ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/289 ޤަޟިއްޔާގެ ޙުކުމް
1
2008HC-A/289
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 289/HC-A/2008
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ.
ދާއިމީ އެޑްރެސް: މއ. ވާދޫގެ
* މިހާރުގެ އެޑްރެސް: މއ. ވާދޫގެ
T
• އިސްތިއުނާފު ރައްދުވި ފަރާތް:
l- * ނަން: މުޙައްމަދު ރަޝީދު
އައިޑީ ކާޑު ނަންބަރ: A026966
2- * ނަން: ޢަބްދުއްރަޝީދު ޢަބްދުއްކަރީމް
* އައިޑީ ކާޑު ނަންބަރ: A126364
* ދާއިމީ އެޑްރެސް: ދ. ހަނިފަރު
މިހާރުގެ އެޑްރެސް: މ. ތިޔަރަމާގެ
ދާއިމީ އެޑްރެސް: މ. ހަނިފަރު
* މިހާރުގެ އެޑްރެސް: ލ. ތިޔަރަމާގެ
* ނިމުނު ތާރީޚް: 20 ޖުމާދުލްއާޚިރު 1434
• ހުށަހެޅުނު ތާރީޚް: 19 ޝައްވާލް 1429
19 އޮކްޓޯބަރ 2008
4
30
2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/915
ނިންމިކޯޓް: މަދަނީ ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 06 ޖޫން 2007
ނިމުނު ތާރީޚް: 22 ޖުލައި 2008
، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2008/HC-A/289
COC
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2007/MC/915 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ސީގޭޓް ދި
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދައުވާރައްދުވާ ފަރާތަކީ މ.ތިޔަރަމާގެ މުޙައްމަދު ރަޝީދު އާއި
ދ.ތިޔަރަމާގެ ޢަބްދުއްރަޝީދު ޢަބްދުލްކަރީމްއެވެ.
4 22
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު 2007/MC/915 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ރކޮށް،
2. މަދަނީކޯޓުގެ ނަންބަރު 2007/MC/915 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ
މ.ތިޔަރަމާގެ އެވެކިޔާ ބަންޑާރަ ގޯތީގައި، 04 ބުރީގެ ފައުންޑޭޝަނެއް އަޅައި، 04 ބުރި ޢިމާރާތްކޮ
ކޮމްޕްލީޓްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި،
ތިޔަރަމާގެ (މ.އަޒްމާ) މުޙައްމަދު ރަޝީދުއާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމާއި ދެމެދު 03 ޖުލައި
2005 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން، 04 ބުރި ފައުންޑޭޝަނެއް އަޅައި، 01 ޝީޓް އެޅުމަށްފަހު
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ލޯނު ލިބެންދެން މަސައްކަތް ހުއްޓާލުމަށާއި،
އަދި ލޯނުގެ ފައިސާގެ ކަންތައް ހަމަޖެހޭނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިކަމަށާއި،
ފުރަތަމަ ޝީޓްގެ ފައިސާވެސް ލިބޭނީ ލޯނު ލިބިގެންކަމަށް ގޭގެ ވެރިފަރާތުން ބުނުމުން، ފުރަތަމަ ޝީޓުގެ
ފައިސާ ލިބެންދެން މަސައްކަތް ހުއްޓާލައި، ގޭގެ ވެރިފަރާތުން ފުރަތަމަ ޝީޓުގެ މަސައްކަތުގެ ފައިސާ
ދިނުމަށް އެއްބަސްވި ތާރީޚަކީ 2005 އޯގަސްޓް މަސް ނިމުމުގެ ކުރިން ކަމަށްވާތީ، ފުރަތަމަ 01 ޝީޓުގެ
ފައިސާގެ ބިލް 2005 ސެޕްޓެމްބަރ 01 ވަނަ ދުވަހު ޙަވާލުކުރެވުނުކަމަށާއި، ނަމަވެސް
ސެޕްޓެމްބަރ މަސް ހުސްވެ ދިޔައިރުވެސް، ފުރަތަމަ ޝީޓުގެ ފައިސާގެ ބިލް ނިންމާދީފައިނުވާ އާއި
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2008HC-A/289
ސީދާ އެކުންފުންޏަށް ލޯނުގެ ފައިސާ ލިބޭގޮތް ހަދާދީފައިވެސް ނުވާކަމަށާއި، އަދި މިފައިސާ ހޯދުމަށް އެކި
ފަހަރު މަތިން ކުރި މަސައްކަތްތަކުންވެސް ފައިސާ ދައްކާފައިނުވާތީއާއި، އަދި އެކުންފުންޏަށް
އެނގުމަކާނުލައި ދެފަރާތުގެ މެދުގައި ކޮށްފައިވާ އެގްރީމެންޓް ބާޠިލްނުކޮށް، ޢިމާރާތް އެހެން ފަރާތަކަށް
ކުއްޔަށްދީ، ދެން ހުރި ބައިތައް އެހެން ފަރާތަކާއި ޙަވާލުކޮށް، އަދި އެފަރާތުން ޢިމާރާތް ހަދަމުންދާތީ، ތަފާތު
އެކި ފަހަރު މަތިން މުޙައްމަދު ރަޝީދާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އާއި ގުޅައި އެކަމަކީ
އެގްރީމެންޓުގެ 16ވަނަ މާއްދާއާއި ޚިލާފްކަމެއްކަމަށްބުނެ، ހަނދާންކޮށްދިނުމުންވެސް ޢިމާރާތް ހެދުން
ހުއްޓާލާފައިނުވާތީ، ފުރަތަމަ ޝީޓް އެޅުމަށް ކުރި ނަންބަރު 1005
/
2005-SGI އިންވޮއިސްގައިވާ
-/109,100 ރ. (އެއްލައްކަ ނުވަހާސް އެއްސަތޭކަ ރުފިޔާ) އާއި، އެގްރީމެންޓުގެ 16 ވަނަ މާއްދާގެ (ހ)
ގައި ބުނެފައިވާ ފައިސާ ނުލިބި ލަސްވާ ކޮންމެ ދުވަހަކަށް އެކުންފުންޏަށްވާ ގެއްލުމެއްގެ ގޮތުގައި ނުލިބިދާ
ފައިސާގެ %0.5 ޕަސެންޓް ނިސްބަތުން 2217 ދުވަހުގެ ޖޫރިމަނާއަށްވާ 123,828
/
50ރ. (އެއްލައްކަ
ތޭވީސްހާސް އަށްސަތޭކަ އަށާވީސް ރުފިޔާ | ފަންސާސް ލާރި) އާއި އެގްރީމެންޓުގެ 12 ވަނަ މާއްދާގެ (ށ)
ގައި ބުނެފައިވާ ޢިމާރާތުގެ ވެރިފަރާތުގެ އަމިއްލަ ބޭނުމަކަށް އެގްރީމެންޓް ބާޠިލްކުރާނަމަ ބާޠިލްކުރެވޭނީ
ކުންފުންޏަށް ގެއްލުމެއްގެ ގޮތުގައި ދައްކަންޖެހޭ -/
50,000ރ. (ފަންސާސް ހާސް ރުފިޔާ) އާއި އެކު ޖުމްލަ
282,928
/
50ރ. (ދެލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ | ފަންސާސް ލާރި) އެކީ
އެއްފަހަރާ ދިނުމަށް ފަހުގައިކަމަށްވާތީ، މިފައިސާ މުޙައްމަދު ރަޝީދުއާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމުގެ
އަތުން ހޯދުމަށާއި، އަދި އެގްރީމެންޓުގެ 16 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ފައިސާދީ
ނިމެންދެން ޢިމާރާތް ހުންނަންވާނީ އެކުންފުނީގެ ބެލުމުގެ ދަށުގައިކަމަށްވާތީ، އެ ޢިމާރާތް އެކުންފުންޏާއި
ޙަވާލުކޮށްދެއްވުމަށް ޙުކުމްކޮށްދެއްވުން އެދި، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން
މ.ތިޔަރަމާގެ މުޙައްމަދު ރަޝީދުއާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމުގެ މައްޗަށް ދައުވާކުރުމުން ބެލިފައިވާ
މައްސަލައެއްކަމާއި އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ
"ދެންފަހެ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން،
ހަނިފަރު މުޙައްމަދު
ރަޝީދާއި، ތިޔަރަމާގެ ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ މައްޗަށް ކުޅަ ދަޢުވާއަށް ޝަރީޢަތުން
ނަޡަރުކޮށް އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ބެލިއިރު، މ. ތިޔަރަމާގެ އެވެކިޔާ ބަންޑާރަ ގޯތީގައި 04
ބުރީގެ ފައުންޑޭޝަނެއް އަޅައި، 04 ބުރި ޢިމާރާތްކޮށް، ކޮމްޕްލީޓްކުރުމުގެ މަސައްކަތް ކުރުމަށް
ދެފަރާތުގެ މެދުގައި 03 ޖުލައި 2005 ގައި އެއްބަސްވުމުގެދަށުން، 04 ބުރީގެ ފައުންޑޭޝަނެއް
.
12
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2008/HC-A/289
ޢިމާރާތުގެ ފުރަތަމަ ޝީޓްއަޅައި، އެމަސައްކަތް ނިންމުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯޕަރޭޝަން ލިމިޓެޑުން ލޯނު ލިބެންދެން މަސައްކަތް ހުއްޓާލާފައިވަނިކޮށް، އެގްރިމެންޓް ބާޠިލްނުކޮށް
އެކުންފުންޏަށް އެނގުމަކާއިނުލައި، އެގްރިމެންޓުގެ 16 ވަނަ މާއްދާއާއި ޚިލާފަށް ޢިމާރާތް އެހެން ފަރާތަކަށް
ކުއްޔަށްދީ، ދެންހުރި މަސައްކަތްތައް އެހެން ފަރާތަކާ ޙަވާލުކޮށްފައިވުމުން، ޢިމާރާތުގެ ފުރަތަމަ ޝީޓް
އެޅުމަށްކުރި ނަންބަރު 1015
/
2005-SGI އިންވޮއިސްގައިވާ -/
109,100ރ. (އެއްލައްކަ ނުވަހާސް
އެއްސަތޭކަ ރުފިޔާ) އާއި، އެގްރިމެންޓުގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ފައިސާ ނުލިބި
ލަސްވާކޮންމެ ދުވަހަކަށް އެކުންފުންޏަށްވާ ގެއްލުމުގެ ގޮތުގައި ނުލިބިވާ ފައިސާގެ %0.5 ގެ ނިސްބަތުން
227 ދުވަހުގެ ޖުރުމަނާއަށްވާ 123,828
/
50ރ. (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށާވީސް
ރުފިޔާ ފަންސާސް ލާރި) އާއި، އެގްރިމެންޓްގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާގޮތަށް ޢިމާރާތުގެ
ވެރިފަރާތުގެ އަމިއްލަ ބޭނުމަކަށް އެގްރިމެންޓް ބާޠިލްކުރާނަމަ، ބާޠިލްކުރެވޭނީ ކުންފުންޏަށް ގެއްލުމުގެ
ގޮތުގައި ދައްކަންޖެހޭ -/50,000ރ. (ފަންސާސްހާސް ރުފިޔާ) އާއި، އެކު ޖުމްލަ 282,928
/
50ރ.
(ދެލައްކަ އަށްޑިހަ ދެހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ލާރި) އެކީ އެއްފަހަރާ ދިނުމަށް
ފަހުގައިކަމަށްވާތީ، މިފައިސާ ދަޢުވާލިބޭ މުޙައްމަދު ރަޝީދުއާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ އަތުން
ހޯދުމަށާއި، އަދި އެގްރިމެންޓުގެ 16 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ފައިސާދީ ނިމެންދެން
ޢިމާރާތް ހުންނަންޖެހޭނީ އެކުންފުނީގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، އެޢިމާރާތް އެކުންފުންޏާއި
ޙަވާލުކޮށްދެއްވުމަށް ޙުކުމްކޮށްދެއްވުމަށް އެދި، ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި
މިދަޢުވާގެ އަޞްލަށް އިންކާރުކޮށް، 03 ޖުލައި 2005 ގެ އެގްރިމެންޓަކީ ޢަމަލުކުރަން ފެށިފައިނުވާ، އަދި
އެއްބަސްވުމުގެ ދަށުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ އެއްބަސްވުމެއްކަމަށާއި، އަދި އެއްބަސްވުމަށް
ޢަމަލުކުރެވޭނީ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ހައުސިންގ ޑިވެލޮޕްމަންޓް
ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ލިބޭނެކަމަށް ބުނެފައިވާ ލޯނު ލިބިއްޖެނަމަ މަސައްކަތްކުރާ ފަރާތުން
މަސައްކަތުގެ ތަފްޞީލް ކޮންސަލްޓަންޓް އެޕްރޫވް ކުރުމަށް ފަހުގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯޕަރޭޝަން ލިމިޓެޑަށް އިންވޮއިސް ފޮނުވުމުންކަމަށާއި، ނަމަވެސް މިލޯނު ހޯދުމަށް އެޕްލިކޭޝަން
ހުށަހަޅާފައިވަނިކޮށް، އެދުވަސްވަރު ލޯނު ދިނުން ހުއްޓާލުމުން، ދައުވާކުރާ ފަރާތުން ހޯދުމަށް އައިފައިވާ
ފައިސާ ދޭން ނުޖެހޭނެ
ޖިހޭނެކަމަށް ބުނާއިރު، 03 ޖުލައި 2005 ގެ އެއްބަސްވުމާއި އެއްގޮތަށް
ނުވިނަމަވެސް، ޢިމާރާތުގެ ފުރަތަމަ ޝީޓު އަޅާފައިވަނީ ސީގޭޓް ދި އިންޓަރނޭ ޝުނަލް
t
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2008/HC-A/289
20/08 ( 74
8 ތ
އެއްބަސްވެފައިވާމނ
24
ލިމިޓެޑުންކަމާއި، އަދި 03 ޖުލައި 2005 ގެ އެއްބަސްވުން ހެދިފަހުންކަން ދައުވާލިބޭ ފަރާތްތަކުންވެސް
މުންނާއި، އަދި ޢިމާރާތުގެ ފުރަތަމަ ޝީޓުގެ މަސައްކަތް ކޮށްފައިވަނީ 03 ޖުލައި 2005
ގެ އެއްބަސްވުމުގެ ދަށުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންކަން ހެކިންގެ ހެކިބަހުންނާއި،
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މިމަސައްކަތުގެ އަގު އަދާކޮށްފައިވާކަން ސާބިތުކޮށް
ނުދެވޭހާ ހިނދަކު މިމަސައްކަތުގެ އަގަށް އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ އަގުކަމަށްވާ -/109,100
(އެއްލައްކަ ނުވަހާސް އެއްސަތޭކަ ރުފިޔާ) އަކީ ދައުވާލިބޭ މުޙައްމަދު ރަޝީދާއި، ޢަބްދުއްރަޝީދު
ޢަބްދުއްކަރީމް ދައުވާކުރާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާއެއްކަމުން، މިފައިސާ ދައުވާކުރާ ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި މިއަދު 22 ޖުލައި 2008 ދުވަހުން ފެށިގެން މަސްހަމަކޮށް މަހަކު 36,366
/
66ރ.
(ތިރީސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އަށްވުރެ މަދުނޫން ޢަދަދަކަށް
މަދަނީކޯޓަށް ދައްކަމުންގޮސް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ޚަލާސްކުރުމަށް
ދައުވާލިބުނު މުޙައްމަދު ރަޝީދާއި، ޢަބްދުއްރަޝީދު ޢަބްދުއްކަރީމަށް އަންގައި ޙުކުމްކޮށް، އަދި 03 ޖުލައި
2005 ގެ އެއްބަސްވުމަކީ އެމައްޗަށް ޢަމަލުކުރެވިފައިވާ އެއްބަސްވުމަކަށްނުވާތީ، އެއްބަސްވުމުގެ ދަށުން
ހޯދުމަށް އެދިފައިވާ ޖުރިމަނާގެ ފައިސާއާއި، އެހެނިހެން ބަދަލުތަކަކީ ނަގައިދެވޭނެ ބަދަލުތަކެއްނޫންކަމަށް
ކަނޑައަޅައި، އަދި އެގްރިމެންޓުގެ ދަށުން ހެދިފައިވާ "އެއްބަސްވުމުގެ އުޞޫލުތައް" މިބައިގެ 16 ވަނަ
މާއްދާގެ (ށ) ގެ ދަށުން ޢިމާރާތް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް
ދަޢުވާލިބުނު މުޙައްމަދު ރަޝީދާއި، ޢަބްދުއްރަޝީދު ޢަބްދުއްކަރީމަށް އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށް
މައްސަލަ ނިންމީއެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން
cuc
04
CCC
އެނގެއެވެ.
3. މަދަނީ ކޯޓުގެ ނަންބަރު 2007/MC/915 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ ސީޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 3
(ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
4 s
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3216471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2008/HC-A/289
ucu
ނުކުތާ.
ތިޔަރަމާގެއެވެ ކިޔާ ބަންޑާރަ ގޯތީގައި ހަތަރު ބުރީގެ ފައުންޑޭޝަނެއް އަޅައި، އަތުރުކުރީގެ 7
(ހ) ފުރަތަމަ ނުކުތާއަކީ: ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ
އެގްރީމެންޓުގެ އެއްބަސްވުމުގެ އުޞޫލުތަކުގެ 12 ވަނަ މާއްދާގެ ގައި ބުނާގޮތުގެ މަތިން މަސައްކަތުގެ
ވެރިފަރާތުގެ އަމިއްލަ ބޭނުމަށް މިއެއްބަސްވުން އުވާލާފައިވާތީ މަސައްކަތް ޙަވާލުވީ ފަރާތައްވީ ގެއްލުމުގެ
ބަދަލެއްގެ ގޮތުގައި ދޭންޖެހޭ -/50,000ރ. (ފަންސާސްހާސް ރުފިޔާ) ދޭންޖެހޭކަން ސާބިތުވެފައިވާއިރު
މިފައިސާ މިކުންފުންޏަށް ނަގާނުދީ ނިންމިނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި
(ށ) ދެވަނަ ނުކުތާއަކީ: މަސައްކަތުގެ އަގުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވާ ކޮންމެ
ދުވަހަކަށް ކުންފުންޏަށްވާ ގެއްލުމުގެ ބަދަލެއް ގޮތުގައި އެއްބަސްވުމުގެ ދަށުން ނުލިބިވާ ފައިސާގެ 0.5
ޕަސެންޓަށް (227 ދުވަހަށް) ވާ ފައިސާ ނަގައިދެވެން ނެތް ބަދަލެއް ނޫންކަމަށް ކަޑައެޅި ކަޑައެޅުމަކީ
ޢަދުލުވެރި
ކަނޑައެޅުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ގައިވާ ގޮތުން ފައިސާ
ހަމަވަންދެން
ހިން ޢިމާރާތް ހުންނަންޖެހޭނީ މަސައްކަތްކުރި ފަރާތުގެ ބެލުމުގެ ދަށުގައިކަމަށް ވިޔަސް
މިނުކުތާއާއި މެދު މިކުންފުނިން ދަޢުވާކޮށްފައިވާއިރު ޙުކުމުގައި މިޙައްޤުވެސް ކުންފުނިން ނިގުޅައިގަނެ
ޢިމާރާތް ޙަވާލުކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 މަދަނީ ކޯޓުގެ ނަންބަރު 2007/MC/915 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދެފަރާތުން، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި މައްސަލައާއި ގުޅުންހުރި ލިއުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާގެ އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2007/MC/915 ޤަޟިއްޔާގައި ހިމެނޭ މައްސަލައާއި ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު،
ޢިމާރާތެއްކޮށް ފުރިހަމަކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި މ. ތިޔަރަމާގެ މުޙައްމަދު
ފިހާ
.
ދިވެހިރާއްޖޭގެ ހައިކޯޓް،އަބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3
:
16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2008/HC-A/289
05ރންP
އެގޭ ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު
03 ޖުލައި 2005 ގައި، ނަންބަރު 1019
/
2005-SGI އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމާއި،
އިސްވެ ދެންނެވިފައިވާ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭކަމަށް އެއެއްބަސްވުމުގެ
"އެގްރީމަންޓް ފޯމު” ގެ 10 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ "އެއްބަސްވުމުގެ އުސޫލުތައް" ގެ
12 ވަނަ ނަންބަރުގެ (ހ) އަށް ބަލާއިރު، އެއްބަސްވުން އުވާލެވޭނީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ
ދެފަރާތަށް ފެނިއްޖެ ޙާލަތެއްގައިކަމާއި، މިގޮތަށް އެއްބަސްވުން އުވާލާއިރު އެއްބަސްވުމުގެ ދެފަރާތުންކުރެ
ފަރާތަކަށް އެއްބަސްވުމުގައިވާ މަސައްކަތުގެ ސަބަބުން ގެއްލުމެއް ވެއްޖެނަމަ އެއްބަސްވުން އުވާލެވޭނީ އެވީ
ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކުން އެގެއްލުމުގެ އަގު އަނެއްފަރާތަށް ދެއްކުމަށްފަހުގައިކަން
ފެކޮށްފައިވާކަމާއި އަދި ހަމަ އެނަންބަރުގެ (ށ) ގައި، މަސައްކަތުގެ ވެރިފަރާތުގެ އަމިއްލަ
ބޭނުމަކަށްޓަކައި އެއްބަސްވުން އުވާލާނަމަ، އެއްބަސްވުމުގެ ސޮއިކޮށްފައިވާ މަސައްކަތް ޙަވާލުވި ފަރާތަށްވީ
ގެއްލުމުގެ ބަދަލުގެ ގޮތުގައި -/
50,000ރ. (ފަންސާސް ހާސް ރުފިޔާ) މަސައްކަތް ޙަވާލުވި ފަރާތަށް
މަސައްކަތް ޙަވާލުކުރި ފަރާތުން ދިނުމަށްފަހު އެއްބަސްވުން އުވާލެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްވެ
ދެންނެވިފައިވާ އެއްބަސްވުމުގެ ދަށުން ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 04 ބުރި
ފައުންޑޭޝަނެއް އަޅައި، 01 ޝީޓް އެޅުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ލިމިޓެޑުން ލޯނު ލިބެންދެން މަސައްކަތް ހުއްޓާލުމަށާއި، އަދި ލޯނުގެ ފައިސާގެ ކަންތައް ހަމަޖެހޭނީ 2005
ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިކަމަށާއި، ފުރަތަމަ ޝީޓްގެ ފައިސާވެސް ލިބޭނީ ލޯނު ލިބިގެންކަމަށް
ގޭގެ ވެރިފަރާތުން ބުނުމުން، ފުރަތަމަ ޝީޓުގެ ފައިސާ ލިބެންދެން މަސައްކަތް ހުއްޓާލައި، ގޭގެ
ވެރިފަރާތުން ފުރަތަމަ ޝީޓުގެ މަސައްކަތުގެ ފައިސާ ދިނުމަށް އެއްބަސްވި ތާރީޚަކީ 2005 އޯގަސްޓް މަސް
ނިމުމުގެ ކުރިން ކަމަށްވާތީ، ފުރަތަމަ 01 ޝީޓުގެ ފައިސާގެ ބިލް 2005 ސެޕްޓެމްބަރ 01 ވަނަ ދުވަހު
ޙަވާލުކުރެވުނުކަމަށާއި، ނަމަވެސް 2005 ސެޕްޓެމްބަރ މަސް ހުސްވެ ދިޔައިރުވެސް، ފުރަތަމަ ޝީޓުގެ
ފައިސާގެ ބިލް ނިންމާދީފައިނުވާތީއާއި، އަދި ސީދާ އެކުންފުންޏަށް ލޯނުގެ ފައިސާ ލިބޭގޮތް ހަދާދީފައިވެސް
ނުވާކަމަށާއި، އަދި މިފައިސާ ހޯދުމަށް އެކި ފަހަރު މަތިން ކުރި މަސައްކަތްތަކުންވެސް ފައިސާ
ދައްކާފައިނުވާތީއާއި، އަދި އެކުންފުންޏަށް އެންގުމަކާނުލައި ދެފަރާތުގެ މެދުގައި ކޮށްފައިވާ އެގްރީމޭންޓް
OCOC
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް،އަބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2008/HC-A/289
ބާޠިލްނުކޮށް، ޢިމާރާތް އެހެން ފަރާތަކަށް ކުއްޔަށްދީ، ދެން ހުރި ބައިތައް އެހެން ފަރާތަކާއި ޙަވާލުކޮށް، އަދި
އެފަރާތުން ޢިމާރާތް ހަދަމުން ގެންގޮސްފައިވާކަމާއި،
އެހެންކަމުން، "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައި،
މަސައްކަތުގެ ވެރިފަރާތުގެ އަމިއްލަ ބޭނުމަކަށްޓަކައި އެއްބަސްވުން އުވާލާނަމަ، އެއްބަސްވުމުގެ
ސޮއިކޮށްފައިވާ، މަސައްކަތް ޙަވާލުވި ފަރާތަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/50,000ރ. (ފަންސާސް
ހާސް ރުފިޔާ) މަސައްކަތް ޙަވާލުކުރި ފަރާތުން މަސައްކަތް ޙަވާލުވި ފަރާތަށް ދިނުމަށްފަހު އެއްބަސްވުން
އުވާލެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ދައުވާކުރާ ފަރާތަށް އެންގުމަކާނުލައި ދެފަރާތުގެ މެދުގައި ކޮށްފައިވާ
އެގްރީމެންޓް ބާޠިލްނުކޮށް ދައުވާލިބޭ ފަރާތުން ޢިމާރާތް އެހެން ފަރާތަކަށް ކުއްޔަށްދީ، ދެން ހުރި ބައިތައް
ފަރާތަކާއި ޙަވާލުކޮށް، މަސައްކަތް ޙަވާލުކުރި ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅިގެން
"އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ބަދަލު
ނަގައިދެވޭނެކަން ޝަރީޢަތަށް އެނގެން އޮންނަކަން.
އފނ
(ށ) ދެވަނަ ނުކުތާ
ތިޔަރަމާގެ މުޙައްމަދު ރަޝީދު އާއި އެގޭ ޢަބްދުއްރަޝީދު
ޢަބްދުލްކަރީމްގެ ފަރާތުން ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 03 ޖުލައި 2005 ގައި
ސޮއިކުރެވިފައިވާ ނަންބަރު 1019
/
2005-SGI އެއްބަސްވުމުގެ އުސޫލުތަކުގެ 15 ވަނަ މާއްދާގައި،
އެސްޓިމޭޓްގައިވާ މަސައްކަތްތައް ނިމެމުންދާ ވަރަކަށް ނިމުނު މަސައްކަތްތަކުގެ ފައިސާ ހައުސިންގ
ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ސީގޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ފުމުގެ ބާރު މަސައްކަތުގެ ވެރިފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑަށް
ދޭންވާނެކަމާއި، އެ އެއްބަސްވުމުގެ އުސޫލުތަކުގެ 10 ވަނަ މާއްދާގައި މަސައްކަތް ފަށާނީ މަސައްކަތް
ޙަވާލުކުރި ފަރާތް، މަސައްކަތް ފަށަން އެންގުމުންކަމާއި މަސައްކަތުގެ މުއްދަތު ހިނގަން ފަށާނީ މަސައްކަތް
ފަށާދުވަހުން ފެށިގެންކަން އެނގެން އޮންނަކަމާއި،
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުން ހޯދަންޖެހޭ ލޯނު ހޯދުމުގެ
ޒިންމާ އުފުލަން ޖެހޭނީ މަސައްކަތުގެ ވެރިފަރާތްކަމުގައިވާ ތިޔަރަމާގެ މުޙައްމަދު ރަޝީދު އާއި އެގޭ
ޢަބްދުއްރަޝީދު ޢަބްދުލްކަރީމް ކަމުގައިވާތީ މަސައްކަތް ކުރުމަށް ބޭނުންވާ
ބޭނުންވާ ލޯން ހަމަނުޖައްސާ މަސައްކަތް
ފެށުމަށް މ.ތިޔަރަމާގެ މުޙައްމަދު ރަޝީދު އާއި އެގޭ ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތު
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަންގައިގެން ނުވާނެކަމާއި، އެހެންނަމަވެސް މ.ތިޔަރަމާގެ މުޙައްމަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
chee
53 ގެ
9
2008/HC-A/289
44 4
ރަޝީދު އާއި އެގޭ ޢަބްދުއްރަޝީދު ޢަބްދުލްކަރީމްގެ ފަރާތުން ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް މަސައްކަތް ފެށުމަށް ލިޔުމުން އެންގިކަން މަދަނީ ކޯޓުގެ ނަންބަރު 2007/MC/915
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، އެހެންކަމުން ސީގޭޓް ދި
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ތިޔަރަމާގެ މުޙައްމަދު ރަޝީދު އަދި އެގޭ ޢަބްދުއްރަޝީދު
ޢަބްދުލްކަރީމް އާއި ވެވުނު އެއްބަސްވުމުގެ ބޭނުމަށްޓަކައި އެއެއްބަސްވުމުގެ ދަށުން ރަސްމީކޮށް އަމަލުކުރަން
ފެށިފައި އެވަނީ މަސައްކަތް ފަށަން އެންގި ވަގުތުންކަމުން، މިއެގްރީމެންޓްއަކީ އަމަލު ނުކުރެވޭނެ
އެއްބަސްވުމެއްކަމަށް ބުނެވޭނެ ތަނެއް ނެތްކަން ހގެން އޮންނަކަން.
SGI-1019}2005
އެއް
26
(ނ) ތިންވަނަ ނުކުތާ: އިސްވެދެންނެވިފައިވާ، ނަންބަރު
އްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭކަމަށް އެއެއްބައި
އެބަސްވުމުގެ "އެގްރީމަންޓް ފޯމު" ގެ 10 ވަނަ
ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާ "އެއްބަސްވުމުގެ އުސޫލުތައް" ގެ 16 ވަނަ ނަންބަރަށް ބަލާއިރު،
15 ވަނަ ނަންބަރުގައިވާ މަސައްކަތުގެ އަގު (ނުދެވިފައިވާ ފައިސާ) އަދާނުކުރެވޭފަދަ
ޢަމަލެއް މަސައްކަތުގެ ވެރިފަރާތުން ކޮށްގެން ނުވާނެކަމަށާއި، އަދި މިފަދަ ޢަމަލެއް މަސައްކަތުގެ
ވެރިފަރާތުން ކޮށްފިނަމަ ނުލިބިވާ ފައިސާ ލިބި ހަމަވަންދެން ޢިމާރާތް ހުންނަންވާނީ މަސައްކަތްކުރާ ފަރާތުގެ
ބެލުމުގެ ދަށުގައިކަމަށާއި، އަދި މިގޮތުން ފައިސާ ނުލިބި ލަސްވާ ކޮންމެ ދުވަހަކަށް މަސައްކަތްކުރާ ފަރާތަށް
ލިބޭ ގެއްލުމުގެ ގޮތުގައި ނުލިބިވާ ފައިސާގެ 0.5 (ސުމެއް ޕޮއިންޓް ފަހެއް) އިންސައްތަ ޖޫރިމަނާގެ ގޮތުގައި
މަސައްކަތްކުރާ ފަރާތަށް މަސައްކަތުގެ ވެރިފަރާތުން ދައްކަންވާނެކަމަށް އެނަންބަރުގައި ބަޔާންކޮށްފައިވާކަމާއި،
ނަމަވެސް "އެއްބަސްވުމުގެ އުސޫލުތައް" ގެ މިދެންނެވި ނަންބަރު ފަރުމާކުރެވިފައިވާ ގޮތަށް
ބަލާއިރު، މި ނަންބަރަކީ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމަށްފަހު
ޢަމަލުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ނަންބަރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރި ފަނޑިޔާރުންނަށް
ޤަބޫލުކުރެވޭކަމާއި، އަދި، އިސްވެދެންނެވިފައިވާ ފަދައިން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، އެއްބަސްވުމުގައިވާ މަސައްކަތް ފުރިހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެނެވިފައިވަކަމާއި،
އެހެންކަމުން މިޙާލަތުގައި އެއްބަސްވުމުގެ ދަށުން މަސައްކަތް ޙަވާލުކުރި ފަރާތުން މަސައްކަތް ޙަވާލުވި
ފަރާތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާވުމަކީ، "އެއްބަސްވުމުގެ އުސޫލުތައް"
ލިތައް" ގެ 16 ވަނަ ނަންބަރުގައިވާ
ގޮތުގެމަތިން، އެއެއްބަސްވުމުގެ ދަށުން ކުރެވިފައިވާ ފުރިހަމަނުވާ ޢިމާރާތް، ސީގޭޓް
ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކުރަން ޖެހޭނެ ސަބަބެއްކަމަށް ބެލެވެން ނެތްކަން.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3216471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
10
2008/HC-A/289
Cocco
އވުމުގެ
(ށ) ހަތަރުވަނަ ނުކުތާ، މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކަފާއިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އިސްވެދެންނެވިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، މ. ތިޔަރަމާގެ އެވެކިޔުނު ބަންޑާރަ ގޯތީގައި އެއް ސީޓް ފުރިހަމަކޮށްފައިވާ އެ މަސައްކަތުގެ ޖުމްލަ
އަގަކީ -/
109,100ރ. (އެއްލައްކަ ނުވަހާސް އެއްސަތޭކަ) ރުފިޔާކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ނަންބަރު 1019
/
2005-SGI އެއްބަސްވުމު ދަށުން
ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ އަގުގެ
ތެރެއިން އެކުންފުޏަށް މިހާތަނަށް ނުލިބިވާކަމަށް އެކުންފުނިން ބުނާ -/109,100ރ. (އެއްލައްކަ ނުވަހާސް
އެއްސަތޭކަ ރުފިޔާ) އާއި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން މަސައްކަތުގެ ވެރިފަރާތުގެ އަމިއްލަ
ބޭނުމަކަށްޓަކައި އެއްބަސްވުން އުވާލާނަމަ މަސައްކަތް ޙަވާލުވި ފަރާތަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި
"އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ ނަންބަރުގެ (ށ) ގައި ކަނޑައަޅާފައިވާ -/
50,000ރ.
(ފަންސާސް ހާސް ރުފިޔާ) އަކީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަމަށް ބަލަންޖެހޭކަން.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2007/MC/915 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި، މިމައްސަލައިގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައުންޑޭޝަން އަދި ފުރަތަމަ ޝީޓްގެ މަސައްކަތުގެ އަގުގެ އިތުރުން
ވެރިފަރާތުގެ އަމިއްލަ ބޭނުމަކަށްޓަކައި އެއްބަސްވުން އުވާލުމުން މަސައްކަތް ޙަވާލުވި ފަރާތަށް ގެއްލުމުގެ
ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ދައުވާލިބޭ ފަރާތުން ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑްއަށް ދޭންޖެހޭ ބަދަލެއްކަމަށްވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
4 23,
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2008/HC-A/289
ޙުކުމް:
10
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ސީގޭޓް ދި އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާ ތިޔަރަމާގެ މުޙައްމަދު ރަޝީދު
އާއި ތިޔަރަމާގެ ޢަބްދުއްރަޝީދު ޢަބްދުލްކަރީމް އާ ދެމެދު 05 ޖުލައި 2005 ގައި ސޮއިކުރެވިފައިވާ،
ނަންބަރު 1019
/
2005-SGI އެއްބަސްވުން ވެވުނު ފަހުން ސީގޭޓް އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ފުރަތަމަ ޝީޓްގެ މަސައްކަތުގެ އަގުކަމަށްވާ -/
109,100ރ. (އެއްލައްކަ ނުވަހާސް
އެއްސަތޭކަ ރުފިޔާ) އާއި، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން
އެއްބަސްވުން ޢިމާރާތުގެ ވެރިފަރާތުން އުވާލާނަމަ
މަސައްކަތް ޙަވާލުވި ފަރާތަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި "އެއްބަސްވުމުގެ އުސޫލުތައް" ގެ 12 ވަނަ
ނަންބަރުގެ (ށ) ގައި ކަނޑައަޅާފައިވާ -/
50,000ރ. (ފަންސާސް ހާސް ރުފިޔާ) އަކީ އެކުންފުންޏަށް
ލިބެންޖެހޭ ފައިސާއެއްކަމަށް ސާބިތުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މިފައިސާ އެކުންފުންޏަށް ލިބިދިނުމަށްޓަކައި މިއަދު (30 އެޕްރީލް
2013) އިންފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެބަހަކަށްޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ
ޚަލާސްކުރުމަށް މ. ތިޔަރަމާގެ، މުޙައްމަދު ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A026966) އާއި، ޢަބްދުއްރަޝީދު ޢަބްދުލްކަރީމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A126364) އަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު 2007/MC/915 ޤަޟިއްޔާގައި ކުރައްވާފައިވާ
ބާޠިލްކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
83
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv