ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/52 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/52
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
.
ޤަޟިއްޔާ ނަންބަރ: 52/HC-A/2007
• ދަޢުވާކުރި ފަރާތް: ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
1- (ނަމާއި ޢާންމު ނަން)
ކާޑު ނަންބަރ:
އެޑްރެސް:
*
އައިޑީ
މިހާރުގެ އެޑްރެސް:
• ދަޢުވާލިބުނު ފަރާތް: އެޓޯލް ޑައިވިންގ ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް * މިހާރުގެ އެޑްރެސް:-
• ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް:
• ހުށަހެޅުނު ތާރީޚް: 03 ޞަފަރު 1428
21 ފެބުރުއަރީ 2007
ނިމުނު ތާރީޚް: 22 މުޙައްރަމް 1438
19 ޖެނުއަރީ 2009
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2005/MC/262 * ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 17 - 02 -
ނިމުނު ތާރީޚް: 06 - 02
2005
2007
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2007/HC-A/52
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
11
11-03:
13-12:
.ބ..
LOC
0
ފިހުރިސްތު
01- ދަޢުވާގެ ޚުލާޞާ
ޞަފްޙާ ނަންބަރ 02
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް.
04- މަޙްޝަރު ބަޔާން
04.1އިސްތިއުނާފުކުރި ފަރާތުގެ މަހުޝަރު ބަޔާންތައް:
ގޭޓްވޭ މޯލްޑިވްސް ގެފަރާތުން ދެއްކެވި ވާހަކަ:މަހު ޝަރުނަންބަރ:223ވަނަފޮތުގެ102ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ: 223ވަނަފޮތުގެ 148 ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ: 240ވަނަފޮތުގެ 89 ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ: 240ވަނަފޮތުގެ 88 ވަނަ ޞ.އިން ފެށޭ
މަހު ޝަރުނަންބަރ: 239ވަނަފޮތުގެ 224ވަނަ ޞ.އިން ފެށޭ
މަހު ސަރު ނަންބަރ:02-01 :HC
-
A
-
52_Mpg-2007
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަހުޝަރު ބަޔާންތައް:
އެޓޯލްޑައިވިންގް ޓްވާރސް ގެ ފަރާތުން ދެއްކި ވާހަކަ: މަހުޝަރުނަންބަރ:224ވަނަފޮތުގެ36ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ:229ވަނަފޮތުގެ17ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ:239ވަނަފޮތުގެ173ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ:239ވަނަފޮތުގެ175ވަނަ ޞ.އިން ފެށޭ
މަޙުޝަރުނަންބަރ:224ވަނަފޮތުގެ271ވަނަ ޞ.އިން ފެށޭ
މަޙުޝަރު ނަންބަރ:02-02 :HC
-
A
-
52 Mpg-2007
05- މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
06- ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 65
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި މެދު، ގޭޓްވޭ
މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ބެލިފައިވާ ޤަޟިއްޔާއެކެވެ.
ހުށަހެޅުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
ތައް
ޕީ87.83ޑ
COCOC
O OCC
0944 މިހާދި މި
ބެނީންކ
* ފާހަގަކުރެވުނު ނުކުތާތަ
01. މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއި މެދު، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
02- މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި، އެޓޯލް ޑައިވިންގ ޓްއާރސް
ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، އެކުންފުންޏާއި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އާއި ދެމެދު
ކޮށްފައިވާ އެގްރީމެންޓެއްގެ ދަށުން، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ރިސޯޓެއްކަމަށްވާ ބޮލިފުށި އައިލޭންޑް
ރިސޯޓުގެ ވޯޓަރ ސްޕޯޓްސް ފެސިލިޓީސް، 01 އޯގަސްޓް 1996 ދުވަހުން ފެށިގެން 05 އަހަރު ދުވަހުގެ
މުއްދަތަށް އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓީޑ އިން ކުއްޔަށް ހިފައިގެން އެރިސޯޓުގައި ޑައިވިންގ
ސްކޫލެއްގެ ޚިދުމަތް ދެމުންދަނިކޮށް، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ އިން އެގްރީމެންޓާއި ޚިލާފުވެ، އެޓޯލް
ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އިން އެރިސޯޓުގައި ހިންގަމުންއައި ޑައިވިންގް ސްކޫލުގެ ވިޔަފާރި، 14
ޖުލައި 1999 ދުވަހު ހުއްޓުވި ފަހުން، ބޮލިފުށި އައިލޭންޑް ރިސޯޓުގައި އެޓޯލް ޑައިވިންގ ޓްއާރސް
ޕީވޓ.ލޓޑ އިން ދެމުންއައި ޑައިވިންގް ސްކޫލުގެ ޚިދުމަތް ނުދެވިވާކަމަށްބުނެ، އެކަމުގެ ސަބަބުން އެޓޯލް
ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ އަށް ލިބިފައިވާ ގެއްލުމުގެ މާލީ ބަދަލު ހޯދުމުގެ މައްސަލައާއި،
ޑައިވިން ސްކޫލުގެ
ޚިދުމަތް ދިނުމަށް ވޮލިފުށި އައިލޭންޑް ރިސޯޓަށް ގެންގޮސް
ންކުރަމުންއައި ތަކެތި، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން ޤަޞްދުގައި ހަލާކު ކޮށްފައިވާކަމަށްބުނެ،
މިތަކެތީގެ ބަދަލު ހޯދުމަށް އެދި، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޭޑިއާއި، ގޭޓްވޭ
މޯލްޑިވްސް ޕވޓ.ލޓޑ އާއި ދެމެދު ކުރެވުނު އެގްރީމެންޓުގެ ދަށުން 01 އޯގަސްޓް 1996 ން ފެށިގެން 05
އަހަރު ދުވަހުގެ މުއްދަތަށް، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން ހިންގާ ބޮލިފުށި އައިލޭންޑް ރިސޯޓުގެ
(ވޯޓަރ ސްޕޯޓްސް ފެސިލިޓީސް) ޑައިވިންގް ސްކޫލް، އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ކުއްޔަށް
ދޫކޮށްފައިވަނިކޮށް 14 ޖުލައި 1999 ދުވަހުން ފެށިގެން މި ޚިދުމަތް ދިނުން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ
ގެ ފަރާތުން ހުއްޓުވުމުގެ ސަބަބުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އިން، ޑައިވިންގ ސްކޫލްގެ
ޚިދުމަތް ނުދެވި އޮތްކަން އެނގެން އޮންނަކަމާއި، އަދި އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް
އެގްރީމެންޓުގެ މުއްދަތުން 24 މަހާއި 12 ދުވަސް އެ ޚިދުމަތް ނުދެވި ގެއްލިގެން ގޮސްފައިވާކަން އެނގެން
އޮތްހިނދު، މިއެގްރީމެންޓުގެ ދަށުން ޑައިވިންގ ސްކޫލް ހިންގުނު ދުވަސްތަކުގައި ޑައިވިންގ ސްކޫލްގެ
ވިޔަފާރިން ލިބިފައިވާ ފައިސާގެ ސްޓޭޓްމަންޓް (ބޮލިފުށި އައިލޭންޑް ރިސޯޓުގެ ސްޓޭޓްމަންޓް އޮފް
0x
OOOLLO
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
OO
OU
CLC
ޙުކުމްކޮށް،
CCCX
އެކައުންޓްސް) ތަކަށް ބަލާ ރިޢާޔަތްކުރުމުން، 24 މަހާއި 17 ދުވަހަށް ބޮލިފުށި އައިލޭންޑް ރިސޯޓަށް ދޭންޖެހޭ
40
% ކެނޑުމުން ނިޞްބަތުން 881.26
421 $US (ހަތަރު ލައްކަ އެކާވީސްހާސް އަށްސަތޭކަ އަށްޑިހަ
އެކެއް ޕޮއިންޓް ދޭއް ހައެއް އެމެރިކާ ޑޮލަރ) ޖެހޭކަމާއި، މި ޢަދަދަކީ އެގްރީމެންޓާއި ގޭޓްވޭ މޯލްޑިވްސް
ޕީވޓ.ލޓޑ ގެ ފަރާތުން ޚިލާފުވުމުގެ ސަބަބުން އެގްރީމެންޓުގެ މުއްދަތުން ނުލިބިވާ ދުވަސްތަކަށް އެޓޯލް
ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް މާލީ ބަދަލެއްގެ ގޮތުގައި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން
ދޭންޖެހޭ ފައިސާގެ މިންވަރުކަމަށް ކަނޑައަޅައި، މިފައިސާ 06 ފެބްރުއަރީ 2007 ދުވަހުން ފެށިގެން 01
މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ޣައިރު ޚާޟިރުގައި
މިދަޢުވާގައި ޑައިވިންގ ސްކޫލް ހިންގުމަށް ކޮލިފުށި އައިލޭންޑް ރިސޯޓަށް ގެންގޮސްފައިވާ ސާމާނު
ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން ހަލާކު ކޮށްފައިވާކަމަށްބުނެ މިސާމާނުގެ ފުރިހަމަ އަގު ހޯދުމަށް އެޓޯލް
ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ ގެ ފަރާތުން ހުށަހެޅި ހުށަހެޅުން ޝަރީޢަތަށް އަދި ސާބިތު ނުވާކަމަށް
ކަނޑައަޅުއްވާ އެގޮތުގެ މަތީން ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
ދެކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262
ޤަޟިއްޔާގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން ގޭޓްވޭ މޯލްޑިވްސް
ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ އިން އެގްރީމެންޓާ
ޚިލާފަށް ހިންގާފައިވާ ޢަމަލުތަކަށް ރިޢާޔަތް ނުކުރައްވާ ގެއްލުމުގެ ބަދަލު ކަނޑައަޅުއްވާފައިވުން.
ދެވަނަ ނުކުތާއަކީ: އެގްރީމެންޓް ޚިލާފުވި ފަރާތަށް ފައިދާވާގޮތަށް ޙުކުމް ކުރައްވާފައިވުން.
ތިންވަނަ ނުކުތާއަކީ: އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އިން ތަން ހިންގުމަށް
ކުރަންޖެހޭ ޚަރަދަށް ނުބައްލަވާ، ލިބޭނޭ ކަމަށް އަންދާޒާކުރައްވާ ޢަދަދަކަށް ބިނާކޮށް ޙުކުމް ކުރައްވާފައިވުން.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑގެ
ފަރާތުން ދަށްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ދައްކާފައިވާ
03- އިސްވެ
/
ne
404
ޕަޅުe.ލިeޑ
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް
ފާހަގަކުރެއެވެ.
891.ލިeޑ
ގެ
coce
ULOU
(ހ) މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި އެޓޯލް ޑައިވިންގ ޓްއާރސް
ގެ ފަރާތުން ކޮށްފައިވާ މިދަޢުވާގައި ހިމެނޭ ދެ ބަޔަށްވެސް ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ
ފަރާތުން އިންކާރުކޮށްފައިވާކަން އެނގެއެވެ. މިގޮތުން ބޮލިފުށި އައިލޭންޑް ރިސޯޓުގެ ޑައިވިންގ ސްކޫލް ކުއްޔަށް
ދިނުމާބެހޭ ގޮތުން އެ ދެކުންފުނީގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓާއި ޚިލާފްވެ، ޑައިވިންގް ސްކޫލުގެ ވިޔަފާރި
ހުއްޓާލައި، އެރިސޯޓުގެ ވިޔަފާރިއަށް ބުރޫއަރުވާފައިވާ ފަރާތަކީ އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ
ކަމަށާއި، އަދި އެ މުޢާމަލާތުން ގެއްލުން ލިބި، އަނިޔާ ލިބިފައިވާ ފަރާތަކީވެސް ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ
ކަމަށާއި، މިސަބަބަށްޓަކައި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އެޓޯލް ޑައިވިންގ ޓްއާރސް
ޕީވޓ.ލިޓޑ އަށް ދޭންޖެހޭ މާލީ އެއްވެސް ބަދަލެއް ނޯންނާނެކަމަށާއި، އަދި ޑައިވިން ސްކޫލުގެ ޚިދުމަތް
ދިނުމަށް އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ ގެ ފަރާތުން ބޮލިފުށި އައިލޭންޑް ރިސޯޓަށް ގެންގޮސްފައިވާ
އެއްވެސް އެއްޗެއް ގޭޓްވޭ މޯލްޑިވްސް އިން ހަލާކުކޮށްފައިވެސް ނުވާނެކަމަށާއި، ވީމާ އެއިން އެއްވެސް
އެއްޗެއްގެ ބަދަލުވެސް އެކުންފުނީގެ ފަރާތުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ދޭންޖެހޭނެކަމަށް
ނުދެކޭކަމަށް ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) ދެފަރާތުގެ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ
މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާއަކީ، އިސްވެ ބަޔާން ކުރެވުނު މުޢާމަލާތާއި ގުޅިގެން
މިދެކުންފުނީގެ ދެމެދުގައި ހިގާފައިވާ ފުރަތަމަ ޤަޟިއްޔާއެއް ނޫންކަމާ، އެޤަޟިމިއްޔާގެ ކުރީން މަދަނީ ކޯޓުން
ނިންމަވާފައިވާ އެކޯޓުން ނަންބަރ99/MC/840 ޤަޟިއްޔާ ބެލެވި، އެޤަޟިއްޔާގެ އިސްތިއުނާފް ދަޢުވާ
ބައްލަވާފައިވާ ހައިކޯޓުގެ ނަންބަރ 132/HC
-
A/2000 ޤަޟިއްޔާގެ ޙުކުމުގައި، ގޭޓްވޭ މޯލްޑިވްސް
ޕީވޓ.ލިޓޑ އިން ހިންގާ ރިސޯޓެއް ކަމަށްވާ ބޮލިފުށި އައިލޭންޑް ރިސޯޓުގެ ވޯރޓަރ ސްޕޯޓްސް ފެސިލިޓީސް،
އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް 1 އޯގަސްޓް 1996 ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ
މުއްދަތަށް ކުއްޔަށް ދިނުމަށް މިދެކުންފުނީގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓާއި ޚިލާފްވެފައިވާ ފަރާތަކީ ގޭޓްވޭ
މޯލްޑިވްސް ޕވޓ.ލިޓީ، ކަމާއި، މިކަމުގެ ސަބަބުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީޢަތުން ކަނޑައަޅާ މިންވަރެއް ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ ގެ
cc oce
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
1
OCOC
ފަރާތުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ދޭންޖެހޭނެކަމަށް ކަނޑައަޅުއްވާފައިކަން އެނގެން
އޮންނާތީއާއި،
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު"، ނަންބަރު:
2338
/
2003-އެފް ގެ ސިޓީން، 21 މެއި 2003 ގައި އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ ގެ
ޢަބްދުﷲ ޖާބިރަށް ދެއްވާފައިވާ ޖަވާބުގައި، ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ތިޔަ ކުންފުންޏާ ދެމެދު
ކޮށްފައިވާ އެގްރީމެންޓެއްގެ ދަށުން ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެއްކަމަށްވާ ބޮލިފުށި
އައިލޭންޑް ރިސޯޓުގެ ވޯޓަރ ސްޕޯޓްސް ފެސިލިޓީ، 1 އޯގަސްޓް 1996 ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ
މުއްދަތަށް ތިޔަ ކުންފުނިން ކުއްޔަށް ހިފައިގެން، އެރިސޯޓުގައި ޑައިވިންގ ސްކޫލުގެ ޚިދުމަތް ދެމުން
ދަނިކޮށް، ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ޑައިވިންގ ސްކޫލުގެ ވިޔަފާރި، 14 ޖުލައި 1999
ގައި ހުއްޓުވިފަހުން އެކަން އެގޮތުގައި އޮވެ، ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ތިޔަ ކުންފުންޏާ ދެމެދު
ކޮށްފައިވާ އެގްރީމެންޓުގެ މުއްދަތު ހަމަވެފައިވާތީ، ހައިކޯޓުގެ ނަންބަރު:132(އެޗްސީ.އޭ/2000 ގެ ޤަޟިއްޔާގެ
ޙުކުމަށް މިހާރު ޢަމަލު ކުރެވެން ނެތަތީވެ، ޑައިވިން ސްކޫލުގެ ވިޔަފާރި، ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ބަންދު ކުރުމުގެ ސަބަބުން ތިޔަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައަކީ،
ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ތިޔަ ކުންފުނީގެ ފަރާތުން މަދަނީ ކޯޓަށް ދަޢުވާ
ހުށަހަޅުއްވައިގެން ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މައްސަލަކެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން އެނގެން އޮންނާތީ، މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި އެކޯޓުން
ބައްލަވާފައިވާ ދަޢުވާއަކީ ކުރިން ބަޔާން ކުރެވުނު އެގްރީމެންޓާ ޚިލާފްވެފައިވާ ފަރާތެއް ކަނޑަ އެޅުމުގެ
ދަޢުވާއެއް ނޫންކަމާއި، އެ ދަޢުވާއަކީ ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން އެ އެގްރީމެންޓާ
ޚިލާފްވެފައިވާކަމަށާއި، އަދި އެކުންފުނީގެ ފަރާތުން އެ އެގްރީމެންޓާ ޚިލާފުވުމުގެ ސަބަބުން އެޓޯލް ޑައިވިންގ
ޓްއާރސް ޕވޓ.ލޓޑ އަށް ލިބުނު ގެއްލުމުގެ މާލީ ބަދަލެއްގެ ގޮތުގައި ޝަރީޢަތުން ކަނޑައަޅުއްވާ މިންވަރެއް
ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ ގެ ފަރާތުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ދޭންޖެހޭނެކަމަށް
ހައިކޯޓުގެ ނަންބަރު:132/އެޗްސީ.އޭ/2000 ގެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާތީ، އެގޮތުގެ މަތީން އެޓޯލް
ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގެ ދަޢުވާއެއްކަން
މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި ދަޢުވާކުރުމަށްއެދި އެޓޯލް ޑައިވިންގ ޓްއާރސް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
404
ޕީވޓ.ލޓޑ އިން ހުށަހަޅާފައިވާ ދަޢުވާ ފޯމުންނާ އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮންނާތީ، މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި އެޓޯލް ޑައިވިންގ ޓްއާރޒް ޕވޓ.ލިޓޑ
އިން ކޮށްފައިވާ ދަޢުވާއަށް ޖަވާބު ދެމުން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން ދައްކާފައިވާ ވަހަކައިގައި
ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓާއި ޚިލާފްވި ފަރާތަކީ އެކުންފުނި ނޫންކަމާއި، އެގްރީމެންޓާއި
ޚިލާފްވި ފަރާތަކީ އެޓޯލް ޑައިވިންގ ޓްއާރޒް ޕވޓ.ލިޓޑ ކަމަށްބުނެ ގޭޓްވޭ މޯލްޑިވްސްގެ ފަރާތުން
ދައްކާފައިވާ ވާހަކައަކީ، މި މަރުޙަލާގައި މިހާރު ދެއްކުމަށް ޖާގައެއް އޮތްވާހަކައެއް ނޫންކަން އެނގެއެވެ.
(ނ) މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި އެޓޯލް ޑައިވިންގ ޓްއާރސް
ޕިވޓ.ލޓޑ އިން ކޮށްފައިވާ ދަޢުވާ ބައްލަވާ ޙުކުމް ކުރެއްވުމުގައި، މި ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ
އިސްވެ ބަޔާން ކުރެވުނު އެގްރީމެންޓުގެ ދަށުން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ ގެ ރިސޯޓެއްކަމަށްވާ ބޮލިފުށި
އައިލޭންޑް ރިސޯޓުގެ ވޯޓަރ ސްޕޯޓްސް ފެސިލިޓީ، 1 އޯގަސްޓް 1996 ދުވަހުން ފެށިގެން ކުއްޔަށް ހިފާފައިވާ
5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން އެތަނުގެ ޚިދުމަތް ނުދެވިދިޔަ
މުއްދަތަށް ގެއްލުމުގެ ބަދަލު މިންވަރު ކަނޑައަޅުއްވާފައިވަނީ، އެތަން ހިންގުމަށް ދާނެ ޚަރަދަށް އެއްވެސް
ގޮތަކަށް ނުބައްލަވާ، ހަމައެކަނި އާމްދަނީ އަށް ބައްލަވައިގެން ކަމަށާއި، އެއީ މަދަނީ ކޯޓުގެ ނަންބަރު:
2005/MC/262 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއި މެދު ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑގެ ފަރާތުން ހިތްހަމަ
ނުޖެހޭ މައިގަޑު އެއް ސަބަބުކަމުގައި އެކުންފުނީގެ ފަރާތުން ބުނެފައިވާތީ،
މިނުކުތާއަށް ބެލުމުގެ ގޮތުން އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު:
2005/MC/262 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާއާއެކު ހުށަހެޅިފައިވާ
ބަޔާންތަކަށާއި ލިޔުންތަކަށް ބެލިއިރު، މި ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ އިސްވެ ބަޔާން ކުރެވުނު
އެގްރީމެންޓުގެ ދަށުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ ގެ ފަރާތުން ބޮލިފުށި އައިލޭންޑް ރިސޯޓުގެ
ވޯޓަރ ސްޕޯޓްސް ފެސިލިޓީސް ގެ ޚިދުމަތް ދޭން ފަށާފައިވަނީ 01 އޯގަސްޓް 1996 ގައިކަމާއި، ގޭޓްވޭ
މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އެތަނުގެ ޚިދުމަތް ދިނަނުދީ ހުއްޓުވާފައިވަނީ 14 ޖުލައި 1999
ގައިކަމާއި، އެހެންކަމުން އެގްރީމެންޓުގެ ދަށުން ޑައިވިންގ ސްކޫލުގެ ޚިދުމަތް ދެވިފައިވަނީ 2 އަހަރާ، 11
މަހާއި، 13 ދުވަހުކަމާއި، މިމުއްދަތުގައި ޑައިވިންގ ސްކޫލަށް ލިބިފައިވާ އާމްދަނީގެ ޖުމްލައަކީ
US
$
1.014
°
359.17 (އެއްމިލިއަން ސާދަހާސް ތިންސަތޭކަ ފަންސާސް ނުވައެއް ޕޮއިންޓް އެކެއް ހަތެއް)
OL
60
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
LL OLE
އެމެރިކާ ޑޮލަރ ކަމާއި، ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓުގައިވާ ގޮތުގެ މަތީން ގޭޓްވޭ
މޯލްޑިވްސް ޕވޓ.ލިޓޑ އަށް މިފައިސާއިން ލިބެންޖެހޭ %40 އަށްވާ 4057743.66$US (ހަތަރުލައްކަ
ފަސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ހައެއް ހައެއް) އެމެރިކާ ޑޮލަރ އެކުންފުންޏަށް ދިނުމުން،
އެގްރީމެންޓުގެ ދަށުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ އަށް މިފައިސާއިން ލިބެންޖެހޭ %60 އަށްވާ
US
$
608615.50 (ހަލައްކަ އަށްހާސް ހަސަތޭކަ ފަނަރަ ޕޮއިންޓް ފަހެއް ސުމެއް އެމެރިކާ ޑޮލަރ
އެކުންފުންޏަށް ލިބިފައިވާ ކަމާއި،
މިދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ އިސްވެ ބަޔާން ކުރެވުނު އެގްރީމެންޓާއި ގޭޓްވޭ
މޯލްޑިވްސް ޕވޓ.ލިޓޑ އިން ޚިލާފްވެ، ޑައިވިންގ ސްކޫލުގެ ޚިދުމަތް ދިޔަނުދީ ހުއްޓުވާފައިވަނީ 14 ޖުލައި
1999 ގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:132/އެޗްސީ-އޭ/2000 ގެ ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވާކަމާއި، އެތާރީޚުން ފެށިގެން އެގްރީމެންޓުގައި ކަނޑައެޅި ބަޔާންވެގެން
ގެންޑާ 05 އަހަރު ދުވަހުގެ
މުއްދަތު ހަމަވެގެން ދިޔައީ ޑައިވިންގް ސްކޫލުގެ ޚިދުމަތް އިތުރަށް ނުދެވިކަމުގައިވާތީ، އެގްރީމެންޓުގައި
ކަނޑައެޅިފައިވާ 05 އަހަރުގެ މުއްދަތުގެ ތެރެއިން ޑައިވިންގ ސްކޫލުގެ ޚިދުމަތް ދެވިފައިވާ 2 އަހަރާ، 11
މަހާއި، 13 ދުވަސް އުނިކުރުމުން ބާކީވާ 02 އަހަރާއި 17 ދުވަހަކީ، ޚިދުމަތް ނުދެވި ގެއްލިފައިވާ
ދުވަސްތަށްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅުއްވުމަށްފަހު، މިބަޔާން ކުރެވުނު ފަދައިން އެގްރީމެންޓުގެ
ދަށުން ޚިދުމަތް ދެވިފައިވާ ދުވަސްތަކުގައި ލިބިފައިވާ ފައިސާގެ ނިސްބަތަށް ބެލުމުން، ގޭޓްވޭ މޯލްޑިވްސް
ގެ ފަރާތުން އެގްރީމެންޓާ ޚިލާފްވުމުގެ ސަބަބުން ޑައިވިންގ ސްކޫލުގެ ޚިދުމަތް ނުދެވި
ގެއްލިފައިވާ 12 އަހަރާއި 17 ދުވަހަށް ޖުމްލަ 7022468.76$US(ހަތްލައްކަ ދެހާސް ހަތަރުސަތޭކަ
ފަސްދޮޅަސް އަށެއް ޕޮއިންޓް ހަތެއް ހައެއް) ޔޫ.އެސް ޑޮލަރ ޖެހޭކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވައި،
މިފައިސާއިން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ އަށް އެގްރީމެންޓުގެ ދަށުން ދޭންޖެހޭ %40 އަށްވާ
987.50[US
$
280(ދެލައްކަ އަށްޑިހަހާސް ނުވަސަތޭކަ އަށްޑިހަ ހަތެއް ޕޮއިންޓް ފަހެއް ސުމެއް) އެމެރިކާ
ޑޮލަރ ކެނޑުމުން، އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ އަށް ލިބެންޖެހޭ %60 ގެ ގޮތުގައި
US
$
4213481.26(ހަތަރުލައްކަ އެކާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް)
އެމެރިކާ ޑޮލަރު އެކުންފުންޏަށް ލިބެންޖެހޭނެކަމަށާއި،
US
$
421
°
481.26 (ހަތަރުލައްކަ އެކާވީސް ހާސް
ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް) އެމެރިކާ ޑޮލަރ އަކީ، ޑައިވިން ސްކޫލްގެ ޚިދުމަތް
e.ލަeޑ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
U ou
ދިނުމަށްޓަކައި ގޭޓްވޭ މޯލްޑިވްސް ޕވ.ލިޓޑ އާއި އެކު ކުރެވިފައިވާ އެގްރީމެންޓުގެ ދަށުން ޚިދުމަތް
ދެވިފައިވާ މުއްދަތުގައި ލިބިފައިވާ ފައިސާގެ ނިސްބަތަށް ބެލުމުން، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން އެ
އެގްރީމެންޓާއި ޚިލާފްވުމުގެ ސަބަބުން ޑައިވިން ސްކޫލްގެ ޚިދުމަތް ނުދެވި ގެއްލިގެން ގޮސްފައިވާ މުއްދަތަށް
ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ކަމަށް މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262
ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ އެގޮތުގެ މަތީން ނިންމަވާފައިވާކަން ފާހަގަކުރެވެއެވެ.
(ރ) ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އެގްރީމެންޓާއި ޚިލާފް ވުމުގެ ސަބަބުން،
އެގްރީމެންޓުގެ މުއްދަތުން ނުލިބިގޮސްފައިވާ 24 މަހާއި 12 ދުވަހަށް، އެޓޯލްސް ޑައިވިންގ ޓްއަރސް
ޕިވޓ.ލިޓޭޑި އަށް މާލީ ބަދަލުގެ ގޮތުގައި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން ދޭންޖެހޭ ފައިސާގެ މިންވަރަކީ
US
$
4213481.26 (ހަތަރުލައްކަ އެކާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް)
އެމެރިކާ ޑޮލަރު ކަމަށް މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ
ރަގަޅަށްކަމަށް އެކުންފުނީގެ ފަރާތުން ނުދެކޭކަމަށްބުނެ ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން ދައްކާފައިވާ
ވާހަކައަށް ބަލާއިރު،
ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އާއި އެޓޯލްސް ޑައިވިންގ ޓްއަރސް ޕވޓ.ލިޓޑ އާއި
ދެމެދު ބޮލިފުށީ އައިލޭންޑް ރިސޯޓުގެ ޑައިވިންގ ސްކޫލް ކުއްޔަށް ދިނުމާއި ބެހޭގޮތުން 01 އޯގަސްޓް 1996
ގައި ކުރެވިފައިވާ އެގްރީމެންޓުގެ ދަށުން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އަށް ލިބެނީ %40 އިންސައްތަ
ކަމާއި، އޭގެ ބަދަލުގައި އެޓޯލްސް ޑައިވިންގ ޓްއަރސް ޕީވޓ.ލޓޑ އަށް %60 އިންސައްތަ ލިބޭކަމާއި،
މިގޮތަށް ޑައިވިން ސްކޫލް ހިންގައިގެން ލިބޭ އެއްޗަކުން ގޭޓްވޭ މޯލްޑިވްސަށްވުރެ އިތުރު %20 އިންސައްތަ
އެޓޯލްސް ޑައިވިންގ ޓްއަރސް ޕީވޓ.ލޓޑ އަށް ލިބޭގޮތަށް މިދެކުންފުނީގެ ދެމެދުގައި އެއްބަސްވެވިފައި
އެވަނީ، އެތަން ހިންގުމުގެ ހުރިހާ ޚަރަދެއްގެ ޒިންމާ އުފުލާ ފަރާތަކީ އެޓޯލް ޑައިވިން ޓްއަރސް
ކަމުގައިވާތީކަމަށާއި، މިސަބަބަށްޓަކައި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އަށް އެގްރީމެންޓުގެ ދަށުން ލިބޭ %40
އިންސައްތަ ފައިސާއަކީ ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބޭ ފައިސާކަމަށާއި، ނަމަވެސް މިއާއި ޚިލާފަށް
އެޓޯލްސް ޑައިވިންގ ޓްއަރސް ޕވޓ.ލިޓޑ އަށް ލިބޭ %60 އިންސައްތައިގެ ތެރޭގައި އެކުންފުނީން އެތަން
ހިންގުމަށްޓަކައި ކުރާ ޚަރަދު ހިމެނިފައިވާކަމަށާއި، މިގޮތުން އެގްރީމެންޓުގައި ކަނޑައެޅިގެން ޚަރަދުގެ މިންވަރު
ބަޔާން ކޮށްފައި ނެތްކަމުގައި ވިޔަސް، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އަށްވުރެ އިތުރަށް އެޓޯލްސް ޑައިވިންގ
ޓްއަރސް ޕީވޓ.ލޓޑ އަށް ލިބޭ %20 އިންސައްކަ ފައިސާއަކީ ޑައިވިން ސްކޫލް ހިންގުމަށް ދާނެ ޚަރަދުގެ
މިންވަރު ކަމަށް ބެލެވިފައިވަނީ ކަމަށާއި، މިސަބަބަށްޓަކައި މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262
ޤަޟިއްޔާ ގައި، އެޓޯލްސް ޑައިވިންގ ޓްއަރސް ޕވޓ.ލިޓޑ އާއި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އާއި
ދެމެދު ބޮލިފުށީ އައިލޭންޑް ރިސޯޓުގެ ވޯޓަރ ސްޕޯޓްސް ފެސިލިޓީސް، އެޓޯލްސް ޑައިވިންގ ޓްއަރސް
ޕީވޓ.ލިޓީޑީ އަށް ކުއްޔަށް
ހިފާފައިވަނިކޮށް 14 ޖުލައި 1999 ދުވަހުން ފެށިގެން އެ ޚިދުމަތް ދިނުން ގޭޓްވޭ
0
oc
CLOCK
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
04 04
eu.ލަeޑު
ވަސްތަކެއްކަމަށް
LCO
މޯލްޑިވްސްގެ ފަރާތުން ހުއްޓުވި ހިސާބަށް ޑައިވިންގް ސްކޫލް ހިންގިފައިވަނީ 35 މަހާއި 14 ދުވަހުގެ
މުއްދަތަށްކަން އެނގޭ ކަމަށާއި، އެގްރީމެންޓުގެ މުއްދަތު ކަމުގައިވާ 05 އަހަރު ދުވަހުގެ މުއްދަތުން ބާކީވާ 24
މަހާއި 12 ދުވަހަކީ އެޓޯލްސް ޑައިވިންގ ޓްއަރސް
އަށް ގެއްލިގެން ގޮސްފައިވާ
ދުވަ ކަނޑައަޅުއްވާ، އެކުންފުނީން ޑައިވިންގ ސްކޫލް ހިންގި 35 މަހާއި 14 ދުވަހަށް
ޑައިވިންގް ސްކޫލް ވިޔަފާރިން ލިބިފައިވާ ފައިސާގެ ނިސްބަތުން އެޓޯލްސް ޑައިވިންގ ޓްއަރސް ޕީވޓ.ލިޓޑ
އަށް ޑައިވިންގ ސްކޫލް ހިންގުމަށް ނުލިބި ގޮސްފައިވާ 24 މަހާއި 17 ދުވަހަށް 4212481.26$US
(ހަތަރުލައްކަ އެކާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް އެމެރިކާ ޑޮލަރ
ޝަރީޢަތުން ނަންގަވައި ދެއްވާފައިވަނީ ރަގަޅަށް ކަމަށް ނުދެކޭ ކަމަށް ގޭޓްވޭ މޯލްޑިވްސްގެ ފަރާތުން
ބުނެފައިވާއިރު،
މިވާހަކައާއި ގުޅިގެން އެޓޯލް ޑައިވިންގ ޓްއާރސް ގެ ފަރާތުން ދައްކާފައިވާ ވާހަކާގައި،
އެގްރީމެންޓުގައި ކަނޑައެޅިގެން ޑައިވިންގ ސްކޫލް ހިންގުމުގެ ޚަރަދުގެ ނިސްބަތަކީ ލިބޭ އެއްޗެއްގެ %20
އިންސައްތަ ކަމަކަށް ލިޔެވިފައި ނުވާކަމަށާ، އެގްރީމެންޓުގައި ލިޔެވިފައިވަނީ ޑައިވިން ސްކޫލް ހިންގައިގެން ލިބޭ
އެއްޗެއްގެ %60 އިންސައްތަ ލިބޭނީ އެޓޯލްޑައިވިންގް ޓްއާރސް ޕްރައިވެޓް ލިމިޓެޑަށްކަމަށާއި، އެއީ ޑައިވިން
ސްކޫލް ހިންގުމުގެ ހުރިހާ ޚަރަދެއްގެ ޒިންމާ ނަގާ ފަރާތަކީ އެޓޯލްޑައިވިންގް ޓްއާރސް ޕްރައިވެޓް ލިމިޓެޑް
ކަމަށްވާތީކަމަށާއި، އަދި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ އަށް ދޭންޖެހޭނީ %40 އިންސައްތަ ކަމަށާއި، އެއީ
އެކުންފުނީން ޑައިވިން ސްކޫލް ހިންގުމަށް ކުރަންޖެހޭ އެއްވެސް ޚަރަދެއްގައި ޒިންމަވާން ނުޖެހޭތީކަމަށާއި،
މިސަބަބަށްޓަކައި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ އިން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާގޮތަށް ޑައިވިން
ހިންގުމުގެ ޚަރަދަކީ ލިބޭ އެއްޗެއްގެ %20 އިންސައްތަ ކަމަށް އެޓޯލްޑައިވިންގް ޓްއާރސް ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ކަނޑައެޅިގެން އެއްބަސްވެވެން ނެތްކަމަށާ، އެއީ ކަނޑައެޅިގެން ޚަރަދުގެ ނިސްބަތް
އެގްރީމެންޓުގައި ބަޔާން ވެފައިނުވާތީކަމަށާއި،
ނަމަވެސް އިސްތިއުނާފް މިކުރެވޭ މަދަނީކޯޓުގެ ޤަޟިއްޔާގައި އެޓޯލްޑައިވިންގް ޓްއާރސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން އެގްރީމެންޓާ
ޚިލާފްވެ ޑައިވިން ސްކޫލުގެ ވިޔަފާރި 14 ޖުލައި 1999 ގައި ހުއްޓުވާފައިވާތީ، އެކަމުގެ ސަބަބުން ލިބިފައިވާ
ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމަށްވެފައި، އެ ދަޢުވާގައި ލިބިފައިވާ ގެއްލުމުގެ މިންވަރު
އެޓޯލް ޑައިވިންގ ޓްއަރސް އިން ފަރާތުން ވަޒަން ކޮށްފައިވަނީ، އެގްރީމެންޓުގެ ދަށުން ޑައިވިން ސްކޫލުގެ
ޚިދުމަތް ދެވިފައިވާ މުއްދަތުގައި އެޓޯލް ޑައިވިންގ ޓްއާރސަށް ލިބިފައިވާ އާމްދަނީގެ ނިސްބަތަށް
ބަލައިގެންކަމަށްވާތީއާއި، އެމުއްދަތުގައި %60 އިންސައްތައަށް ލިބިފައިވާ 608
:
615.50 $US(ހަލައްކަ
އަށްހާސް ހަސަތޭކަ ފަނަރަ ޕޮއިންޓް ފަހެއް ސުމެއް އެމެރިކާ ޑޮލަރ އަކީ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ
މިންވަރު ކަމުގައި ނުވާތީއާއި، އޭގެ ތެރެއިން އެޓޯލް ޑައިވިން ޓްއާރސްގެ ފަރާތުން ޑައިވިން ސްކޫލުގެ ޚިދުމަތް
ދިނުމަށް ކުރަންޖެހުނު ޚަރަދު އުނި ކުރުމުން ނޫނީ، ޑައިވިން ސްކޫލުގެ ޚިދުމަތް ނުދެވި ދިޔަ ދުވަސްތަކަށް
އެޓޯލް ޑައިވިންގ ޓްއާރށް ސާފު ފައިދާގެ ގޮތުގައި ލިބޭނޭ ވަރު އަންދާޒާ ކުރެވެން ނޯންނާނެކަމަށް
404
070
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
OCX CCCC OX
OLL
އެކުންފުނީގެ ފަރާތުން ޤަބޫލު ކުރާކަމަށާއި، އަދި ޑައިވިން ސްކޫލުގެ ޚިދުމަތް ދެވިފައިވާ މުއްދަތުގައި އެކަމަށް
ހިގި ޚަރަދު އެކުންފުނީގެ ފަރާތުން ބެލެހެއްޓިފައި ނެތްކަމަށާއި، ވީމާ އެކުންފުނީން ޑައިވިން ސްކޫލުގެ ޚިދުމަތް
ދީފައިވާ މުއްދަތުގައި ހިގާފައިވާ ޚަރަދުގެ ނިސްބަތް ޝަރީޢަތަށް ސާބިތުކޮށްދެވޭނެގޮތެއް ނެތްކަމަށާއި،
އެސަބަބަށްޓަކައި ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ އިން ބުނެފައިވާފަދައިން އެޓޯލް ޑައިވިން ޓްއާރސުން
ޑައިވިން ސްކޫލުގެ ޚިދުމަތް ދީފައިވާ މުއްދަތުގައި ހިގާފައިވާ ޚަރަދުގެ ނިސްބަތަކީ، ޑައިވިން ސްކޫލް
ހިންގައިގެން އެކުންފުންޏަށް ލިބިފައިވާ އާންމުދަނީގެ %20 އިންސައްތަ ކަމުގައި އެކުންފުނީގެ ފަރާތުން
ޤަބޫލުކުރާކަމަށާއި، ހަމައެފަދައިން ގޭޓްވޭ މޯލްޑިވްސްގެ ފަރާތުން އެގްރީމެންޓާއި ޚިލާފްވުމުގެ ސަބަބުން،
އެގްރީމެންޓުގެ މުއްދަތުގެ ތެރެއިން ޑައިވިންގް ސްކޫލުގެ ޚިދުމަތް ނުދެވި ގޮސްފައިވާ 24 މަހާއި 17 ދުވަހަށް
ނިސްބަތުން ޖެހޭ މިންވަރު ކަމުގައި މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާ ގައި އެޓޯލް
ޑައިވިންގ ޓްއާރސަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ގޭޓްވޭއިން 4217481.26$US (ހަތަރުލައްކަ
އެކާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް) އެމެރިކާ ޑޮލަރ ދައްކަންޖެހޭކަމަށް
ކަނޑައަޅުއްވާފައިވާއިރު، އޭގެ ތެރެއިންވެސް %20 އިންސައްތަ އުނިކުރަންޖެހޭކަމަށް ޤަބޫލު ކުރާކަމަށާއި، އެ
20
% އިންސައްތަ އަށްވާ 296.25°84$US (އަށްޑިހަ ހަތަރުހާސް ދުއިސައްތަ ނުވަދިހަ ހައެއް ޕޮއިންޓް
ދޭއް ފަހެއް) އެމެރިކާ ޑޮލަރ އުނިކުރުމުން ބާކީވާ 185.01[337$US (ތިންލައްކަ ތިރީސް ހަތްހާސް
،
ސުމެއް އެކެއް) އެމެރިކާ ޑޮލަރ އަކީ ގޭޓްވޭ މޯލްޑްވްސްގެ ފަރާތުން
އެގްރީމެންޓާއި ޚިލާފްވުމުގެ ސަބަބުން ޑައިވިން ސްކޫލް ނުހިންގި ގޮސްފައިވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލުގެ
ގޮތުގައި އެޓޯލް ޑައިވިންގ ޓްއާރސަށް ލިބެންޖެހޭ މިންވަރު ކަމުގައި އެކުންފުނީގެ ފަރާތުންވެސް ޤަބޫލު
ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ
ގެ ފަރާތުން ގޭޓްވޭ މޯލްޑިވްސް ޕވޓ.ލިޓޑ ގެ މައްޗަށް ކޮށްފައިވާ ދަޢުވާ ބައްލަވާ، އެޓޯލް ޑައިވިންގ
ޓްއާރސް ޕވޓ.ލޓޑ އިން ޑައިވިންގް ސްކޫލް ހިންގާފައިވާ 35 މަހާއި 14 ދުވަހަށް އެ ވިޔަފާރިން
ލިބިފައިވާ ފައިސާގެ %60 އިންސައްތައަށްވާ 6087615.50$US(ހަލައްކަ އަށްހާސް ހަސަތޭކަ ފަނަރަ
ޕޮއިންޓް ފަހެއް ސުމެއް) ޔޫ.އެސް ޑޮލަރ އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ އަށް ލިބިފައިވާތީ،
އެނިސްބަތުގެ މައްޗަށް ބިނާކޮށް ގޭޓްވޭ މޯލްޑިވްސް ޕވޓ.ޓީޑ ގެ ފަރާތުން އެގްރީމެންޓާއި ޚިލާފް ވުމުގެ
ސަބަބުން ޑައިވިން ސްކޫލް ނުހިންގި ގޮސްފައިވާ 24 މަހާއި 12 ދުވަހަށް ގެއްލުމުގެ ބަދަލު މިންވަރު
ކުރައްވާފައިވަނީ ރަގަޅަށް ނޫންކަމަށް މިމައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ،
މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާ އެކޯޓުން ބައްލަވާ ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް
ބަދަލުގެންނަންޖެހޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
04 /ޑހ
އެއްސަތޭކަ
އަށްޑިހަ ފަހެއް ޕޮއިންޓް،
404
CC COO
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
OOL
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށްބަލާއިރު، މަދަނީ ކޯޓުގެ
ނަންބަރު: 2005/MC/262 ޤަޟިއްޔާ ގައި ބޮލިފުށި އައިލޭންޑް ރިޒޯޓުގެ ވޯޓަރ ސްޕޯޓްސް ފެސިލިޓީ، 1
އޯގަސްޓް 1996 ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ
އިން ކުއްޔަށް ހިފައިގެން، އެރިޒޯޓުގައި ޑައިވިންގ ސްކޫލުގެ ޚިދުމަތް ދެމުން ދަނިކޮށް، ގޭޓްވޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އެ ޑައިވިންގ ސްކޫލުގެ ވިޔަފާރި، 14 ޖުލައި 1999 ގައި ހުއްޓުވިފަހުން އެކަން
އެގޮތުގައި އޮވެ، ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލިޓޑ ދެމެދު
ކޮށްފައިވާ އެގްރީމެންޓުގެ މުއްދަތު ހަމަވެފައިވާތީ، އެގްރީމެންޓުގެ ދަށުން ޑައިވިންގް ސްކޫލު ކުއްޔަށް ހިފާފައިވާ
5 އަހަރު ދުވަހުގެ މުއްދަތުގެ ތެރެއިން ގޭޓްވޭ މޯލްޑިވްސް އިން އެގްރީމެންޓާއި ޚިލާފް ވުމުގެ ސަބަބުން
ޚިދުމަތް ނުދެވި ގޮސްފައިވާ 24 މަހާއި 12 ދުވަހަށް ނިސްބަތުން ޖެހޭ 421
:
481.26$US (ހަތަރުލައްކަ
އެކާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް) އެމެރިކާ ޑޮލަރ އަކީ ގޭޓްވޭ މޯލްޑިވްސް
އިން އެގްރީމެންޓާއި ޚިލާފް ވުމުގެ ސަބަބުން ޑައިވިން ސްކޫލުގެ ޚިދުމަތް ނުދެވި މުއްދަތަށް އެޓޯލް ޑައިވިންގ
ޓްއާރސް ޕވޓ.ލިޓޑ އަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލުގެ މިންވަރު ކަމުގައި މަދަނީ ކޯޓުގެ ނަންބަރު:
2005/MC/262 ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާގޮތް ރަގަޅު ނޫންކަމަށާއި، މި ފައިސާގެ ތެރެއިން
އެކުންފުނީން، ޑައިވިންގ ސްކޫލް ހިންގުމަށް ކުރާ ޚަރަދުގެ ނިސްބަތުގެ ގޮތުގައި %20 އުނިކުރަންޖެހޭނެކަމަށް
ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ އިން ބުނާބުން އެޓޯލް ޑައިވިންގ ޓްއާރސް ޕވޓ.ލޓޑ އިންވެސް ޤަބޫލު
ކޮށް އެ %20 އަށްވާފައިސާ އުނިކުރަން ޖެހޭނެކަމަށް އެކުންފުނީގެ ފަރާތުންވެސް ބުނެފައިވާތީއާއި، ހައިކޯޓުން
ބެލި ބެލުމުންވެސް، ޑައިވިންގް ސްކޫލް ޚިދުމަތް ދެވިފައިވާ މުއްދަތުގައި އެޓޯލް ޑައިވިން ޓްއާރސަށް ލިބިފައިވާ
އާއްމުދަނީއަށް އެކަނި ބައްލަވައި، އެ މުއްދަތުގައި އެތަން ހިންގުމަށް ކޮށްފައިވާ ޚަރަދުގެ ނިސްބަތަށް ނުބައްލަވާ
މާލީ ގެއްލުމުގެ މިންވަރު ކަނޑައަޅުއްވާފައިވަނީ ރަގަޅަށް ކަމަށް، މިމައްސަލަ ހައިކޯޓުންބެލި
ފަނޑިޔާރުންނަށްވެސް ނުފެންނާތީ، ގޭޓްވޭ މޯލްޑިވްސްގެ ސަބަބުން ޑައިވިން ސްކޫލުގެ ޚިދުމަތް ނުދެވިދިޔަ 24
މަހާއި 12 ދުވަހަށް މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
US
$
421
°
481.26 (ހަތަރުލައްކަ އެކާވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ދެއެއް ހައެއް)
އެމެރިކާ ޑޮލަރު ގެ ތެރެއިން %20 އިންސައްތައަށްވާ 847296.25$US (އަށްޑިހަ ހަތަރުހާސް ދުއިސައްތަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2007/HC-A/52
OUL
ނުވަދިހަ ހައެއް ޕޮއިންޓް ދޭއް ފަހެއް) ޔޫ.އެސް ޑޮލަރ އުނިކުރުމުން ބާކީވާ 185.01[337$US (ތިންލައްކަ
ތިރީސް ހަތްހާސް އެއްސަތޭކަ އަށްޑިހަ ފަހެއް ޕޮއިންޓް، ސުމެއް އެކެއް) ޔޫ.އެސް ޑޮލަރ އަކީ ގޭޓްވޭ
މޯލްޑްވްސްގެ ފަރާތުން އެގްރީމެންޓާ ޚިލާފްވުމުގެ ސަބަބުން ޑައިވިން ސްކޫލް ނުހިންގި ގޮސްފައިވާ ދުވަސްތަކަށް
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޓޯލް ޑައިވިންގ ޓްއާރސަށް ލިބެންޖެހޭ މިންވަރު ކަމުގައި މިމައްސަލަ ބެލި
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މިފައިސާ އެޓޯލް ޑައިވިން ޓްއާރސަށް
ލިބިދިނުމަށްޓަކައި މިއަދު (13 ނޮވެމްބަރ 2008) ދުވަހުން ފެށިން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި
މިފައިސާ އެކީ އެއްފަހަރާ މަދަނީކޯޓަށް ދައްކާ ޚަލާސް ކުރުމަށް ގޭޓްވޭ މޯލްޑިވްސް ޕވޓ،ލޓޑ އަށް އަންގާ
ޙުކުމް ކޮށްފީމެވެ.
ނޯޓް: މިޤަޟިއްޔާގައި މިގޮތަށް ޙުކުމް ކުރުމުން މަދަނީ ކޯޓުގެ ނަންބަރު: 2005/MC/262
ޤަޟިއްޔާގައި، ގޭޓްވޭ މޯލްޑިވްސް ޕވޓ.ލޓޑ ގެ ފަރާތުން އެގްރީމެންޓާއި ޚިލާފްވުމުގެ ސަބަބުން، ޑައިވިންގ
ސްކޫލު ނުހިންގި ގެއްލިފައިވާ ދުވަސްތަކަށް މާލީ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައަޅުއްވާ ކުރެއްވި ޙުކުމުގެ
އެބައި ބާޠިލްވީއެވެ.
02 20
: މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ:
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
،ފަނޑިޔާރު)
• މިރިޕޯޓް މީގެ އަޞްލާއި
އެއްގޮތެވެ.
ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު
CU O
ތާރީޚް: 29 ޖެނުއަރީ 2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv