ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/220 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/220
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 220/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޒާހިރު އާދަމް
ދާއިމީ އެޑްރެސް: މ.މ.ދ ދަފްތަރު 1578
އައި.ޑީ. ކާޑު ނަންބަރު: A043491 * މިހާރުގެ އެޑްރެސް: މ. ބީޗްކޯނަރ
* ބަދަލުގައި: އޖ. އަބޫބަކުރު މުޙައްމަދު، މ. ހިޔަމަ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
، ހުށަހެޅުނު ތާރީޚް: 27 ރަޖަބް 1429
30 ޖުލައި 2008
ނިމުނު ތާރީޚް: 28 ޖުމާދަލް އޫލާ 1431
މެއި
13
2010
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/239
ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: އެގްރީމެންޓާއި ގުޅޭ
ހުށަހެޅުނުތާރީޚް: 31-01-2008
ތާރީޚް: 17-06-2008
2 0 2 0 2
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބް :
www.highcourt.gov.my ieme; [email protected] en
2
2008/HC-A/220
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 22
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2008/MC/239 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މ.މ.ދ
ދަފްތަރު 1578 ޒާހިރު އާދަމް (މ. ބީޗްކޯނަރ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ
އޮފީސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2008/MC/239 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޒާހިރު އާދަމްގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހ) އޮޑިދޯނި، ޔޮޓް، ބޯޓް ފަހަރު ބަނދެ މަރާމާތު ކުރުމާއި، އެމަސައްކަތަށް ބޭނުންވާ
ވާރކްޝޮޕާއި، އެމަސައްކަތުގައި އުޅޭމީހުން އުޅުމަށްޓަކައި، ވަގުތީ ގޮތުން ދ. ބީޗްކޯނަރ ޒާހިރު އާދަމަށް
ގުރައިދޫން ބިމެއް ކުއްޔަށް ދޫކުރުމާ ބެހޭ ގޮތުން ޒާހިރު އާދަމާއި، މާލެ އަތޮޅު ގުރައިދޫ އޮފީހާއި
ދެމެދު 1998 ސެޕްޓެމްބަރު 15 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާކަން އެނގެން
ޓ
****
134
(ނ) ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އިޝާރާތް ކުރެވުނު އެއްބަސްވުމުގެ ދަށުން
ދޫކުރެވުނު ބިން ކުއްޔަށް ދެވިފައިވަނީ އެއްބަސްވުމުގައި ސޮއި ކުރި ދުވަހުން ފެށިގެން މީލާދީ 5 (ފަހެއް)
އަހަރުގެ މުއްދަތަށްކަން އެއެއްބަސްވުމުގެ 2 ވަނަ މާއްދާއިން ރަގަޅަށް އެނގެން އޮވެއެވެ.
(ނ) 2003 ސެޕްޓެމްބަރ 15 ވަނަ ދުވަހަށް އެއެއްބަސްވުމުގެ މުއްދަތު ހަމަވުމާއިއެކު، ޒާހިރު
އާދަމާއި ގުރައިދޫ އޮފީހާއި ދެމެދު ސޮއި ކުރެވިފައިވާ އިޝާރާތް ކުރެވުނު އެއްބަސްވުން ނިމުމަކަށް
އަންނާނެ ކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/220
ބިން ކުއްޔަށް
ގުރައިދޫން ބިމެއް ކުއްޔަށް ދޫކުރުމާ ބެހޭ ގޮތުން ދެފަރާތުގެ މެދުގައި ވެވިފައިވާ
އެއްބަސްވުމުގެ ދަށުން ދެވިފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން މީލާދީ
ފަސް އަހަރު ދުވަހުގެ މުއްދަތަށްކަން އެނގެން އޮވެފައިވާ، އެމުއްދަތު 2003 ސެޕްޓެމްބަރު 14 ވަނަ
ދުވަހުގެ ނިޔަލަށް ހަމަވުމާއިއެކު، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ކ. ގުރައިދޫން ޒާހިރު
އާދަމް ކުއްޔަށް ހިފާފައިވާ ބިން ބޭނުން ކުރުމުގެ ޙައްޤު ނިމުމަކަށް އައިސް އެބިން ބޭނުންކުރުމުގެ ޙައްޤު
ނެތުމާއިއެކު، ކ. ގުރައިދޫ އޮފީހުގެ ފަރާތުން އެގޮތަކަށް ނޭދޭ ޙާލަތެއްގައި، ޒާހިރު އާދައަށް އެބިން
އިތުރަށް ބޭނުން ކުރުމުގެ ފުރުޞަތު ދިނުމަށް ޝަރީޢަތުން އަމުރު ކުރެވޭނެ ޤާނޫނީ އަދި ޝަރުއީ ހަމައެއް
ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުންނާތީ އާއި،
ކ. ގުރައިދޫން ބިމެއް ކުއްޔަށް ދިނުމަށްޓަކައި ޒާހިރު އާދަމާއި ކ. ގުރައިދޫ އޮފީހާއި ދެމެދު ސޮއި
ކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެން އޮންނާތީ، މަދަނީކޯޓުގެ ނަންބަރު
2008/MC/239 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާންޖެހޭ ސަބަބެއް އޮތްކަމަކަށް
މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން ބުނެވުނު ގޮތަށް
ހުރުމާއިއެކު، މަދަނީކޯޓްގެ ނަންބަރު 2008/MC/239 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
0x2
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އި
ޢަބްދުﷲ ޙަމީދު
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes