ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާގެ ޙުކުމް
2007/HC-A/105
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
!
• ޤަޟިއްޔާ ނަންބަރ: 105/HC
-
A/2007
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޒައިދު މުޙައްމަދު
އައިޑީ ކާޑު ނަންބަރ: 040492
A
i
ދާއިމީ އެޑްރެސް: މއ.ގްރީންސްޓަފް!މާލެ
މިހާރުގެ އެޑްރެސް: ހ.ގްރީންގޮސްޓްމާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢާމިނަތު ވަޙީދާ
އައިޑީކާޑް ނަންބަރު: A053127
* ދާއިމީ އެޑްރެސް: ހ.ގްރީންޒެސްޓް މާލެ
މިހާރުގެ އެޑްރެސް: މއ.ގްރީންސްޓަފް
*
*
i
ރަޖިސްޓްރީ ކުރެވުނުތާރީޚް: 18 ޖުމާދަލްއޫލާ 1428
04 ޖޫން 2007
ނިމުނު ތާރީޚް: 03 ޛުލްޤައިދާ 1430
21 އޮކްޓޫބަރ 2009
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/1328 * : ނިންމެވިކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 17 އޮގަސްޓް 2006
ނިމުނު ތާރީޚް: 08 މާރޗް 2007
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.lv
2007/HC-A/05
3
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީކޯޓްގެ ނަންބަރު 2006/MC/1328 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ހ.ގްރީންގޮސްޓް ޒައިދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މއ.ގްރީންސްޓަފް އައިމިނަތު ވަޙީދާއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:-
މިއީ މަދަނީކޯޓްގެ ނަންބަރު 2006/MC/1328 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ހ. ގްރީންގޮސްޓް ޒައިދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާ ގައި މައްސަލަ ރައްދުވާ ފަރާތަކީ މއ. ގްރީންސްޓަފް އައިމިނަތު
ވަޙީދާއެވެ.
މަދަނީކޯޓްގެ ނަންބަރު 2006/MC/1328 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯރޓަށް ބެލިއިރު އެއީ މއ.ގްރީންސްޓަފް ޒައިދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
މއ.ގްރީންސްޓަފްއެވެ ކިޔާބަންޑާރަގޯތީގައި ފަތަނގުގެއާގެ މަރިޔަމް މުޙައްމަދުއާއި،
ހ.ގްރީންޑެންޓް އައިމިނަތު ވަޙީދާއާއި ދެމީހުންގެ މެދުގައި އިމާރާތެއް ހެދުމާއި ބެހޭގޮތުން ވެވިފައިވާ
އެއްބަސްވުމާއި އައިމިނަތު ވަޙީދާ ޚިލާފްވެފައިވާކަމަށް ބުނެ އެއެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި
ޒައިދު މުޙައްމަދުގެ ފަރާތުން ދަޢުވާކުރުމުން އެކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓުން އެނގެންއޮވެއެވެ.
• މަދަނީކޯޓްގެ ނަންބަރު 2006/MC/1328 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ ޒައިދު މުޙައްމަދުގެ ފަރާތުން ފަސް ސަބަބެއް ހުށަހަޅާ
އެކަންކަމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
0އ*
C
(
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2007/HC-A/l05
4
OXO
(ހ) ފުރަތަމަސަބަބަކީ، މިމައްސަލައަކީ މއ.ފަތަނގުގެއާގެ މަރިޔަމް މުޙައްމަދާއި،
ހ.ގްރީންސްޓް އައިމިނަތު ވަޙީދާއާއި ދެމެދު، މއ. ގްރީންސްޓަފްގައި އިމާރާތެއްކުރުމާއި ބެހޭގޮތުން
11 ޖެނުއަރީ 1999 ދުވަހު ވެފައިވާ އެއްބަސްވުމާއި އައިމިނަތު ވަޙީދާ ޚިލާފްވެފައިވާތީ
އެއެއްބަސްވުން ބާޠިލްކުރުމަށް ޒައިދު މުޙައްމަދު މަރިޔަމް މުޙައްމަދު ދިން ހިބައަކުން
ގްރީންސްޓަފް މިހާރު ރަޖިސްޓަރީ ކުރެވިފައިވާ ފަރާތް) ހުށަހެޅި މައްސަލައެއްކަމަށްވާއިރު، މިދެންނެވި
އެއްބަސްވުމަކީ މިހާރު ޢަމަލުކުރެވެމުންނުދާ އެއްބަސްވުމެއްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓްގެ ޙުކުމަކަށް ރިޢާޔަތްކޮށްކަމަށް ބުނާއިރު، ޙަވާލާދީފައިވާ ހައިކޯޓްގެ ޙުކުމުގައި
އެއެއްބަސްވުން ބާޠިލްވެފައިވާކަމަށް ބަޔާންކޮށްފައިނުވާކަން،
(ށ) ދެވަނަސަބަބަކީ، މިމައްސަލަ އެއެއްބަސްވުމެއްގެ މައްޗަށް ބިނާވެފައިވާ
އެއްބަސްވުން ބާޠިލްވެފައިވާކަމަށް ދަޢުވާލިބުނުފަރާތުން ބުނުމާއި ގުޅިގެން، އެބަހުގެ ޖަވާބުގައި ޒައިދު
މުޙައްމަދުގެ ފަރާތުން ހުށަހެޅި ބަޔާންތަކުގައި ތަފްޞީލުކޮށް އެވާހަކަތަކަށް ޖަވާބުދީފައިވާއިރު،
އެކަންކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވުން.
(ނ) ތިންވަނަސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ 113/HC
-
A/2003 ނަންބަރު
ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމުގައި، ޒައިދު މުޙައްމަދު އެއްބަސްވުން ބާޠިލްކުރާނަމަ ކުރެވޭނީ
އެއްބަސްވުމުގެ 07 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބަދަލު ދިނުމަށްފަހުކަމަށް ބަޔާންކޮށްފައިވާތީ،
މަދަނީކޯޓުން ބެއްލެވި މިމައްސަލައިގައިވެސް ޒައިދު މުޙައްމަދު އެދޭގޮތުގެ މަތިން އައިމިނަތު ވަޙީދާ
ގެއިންނެރެވޭނީ އެފައިސާދައްކާ ޚަލާސްކުރުމުންކަމަށް ކަނޑައެޅުއްވިއިރު، ޙަވާލާދީފައިވާ ހައިކޯޓްގެ
ޙުކުމްކުރި ދުވަހު އެއްބަސްވުމުގެ ޙާލަތާއި މިހާރުގެ ޙާލަތާއި ތަފާތުވާކަމާއި، އިސްތިއުނާފްކުރެވޭ
މައްސަލައިގައި ޒައިދު މުޙައްމަދުގެ ޝަކުވާއަކީ އައިމިނަތު ވަޙީދާ އެއްބަސްވުމާއި ޚިލާފްވެފައިވާތީ
އެއްބަސްވުން ބާޠިލްކުރުންކަމަށްވާތީ، އެއީ އެއްބަސްވުމުގެ 07 ވަނަ މާއްދާއާއި ގުޅުންހުރި
ޝަކުވާއެއްކަމަށްނުވާހިނދު، މިމައްސަލައާއި ހައިކޯޓްގެ ޙަވާލާދީފައިވާ ޙުކުމާއި ގުޅުވައިގެން މައްސަލަ
ނިންމަވާފައިވަނީ އިންސާފުވެރި ހަމައަކުންނޫންކަން.
(ރ) ހަތަރުވަނަސަބަބަކީ، މިމައްސަލައިގައި ޙަވާލާދީފައިވާ އެއްބަސްވުމާއި އައިމިނަތު
ވަޙީދާ ޚިލާފުވުމުގެގޮތުން ކޮށްފައިވާކަންކަން ޒައިދު މުޙައްމަދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމުން،
2 353
(
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2007/HC-A/ 05
5
7ހ394 8
ހުށަހެޅުމުން
OXO >
އެއެއްބަސްވުމަކީ މިހާރު ޢަމަލުނުކުރެވޭ އެއްބަސްވުމެއްކަމަށް ވިދާޅުވެ، އައިމިނަތު ވަޙީދާ
އެއްބަސްވުމާއި ޚިލާފުވެފައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައިނުވާކަން.
(ބ) ފަސްވަނަސަބަބަކީ، އެއްބަސްވުމެއްގެ މައްސަލަ ޝަރީޢަތަށް
އެއެއްބަސް ވުމުގެ ޖައުހަރީކަމެއް ބަދަލުވާކަމަށް ޝަރުޢީ ކޯޓަކުން ޙުކުމްކޮށްފައިނުވާނަމަ، ޝަރުޢީ އަދި
ޤާނޫނީ އަޞްލަކީ އެއްބަސްވުން ދެމިއޮތުންކަމަށްވީނަމަވެސް، ދެފަރާތެއްގެ މެދުގައި ވެވުނު
އެގްރިމެންޓަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅި އެމައްސަލަ ޙުކުމެއްކޮށްފިނަމަ ނުވަތަ އެމައްސަލައެއްގެ
ޙުކުމުގައި އެގްރިމެންޓަށް ދެފަރާތުން ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ބަޔާންނުކުރާހާހިނދަކު
އެގްރިމެންޓްގެ ދެފަރާތުން ޢަމަލުކުރަންޖެހޭނީ ޝަރީއަތުންކޮށްފައިވާ ޙުކުމާ އެއްގޮތަށްކަމަށް ވިދާޅުވެ،
ޝަރުޢީ އަދި ޤާނޫނީ އަޞްލާއި އުޞޫލުތަކާއި ޚިލާފަށް މިމައްސަލައިގައި ޙުކުމްކުރައްވާފައިވުން.
މަދަނީކޯޓްގެ ނަންބަރު 2001/MC/293 ޤަޟިއްޔާއަކީ މއ.ގްރީންސްޓަފް ޒައިދު
މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގްރީންސްޓަފްއެވެ ކިޔާގޯތިން އައިމިނަތު ވަޙީދާއާއި
އައިމިނަތު ފައިދާގެ ފަރާތުން އެތަނުގައި ތިބޭ ބަޔަކު ނެރެދެއްވުން އެދި އެގޯތީގެ ރަޖިސްޓްރީގެ
ވެރިފަރާތްކަމަށްވާ ޒައިދު މުޙައްމަދުގެ ފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަމާއި، އަދި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މއ.ގްރީންސްޓަފްއެވެ ކިޔާބަންޑާރަގޯއްޗަކީ ޒައިދު މުޙައްމަދުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗަކަށްވެފައި، އެގޯތީގައި ޒައިދު މުޙައްމަދުގެ ނުރުހުމުގައި
އައިމިނަތު ވަޙީދާއަށް ހުރެވެންޖެހޭ ސަބަބެއްނެތުމާއެކު، އެތަންހެދުމަށްޓަކައި ޚަރަދުވެފައިވާކަމަށް
ބުނެފައިވާ ފައިސާ އައިމިނަތު ވަޙީދާއާއި ޙަވާލު ކުރާތާ އެއްމަސްދުވަހުގެތެރޭގައި އެތަން ހުސްކުރުމަށް
އައިމިނަތު ވަހީދާއަށް އަންގަވާކަން އެނގެންއޮންނައިރު، އެޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ
ނަންބަރު 101/HC-A/2001 ޤަޟިއްޔާގައި ޒައިދު މުޙައްމަދުގެ ފަރާތުން
އިސްތިއުނާފުކޮށްދިނުންއެދި ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، މައިގަނޑުގޮތެއްގައި ޒައިދު
މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ، މއ.ގްރީންސްޓަފްއެވެ ކިޔާގޯތީގައި ހުރީ ޒައިދު
މުޙައްމަދު އިމާރާތަކަށްވެފައި، އެއިމާރާތަށް ޒައިދު މުޙައްމަދު އަގުދައްކަންޖެހުންކަމަށް ވުމާއެކުވެސް
ދިވެހިރާއްޖޭގެ ހައިކޯޓްގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ މއ. ގްރީންސްޓަފްއެވެ
ކިޔާގޯތީގައި އައިމިނަތު ވަޙީދާ ދިރިއުޅެމުން އައިސްފައިވަނީ އައިމިނަތު ވަޙީދާއާއި، އެތަނުގެ
މިލްކުވެރިކަމުގެ ޙައްޤު ޒައިދު މުޙައްމަދަށް ވުރެކުރިން ލިބިގެންވި ފަރާތާއި ދެމެދުކުރެވުނު
1.
3
2 ހދ
0ވ 4
ހައިކޯޓްގެ
892 22
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3323029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt.gOVollv
2007FIC-Aft 05
6
¢ ¢
6 24
¢ ¢
COOL
އެގްރިމެންޓެއްގެ ދަށުން ކަމަށްވެފައި، އެއެގްރިމެންޓްގެ ދަށުން 09 އަހަރާއި 11 މަސްދުވަހުގެ
މުއްދަތަށް އެތަނުގައި ދިރިއުޅުމާއި އެތަނުގެ ބޭނުންހިފުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާނެތީއާއި،
އެއެގްރިމެންޓްގެ ދަށުން އައިމިނަތު ވަޙީދާ ހަދާ އިމާރާތުން އައިމިނަތު ވަޙީދު ނެރެވޭނީ އެތަނުގައި
އިމާރާތެއް ހެދުމަށް އައިމިނަތު ވަޙީދާ
އައިމިނަތު ވަޙީދާ ކުރާޚަރަދު ލިބިދިނުމުންކަމަށް ދެފަރާތްދެމެދު
އެއްބަސްވެވިފައިވާތީ، އެނޫންގޮތަކަށް އައިމިނަތު ވަޙީދާ އެތަނުން ނެރެވޭނެތަނެއް ނެތްކަމަށްކަމާއި އަދި
ދިވެހިރާއްޖޭގެ ހައިކޯޓްގެ ބުނެވިދިޔަ ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން މއ.ގްރީންސްޓަފްއެވެ
ކިޔާގޯތީގައި އައިމިނަތު ވަޙީދާ ހަދާފައިވާ އިމާރާތުގެ އަގު އައިމިނަތު ވަޙީދާއަށް ލިބިދީ އެތަނުން
އައިމިނަތު ވަޙީދާ ނެރުމަށް އެދި ޒައިދު މުޙައްމަދު ދަޢުވާކުރި މަދަނީކޯޓްގެ ނަންބަރު
2002/MC/1427 ޤަޟިއްޔާގައި މއ.ގްރީންސްޓަފް ގައި އައިމިނަތު ވަޙީދާ ހަދާފައިވާ އިމާރާތުގެ
އަގަށްކަމަށް ޝަރުޢީ އަގުކޮމިޓީއިން އިއްތިފާޤުވެފައިވާ އަގުގެތެރެއިން އައިމިނަތު ވަޙީދާ އެތަނުގައި
ހުރި މުއްދަތުގެ ކުލި އުނިކުރުމުން ބާކީވާ މިފައިސާއަކީ ޒައިދު މުޙައްމަދުގެ ފަރާތުން އައިމިނަތު
ވަހީދާއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ޙުކުމްކުރެއްވުމާއެކުވެސް އެޤަޟިއްޔާ އިސްތިއުނާފުކުރި
ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 113/HC
-
A/2013 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ
އޭގެކުރީގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައިވާ ނަންބަރު 101/HC
-
A/2001 ޤަޟިއްޔާގައި
އެމައްސަލައާއި ގުޅިގެން ވަކިގޮތަކަށް ޙުކުމްކޮށްފައި އޮތުމާއެކު، އެނޫންގޮތަކަށް ޙުކުމްކުރެވޭނެތަނެއް
ނެތްކަމަށްކަމުގައިވާތީ، މިހާރު އިސްތިއުނާފު ކުރެވޭ މަދަނީކޯޓްގެ ނަންބަރު 2006/MC/1328
ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެމައްސަލައާއިމެދު ވަކިގޮތަކަށް ޙުކުމްކޮށްފައިވާތީ، އެޙުކުމާ
ފުށުއަރާގޮތަށް ދަށުކޯޓުން ޙުކުމެއް ނުނެރެވޭނެކަމަށާއި، އައިމިނަތު ވަޙީދާ ހަދާފައިވާ އިމާރާތުން
އައިމިނަތު ފައިދާ ނެރެވޭނީ ދެފަރާތްދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން އެއިމާރާތްކުރުމަށް
އައިމިނަތު ވަޙީދާ ޚަރަދުކޮށްފައިވާ ފައިސާ ލިބިދިނުމަށްފަހުގައިކަމަށް ދަށުކޯޓުން ޙުކުމް ކުރެއްވިއިރު
ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 101/HC
-
A/2001 ޤަޟިއްޔާއާއި 113/HC
-
A/2003
ޤަޟިއްޔާއާއި މިދެ ޤަޟިއްޔާގައިވެސް ޙުކުމްކުރެއްވުމުގައި ރިޢާޔަތްކުރައްވާފައިވަނީ އައިމިނަތު
ވަޙީދާއާއި، މަރިޔަމް މުޙައްމަދުއާއި ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަނުވެ އޭރު
އެގްރިމެންޓް ދެމިއޮތުމާއެކު އައިމިނަތު ވަޙީދާގެ ނުރުހުމުގައި އެގްރިމެންޓްގެ މުއްދަތު ހަމަވުމުގެ ކުރިން
އެއެގްރިމެންޓްގެ ދަށުން އައިމިނަތު ވަޙީދާ ހަދާފައިވާ އިމާރާތުން އައިމިނަތު ވަޙީދު ނެރެންޖެހިއްޖެނަމަ
o OXO
3
4 44
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.inv
2007/IC-A/15
1
2x 2 4
ނެރުމަނުގެ
8 0 4
އެގްރިމެންޓްގެ މުއްދަތުގެތެރޭގައި އައިމިނަތު ވަޙީދާ އެތަނުން ނެރެވޭނީ ދެފަރާތް ދެމެދު ކުރެވިފައިވާ
އެގްރިމެންޓްގެ 07 ވަނަ މާއްދާގައިވާގޮތުގެމަތިން އެއިމާރާތްކުރުމަށް އައިމިނަތު ވަޙީދާ ޚަރަދުކޮށްފައިވާ
ފައިސާ ލިބިދިނުމަށްފަހުގައިކަމާއި އަދި އެގްރިމެންޓްގެ މުއްދަތުގެތެރޭގައި އެއިމާރާތުން އައިމިނަތު ވަޙީދާ
ނެރޭނަމަ
އެދެޤަޟިއްޔާގައި ބުނެދީފައި އޮންނައޮތުމަކީ، އެގްރިމެންޓްގެ
މުއްދަތުފާއިތުވެދިއުމަށްފަހު އައިމިނަތު ވަޙީދާ އެއިމާރާތުގައި އަގަކާނުލައި ހުރުން ހުއްދަވާންޖެހޭފަދަ
ސަބަބަކަށްނުވާނެތީއާއި އަދި އެއީއަކީ އެދެފަރާތްދެމެދުގައި ކުރެވިފައިވާ އެގްރިމެންޓް ބާޠިލުވެއްޖެ
ޙާލަތެއްގައި، އޭގެފަހުންވެސް އެއިމާރާތުގައި އައިމިނަތު ވަޙީދާ ހުންނަހުރުމަށް ކުއްޔެއް ކަނޑައެޅުމަށް
ޝަރުޢީ އަދި ޤާނޫނީގޮތުންވިޔަސް ހުރަސްއެޅެންޖެހޭ ސަބަބަކަށްނުވާނެތީ، އިސްތިއުނާފުކުރެވޭ ދަށުކޯޓްގެ
ނަންބަރު 2006/MC/1328 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓްގެ ބުނެވިދިޔަ ދެ ޤަޟިއްޔާގެ
ޙުކުމަށް ރިޢާޔަތްކުރެއްވިގޮތާއި، އެޙުކުމްކޮށްފައިވާ ޙާލަތާއި، އެއްގޮތްވާކަމަކަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ނުފެނުމެވެ.
• .މިމައްސަލައާއިގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި މަދަނީކޯޓުގެ ނަންބަރު
2006/MC/1328 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ
ޒައިދު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، މއ.ގްރީންސްޓަފްއެވެ ކިޔާގޯއްޗާއި އެގޯތީގައިވާ އިމާރާތްތަކުގެ
ތެރެއިން މިދަޢުވާގައި ބުނެފައިވާ ގޯއްޗާއި، ޢިމާރާތްތަކަކީ، މއ.ފަތަނގުގެއާގެ މަރިޔަމް މުޙައްމަދުގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވަނިކޮށް މަރިޔަމް މުޙައްމަދު ކުޅަ ހިބައަކުން އެގޯތީގައިވާ އިމާރާތްތައް
މަރިޔަމް މުޙައްމަދުގެ ފިރިހެންދަރި ޒައިދު މުޙައްމަދަށް ލިބުމާއި ގުޅިގެން ދިވެހިދައުލަތުގެ ކަމާއިބެހޭ
މުއައްސަސާއިން ޒައިދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްދެއްވާފައިވާ ގޯއްޗެއްކަމާއި، އަދި
އެގޯތީގައިވާ އިމާރާތްތަކަކީ ޝަރުޢީ އަދި ޤާނޫނީގޮތުން ޒައިދު މުޙައްމަދުގެ މިލްކިއްޔާތުގެތެރޭގައި
ހިމެނޭ އިމާރާތްތަކެއްކަންވެސް މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ
މަދަނީކޯޓްގެ ނަންބަރު 2001/MC/293 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯރޓާއި، އެގޯއްޗަށް
ދ 6 ހ ދވ
24e
##
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޒޭ، ފޯން: 3325029، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2007/HC-A/105
8
2 0¢ ¢
މާލޭ މުނިސިޕަލްޓީއިން ހައްދަވާ ދެއްވާފައިވާ ނަންބަރު ބ. 12759 އިމާރާތާއި ގޯތީގެ ރަޖިސްޓްރީއިން
ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ، މއ.ގްރީންސްޓަފްއެވެ ކިޔާގޯތީގައި އައިމިނަތު ފައިދާ ދިރިއުޅެމުންދާ
އިމާރާތަކީ އެގޯއްޗާއި، އެގޯތީގައިވާ އިމާރާތްތައް ޒައިދު މުޙައްމަދަށް ހިބައިން ލިބުމުގެ ކުރިން އެގޯތީގެ
އޭރުގެ ރަޖިސްޓްރީގެ ވެރިފަރާތާއި، އައިމިނަތު ވަޙީދާއާއި ދެމެދު އެގޯތީގައި 15 ބުރީގެ އިމާރާތެއް ހަދާ
އެއިމާރާތް އައިމިނަތު ވަޙީދާއަށް 09 އަހަރާއި 11 މަސްދުވަހަށް ކުއްޔަށްދިނުމާއި ބެހޭގޮތުން 11
ޖެނުވަރީ 1999ގައި ކުރެވުނު އެގްރިމެންޓެއްގެ ދަށުން އައިމިނަތު ވަޙީދާގެ ޚަރަދުގައި ހަދަންފެށި
އިމާރާތެއްކަމާއި، އަދި 1999 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 11 ވަނަ ދުވަހު ސޮއިކުރެވުނު
އެގްރިމެންޓްގެ ދަށުން އައިމިނަތު ވަޙީދާ ހަދަންޖެހޭ 15 ބުރީގެ އިމާރާތް އެއެގްރިމެންޓްކުރިތާ (2009
ވަނަ އަހަރުގެ އޮކްޓޫބަރުމަހާ ހަމަޔަށް) 11 އަހަރާ ކައިރިކުރާ މުއްދަތެއް ފާއިތުވެގެންދިޔައިރުވެސް
އެއެގްރިމެންޓްގެ ދަށުން ހަދަންޖެހޭ 15 ބުރީގެ އިމާރާތް ހެދިފައިނުވާކަން ދެފަރާތުންމެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ، މއ.ގްރީންސްޓަފްއެވެ ކިޔާބަންޑާރަގޯތީގައި 15 ބުރީގެ
އިމާރާތެއް ހަދައިގެން އެއިމާރާތުގައި ދިރިއުޅުމުގެ ޙައްޤު އައިމިނަތު ވަހީދާއަށް ލިބިދެވިފައިވަނީ 09
އަހަރާއި 11 މަސްދުވަހުގެ މުއްދަތަށްކަން އެއިމާރާތްތަކުގެ އޭރުގެ ވެރިފަރާތާއި، އާމިނަތު ވަޙީދާއާއި
ދެމެދު 11 ޖެނުވަރީ 1999ގައި ސޮއިކުރެވިފައިވާ އެގްރިމެންޓްގެ 06 ވަނަ މާއްދާއިން
އެނގެންއޮންނައިރު، އެއެގްރިމެންޓްގައި ބުނެފައިވާ 15 ބުރީގެ އިމާރާތް އާމިނަތު ވަޙީދާގެ ޚަރަދުގައި
ފުރިހަމަކުރުމުގެ ޝަރުޠުގެ މަތިން އާމިނަތު ވަޙީދާއަށް އެގޯތީގައި ދިރިއުޅުމާއި މަންފާލިބިގަތުމަށް
ލިބިދެވިފައިވާ 19 އަހަރާއި 11 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އާމިނަތު ވަޙީދާ އެގޯތީގެ މަންފާ
ލިބިގެންފައިވާކަން އެނގެންއޮންނާތީއާއި، ޝަރީޢަތާއި ޤާނޫނުގެ ރައްކާތެރިކަމާއި، ހުރުމަތްތެރިކަން
ލިބިގެންވާ، މީސްމީހުންގެ ގެދޮރާއި، މިލްކިއްޔާތު ޝަރީޢަތާއި ޤާނޫނުހުއްދަކުރާ ސަބަބުތަކުގެތެރެއިން
ސަބަބަކާނުލައި އެތަންތަނުގެ ވެރިފަރާތުގެ ރުހުމާނުލައި ބުނެވިދިޔަ އެގްރިމެންޓްގެ ދަށުން
އިތުރުމުއްދަތަކަށް އެއިމާރާތްތައް ބޭނުންކުރުމުގެ ޙައްޤު އައިމިނަތު ވަހީދާއަށް ލިބިދެވެން ޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތުމެވެ.
{
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2007}FIC-A/105
9
42 08
(ރ) ހަތަރުވަނަކަމަކީ، މީސްމީހުންގެ މިލްކިއްޔާތު ނަހަމަގޮތުގައި ބޭނުންކުރުމާއި،
ނަހަމަ ގޮތުގައި އޭގެ މަންފާލިބިގަތުމަކީވެސް ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިގެން މަނާކުރެވިފައިވާ
ކަމަކަށްވުމާއެކު، ބުނެވިދިޔަ އިމާރާތުގައި އައިމިނަތު ވަޙީދާ ދިރިއުޅުމަށް ދެފަރާތްދެމެދު ކުރެވިފައިވާ
އެގްރިމެންޓްގައި ކަނޑައެޅި ބަޔާންވެފައިވާ މުއްދަތު ފާއިތުވެދިޔުމަށްފަހު ނުވަތަ އެއެގްރިމެންޓް
ބާޠިލުވުމަށްފަހު އެއިމާރާތުގެ ވެރިފަރާތުގެ ނުރުހުމުގައި އެއިމާރާތް ބޭނުންކުރުން ހުއްދަކުރާފަދަ ޝަރުޢީ
އަދި ޤާނޫނީވިޔަސް ހަމައެއްނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 10/HC
-
A/2001
ޤަޟިއްޔާއާއި، ނަންބަރު 113/HC
-
A/2013 ޤަޟިއްޔާގައިކޮށްފައިވާ ޙުކުމްތައްކޮށްފައިވާ ޙާލަތަށް
ރިޢާޔަތްކުރެއްވުމަކާނުލައި އެދެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން ދޭހަވާކަމަށް ވިދާޅުވެ، ކަނޑައެޅޭ
ވަކިމުއްދަތެއް ނެތްގޮތަކަށް ބުނެވިދިޔަ އިމާރާތުގެ ވެރިފަރާތުގެ ނުރުހުމުގައި އާމިނަތު ވަޙީދާއަށް
އެއިމާރާތް ބޭނުންކުރުން މަދަނީކޯޓްގެ ނަންބަރު 2006/MC/1328 ޤަޟިއްޔާގައި ހުއްދަކުރެއްވިގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 101/HC
-
A/2001
ޤަޟިއްޔާ އާއި، ނަންބަރު 113/HC
-
A/2003 ޤަޟިއްޔާއާއި މިދެޤަޟިއްޔާއަކީވެސް
މއ.ގްރީންސްޓަފްއެވެ ކިޔާގޯތީގެ މިހާރުގެ ރަޖިސްޓްރީގެ ވެރިފަރާތަށް އެގޯތި ރަޖިސްޓްރީކުރުމުގެ
ކުރިން އެގޯތި އޭރު ރަޖިސްޓްރީކުރެވިފައިވާ މަރިޔަމް މުޙައްމަދުއާއި، އައިމިނަތު ވަޙީދާއާއި ދެމެދު 11
ޖެނުވަރީ 1999 ގައި ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން 09 އަހަރާއި 11 މަސްދުވަހަށް އެގޯތީގައި
ދިރިއުޅުމަށް އައިމިނަތު ވަޙީދާއަށް ލިބިދެވިފައިވާ ޙައްޤުގެ ދަށުން އައިމިނަތު ވަޙީދާ އެގޯތީގައި )
ދިރިއުޅެމުންދަނިކޮށް އެފަރާތުން އެގްރިމެންޓާއި ޚިލާފުވެފައިވާކަމަށްބުނެ، އާމިނަތު ވަޙީދާ
އެގޯތިންނެރެދިނުންއެދި އެގޯތި ފަހުންރަޖިސްޓްރީ ކުރެވުނު ފަރާތުން އެގްރިމެންޓްގެ މުއްދަތުގެތެރޭގައި
ކޮށްފައިވާ ދަޢުވާތަކަކާއި ގުޅިގެން ކޮށްފައިވާ ޙުކުމްތަކަކަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ
މަޤްޞަދަކީ އެގޯތީގައި އައިމިނަތު ވަހީދާއަށް ދިރިއުޅުމުގެ ޙައްޤުލިބިދިން އެގްރިމެންޓްގެ
މުއްދަތުގެތެރޭގައި އައިމިނަތު ވަޙީދާ އެތަނުން ނެރޭނަމަ ނެރެވެންވާނީ ދެފަރާތުގެ ދެމެދު ކުރެވިފައިވާ
ބުނެވިދިޔަ
އެގްރިމެންޓްގެ
ވަނަ މާއްދާގައި ބުނެފައިވާގޮތުގެމަތިންކަން
ކަށަވަރުކޮށްދިނުންކަމަށްވާތީއާއި، އެއެގްރިމެންޓްގެ ދަށުން އެގޯތީގައި ދިރިއުޅުމަށް އައިމިނަތު ވަޙީދާއަށް
ލިބިފައިވާ 19 އަހަރާއި 11 މަސްދުވަހުގެ މުއްދަތު ފަހަނަޅާ ދިޔުމަށްފަހު އެގޯތީގެ ރަޖިސްޓްރީގެ
07
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: Wvww.lhighcourt.gov.mv
20{7/HC-A/I05
10
"
440 44
ވެރިފަރާތުގެ ނުރުހުމުގައި ޝަރީޢަތާއި ޤާނޫނުގެ އުޞޫލުތަކާއި ފުށުއަރާގޮތަށް އައިމިނަތު ވަޙީދާއަށް
އެގޯތީގައި ދިރިއުޅެވޭނެގޮތް ފަހިކުރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓްގެ ބުނެވިދިޔަ ދެޤަޟިއްޔާ ގައިވެސް
ގާއިމުކޮށްފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަޤްޞަދަށްނުވާތީއާއި، ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ
ސަބަބުތަކުގެތެރެއިން ސަބަބަކާނުލައި މީސްމީހުންގެ އަމިއްލަ މިލްކިއްޔާތުގެ މައްޗަށް ތަސައްރުފުކުރުން
ހުއްދަކުރެވޭފަދަގޮތަކަށް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޝަރީޢަތުގެ ފަރާތުން ކުރައްވާފައިވާ
ޙުކުމެއްވިޔަސް މާނަކުރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންގެ ނަޒަރުގައި އެއްވެސް ޙާލެއްގައި
ކުރެވިގެންވާނެކަމަކަށްނުވާތީ، ޝަރީޢަތާއި ޤާނޫނުގެ އިމުންބޭރުގައި ކުރެވޭ އެފަދަ މާނަކުރުންތަކާއި،
ތަފުސީރުތަކަށް ޤާނޫނީގޮތުން ވަޒަނެއް ލިބިދެވެންޖެހޭ ހަމައެއްއޮތްކަމަކަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުންނަށް ނުފެނެއެވެ.
(ޅ) ހަވަނަކަމަކީ، މއ. ގްރީންސްޓަފްއެވެ ކިޔާބަންޑާރަގޯތި ޒައިދު މުޙައްމަދަށް
ރަޖިސްޓްރީ ކުރުމުގެ ކުރިން އެގޯތީގެ އޭރުގެ ރަޖިސްޓްރީގެ ވެރިފަރާތާއި، އައިމިނަތު ވަޙީދާއާއި ދެމެދު
05 ބުރީގެ އިމާރާތެއް ހެދުމާއިބެހޭގޮތުން ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން އައިމިނަތު ވަޙީދާއަށް ލިބޭ
ޙައްޤަކީ އެގޯތީގައި 15 ބުރީގެ އިމާރާތެއް ހެދުމަށްފަހު އެގްރިމެންޓްގައި ވާގޮތުގެމަތިން 09 އަހަރާއި
11 މަސްދުވަހުގެ މުއްދަތަށް އެއިމާރާތުގެ މަންފާ ލިބިގަތުންކަމަށްވާއިރު، އެމުއްދަތުގައި އެއިމާރާތް
ބޭނުންކުރުމުގެ ޙައްޤު އައިމިނަތު ވަޙީދާއަށް ލިބިދެވިފައިވަނީ އެގްރިމެންޓްގެ ދަށުން އައިމިނަތު ވަޙީދާގެ
ޚަރަދުގައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެމަތިން
އައިމިނަތު ވަޙީދާ ހަދަންޖެހޭ 15 ބުރީގެ އިމާރާތުގެ ކޮންމެ ބައިކުޅަބަޔަކީ ނުވަތަ އެއިމާރާތް
ހެދުމަށްޓަކައި ޚަރަދުވާ ފައިސާއަކީ އެއެގްރިމެންޓްގެ ދަށުން އެއިމާރާތުގައި އައިމިނަތު ވަޙީދާ ހުންނަ
09 އަހަރާއި 11 މަސްދުވަހުގެ ބަދަލު ނުވަތަ ކުލިކަމަށް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން
ބެލެވިގެންކަމަށްވާތީއާއި، ދެފަރާތްދެމެދު ކުރެވިފައިވާ އެގްރިމެންޓްގައި ސޮއިކުރިތާ އަހަރެއްހާ
ދުވަހުގެތެރޭގައި އައިމިނަތު ވަޙީދާއާއި، އައިމިނަތު ވަޙީދާގެ ޢާއިލާގެ ބޭނުމަށްޓަކައި 15 ބުރިއަށް
ހަދަންޖެހޭ އިމާރާތުގެ 02 ބުރި ހަދައިގެން އެތަނުގެ ބޭނުން ހިފަމުންއައިސް އައިމިނަތު ވަޙީދާއަށް
އެއިމާރާތް ބޭނުންކުރުމަށް ދެވިފައިވާ މުއްދަތު ހަމަވެގެންދިޔައިރުވެސް އެގްރިމެންޓްގައި ބުނެފައިވާ 05
ބުރީގެ އިމާރާތް ފުރިހަމަކުރުމަށްޓަކައި އެއްވެސްކަމެއް ކޮށްފައިވާކަން އެނގެން ނެތަތީއާއި، އެއިމާރާތް
ހަދާފައިވަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތުން ހުއްދަ ދީފައިވާގޮތާއި ޚިލާފަށްކަމަށްވެފައި، އެއިމާރާތުގައި
4 6 8 2
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2007/l.IC-A/105
11
oo
83
ދިރިއުޅުމުގެ ހުއްދަ ސަރުކާރުގެ ކަމާއިބެހޭ ފަރާތުން އަދި މިހާތަނަށްވެސް ދެއްވާފައިނުވާތީއާއި، އެފަދަ
ސަބަބުތަކަށްޓަކައި އިމާރާތުގެ ވެރިފަރާތުގެ ޙައްޤުތަކަށް އައިމިނަތު ވަޙީދާގެ ފަރާތުން
ރައްކާތެރިވެފައިނުވާކަމަށް ބުނެ އެއެގްރިމެންޓް ބާޠިލުކޮށް އިމާރާތް ލިބިގަތުމުގެ ދަޢުވާ ޒައިދު
މުޙައްމަދުގެ ފަރާތުން ތަކުރާރުކޮށް ހުށަހަޅަމުން އައިސްފައިވާކަން އެނގެންއޮންނާތީއާއި، އެގްރިމެންޓްގެ
ދެބައިވެރިންގެތެރެއިން އެއްފަރާތެއްގެ ޙައްޤުތައް ނިގުޅިގެންދާއިރު، އެގްރިމެންޓްގެ ދެބައިވެރިންގެ
ޙައްޤުތައް ޙިމާޔަތްނުކުރެ
ޙިމާޔަތްނުކުރެވޭ މިފަދަ އެގްރިމެންޓެއް ޝަރީޢަތުގެ ފަރާތުން ދެމެހެއްޓުމަކީ
މަސްލަޙަތުހުރިގޮތަކަށްނުވާނެތީ، އައިމިނަތު ވަޙީދާއާއި، މަރިޔަމް މުޙައްމަދުއާއި ދެމެދު 11 ޖެނުވަރީ
1999 ގައި ކުރެވިފައިވާ އެގްރިމެންޓަކީ މިހާރު ޢަމަލުކުރެވެންނެތް އެގްރިމެންޓެއްކަމަށާއި،
އެއެގްރިމެންޓްގެ ދަށުން އައިމިނަތު ވަޙީދާއާއި ޒިއްމާތަކެއް ޝަރީޢަތުގެ ފަރާތުން
އެޅެވޭނެތަނެއްނެތްކަމަށް މަދަނީކޯޓުގެ ނަންބަރު 2006/MC/1328 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމުގައި ވިދާޅުވެ އެމައްސަލަ ނިންމެވިއިރު، އެޤަޟިއްޔާގައި ޒައިދު މުޙައްމަދުގެ ފަރާތުން
ކޮށްފައިވާ ދަޢުވާގައި 11 ޖެނުވަރީ 1999 ގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކޮށް
އެކިގޮތްގޮތުން އައިމިނަތު ވަޙީދާ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށާއި،
އެސަބަބުތަކަށްޓަކައި ދެފަރާތްދެމެދު ވެވިފައިވާ އެއްބަސްވުން ބާޠިލުކޮށް ޒައިދު މުޙައްމަދުގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ބުނެވިދިޔަ މއ.ގްރީންސްޓަފްއެވެ ކިޔާބަންޑާރަގޯތި ހުސްކޮށް ޒައިދު މުޙައްމަދާއި
ޙަވާލުކޮށްދިނުން އެދިފައިވަނިކޮށް މއ.ގްރީންސްޓަފްއެވެ ކިޔާގޯތީގެ ކުރީގެ ރަޖިސްޓްރީގެ ވެރިފަރާތާއި،
އައިމިނަތު ވަޙީދާއާއި ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން އެގޯތީގައި އައިމިނަތު ވަޙީދާއަށް
އިތުރު ބަދުލަކާއިނުލައި ދިރިއުޅުމާއި މަންފާލިބިގަތުމަށް ލިބިފައިވާ 19 އަހަރާއި 10 މަސްދުވަހުގެ
މުއްދަތު ފާއިތުވުމަށްފަހުވެސް ޒައިދު މުޙައްމަދުގެ ނުރުހުމުގައި އައިމިނަތު ވަޙީދާއަށް އެގޯތީގައި އިތުރު
ބަދަލަކާއިނުލައި ދިރިއުޅުން ހުއްދަކުރެވިދާފަދަގޮތަކަށް މަދަނީކޯޓްގެ ނަންބަރު 2006/MC/1328
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ އެޤަޟިއްޔާ ގައި ޤާއިމުކުރައްވާފައިވާ އުޞޫލުތަކާއި އަދި އެޤަޟިއްޔާގެ
ކަމަށެވެ.
ތަކުރާރުކޮށް
8 49 3
ހހ3 4
0
24
244
4
ޙުކުމަށްވެސް ބަދަލުގެންނަންޖެހން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2007/HC-A/105
12
ސީވިއްޔާ
99
އަމާ:-
¢ ¢
މއ.ގްރީންސްޓަފްއެވެ ކިޔާގޯތީގައިވާ ޢިމާރާތްތަކާއި ފަޅުފަދަ ތަންތަން މަދަނީ ކޯޓްގެ ނަންބަރު
2000/MC/1301 ޤަޟިއްޔާއިން މއ.ގްރީންގޮސްޓް ޒައިދު މުޙައްމަދަށް މިލްކުވުމާއި ގުޅިގެން
އެގޯތީގެ ބިން ޒައިދު މުޙައްމަދުގެ ނަމުގައި މާލޭ މުނިސިޕަލްޓީން ރަޖިސްޓްރީ ކޮށްދެއްވާފައިވާކަން
އެގޯއްޗަށް މާލޭ މުނިސިޕަލްޓީއިން ހައްދަވާދެއްވާފައިވާ ނަންބަރު ބ.12759 ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީން އެނގެން އޮންނާތީއާއި، މއ.ގްރީސްޓަފްއެވެ ކިޔާގޯތީގައި ހުރި ޢިމާރާތްތަކާއި ފަޅުފަދަ
ތަންތަނުން، އައިމިނަތު ވަހީދާއަށް ދިރިއުޅުމާއި މަންފާ ލިބިގަތުމުގެ ޙައްޤު ލިބިދީފައިވަނީ އެގޯތީގެ
ކުރީގެ ރަޖިސްޓްރީގެ ވެރިފަރާތާއި އައިމިނަތު ވަޙީދާއާއި ދެމެދު އައިމިނަތު ވަޙީދާގެ ޚަރަދުގައި 5
(ފަހެއް) ބުރީގެ އިމާރާތެއް ހެދުން ޝަރުޠުކުރެވުނު އެގްރިމެންޓްގެ ދަށުން ލިބިދެވިފައިވާ 9
ނުވައަހަރާއި އެގާރަ މަސްދުވަހުގެ މުއްދަތަކަށްކަން އެއެގްރިމެންޓްގެ 6 ވަނަ މާއްދާއިން އެނގެން
އޮންނައިރު، އައިމިނަތު ވަޙީދާ އެޝަރުތު ފުރިހަމަކޮށްފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން
އޮންނަކަމާއި، އަދި އެއެގްރިމެންޓްގެ ދަށުން އެއިމާރާތުގައި ދިރިއުޅުމާއި މަންފާލިބިގަތުމުގެ ޙައްޤު
ލިބިގެންވާ މުއްދަތު ފަހަނައަޅާ ގޮސްމިހާތަނަށް 11 (އެގާރަ) އަހަރާއި ކައިރިކުރާ މުއްދަތެއް
ފާއިތުވެގެން ދިޔައިރުވެސް އެޢިމާރާތުގައި ދިރިއުޅެން ފެށުމަށްޓަކާ އާމިނަތު ވާހީދާގެ ފަރާތުން
ހަދާފައިވާ ދެބުރިފިޔަވާއި އިތުރުބައެއް ހަދާފައިނުވާތީއާއި، އަދި ހަދާފައިވާ ދެބުރި ހަދާފައިވަނީވެސް
ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ދެއްވާފައިވާ ހުއްދައާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނުވާތީއާއި
11 (އެގާރަ) އަހަރާއި ކައިރިކުރާ މުއްދަތެއްގައި ޢިމާރާތުގައި އާމިނަތު ވަޙީދުގެ ފަރާތުން ދިރިއުޅެމުން }
އައިސްފައިވަނީ ގަވާއިދާއި ޚިލާފަށް އެޢިމާރާތްހެދުމުގެ ސަބަބުން އެޢިމާރާތުގައި ދިރިއުޅުމުގެ
ހުއްދަދިނުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތުން އިންކާރުކޮށްފައިވަނިކޮށް، އެހުއްދައާއި ނުލާކަން މާލޭ
މުނިސިޕަލްޓީގެ ނަންބަރު 1
/
2009
/
01-99 (05 އޮކްޓޯބަރ 2009) ގެ ސިޓީން އެނގެން
އޮންނާތީއާއި، އައިމިނަތު ވަޙީދުގެ ފަރާތުން ދެފަރާތްދެމެދު ކުރެވިފައިވާ އެގްރިމެންޓާއި ޚިލާފުވެފައިވާ
ކަމަށްބުނެ ޒައިދު މުޙައްމަދުގެ ފަރާތުން ކުރަމުން އައިސްފައިވާ ދަޢުވާއާއިމެދު ޝަރުޢީ އަދި ޤާނޫނީ
އުޞޫލު ތަކުގެމަތިން ރިޢާޔަތް ކުރެއްވުމާކާއިނުލާ، ސަރުކާރުގެ ކަމާއިބެހޭ ފަރާތުން ކަނޑައަޅާ
އުޞޫލަކާއި އެއްގޮތްވާ ގޮތުގެ މަތިން އާމިނަތު ވަހީދާ ފުރިހަމަ ކުރަންޖެހޭ ފަސްބުރި ޢިމާރާތް ފުރިހަމަ
ކުރުމުގެ ޝަރުތުގެ މަތިން، އެޢިމާރާތް ފުރިހަމަ ކުރުމުން އާމިނަތު ވަހީދާއަށް ލިބިދިނުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް
www.highcourt.gov.my emin
20{{7/HC-A/105
13
މުނު ގޮތު
OXOL
.
އެގްރިމެންޓްގައި އެއްބަސްވެވިފައިވާ މުއްދަތަށްވުރެ ދިގުމުއްދަތެއްގެ މަންފާ އެޝަރުތު ފުރިހަމަ
ކުރުމަކާއިނުލާ އާމިނަތު ވަހީދާއަށް ލިބިގަނެވޭފަދަ ގޮތަކަށް މަދަނީ ކޯޓްގެ ނަންބަރު
2006/MC/1328 ޤަޟިއްޔާގައި ޙުކުމް ކުރެއްވި ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް
ނުވާކަމަށާއި، ބުނެވިދިޔަ އެގްރިމެންޓްގެ ދަށުން އާމިނަތު ވަޙީދާއަށް ޝަރުޢީ އަދި ޤާނޫނީގޮތުން
ލިބިދެވެންޖެހޭ އިތުރު އެހެންޙައްޤެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ
ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، މއ. ގްރީންޏެސްޓް ޒައިދު މުޙައްމަދުގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ މއ.ގްރީންސްޓަފްއެވެ ކިޔާގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކުގެ މަންފާ
އެތަންތަނުގެ މިލްކުވެރި ފަރާތުގެ ނުރުހުމުގައި އާމިނަތު ވަހީދާއަށް ލިބިދެވެންޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީވިޔަސް ހަމައެއްނެތްކަމަށާއި، މއ.ގްރީންސްޓަފްއެވެ ކިޔާގޯތީގައި ހަދާފައިވާ ޢިމާރާތްތަކުން
އައިމިނަތު ވަޙީދާ ނެރެދިނުން އެދި ޒައިދު މުޙައްދުގެ ފަރާތުން ހުށަހެޅުމުން ދަށުކޯޓުން ބެލެވިފައިވާ
ޤަޟިއްޔާތަކާއި ގުޅިގެން އެދެފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ މުއްދަތުގެތެރޭގައި
ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވާ ޙާލަތަށް ރިޢާޔަތް ކުރެއްވުމަކާއިނުލާއި، މަދަނީކޯޓްގެ
ނަންބަރު 2006/MC/1328 ޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުޞޫލުތަކާއި އަދި އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅައިފީމެވެ.
ހެޓް: ޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީ ކޯޓްގެ ނަންބަރު 2006/MC/1328 ޤަޟިއްޔާ
ގައި ކުރައްވާފައިވާ ޙުކުމާއި އަދި އެޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުޞޫލުތައް ބާޠިލްވީއެވެ.
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ:
,
My end
އި
އާދަމް
ޢަލީ ޙަމީދު މުޙައްތަ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
މުޙައްމަދު އަބްދު
(ފަނޑިޔާރު)
ޓައިޕްކުރީ: ޢާއިޝަތު ނާހިދާ
ކުރީ: ޝަކީބާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251929، ފެކްސް: 6471] 33
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv