ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/215 ޤަޟިއްޔާގެ ޙުކުމް
1
20jj/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 215/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އައިޑީ ކާޑު ނަންބަރ:-
* ދާއިމީ އެޑްރެސް: އިދާރީމަރުކަޒު(މާލެ
* މިހާރުގެ އެޑްރެސް: އިދާރީމަރުކަޒުމާވެ
*
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މަރިޔަމް ރަޝީދާ
އައިޑީ ކާޑުނަންބަރު:-
*
ދާއިމީ އެޑްރެސް: ފ.މިރާން|ކ.މާލެ
އެޑްރެސް: ފ.މިރާންކ.މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޝައްވާލް 1432
04 ސެޕްޓެމްބަރު 2011
ނިމުނު ތާރީޚް: 09 މުޙައްރަމް 1435
13 ނޮވެމްބަރު 2013
6
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/VTR/16
• ނިންމެވިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް ބުނުން
ހުށަހެޅި ތާރީޚް: 2011-01-31
* ނިމުނު ތާރީޚް: 2011-05-30
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަންބަރު: 2011/VTR/16 މައްސަލަ އެ
ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީ ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ ގ.މިރާން މާލެ، މަރިޔަމް ރަޝީދާ (އައިޑީކާޑް ނަންބަރު: A033081) އެވެ.
ފޯނު ނުކުތާތައް:
A01 އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2011/VTR/16
މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ، ގ.މިރާން މަރްޔަމް ރަޝީދާ
(ދ.ރ.ކާޑު ނަންބަރު:A033081)، 03 ޖުލައި 2005 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް ހެލްތު
ސައިންސަސްގެ ޑީންގެ މަޤާމު އަދާކުރަމުން އައިސްފައިވަނިކޮށް، 04 ޖެނުއަރީ 2011 ގައި އެ މަޤާމުގެ
މުއްދަތު ހަމަވުމާގުޅިގެން އެމަޤާމުން އޭނާ ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާކަމަށް
ބުނެ، އޭނާ އެ މަޤާމުން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށްކަމަށް އޭނާ ދެކޭތީ އެކަން ބަލައިދީ ޤަވާޢިދުގައިވާ
ގޮތުގެ މަތިން އޭނާގެ މަޤާމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށާއި، އޭނާ ޑީން ގެ މަޤާމުގައި ހުރި މުއްދަތުގައި
ލިބެމުން ދިޔަ ޢިނާޔަތްތަކުގެ ތެރެއިން ފޯން އެލަވަންސާއި ޓެނުއަރޝިޕް އެލަވަންސުން ބައެއް އުނިކޮށް
ޑިސެމްބަރު 2010 ގައި އޭނާއަށް މުސާރަ ދީފައިވާތީ، މުސާރައިން އުނިކޮށްފައިވާ 2025.83ރ.
(ދެހާސް ފަންސަވީސް ރުފިޔާ އަށްޑިހަ ތިންލާރި) ހޯދައި ދިނުމަށް އެދި، މަރްޔަމް
ރަޝީދާ،
31 ޖެނުއަރީ 2011 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ނިންމަވާފައިވާ ނިންމެވުމުގައި، "ދެންފަހެ، މައްސަލަ ހުށަހެޅި
މަރްޔަމް ރަޝީދާ (A033081)، ގ. މިރާން، މާލެ، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ މަޤާމުގެ
މަސްއޫލިއްޔަތުން އެ މަޤާމުގެ މުއްދަތު ހަމަވުމާގުޅިގެން 04 ޖެނުއަރީ 2011 ގައި ވީއްލައި، ފެކަލްޓީ އޮފް
ހެލްތް ސައިން
އިންސަސްގެ ޑީންގެ މަޤާމުން އެފެކަލްޓީގެ ލެކްޗަރަރގެ މަޤާމަށް 25 ޖެނުއަރީ 2011 ގައިޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
ބަދަލުކޮށްފައިވާކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ
މަޤާމަށް 03 ޖުލައި 2005 ގައި މަރްޔަމް ރަޝީދާ ހަމަޖައްސާފައިވަނީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ނޫންކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭތީ ވަޒީފާއާބެހޭ ޤާނޫނުގެ 13
ވަނަ މާއްދާގެ (ހ) އަދި (ޅ) އަށް ރިޢާޔަތްކޮށް އޭނާ ހުރީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
އެއްބަސްވުމެއްގެ ދަށުން ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ މަޤާމުގައިކަމަށް ބަލަންޖެހޭ ހިނދު،
އޭނާ އެ މަޤާމުން ވަކިކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލްސަރވިސްގެ
ގަވާއިދުގައި ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައަޅާފައިވާ
އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، އެގޮތުގެމަތިން އޭނާ އެ މަޤާމުން ވަކިކޮށްފައިވާކަން ހުށަހަޅާފައިވާ
ލިޔުންތަކުން އެނގެން ނެތުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެއްމަޤާމުން އަނެއް މަޤާމަށް
ބަދަލުކުރުމުގައި ޢަމަލުކުރާ ގޮތް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު އެގޮތުގެމަތިން
އޭނާއާމެދު ޢަމަލުކޮށްފައިވާކަން އެނގެން ނެތުމުން އޭނާ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީންގެ މަޤާމުން
ލެކްޗަރަރގެ މަޤާމަށް 25 ޖެނުއަރީ 2011 ގައި ބަދަލުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ
ޚިލާފަށްކަން އެނގޭތީ، އެ ނިންމުން އެއީ ބާޠިލު ނިންމުމެއްކަމަށާއި، މަރްޔަމް ރަޝީދާއަކީ ދިވެހި ސިވިލް
ސަރވިސްގައި ނުހިމެނޭ މުވައްޒަފެއްކަން 15 ފެބްރުއަރީ 2011 ގައި އޭނާއަށް އެންގިއިރު އޭނާހުރީ ފެކަލްޓީ
އޮފް ހެލްތް ސައެންސަސްގެ ޑީންގެ މަޤާމުގައިކަމަށް ބަލަންޖެހޭ ހިނދު، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީއަށް އޭނާގެ ވަޒީފާ ހިޖުރަވެގެންދާނީ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ މަޤާމަށްކަމަށް
ކަނޑައަޅައި، މުވައްޒަފަކަށް ޙައްޤުވާ މުސާރައާއި އިނާޔަތުގެ ތެރެއިން ފައިސާ އުނިކުރެވިދާނެ ޙާލަތުތައް
ވަޒީފާއާބެހޭ ޤާނޫނުގެ 54 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، 2010 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ އުޖޫރައިގެ ގޮތުގައި މަރްޔަމް ރަޝީދާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އުނިކޮށްފައިވާ ފޯން
އެލަވަންސްއަށްވާ 269.17ރ (ދުއިސައްތަ ފަސްދޮޅަސް ނުވަ ރުފިޔާ ސަތާރަ ލާރި) އާއި، ޓެނުއަރޝިޕް
އެލެވެންސްއިން އުނިކޮށްފައިވާ 2025.83ރ، (ދެހާސް ފަންސަވީސް ރުފިޔާ އައްޑިހަތިން ލާރި)
އުނިކޮށްފައިވަނީ ކޮން އަސާސްއެއްގެ މައްޗަށް ބިނާވެގެންކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި
ފަރާތުން ދަލީލު ހުށަހަޅާފައި ނުވުމުން އެފައިސާ އޭނާއަށް ލިބިދެވެންޖެހޭކަމަށާއި، ޑިސެމްބަރު 2010 ގެ
އުޖޫރައިގެ ތެރެއިން އުނިކޮށްފައިވާ ފޯން އެލަވެންސްއަށް 269.17ރ. (ދުއިސައްތަ ފަސްދޮޅަސް ނުހަ ޤުrޑް
، ހައި"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
ސަތާރަ ލާރި) އާއި، ޓެނުއަރޝިޕް އެލެވެންސްއިން އުނިކޮށްފައިވާ 2025.83ރ. (ދެހާސް ފަންސަވީސް
ރުފިޔާ އައްޑިހަތިން ލާރި) އެކު ޖުމްލަ 2295.00ރ. (ދެހާސް ދުއިސައްތަ ނުވަދިހަ ފަހެއް) ރުފިޔާއާއި،
04 ޖެނުއަރީ 2011 ން ފެށިގެން ޑީންގެ މަޤާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ
ފައިސާގެ ތެރެއިން އޭނާއަށް ލެކްޗަރަރގެ މަޤާމަށް ދީފައިވާ މުސާރައާއި އިނާޔަތްތައް އުނިކުރުމުން ޖެހޭ
މިންވަރު 30 މެއި 2011 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ
މަރްޔަމް ރަޝީދާއަށް ދީ ޚަލާސް ކުރުމަށްފަހު އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއަށް އަންގާ އަމުރުކުރަމެވެ." މިފަދައިން
ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2011/VTR/156 މައްސަލަ ނިންމެވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ށ) ގެ ދަށުން މިމައްސަލާގައި ޖަވާބުދާރީ ވުމުގެ ހައިޞިއްޔަތު ސިވިލްސަރވިސް ކޮމިޝަނަށް
ރައްދުވާ ގޮތަށް ކުރިއަށް ގެންދެވި ދާނެކަމަށް ނުދެވޭކަމަށާއި، އަދި މިމައްސަލާގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީ އިން ޖަވާބުދާރީވާން ޖެހޭނެކަމަށް ނިންމާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: އަލްފާޟިލް މަރިޔަމް ރަޝީދާއަށް ދެއްވާފައިވާ ފެކަލްޓީ އޮފް ހެލްތް
ސައެންސަސް ޑީން ކަމުގެ މުއްދަތު (4 އަހަރު) ހަމަވެގެން އެމަޤާމުން ބަދަލު ކުރެއްވުމުން އޭނާ ދާއިމީ
ވަޒީފާއަކުން ވަކިކުރެއްވީ ކަމަށް ނިންމެވި ނިންމެވުމާ، އަދި ފެކަލްޓީ އޮފް ހެލްތް ސައެންސަސް ޑީން ގެ
މަޤާމުގައި ހުންނެވި މަރިޔަމް ރަޝީދާ މަޤާމުން ވަކިކުރެއްވި އިރު ބޭނުން ކުރެވުނު ޤަވާޢިދަކީ އާއްމު
ކުރެވިފައި ނުވާ ޤަވާއިދެއްކަމަށް ވިދާޅުވެ ނިންމާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: މަރިޔަމް ރަޝީދާގެ ވަޒީފާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިގެ
ފެކަލްޓީ އޮފް ހެލްތް ސައެންސަސް ޑީން ކަމަށް ބައްލަވާ ނިންމަވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/16 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާ
ގުޅިގެން ފެންނަންހުރި ލިޔެކިއުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް
ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ ޤާނޫނު ނަންބަރު:2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ށ) ގެ ދަށުން މިމައްސަލާގައި ޖަވާބުދާރީ ވުމުގެ ހައިޞިއްޔަތު ސިވިލްސަރވިސް ކޮމިޝަނަށް
ރައްދުވާ ގޮތަށް ކުރިއަށް ގެންދެވި ދާނެކަމަށް ނުދެވޭކަމަށާއި، އަދި މިމައްސަލާގައި ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީ އިން ޖަވާބުދާރީވާން ޖެހޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ރަގަޅަށް
ނޫންކަމަށްބުނެ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ އާއި
ގުޅިގެން ހައިކޯޓުން ބެލިބެލުމުން، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2011/VTR/16 މައްސަލަ ހުށަހެޅި ފަރާތުން 2011 ޖެނުއަރީ 14 ގައި އެމައްސަލަ ހުށަހަޅާފައިވަނީ
ސިވިލްސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށްކަމަށްވާތީ، އެމައްސަލައަށް ޖަވާބުދާރީވުމަށް އެކޮމިޝަނަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަރާތުން އެންގުމުން، 2011 ޖެނުއަރީ 17 ވަނަ ދުވަހު ތަޞްދީޤުކުރެވުނު
ޤާނޫނު ނަންބަރު:5/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 46 ވަނަ މާއްދާގައި،
އެޤާނޫނަށް ޢަމަލުކުރަން ފެށުމުން ކޮލެޖްގެ މުވައްޒަފުން ވާނީ ސިވިލް ސަރވިސްގައި ނުހިމެނޭ ޔުނިވަރސިޓީގެ
މުވައްޒަފުންނަށް ކަމަށް ބަޔާންކޮށްފައިވާތީއާއި، ސިވިލް ސަރިވިސްގެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ޅ) ގައި
ވާގޮތުން، އެހެން ޤާނޫނަކުން ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ގޮތުގައި ކަނޑައަޅާފައިވާ
ފަރާތެއް ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭނެކަމަށް ބަޔާންކޮށްފައިވާތީއާއި، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ ޤާނޫނު ތަޞްދީޤު ކުރެވުނު ފަހުން މަރިޔަމް ރަޝީދާއަކީ ދިވެހި ސިވިލް ސަރިވިސްގައި އިޓްއޭގެ ނައިޖީ
މުވައްޒަފެއް ކަމުގައި ބެލެވެން ނެތަތީ، މަރިޔަމް ރަޝީދާގެ ފަރާތުން ހުށަހަޅާފައިވާ މައް
4 86/
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
ސިވިލްސަރވިސް ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީ ވުމާއި މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް
ފާހަގަކޮށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، އެކޮމިޝަނުގެ ފަރާތުން
ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، އެމައްސަލަ ސިވިލްސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް ކުރިއަށް
ގެންދެވެން ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުއްވުމަށްފަހު، މަރިޔަމް ރަޝީދާ ހުށަހަޅާފައިވާ
މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އަށް ރައްދުވާ މައްސަލައެއް ކަމުގައި ކަނޑައަޅައި، 2011 ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން
އެމައްސަލަ ރައްދުވާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކަމުގައި ބައްލަވައިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލުން އެމައްސަލަ ކުރިއަށް ގެންގޮސްފައިވާކަން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮންނަކަމާއި،
މަރިޔަމް ރަޝީދާ ހުށަހަޅާފައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތްތަކަށް ބަލާއިރު،
އޭނާ ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ޑީން ކަމުގެ މަޤާމުން އޭނާ ވަކިކުރުމާއި ހަމައަށްވެސް
އޭނާގެ މަޤާމާއި ގުޅިގެން ކޮށްފައިވާ އެންމެހައި މުޢާމަލާތްތަކެއް ކޮށްފައިވަނީ ސިވިލް ސަރވަންޓެއްގެ ގޮތުގައި
ކަމަށްވާތީ، އެވަޒީފާއާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގައި ސިވިލް ސަރވިސް ކޮމިޝަން
ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް އޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ނުފެންނަކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލާގެ އަޑުއެހުންތައް
ފެށުނު ހިސާބުން ސިވިލް ސަރވިސް ކޮމިޝަން މައްސަލަ ރައްދުވާ ފަރާތުގެ ގޮތުގައި ހިމެނިފައި އޮތްއޮތުން
އުނިކޮށްފައިވަނީ ޤާނޫނީ ގޮތުން ރަގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ބެލެވެން ނެތަތީއާއި،
މައްސަލައާއި ގުޅިގެން ސިވިލްސަރވިސް ކޮމިޝަނުން ސާފުކުރަންޖެހޭ އެތައް ކަމެއް ހުރިކަމަށް މިމައްސަލަ
ބަލަމުންގެންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިމައްސަލަ ކުރިއަށް ގެންދެވިފައިވަނީ ސިވިލްސަރވިސް ކޮމިޝަން ބައިވެރިކޮށްގެންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20]1/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
J
24
3.2- ދެވަނަ ކަމަކީ: ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ "ޑީން” ގެ މަޤާމުގައި ހުންނެވި
ގ.މިރާން/މާލެ މަރިޔަމް ރަޝީދާ، އެމަޤާމުގެ މުއްދަތު (4 އަހަރު) ހަމަވެގެން އެމަޤާމުން ބަދަލު ކުރެއްވުމުން
ދާއިމީ ވަޒީފާއަކުން ވަކިކުރެއްވީ ކަމަށް ބައްލަވައި އެގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު: 2011/VTR/16 މައްސަލަ ނިންމަވާފައިވާކަމަށް މައްސަލަ އިސްތިއުނާފު ކުރި ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ފާހަގަކޮށްފައިވާތީ، އެނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން،
މަރިޔަމް ރަޝީދާ އަކީ 1986 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ވަޒީފާ އަދާކުރަމުން
އައިސްފައިވާ މީހެއްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޝަންގެ ނަންބަރު:
(ނ)2005
/
173/ޑީ (03ޖުލައި2005) ގެ ޗިޓަށް ބަލާއިރު، 2005 ޖުލައި 01 އިން ފެށިން އެސިސްޓެންޓް
ލެކްޗަރަރ ގްރޭޑް 2 ގެ މަޤާމުން، ޑީން ކަމުގެ މަޤާމަށް، ބަދަލުކޮށްފައިވާކަން އެނގޭކަމާއި، އަދި މޯލްޑިވްސް
ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ނަންބަރު: 2009
/
90/MCHE
-
VO (24 މާރޗް 2009) ގެ ޗިޓަށް
ބަލާއިރު 2009 ފެބްރުއަރީ 01 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ ދިވެހި ސިވިލް ސަރިވިސް ގެ އައު
އޮނިގަނޑަށް މަރިޔަމް ރަޝީދާގެ ވަޒީފާ ހިޖުރަ ކޮށްފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީން ކަމުގެ
މަޤާމަށްކަށް އެނގެން އޮންނަކަމާއި، މިކަން މިހެންވެފައިވަނިކޮށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ނަންބަރު:
2011
/
01/MIL
/
MCHE-22 (04 ޖެނުއަރީ 2011) ގެ ސިޓީގައި، ފެކަލްޓީ އޮފް ހެލްތް ސައެންސަސް
ގެ ޑީން ކަމުގެ މަޤާމުގައި ހުރި މަރިޔަމް ރަޝީދާ އެމަޤާމުގައި ހުރުމުގެ މުއްދަތު ހަމަވެފައިވާތީ އެމަޤާމުން
އޭނާ ވަކިކުރުމަށް ސިވިލް ސަރިވިސް ކޮމިޝަނުގެ ނަންބަރު:22
/
2010
/
1459/A-188
(09 ނޮވެމްބަރު 2010) ސިޓީއިން އަންގާފައިވާތީ، 2011 ޖެނުއަރީ 04 ވަނަ ދުވަހުން ފެށިގެން އެމަޤާމުގެ
މަސްއޫލިއްޔަތުން އޭނާ ވީއްލިކަމަށް އަންގާފައިވާކަން އެނގެ އޮންނަކަމާއި، އެހެންކަމުން ކޮލެޖް އޮފް ހަޔަރ
އެޑިޔުކޭޝަން ގެ ފެކަލްޓީ ތަކުގެ "ޑީން" ކަމުގެ މަޤާމަށް މީހުން ހަމަޖެއްސުމާއި އެމަޤާމުން މީހުން
ވަކިކުރުމާއި މިއީ ކޮންގޮތަކަށް ހިނގަމުން އަންނަކަމެއްކަން މިޤަޟިއްޔާ ނިންމުމުގެ ކުރިން ޝަރީޢަތުން
ދެނެގަތުން މުހިންމުކަން ފާހަގަކުރެވެއެވެ.
މިގޮތުން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅޭ ރަސްމީ އިދާރާތަކުން
ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ފެންނަން އޮތް ޙަޤީޤަތަކީ، މޯލްޑިވްސް ކޮލެޖް އޮފް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
J
އެޑިއުކޭޝަން ގެ ފެކަލްޓީ ތަކުގެ "ޑީން" ކަމަކީ ދާއިމީ މަޤާމެއްގެ ގޮތުގައި ދެކެމުން އަންނާތީ އެގޮތަށް ދެކޭ
ދެކުމަށް ބަދަލު ގެނައުމަށާއި، އެއީ ފެކަލްޓީގެ ލެކްޗަރަރ އިންގެ ތެރެއިން އެކަމަށް ކުރިމަތި ލައްވާ އެކަށޭނެ
ބޭފުޅަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތަކަށްވާތީ އެކަމާބެހޭގޮތުން ކަމާބެހޭ އިދާރާތައް ކަމުގައިވާ މިނިސްޓްރީ އޮފް
އެޑިއުކޭޝަނާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނާއި، ސިވިލް ސަރިވިސް ކޮމިޝަނާމެދު
މަޝްވަރާ ކުރެވި އެކަމުގައި ޢަމަލުކުރާނެ އުޞޫލެއް ކަނޑައެޅި އެ އުޞޫލާއި އެއްގޮތަށް ޢަމަލުކުރެވެމުން
އައިސްފައިވާކަން އެނގެން އޮންނަކަމާމެދު އިޢުތިރާޟް ކުރެވެން ނެތްކަން ކަމާއި،
ހަމައެފަދައިން "ޑީން" އަކީ ވަކި މަޤާމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، ޑީން ކަމުގެ
މަސްއޫލިއްޔަތު ވަކި މުއްދަތަކަށް ޙަވާލުކުރުމަށްޓަކައި އެކަމަށް ފެކަލްޓީގެ ލެކްޗަރަރއިންގެ ތެރެއިން މީހަކު
ހޮވުމަށް ކަނޑައަޅާފައިވާ އުޞޫލުގައި ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާއިދާއި ފުށުއަރާ ކަންތައްތަކެއް
ހުރިކަން ފާހަގަކުރެވިގެން އެކަންތައްތައް އިޞްލާޙް ކުރުމަށާއި، އެއިޞްލާޙާ އެއްގޮތަށް ޢަމަލުކުރުމަށް ސިވިލް
ސާރިވިސް ކޮމިޝަނުން ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަން އެނގޭ ލިޔުންތައް ޝަރީޢަތަށް
ހުށަހެޅިފައިވާކަމާއި،
މިގޮތުން ފާހަގަކޮށްލެވޭ ބައެއް ލިޔުންތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން
ސިވިލް ސަރިވިސް ކޮމިޝަނަށް ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު: 188
/
2009
/
283/MCHE-22
(12 އޭޕްރީލް 2009) ގެ ސިޓީއިން، ފެކަލްޓީ އޮފް އާރޓްސްއަށް ޑީން އަކު ހަމަޖެއްސުމުގެ ހުއްދައަށް އެދި،
އެކަން ކުރަމުން އަންނަ ގޮތުގެ މަޢުލޫމާތު އެކޮމިޝަނާ ހިއްސާ ކޮށްފައިވާކަން އެނގޭކަމާއި، އެގޮތުން ޑީން
ކަން ޙަވާލުކުރަނީ ތަނުގެ އެކަޑަމިކް މުވައްޒަފަކަށް ކަމަށާއި، އެހެންކަމުން އެކަމަކީ ތަނުގެ މުވައްޒަފުންގެ
ޢަދަދު އިތުރު ވެގެންދާނެ ކަމެއް ނޫންކަމަށާއި، އަދި އެކަން ކުރަމުން އަންނަގޮތަކީ ތަނުގެ މުވައްޒަފުންނަށް
ޑީން އެއްގެ މަސްއޫލިއްޔަތު އޮޅުން ފިލުވައިދީ ސިއްރު ވޯޓެއްގެ ނެގުމަށްފަހު، އެންމެ ގިނަ ވޯޓު ލިބޭ
މުވައްޒަފުންގެ މެދުގައި ކޮލެޖްގެ އިސްވެރިން އިންޓަރވިޔު ކުރާ އުޞޫލުންކަމަށް އެސިޓީގައި
ކޮލެޖުން އެކަންކުރުމުގައި ޢަމަލުކުރަމުން އަންނަ ގޮތާމެދު ސިވިލް ސަރިވިސް ކޮމިޝަނުން އިތުރު ލަފައެއް
އޮތްނަމަ އެކަން އަންގަވައި ދެއްވުމަށްވެސް އެސިޓީގައި އެދިފައިވާކަން އެނގެން އޮންނައިރު، އެއުޞޫލު
ސަރވިސްކޮމިޝަނަށް
އެކޮމިޝަނުގެ ނަންބަރު:22
/
2009
/
368/M-88
(23 އޭޕްރީލް 2009) ސިޓީ އިން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އަންގާފައިވާކަން ފާހަގަކުރެވޭކަމާއި،
ހ84=0
ބަޔާންކޮށް،
ދ ތ ގ ހވ
ހުށަހެޅުއްވުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20jj/HC-A/215
20
188-M/22/2010/473
އަދި އޭގެ ފަހުން 24 އޯގަސްޓް 2009 ގައި ސިވިލް ސަރިވިސް ކޮމިޝަނުގެ ނަންބަރު:
22
/
2009
/
949/M-188 ސިޓީ އިން، ކޮލެޖުން ޑީން ގެ މަޤާމަށް މީހަކު ހަމަޖެއްސުމުގައި ޢަމަލުކުރަމުން
ގެންދާ އުޞޫލުން، ފެކަލްޓީ އޮފް އާރޓްސް އަށް ޑީން އަކު ހަމަޖެއްސުމުގެ ހުއްދަ ދީފައިވާކަން އެނގޭކަމާއި،
އަދި އޭގެ ފަހުންވެސް ޑީން ކަމުގެ މަސްއޫލިއްޔަތު ޙަވާލު ކުރުމުގައި ޢަމަލު ކުރުމަށް އަންނަ އުޞޫލާއި
ބެހޭގޮތުން އެކިފަހަރު މަތީން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސިވިލް ސަރިވިސް ކޮމިޝަނާއި ދެމެދު ސިޓީ
ބަދަލު ކުރެވިފައިވާކަމާއި،
އަދި 2010
ޖޫން ގައި ސިވިލް ސަރިވިސް ކޮމިޝަނުގެ ނަންބަރު:
ސިޓީ އިން، ފެކަލްޓީ ތަކުގެ ޑީން ކަމުގެ މަސްއޫލިއްޔަތު ޙަވާލު ކުރުމުގައި
ޢަމަލުކުރަމުން އަންނަ އުޞޫލު ދިރާސާކުރުމަށްފަހު، އެ އުޞޫލު އިޞްލާޙުކުރަންވީގޮތާއި އޭގެ ފަހުން ކަންތައް
ކުރަންވީގޮތް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އަންގާފައިވާކަން އެނގޭކަމާއި،
އެގޮތުން، އެސިޓީގައި، ޑީން ގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހަކު ހޮވުމުގެ ފުރަތަމަ
މަރުޙަލާގައި ޝަރުޠު ހަމަވާ މީހުންގެ ތެރެއިން 2 މީހަކު ހޮވާ، އެދެމީހުންގެ މެދުގައި ވޯޓުލުމުގެ މަރުޙަލާއެއް
ބާއްވައި، އެންމެ ގިނަ ވޯޓު ލިބޭފަރާތަކަށް އިންޓަރވިއުކޮށް ޑީން ގެ މަސްއޫލިއްޔަތު ޙަވާލުކުރުމަކީ، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެރިޓް އުޞޫލުން ކުރެވޭ ކަމަކަށް
ނުވުމާއި، އަދި ޤާނޫނުގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އަސާސީ ސިފައަކާ ޚިލާފަށް ކުރެވޭ
ކަމެއްކަމުގައިވާތީ އެކަން އިސްލާހުކުރުމަށާއި، އޭގެ ފަހުން އިސްލާހު ގެނެވުނު އުސޫލާއި އެއްގޮތަށް
ރުމަށްޓަކައި، އޭރު ޑީން ކަމުގެ މަޤާމުގައި ތިބި މީހުން އެމީހުން އެމަޤާމަށް ޢައްޔަން ކުރެވުނު މުއްދަތު
ހަމަވުމުން، އެމުވައްޒަފަކު ހުރި ރޭންކުގައި ލެކްޗަރަރއިންގެ އޮނިގަނޑުގެ ނަމަކަށް މުވައްޒަފު ހުރި މަޤާމުގެ
ނަން ބަދަލުކުރުމަށް އެކޮމިޝަނަށް ހުށަހަޅާ އެބަދަލު ގެނައުމަށާއި، އަދި ޑީން ކަމުގެ މަސްއޫލިއްޔަތު
މުވައްޒަފަކާ ހަވާލުކުރެވޭތާ 7 ދުވަހުގެ ތެރޭގައި އެމުވައްޒަފަކަށް ޓެނުއަރޝިޕް އެލަވަންސް ހަމަޖެއްސުމަށް
އެކޮމިޝަނަށް ހުށަހެޅުމަށް އަންގާފައިވާކަން ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
at
3.3- ތިންވަނަ ކަމަކީ: ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ގެ ފެކަލްޓީ ތަކުގެ
ޙަވާލުކުރެވޭ ފަރާތަކަށް އެކަން އެންގުމުގެ ގޮތުން ކަމާބެހޭ އިދާރާއިން ފޮނުވަމުން އަންނަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20]1/HC-A/215
I
، "ޓެޖްގެ ހައިކް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޗިޓުގައި އެވަޒީފާއަކީ ވަގުތީ މަސްއޫލިއްޔަތެއްގެ ގޮތުގައި ލިޔެފައި ނޯންނަ ނަމަވެސް، އަދި އެޗިޓުގައި އެއީ
ވަގުތީ ވަޒީފާއެއް ކަމަށް ބަޔާންކޮށް އެވަޒީފާގެ މުއްދަތު ލިޔެފައި ނޯންނަ ނަމަވެސް، "ޑީން" ކަމަށް ކުރިމަތި
ލުމުގައި ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަށާއި، އަދި "ޑީން" ކަމަށް މީހަކު ހޮވުމުގައި ޢަމަ
ޢަމަލުކުރަމުން
އައިސްފައިވާ އުޞޫލަށް ބަލާއިރު، އެއީ ދާއިމީ މަޤާމަކަށް މީހަކު ޢައްޔަން ކުރުމުގައި ޢަމަލުކު
ޢަމަލުކުރެވޭ
ގޮތްތަކެއްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމާއި، އަދި މަރިޔަމް ރަޝީދާ އާއި "ޑީން" ކަން ޙަވާލުކުރެވިފައިވަނީ
އެފަދަ އެހެން ފަރާތްތަކަށްވެސް އޭރު އެމަޤާމުގެ މަސްއޫލިއްޔަތު ޙަވާލުކުރަމުން އައިސްފައިވާ އުޞޫލުންކަމާއި،
އަދި އޭރު މަރިޔަމް ރަޝީދާ އަކީވެސް ލެކްޗަރަރ އިންގެ ތެރޭގައި ހިމެނޭ ފަރާތަކަށްވާއިރު، އެކަންކަން
ހިނގަމުން އައިސްފައިވަނީ ފެކަލްޓީ ތަކުގެ އެކަޑަމިކް ބޭފުޅުންނާއި ދަރިވަރުންނާއި އަދި އިދާރީ ވެރިންގެ
ކުރިމަތީގައި ކަމަށްވާތީ، އެކަން ހިނގަމުން އައިސްފައިވާ ގޮތާއި އެމަޤާމުގެ ޠަބީޢަތަކީ މަރިޔަމް ރަޝީދާ އަށް
ވަންހަނާވެފައިވާނެ ކަންތައްތަކެއްކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭކަމާއި،
އެހެނީ ޑީން ކަމުގެ މަޤާމަކީ ފެކަލްޓީތަކުގެ ރަޖިސްޓްރީގައި އޮންނަ ވަކި މަޤާމެއްގެ ގޮތުގައި
ފެންނަން އޮތް އޮތުމަށް ބަދަލުގެނެސް އެއީ ފެކަލްޓީގެ ލެކްޗަރަރ އިންކުރެ އެކަމަށް އެކަށޭނެ މީހަކަށް ވަކި
މުއްދަތަކަށް ޙަވާލުކުރެވޭ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިވާކަން ސާފުކޮށް އެނގޭނެ
ލިޔެކިޔުންތައް ޝަރީޢަތަށް ހުށަހެޅިފައިވާކަމާއި، އޭގެ ތެރޭގައި މިރިޕޯޓުގެ 3.2 ގައި އިސްވެ ޙަވާލާ ދެވުނު
ސިޓީތައް ހިމެނޭކަމާއި، އަދި އޭގެ އިތުރުން "ޑީނުން ޢައްޔަން ކުރުމަށް ޢަމަލު ކުރަމުންދާ އުޞޫލު"
މިނަމުގައި ލިޔެވިފައިވާ އުޞޫލު ހިމެނޭކަމާއި، އަދި އެއުޞޫލަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ
އެޑިއުކޭޝަނުގެ ފެކަލްޓީތަކުގެ މެދުގައި ޢާންމުކުރެވިފައިވާ އުޞޫލެއްކަމަށް މިޤަޟިއްޔާ އިސްތިއުނާފު
ކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުންނާއި މިޤަޟިއްޔާގެ ބޭނުމަށްޓައި ހައިކޯޓުން
މިޤަޟިއްޔާގެ ތެރެއަށް ތަދައްޚުލް ކުރުވާފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު،
އެފަދަ އުޞޫލެއް އެކުލަވާލެވި އެމައްޗަށް ޢަމަލުކުރެވެމުން އައިސްފައިވާކަން މަރިޔަމް ރަޝީދާއަށް އެނގިފައި
ނުވާކަމަށް އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާއިރު، މަރިޔަމް ރަޝީދާ ގެ އެ ބުނުން
ނަފީ ވެގެންދާ ސަބަބުތަކެއް ފެންނަން އެބަހުރިކަމާއިގެ
އޭގެ ތެރޭގައި، މަރިޔަމް ރަޝީދާ ޑީން ކަމުގައި ހުރި ފެކަލްޓީ، "ފެކަލްޓީ އޮފް ހެލް
ސައެންސަސް" ގެ ނޯޓިސް ބޯޑުގައި ހަރުކޮށްފައިހުރި "ޑީނުން ޢައްޔަން ކުރުމަށް ޢަމަލު ކުރަމުންދާ އު
IT 5
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20]1/HC-A/215
4 6 8 2
ނެތްކަމަށްޓަކައި، ޑީން ކަމުގެ މަޤާމަކީ ދާއިމީ މަޤާމެއް ނޫންކަމާއި، އެއީ ވަކި މުއްދަތަކަށް ވާންވެ 9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެ ފުރަތަމަ ޞަފްޙާގެ މަތީ ކަނުގައި އިނގިރޭސި ބަހުން Staff Noticeboard ލިޔެފައިވާ ލިޔުންކޮޅަކީ
މަރިޔަމް ރަޝީދާގެ އަތުލިޔުންކަމަށާއި، އެލިޔުންކޮޅުގެ ކައިރީގައި ކޮށްފައިވާ ސޮއި އަކީ މަރިޔަމް ރަޝީދާގެ
ސޮއި ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ބުނެފައިވާ ބުނުމަށް މަރިޔަމް ރަޝީދާގެ ފަރާތުން
ސާފު ބަހުން އިންކާރު ކޮށްފައިނުވާހިނދު، މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ މަރިޔަމް ރަޝީދާ ސޮއި
ހިމެނިފައިވާ އެންމެހައި ލިޔުންތަކުގައިވާ ސޮޔާއި ޙަވާލާ ދެވިފައިވާ އުޞޫލުގެ ކަމުގައިވާ ސޮޔާއި ހަމަލޮލުން
ބަލާބެލުމަށް އެއްވެސް ތަފާތެއް ނެތްކަން ފާހަގަކުރެވިފައިވާކަމާއި،
އަދި މީގެ އިތުރުން މަރިޔަމް ރަޝީދާ އަށް ކުރިން ލިބެމުން އައިސްފައި ނުވާ އެލަވަންސެއް
ކަމުގައިވާ "ޓެނުއަރޝިޕް އެލަވަންސް" ޑީން ކަމުގައި ލިބެމުން އައިސްފައިވާކަމާއި، ޓެނުއަރޝިޕް
އެލަވަންސަކީ، އޭގެ ޒާތުގައިވެސް މުއްދަތު ކަނޑައެޅިފައިވާ މަޤާމުތަކުގައި ނުވަތަ އެފަދަ މަޤާމުތަކުގެ
މަސްއޫލިއްޔަތު އުފުލުމަށް ޙަވާލުވެ ތިބޭ ފަރާތްތަކަށް އެމަޤާމުގެ މަސްއޫލިއްޔަތު އަދާކުރާތީ ދެމުން ގެންދާ
އެލަންވަންސެއްކަން އެނގޭކަމާއި، އެ އެލަވަންސް ތަޢާރަފު ކުރެވުމުން އެލަވަންސް ދެމުން އައިސްފައިވަނީ
އެފެކަލްޓީ އެއްގައި ކިޔަވަމުން ގެންދާ ދަރިވަރުންގެ ނިސްބަތަށް ނުވަތަ އެންރޯލްމަންޓުގެ އުޞޫލަށް
ބިނާކޮށްގެންކަން އެނގެން އޮންނަކަމާއި، އަދި މީގެ އިތުރުން މަރިޔަމް ރަޝީދާގެ ފަހުން އެފެކަލްޓީގެ ޑީން
ކަން ޙަވާލުކުރާނެ ފަރާތެއް ހޮވުމުގެ އެންމެހައި ކަންތައްތައް ކުރެވިފައިވަނީވެސް މަރިޔަމް ރަޝީދާއަށް
އެނގުމާއި ފެނުމުގެ ތެރެއިން ނޫންކަމަށް ބެލެވޭނެ ހަމައެއްވެސް ނެތްކަމާއި،
އެހެންކަމުން އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ބަލާއިރު، މަރިޔަމް ރަޝީދާއަށް ފެކަލްޓީ
އޮފް ހެލްތް ސައެންސަސްގެ ޑީން ކަމުގެ މަޤާމް ހަމަޖެހުނުކަން އެންގުމުގެ ގޮތުން ކަމާބެހޭ އިދާރާއިން
އަންގާފައިވާ ރަސްމީ ލިޔުމުގައި އެމަޤާމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ މަޤާމެއްކަމަށް ލިޔެފައި ނެތަސް،
މަރިޔަމް ރަޝިދާ އަކީ ޑީން ކަމުގެ މަޤާމު ލިބުމުގެ ކުރިން ފެކަލްޓީގެ އެކަޑަމިކް މަޤާމެއްގައި އުޅެފައިވާ
ފަރާތެއް ކަމުގައިވާތީއާއި، ޑީން ކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭ އުޞޫލާއި އެ އުޞޫލަށް އައި
ބަދަލުތައް އޭނާއަށް އެނގިފައި ނުވާކަމަށް ބަލާނެ އެއްވެސް ސަބަބެއް ނެތަތީއާއި، ޑީން ކަމުގެ މަޤާމުގައިހުރި
އިރު ޓެނުއަރޝިޕް އެލަވަންސްގެ ނަމުގައި އެލަވަންސެއް ލިބެމުން އައިސްފައިވާތީއާއި، އެމަޤާމަށް އެހެން
މީހަކު ހަމަޖެއްސުމުގެ އެންމެހައި ކަންތައްތައް ހިނގާފައިވަނީ މަރިޔަމް ރަޝީދާ އަށް ނޭގި ކަމަށް ބެލެވެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20]1/HC-A/215
ހޤީކރވެ
"ކާޑު 1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަސްއޫލިއްޔަތެއްކަން މަރިޔަމް ރަޝީދާ އަށް އެނގިފައިނުވާކަމަށް ބަލަންޖެހޭ ސަބަބެއް
ނެތްކަން
ވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/16
މައްސަލާގައި މަރިޔަމް ރަޝީދާ ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު، އޭނާ ޑީން ކަމުގެ މަޤާމުގައި ހުރި
މުއްދަތުގައި ލިބެމުން ދިޔަ އިނާޔަތްތަކުގެ ތެރެއިން ފޯން އެލަވަންސްއާއި ޓެނުއަރޝިޕް އެލަވަންސްއިން ބައެއް
އުނިކޮށް ޑިސެމްބަރު 2010 ގައި އޭނާއަށް މުސާރަ ދީފައިވާކަމަށްބުނެފައިވާތީ އެނުކުތާ ބައްލަވައި،
ނިންމާފައިވާ ނިންމެވުމުގައި، ޑީން ކަމުގެ މަޤާމުގެ މުއްދަތު ހަމަވެފައިވާކަމަށްބުނެ އެމަޤާމުގެ މަސްއޫލިއްޔަތުން
އޭނާ ދުރުކޮށްފައިވަނީ 2011 ޖެނުއަރީ 04 ގައި ކަމަށާއި، ނަމަވެސް 2010 ވަނަ އަހަރުގެ ޑިސެމްބަރ
މަހު މަރިޔަމް ރަޝީދާ އަށް މުސާރަ ދިންއިރު، ފޯނު އެލަވަންސަށްވާ 269
/
17ރ.(ދުއިސައްތަ ފަސްދޮޅަސް
ނުވަރުފިޔާ ސަތާރަ ލާރި) އާއި، ޓެނުއަރޝިޕް އެލެވަންސް އިން 2025
/
83ރ.(ދެހާސް ފަންސަވީސް ރުފިޔާ
އަށްޑިހަ ތިންލާރި) އުނިކޮށްފައިވާކަމަށް ކަނޑައަޅުއްވައި އެކުޖުމްލަ -/2295ރ.(ދެހާސް ދުއިސައްތަ ނުވަދިހަ
ފަސްރުފިޔާ) އާއި، އަދި 2011 ޖެނުއަރީ 04 އިން ފެށިގެން ޑީން ކަމުގެ މަޤާމުގެ މުސާރައާއި ޢިނާޔަތުގެ
ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޭނާއަށް ލެކްޗަރަރގެ މަޤާމަށް ދީފައިވާ މުސާރަ އާއި
އިނާޔަތްތައް އުނިކުރުމުން ޖެހޭ މިންވަރު އެމައްސަލަ ނިންމި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ
އެއްފަހަރާ ދިނުމަށް އަންގާފައިވާ އެންގުމަށް ބަލާއިރު، އިސްވެ ފާހަގަކުރެވިފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް
ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/16 މައްސަލާގައި މަރިޔަމް ރަޝީދާ،
ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީން ގެ މަޤާމުގެ މަސްއޫލިއްޔަތުން ވީއްލައި، އޭނާ ލެކްޗަރ ކަމުގެ
މަޤާމަށް ބަދަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ
ރަގަޅަކަށްކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2011/VTR/16 މައްސަލާގައި ނިންމަވާފައިވާ އެ ނިންމެވުމަށާއި، އެނިންމެވުމާއި ވިދިގެން ނިންމަވާފައިވާ،
"04 ޖެނުއަރީ 2011 އިން ފެށިގެން ޑީން ކަމުގެ މަޤާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށްޖީގެ
ed
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20]1/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިބެންޖެހޭ ފައިސާގެ ތެރެއިން އޭނާއަށް ލެކްޗަރަރގެ މަޤާމަށް ދީފައިވާ މުސާރަ އާއި އިނާޔަތްތައް އުނިކުރުމުން
ޖެހޭ މިންވަރު އެމައްސަލަ ނިންމި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް
އަންގާފައިވާ އެންގުމަށް"
ބަދަލު
ހަންޖެހޭކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވާކަމާއި،
އެހެންކަމުން އެމައްސަލަ ނިންމުމުގައި މަރިޔަމް ރަޝީދާއަށް ދިނުމަށް ކަނޑައަޅާފައިވާ
ފައިސާގެ ތެރެއިން ޔުނިވަރސިޓީގެ ފަރާތުން މަރިޔަމް ރަޝީދާ އަށް ދޭންޖެހޭނީ، 2010 ވަނަ އަހަރުގެ
ޑިސެމްބަރ މަހު މަރިޔަމް ރަޝީދާ އަށް މުސާރަ ދިންއިރު، ފޯނު އެލަވަންސުން އުނިކޮށްފައިވާ
269
/
17ރ.(ދުއިސައްތަ ފަސްދޮޅަސް ނުވަރުފިޔާ ސަތާރަ ލާރި) އާއި، ޓެނުއަރޝިޕް އެލެވަންސުން
އުނިކޮށްފައިވާ 2025
/
83ރ.(ދެހާސް ފަންސަވީސް ރުފިޔާ އަށްޑިހަ ތިންލާރި) އާއި އެކުޖުމްލަ
-/2295ރ.(ދެހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ) ކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ
މަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/16 މައްސަލަ ބައްލަވައި ނިންމަވާ
ނިންމެވުމުގައި، ގ.މިރާން/މާލެ، މަރްޔަމް ރަޝީދާ (ދރ.ކާޑް ނަންބަރު:A033081)، ފެކަލްޓީ އޮފް ހެލްތް
ސައެންސަސްގެ ޑީންގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ މަޤާމުގެ މަސްއޫލިއްޔަތުން
04 ޖެނުއަރީ 2011 ގައި ވީއްލައި، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ މަޤާމުން އެފެކަލްޓީގެ
ލެކްޗަރަރގެ މަޤާމަށް 25 ޖެނުއަރީ 2011 ގައި ބަދަލުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި
ޚިލާފަށްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، މަރިޔަމް ރަޝީދާ އަކީ ދިވެހި ސިވިލް ސަރވިސްގައި
ނުހިމެނޭ މުވައްޒަފެއްކަން 15 ފެބްރުއަރީ 2011 ގައި އޭނާއަށް އެންގިއިރު އޭނާހުރީ ފެކަލްޓީ އޮފް ހެލްތް
ސައެންސަސްގެ ޑީންގެ މަޤާމުގައިކަމަށް ބަލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީއަށް އޭނާގެ ވަޒީފާ ހިޖުރަވެގެންދާނީ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ
މަޤާމަށްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، 04 ޖެނުއަރީ 2011 ން ފެށިގެން ޑީންގެ ގައިގެ މި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޭނާއަށް ލެކްޗަރަރގެ މަޤާމަށް
ދީފައިވާ މުސާރައާއި އިނާޔަތްތައް އުނިކުރުމުން ޖެހޭ މިންވަރު 30 މެއި 2011 ވަނަ ދުވަހުން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދީ ޚަލާސް ކުރުމަށް އަންގާފައިވާ އެންގުމަށް ބަދަލު
ގެންނަންޖެހޭނެ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އިއްތިފާޤު
ވެވިފައި ވެއެވެ.
c etc.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
އެގޮތުގެ މަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/16 މައްސަލަ ބައްލަވައި
ނިންމަވާފައިވާ ނިންމެވުމުގައި، ގ.މިރާން/މާލެ، މަރްޔަމް ރަޝީދާ (ދރ.ކާޑް ނަންބަރު:A033081)، ފެކަލްޓީ
އޮފް ހެލްތު ސައެންސަސްގެ ޑީންގެ މަޤާމުގެ މުއްދަތު ހަމަވުމާގުޅިގެން އެ މަޤާމުގެ މަސްއޫލިއްޔަތުން
04 ޖެނުއަރީ 2011 ގައި ވީއްލައި، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ މަޤާމުން އެފެކަލްޓީގެ
ލެކްޗަރަރގެ މަޤާމަށް 25 ޖެނުއަރީ 2011 ގައި ބަދަލުކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި
ޚިލާފަށްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، މަރިޔަމް ރަޝީދާ އަކީ ދިވެހި ސިވިލް ސަރވިސްގައި
ނުހިމެނޭ މުވައްޒަފެއްކަން 15 ފެބްރުއަރީ 2011 ގައި އޭނާއަށް އެންގިއިރު އޭނާހުރީ ފެކަލްޓީ އޮފް ހެލްތް
ސައެންސަސްގެ ޑީންގެ މަޤާމުގައިކަމަށް ބަލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީއަށް އޭނާގެ ވަޒީފާ ހިޖުރަވެގެންދާނީ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ޑީންގެ
މަޤާމަށްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށާއި، 2011 ޖެނުއަރީ 04 އިން ފެށިގެން ޑީންގެ މަޤާމުގެ
މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޭނާއަށް ލެކްޗަރަރގެ މަޤާމަށް
ދީފައިވާ މުސާރައާއި ޢިނާޔަތްތައް އުނިކުރުމުން ޖެހޭ މިންވަރު 2011 މެއި 30 ވަނަ ދުވަހުން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޚަލާސް ކުރުމަށް އަންގާފައިވާ އެންގުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/215
ހި4 38
336
ފުން
ގެންނަންޖެހޭނެ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2011/VTR/16 މައްސަލާގައި ނިންމާފައިވާ އިސްވެ
އެންމެހައި ނިންމުންތައް ބާޠިލްކޮށް، އެމައްސަލަ ނިންމުމުގައި މަރިޔަމް ރަޝީދާއަށް ދިނުމަށް
ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މަރިޔަމް ރަޝީދާ އަށް
ދޭންޖެހޭނީ، 2010 ވަނަ އަހަރުގެ ޑިސެމްބަރ މަހު މަރިޔަމް ރަޝީދާ އަށް މުސާރަ ދިންއިރު، ފޯނު
އެލަވަންސުން އުނިކޮށްފައިވާ 269
/
17ރ.(ދުއިސައްތަ ފަސްދޮޅަސް ނުވަރުފިޔާ ސަތާރަ ލާރި) އާއި،
ޖެނުއަރޝިޕް އެލެވަންސުން އުނިކޮށްފައިވާ 2025
/
83ރ.(ދެހާސް ފަންސަވީސް ރުފިޔާ އަށްޑިހަ ތިންލާރި) އާ
އެކުޖުމްލަ -/2295 ރ.(ދެހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ) ކަމަށް ކަނޑައަޅައި، މިއަދު
(13 ނޮވެމްބަރު 2013) ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މިފައިސާ
މަރިޔަމް ރަޝީދާއަށް ޚުލާޞާ ކުރުމަށްފަހު އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަށް އަންގާ
އަމުރުކޮށް،
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv