ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/128 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 128/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
ދާއިމީ އެޑްރެސް:
. ވެލާނާގެ| މާލެ * މިހާރުގެ އެޑްރެސް: ހ. ވެލާނާގެ{ މާލެ
އައި.ޑީ.ކާޑު ނަންބަރު:
0
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ޚަލީލް
އައި.ޑީ.ކާޑު ނަންބަރު: A036366
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ގިއްސާގެ/ މާލެ
.ގިއްސާގެ މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ޖުމާދަލްއާޚިރާ 1437
16 މާރޗް 2016
ނިމުނު ތާރީޚް: 17 ރަޖަބު 1437
24 އޭޕްރީލް 2016
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/Cv-C/389
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ބިމާއި ޢިމާރާތް ކުއްޔަށްދިނުމާބެހޭ
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 25 ފެބްރުއަރީ 2016
، ޤަޟިއްޔާ ނިމުނު ތާރީޚް: 29 ފެބްރުއަރީ 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުﷲދީދީ ފަނޑިޔާރުން ޢަބްދުﷲ ޙަމީދު ފަނޑިޔާރު.ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
ދަޢުވާގެ ޚުލާޞާ
ce O
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާ ނިމިފައިވަނީ ޝަރުއީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ދިވެހިރާއްޖޭގެ
ހައިކޯޓަށް އެޓަރނީ ޖެނެރަލްގެ އޮފީސް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ
ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހ. ގިއްސާގެ މާލެ އިބްރާހީމް ޚަލީލްއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޓަރނީ ޖެނެރަލްގެ
އޮފީސް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ޑ 4
2. ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ހިއްސާގެ މާލެ އިބްރާހީމް ޚަލީލްއާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން
އެންޑް ޕަބްލިކް ވާރކްސް އާ ދެމެދު ވެވުނު މާލޭ ހުޅަނގު ބަނދަރުގެ ފިހާރަތަކާއި އެގްރީމަން
އެރީމަންޓްގެ
ދަށުން، އިބްރާހީމް ޚަލީލް ކުއްޔަށް ހިފާފައިވާ ފިހާރަ 1 މާރިޗް 2016 ގައި ހުސްކުރުމަށް ދައުލަތުން
އަންގަވާފައިވަނީ، އިބްރާހީމް ޚަލީލްގެ ފަރާތުން ފިހާރަ ތަރައްޤީ ކުރުމަށް މުދަލާއި ފައިސާ ހޭދަކޮށްފައިވާ
މިންވަރަށް ރިޢާޔަތް ނުކޮށް އެކަށީގެންވާ ނޯޓިސް ދިނުމަކާނުލައި، ޤާނޫނުއަސާސީގެ 20، 37 އަދި 40 ވަނަ
ދިވެހިރާއްa
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
މާއްދާގެ ދަށުން އިބްރާހީމް ޚަލީލަށް ކަށަވަރު ކޮށްދީފައިވާ ޙައްޤު ޚިލާފަށް ކަމަށާއި، އިބްރާހީމް ޚަލީލްގެ
ފަރާތުން ފިހާރަ ތަރައްޤީ ކުރުމަށް މުދައު ހޭދަކޮށްފައިވާ މިންވަރާއި އިބްރާހީމް ޚަލީލަށް ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް ރިޢާޔަތްކުރައްވައި، މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު
ފިހާރަ އިބްރާހީމް ޚަލީލްގެ ކިބައިން ވަކިކުރުމުގެ ކުރިން އެކަށީގެންވާ ނޯޓިސްގެ ގޮތުގައި ދައުލަތުން 18
މަސްދުވަސް ދޭންވާނެކަމަށް ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުމަށާއި، އިބްރާހީމް ޚަލީލްގެ މުދައު ރައްކާކޮށް
ގުދަން ކުރުމަށް އެކަށީގެންވާ ތަނެއް ދައުލަތުން ދެއްވުމަށާއި، މާލޭ ހުޅަނގު ބަނދަރުގައި ދައުލަތުން އަލަށް
ހަދާ ފިހާރަތައް ދިނުމުގައި އިބްރާހީމް ޚަލީލަށް އިސްކަންދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި
އިބްރާހީމް ޚަލީލްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދަޢުވާ
ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކެވެ
ދ 8
10
ގެ ދަށުން،
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ހ. ގިއްސާގެ| މާލެ،
އިބްރާހީމް ޚަލީލް (ދ.ރ.ކާޑު ނަންބަރު A036366) އާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް
ޕަބްލިކް ވާރކްސް އާ ދެމެދު ވެވުނު "މާލޭ ހުޅަނގު ބަނދަރުގެ ފިހާރަތަކާއި ބެހޭ .ގްރީމަންޓް
އިބްރާހީމް ޚަލީލް ކުއްޔަށް ހިފާފައިވާ ފިހާރަ 1 މާރިޗް 2016 ގައި ހުސްކުރުމަށް ދައުލަތުން
އަންގަވާފައިވަނީ، އިބްރާހީމް ޚަލީލްގެ ފަރާތުން ފިހާރަ ތަރައްޤީ ކުރުމަށް މުދަލާއި ފައިސާ ހޭދަކޮށްފައިވާ
މިންވަރަށް ރިޢާޔަތް ނުކޮށް އެކަށީގެންވާ ނޯޓިސް ދިނުމަކާނުލައި، ޤާނޫނުއަސާސީގެ 20، 37 އަދި 40 ވަނަ
މާއްދާގެ ދަށުން އިބްރާހީމް ޚަލީލަށް ކަށަވަރު ކޮށްދީފައިވާ ޙައްޤާ ޚިލާފަށް ކަމަށާއި، އިބްރާހީމް ޚަލީލްގެ
ފަރާތުން ފިހާރަ ތަރައްޤީ ކުރުމަށް މުދައު ހޭދަކޮށްފައިވާ މިންވަރާއި އިބްރާހީމް ޚަލީލަށް ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް ރިޢާޔަތްކުރައްވައި، މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު
ފިހާރަ އިބްރާހީމް ޚަލީލްގެ ކިބައިން ވަކިކުރުމުގެ ކުރިން އެކަށީގެންވާ ނޯޓިސްގެ ގޮތުގައި ދައުލަތުން 18
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
މަސްދުވަސް ދޭންވާނެކަމަށް ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުމަށާއި، އިބްރާހީމް ޚަލީލްގެ މުދައު ރައްކާކޮށް
ގުދަން ކުރުމަށް އެކަށީގެންވާ ތަނެއް ދައުލަތުން ދެއްވުމަށާއި، މާލޭ ހުޅަނގު ބަނދަރުގައި ދައުލަތުން އަލަށް
ހަދާ ފިހާރަތައް ދިނުމުގައި އިބްރާހީމް ޚަލީލަށް އިސްކަންދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި
އިބްރާހީމް ޚަލީލްގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދަޢުވާ
ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށްފައި ވާހިނދުގެ
ދައުލަތުން ދަޢުވާއަށް އިންކާރުކޮށްފައި ވާކަމާއި، މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް އިން އިބްރާހީމް ޚަލީލަށް ކުއްޔަށް 01
ފެބްރުއަރީ 2003މ. ދުވަހުން ފެށިގެން 31 ޖަނަވަރީ 2004މ. އަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް
ކުއްޔަށްދީފައި ވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ "މާލޭ ހުޅަނގު ބަނދަރުގެ ފިހާރަތަކާއި ބެހޭ އެގްރީމަންޓް"
ކިޔާ އެއްބަސްވުމުން އެނގެން އޮންނަކަމާއި، ބުނެވިދިޔަ އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ތަންހުސްކުރަން
ޖެހިއްޖެނަމަ 02 (ދޭއް) މަސްދުވަހުގެ ނޯޓިސް ދޭންވާނެކަން އެއްބަސްވުމުގެ 1 ވަނަ މާއްދާއިން އެނގެން
އޮންނަކަމާއި، އަދި 18 ފެބުރުއަރީ 2004މ. ވަނަ ދުވަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް
ޕަބްލިކް ވާރކްސް އިން ނެރެފައިވާ ހުޅަނގު ބަނދަރު ސަރަހައްދާބެހޭ' ސަރކިއުލަރ (ނަންބަރު
2004
/
1/MCPW) ގައި ތަންތަން ހުސްކުރަން ޖެހިއްޖެނަމަ 03 (ތިނެއް) މަސްދުވަހުގެ ނޯޓިސް
ދޭންވާނެކަމުގައި ބަޔާންކޮށްފައި ވާކަން އެ ސަރކިއުލަރ އިން އެނގެން އޮންނަކަމާއި، އަދި އޭގެ ފަހުން
2005މ. ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގައި ތަން ހުސްކުރަން ޖެހިއްޖެނަމަ 03 (ތިނެއް) މަސްދުވަހުގެ
ނޯޓިސް ދޭންވާނެކަމުގައި ބަޔާންކޮށްފައި ވާކަމަށް ދަޢުވާކުރާ އިބްރާހީމް ޚަލީލްގެ ފަރާތުން ޝަރީޢަތުގައި
ބުނުމުން އެކަމާ ދައުލަތުން އިންކާރުކޮށްފައި ނުވާކަމާއި، މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ
ކިޔާތަނުގައި މީރު މޭވާ! ގެ ނަމުގައި ސައިހޮޓަލެއް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނޮމިކް
ޑޮވެލޮޕްމަންޓުން އިބްރާހީމް ޚަލީލަށް 23 ޖުލައި 2015މ. ދުވަހު ދީފައިވާކަން އެމިނިސްޓްރީގެ ނަންބަރު
TS
-
0091
/
T10
/
2015 ހުއްދައިން އެނގެން އޮންނަކަމާއި، އަދި އިބްރާހީމް ޚަލީލް ޝަރީޢަތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
ހުށަހަޅާފައިވާ ފައިސާގެ ރަސީދުތަކުން ތަނުގެ ކުއްޔާއި، ވިޔަފާރި ޕީ އާއި، ޖީ.އެސް.ޓީ ދައުލަތަށް ދައްކައި
ދައުލަތުން ބަލައިގަންނަމުން ދާކަން އެނގެން އޮންނަކަމާއި، އަދި މިކަންކަމަށް ދައުލަތުން އިންކާރުކޮށްފައި
ނުވާކަމާއި،
OCOCO
މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަސްދަރަކީ ޢަޤްދު (ކޮންޓްރެކްޓް) ކަމާއި، ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ކޮންޓްރެކްޓަކީ ޠަބަޢީ ނުވަތަ މަޢުނަވީ ޝަޚުސުންގެ މެދުގައި އޭގެ
ޝަރުޠުތަކާއި ރުކުންތައް ފުރިހަމަވެގެން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ
ހުށަހެޅުމަކާއި ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް އޮންނަ އެއްބަސްވުމެއްކަމާއި، އަދި ޤާނޫނު އެހެންގޮތަކަށް
ކަނޑަނާޅާނަމަ ކޮންޓްރެކްޓަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމްއެއްޗެއް ނޫންކަން ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބެލުމުން އެނގެން އޮތުމުން ކޮންޓްރެކްޓެއް ލިޔުމުން ނުވަތަ އަނގަބަހުން
ނުވަތަ ޢަމަލުން ވުޖޫދުވެދާނެކަން އެނގެން އޮންނަކަމާއި، އެހެންކަމުން އިބްރާހީމް ޚަލީލު އާއި ދައުލަތާމެދު
ކަންހިނގާފައިވާގޮތުން ޝިމްނީގޮތުން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ވާކަމުގައި ބަލަންޖެހޭކަމާއި، އެ
ގޮތަކީ އިބްރާހީމް ޚަލީލް ކުލި ދައްކަމުން ދާހާ ހިނދަކު އެތަން ބޭނުންކުރުމުގެ ފުރުޞަތު އިބްރާހީމް ޚަލީލަށް
ލިބުމާއި އަދި ހަމައެހެން ދައުލަތުން އެތަން ބޭނުންވެގެން ތަން ހުސްކުރަން ޖެހިއްޖެނަމަ 03 (ތިނެއް)
މަސްދުވަހަށްވުރެ ކުރުނޫން ނޯޓިސްއެއް ދޭންޖެހުންކަން
އިސްވެ ބަޔާންކުރެ
ލިޔެކިޔުންތަކާއި ދެފަރާތުން
ޢަމަލުކޮށްފައިވާގޮތުން އެނގެން އޮންނާތީވެ؟
3
3
މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ހުސްކުރަން 18 މަސްދުވަހުގެ ނޯޓިސް
ދައުލަތުން ދޭންވާނެކަމަށް
ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް ދަޢުވާކުރާ އިބްރާހީމް ޚަލީލް އެދިފައިވާގޮތަށް ޝަރީޢަތުން
ކަނޑައަޅާނެ ހަމައެއް ނެތްކަމާއި، ނަމަވެސް 01 މާރިޗު 2016މ. ދުވަހުގެ ނިޔަލަށް މާލޭ ހުޅަނގު
ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ހުސްކުރަން 04 ފެބްރުއަރީ 2016މ. ދުވަހު އިބްރާހީމް ޚަލީލަށް
ފޮނުވާފައިވާ ނޯޓިސް އަކީ 03 މަސްދުވަހަށްވުރެން ކުރު މުއްދަތެއްގެ ނޯޓިސްއަކަށްވާތީވެ އެ ނޯޓިސް އަކީ
ބާޠިލު ނޯޓިސްއެއްކަމުގައި ކަނޑައަޅައި، ދަޢުވާކުރާ އިބްރާހީމް ޚަލީލްގެ މުދައު ރައްކާކޮށް ގުދަން ކުރުމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
އެކަށީގެންވާ ތަނެއް ދައުލަތުން ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާނެ ތަނެއް މިހިނދުގައި ނެތްކަމާއި،
އަދި މާލޭ ހުޅަނގު ބަނދަރުގައި ދައުލަތުން އަލަށް ހަދާ ފިހާރަތައް ދިނުމުގައި އިބްރާހީމް ޚަލީލް އަށް
އިސްކަންދޭންޖެހޭ ހަމައެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ އޮފީސް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
394
4
ބެހޭގޮތުން
0
|ފުރަތަމަ ނުކުތާއަކީ، މިމައްސަލައާ ގުޅިގެން މަޢުޟޫޢީ ގޮތުން ދަޢުވާއަށް ޖަވާބުދާރީވުމުގެ
ފުރުޞަތު ދައުލަތަށް ދެއްވުމަކާ ނުލައި، މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ދަޢުވާއަށް އެކަށީގެންވާ
ގޮތެއްގައި ދިފާޢުވުމުގެ ފުރުޞަތު ދައުލަތަށް ގެއްލޭ ގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
42 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅުއްވާފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ މަބްދަޢުއާއި
ޝަރީޢަތް ކުރުމުގައި ޢަމަލުކުރެވޭ ޢާންމު އިޖުރާއާތުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2 8ދ 230
• ދެވަނަ ނުކުތާއަކީ، ދައުލަތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ޝިމްނީ ގޮތުން
ވެފައިވާކަމަށް މައްސަލަ ބެއްލެވި ޤާޟީ ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅުއްވާފައިވާ އިސްތިސްނާ ޙާލަތު ކަމުގައިވާ
"ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާނަމަ"، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް
އޮންނަ ޙާލަތަށް ރިޢާޔަތްކުރެއްވުމަކާ ނުލައި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 6.05 ވަނަ
884
ނޫންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
މާއްދާގެ (ރ) އާ ޚިލާފަށް، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ޞަރަޙައްދުގައި ހިމެނޭ ދައުލަތުގެ
ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން މާލޭ
ހުޅަނގު ދެކުނު ސަރަޙައްދުގެ ބިންތައް މިނިސްޓްރީ އޮފް ހައުސިންގއަށް ނެގުމުން އެއިގެން ނިކުންނާނެ
ނަތީޖާއަށާއި މައްސަލައިގެ ޙަޤީޤަތްތަކަށްވެސް ބެއްލެވުމެއް ނެތިކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ޢާންމު އުޞޫލެއްގެ ގޮތުން، މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ
ބުރަ ނުވަތަ [Onus Probandi] އުފުލުމުގެ ޒިންމާއަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި،
ދަޢުވާއެއްގައި އެއް ހަސްމަކު އަނެއް ހަސްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު
އުފުލަންޖެހޭ ފަރާތަކީ އެ "ދަފްއެއް" ކުރާ ފަރާތެއްކަން ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010
ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ (ނ) ގައި އޮންނަ އޮތުމުގެ މައްޗަށް ރިއާޔަތްކުރާއިރު، ދަޢުވާކުރާ
ފަރާތުން ދައުލަތުގެ މައްޗަށް ކުރިމަތިކޮށްފައިވާ އެންމެހައި ދަފްޢުތައް ސާބިތުކޮށްދިނުމަކީ ޙުދޫ ދަޢުވާކުރާ
ފަރާތުގެ ޒިންމާއެއްކަމުގައި ވީނަމަވެސް ދަޢުވާކުރާ ފަރާތާއި ދައުލަތާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން
ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ކިތާބީ ހެއްކެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާއިރު،
މާލޭ މުނިސިޕަލްޓީ އާއި ގ.ފުއްލާގެ/ މާލެ ހާމިދު ޙުސައިން އާ ދެމެދު 2005 ވަނަ އަހަރު ވެފައިވާ،
މައްސަލައާ ގުޅުމެއް ނެތް އެއްބަސްވުމަކަށް ރިޢާޔަތްކޮށް، ދައުލަތާއި ދަޢުވާކުރާ ފަރާތާ ދެމެދު 2005 ވަނަ
އަހަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގައި (ބ) ގައި ދައުލަތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދީފައިވަނީ 27 ދުވަހުގެ
ނޯޓިހެއްކަމަށާއި ތަން ހުސްކުރަން އެކަށީގެންވާ އިންސާފުވެރި މުއްދަތެއް އިސްތިއުނާފުރައްދުވާ ފަރާތަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2016/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދިނުމަކީ ދައުލަތަށް އެކަމުން ބޮޑު ގެއްލުމެއް ވާކަމެއް
ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ މައްސަލައިގެ
ޙަޤީޤަތްތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ އޮފީސް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ފާހަގަކުރެވިފައިވެއެވެ.
ހއ ހދ ހއ
ކަންeއeއ
(ހ) ފުރަތަމަ ކަމަކީ، މިޤަޟިއްޔާއިން ބެލެވެމުން މިދާ މައްސަލާގައި ގ.ފުއްލާގެ ޙާމިދު
ޙުސައިންއާއި މާލެ ދަފްތަރު. ނަންބަރު 4658 ޢަބްދުއްރަޝީދު އިސްމާޢީލްގެ މަޞްލަހަތު ހިމެނޭ ކަންކަން
ހިމެނޭކަމަށް ބުނެ، މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް އެދި ގ.ފުއްލާގެ ޙާމިދު ޙުސައިންއާއި މާލެ
ދަފްތަރު. ނަންބަރު 4658 ޢަބްދުއްރަޝީދު އިސްމާޢީލް ހުށަހަޅާފައި ވާކަމާއި، ނަމަވެސް މިމައްސަލައަކީ
ހ.ގިއްސާގެ އިބްރާހީމް ޚަލީލަށް މާލޭ ހުޅަނގު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ކުއްޔަށް ދޫކުރުމަށް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްއާ ދެމެދު ވެވުނު އެއްބަސްވުމާއި،
އެއެއްބަސްވުމުގެ ފަހުން އުފެދުނު ކަންތައްތަކަކާ ގުޅޭ، އިބްރާހީމް ޚަލީލްއާއި ދިވެހި ދައުލަތް ހިމެނޭ
މައްސަލައެއްކަން ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާގައި އިބްރާހީމް ޚަލީލުގެ ފަރާތުން
ހުށަހެޅި ދަޢުވާ ފޯމަށާއި، ސިވިލް ކޯޓުގެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި މިމައްސަލައަށް ބެލުމުން އެނގެންއޮންނަކަމުން، މިމައްސަލާގައި ގ.ފުއްލާގެ ޙާމިދު
ޙުސައިންއާއި މާލެ ދަފްތަރު. ނަންބަރު 4658 ޢަބްދުއްރަޝީދު އިސްމާޢީލްގެ މަޞްލަހަތު އޮތްކަމަށް
ނުފެންނާތީ، މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމަށް ޝަރީޢަތަށް
ނުފެންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389
ޤަޟިއްޔާއަކީ، ހ.ގިއްސާގެ މާލެ އިބްރާހީމް ޚަލީލްއާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް
ވަރކްސް ދެމެދު ވެފައިވާ މާލޭ ހުޅަނގު ބަނދަރުގެ ފިހާރަތަކާ ބެހޭ އެގްރީމަންޓްގެ ދަށުން އިބްރާހީމް
ޚަލީލް ކުއްޔަށް ހިފާފައިވާ ފިހާރަ 1 މާރިޗް 2016 ގައި ހުސްކުރުމަށް ދައުލަތުން އެންގުމާ ގުޅިގެން،
އިބްރާހީމް ޚަލީލް ކުއްޔަށް ހިފާފައިވާ 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލްގެ ކިބައިން ވަކިކުރުމުގެ ކުރިން
އެކަށީގެންވާ ނޯޓިސްގެ ގޮތުގައި 18 މަސްދުވަސް ދޭންވާނެކަމަށް ކަނޑައަޅައިދިނުމަށާއި، އިބްރާހީމް ޚަލީލުގެ
މުދައު ރައްކާކޮށް ގުދަން ކުރުމަށް އެކަށީގެންވާ ތަނެއް ދައުލަތުން ދިނުމަށާއި، މާލޭ ހުޅަނގު ބަނދަރުގައި
އަލަށް ހަދާ ފިހާރަތައް ދިނުމުގައި އިބްރާހީމް ޚަލީލަށް އިސްކަންދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް
އެދި އިބްރާހީމް ޚަލީލް ހުށަހެޅި މައްސަލައެއްކަން އެނގެންއޮންނަކަމާއި،
އެމައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ، 01 މާރޗް 2016 ގެ ނިޔަލަށް މާލޭ ހުޅަނގު
ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ހުސްކުރަން 04 ފެބްރުއަރީ 2016 ދުވަހު އިބްރާހީމް ޚަލީލަށް ފޮނުވި
ނޯޓިސްއަކީ 03 (ތިނެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސްއެއްކަމަށް ވާތީ އެނޯޓިސްއަކީ ބާޠިލް
ނޯޓިސްއެއްކަމުގައި ކަނޑައެޅުމަށް ފަހުގައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން
2
8
5
2 ހއ
އެނގެން އަންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389
ޤަޟިއްޔާއާ ގުޅިގެން، މައްސަލާގައި ހިމެނޭ ފަރާތްތަކުން ފުރަތަމަ އެކޯޓަށް ހާޒިރުކޮށްފައިވަނީ 28 ފެބްރުއަރީ
2016 ގައި އެކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ކަމާއި، އެދުވަހު ދެފަރާތުގެ ދެމެދުގައި މައްސަލަ
ޙައްލުކުރެވިފައިނުވާތީއާއި އެމައްސަލައަކީ ވަގުތީއަމުރު ހިމެނޭ މައްސަލައަކަށްވާތީ، ޤަވާޢިދުން ޝަރީޢަތް
ހިންގުމަށްފަހު ޝަރީޢަތުން އެމައްސަލާގައި ގޮތެއް ކަނޑައެޅުމަށް ކަމާބެހޭ ޑިވިޜަނަށް 28 ފެބްރުއަރީ 2016
ވަނަ ދުވަހު އެމައްސަލަ ތަހުލީލުކޮށްފައިވާކަމާއި، އަދި އެމައްސަލައާ ގުޅިގެން ދެވަނަ އަޑުއެހުމެއް 29
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2016/HC-A/128
ފެބްރުއަރީ 2016 ވަނަ ދުވަހު ބާއްވައި، ހަމަ އެދުވަހު މައްސަލާގައި ޙުކުމް ކޮށްފައިވާކަމާއި، އެޤަޟިއްޔާއާ
ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމައްސަލަ ޙައްލުކުރެވިފައިނުވާތީއާއި ވަގުތީ އަމުރެއް
ހިމެނޭ މައްސަލައަކަށްވާތީ ކަމާބެހޭ ސެކްޝަނަށް މައްސަލަ ތަހުލީލުކޮށްދިނުމަށް އެދި ދެފަރާތުންވެސް
ބަޔާންދީފައިވާކަން އެނގެންއޮންނަކަމާއި، އަދި މައްސަލައިގެ ދަޢުވާ ފޯމާއި، ވަގުތީ އަމުރަށް އެދި އިބްރާހީމް
ޚަލީލް ހުށަހެޅި ފޯމުތައް މަޙްޝަރު ބަޔާނުގެ ގޮތުގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާއިރު،
29 ފެބްރުއަރީ 2016 ވަނަ ދުވަހު ދައުލަތުން "ވަގުތީ އަމުރާބެހޭ ގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާ
ޖަވާބު" ހުށަހަޅައި މަޙްޝަރު ކޮށްފައިވާކަމާއި، މިދެންނެވުނު ބަޔާނުގެ އިތުރުން ދައުލަތުން މައްސަލައާ
ގުޅިގެން އިތުރުވާހަކައެއް ދައްކައި އަދި މައްސަލަ ހުށަހެޅި ފަރާތުންވެސް އިސްވެދެންނެވުނު ދެފޯމްގެ އިތުރުން
މައްސަލައާ ގުޅިގެން އިތުރުވާހަކައެއް ދައްކާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެންނެތްކަމުންނާއި، އެމައްސަލާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ ދައުލަތަށް މައްސަލާގައި
މައުޟޫއީ ގޮތުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަކާނުލައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)އާ
ޚިލާފަށް ކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލިއިރު މައްސަލައިގެ މައުޟޫޢާ ގުޅިގެން ވާހަކަ ދެއްކުމަށް މައްސަލާގައި
ހިމެނޭފަރާތްތަކަށް ފުރުސަތުދެވި، ވާހަކަ ދައްކާފައިވާކަން އެނގޭކަމެވެ.
CCU
(ށ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/389 ޤަޟިއްޔާ ދައުލަތުން
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން، އިބްރާހީމް ޚަލީލްއާއި ދައުލަތާ ދެމެދު އެއްބަސްވުމެއް
ވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ކިތާބީ ހެއްކެއް އިބްރާހީމް ޚަލީލްގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅިފައިނުވަނީސް، ދައުލަތާއި އިބްރާހީމް ޙަލީލްއާ ދެމެދު ޝިމްނީ ގޮތުން އެއްބަސްވުމެއް
ވެފައިވާކަމަށް އެޤަޟިއްޔާއިން ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ކަންކަމަށް ބަލާއިރު،
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
4
މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުން 25 ނަންބަރު ފިހާރަ ހ.ގިއްސާގެ މާލެ އިބްރާހީމް ޚަލީލް
އަށް ކުއްޔަށް ދިނުމާގުޅޭގޮތުން އިބްރާހީމް ޚަލީލްއާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް
ވަރކްސް އާ ދެމެދު 23 ޖެނުއަރީ 2003 ގައި އެއްބަސްވުމެއް ވެފައިވާކަމާއި، އެއެއްބަސްވުމުގެ މުއްދަތަކީ
01 ފެބްރުއަރީ 2003 އިން 31 ޖެނުއަރީ 2004 އަށްކަން އެއެއްބަސްވުމަށް ބެލުމުން އެނގެންއޮންނަ
ކަމާއި،
އެއެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން، މާލޭ ހުޅަނގު ބަނދަރުގެ ސަރަޙައްދަކީ ސަރުކާރުން
ވަކިގޮތަކަށް ޕްލޭންކޮށް، އެޕްލޭންގެ ދަށުން ޢިމާރާތްކުރުމާބެހޭ މަސައްކަތްތައް ލަހެއް ނުވެ ފަށްޓާގޮތަށް
ހަމަޖެހިފައިވާތީ ހުޅަނގު ބަނދަރުގައި ހުރި 50 ފިހާރައާއި، ޗަންޕާމާރުކޭޓާއި، ޕްޓޮއިލެޓްއާއި އެތަންތަނުގެ
ވެރިންނާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްއާ ދެމެދު ކުރެވިފައިވާ
އެގްރީމަންޓްތައް ހަމަވެފައިވީނަމަވެސް 2004
ވަނަ
އަހަރަށް އެގްރީމަންޓް އައުނުކުރާނެކަމަށާއި،
ހަމަޖެހިފައިވަނީ އަލުން އެގްރީމަންޓް އައު ނުކުރާގޮތަށް ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތާނގައިވެސް ޢަމަލު
2003 ވަނަ އަހަރު ކުރެވުނު އެއްބަސްވުމުގެ މާއްދާތަ
މުދާތަކާއި ޚިލާފުނުވާގޮތުގެމަތީންކަމަށާއި،
ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ހުޅަނގު ބަނދަރުގެ ސަރަޙައްދު ޢިމާރާތްކުރުމުގެ މަސައްކަތް ރޭވިފައިވާ
ތާވަލާ އެއްގޮތަށް މާލަސްތަކެއް ނުވެ ފަށާގޮތަށް ހަމަޖެހިފައިވާކަމަށާއި، 50 ފިހާރައާއި، ޗަންޕާމާރުކޭޓާއި،
ޕޭޓޮއިލެޓްގެ ތެރެއިން އެފަހަރަކު ޢިމާރާތްކުރުމަށް ސަރުކާރަށް ބޭނުންވާ ސަރަޙައްދެއްގައި ހިމެނޭ ތަންތަން
އެތަނެއްގައި ހުރި އެފަރާތުގެ ތަކެތި ހުސްކޮށް އެތަނެއް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް
ވާރކްސްއާ ޙަވާލުކުރުމުގެ ނޯޓިސް 3 (ތިނެއް) މަސްދުވަސްކުރިން ދޭނެކަމަށާއި، އެނޯޓިސް ލިބުމުން
އެފަހަރަކު ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި އެތަންތަން ހުސްކޮށް އެމިނިސްޓްރީއާ ޙަވާލުކުރަންޖެހޭނެތީ
އެކަމަށް ތައްޔާރުވެގެން ތިބުމަށް ފަސޭހައަކަށް މައުލޫމާތަށްޓަކައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް
ޕަބްލިކް ވާރކްސްގެ ނަންބަރު 2004
/
1/MCPW (18 ފެބްރުއަރީ 2004) ސަރކިއުލަރ ނެރެފައިވާކަން
އެނގެންއޮންނަކަމާއި،
8
6
8 ދ ތ ދ
میسر سرمه
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
އެސަރކިއުލަރގެ ފަހުން، 01 ޖެނުއަރީ 2006 އިން ފެށިގެން މާލޭގެ ހުޅަނގުދެކުނު ބަނދަރުގެ
އެއްގަމު ސަރަޙައްދު މާލޭ މުނިސިޕަލްޓީއާއި ޙަވާލުކުރެވުމާ ގުޅިގެން މާލޭ މުނިސިޕަލްޓީއާއި މާލޭ ހުޅަނގު
ބަނދަރުގައި ހުރި ތަންތަނުގެ ވެރިންނާއެކު އެއްބަސްވުން ހެދިފައިވާކަމަށް ބުނެ އިބްރާހީމް ޚަލީލްގެ ފަރާތުން
އެއްބަސްވުންތަކެއް ހުށަހެޅިފައިވީނަމަވެސް، އެއެއްބަސްވުންތަކަކީ ވަކި ވަކި ފަރާތްތަކަކާއެކު ހެދިފައިވާ
އެއްބަސްވުންތަކެއްކަމާއި، އެއެއްބަސްވުންތަކުން އިބްރާހީމް ޚަލީލާއެކު މާލޭ މުނިސިޕަލްޓީއިން އެއްބަސްވުމެއް
ވެފައިވާކަން އެނގެންނެތްކަން ފާހަގަކުރެވޭއިރު، މާލޭ ހުޅަނގު ބަނދަރު ސަރަޙައްދުގެ 25 ނަންބަރު ފިހާރަ
އިބްރާހީމް ޚަލީލްއަށް ކުއްޔަށް ދިނުމަށް މާލޭ މުނިސިޕަލްޓީއާއި އިބްރާހީމް ޚަލީލާ ދެމެދު ވެފައިވާ
އެއްބަސްވުމެއް އިބްރާހީމް ޚަލީލްގެ ފަރާތުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި،
އޭގެ ފަހުން، 2014 މާރޗް 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން މާލޭ ސިޓީ
ކައުންސިލްއާއި ޙަވާލުކޮށްފައިވާ ބައެއް ބިންތައް، ލޯކަލް ކައުންސިލްތަކުގެ އިޚުތިޞާޞް ހިނގާ ސަރަޙައްދުގައި
ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް
ބަދަލުކުރެވުނު ބިންތަކުގެ ތެރޭގައި ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ހިމެނޭ ބިންތައްވެސް
ހިމެނޭކަމަށާއި،
އެހެންކަމުން އެބިންތަކާ ގުޅޭގޮތުން އޭރު އެއްވެސް ފަރާތަކުން މުޢާމަލާތެއް ކޮށްފައިވާނަމަ
އެމުޢާމަލާތަކާބެހޭ އެންމެހާ މަޢުލޫމާތު އެމިނިސްޓްރީއަށް 26 ޖޫން 2014 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ
ކުރިން ހުށަހެޅުމަށާއި، އަދި އެއާ ޚިލާފަށް، އެތަނުން ބިމަކާއި ގުޅޭގޮތުން އެއްވެސް މުޢާމަލާތެއްކޮށް
އެފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ ދައްޗަކަށް އެމިނިސްޓްރީއިން ޒިންމާނުވާނެކަމަށް އަންގައި
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138
/
2014
/
47/IUL
)
38
-
ASI)
އިޢުލާނުން އިޢުލާނުކޮށްފައިވާކަމާއި، އަދި މިއިޢުލާނުގައި އެބިންތަކާ ގުޅޭގޮތުން ކުރެވިފައިވާ މުޢާމަލާތްތަކާ ބެހޭ
އެންމެހާ މަޢުލޫމާތު އެމިނިސްޓްރީއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތު، 17 ޖުލައި 2014 ގެ ނިޔަލަށް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138
/
2014
/
50/IUL
)
38
-
ASI)
ބަދަލުކޮށް،
4ދ ހއ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
13
2016/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އިޢުލާނުން އިތުރުކޮށްފައިވާކަން އެނގެންއޮންނައިރު، މިދެންނެވުނު ދެ އިޢުލާނާ ގުޅިގެން އިބްރާހީމް ޚަލީލް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ އެއްވެސް ކަހަލަ މުޢާމަލާތެއް ކޮށްފައިނުވާކަން
އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމެވެ.
14
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގައި،
ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ ކޮންޓްރެކްޓަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއްނޫންކަމަށް
ބަޔާންކޮށްފައިވާކަމާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.05 ވަނަ މާއްދާގެ (ރ) ގައި، ދައުލަތުގެ ތަނެއް
ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޫކުރާފަރާތާ ދެމެދު ވެވޭ ކުއްޔަށް
ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެފަދަ އެއްބަސްވުމެއްގައި ނަންވާނެ
މަޢުލޫމާތުތައް އެމާއްދާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، މާލޭ ހުޅަނގު
ބަނދަރުގައިވާ 25 ނަންބަރު ފިހާރަ އިބްރާހީމް ޚަލީލަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ދައުލަތާއި އިބްރާހީމް
ޚަލީލާދެމެދު 23 ޖެނުއަރީ 2003 ގައި ވެވުނު އެއްބަސްވުން ފިޔަވައި އެދެފަރާތުގެ ދެމެދުގައި މާލިއްޔަތު
ގަވާއިދުގައި ބަޔާންކުރާފަދަ އެއްބަސްވުމެއް ވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްކަމާއި،
އަދި ދައުލަތާއި އިބްރާހީމް ޚަލީލާދެމެދު 23 ޖެނުއަރީ 2003 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 31
ޖެނުއަރީ 2004 ގައި ހަމަވެފައިވާކަން އެއެއްބަސްވުމަށް ބެލުމުން އެނގޭކަމެ
Occ
.
އހެންކަމުން
2
6
2 ހ83
އިސްވެދެންނެވުނު ސަބަބުތައް އެފަދައިން ހުރުމުން، 01 މާރޗް 2016 ވަނަ
ދުވަހުގެ ނިޔަލަށް މާލޭ ހުޅަނގު ދެކުނު ބަނދަރުގައިވާ 25 ނަންބަރު ފިހާރަ ހުސްކުރުމަށް 04 ފެބްރުއަރީ
2016 ވަނަ ދުވަހު އިބްރާޝީމް ޚަލީލަށް ފޮނުވާފައިވާ ނޯޓިސްއަކީ 03 (ތިނެއް) މަސްދުވަހަށް ވުރެ ކުރު
ނޯޓިސްއެއްކަމުގައިވާތީ އެނޯޓިސްއަކީ ބާޠިލް ނޯޓިސްއެއްކަމުގައި ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/128
2016/Cv-C/389 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
އެންމެ-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2016/Cv-C/389 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv