ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/76 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/76
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 76/HC-A/2016
• އިސްތިއުނާފު ކުރިފަރާތް.
* ނަން: މުޙައްމަދު ފައުޒީ
2 އައި.ޑީ.ކާޑު ނަންބަރު: A001898
މިހާރުގެ އެޑްރެސް: މ.ސަރުމާގެ/ ކ.މާލެ
ދާއިމީ އެޑްރެސް:ބަހާރުމާގެ ގއ.ވިލިނގިލި
9
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (ސިވިލް ސަރވިސް ކޮމިޝަން)
* ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޖުމާދަލްއޫލާ 1437
18 ފެބްރުއަރީ 2016
-ނިމުނު ތާރީޚް: 12 ޞަފަރު 1439
01 ނޮވެމްބަރ 2017
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/104
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅުނު ތާރީޚް: 16 އޯގަސްޓް 2015 ނިމުނު ތާރީޚް: 17 ޑިސެމްބަރ 2015
• މައްސަލަބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ވެރިޔާސަތު)
ދިވެހިރާއްޖެ
25ގެ ޚަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޓް ޓް
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/76
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/104 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި
ބަހާރުމާގެ/ ގއ.ވިލިނގިލި މުޙައްމަދު ފައުޒީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
3
322
2 ބ
ހުށަހެޅުމުން
މިޤަޟިއްޔާގައި އިސްތިޢުނާފް ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
މިއީ، ގއ.ވިލިނގިލި ބަހާރުމާގެ މުޙައްމަދު ފައުޒީ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A001898) ގއ.އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރގެ ވަޒީފާ
އަދާކުރަމުންދަނިކޮށް ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 4.3 ވަނަ
ނަންބަރުގައިވާ 3 ވަނަ ދަރަޖައިގެ ކުށެއްކޮށްފައިވާކަމަށް ބުނެ 24 މެއި 2015 ގައި ވަޒީފާއިން
ވަކިކޮށްފައިވާތީ، ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރެވިފައިވާ މުއްދަތަށް ލިބެންޖެހޭ
މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 16 އޯގަސްޓް
2015 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި،
އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ
ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި
ދެއްކި ވާހަކަތަކަށާއި، ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު ގއ.އަތޮޅު ހޮސްޕިޓަލުގެ
އެސިސްޓެންޓް މެނޭޖަރގެ ވަޒީފާ އަދާކުރަމުންދަނިކޮށް 24 މެއި 2015 ގައި ސިވިލް ސަރވިސް
ކޮމިޝަނުގެ ނަންބަރު 2015
/
690/CSC (2) ވަޒީފާއިން ވަކިކުރެއްވި ޗިޓްއިން ވަޒީފާއިން
ވަކިކޮށްފައިވާކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރީ ޙާޟިރީ ރިޕޯޓަށް ބަދަލު ގެނައި ކަމަށްބަލައި، ދިވެހި
ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) 4.3 ވަނަ ނަންބަރުގެ
ދަށުންކަމަށާއި، އެހެންނަމަވެސް ވަޒީފާއިން ވަކިކޮށްފައިވަނީ ކަންހިނގާފައިވާ ގޮތް
ބެލުމެއްނެތިކަމަށާއި، އެއީ ގއ.އަތޮޅު ހޮސްޕިޓަލުގައި ހުރި ސަރވަރގެ
3
ޑޭޓާބޭސްގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 7816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/76
އައިސްފައިވާ ބަދަލެއް ކަމަށްވާއިރު، އެސަރވަރާއި، އެސަރވަރުގައި ހިމެނޭ އެއްވެސް އެއްޗަކީ ޤަބޫލުކުރެވޭ
ވަރުގެ ރައްކާތެރިކަމެއް އޮތް އެއްޗެއްނޫންކަމަށް ވަށައިގެންވާ ކަންތައް
ތައްތަކުން ވަރަށް ސާފުކޮށް އެނގެން
އޮތްއިރު، އެފަދަ އެއްވެސް ކަމަކަށް ރިޢާޔަތް ކުރުމެއް ނެތި، އެއީ އޭނާ ކޮށްފައިވާ ކަމެއްކަމަށް ބަލައި
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި، އަދި ވަޒީފާއާބެހޭ
ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދެއްވައި، އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާ އަލުން
އަނބުރާ ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެއްފަހަރާ
ދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ހުށަހެޅި މިމައްސަލައިގައި،
މައްސަލަ ހުށަހެޅި މުޙައްމަދު ފައުޒީ ގއ.އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރގެ ވަޒީފާގައި
ހުރެ، 24 ސެޕްޓެމްބަރު 2014 ގައި އޮފީހަށް ސަލާމްބުނެ އަދި އެދުވަސްތައް އޮފީހަށް ޙާޟިރުވި
ދުވަސްތައްކަމަށް ޑޭޓާބޭސްއިން ބަދަލުކޮށްފައިވާތީ، އެ މައްސަލަ ބެލުމަށް ހިންގުނު ތަޙުޤީޤަށް އޭނާ އެކަން
ކުށްފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާތީ، އޭނާގެ ޢަމަލަކީ ދިވެހި ސިވިލް ސަރވިސްގެ
ޤަވާޢިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 4.3 ވަނަ ނަންބަރުގައިވާ 3 ވަނަ ދަރަޖައިގެ
ކުށެއްކަމުގައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ގެ ޤަވާޢިދުގައިވާ ގޮތުގެ
މަތިންކަމަށް ބުނެ މައްސަލަ ރައްދުވި ފަރާތުން އެކަން ސާބިޑު .ދީފައިވާތީ، މުޙައްމަދު ފައުޒީ ވަޒީފާއިން
ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ
ދަށުން ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި މުޙައްމަދު ފައުޒީ އެދިފައިވާފަދަ
އަމުރެއް މައްސަލަ ރައްދުވި ސިވިލް ސަރިވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް
ކަނޑައަޅައި، މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ.
83
ސެބޮތުކޮށްދީ
4 އދވ
ނިކުމަށް
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/104 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި
ގއ.ވިލިނގިލީ) ބަހާރުމާގެ މުޙައްމަދު ފައުޒީގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ:
ގއ.އ#
.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ސާރވަރގެ އެޑްމިނިސްޓްރޭޓިވް ޕާސްވޯޑުގެ
ރައްކާތެރިކަން ކަށަވަރުވެފައި ނެތްއިރު، ޑާޓާބޭސްގެ ރެކޯޑަކީ ކޮންމެ މީހަކަށްވެސް އަކުރުގެ،
ފުރުޞަތު އޮތް އެއްޗެއްކަމަށް މިމައްސަލައިގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 317
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2016HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޮފިސަރ ޙުސައިން އަނީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާއިރު، މިއިން އެއްވެސް ކަމަކަށް
ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/104 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި
ގއ.ވިލިނގިލި ބަހާރުމާގެ މުޙައްމަދު ފައުޒީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާއަކާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ފާހަގަކުރެވެއެވެ.
މ 4 ހތދތ
ކނއއ
COCUc
24
t
(ހ) ފުރަތަމަ ކަމަކީ، ގއ.ވިލިނގިލީ ބަހާރުމާގެ މުޙައްމަދު ފައުޒީ އަކީ ގއ.އަތޮޅު
ހޮސްޕިޓަލުގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާއަދާކުރަމުންދިޔަ މުވައްޒަފެއްކަމާއި، 24 މެއި 2015
ގައި މުޙައްމަދު ފައުޒީ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާކަމާއި، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި
އޭނާ ވަޒީފާއިން
ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، މުޙައްމަދު ފައުޒީ އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކޮށްފައިވަނީ 24 ސެޕްޓެމްބަރ 2014 މިތާރީޚުގައި މުޙައްމަދު ފައުޒީ ވަޒީފާއަށް
ސަލާމްބުނެ އެއީ ޙާޟިރުވެފައިވާ ދުވަސްތަކެއްކަމަށް އޮފީހުގެ ޑޭޓާބޭސް އިން ބަދަލުކޮށްފައިވާކަމަށް ބުނެ
މުޙައްމަދު ފައުޒީގެ މިއަމަލަކީ ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2014 ގެ 271 ވަނަ މާއްދާގެ (ނ)
ގެ 4.3 ވަނަ ނަންބަރުގައި ބަޔާންކުރާ 03 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވާތީ، މުޙައްމަދު ފައުޒީ
ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވާ ވުމެއްކަމުގައި ބަލައި، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) 3 ވަނަ ނަންބަރުގެ ދަށުންކަމަށް ސިވިލް
ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވާކަމެވެ.
މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް//471-
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޑް
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/76
(ށ) ދެވަނަކަމަކީ، ޤާނޫނުނަންބަރު 2/2008 ވަޒީފާއާބެހޭ ޤާނޫނާއި ، ޤާނޫނުނަންބަރ 5/2007
ދިވެހި ސިވިލްސަރވިސްގެ ޤާނޫނު އާއި މި ދެޤާނޫނަކީވެސް ދިވެހި ސިވިލްސަރވިސްގައި މަސައްކަތްކުރާ
މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެޤާނޫނު ކަމާއި، މިގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި އެކަށީގެންވާ
ސަބަބަކާލައިގެން މެނުވީ ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް
އޮންނައިރު، ދިވެހި ސިވިލްސަރވިސްގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި " ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، މިޤާނޫނާއި ދިވެހި ސިވިލްސަރވިސްގެ ޤަވާއިދާއެއްގޮތްވާގޮތުގެ
މަތިންކަމަށް އޮންނަކަމާއި، އަދި އެމާއްދާގެ (ނ) ގައި ދިވެހި ސިވިލްސަރވިސްގައި މަސައްކަތްކުރާ
މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ބަޔާންކޮށްފައިވާއިރު، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި، ދިވެހި ސިވިލްސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލްސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ
ޚިލާފުވިކަން ސިވިލްސަރވިސް ކޮމިޝަނަށް ސާބިތުވުމަކީ ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު
ވަކިކުރެވިދާނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
3 3 $330 3
(ނ) ތިންވަނަކަމަކީ، މުޙައްމަދު ފައުޒީ ސިވިލް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކުރުމުގައި އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަށާއި އެތުހުމަތާއި ގުޅިގެން ސިވިލް ސަރވިސް
ކޮމިޝަނުން ހޯދައިފައިވާ ހޯދުންތަކާއި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއާތުތަކުގެ މައްޗަށް
ބަލާއިރު، މުޙައްމަދު ފައުޒީގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާއި ގުޅިގެން އޭނާ ވަޒީފާއިން
ވަކިކުރުމުގެ ކުރިން އެމައްސަލައިގެ ތަޙްޤީޤެއް ހިންގިފައިވާކަމާއި، އަދި އެތަޙްޤީޤުގައި މުޙައްމަދު ފައުޒީއަށް
ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައިވާކަން އެނގެން އޮންނަކަމާއި، މިމައްސަލައާއި ގުޅިގެން ތަޙްޤީޤަށް
ލިބިފައިވާ ހުރި ހެކިތަކާއި ލިޔުންތަކަށް ރިޢާޔަތްކުރެވިގެން ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް ބަލާއިރު، 24
ސެޕްޓެމްބަރ 2014 ގައި މުޙައްމަދު ފައުޒީ ގއ.އަތޮޅު ހޮސްޕިޓަލުގައި އަދާކުރަމުންދިޔަ ވަޒީފާއަށް
ޙާޟިރުވެފައިނުވާކަން އެނގެން އޮތްކަމާއި އެހެންނަމަވެސް އެހޮސްޕިޓަލުގައި ޙާޟިރި ބަލަހައްޓާ ޑާޓާބޭހުން
އެދުވަހަކީ މުޙައްމަދު ފައުޒީ މަސައްކަތަށް ޙާޟިރުވެފައިވާ ދުވަހެއްގެ ގޮތަށް ބަދަލު ގެނެވިފައިވާކަން
އެނގެން އޮންނަކަމާއި، މި ޙާދިސާ ހިނގާދިޔައިރު ގއ.އަތޮޅު ހޮސްޕިޓަލުގައި ޙާޟިރީގެ ކަންކަން
ބަލަހައްޓާ ގޮތުގެ މައްޗަށް ބަލާއިރު، އެ ހޮސްޕިޓަލުގެ ޙާޟިރީ ދެ ޑާޓާ ބޭހަކުން ބަލަހައްޓާކަމާއި،
ފަހެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
6
ربمموری
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/76
xud
އެޓްޑީބީއާއި ވެބްއައި އެކްސް އައި ކަން އެނގޭކަމާއި، އެޓްޑީބީ އަކީ ސީދާ މެޝިނުން މުވައްޒަފުންގެ
ޙާޟިރީ އަޕްލޯޑުވާ މެޝިނެއްކަމަށްވާއިރު ވެބް.އައި.އެކްސް އާއި އަކީ އެސިސްޓަމަށް އެކްސެސް ވުމުގެ
ހުއްދަ ލިބިފައިވާ ފަރާތްތަކަށް އޭގައިވާ ކަންކަން ބަދަލުކުރެވޭގޮތަށް ހުރި ޑޭޓާބޭހެއްކަމަށާއި،
ވެބް.އައި.އެކްސް އައި ޑޭޓާ ބޭހުގައި މުވައްޒަފެއްގެ ޙާޟިރީ ބަދަލުކުރުމުން، އެބަދަލު ގެނައީ ކޮންދުވަހަކު،
ކޮން މުވައްޒަފެއްކަން އެނގެން އޮންނާނެކަމަށް މިމައްސަލައާއި ގުޅިގެން ބަޔާންނެގުނު މިނިސްޓްރީ އޮފް
ހެލްތުގެ އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ 05 ޖަނަވަރީ 2015 ގައި ދީފައިވާ ބަޔާނުގައި
ބުނެފައިވާކަން އެނގެން އޮންނަކަމާއި، މުޙައްމަދު ފައުޒީއަކީ ވެބް.އައި.އެކްސް.އައި ޑޭޓާބޭހުގެ އެކްސެސް
ވުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމާއި، މުޙައްމަދު ފައުޒީގެ އެޑްމިނިސްޓްރޭޓިވް އައިޑީ ނަންބަރަކީ 2
ކަމާއި، ޙާޟިރީއަށް ބަދަލުގެނެސްފައިވާ އައިޑީ އަކީ މުޙައްމަދު ފައުޒީއަށް ދޫކުރެވިފައިވާ ނަންބަރު 2 މި
އައިޑީކަން އެނގެން އޮންނައިރު، މިމައްސަލަ ތަޙްޤީޤުކުރުމުގައި ހޯދުނު ހޯދުންތަކުގެ މައްޗަށާއި
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ބެއްލެވުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު،
މުޙައްމަދު ފައުޒީ އޮފީހަށް ޙާޟިރުނުވެ، އެއީ ޙާޟިރުވެފައިވާ ދުވަހެއްގެ ޑޭޓާބޭހަށް
ބަދަލުގެނެސްފައިވަނީ އޭނާ ނޫންކަން އަދި އެއީ ގއ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމުކުރެވިފައިވާ ސާރވަރގެ
އެޑްމިނިސްޓްރޭޓަރ ޕާސްވޯރޑުގެ ރައްކާތެރިކަން ކަށަވަރުވެފައިނެތުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން
ޤަބޫލުކުރެވޭ މިންވަރުގެ ޙުއްޖަތްތަކެއް ފެންނަންނެތުމުންނާ މުޙައްމަދު ފައުޒީ 24 ސެޕްޓެމްބަރ 2014
ގައި އޮފީހަށް ޙާޟިރުނުވެ، ޙާޟިރީ ބަލަހައްޓާ ޑާޓާބޭހަށް ބަދަލުގެނެސްފައިވާކަން ސާބިތުކޮށްދިނުމުގެ
ގޮތުން ސިވިލްސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބެލުމުން، އެހެކިތަކުން ޙާޟިރީ
ބަލަހައްޓާ ޑާޓާ ބޭހަށް ބަދަލުގެނެސްފައިވަނީ މުޙައްމަދު ފައުޒީކަން މިފަދަ މައްސަލަތަކުގައި ސާބިތުކުރުމަށް
އޮންނަ ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތުވާން އޮތްކަމުގައި ބެލެވޭތީ މިމައްސަލައިގައި ސިވިލް
ސަރވިސްކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މުޙައްމަދު ފައުޒީ އަދާކުރަމުންދިޔަ
ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި ޚިލާފަށްކަމުގައި ބެލެވެންނެތްކަމެވެ.
އ
ގޮތަށް
މިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 447
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
بی بی
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/76
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/104 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއްނެތްކަމުގައެވެ .
• ޙުކުމް:
ދެންފަހެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/104 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ގއ.ވިލިނގިލިބަހާރުމާގެ މުޙައްމަދު
ފައުޒީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެމައްސަލައިގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/104 މައްސަލައިގައި ނިންމާފައިވާ ނިންމުމަށް
ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv