ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/137 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/137
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم اقم التمر السیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
O
ޤަޟިއްޔާ ނަންބަރ: 137/HC-A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް: ހ. ވެލާނާގެ / މާލެ
މިހާރުގެ އެޑްރެސް: ހ. ވެލާނާގެ / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ ޝިފާޒް
، ދާއިމީ އެޑްރެސް: މުނީވިލާ / ށ. މިލަންދޫ
* އައި.ޑީ.ކާރޑް ނަންބަރު:320136
A
މިހާރުގެ އެޑްރެސް: މުނީވިލާ / ނ. މިލަންދޫ
ތާރީޚް: 07 މެއި 2012
ނިމުނު ތާރީޚް: 09 އޯގަސްޓް 2012
114/VTR/2011
އިސްތިއުނާފުކުރެވުނު މައްސަލަ:
* ނަންބަރ:
* ކޯޓު : ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
* ނިންމެވި ތާރީޚް: 14 ފެބްރުއަރީ 2012
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސްގެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ
2012/HC-A/137
هي في مسرح
ނިމުނު
ދަޢުވާގެ ޚުލާޞާ
24 2
114/VTR/2011
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ،
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެމައްސަލަ
އިސް
ސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ceco
މިޤާޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ށ. މިލަންދޫ، މުތީވިލާ ޢަލީ ޝިފާޒް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
114/VTR/2011
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ،
ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސަސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
.2
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/114 މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ ޢަލީ ޝިފާޒް ށ. މިލަންދޫ ސްކޫލުގެ އެސިސްޓެންޓް
އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އެވަޒީފާއިން އޭނާ 26 މެއި
2011 ގައި ވަކިކޮށްފައިވަނީ، ނޯޓިހެއް، އިންޒާރެއް، ނަސޭހަތެއް ދިނުމަކާނުލައި ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށް ކަމަށްބުނެ އޭނާގެ ގެއްލިފައިވާ ވަޒީފާ ހޯދުމަށް އެދިގެން ސިވިލް ސަރވިސް ކޮމިޝަނަށް ދަޢުވާ
ރައްދުވާ ގޮތަށް ޢަލީ ޝިފާޒު ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ ޢަލީ ޝިފާޒް ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ނ.
މިލަންދޫ ސްކޫލުގެ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުން 26 މެއި 2011 ގައި
ވަކިކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް އޭނާ ޢަމަލުކޮށްފައިވުމުން
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުންކަމަ
. ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 316471 +
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/137
کی عمری
=32
މައްސަލަ ރައްދުވި ފަރާތުން ބުނެ، އެކަން ސާބިތުކޮށްދިނުމަށް އެފަރާތުން ހުށަހެޅި ކަންކަމަށް
ނަޒަރުކުރާއިރު، ޢަލީ ޝިފާޒް ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް މައްސަލަ
ރައްދުވި ފަރާތުން ނިންމާފައިވަނީ، ށ. މިލަންދޫ ސްކޫލުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ހިސާބު
ޓެސްޓް ޕޭޕަރ ހެދުމުގައި ކޮޕީ ކުރުމުގެ ޢަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލަ،
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް އެކުލަވާލި ރިޕޯޓާއި، އެ މައްސަލައާ ގުޅިގެން ޑިޕާޓްމެންޓް
އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކުރި ތަޙްޤީޤުގެ އަލީގައި ލިބިފައިވާ މައުލޫމާތަށް ބިނާކޮށްކަން
އެނގެން އޮވެމެ، އެ ނިންމުން ބިނާކުރި ތަޙްޤީޤު ރިޕޯޓުތަކުން އޭނާ ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން
އެނގެން ނެތްއިރު، ހަމައެކަނި އެ ރިޕޯޓުތަކުގެ އަލީގައި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ
215 ވަނަ މާއްދާގެ (ނ) ގެ ދަށުން ފުރަތަމަ ފަހަރުންވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަ
ކުރާފަދަ ޢަމަލެއް މައްސަލަ ހުށަހެޅި ފަރާތުން ކުރިކަމަށް ބަލައި އޭނާއާމެދު ފިޔަވަޅު އެޅިދާނެކަމަށް
ބުރަވެވެން ނެތަތީއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ހާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް ސިވިލް ސަރވިސްގެ
ޤަވާއިދު 2010 ގެ 216 ވަނަ މާއްދާގައި ބަޔާންކުރާއިރު އެގޮތުގެ މަތިން ޢަލީ ޝިފާޒާ މެދު
ޢަމަލުކޮށްފައިނުވާތީ، ޢަލީ ޝިފާޒް ވަޒީފާއިން ވަކިކުރުމަށް ފިޔަވަޅު އަޅާފައިވަނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބުނާ މިންގަނޑާއި، ދިވެހި
ސިވިލް ސަރވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަން އެނގެން އޮތުމުން،
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތް
ޔަތްކޮށް މައްސަލަ ހުށަހެޅި ޢަލީ ޝިފާޒް ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅުއްވައި، ވަޒީފާއާ ބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް
ނަންބަރަށް ރިޢާޔަތްކޮށް،
ޢަލީ ޝިފާޒް ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި
ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، 26 މެއި 2011 އިން 14 ފެބްރުއަރީ 2012 ގެ
ނިޔަލަށް ޢަލީ ޝިފާޒަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ، 14 ޖެނުއަރީ 2012 ވަނަ
ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދީ ޚަލާސް ކުރުމަށްފަހު
އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ސިވިލް
ސަރވިސް ކޮމިޝަނަށް އަންގަވައި އަމުރުކުރައްވައިކަން އެނގެއެވެ.
22 / /
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
ކަތ ދ
4 ޤަޟިއްޔާ ނިމުނު ގޮ
و مری
2{012/HC-A/137
=32
ހި 2
24
-3
114VTR2011
ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ
ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެމައްސަލަ
އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
3ތޑ
(ހ) ފުރަތަމަ ނުކުތާއަކީ: ޢަލީ ޝިފާޒް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ
ސާބިތުކޮށްދިނުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން ޔުނިވަރސިޓީ އޮފް ކެމްބްރިޖް
އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ ރިފަރެންސް ނަންބަރު M174
/
NOV2010 (23 ޑިސެމްބަރު
2010) ސިޓީއާއި، ޔުނިވަރސިޓީ އޮފް ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ ރިފަރެންސް
ނަންބަރު M174
/
NOVEMBER2010 (24 ޖެނުއަރީ 2011) ސިޓީވެސް ހުށަހަޅާފައިވާއިރު،
އެލިޔުންތަކުގައިވާ ކަންތައްތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ޢަލީ ޝިފާޒް ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން އެނގެން
ނެތްއިރު އޭނާއާމެދު ފިޔަވަޅު އެޅިދާނެ ކަމަށް ބުރަވެވެން ނެތްކަމަށް ބުނެ، އޭނާއާމެދު އަޅާފައިވާ
އިދާރީ ފިޔަވަޅު ބާޠިލު ކުރުމަށް އަންގައި މައްސަލަ ނިންމެވިކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/114 މައްސަލަ އިސްތިއުނާފު
ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން
ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުންނާއި މިއިސްތިއުނާއީ ދަޢުވާ ރައްދުވާ ށ. މިލަންދޫ، މުތީވިލާ ޢަލީ
ޝިފާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/114 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފާހަގަކުރެވިފައިވެއެވެ.
4 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 36/1
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/137
می هرکی
ދެވެ
P
5 ޤަޟިއްޔާ ނިމުނު ގޮ
(ހ) ފުރަތަމަ ކަމަކީ: ޢަލީ ޝިފާޒަކީ މިލަންދޫ ސްކޫލުގެ އެސިސްޓެންޓް
އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުރި މީހެއްކަމާއި، އެމަޤާމަކީ އިދާރީ މަޤާމެއްކަމާއި
އެމަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވާ ވަޒީފާގެ ބަޔާނެއް
އޮންނަކަމާއި، އެބަޔާނުގައި ޢަލީ ޝިފާޒާއި މިލަންދޫ ސްކޫލުގެ ފަރާތުން 15 ސެޕްޓެމްބަރު 2009
ގައި ސޮއިކޮށްފައި އޮންނަކަން އެނގޭކަމާއި، އެހެންކަމުން މިލަންދޫ ސްކޫލުގެ އެސިސްޓެންޓް
އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު އަދާކުރުމުގައި ވަޒީފާގެ ބަޔާނުގައި ވާގޮތުގެމަތިން ޢަލީ ޝިފާޒު
ޢަމަލުކުރަންޖެހޭކަން
ހޭކަން އެނގޭއިރު، 2010 ވަނަ އަހަރު ނޮވެމްބަރު މަހުގައި ބޭއްވުނު، އައި.ޖީ.ސީ.އެސް.އީ،
ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ށ. މިލަންދޫ ސްކޫލުގައި އިންވިޖިލޭޓަރެއްގެ ގޮތުގައި ޢަލީ ޝިފާޒު
މަސައްކަތްކޮށްފައިވަނީ އެއިމްތިހާނުގައި އިންވިޖިލޭޓަރުން ހޯދުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް
އެގްޒަމިނޭޝަންސްއިން ކުރި އިޢުލާނަކާގުޅިގެން އެކަމަށްއެދި ހުށަހެޅުމުންކަމަށާއި އަދި އެމަސައްކަތް
ކުރުމުން އެމަސައްކަތުގެ އުޖޫރަވެސް ލިބޭކަމަށް ޢަލީ ޝިފާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، އަދި އެކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން
އިންކާރުކޮށްފައިވެސް ނުވާކަން އެނގެން އޮންނަކަމުން އެއިމްތިހާނުގައި އިންވިޖިލޭޓަރެއްގެ ގޮތުގައި ޢަލީ
ޝިފާޒު މަސައްކަތްކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ނޫންކަން ދެފަރާތުގެ ބަހުންނާއި
މިމައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
et oo
(ށ) ދެވަނަ ކަމަކީ: ށ. މިލަންދޫ މުތީވިލާ ޢަލީ ޝިފާޒު އަދާކުރަމުން ދިޔަ ށ. މިލަންދޫ
ސްކޫލުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުން 26 މެއި 2011 ގައި
ވަކިކޮށްފައިވަނީ، ޤާނޫނުނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) ގެ 47 ވަނަ މާއްދާގެ
(ނ) ގެ 3 ގެ ދަށުން ކަމާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ
ނަންބަރު 188
/
2011
/
228/SP-22 (18 މެއި 2011)ގެ ޗިޓާއި، ނަންބަރު 2011
/
276/(18)/D-22
(18 މެއި 2011) ގެ ސިޓީއާ ހަވާލާދީކަން ޢަލީ ޝިފާޒު ވަޒީފާއިން ވަކިކުރެއްވި ޗިޓް (ސިވިލް
ސަރވިސް ކޮމިޝަނުގެ ނަންބަރު 2011
/
1158/CSC(2) (26 މެއި 2011) އަށް ބެލުމުން
އެނގޭކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 188
/
2011
/
228/SP-22 (18 މެއި
2011) ގެ ޗިޓުގައި ޢަލީ ޝިފާޒު ވަޒީފާއިން ވަކިކުރުމަށް ބޭނުންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ،
ކޭމްބްރިޖް އޯލެވެލް އިމްތިހާނުގެ ޓެސްޓް ޕޭޕަރ ހަދަމުން ދިޔަ ވަގުތު ތިއްބެވި އިންވިޖިލޭޓަރުންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2{012/HC-A/137
کی عمری
ދެވެ
އެނގިގެން އެހެން އިންވިޖިލޭޓަރުންވެސް އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ޤަވާއިޔާޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު 1
އަދާކުރެވިފައިނުވާތީއާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާތީ ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދު 2010 ގެ 24 ވަނަ ޗެޕްޓަރުގެ 215 ވަނަ މާއްދާގެ (ނ) ގެ ދަށުން އޭނާ
ވަޒީފާއިން ވަކިކުރަން ހުށަހަޅާކަމަށްކަން އެނގޭކަމާއި، އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު
2011
/
276/(18)/D-22 (18 މެއި 2011) ގެ ސިޓީގައި ވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރުންގެ
ހިސާބު ޓެސްޓް ކުރިއަށް ގެންދިޔަ ގަޑީގައި ކޮޕީކުރުމުގެ ޢަމަލު ހިންގާފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށް
ކޭމްބްރިޖުން ވިދާޅުވެފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަޙްޤީޤު ރިޕޯޓު
އެސިޓީއާއެކު ފޮނުވާކަމަށާއި، އެމައްސަލާގައި އެވަގުތު ހޯލު ބަލަހައްޓަވަން ތިއްބެވި އިންވިޖިލޭޓަރ ޢަލީ
ޝިފާޒާ އަދި އިތުރު ދެ އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތަށް ފަރުވާ ކުޑަކުރެއްވުމުގެ ސަބަބުން
ދަރިވަރުންތަކެއްގެ މާކްސް ކޭމްބްރިޖުން ހިފަހައްޓާފައިވާތީ، އެމީހުން ކުރި ކުށުގެ ދަރަޖައަށް ބަލައި ސިވިލް
ސާރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރުމަށް ޗިޓު ހުށަހަޅާފައިވާ ވާހަކަ
ދަންނަވާކަމަށް ކަމާއި، އެސިޓީއާއެކު ފޮނުއްވި ކަމަށް ބަޔާންކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ތަޙްޤީޤު ރިޕޯޓަށް ބަލާއިރު، އެމައްސަލާގައި 50 (ފަންސާސް) މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި، އެގޮތުން
ސުވާކުކުރެވުނު ދަރިވަރުންގެ ތެރެއިން 33 (ތެއްތިރީސް) ދަރިވަރުން ތަޙްޤީޤުގައި، މެތެމެޓިކްސް
އިމްތިހާނު ބޭއްވުނު 2010 ނޮވެމްބަރު 04 ދުވަހުގެ 9:00 އިން 11:30 އަށް އިމްތިހާނު ހަދަމުން
ދަނިކޮށް އިންވިޖިލޭޓަރެއްގެ ގޮތުގައި އެދުވަހު ހަރަކާތްތެރިވި ށ. މިލަންދޫ ސަންދާ މުޙައްމަދު ނާދިމް
މޫސާ އެދަރިވަރުންގެ ކައިރިއަށްގޮސް މެތެމެޓިކްސް އިމްތިހާނުގެ އެންމެ ފަހު ސުވާލުގެ ޖަވާބު
ކިޔައިދީފައިވާ ކަމަށާއި، އަދި ބައެއް ދަރިވަރުން މުޙައްމަދު ނާޖިމް މޫސާ ބުނެފައިވާ ގޮތަށް އެދަރިވަރުން
އެސުވާލުގެ ޖަވާބު ލިޔެފައިވޭތޯ މުޙައްމަދު ނާމް މޫސާ ބެލިކަމަށާއި އަދި އެގޮތަށް ނުލިޔަނީސް
އެދަރިވަރުންގެ ކައިރިން ދުރަށްވެސް ނުދާކަމަށް ބުނެފައިވާ ކަމަށާއި، އަދި 6 (ހައެއް) ދަރިވަރަކު
އެދަރިވަރުންނަށް އެއްވެސް މީހަކު އެއްވެސް ސުވާލެއްގެ ޖަވާބު ކިޔައިދީފައިނުވާކަމަށް ބުނެފައިވާކަމަށާއި،
ސުވާލުގެ ޖަވާބު ކިޔައިނުދޭކަމަށް ބުނާ ދަރިވަރުންނަކީ މިލަންދޫ ސްކޫލުގައި ވަޒީފާއަދާކުރާ ކޮންމެވެސް
ބަޔަކާއި ތިމާގެ ކުދިންކަން ތަޙްޤީޤަށް އެނގިފައިވާކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
މިމައްސަލައިގައި ޢަލީ ޝިފާޒާ ސުވާލުކުރުމުން އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލް
އިމްތިހާނުގެ ޤަވާޢިދާއި އުޞޫލުތަކާއި ޚިލާފުވާ ގޮތަށް މަސައްކަތްކޮށްފައިނުވާނޭކަމަށާއި އަދި އޭނާއަށް
Puc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/137
ޤަޟިއްޔާ ނިމުނު "
އުޞޫލުތަކާއި ޚިލާފަށް މަސައްކަތްކޮށްފައިނުވާނެކަމަށް ބުނެފައިވާކަމަށް ބަޔާންކޮށްފައިވާކަން އެރިޕޯޓުން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ށ، މިލަންދޫ ސްކޫލުގައި ޢަލީ ޝިފާޒު އަދާކުރަމުން ދިޔަ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާއިން އޭނާ ވަކިކުރުމަށް މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ކޭމްބްރިޖް އޯލެވެލް އިމްތިހާނުގެ ޓެސްޓް
ޕޭޕަރ ހަދަމުން ދިޔަ ވަގުތު ތިއްބެވި އިންވިޖިލޭޓަރުންގެ ޒިންމާ އަދާކުރެވިފައިނުވާތީއާއި، ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާތީ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 24
ވަނަ ޗެޕްޓަރުގެ 215 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަން އެނގޭކަމާއި، އެމާއްދާގެ (ނ) އަކީ ވަޒީފާގެ
ކުށުގެ 3 ވަނަ ދަރަޖަ ބަޔާން ކޮށްދޭ އަކުރުކަމާއި، އެއަކުރުގެ ދަށުން ބަޔާންކޮށްފައިވާ ކުށްތަކަކީ، އެންމެ
ފުރަތަމަ ފަހަރުން ވެސް ވަޒީފާއިން ވަކިކުރެވިދާނެ ކުށްތަކެއްކަމަށް
ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެއަ
އެއަކުރުގެ
ދަށުން 17 (ސަތާރަ) ބާވަތުގެ ކުށުގެ ޢަމަލުތަކެއް ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން ޢަލީ ޝިފާޒުގެ
މައްޗަށް ތުހުމަތުކުރެވުނީ ކޮން ކުށެއްގެ ޢަމަލެއްކަން އެނގެންނެތް ކަމާއި، ޢަލީ ޝިފާޒު ވަޒީފާއިން
ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ
ދަށުންކަން ޢަލީ ޝިފާޒު ވަޒީފާއިން ވަކިކުރެއްވި ޗިޓަށް ބެލުމުން އެނގޭއިރު، ޤާނޫނުނަންބަރު 5/2007
(ދިވެހި ސިވިލް ސާރވިސް ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) އަކީ، ދިވެހި ސިވިލް ސާރވިސްގައި
ވަޒީފާއަދާކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ބަޔާންކުރާ އަކުރެއްކަން
އެނގޭކަމާއި، މިގޮތުން އެއަކުރުގެ 3 ވަނަ ނަންބަރުގައިވަނީ، މިޤާނޫނާއި، ދިވެހި ސިވިލް ސާރވިސްގެ
ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސާރވިސް ކޮމިޝަނަށް
ސާބިތުވުން، މިފަދައިން ކަމަށްވާއިރު، ޢަލީ ޝިފާޒު ޚިލާފުވެފައިވަނީ ދިވެހި ސިވިލް ސާރވިސްގެ ޤާނޫނާއި
ޤަވާޢިދާއި އަދި ދިވެހި ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގެ ކޮން މާއްދާއަކާ ކަން އެނގެން
ނެތްކަމާއި، އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމައްސަލަ ތަޙްޤީޤުކޮށް މޯލްޑިވްސް ޕޮލިސް ސާރވިސް
އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރުމަށް މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުގެ ނަންބަރު 188
/
2011228/SP-22 (18 މެއި 2011) ޗިޓުންނާއި، ނަންބަރު
2011
/
276/(18)/D-22 (18 މެއި 2011) ގެ ސިޓީން ހުށަހެޅި ހުށަހެޅުމަށް ހަވާލާދެއް
ލާދެއްވައިކަން ޢަލީ
ޝިފާޒު ވަޒީފާއިން ވަކިކުރެއްވި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2011
/
1158/CSC(2) (26
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471 *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{012/HC-A/137
8 ޤަޟިއްޔާ ނިމުނު ގޮ
މެއި 2011) ޗިޓަށް ބެލުމުން އެނގެން އޮންނައިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެމައްސަލަ
ތަޙްޤީޤުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ޢަލީ ޝިފާޒު އިންވިޖިލޭޓަރެއްގެ ގޮތުގައި އޭނާގެ
މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކޮށްފައިވާކަމެއް ބަޔާންކޮށްފައި
ނުވާކަން އެނގެން އޮންނަކަމާއި، އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކުރި ތަޙްޤީޤުގައި
އެއިމްތިހާނުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް ޢަލީ ޝިފާޒު
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ދ) ހަތަރުވަނަ ކަމަކީ ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް
ކަނޑައަޅައި އެކުލަވާލެވިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެ
ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި
ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި
އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި،
ވަޒީފާ އަދާކުރާފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން
ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް
ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ :
04
.1
އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން؛ އަދި
.2
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން ކަން އެނގެން އޮންނަކަމާއި،
2
22
224 4ތ ދ ތތ
/3ނމކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުޚުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ
ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471( *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/13
و مری
ދެވެ
042 0 2 04
އލަންޗކެއް
ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި
ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ޘަނ) ގެ (1) އަދި (2) އަށް ބެލުމުން
އެނގޭކަމާއި،
2 /
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން
ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ
ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮ
ންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމައުތަކުން ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަ
ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް ކަނޑައެޅި ބަޔާންވެގެންވާ އުޞޫލެއް ކަމާއި،
29
2 ހތ
.ރަމުނ
xoo
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތް
ކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް
އެކުލެވިފައިވާ އުޞޫލެއްކަމާއި،
އެޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ
< eco
42
2 ހ2ތ
ހހ2ނ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1331471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/137
ދެލީ
10 ޤަޟިއްޔާ ނިމުނު "
މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި
މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި
އިޖްރާޢާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޔުނިވަރސިޓީ އޮފް ކެމްބްރިޖް އިންޓަރނޭޝަނަލް
އެގްޒަމިނޭޝަންސްގެ ރިފަރެންސް ނަންބަރު M174
/
NOV2010 (23 ޑިސެމްބަރު 2016) ސިޓީއަކީ،
2010 ވަނަ އަހަރު ނޮވެމްބަރު މަހުގައި ބޭއްވުން، ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ މެތެމެޓިކްސް ޕޭޕަރު
މިލަންދޫ ސްކޫލުގައި ހެދި ދަރިވަރުން އެޕޭޕަރުގެ Q10c2 ސުވާލަށް ޖަވާބު ދީފައިވާ ގޮތުން
އެއިމްތިހާނު ހިނގަމުންދިޔައިރު އިމްތިހާނުގެ ޤަވާޢިދުތަކާއި ޚިލާފުކަންތައްތަކެއް ހިނގާފައިވާކަމަށް
ތުހުމަތުކުރެވިގެން އެކަން ހިނގާފައިވާ ގޮތެއް ބެލުމަށް ތަޙްޤީއްކުރުމަށް އަންގައި ޑިޕާޓްމަންޓް އޮފް
ޕަބްލިކް އެގްޒަމިނޭޝަންސްއަށް ފޮނުވާފައިވާ ސިޓީއެއްކަމާއި، އަދި ޔުނިވަރސިޓީ އޮފް ކެމްބްރިޖް
އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ ރިފަރެންސް ނަންބަރު M174
/
NOVEMBER2010 (24
ޖެނުއަރީ 2011) ސިޓީއަކީ، އެކަންކަން ބެލުމަށްފަހު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން
ފޮނުވި ރިޕޯޓުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުން ބަޔާންކޮށްދޭ ސިޓީއެއްކަން އެސިޓީއަށް ބެލުމުން
އެނގޭކަމާއި، އެދެސިޓީއަކީ އެއިމްތިހާނުގައި ޢަލީ ޝިފާޒު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި
އިހްމާލުވެފައިވާކަން ސާބިތުކޮށްދޭ ސިޓީތަކެއް ނޫންކަމާއި، އަދި ޢަލީ ޝިފާޒު ސިވިލް ސަރވިސްގެ
ވަޒީފާއިން ވަކިކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި
މުގައިވެސް އެދެސިޓީއަށް ހަވާލާދީފައި ނުވާކަން އެނގެން އޮންނަކަމެވެ.
2ދ 4
3
2 ބ
ހPހ1394
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2012/HC-A/13
کی عمری
ދެވެ
11 ޤަޟިއްޔާ ނިމުނު "
އެހެންކަމުން ޢަލީ ޝިފާޒު މިލަންދޫ ސްކޫލުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް
އޮފިސަރެއްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ އަދާކުރާންޖެހޭ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި
އިހްމާލުވެގެންކަމަށްނުވާތީއާއި، އަދި ޢަލީ ޝިފާޒު ވަޒީފާއިން ވަކިކުރުމުގައި އިޖްރާޢީ ގޮތުން ފުރިހަމަ
ކުރަންޖެހޭކަންކަން ފުރިހަމަކޮށްފައިނުވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/114
މައްސަލައިގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުގެ
ނުފެނުނެވެ.
04 04
09
99
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2011/VTR/114 މައްސަލައިގެ ނިންމު
ހިންމުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއްނެތްކަމަށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv