ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/509 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/509
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 509/HC-A/2016
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޔުޤީތު އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A117158
ދާއިމީ އެޑްރެސް: ގއ. ވިލިނގިލި/ އަލިތަރި
މިހާރުގެ އެޑްރެސް: ގއ. ވިލިނގިލި/ އަލިތަރި
*
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 31 އޮކްޓޫބަރު 2016
*
ނިމުނު ތާރީޚް: 14 ނޮވެންބަރު 2016
.....
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2016
/
7309/J
/
MD-145
• އަމުރު ނެރުނު ކޯޓުކުރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ބަންދު އަމުރު (ހުއްދަނެތި ގޯތިގެދޮރަށް ވަނުން ވައްކަ
ވައްކަންކުރުން| މުދަލަށް ގެއްލުން
ދިނުން)
• އަމުރު ނެރުނު ތާރީޚް: 24 އޮކްޓޫބަރު 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/509
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
7309/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ވިލިނގިލި، އަލިތަރި ޔުޤީތު އިބްރާހީމް އެވެ.
CCCO
ޤަޟިއްޔާއެކެވެ.
ގއ.
0
145-J/MD/2016/7309
ފާހަގަކުރެވުނު ނުކުތާތައް:
01- ކުރިމިނަލް ކޯޓުގެ ނަންބަރު
ކޯޓު އަމުރަށް ބަލާއިރު، އެ
ކޯޓުއަމުރަކީ، ވިލިނގިލި/ އަލިތަރި ޔުޤީތު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ހުއްދަނެތި
ގޯތިގެދޮރަށް ވަނުން ވައްކަންކުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގައި 2016 އޮކްޓޫބަރު 25 ވަނަ
ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަ
ހައްޔަރުކޮށް ބެހެއްޓުމުގެ މުއްދަތު
އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 151282/MF ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން ޔުޤީތު އިބްރާހީމް އިތުރަށް ބަންދުގައި ބަހައްޓަން
ނުފެންނަކަމަށް ބަޔާންކުރައްވައި، އޭނާ ބަންދުން ދޫކޮށްލުމަށް އަންގަވައި 2016 އޮކްޓޫބަރު 24 ވަނަ ދުވަހު
ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
7309/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
7309/J
/
MD-145
އަމުރަކީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
އެންނޭ)
0
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/509
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ (ހ) ގައި
ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
ކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2011 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާ
އިއްވުމަކާ ނުލައި ނެރުއްވާފައިވާ އަމުރަކަށްވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
44
46
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
7309/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެދުކުތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާ
؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު، ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/509
ކުށް
13
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށް
ދީވީތީތީވާކަން އެނގެން އޮވެއެވެ.
(ހ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ވިލިނގިލި އަލިތަރި ޔުޤީތު އިބްރާހީމްގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ 2016 އޯގަސްޓް 20 ވަނަ ދުވަހުގެ ވަގުތެއްގައި ޔުޤީތު އިބްރާހީމާއި އިތުރު ބަޔަކު
ބައިވެރިވެގެން މާލެ! ގ. ނިޔުޝާރާޒް ގޭ ފުރަތަމަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑްގެ އޮފީސް ފަޅާލައި، އޮފީހުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާއަށް ގެއްލުންދީ، އޮފީހުގައި ހުރި
ތިޖޫރީއެއް ފަޅާލައި އަދި އިތުރު ތިޖޫރީއަކަށް ގެއްލުން ދިނުމަށްފަހު އެތިޖޫރީ ވަގަށް ގެންދަން
މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 151282/MF
”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، ޔުޤީތު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު ނިންމާ ދައުލަތުގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނަކަމާއިގެ
ޔުޤީތު އިބްރާހީމާއި އިތުރު ބަޔަކު ބައިވެރިވެގެން މިވައްކަންކުރުމަށް ރޭވިކަމަށާއި ޔުޤީތު އިބްރާހީމާއި
އިތުރު ބަޔަކު ބައިވެރިވެގެން އެތަނަށް ގޮސް އެތަނަށް ވަދެ އެތަނުގެ ތިޖޫރީއެއް ފަޅާލައި އަދި އިތުރު
ތިޖޫރީއެއް ހަލާކުކޮށްލަން މަސައްކަތްކުރިކަމަށް ހެކިބަސްދޭ ފަރާތުން ބުނާބުނުމާއި ޔުޤީތު އިބްރާހީމާއި އިތުރު
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4
ކަމެއްކަން
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/509
މީހަކު ތިބި ކާރު ހުއްޓުވައި، އެކާރު ތެރެއިން ވައްކަންކުރަން ބޭނުންކުރިކަމަށް ބެލެވޭ ދަތްދަގަނޑާއި އަންގި
ފެނިފައިވުމާއި ޙާދިޘާ ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖް ހުރިކަމަށް މިމައްސަލައާ
ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި ޔުޤީތު އިބްރާހީމްގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 151282/MF
”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި ބަޔާންކޮށްފައިވާ ކަމާއި؟
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޔުޤީތު އިބްރާހީމް އިތުރަށް ބަންދުގައި ބަހައްޓަންބޭނުންވަނީ
ޔުޤީތު އިބްރާހީމަކީ ކުށުގެ ރެކޯޑްސް ގިނަ އަދަދަކަށް އޮންނަ މީހަކަށް ވާތީ ޔުތު އިބްރާހީމް ދޫކޮށްލައިފިނަމަ
ޔުޤީތު އިބްރާހީމްގެ ފަރާތުން މިފަދަ ޢަމަލެއް ތަކުރާރުވެދާނެކަމަށް ފެންނާތީ އާއި މިމައްސަލައިގައި ހެކިބަސްދޭ
މީހަކަށް ނުފޫޒް ފޯރުވަފާނެކަމަށް ފެންނާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައިކަން
އެނގެންއޮންނައިރުގެ
މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ
ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު
އެނގޭކަމާއި އަދި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ ތަނެއް
ތަނެއްގައިވެސް
ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޤަބޫލުކުރެވޭކަމާއި،
އެހެން ކަމުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ ކުރިމިނަލް ކޯޓުގެ ނަންބަރު
2016
/
7309/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް
މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށުމުގެ ކުރިން، ޔުޤީތު އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވުނު
މައްސަލައިގައި ދަޢުވާކުރުމަށް އެއޮފީހުގެ ފަރާތުން ކުރިމިނަލްކޯޓަށް ފޮނުވާފައިވާކަން އެނގެން އޮންނަކަމާއި،
ޔުޤީތު އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވުނު އެމައްސަލައަކީ ޝަރީޢަތުގެ
މަރުޙަލާގައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 13 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީއަތް
52
2 ހ2
އހނވ
Ocx
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/509
ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު
ކަނޑައަޅާ އެހެން ފަނޑިޔާރެއްކަން އެމާއްދާއަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން ކުށުގެ ތުހުމަތު ކުރެވޭ
މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން
އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށްކަން އެނގެއެވެ.
0
ޙުކުމް.
ބަޔާންކުރެވުނު ކަންތައްތައް
ވދަކު
ދެންފަހެ، އިސްވެ
އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
2016
/
7309/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، ވިލިނގިލި/ އަލިތަރި ޔުޤީތު އިބްރާހީމްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ހުއްދަނެތި ގޯތިގެދޮރަށް ވަނުން ވައްކަންކުރުން/ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ
މައްސަލައަކީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނާތީ، ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 13 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް މިޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފައިވާ އުސޫލާއެއްގޮތްވާ ގޮތުގެމަތީން، ޔުޤީތު އިބްރާހީމްގެ ބަންދާމެދު
ގޮތް ނިންމުމަށްޓަކައި ޔުޤީތު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ހުށަހެޅިފައިވާ ކޯޓަށް
ހުށަހެޅުމަށް އަންގައި މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން
އަމުރުކޮށްފީމެވެ.
*
AG.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ