ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/335 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/335
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
ޤައްޔާ
ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 335/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: އިބްރާހީމް އިބްތިޝާމް
އައިޑީ ކާޑު ނަންބަރު: A050914
*
.
ދާއިމީ އެޑްރެސް: ގ. ދުވަރުސާ | ކ. މާލެ
ދުވަރުސާ | ކ. މާލެ
i
މިހާރުގެ އެޑްރެސް:
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަހުޒީރާ އަޙްމަދު
އައިޑީ ކާޑު ނަންބަރު: A138440
#
ދާއިމީ އެޑްރެސް: މ. އަލްޓްރާވައިލެޓް | ކ. މާލެ
އެޑްރެސް: ޒިރްކޯން | ކ.މާލެ
1439
• ރަޖިސްޓްރީ ތާރީޚް: 28 ޛުލްޙިއްޖާ 1437
11 އޮކްޓޯބަރ 2015
ނިމުނު ތާރީޚް: 15 މުޙައްރަމް
05 އޮކްޓޯބަރ 2017
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv
-
C/63
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 08.01.2015
ނިމުނު ތާރީޚް: 23.07.2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު އުޘްމާން
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/335
• ދަޢުވާގެ ޚުލާޞާ
#
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/63 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ · މާލެ { ދުވަރުސާ، އިބްރާހީމް އިބްތިޝާމް
(ދ.ރ.ކާޑު ނަންބަރު:A050914) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. މާލެ
މ. އަލްޓްރާވައިލެޓް އަހުޒީރާ އަޙުމަދު (ދ.ރ.ކާޑު ނަންބަރު:A138440) އެވެ.
· 5
ގަކުރެވު.
OCOX
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/63 ޤަޟިއްޔާއަކީ، މ. އަލްޓްރާވައިލެޓް |
އަހުޒީރާ އަޙްމަދު، ދުވަރުސާ | އިބްރާހީމް އިބްތިޝާމް އާއި ކައިވެނި ކުރަން އުޅުނު އިރުގައްޔާއި،
ކައިވެނިކޮށްގެން އުޅުނުއިރު، އިބްރާހީމް އިބްތިޝާމް، އަހުޒީރާ އަޙްމަދަށް އަނބުރާ ދޭނެކަމަށް ބުނެގެން،
ކައިވެނި ޕާޓީ ބޭއްވުމަށާއި، ހަނީމޫނަށްކުރި ޚަރަދުގެ އިތުރުން، އިބްރާހީމް އިބްތިޝާމްގެ ގޭގެ މަރާމާތަށާއި،
ޒީނަތްތެރިކުރުމުގެ ބައެއް ޚަރަދަށް އަހުޒީރާ އަޙްމަދުގެ އަތުން ފަހުން ދޭގޮތަށް ނަގާފައިވާ ފައިސާހޯދުމަށް
އަހުޒީރާ އަޙްމަދު މަސައްކަތްކުރިނަމަވެސް އިބްރާހީމް އިބްތިޝާމްގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ އިސްވެ
އިޝާރާތްކުރެވުނު ފައިސާ އަނބުރާ ހޯދުމަށް އެދި އިބްރާހީމް އިބްތިޝާމްގެ މައްޗަށް އަހުޒީރާ އަޙްމަދު
ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން
އަލްޓްރާވައިލެޓް އަހުޒީރާ އަޙްމަދު، ގ. ދުވަރުސާ އިބްރާހީމް އިބްތިޝާމާ ކައިވެނިކުރަން އުޅުނު އިރާއި،
ކައިވެނިކޮށްގެން އުޅުނުއިރު، ދައުވާލިބޭ އިބްރާހީމް އިބްތިޝާމް ދަޢުވާކުރާ އަހުޒީރާ އަޙްމަދަށް އަނބުރާ
ދޭނެކަމަށް ބުނެގެން، ކައިވެނި ޕާޓީބޭއްވުމަށާއި، ހަނީމޫނަށްކުރި ޚަރަދުގެ އިތުރުން، ދައުވާލިބޭ ފަރާތުގެ ގޭގެ
އަމިއްލަ މަރާމާތަށާއި، ޒީނަތްތެރިކުރުމުގެ ބައެއް ޚަރަދަށް ދަޢުވާކުރާ ފަރާތުގެ އަތުން ފަހުން
މއ 29
8
ހށއ29ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ވާ،
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/3 35
-/
175,000ރ. (އެއްލައްކަ ހަތްދިހަފަސްހާސް ރުފިޔާ) ނަގާފައިވާކަން ހުށަހެޅިފައިވާ މުސްތަނަދުތަކާއި،
ދަޢުވާލިބޭ ފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅއި،
ބުނެވިދިޔަ ފައިސާ މިއަދު، 2015 ޖުލައި 23 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް)
މަސްދުވަހުގެ މުއްދަތުގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދެއް ދައްކަމުންގޮސް
-/
175,000ރ. (އެއްލައްކަ ހަތްދިހަފަސްހާސް ރުފިޔާ) އަހުޒީރާ އަޙްމަދަށް ލިބިދިނުމަށްޓަކާއި ސިވިލްކޯޓަށް
ދައްކާ ޚަލާޞްކުރުމަށް ގ. ދުވަރުސާ އިބްރާހީމް އިބްތިޝާމަށް އަންގައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ."
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/63 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ
މާލެ { ގ.
ދުވަރުސާ، އިބްރާހީމް އިބްތިޝާމް ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެދެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: އަހުޒީރާ އަޙްމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތައް ކުރީ އިބްރާހީމް
އިބްތިޝާމްގެ ފަރާތުން އަނބުރާ ދޭނެކަމަށް ބުނެގެންކަމަށް އަހުޒީރާ އަޙްމަދުގެ ފަރާތުން ދަށުކޯޓުގައި
ހުށަހަޅާފައިވާ ދަފްޢަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން އިންކާރުކޮށްފައިވާއިރު، އެ ދަފްޢު ޘާބިތުކުރުމަށް
އަހުޒީރާ އަޙްމަދުގެ ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައިނުވާއިރު، މައްސަލައިގެ ވާޤިޢާތައް
ޤާއިމުކުރެއްވިއިރު، އެޚަރަދުކުރީ އިބްރާހީމް އިބްތިޝާމްގެ ފަރާތުން އަނބުރާ ދޭނެކަމަށް ބުނެގެންކަމަ
ކަނޑަނޭޅޭނެކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އިބްރާހީމް އިބްތިޝާމްގެ ފަރާތުން އަހުޒީރާ އަޙްމަދު އަށް ފައިސާތަކެއް
ދޭނެކަމަށް ބުނެ ވެފައިވާ ވަޢުދަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި
ހުށަހެޅި ހުށަހެޅުމެއް ނޫންކަމާއި އެއީ އެވަޢުދުގެ މުޤާބިލުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ޝަރުތުކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2015/HC-A/3 35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
/5ޑ 8 *
8
ނޫންކަމާއި، އެއީ އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) އާއި
ކޮންޓްރެކްޓާބެހޭ ގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައްޔާއި ރާއްޖެއިން ބޭރުގެ ޤާނޫނީ ނިޒާމްތަކުގައި
އިސްތިޤްރާރްވެފައިވާ ހަމަތަކުން ބަލާނަމަ، އެއްވެސް ޙާލަތެއްގައި ޝަރުޢީ ކޯޓުތައް މެދުވެރިކޮށް
ތަންފީޛުކުރެވޭނެ ފަދަ ކޮންޓްރެކްޓެއް ނޫންކަމަށް ހުށަހަޅާފައިވާ ނުކުތާއަށް ދަށުކޯޓުން ރިޢާޔަތްކުރައްވާފައި ނުވާ
ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
COCO
03- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/63 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
3.1 ފުރަތަމަ ކަމަކީ: އަހުޒީރާ އަޙުމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތައް ކުރީ އިބްރާހީމް
އިބްތިޝާމް ފަރާތުން އެދިގެންކަން ސާބިތުކުރުމަށް އަހްޒީރާ އަޙްމަދު ގެ ފަރާތުން އެއްވެސް ހެއްކެއް
ހުށަހަޅާފައިނުވާކަމަށާއި އަދި އެ ފައިސާ އަކީ އަހްޒީރާ އަޙްމަދު އާއި އިބްރާހީމް އިބްތިޝާމް ކައިވެނިކޮށްގެން
އުޅުނު އިރު ތަބައްރުޢުއެއްގެ ގޮތުން ދިން އެއްޗެއްކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން ފާހަގަކޮށްފައިވާއިރު،
ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ
(onus probandi) އަކީ، ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ
ހަމައެކަނި ދަޢުވާ ކޯޓަށް ހުށަހަޅާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ
ދިފާޢުގައި ޚަޞްމުއާ ކުރިމަތިކުރާ "ދަފްޢު" ނުވަތަ ދަޢުވާ ރައްދުވާ ފަރާތުންކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ
އެފަރާތެއްގެ މަސްއޫލިއްޔަތެއް
މަސްއޫލިއްޔަތެއްކަމާއި، ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ
(plea} ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްއެއް" ކުރާ ފަރާތްކަމަށް
855ޚި23
އެދޮނޭކަމެނެ
ހ8 9
I
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/335
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ކަނޑައަޅުއްވާފައިވާކަމާ
،
އަހުޒީރާ އަޙުމަދުގެ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާ އަކީ އެއްވެސް ކަމެއްގެ މުޤާބިލުގައި
ކޮށްފައިވާ ޚަރަދުތަކެއް ނޫންކަމަށާއި، އެ ޚަރަދުތައް ކޮށްފައިވަނީ ދެމީހުން ކައިވެނިކޮށްގެން އުޅުނު އިރު
ތަބައްރުޢުއެއްގެ ގޮތުންކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން ބުނެފައިވާ ބުނުމަކީ، އަހުޒީރާ އަޙުމަދު ގެ
ފަރާތުން ދަޢުވާކޮށްފައިވާ ފައިސާ އޭނާ އެފަދައިން ޚަރަދު ކޮށްފައިވާ ކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން
އިޢުތިރާފެއްކަމާއި، އަދި އެފަދައިން އިޢުތިރާފްވުމަށްފަހު އެފައިސާ އަނބުރާ ދޭންނުޖެހޭނެކަމަށް އިބްރާހީމް
އިބްތިޝާމް ގެ ފަރާތުން ފާހަގަކުރާ ދިފާޢު ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ އިބްރާހީމް އިބްތިޝާމްގެ މައްޗަށް
އޮތް ބުރައެއްކަން ފާހަގަކު
CCCC
2
c
އދވއވ.
3.2- ދެވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގައި އަނބިމީހާގެ ޚަރަދުބަރަދު ބަލަހައްޓާ އަނބިމީހާގެ
އެންމެހައި ޙައްޤުތަކެއް ރައްކާތެރި ކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއްކަމާއި، އޭގެ ތެރޭގައި
އަނބިމީހާ އަށް އެކަށީގެންވާގޮތުން ދިރިއުޅޭނެ ތަނެއް ދެއްކުމާއި، ފޭރާމާއި ކާބޯތަކެތި ހޯދައިދިނުމާއި،
މިނޫންވެސް އެންމެހައި ޝަރޫރީ ޚަރަދުތަކާއި، އިސްރާފަކަށްނުވާގޮތުން ކަމާލީ ޚާރަދުތައްވެސް ކުރުންކަމާއި،
އެކަމުގައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑަކީ، ތަނަވަސްކަމުގެ ވެރިޔާ، އޭނާއަށް ތަނަވަސްކަން
ލިބިގެންވާ މިންވަރަކުން ހޭދަކުރުންކަމާއި، އަދި އެމީހެއްގެ ރިޒްޤު މާތް ﷲ ދަތިކުރައްވާފައިވާ މީހާވެސް
އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރުންކަމާއި، މާތް ﷲ އެއްވެސް ނަފުސަކަށް ދެއްވާފައިވާ އެއްޗެއްގެ
މިންވަރުން މެނުވީ ތަކުލީފު ޖައްސަވާފައި ނުވާކަމާއި،
އަހުޒީރާ އަޙްމަދު އާއި އިބްރާހީމް އިބްތިޝާމް އާއި ދެމީހުން ކައިވެނިކޮށްގެން އުޅުނުއިރުއާއި އޭގެ
ކުރިން ދެމީހުންގެ ހިތްހަމަ ޖެހުމާއި އުފަލަށްޓަކައި އަހުޒީރާ އަޙުމަދުގެ ފަރާތުން ގިނަގުނަ ޚަރަދުތަކެއް
ކޮށްފައިވިޔަސް، އަހުޒީރާ އަޙުމަދު ގެ ފަރާތުން ދަޢުވާކޮށްފައިވަނީ އެއެންމެހައި ޚަރަދުތަކެއް ހޯދުމަށް ނޫންކަމާއި،
އަހުޒީރާ އަޙުމަދު ދަޢުވާ ކޮށްފައިވަނީ، އިބްރާހީމް އިބްތިޝާމްގެ މަރާމާތު ކުރުމަށާއި، އެގޭގެ
އެހެނިހެން ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
"ދިވެހިންގެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/335
މައްޗަށް
ކަންކަމަށް އަހުޒީރާ އަޙުމަދުގެ ފައިސާއިން ސީދާ ކުރެވުނު ޚަރަދު ހޯދަންކަމާއި، އެއީ -/000'175ރ.(އެއްލައްކަ
ހަތްދިހަ ފަސްހާސް ރުފިޔާ) ކަމާއި،
ޝަރުޢީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް އަހުޒީރާ އަޙުމަދު ގެ މައްޗަށް އިބްރާހީމް
އިބްތިޝާމްއަށް ޚަރަދު ކުރުން ލާޒިމްވެފައިނުވާ ހާލަތުގައި އެ ޚަރަދުތައްކުރީ އިބްރާހީމް އިބްތިޝާމްގެ އެދުމުގެ
މަތިން ނޫންކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން ބުނެފައިވީނަމަވެސް، އަހުޒީރާ އަޙުމަދުގެ ފަރާތުން އެ
ފައިސާތައް ޚަރަދުކޮށްފައިވަނީ، އެފައިސާ ޚަރަދުކުރުމުގެ ކުރިން އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ
ކަމަށާއި، އަދި އެފައިސާ ޚަރަދު ކުރުމަށްފަހު، އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އެއްބަސްވެ
އިޤްރާރުވެ ދެ ހެކީންގެ ހާޒިރުގައި އިބްރާހީމް އިބްތިޝާމް ލިޔުމެއްގައި ސޮއިކޮށްފައިވާކަމަށްބުނެ، އަހްޒީރާ
އަޙްމަދުގެ ފަރާތުން އެލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާ ކަމާއި، އެލިޔުމުގައިވާ ޢިބާރާތުގައިވަނީ، "މިއީ
އިބްރާހީމް އިބްތިޝާމް (ދރ ކާޑު A050914) ގ.ދުވަރުސާ ގެ 4 ވަނަ ފަންގިފިލާ ގެ ޚަރަދުތަކަށް އަހްޒީރާ
އަޙްމަދު (A138440) ކޮށްފައިވާ ޚަރަދުތަކަށްވާ -/000'175ރ.(އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ)
2014 ޑިސެމްބަރ 6 ގެ ކުރިން ދީ ހަލާސް ކުރާނެކަމަށްވާ އެއްބަސްވުމެކެވެ." މިފަދައިންކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/63 ޤަޟިއްޔާގައި އަހްޒީރާ
އަޙްމަދުގެ ފަރާތުން ހުށަހެޅި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
މި މައްސަލައަކީ މ. އަލްޓްރާވައިލެޓް | އަހުޒީރާ އަޙްމަދު، މ. ދުވަރުސާ | އިބްރާހީމް
އިބްތިޝާމްއާ ކައިވެނިކުރަން އުޅުނު އިރުގައާއި އަދި ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އިބްރާހީމް އިބްތިޝާމް
ފަހުން ދޭނެކަމަށް ބުނެގެން ކޮށްފައިވާ ޚަރަދުތައް ހޯދުމަށް އެދި އަހުޒީރާ އަޙްމަދުގެ ފަރާތުން ދަޢުވާކޮށްފައިވާ
މައްސަލައެއްކަމާއި، އެޚަރަދުތަކުގެ ތަފްޞީލު އަހުޒީރާ އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި،
އެއީ، ކައިވެނި ޙަފްލާގެ ކޭޓަރިންގ ޚަރަދަށް -/000'40ރ.(ސާޅީސް ހާސް ރުފިޔާ) އާއި، މެލޭޝިއާގައި
ހަނީމޫން ހޭދަކުރުމަށް -/382'32ރ.(ތިރީސް ދެހާސް ތިންސަތޭކަ އަށްޑިހަ ދެރުފިޔާ) އާއި، ދެމީހުންގެ ޓިކެޓަށް
ޚަރަދުވި -/160920ރ.(ސޯވަހާސް ނުވަސަތޭކަ ވިހި ރުފިޔާ) އާއި، ބަދިގެ ކެބިނެޓަށް ޚަރަދުވީ ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2015/HC-A/335
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
931368
/
45ރ.(ނުވަދިހަ ތިންހާސް ތިންސަތޭކަ ފަސްދޮޅަސް އަށްރުފިޔާ، ސާޅީސް ފަސްލާރި) އާއި، ބެޑްރޫމް
ސެޓާއި ފާޚާނާގެ ފިޓިންގސް އާއި ބަދިގެ ސާމާނާއި އައިސް އަލަމާރި އާއި ދޮންނަ މެޝިނާއި ކޮފީ ޓޭބަލާއި
ސޯފާ ސެޓަށް ޚަރަދުވި 631
/
55'81ރ.(އަށްޑިހަ އެއްހާސް ހަސަތޭކަ ތިރީސް އެއްރުފިޔާ، ފަންސާސް
އަދި
ފަންގިފިލާގެ ބަޔާންކުރެވުނު
ކަންކަމަށް
އިސްވެ ބަޔާންކުރެވުނު މި ޚަރަދުތަކުގެ ތެރެއިން އިބްރާހީމް އިބްތިޝާމް އަތުން އަހުޒީރާ އަޙްމަދު
ހޯދުމަށް އެދިފައިވަނީ ހަމައެކަނީ ގ.ދުވަރުސާ އެވެ ކިޔާ ގޭގެ 04 ވަނަ ފަންގިފިލާ އަށް ހޯދާފައިވާ (ބަދިގެ
ކެބިނެޓަށް ޚަރަދުވި 937368
/
45ރ އާއި، ބެޑްރޫމް ސެޓާއި ފާޚާނާގެ ފިޓިންގސް އާއި ބަދިގެ ސާމާނާއި އައިސް
އަލަމާރި އާއި ދޮންނަ މެޝިނާއި ކޮފީ ޓޭބަލާއި އަދި ސޯފާ ސެޓަށް ޚަރަދުވި 1/55 8163ރ ކަމާއި،) ތަކެއްޗަށް
ޖުމްލަވާ -/175:000 ރ.(އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ކަމާއި، ގ.ދުވަރުސާ ގެ 04 ވަނަ
އަހުޒީރާ އަޙުމަދުގެ ފަރާތުން -/000'175ރ.(އެއްލައްކަ ހަތްދިހަ
ފަސްހާސް ރުފިޔާ) ޚަރަދު ކޮށްފައިވާކަމާމެދު އިބްރާހީމް އިބްތިޝާމްގެ ފަރާތުން އިޢުތިރާޟު ކޮށްފައި ނުވާއިރު،
އަދި -/175
:
000ރ.(އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) 06 ޑިސެމްބަރ 2014 ގެ ކުރިން އަހުޒީރާ
އަޙްމަދުއަށް ޚަލާޞްކު
ދެ ހެކީންގެ ހާޒިރުގައި 06 ސެޕްޓެމްބަރ 2014 ގައި އިބްރާހީމް
އިބްތިޝާމް ލިޔުމެއްގައި ސޮއިކޮށްފައިވާކަމަށްބުނެ އެކަން ސާބިތުކޮށްދިނުމަށް އަހުޒީރާ އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ލިޔުމާމެދު އިބްރާހީމް އިބްތިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައިވެސް އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމެވެ.
8
9
4 ހދ8$
ވެދާނެކަމަށް
Could
44
2 ހއ
هއ29ނ
3.4- ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޙުކުމްކުރުމަށްޓަކައި
ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް 05 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 10:20 އަށް
ހާޒިރުވުމަށް އަންގާ، މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ އަހުޒީރާ އަޙުމަދު ގެ ބަދަލުގައި ހާޒިރުވުމަށް
ހަމަޖައްސާފައިވާ އައިނާން ޢަލީ މުޙައްމަދު (ދ. ރ.ކާޑު ނަންބަރު: A299890} އާއި މިކޯޓުގެ
ނަންބަރު 2017
/
961/B3
/
CHT-95 "ކޯޓަށް ހާޒިރުވުމުގެ 27 ސެޕްޓެމްބަރ 2017 ދުވަހުގެ
އަމުރު"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2015/HC-A/335
13:45 ގައި
ހަވާލުވެ، މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވެފައިނުވާތީ
މިޤަޟިއްޔާގައި ޙުކުމްކުރެވިފައިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/63 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް
އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ ދުވަރުސާ ކ.މާލެ، އިބްރާހީމް އިބްތިޝާމް ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތް ކަމަކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
*
• ޙުކުލް:
eyނ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/63 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ
ފަރާތުން ބަދަލުގައި ހާޒިރުވުމަށް ކަނޑައަޅާފައިވާ އައިނާން ޢަލީ މުޙައްމަދު (ދ.ރ.ކާޑު ނަންބަރު: A299890)
އަށް މިކޯޓުގެ ނަންބަރު 2017
/
961/B3
/
CHT-95 "ކޯޓަށް ހާޒިރުވުމުގެ އަމުރު" 27 ސެޕްޓެމްބަރ 2017
ދުވަހުގެ 13:45 ގައި ރައްދުކުރެވިފައިވާއިރު، މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް
ޙާޟިރުވެފައިނުވާތީ އޭނާގެ ޣައިރު ހާޒިރުގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;