަށް އަންގަވައި އަމުރުކޮށް ދެއްވުމަށާއި، ކުރިން ހުރި މަޤާމަށް ރުޖޫޢުކުރެވޭ ދުވަހާ ހަމައަށް
ލިބެންޖެހޭ މުސާރައިން މަދުވާ ބަޔާއި އެމަޤާމާ ގުޅުންހުރި އިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް
ސިވިލް ސަރވިސް ކޮމިޝަނަށް އަމުރުކޮށް ދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް
17 ސެޕްޓެމްބަރ 2015 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއް
ކަމާއި،
4 3 34 34
އެ މައްސަލާގައި ނިންމަވާފައިވަނީ، މި މައްސަލަ ހުށަހެޅި ޙުސްނުއްނިސާ އަޙްމަދުގެ
ވަޒީފާގެ ގިންތި ދަށްކޮށްފައިވަނީ، ކްލޮރިން އާންމުންނަށް ދޫނުކުރާކަމަށް އެޗް.ޕީ.އޭގެ މެޑިކަލް އޮފިސަރ
ބުނެފައިވަނިކޮށް މައްސަލަ ހުށަހެޅި ފަރާތުން ކްލޮރިން ހޯދައިފައިވާ މައްސަލާގައި އޭނާ އެކަން
ކޮށްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާތީ، އޭނާގެ އެ އަމަލަކީ ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 6 ވަނަ ނަންބަރުގައިވާ ސަރުކާރުގެ
މުދަލެއް އަމިއްލަކަމަކަށް ކަމަށް ބެލެވޭކަމާއި އެއީ ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް) ގެ
ތެރޭގައި ހިމެނޭ ކުށަކަށްވާތީ، މައްސަލަ ހުށަހެޅި ޙުސްނުއްނިސާ އަޙްމަދުގެ ވަޒީފާގެ ގިންތި
ދަށްކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށް ބުނެ އެކަން މައްސަލަ
ރައްދުވި ފަރާތުން ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި ޙުސްނުއްނިސާ އަޙްމަދު އެދިފައިވާ ފަދަ
އަމުރެއް މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް
ކަނޑައަޅުއްވައި ކަން އެނގެން އޮންނަކަމެވެ.
120/VTR/2015
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2016/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފ.ނިލަންދޫ ޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި
އެނުކުތްތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: ފ.ނިލަންދޫޖަނަވަރީމާގެ، ޙުސްނުއްނިސް އަޙްމަދު ވަޒީފާ ދަށް
ކޮށްފައިވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ވީނަމަވެސް، އެކަމަށް ރިޢާޔަތް
ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތ އޭކތ ދ ތ
އެއްގޮތަށްކަން
(ށ) ދެވަނަ ނުކުތާއަކީ: ވަޒީފާއިން ވަކިކުރުން ނުވަތަ މަޤާމް ދަށްކުރުން ފަދަ ފިޔަވަޅު
މުވައްޒަފެއްގެ މައްޗަށް އަޅާފައިވަނީ ޤާނޫނާއި ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތަށް އޮންނަ
ޒިންމާއަކަށްވީއިރު، ޙުސްނުއްނިސާ އަޙްމަދުގެ މަޤާމު ދަށްކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށްކަން
ސާބިތުކޮށްދެވިފައިނުވާއިރު، ސާބިތުކޮށްދީފައިވާ ކަމަށް ނިންމަވާ ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ
(ނ) ތިންވަނަ ނުކުތާއަކީ: ފ.ނިލަންދޫ ޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދުގެ މައްޗަށް
ތުހުމަތު ކުރެވިފައިވާ ކްލޮރިން ދޫކުރަން އެދުނު މައްސަލައިގެ ފިޔަވަޅު އަޅާފައިވަނީ ޤާނޫނުއަސާސީގެ 20
ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްވާއިރު، އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/120 މައްސަލަ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިޣުނާލްއް ކަމަށް
ފ.ނިލަންދޫ ޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ
424 253
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2016/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ފ.ނިލަންދޫ ޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދު، މިނިސްޓްރީ
އޮފް ހެލްތުގެ ޑިރެކްޓަރ މަޤާމުން އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް 05 ފެބުރުވަރީ 2015 ގައި
ބަދަލުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވާތީ، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އިސްލާޙީ
ފިޔަވަޅެއްގެ ގޮތުން ކަން ޙުސްނުއްނިސާ އަޙްމަދުގެ ވަޒީފާ ބަދަލުކުރި ސިވިލް ސަރވިސް ކޮމިޝަނުގެ
ނަންބަރު 2015
/
1444/CSC(3) (26 އޭޕްރީލް 2015) ޗިޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ފ.ނިލަންދޫޖަނަވަރީމާގެ، ޙުސްނުއްނިސާ އަޙްމަދު، މިނިސްޓްރީ
އޮފް ހެލްތްގައި ހުރި މަޤާމަށް ވުރެ ދަށް މަޤާމަކަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން
ނިންމާފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވުމުންކަން
އެނގޭއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ސިވިލް ސަރވިސްގެ ގަވާއިދާއި ސިވިލް ސަރވިސްގެ
ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކާ މެދު، އެމީހަކު ކުރި ކުށެއްގެ
ކުޑަ ބޮޑުމިނަށް ބަލައިގެން ދިވެހި ސިވިލް ސަރވިސް ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން
އެކޮމިޝަނަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަޤާމު ދަށްކުރުން
ބަޔާންކޮށްފައިވާކަން ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 34
މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރަށް ބެލުމުން އެނގޭކަމާއި، އަދި ވަޒީފާގެ ކުށުގެ ދަރަޖަ
ކުށެއް ކޮށްފި މުވައްޒަފެއްގެ ވަޒީފާގެ ފަންތި ދަށްކުރެވިދާނެ ކަން ދިވެހި ސިވިލް ސަރވިސްގެ
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/133
2014 ގެ 271 ގެ (ނ) އިން އެނގޭކަމާއި، ސަރުކާރުގެ މުދަލާއި ފައިސާއާއި، އޮފީހުގެ އެންމެހައި
ވަސީލަތްތައް ބޭނުންކުރުމުގައި، އިހްމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން ނުވަތަ
އެއިން އެއްޗެއް އަމިއްލަ ކަމަކަށް ބޭނުންކުރުމަކީ، ވަޒީފާގެ ކުށުގެ 3 ވަނަ ދަރަޖައިގެ ޢަމަލުތަކެއްކަން
އެގަވާއިދުގެ 271 ގެ (ނ) ގެ 6.1 އަދި 6.2 ވަނަ ނަންބަރަށް ބެލުމުން އެނގޭއިރު،
8
9
8 ހއ
އެންމެންނަ
މި މައްސަލާގައި ޙުސްނުއްނިސާ އަޙްމަދު، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ މަޤާމުން
އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމި މައްސަލައަކީ،
ކްލޮރިން
ފެނަށް ދޫނުކުރާކަމަށް
ނުކުރާކަމަށް އެޗް.ޕީ.އޭ ގެ މެޑިކަލް އޮފިސަރ ޑރ.ފާޠިމަތު ނަޒްލާ ރަފީޤު
ބުނެފައިވަނިކޮށް، މިނިސްޓްރީ އޮފް ހެލްތުގެ ސަޕްލައި ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް
ގުޅައިގެން ކްލޮރިން ހޯދައި، ޙުސްނުއްނިސާ އަޙްމަދުގެ ރައްޓެހިންނަށް ކްލޮރިން ދިން މައްސަލާގައި
ކަމާއި، އެ މައްސަލަ މިނިސްޓްރީ އޮފް ހެލްތްއިން ކުރި ތަޙްޤީޤަށް ޙުސްނުއްނިސާ އަޙްމަދު ދީފައިވާ
ބަޔާނުގައިވެސް އެކަމަށް އިޢުތިރާފުވެފައިވާ ކަމާއި، އަދި އެއީ ރަނގަޅަށް ކުރެވިފައިވާ ކަމެއް ނޫންކަމަށް
ޙުސްނުއްނިސާ އަޙްމަދު އެއްބަސްވެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު
ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 27 ވަނަ މާއްދާގައި ބަޔާންވެގެން ވާކަން އެނގެން އޮންނައިރު، ޙުސްނުއްނިސާ އަޙްމަދުގެ ފަރާތުން
ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ހުށަހަޅާފައި މިވާ މައްސަލައަކީ، އޭނާ ހުރި މަޤާމަށްވުރެ ދަށް
މަޤާމަކަށް ބަދަލުކުރުމުން އެކަންކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2016/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބާޠިލްކޮށް އޭނާއަށް ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި އިސްވެ
ބުނެވުނު މާއްދާއަކީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ތަޠުބީޤު ކުރެވޭނެ
މާއްދާއެއްކަން އެނގެން އޮތް ނަމަވެސް، މި މައްސަލާގައި ޙުސްނުއްނިސާ އަޙްމަދު، މިނިސްޓްރީ އޮފް
ހެލްތުގެ ޑިރެކްޓަރ މަޤާމުން އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް ބަދަލުކުރުމަށް ސިވިލް ސަރވިސް
ކޮމިޝަނުން ނިންމާފައިވަނީ، އެމައްސަލަ ތަޙްޤީޤުކޮށް ޙުސްނުއްނިސާ އަޙްމަދު ސިވިލް ސަރވިސް
މުވައްޒަފުންގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާކަން ސާބިތުވާތީކަން މި މައްސަލާގައި
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
އެހެންކަމުން، މި ޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/120 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާން ކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2015/VTR/120 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2015/VTR/120 މައްސަލާގައި ނިންމަވާފައިވާ ނިންމުމަށް ތާއީދުކޮށް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 26471 ވާ، ދިވެހިވެގެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv