ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 20123/HC-A/293 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/293
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 293/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢާއިޝަތު ޙުސައިން
އައިޑީ ކާޑު ނަންބަރު: A034426
* ދާއިމީ އެޑްރެސް: މއ.ރިހިތަރި މާލެ
މިހާރުގެ އެޑްރެސް: މއ.ރިހިތަރި | މާލެ
*
އިސްތިއުނާފް ރައްދުވި ފަރާތްތައް:
ނަން: 1- މުޙައްމަދު ޙުސައިން
އައިޑީ
އ. ކާޑު ނަންބަރު: A000999
ދާއިމީ އެޑްރެސް: ފ.އިޝްރާޤް މާލެ
މިހާރުގެ އެޑްރެސް: މ.ސެރީން / މާލެ
49
ނަން: 2- އާމިނަތު ޙުސައިން
އައިޑީ ކާޑު ނަންބަރު: A034427
ދާއިމީ އެޑްރެސް: މއ.ރިހިތަރި/ މާލެ
އެޑްރެސް: މއ.ރިހިތަރި | މާލެ
ރަޖިސްޓްރީ ތާރީޚް: 24 ޛުލްޤައިދާ 1433
10 އޮކްޓޫބަރ
* ނިމުނު ތާރީޚް: 18 ޖުމާދަލްއާޚިރާ 1434
8
2012
28
2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/144
ނިންމެވި ކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: މއ.ރިހިތަރި އެވެކިޔާ ބަންޑާރަ ގޯތި ބައިކުރުން
• މައްސަލަބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
s
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/293
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/144 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މއ.ރިހިތަރި
ކ.މާލެ ޢާއިޝަތު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތްތަކަކީ، ގ.އިޝްރާޤު/ ކ.މާލެ މުޙައްމަދު ޙުސައިން އާއި،
މއ.ރިހިތަރި/ ކ.މާލެ އާމިނަތު ޙުސައިނެވެ.
އެގަކުރެވުނު ނުކުތާތައް:
01 ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/144 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މއ.ރިހިތަރި މުޙައްމަދު ޙުސައިންއާއި، ޢާއިޝަތު ޙުސައިންއާއި، އާމިނަތު
ޙުސައިން
03 (ތިނެއް) މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ
ގޯތީގެ ބިން ބައިކޮށްދިނުމަށް އެދި ބެހެނިވެރިންގެ ތެރެއިން ޢާއިޝަތު ޙުސައިން ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
404
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މއ.ރިހިތަރި/ ކ.މާލެ، ޢާއިޝަތު
ޙުސައިންއާއި، އާމިނަތު ޙުސައިންއާއި، މުޙައްމަދު ޙުސައިންއާއި ތިން މީހުންނަށް ހިބައިން ލިބިފައިވާ
މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ، ބެހެނިވެރިންގެ
މެދުގައި ބަހައި ބިން ޢައްޔަންކޮށް ދިނުމަށް އެދި ބެހެނިވެރިންކުރެ ޢާއިޝަތު ޙުސައިން ހުށައެޅި މިމައްސަލަ
ޝަރީޢަތުން ބެލިއިރު، އާއިޝަތު ޙުސައިން އެދިފައިވަނީ މުޙައްމަދު ޙުސައިންގެ އެހެން ގޯއްޗެއް އޮތުމުން
އޭނާއަށް ބިމުން ނުދީ، ބުނެވިދިޔަ ގޯތި ތިންބައި ކުރުމުގެ ބަދަލުގައި ދެބައިކޮށް، އެދެބައި ޢާއިޝަތު
ޙުސައިންއާއި، އާމިނަތު ޙުސައިންއާއި ދެމީހުންނަށް ދެބައި ހަމަޖައްސައި، މުޙައްމަދު ޙުސައިންއަށް، ލިބެންޖެހޭ
ބައި މަގުމަގުކޮށް، ޢާއިޝަތު ޙުސައިންއާއި، އާމިނަތު ޙުސައިންއާއި ދެމީހުން މުޙައްމަދު ޙުސައިންއަށް
ލިބެންޖެހޭ ބައިގެ އަގު މުޙައްމަދު ޙުސައިނަށް ދޭގޮތަށްކަމަށް ޢާއިޝަތު ޙުސައިން ބުނެފައިވާއިރު، މުޙައްމަދު
ޙުސައިން މިކަމަށް އިންކާރު ކޮށްފައިވުމާއި، މުޙައްމަދު ޙުސައިންއަށް ލިބިގެންވާ ބައި މުޙައްމަދު ޙުސައިންގެ
މިލްކުން ކަނޑައި އެހެންމީހަކަށް ދެވޭނީ ހިބަ، ވަޞިއްޔަތުން ނުވަތަ ވިއްކުމުގެ މުޢާމަލާތަކުން ކަމާއި،
މުޙައްމަދު ޙުސައިން ރުހުނަސް ނުރުހުނަސް އެނޫން ގޮތަކަށް އެކަން ކުރެވޭނެ ހަމައެއް ނެތުމުން،
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/293
ދިވެހިރާއްޖޭގެ ހައިކޯ"
ޙުސައިން ހުށައަޅާފައިވާ ގޮތަށް މިމައްސަލާގައި ބިން ބައިކުރެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/144 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މއ.ރިހިތަރި/ ކ.މާލެ އާއިޝަތު ޙުސައިންގެ ފަރާތުން
02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މއ.ރިހިތަރި އޭކިޔާ ބަންޑާރަ ގޯތީގައި ހަދާފައިހުރި ޢިމާރާތްތަކުން
ގ.އިޝްރާޤު މުޙައްމަދު ޙުސައިނަށް ލިބިގެންވާ ބައި މުޙައްމަދު ޙުސައިންގެ މިލްކުން ކަނޑައި އެހެންމީހަކަށް
ދެވޭނީ ހިބަ، ވަޞިއްޔަތް ނުވަތަ ވިއްކުމުގެ މުޢާމަލާތަކުން ކަމަށާއި، އެނޫންގޮތަކަށް އެކަންކުރެވޭނެ ހަމައެއް
ނެތްކަމަށް ވިދާޅުވެ ޢާއިޝަތު ޙުސައިނަށާއި، އާމިނަތު ޙުސައިނަށް މއ.ރިހިތަރި އޭކިޔާ ބަންޑާރަ ގޯތީގެ
1280 އަކަފޫޓްގެ ބަންޑާރަބިން ހަމަޖެއްސެންނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/144
ޤަޟިއްޔާގައި ކުރެއްވި ޙުކުމަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 15 ވަނަ
މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ، މއ.ރިހިތަރި އޭ ކިޔާ ބަންޑާރަ ގޯތީގައި ހުރި އެންމެހައި ޢިމާރާތްތަކާއި،
ވަޅު ފަދަތަންތަން އަގުކުރުމަށްފަހު، ޢިމާރާތްތަކުގެ އަގު 3 ބަޔަށްބަހައި، ގ.އިޝްރާޤު މުޙައްމަދު ޙުސައިނަށް
ލިބެންޖެހޭ އެއްޗެއް އާމިނަތު ޙުސައިނާއި، ޢާއިޝަތު ޙުސައިންގެ ފަރާތުން މުޙައްމަދު ޙުސައިނަށް ލިބިދީ،
މއ.ރިހިތަރި އޭ ކިޔާ ގޯތީގެ ބަންޑާރަބިން ޢާއިޝަތު ޙުސައިނަށާއި، އާމިނަތު ޙުސައިނަށާއި، ދެމީހުންނަށް
ހަމަހަމަވާގޮތަށް ހަމަޖެއްސުމަށް ޢާއިޝަތު ޙުސައިންގެ ފަރާތުން މައްސަލަ ހުށަހަޅައި ޝަރީޢަތުގައި ފާހަގަކުރި
ޤާނޫނީ ސަބަބުތަކަށް ޝަރީޢަތުން އެއްވެސްގޮތަކަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
3- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/144 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މއ.ރިހިތަރި ޢާއިޝަތު ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި،
0
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވާ،
4
2012/HC-A/293
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި
ނުއުފުލޭ މުދާ، މއ. ރިހިތަރި މުޙައްމަދު ޙުސައިން އާއި، ޢާއިޝަތު ޙުސައިން އާއި އާމިނަތު ޙުސައިން މި
3 (ތިނެއް) މީހުންނަށް މިތިން މީހުންގެ ބައްޕަ މއ.ރިހިތަރި ޙުސައިން އަޙުމަދު ހިބައިން ދިނުމުން
މަދަނީކޯޓުގެ ނަންބަރު 2008/MC/2108 ޤަޟިއްޔާއިން މިތިން މީހުންނަށް އެގޯތީގެ ބަންޑާރަ ބިން
ހަމަހަމައަށް އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މިތިން މީހުންނަށް މިލްކުވެފައިވާކަން މި
މައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކުން އެނގެން އޮތުމުން މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ
އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މުޙައްމަދު ޙުސައިން އަށްވެސް ތިން ބައިކުޅަ އެއްބައި މިހާރު
މިލްކުވެގެން ގޮސްފައިވާ ގޯއްޗެއްކަމާއި، މަދަނީކޯޓުގެ ނަންބަރު 2008/MC/2108 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ އެޙުކުމް އިސްތިއުނާފު ކުރެވި އެޙުކުމަށް މިހާތަނަށް ބަދަލެއް ގެނެވިފައިވާ ޙުކުމެއް
ނޫންކަމުން އެޙުކުމް އެގޮތުގައި މިހާތަނަށްވެސް ދެމިއޮތް ކަން އެނގޭކަމެވެ.
0
3
އެ
ދެވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/144
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލައިގެ ދަޢުވާ ފޯމަށް ބަލާއިރު، މި މައްސަލައަކީ
މއ.ރިހިތަރި ޙުސައިން އަޙުމަދު ގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ މއ.ރިހިތަރި އެވެ ކިޔާ ބަންޑަރަ
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން، ޙުސައިން އަޙުމަދުގެ ތިބި
ކުދިންކަމަށްވާ މުޙައްމަދު ޙުސައިން އާއި، ޢާއިޝަތު ޙުސައިން އާއި، އާމިނަތު ޙުސައިނަށް ކުޅަ ހިބައަކުން
3 ކުދިންނަށް ބަދަލުވެފައިވާތީ، މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިންބައިކުރުމަށް އެދި ޙުސައިން
އަޙުމަދުގެ ދަރިންގެ ތެރެއިން ޢާއިޝަތު ޙުސައިން ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގެން އޮތް އިރު،
މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކުރުމަށް ޢާއިޝަތު ޙުސައިން ގެ ފަރާތުން އެދޭ ގޮތަކީ
މއ.ރިހިތަރިއެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން އަގުކުރުމަށްފަހު،
ޢިމާރާތް ތަކުގެ އަގު ތިން ބަޔަށްބަހައި، ޢިމާރާތްތަކުގެ އަގުން މުޙައްމަދު ޙުސައިން އަށް ލިބެން ޖެހޭ އެއްޗެއް
އާމިނަތު ޙުސައިނާއި، ޢާއިޝަތު ޙުސައިންގެ ފަރާތުން މުޙައްމަދު ޙުސައިން އަށް ލިބިދީ، މި މައްސަލައާއި
އެކު ހުށަހަޅާފައިވާ ޗާޓުގައިވާ ގޮތަށް އާމިނަތު ޙުސައިނާއި، އާއިޝަތު ޙުސައިނާއި ދެމީހުންނަށް ހަމަހަމަވާ
ދިވެހިރާއްa.
ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2012/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
ގޮތަށް ހއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކޮށްދިނުންކަން އެނގޭކަމާއި، މިގޮތަށް ބިން
ބައިކުރުމާއި މެދު މުޙައްމަދު ޙުސައިންގެ ފަރާތުން އިންކާރުކުރާކަން އެނގޭކަމެވެ.
ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ
މާއްދާއަކީ، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ
ތަރިކައިގެ އުސޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކި ކޮށްދިނުމުގައި ޢަމަލު
ކުރަން ޖެހޭ އުސޫލު ކަނޑައަޅައި ބަޔާން ކޮށްފައިވާ މާއްދާއެއްކަމާއި، ޢައިޝަތު ޙުސައިންގެ ފަރާތުން ހުށަހެޅި
މައްސަލައަކީ ތަރިކައިގެ މައްސަލައެއް ނޫންކަމާއި، މި މައްސަލައަކީ އައިޝަތު ޙުސައިން ގެ ބައްޕަ ކުޅަ
ހިބައަކުން ޢައިޝަތު ހުސައިންވެސް ހިމެނޭ ގޮތުން އައިޝަތު ޙުސައިންގެ ބައްޕަގެ ތިން ދަރިންނަށް
މިލްކުވެފައިވާ މއ.ރިހިތަރި އެވެ ކިޔާ ގޯތި އެތިން ދަރިންނަށް މިލްކުވެފައިވަނިކޮށް އެގޯތި ބައިކުރުމަށް އެދި
ހުށަހެޅުނު މައްސަލައެއްކަމާއި، އެހެން ކަމުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާން
ކުރާ އުސޫލު މި މައްސަލައިގެ މައްޗަށް ތަތުބީޤު ނުކުރެވޭނެކަން އެނގެން އޮންނަކަމެވެ.
celo
etc
ހަތަރުވަނަކަމަކީ، އެއްވެސް މީހެއްގެ މިލްކުގައިވާ މުދަލެއް އޭނާގެ މިލްކުން ކަނޑާ އެހެން
މީހެއްގެ މައްޗަށް ބަދަލު ކުރެވޭނީ އެމީހެއްގެ ރުހުމުގައި ނުވަތަ ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރުލިބިގެން
ހެދޭ ޤަވާޢިދަކުން ކަނޑައަޅައި ގޮތެއްގެ މަތިން ބާރު ލިބިގެންކަމަށްވާއިރު، މުޙައްމަދު ޙުސައިން ގެ ބައްޕަ
ކުޅަ ހިބައަކުން މއ.ރިހިތަރި އެވެ ކިޔާ ބަންޑާރަ ގޯތިން މުޙައްމަދު ޙުސައިން އަށް މިލްކުވެގެން ގޮސްފައިވާ
ބައި އޭނާގެ ނުރުހުމުގައި ނިގުޅައިގަނެވޭނެ އިސްވެ ބަޔާންކުރެވުނު ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް
ޙުއްޖަތެއް މައްސަލައިގެ ތެރޭގައި ފެންނަންނެތުމުން މުޙައްމަދު ޙުސައިން އަށް ހއ.ރިހިތަރި އެވެ ކިޔާ
ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މުޙައްމަދު ޙުސައިން އަށް ލިބިފައިވާ ބައި އޭނާގެ
މިލްކުން ކަނޑައި އެހެން މީހަކަށް ދެވޭނީ ހިބަ، ވަސިއްޔަތް ނުވަތަ ވިއްކުމުގެ މުޢާމަލާތަކުން ކަމަށް
ސިވިލްކޯޓުން ނިންމަވާފައިވާ ނިންމެވުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ އަސްލަކާއި ޚިލާފުވެފައިވާ ކަމުގައި
ބެލެވެން ނެތްކަމާއި، އަދި މިމައްސަލަ ސިވިލްކޯޓުން ނިންމާފައިވަނީ ޢާއިޝަތު ޙުސައިން ގެ ފަރާތުން
ދަށުކޯޓުގައި ފާހަގަކުރި ނުކުތާތަކަށް އެއްވެސް ގޮތަކަށް ނުބަލާ ކަމުގައި ފާހަގަނުކުރެވޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް މިގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/144 ޤަޟިއްޔާ ގައި އެކޯޓުން ކުރައްވާގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/293
ޙުކުމް އިސްތިއުނާފުކުރުމަށް ހއ.ރިހިތަރި ޢާއިޝަތު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް ފެންނަން ނެތްކަމުގައެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/144 ޤަޟިއްޔާ ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހއ.ރިހިތަރި
ޢާއިޝަތު ޙުސައިންގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/144 ޤަޟިއްޔާ
ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv