ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/42 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/42
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 42/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު އަފްޟަލް
އައިޑީކާޑު ނަންބަރު. A003206
، ދާއިމީ އެޑްރެސް: މާދަޑު. ރުއްކަރަ/ ޏ.ފުވައްމުލައް މިހާރުގެ އެޑްރެސް: މާދަޑު.ރުއްކަރަ ޏ.ފުވައްމުލައް
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕީޖީ އޮފީސް/ މާލެ
*މިހާރުގެ އެޑްރެސް: ޕީޖީ އޮފީސް/ މާލެ
* ނިމުނު ތާރީޚް: 21 ނޮވެންބަރު 2016
L
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 ފެބުރުވަރީ 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 12013-R1C/251
ނިންމި ކޯޓް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް ވައްކަންކުރުން
ހުށަހެޅި ތާރީޚް: 03 މެއި 2013
، ނިމުނު ތާރީޚް:
10 އެޕްރީލް 2013
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/42
• ދަޢުވާގެ ޚުލާޞާ
0
މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2013-R1C/251 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޏ.ފުވައްމުލައް މާދަޑު.ރުއްކަރަ، މުޙައްމަދު އަފްޝަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ce O
މި ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/Cv
-
C/1532 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ދައުލަތުން ޏ.ފުވައްމުލަކު ރުއްކަރަ މުޙައްމަދު
އަފްޝަލް އާއި ޏ.ފުވައްމުލަކު ހިންޓަން މުޙައްމަދު ލިޝާން 16 އޮކްޓޯބަރު 2012 ދުވަހު 02:27
އެހައިކަންހައިއިރު، ޏ. ފުވައްމުލަކު މިސްކިތްމަގު ނާޒު ސްޓޯރުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން
-/6ރ. (ހައެއް) ރުފިޔާގެ 02 (ދޭއް) އާފަލާއި -/40ރ. (ސާޅީސް) ރުފިޔާގެ 19 ފޮށި ސިނގިރޭޓާއި،
(ކެމަލް ހާރޑް، ކެމަލް ލައިޓް، މަލްބަރޯ ހާޑް، މަލްބަރޯ ލައިޓް) -/5ރ. ގެ 50 (ފަންސާސް) ލައިޓަރާއި
-/20ރ. (ވިހި) ރުފިޔާގެ 02 (ދޭއް) އެކްސެލް ލައިމް އެންޑް ލެމަން އެނަރޖީ ޑްރިންކް ދަޅާއި، ފިހާރައިގެ
ތެރޭގައި ހުރި ވަކިލާރި ފުޅިން -/1742.04 ރ. (ސަތާރަސަތޭކަ ސާޅީސް ދެރުފިޔާ ހަތަރު ލާރި) ވަގަށް
ނަގާފައިވާތީ، މުޙައްމަދު ނިޝާން އާއި މުޙައްމަދު އަފްޝަލް ނާޒު ސްޓޯރުން ވައްކަންކުރަނިކޮށް ދުށްކަމަށް
ޏ.ފުވައްމުލައް މިސްކިތްމަގު ފަހިދޫ ޝާފިޢު ޢަބްދުﷲ އާއި ޏ. ފުވައްމުލަކު މިސްކިތްމަގު ފަހިދޫ އަޙްމަދު
މަމްދޫޙާ އާއި ޏ.ފުވައްމުލަކު އިލޫޝަން ޢަލީ ޝިނާން އަމީން ބުނާތީ، ޤާނޫނުލްއުޤޫބާތުގެ 31 ވަނަ
މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާއާއި، 137 ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2015/HC-A/42
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، މިއީ މިދެމީހުންގެވީ އެތަން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަފްޟަލްއާއި މުޙައްމަދު ލިސާންގެ މައްޗަށް ޖަމާޢަތް ހަދައިގެން ފިހާރައެއް ހަލާކުކޮށްލައިގެން ވައްކަން
ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލުނު ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ ފުވައްމުލަކު ރުއްކަރަ މުޙައްމަދު އަފްޝަލް
އާއި ފުވައްމުލަކު ހިންޓަން މުޙައްމަދު ވިޝާން 16 އޮކްޓޯބަރު 2012 ދުވަހު 2:27 އެހައިކަންހާއިރު ޏ.
ފުވައްމުލަކު މިސްކިތްމަގު ނާޒު ސްޓޯރުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން -/6ރ. (ހައެއް) ރުފިޔާގެ
02 (ދޭއް) އާފަލާއި -/40ރ. (ސާޅީސް) ރުފިޔާގެ 19 ފޮށި ސިނގިރޭޓާއި، (ކެމަލް ހާރޑް، ކެމަލް ލައިޓް،
މަލްބަރޯ ހާޑް، މަލްބަރޯ ލައިޓް) -/5ރ. ގެ 50 (ފަންސާސް) ލައިޓަރާއި -/20ރ. (ވިހި) ރުފިޔާގެ 02
(ދޭއް) އެކްސެލް ލައިމް އެންޑް ލެމަން އެނަރޖީ ޑްރިންކް ދަޅާއި، ފިހާރައިގެ ތެރޭގައި ހުރި ވަކިލާރި ފުޅިން
1742.041ރ. (ސަތާރަސަތޭކަ ސާޅީސް ދެރުފިޔާ ހަތަރު ލާރި) ވަގަށް ނަގާފައިވާތީ، މުޙައްމަދު ވިޝާން
އާއި މުޙައްމަދު އަފްޝަލް ނާޒު ސްޓޯރުން ވައްކަންކުރަނިކޮށް ދުށްކަމަށް ޏ.ފުވައްމުލައް މިސްކިތްމަގު ފަހިދޫ
ޝާފިޢު ޢަބްދުﷲ އާއި ޏ. ފުވައްމުލަކު މިސްކިތްމަގު ފަހިދޫ އަޙްމަދު މަމްދޫހް އާއި ޏ.ފުވައްމުލަކު އިލޭޝަން
ޢަލީ ޝިނާން އަމީން ބުނާތީ، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާއާއި،
137 ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަފްޟަލްއާއި މުޙައްމަދު ލިސާންގެ މައްޗަށް
ޖަމާޢަތް ހަދައިގެން ފިހާރައެއް ހަލާކުކޮށްލައިގެން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު އަފްޟަލްއާއި
މުޙައްމަދު ލިސާން އިންކާރުކޮށްފައި ވީނަމަވެސް ދައުލަތުން މިމައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ
ހެއްކާއި ޤަރީނާތަކަށް ޝަރީޢަތުން ނަޒަރުކޮށް ބެލި ބެލުމުން، ދައުލަތުން މުޙައްމަދު އަފްޟަލްއާއި މުޙައްމަދު
ލިސާންގެ މައްޗަށް ކުޑަ މި ދަޢުވާގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތުން މި މައްސަލާގައި ހުށަހެޅި ހެއްކާއި ޤަރީނާތަކަށް ބަލާއިރު
ޏ. ފުވައްމުލަކު ރުއްކަރަ މުޙައްމަދު އަފްޝަލް އާއި ޏ. ފުވައްމުލަކު މިންޓަން މުޙައްމަދު ވިޝާންގެ މައްޗަށް
ހއ
ހ63238
9އތނށ2
ކުރުމުގެ
ވައްކަންކުރުމުގެ ކުށް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/42
ދަށުން 06 (ހައެއް) މަސް، 136 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރު، 137 ވަނަ މާއްދާގެ ދަށުން
01 (އެކެއް) އަހަރު، 138 ވަނަ މާއްދާގެ ދަށުން 1 (އެކެއް) އަހަރު، އެކު ޖުމްލަ 03 (ތިނެއް) އަހަރާއި
06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޏ. ފިފުވައްމުލަކު ރުއްކަރަ މުޙައްމަދު އަފްޝަލް އާއި ޏ.ފުވައްމުލަކު
ހިންޓަން މުޙައްމަދު ލިޝާން ޖަލަށް ލުމަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
2- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2013-R1C/251 ޤަޟިއްޔާ އެ ކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޏ.ފުވައްމުލައް މާދަނޑު. ރުއްކަރަ، މުޙައްމަދު އަފްޝަލްގެ ފަރާތުން 06 (ހައެއް) ނުކުތާ
ހުށަހަޅައި، އެ ނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުއަސާސީގެ
ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހަމަތަކާއި އިޖްރާޢަތާ ޚިލާފަށް މުޙައްމަދު އަފްޝަލް
ހައްޔަރުކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކުރައްވާ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
46
2 2 22 22
(ނ) ދެވަނަ ނުކުތާއަކީ: ޤާނޫނޫއަސާސީގެ 52 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފަށް ފުލުހުން
އިޢްތިރާފާއި ހެކިހޯދާފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމާފައިކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުe.
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނުލްއުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) އާއި މުޙައްމަދު
އަފްޝަލްގެ މައްޗަށް އުޤޫބާތް ކަނޑައަޅާފައިވާ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ
މާއްދާއާއި 137 ވަނަ މާއްދާއާއި 138 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވައްކަމުގެ
ފުރިހަމަ ނުވާހިނދު ކުށް ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
އަން ރުeއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/42
(ރ) ހަތަރުވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 276/HC-A/2013
ޤަޟިއްޔާ އަށާއި ނަންބަރު 171/HC-A/2008 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރީޢަތުގައި ހެކިވެރިންދޭ
ހެކިބަހަށް ބުރަދަން ދޭންޖެހޭ އުޞޫލާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅު ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީހެކި ހުށަހަޅާ ދައުލަތުގެ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު
ދައުލަތަށް ދީފައިވާއިރު، ދައުލަތުގެ ހެކިންގެ ހެކިބަސް ޠަޢުނުކޮށް ނަފީކުރުމުގެ ގޮތުންނާއި ދިފާއުގައި ހެކި
ހުށަހަޅާ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު މުޙައްމަދު އަފްޝަލްއަށް ދީފައި ނުވުމާއި، ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި ޖިނާއީ މައްސަލަ ތަކުގައި ޝަރީޢަތްހިންގުމުގެ ޤަވާއިދުގެ 1.2 ގެ (ށ) ގެ
ދަށުން މުޙައްމަދު އަފްޝަލްއަށް ލިބެންޖެހޭ ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބި ނުދެވި މިދެމާއްދާއާއި
ޤާނޫނުއަސާސީގެ 17،20 އަދި 42 ވަނަ މާއްދާއާއި ޚިލާފަށް މައްސަލައިގެ ޝަރީޢަތް ހިންގައި ނިޔާ
އިއްވާފައިވާކަމަށް ބުނެ ހުށަހެޅުނު ނުކުތާ.
etc
*
އެއްބާވަތެއްގެ
2 އ
(ށ) ހަވަނަ ނުކުތާއަކީ: ދުވަހަކު
ދެ ޤަޟިއްޔާ ނިންމަން
ފަލުކުރައްވާފައި އޮތްއިރު، ފަހުން ކޯޓަށް ހުށަހެޅުނު މައްސަލައިގެ ނިޔާ ކުރިން އިއްވާ ކުރިން ހުށަހެޅުނު
ޤަޟިއްޔާއިން ބޮޑެތި ގިނަ އުޤޫބާތް ކަނޑައެޅި އެ އުޤޫބާތުގެ ނަތީޖާއިން ކުރިން ހުށަހެޅުނު މައްސަލައިގެ
އަދަބުތައްވެސް ބޮޑުވެގެން ދިޔުންކަމަށް ބެލެވޭފަދަ ގޮތަކަށް ޤާނޫނުއަސާސީގެ 59، 42، 17،20 އަދި 60 ވަނަ
މާއްދާ އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
3- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2013-R1C/251 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޏ.ފުވައްމުލައް މާދަޑު.ރުއްކަރަ، މުޙައްމަދު އަފްޝަލްގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެ ނުކުތާތަކާ
ތަކާގުޅޭ ގޮތުން މުޙައްމަދު އަފްޝަލްގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ބުނެވިދިޔަ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ އެދޭމަށާއި،"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2015/HC-A/42
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ފާހަގަ
ކުރެވިފައިވެއެވެ.
މ 4
82 ދވ
ނއތރ
ޢަމަލުކުރޮފި2
ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު މިކުރެވޭ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
1
/
2013-R1C/251 ޤަޟިއްޔާގައި، މުޙައްމަދު އަފްޝަލްގެ މައްޗަށް އުފުލުން ދަޢުވާއަކީ، ކުރިން
ދިޔަ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާއާއި، 137 ވަނަ
މާއްދާއާއި، 138 ވަނަ މާއްދާގެދަށުން ޖަމާޢަތް ހަދައިގެން ފިހާރައެއް ހަލާކުކޮށްގެން ވައްކަންކުރުމުގެ
ދަޢުވާކަން އެނގޭކަމާއި، މިދަޢުވާއަށް މުޙައްމަދު އަފްޝަލް އިންކާރުކުރާކަމަށް މުޙައްމަދު އަފްޝަލްގެ ފަރާތުން
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ޏ.ފުވައްމުލަކު މިސްކިތްމަގު "ނާޒު ސްޓޯރު" ގެ ދޮރު
ހަލާކުކޮށްލައިގެން ވަދެ ވައްކަންކުރުމުގެ ތުހުމަތުގައި، މުޙައްމަދު އަފްޟަލް ހައްޔަރުކޮށްފައިވަނީ،
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށް ކަމަށް މުޙައްމަދު
އަފްޝަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވީނަމަވެސް، މުޙައްމަދު
އަފްޟަލް ހައްޔަރުކުރުމަށްފަހު މުޙައްމަދު އަފްޝަލްގެ ބަންދާއި މެދު ގޮތެއްނިންމުމަށް ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކުރުމުން، މުޙައްމަދު އަފްޟަލް ބަންދުގައި ބެހެއްޓުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން
ނިންމަވާފައިވާކަމާއި، ޢާއްމު އުޞޫލެއްގެ ގޮތުން ކޯޓުއަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރުމަށްފަހު އެމީހެއްގެ
ބަންދާއިމެދު ގޮތެއްނިންމޭ ނިންމުމަކީ އޭނާގެ ފުރަތަމަ ހައްޔަތާއިމެދުވެސް ގޮތެއް ނިންމޭ ނިންމުންކަމާއި، އަދި
އެހެންމެ މުޙައްމަދު އަފްޝަލް ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ އަމުރު އިސްތިއުނާފު
ކޮށްފައިނުވާކަން މުޙައްމަދު އަފްޝަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، މީގެ
އިތުރުން އެނުކުތާގައި މުޙައްމަދު އަފްޝަލްގެ ފަރާތުން ފާހަގަކުރާކަ
ކުރާކަންކަމަކީ، އެކަން މުޙައްމަދު އަޕްޘްލޭގެ
:
ހަމަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20j5/HC-A/42
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެއްވެސް ގޮތަކަށް ދައްކާފައިނުވާ ވާހަކަތަކެއްކަމުން، މިއީ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގެ މައްޗަށް މިހާރު ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމެއް
ނޫންކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ: މުޙައްމަދު އަފްޝަލްގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅަ، ޖަމާޢަތް
ހަދައިގެން ފިހާރައެއް ހަލާކުކޮށްގެން ވަދެ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު އަފްޝަލް
އިންކާރުކުރުމުން މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، 16
އޮކްޓޯބަރު 2012 ދުވަހު 2:27 އެހައިކަންހާއިރު ޏ.ފުވައްމުލަކު މިސްކިތްމަގު "ނާޒު ސްޓޯރު” ގެ ދޮރު
ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަންކޮށްފައިވަނީ މުޙައްމަދު އަފްޝަލް އާއި މުޙައްމަދު ނިޝާން ކަމަށް
މުޙައްމަދު އަފްޝަލް ބުނި އަޑު އެހިކަމަށާއި އެ ފިހާރައިން ގެއްލުނު ތަކެތި މުޙައްމަދު އަފްޝަލް
ދައްކާފައިވާކަމަށާއި، އެ ތަކެތި ފެނިފައިވަނީ މުޙައްމަދު އަފްޟަލްއާ ސުވާލުކުރުމުން މުޙައްމަދު އަފްޝަލް ބުނި
ތަނުގައި އެތަކެތި ރައްކާކޮށްފައި ހުއްޓާ ކަމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މުޙައްމަދު
އަފްޝަލްގެ ޙާޟިރުގައިކަމަށް ޏ.ފުވައްމުލައް ޔާގޫތުގެ، މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ލާންސް ކޯޕްރަލް
ޢަބްދުﷲ ވަޖީޙް އިބްރާހީމް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ހެކިބަސް ދީފައިވާއިރު، ހަމަ މިފަދައިން
ޏ.ފުވައްމުލައް ޕާލް، ޕޮލިސް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ލާންސް ކޯޕްރަލް ޙުސައިން ނިހާދުވެސް
ހެކިބަސް ދީފައިވާކަމާއި،
ހާދިސާ ހިނގިރޭ ފިހާރައާއި ދިމާލަށް ދަނިކޮށް ފިހާރަ ތެރޭ ހުރި މީހެއް ދުއްވައިގަތް ތަން
ފެނުނު ކަމަށާއި، އެމީހާގެ އަތުގައި ކޮތަޅެއް އޮތް ކަމަށާއި، އެވަގުތު އެއީ ޏ.ފުވައްމުލައް މާދަޑު.ރުއްކަރަ،
މުޙައްމަދު އަފްޝަލް ކަން އެނގުނުކަމަށާއި، މުޙައްމަދު އަފްޟަލް ފަހަތުން ދުވެފައި ގޮސް މުޙައްމަދު
އަފްޝަލްގެ ގައިގާ ހިފެހެއްޓިކަމަށާއި، އަދި އެވަގުތު މުޙައްމަދު އަފްޝަލްގެ އަތުގައި އޮތް ކޮތަޅު އޭނާ
އިއްލާލުމަށްފަހު އޭނާ ދުވެފައި ދިޔަކަމަށާއި، އެ ކޮތަޅު ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j5/HC-A/42
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސިނގިރޭޓް (ކެމަލް ލައިޓް، ކެމަލް ހަރޑް، މަލްބަރޯ ލައިޓް އަދި މަލްބަރޯ ހަރޑް) އޮތްކަމަށާއި، އެތަކެއްޗަކީ
ޚާޒް ސްޓޯރުން ވަގަށް ނެގި ތަކެތިކަމަށް ޝައްކު ކުރެވޭކަމަށް ޏ.ފުވައްމުލައް ފަހިދޫ، ޝާފިޢު ޢަބްދު
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ހެކިބަސް ދީފައިވާކަމާއި،
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ޏ.ފުވައްމުލައް މާދަޑު.ރުއްކަރަ، މުޙައްމަދު އަފްޟަލް
ދީފައިވާ ބަޔާނަށް ބަލާއިރު، ތަޙުޤީޤުގައި "ނާޒް ސްޓޯރު" ފަޅާލައިގެން އެފިހާރައިން ވައްކަންކުރިކަމަށް
އެއްބަސްވިކަމަށާއި، އެއްބަސްވީ ޕޮލިސް ސްޓޭޝަނަށް މުޙައްމަދު އަފްޝަލް ގެންގޮސް އަނިޔާކުރުމުންކަމަށް
މުޙައްމަދު އަފްޟަލް ބުނެފައިވާކަން އެނގޭކަމާއި،
މިދަޢުވާ މުޙައްމަދު އަފްޝަލްގެ މައްޗަށް ސާބިތުވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން
ކަނޑައަޅުއްވާފައިވަނީ، މުޙައްމަދު އަފްޝަލްގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައަށް މުޙައްމަދު
އިންކާރުކޮށްފައި ވީނަމަވެސް ދައުލަތުން މި މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެއްކާއި ޤަރީނާތަކަށް
ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މުޙައްމަދު އަފްޝަލް "ނާޒު ސްޓޯރު"ން ވައްކަން ކުރިކަން
ސާބިތުވާން އޮތުމުންކަމަށް މިމައްސަލަ ނިންމެވުމުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ފާހަގަކުރައްވާފައިވާ
ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ތަހުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި
އެކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ ގޮތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މީގެކުރިން ކަނޑައަޅުއްވާފައިވާކަމާއި، މިގޮތުން ބަލާއިރު، ތަޙްޤީޤު
މަރުޙަލާގައި މަޖުބޫރުކަމެއްނެތި މުއްތަމުމީހާދޭ ބަޔާނެއްގައި، ކުށަކާމެދު ވާ އިޢުތިރާފަށް ބާރުލިއްބައިދޭ
ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީންތަކެއް ހުރެއްޖެނަމަ، ތަޙްޤީޤުގެ މަރުޙަލާގައި ކުށްކުރިކަމުގެ
މައްޗަށް މުއްތަހަމު ވެފައިވާ އިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި
ބަލައިގަނެވެދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 18/SC
-
A/2009
ކަނޑައަޅުއްވާފައިވާ އުޞޫލަށް ބެލުމުން އެނގެން އޮތްއިރު، ތަޙްޤީޤު މަރުޙަލާގައި ކުށަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/42
ޝަރީއަތުގައި އެކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތް ތަކުގައި، އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެނިހެން
ހެކިތަކާއި، ޤަރީނާތަކުގެ މައްޗަށް ބަލައި އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން، އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ
ބަޔާނުގެ މައްޗަށް ބާރު ލިއްބައިދޭ ފަދަ ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ، އެ ހެކިތަކާއި ޤަރީނާތަކުގެ
މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުކުރެވިދާނެކަމަށާއި، އަދި ޝަރީޢަތުގެ
މަޖިލީހުން ބޭރުގައި މުއްތަހަމުމީހާ ކުށަށް އިޢުތިރާފު ވުމަށް ފަހު ޝަރީޢަތުގެ މަޖިލީހުގައި އެޢިއުތިރާފުން
ރުޖޫޢަވެއްޖެނަމަ، އިޢުތިރާފުން ރުޖޫޢަވުމާއި އެރުޖޫޢަވުން ބިނާކުރި ސަބަބުތަކެއް ވަޒަންކޮށް ތަޤްރީމުކުރުމުގެ
ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 94/HC-A/2011
ނަންބަރު 14/HC-A/2012 ފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާކަމާއި، އަދި
މިގޮތުން ބަލާބެލުމުގައި އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައިވާ މިންގަނޑުން، އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ
ބާރު ލިއްބައިދޭ ފަދަ ހަރުދަނާ ހެކި ޤަރީނާ ހުރިކަމަށް މައްސަލަ ބަލާ ފަނޑިޔާރަކަށް
ވޭނަމަ، އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތު
ކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 373/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައި
ޤަޟިއްޔާއާއި،
ކޮއިސަށް
މަ622 ޑރ
3ބރ7ނ2
މި މައްސަލައިގައި މުޙައްމަދު އަފްޝަލްގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން،
މިމައްސަލައާއި ގުޅިގެން މުޙައްމަދު އަފްޝަލް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ވައްކަމުގެ މިޢަމަލު ހިންގީ
މުޙައްމަދު އަފްޝަލްކަމަށް ބުނެ ތަޙްޤީޤަށް ބަޔާނެއްދިންކަމަށް މުޙައްމަދު އަފްޝަލް އިޢުތިރާފުވެފައިވާކަމާއި،
އަދި މިބަޔާންދީފައިވަނީ މަޖުބޫރުންކަމަށް މުޙައްމަދު އަފްޝަލްގެ ފަރާތުން ބުނިނަމަވެސް އެފަދައިން ބުނާ
ބުނުން ފިޔަވައި އެކަމަށް ބާރުލިއްބައިދޭ އެއްވެސްކަމެއް ހުށަހަޅާފައިނުވާއިރު، މިމައްސަލައިގެ ހެކިބަސް
ފަރާތްތަކުން ދީފައިވާ ހެކިބަހުން މުޙައްމަދު އަފްޝަލްގެ އިޢުތިރާފަށް ބާރު ލިއްބައިދޭކަން
ހައިކޯޓް
*
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކުރެވޭނެ 11
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/42
މިހެންކަމުން މުޙައްމަދު އަފްޝަލް ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަކީ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި
ޝަރީޢަތުން ބަލައިގަތުމަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ޝަރީޢަތުން ހޯދާފައިވާ
ހެއްކެއްކަމަށް ބެލެވެން ނެތްކަމެވެ.
24
(ބ) ފަސްވަނަ ކަމަކީ: މުޙައްމަދު އަފްޝަލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ،
16 އޮކްޓޯބަރު 2012 ދުވަހު 2:27 އެހައިކަންހާއިރު ޏ.ފުވައްމުލަކު މިސްކިތްމަގު "ނާޒު ސްޓޯރު” ގެ ދޮރު
ހަލާކުކޮށްލައިގެން އެފިހާރައަށް ވަދެ، އެފިހާރައިން -/6 ރ. (ހައެއް) ރުފިޔާގެ 02 (ދޭއް) އާފަލާއި -/40ރ.
(ސާޅީސް) ރުފިޔާގެ 19 (ނަވާރަ) ފޮށި ސިނގިރޭޓާއި، (ކެމަލް ހާރޑް، ކެމަލް ލައިޓް، މަލްބަރޯ ހާޑް،
މަލްބަރޯ ލައިޓް) -/5ރ. (ފަހެއް) ރުފިޔާގެ 50 (ފަންސާސް) ލައިޓަރާއި -/20ރ. (ވިހި) ރުފިޔާގެ 02
(ދޭއް) އެކްސެލް ލައިމް އެންޑް ލެމަން އެނަރޖީ ޑްރިންކް ދަޅާއި، ފިހާރައިގެ ތެރޭގައި ހުރި ވަކިލާރި ފުޅިން
(ސަތާރަސަތޭކަ ސާޅީސް ދެރުފިޔާ ހަތަރު ލާރި) ވަގަށް ނަގާފައިވާކަމަށްބުނ
ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާއާއި، 137 ވަނަ މާއްދާއާއި، 138
-1742.04ރ.
ވަނަ މާއްދާ
އްދާގެ ދަށުން މުޙައްމަދު އަފްޝަލްގެ މައްޗަށް
ޖަމާޢަތް ހަދައިގެން ފިހާރައެއް ހަލާކުކޮށްގެން
ވައްކަންކުރުމުގެ ކުށުގެ ދަޢުވާކަމާއި،
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމާއްދާގައި
ވައްކަން، ޓެކުން،
ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެކުށްކުރި ފުރަތަމަ
ފަހަރު 06 މަސްދުވަހުން ފެށިގެން 01 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ދެވަނަ ފަހަރު 2 އަހަރަށް،
ތިންވަނަ ފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރުދުވުގެ މުއްދަތަށް އަރުވާލުން، ނުވަތަ ޖަލަށްލުން
މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާ
އުޞޫލުން ކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެޤާނޫނުގެ 132، 134، 105، 136، 137، 138،
47.
139، 140، 141, 142، 143، 144، 145، 146, 147، 148 މިމާއްދާތަކުގެ
އަކީ
.ހައިކޯޓް
މިފަދައިން ބަޔާންކޮށްފައިވާކަމާއި، ޤާނޫނުލްޢުޤޫބާތުގެ 136 ވަނަ މާއްދާއަށް ބަލާއި
\
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/42
0އ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރުމުގައި، ނުވަތަ ފޭރުމުގައި ޖަމާއަތް ހަދައިގެން ނުވަތަ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން
ވައްކަންކޮށްފިނަމަ، ނުވަތަ ފޭރުނުނަމަ އެކަމުގައި ބައިވެރިވި ކޮންމެ މީހެއްގެ މައްޗަށް ނުވަތަ ވައްކަން
ކުރަމުންދާ ނުވަތަ ފޭރޭ ޖަމާޢަތަކާ ގުޅިގެން ވައްކަމެއް ކޮށްފި ނުވަތަ ފޭރުނު މީހެއްގެ މައްޗަށް މި
ޤާނޫނުގެ
131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް، 6 މަސް ދުވަހާއި 3 އަހަރާ
ދެމެދުގެ މުއްދަކަށް އަރުވާލުން ނުވަތަ ޖަލަށްލުމުގެ ޢުޤޫބާތް އިތުރު ކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
137 ވަނަ މާއްދާގައި މީހަކަށް ނުވަތަ އެއްވެސް ބަޔަކަށް ބިރެއް ދެއްކުމަކާއި ނުލައި، ޢިމާރާތެއްނުވަތަ
އެއްޗެއް ހަލާކުކޮށްލައިގެން ވައްކަން ކޮށްފި މީހެއްގެ ޢުޤޫބާތަކީ މިޤާނޫނުގެ 131 ވަނަ މާއްދާއާއި، 132 ވަނަ
މާއްދާގެ ދަށުން ކަނޑައެޅޭ ޢުޤޫބާތުގެ އިތުރަށް 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ
ޖަލަށްލުންކަމަށާއި މި ޤާނޫނުގެ 138 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި މީހުން ދިރިއުޅޭ ގޯތިގެދޮރާއި
ބަނޑަހަފަދަ ތަންތަނާއި، މީހުން ތިބޭގޮތަށް ހަމަޖެހިގެން މީހުން އުޅެމުންދާ ހޮޓާ، ފިހާރަފަދަ
ތަންތަނަށްވަދެގެން ނުވަތަ މީހުންތިބި، ކަނޑުގައިދުއްވާ އުޅަނދަކަށް އަރައިގެން ވައްކަންކޮށް
ށްފިނަމަ އެމީހެއްގެ
ޢުޤޫބާތަކީ މިޤާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ޢުޤޫބާތުގެ އިތުރަށް 6
މަސްދުވަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް
ނުވަތަ ޖަލަށްލުން،1 މިފަދައިން
I
އަރުވާލުން
ބަޔާންކޮށްފައިވާކަމާއި،
COCCO
އިސްވެދެންނެވިފައިވާ ޤާނޫނުލްޢުޤޫބާތުގެ ކުށްތަކުގެ ތެރެއިން މުޙައްމަދު އަފްޝަލްގެ މައްޗަށް
ދަޢުވާކުރެވިފައިވަނީ ޖަމާޢަތް ހަދައިގެން ފިހާރައެއް ހަލާކުކޮށްގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާކަން
އެނގޭއިރު، ޤާނޫނުލްޢުޤޫ
ނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާއަށް ބަލާއިރު، އެޤާނޫނުގެ ބޭނުމަށް ވައްކަމަކީ، އެހެން
މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކުގައިވާ އެއްޗެއް އެފަރާތަށް ނޭނގި، އެއާ ޙަވާލުވެގެން ހުރިމީހާ ނޫން
މީހަކު ސިއްރުން ނެގުންކަން އެނގެން އޮންނަކަމާއި، މިމައްސަލައިގެ ތަޙްޤީޤުގައި މުޙައްމަދު އަފްޝަލްގެ
ފަރާތުން ދީފައިވާ ބަޔާނަށާއި، ޝަރީޢަތަށް ހުށަހެޅުނު ހެކިންގެ ހެކިބަހަށާއި، ހުށަހެޅުނު ލިޔުންތަކަށާއި
ސްޓޯރުން މުޙައްމަދު އަފްޝަލް ވަގަށްނެގިކަމަށް ބުނެފައިވާ ތަކެތީގެ ބާވަތަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/42
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ވައްކަމުގެ އުންސުރުތައް މުޙައްމަދު އަފްޟަލް ކުޅަ
ވައްކަމުގައި ފުރިހަމަވެފައިވާކަން އެނގޭކަމެވެ.
(ށ) ހަވަނަ ކަމަކީ: މުޙައްމަދު އަފްޝަލްގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް
ދީފައިވާ ބަޔާންތަކަށް ބެލުމުން، މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު އަފްޝަލްގެ ފަރާތުން
ދީފައިވާ އެއްވެސް ބަޔާނެއްގައި، މިދަޢުވާއާއި ގުޅިގެން މުޙައްމަދު އަފްޝަލްގެ ފަރާތުން ދިފާޢީ ހެކިން
ހުށަހަޅަން ބޭނުންކަމަށް ބުނެފައިވާކަން އެނގެން ނެތްކަމާއި، އަދި އެއީ ކޮން ބޭނުމަކު ގެންނަން ބޭނުންވާ
މުޙައްމަދު އަފްޝަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގައިވެސް
ފާހަގަކޮށްފައިވާކަން އެނގެން ނެތްއިރު، ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިންނާއި ސުވާލުކޮށް
އެހެކިބަސް ތަޢުނުކުރުމުގެ ފުރުޞަތު މުޙައްމަދު އަފްޝަލަށް ދެވިފައިވާކަން އެނގޭކަމާއި، މިހެންކަމުން
ޤާނޫނުއަސާސީގެ 20,17، 42 އަދި 51 ވަނަ މާއްދާގެ (ހ) އަދި ޖިނާއީ މައްސަލަ ތަކުގައި ޝަރީޢަތް
ހިންގުމުގެ ޤަވާއިދުގެ 1.2 ގެ (ށ) ގައިވާ އެއްވެސް އިޖުރާއާތަކާއި ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން
4
2 އ ސ ޑ 4
ކއިއިކުވެ
3 ، 4
COCOCCC
ވެފައިވާކަމުގައި ބެލެވެންނެތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ: ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ނިންމާނެ ވަގުތެއް ކަނޑައެޅުމަކީ،
ކޯޓަށް ލިބިގެންވާ ބާރެއްކަމުގައިވާއިރު، ކޯޓަށް ފަހުން ހުށަހެޅުނު މައްސަލައެއް ކުރިން ނިންމުމަކީ އަދި ކުރިން
ހުށަހެޅުނު މައްސަލައެއް ފަހުން ނިންމުމަކީ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ދަށުން މަނާކޮށްފައިވާކަމެއް
ނޫންކަމާއި، މިހެންކަމުން މުޙައްމަދު އަފްޝަލްގެ މައްޗަށް ފަހުން ހުށަހެޅުނު މައްސަލައެއްގައި ކުރިން ނިޔާ
ކަނޑައަޅައި، ކުރިން ހުށަހެޅުނު މައްސަލައެއްގައި ފަހުން ނިޔާ ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 17، 20،
42، 59 އަދި 60 ވަނަ މާއްދާއާއި ޚިލާފު ގޮތަކަށް ކޮށްފައިވާ ޢަމަލެއް ނޫންކަން އެނގޭކަމެވެ.
(އ) އަށްވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މުޙައްމަދު އަފްޝަޕްގެ ނިއްޗަށް
ދަޢުވާއުފުލުން ވައްކަމުގެ ކުށް ސާބިތުވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ކަނޑައަޅުއްވާ)
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/42
މުޙައްމަދު އަފްޝަލްގެ
މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައަށް މުޙައްމަދު އަފްޝަލް
އިންކާރުކޮށްފައި ވީނަމަވެސް ދައުލަތުން މި މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެއްކާއި ޤަރީނާތަކަށް
ބަލާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް
މުޙައްމަދު އަފްޝަލް ނާޒު ސްޓޯރުން ވައްކަން ކުރިކަން ޝަރީޢަތަށް ސާބިތުވާން އޮތުމުންކަން އެނގެން
އޮންނަކަމެވެ.
އެހެންކަމުން
ހު
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2013-R1C/251 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ސަބަބެއް ފެންނަން ނެތް ކަމަށެވެ.
ދެންފަހެ، އިސްވެ ބަޔާންކުގެ
ރެކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 1
/
2013-R1C/251 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ޏ.ފުވައްމުލައް(
މާދަޑު. ރުއްކަރަ، މުޙައްމަދު އަފްޝަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv