ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/124 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/124
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 124/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުއްނާފިޢު ޙުސައިން
އައިޑީ ކާޑު ނަންބަރު: A032407
ބަދަލުގައި: ޢަބްދުއްރަޝީދު ޙުސައިން މަނިކު (A035679)
ދާއިމީ އެޑްރެސް: ފ. ޤާހިރާ
މިހާރުގެ އެޑްރެސް: ގ.
. އޮއިވާލި
*
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް)
ހުށަހެޅުނު ތާރީޚް: 07 މެއި 2009
* ނިމުނު ތާރީޚް: 27 ސެޕްޓެމްބަރ 2011
މައްސަލައިގެ ބާވަތް: ވަޒީފާ އަލުން ހޯދުމާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު
ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2
2009/HC-A/124
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/778 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ކ. ޤާހިރާ ޢަބްދުއްނާފިޢު އިބްރާހީމް އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (ދިވެހި
ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- މަދަނީ ކޯޓުގެ ނަންބަރު 2008/MC/778 ޤަޟިއްޔާ އަކީ، 28 އޭޕްރީލް 1979 އިން
ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާ ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާއި
އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތުގެ އަޚްލާޤާއި، ޙާޟިރީއަށާއި، އެހެނިހެން ކަންކަމަށް ފުރިހަމައަށް
އިޙްތިރާމު ކުރުމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރަމުން ދަނިކޮށް ކުރިން އެނގުމަކާއި ނުލައި ސަރުކާރުގެ
މުވައްޒަފުންގެ ކަންތައް ހިންގުމުގެ ޤަވާޢިދު 2004 އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީގެ ޤަވާޢިދާއި ނުވަތަ ސަރުކާރުގެ ކަމާއިބެހޭ ޤަވާޢިދާއި ޚިލާފަށް 01 އޭޕްރީލް 2008 ދުވަހު
”މީނާގެ ޢަމަލުތައް ހުރިގޮތުން ސިފައިންގެ ވަޒީފާގައި ބަހައްޓަން ނުފެންނާތީ، ކަމަށް ބުނެ މޯލްޑިވްސް
ޑިފެންސް ފޯސްގެ ލާންސް ކޯޕްރަލެއްގެ ވަޒީފާއިން ޅ. ހިންނަވަރު ޕެރިސްގެ ޢަބްދުއްރާފިޢު ޙުސައިން
ވަކިކޮށްފައިވާތީ، އެވަޒީފާ އަލުން އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ
ބަދަލު ހޯދައިދިނުމަށް އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މައްޗަށް ޅ.
ހިންނަވަރުގެ ޕެރިސްގެ ޢަބްދުއްނާފިޢު ޙުސައިން ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [ދެންފަހެ، 28 އޭޕްރީލް 1979 ވަނަ އަހަރުން
ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާގައި، ދިވެހިރާއްޖޭގެ ގާނޫނާއި
ގޮތްވާ ގޮތެގެމަތީން މަސައްކަތުގެ އަޚްލާޤާއި، ޙާޟިރީއަށާއި، އެހެނިހެން ކަންކަމަށް ފުރިހަމައަށް އިޙްތިރާމް
ވަޒީފާގެ ވާޖިބުތައް އަދާކުރަމުން ދަނިކޮށް، ކުރިން އެނގުމަކާނުލައި، ސަރުކާރުގެ މުވައްޒަފުންގެ
OXO
OLC
04
0x ދު
އެއްގޮތެވެ
24 22
ކުރުމާއެކުk
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009/HC-A/124
ﷲ 0
02
02
ކަންތައްތއ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހިންގުމުގެ ޤަވާޢިދު 2004 އާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ
ޤަވާޢިދާ ޚިލާފަށް "މީނުގެ ޢަމަލުތައް ހުރިގޮތުން ސިފައިންގެ ވަޒީފާގައި ބަހައްޓަން ނުފެންނާތީ" ކަމަށް ބުނެ
01 އޭޕްރީލް 2008 ދުވަހު ޅ. ހިންނަވަރު | ޕެރިސްގެ ޢަބްދުއްނާފިޢު ޙުސައިން، މޯލްޑިވްސް ނޭޝަނަލް
ޑިފެންސް ފޯސްގެ ލާންސް ކޯޕްރަލްގެ ވަޒީފާއިން ވަކިކޮށްފައިވާތީ، އެވަޒީފާއަލުން އަނބުރާ ހޯދުމަށާއި،
ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށްއެދި، މޯލްޑިވްސް ނޭޝަނަލް
ޑިފެންސް ފޯސްގެ މައްޗަށް ޅ.
ހިންނަވަރު | ޕެރިސްގެ ޢަބްދުއްނާފިޢު ޙުސައިން ދަޢުވާ ކޮށްފައިވާއިރު،
ޢަބްދުއްނާފިޢު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ ޤަވާޢިދުގެ 03 ވަނަ ބާބުގައި
ސިފައިން "ކައިވެނިކުރުން" މިސުރުޚީގެ ދަށުން 36 ވަނަ މާއްދާގައި ވާގޮތަށް ކައިވެނި ކުރުމުގެ ހުއްދައަށްއެދި
އެމް.އެން.ޑީ.އެފްގެ އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފަށް ހުށަހެޅިއިރު، ޢަބްދުއްނާފިޢު ޙުސައިން ކައިވެނިކުރަން
އެދިފައިވާ އަމީނާ މުޙައްމަދަކީ ސިފައިންގެ ޚިދުމަތުގައި ހުރި މީހަކު ކުރިން ކައިވެނިކޮށްފައިވާ އަންހެނެއް
ކަމުގެ މަޢުލޫމާތު ދީފައިނެތުމާއި، އަދި ސިފައިންގެ ޤަވާޢިދުގެ 03 ވަނަ ބާބުގެ 37 ވަނަ މާއްދާގައި
ސިފައިންގެ މީހަކާ ކައިވެނިކޮށް ވަރިކޮށްފައިވާ މީހަކާ (ވަރިކުރިމީހާ ސިފައިންގެ ވަޒީފާގައި ހުރިހާ ހިނދަކު)
އެހެން ސިފައިންގެ މީހަކު ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ބުނެފައިވަނިކޮށް އެކަން އެނގިހުރި
ޙާލުގައިކަން އެފަރާތުގެ އިޢްތިރާފުން އެނގޭތީ، އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފަށް ހުއްދަ ހޯދަން
ހުށަހަޅަންޖެހޭ ފޯމުގައި އެމަޢުލޫމާތު ހިމެނުމަށް ވަކިގޮތެއް ޚާއްޞަކޮށްފައި ނެތަސް، ސިފައިންގެ ޤަވާޢިދަކީ
އެންމެހައި ސިފައިން އެއަށް ޢަމަލުކުރުން ލާޒިމުވާ އެއްޗަކަށް ވީހިނދު، އެޤަވާއިދަށް ޢަބްދުއްނާފިޢު ޙުސައިން
ޢަމަލުނުކުރުމުގެ ސަބަބުންނާއި، އަދި މިޢަމަލަކީ ސިފައިންގެ ޤަވާޢިދާއި ޚިލާފު ޢަމަލަކަށްވާތީ، މިކަމުގައި
ޢަބްދުއްނާފިޢު ޙުސައިން ބޭނުންވާ ގޮތެއް އިޚްތިޔާރު ކުރުމަށް ތަކުރާރުކޮށް ފުރުޞަތު ދިނުމުންވެސް،
އެފުރުޞަތުގެ ބޭނުންނުހިފާ އަދި ދެކަމުންކުރެ އެއްވެސް ކަމެއް ދޫކޮށްލުމަށް ބޭނުންނުވާކަމަށް ބުނުމުން،
ކައިވެންޏަކީ ޝަރުޢީކަމަކަށްވާތީ، މިޙާލަތުގައި ޢަބްދުއްނާފިޢު ޙުސައިން ވަޒީފާގައި ބެހެއްޓުމަކީ ސިފައިންގެ
ޤަވާޢިދުގެ 37 ވަނަ މާއްދާގެ މަޤްޞަދާއި ރޫޙްގެއްލި، ވަޒީފާގައި ބެހެއްޓުމުން އެކަމުގެ ނުރަނގަޅު އަސަރު
އެހެނިހެން ސިފައިންނަށް ކުރާނެކަމަކަށްވާތީއާއި، އަދި ސިފައިންގެ މެދުގައި ހިފަހައްޓަންޖެހޭ ވަކިކަހަލަ ސުލޫކީ
މިންގަނޑުތަކެއް ހިފެހެއްޓުމުގައި ދިމާވާ ހުރަސްތައް ނައްތާލުމުގެ ގޮތުންނާއި، ހެދިފައިހުރި ޤަވާޢިދުތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2009/HC-A/124
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބާރުދީ އެފަދަ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުންނާއި، އަދި ސިފައިންގެ ޤަވާޢިދުގެ 37 ވަނަ މާއްދާއަކީ
ސިފައިންގެ ތެރޭގައި ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށާއި، ސިފައިންގެ ތެރޭގައި
ހަމަނުޖެހުމެއް އޮވެއްޖެނަމަ ޢާންމު މަޞްލަހަތާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއަރާނެތީ އާއި، އަދި
މިޒާތުގެ ކަންކަން މަނާކުރެވިފައިވަނީ އެހެންވެގެންކަމަށާއި، ސިފައިން އެކަކުއަނެކަކުގެ މައްޗަށް މާރާމާރި
ނުހިންގުމަށާއި، މަތީރޭންކުގެ އޮފިސަރުންގެ ކިބައިން އަންނަ އަމުރުތަކަށް ދަށުރޭންކުތަކުގައި ތިބޭ ސިފައިން
ކިޔަމަން ގަންނަންޖެހޭތީއާއި، އެހެންކަމުން މިފަދަކަންކަން މިލިޓަރީ ބައެއްގެ ތެރޭގައި މަނާވެފައި އޮތުމަކީ އޭގެ
ޒާތުގައި މައްސަލައެއްނޫން ކަމަށާއި، މިއީ، އިސްލާމީ ޝަރީޢަތުގެ ޙުކުމަކަށް އިންކާރުކުރުން ކަމަށް ނުދެކޭތީ،
ސިފައިންކުރާ ކުށްތަކަށް ދެވޭ އަދަބު މިޤަވާޢިދުގެ ޗެޕްޓަރ 02 ގެ 15 ވަނަ މާއްދާގެ 06 ވަނަ ނަންބަރުގައި
"ވަޒީފާއިން ވަކިކުރުން" ހިމެނިފައިވާތީ، ޤަވާޢިދުގެ ދަށުން އެގޮތަށް އަދަބުދިނުމުގެ އިޚްތިޔާރު ލިބިދޭކަމުން،
ޢަބްދުއްނާފިޢު ޙުސައިންގެ ދަޢުވާގައި އެދިފައިވާގޮތަށް ވަޒީފާ އަނބުރާ ދޭންޖެހޭނެކަމަށް ނުފެންނަކަމަށާއި، އަދި
ހޯދުމަށް އެދިފައިވާ ބަދަލުދޭން ނުޖެހޭނެކަމަށް ބުނެ ދަޢުވާގެ އަޞްލަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރުމުގެ
މައްޗަށް ޝަރީޢަތުން ނަޡަރު ކުރިއިރު،
ޢަބްދުއްނާފިޢު ޙުސައިން 28 އޭޕްރީލް 1979 އިން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާ އަދާކުރަމުން އައިސްފައި ވީނަމަވެސް 01 އޭޕްރީލް 2008 ދުވަހު
ޢަބްދުއްނާފިޢު ޙުސައިން އަދާކުރަމުން އައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލާންސް ކޯޕްރަލްގެ
ވަޒީފާއިން ވަކިކޮށްފައިވަނީ 1998 ގެ ޤާނޫނު އަސާސީގެ ދަށުން ޤާނޫނީ ޙައިޘިއްޔަތު ލިބިގެން ހަދާފައިވާ
"ސިފައިންގެ ޤަވާޢިދު" ގެ 03 ވަނަ ބާބުގައި ސިފައިން "ކައިވެނިކުރުން" މިސުރުޚީގެ ދަށުން 36 ވަނަ
މާއްދާގައިވާ ގޮތަށް ކައިވެނި ކުރުމަށް ހުއްދައަށް އެދި އެމް.އެން.ޑީ.އެފްގެ އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފަށް
ހުށަހަޅައި، ހުއްދަދީގެން ކައިވެނި ކުރިފަހުން ޢަބްދުއްނާފިޢު ޙުސައިން ކައިވެނިކުރަން އެދިފައިވާ އަމީނާ
މުޙައްމަދަކީ ސިފައިންގެ ޚިދުމަތުގައިހުރި މީހަކު ކުރިން ކައިވެނިކޮށް ވަރިކޮށްފައިވާ މީހަކަށްވުމުން، އެކަމަކީ
"ސިފައިންގެ ޤަވާޢިދު" ގެ 03 ވަނަ ބާބުގެ 37 ވަނަ މާއްދާގައި ސިފައިންގެ މީހަކާ ކައިވެނިކޮށް
ވަރިކޮށްފައިވާ މީހަކު (ވަރިކުރި މީހާ ސިފައިންގެ ވަޒީފާގައި ހުރިހާހިނދަކު، އެހެން ސިފައިންގެ މީހަކު
ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫނެވެ. މިފަދައިން އޮންނަކަމާއި، މިކަމަކީ މަނާކަމެއްކަން އެނގިހުރެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2009/HC-A/124
2ދ232
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފަށްނުދީ، އަމީނާ މުޙައްމަދާއި ކައިވެނި ކުރުމުގެ ސަބަބުން
ނިކުތް ނަތީގެ ސަބަބުންކަމަށް ވާތީއާއި، އަދި ސިފައިންކުރާ ކުށްތަކަށްދެވޭ އަދަބު ފޮތުގެ ޗެޕްޓަރ 02 ގެ 15
ވަނަ ނަންބަރުގެ 06 ގައި ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އޮންނާތީއާއި، އަދި މިޢަމަލު ޢަބްދުއްނާފިޢު
ޙުސައިން ކުރުމުން، މި މައްސަލަ ތަޙްޤީގުކޮށް ހެދުމަށްފަހު ޢަބްދުއްނާފިޢު ޙުސައިން، އަމީނާ މުޙައްމަދާއި
ކައިވެނިކޮށްގެން ވަޒީފާގައި ދެމިހުރިހާހިނދަކު އެހުންނަ ހުރުމަކީ ސިފައިންގެ ޤަވާޢިދާއި ޚިލާފަށް ހުންނަ
ހުރުމެއްކަމަށްވާތީ، ޢަބްދުއްނާފިޢު ޙުސައިން ބޭނުންވާ ގޮތެއް އެންގުމަށް ފުރުޞަތު ދިނުމުން ވަކިގޮތެއް
ޚިޔާރުކޮށް އަންގާފައިނެތުމުން، މިބާވަތުގެ މައްސަލަތަކުގައި ހަރުކަށި އަދަބު ކަނޑަނޭޅިއްޖެނަމަ އެކަމަށް
ބޭނުންވެފައިތިބި އެހެން ސިފައިންވެސް، ސިފައިންގެ މީހުން އިނދެ ވަރިކޮށްފައިތިބި މީހުންނާއި
ކައިވެނިކުރުމަށް އެދޭނެތީއާއި، ކައިވެންޏަށް އެދުމުން ކައިވެނިކުރުމަށް ހުއްދަދޭން މަޖްބޫރުވާނެތީއާއި، އަދި
ހުއްދަނުދީފިނަމަ މަޞްލަޙަތު ގެއްލޭނެކަމަށް ބައްލަވައިގެން ކަމަށްވުމާއި، އަދި ސިފައިންގެ މެދުގައި
ހިފަހައްޓަންޖެހޭ ސުލޫކީ ޚާއްޞަ މިންގަނޑުތަކެއް ހިފެހެއްޓުމަށާއި، އެކަމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކަށް
ބާރުދީ، އެފަދަ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށްވުމާއި އަދި ސިފައިންގެ ޤަވާޢިދުގެ 37 ވަނަ
މާއްދާއަކީ ސިފައިންގެ ތެރޭގައި ހަމަޖެހުން ޤާއިމްވެފައިއޮތުމުގެ މައްޗަށާއި، ސިފައިންގެ ތެރޭގައި
ހަމަނުޖެހުމެއް އޮވެއްޖެނަމަ ޢާންމު މަޞްލަހަތާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއަރާނެތީއާއި، އަދި
ސިފައިން އެކަކު އަނެކަކުގެ މައްޗަށް މާރާމާރީ ނުހިންގުމަށާއި، މަތީރޭންކުގެ އޮފިސަރުންގެ ކިބައިން އަންނަ
އަމުރުތަކަށް ދަޅު ރޭންކުތަކުގައި ތިބޭ ސަފައިން ކިޔަމަން ގަންނަންޖެހޭތީ ކަމަށް ދެކިގެންކަމަށް ވާތީއާއި، އަދި
ސިފައިންގެ ޤަވާޢިދަކީ ޤާނޫނީ ބާރު ލިބިގެން ހަދާފައިވާ އެއްޗަކަށް ވާހިނދު، އެއީ އެންމެހައި ސިފައިން
އެމައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗަކަށް ވާނެތީއާއި، ސިފައިންގެ ޤަވާޢިދުގެ 03 ވަނަ ބާބުގެ 31 ވަނަ
މާއްދާއަށް ޢަމަލުކުރުމަށް ސިފައިންނަށް ލާޒިމްކުރުމަކީ، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު
އަސާސީއާއި އަދި ޤަވާއިދުތަކާއި ޚިލާފުކަމެއްކަމަށް ބެލެވެންނެތަތީވެ، ޢަބްދުއްނާފިޢު ޙުސައިން، މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ލާންސް ކޯޕްރަލްގެ
ވަޒީފާއިން 01 އޭޕްރީލް 2008 ގައި ވަކިކޮށްފައިވަނީ ޤަވާޢިދާ އެއްގޮތަށް ކަމަށްވާތީ، ޢަބްދުއްނާފިޢު
ޙުސައިން އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަށް އަންގާނެ ތަނެއް ނެތްކަމަށާއި، އަދި ވަޒީފާ ގެއްލިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2009/HC-A/124
02- އިސްވެ
ހރު 0
3
4
3
ބައުންނެވެ
،
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދުވަސްތަކަށް ލިބެންވާ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި، އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން
ލިބުނު ގެއްލުމަށް ކަމަށްބުނެ ހޯދުމަށް ހުށަހަޅާފައިވާ -/
1,000,000ރ. (އެއްމިލިޔަން ރުފިޔާ) އަކީ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޢަބްދުއްނާފިޢު ޙުސައިނަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށް
ކަނޑައަޅައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ.] މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެންއޮވެއެވެ.
ފެކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2008/MC/778
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ޢަބްދުއްނާފިޢު ޙުސައިންގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ބާރަ ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2008/MC/778 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢަބްދުއްނާފިޢު ޙުސައިންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ”ސިފައިންގެ ޤަވާޢިދު،“ އާއި ”ސިފައިންކުރާ ކުށްތަކަށް ދެވޭ އަދަބު“ މި ދެޤަވާޢިދަކީ،
ޤާނޫނީ ބާރުލިބިގެން ހެދި ޢަމަލުކުރެވެމުން ދިޔަ ދެ ޤަވާޢިދުކަމާއި، އިޝާރާތް ކުރެވުނު ދެޤަވާޢިދުވެސް އޭގެ
ޤާނޫނީ ބާރުވެރިކަންމަތީ، 01 އޭޕްރީލް 2008 ވަނަ ދުވަހާ ހަމައަށް (ޢަބްދުއްނާފިޢު ޙުސައިން މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސްގެ ވަޒީފާއިން ވަކިކުރިދުވަސް) ދެމިއޮވެ އެ ދެޤަވާޢިދަށް ޢަމަލުކުރެވެމުން ދިޔަކަން
އެނގެން އޮވެއެވެ.
(ނ) ”ސިފައިންގެ ޤަވާޢިދު" ގެ ތިންވަނަ ބާބުގައި ”ސިފައިން ކައިވެނިކުރުން” މި ސުރުޚީގެ
ދަށުން 37 ވަނަ މާއްދާގައި "ސިފައިންގެ މީހަކާ ކައިވެނިކޮށް ވަރިކޮށްފައިވާ މީހަކާ (ވަރިކުރި މީހާ
ސިފައިންގެ ވަޒީފާގައި ހުރިހާ ހިނދަކު) އެހެން ސިފައިންގެ މީހަކު ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫނެވެ.“
މިފަދައިން ބަޔާން ކޮށްފައިވާއިރު؟
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2009/HC-A/124
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
”ސިފައިންކުރާ ކުށްތަކަށް ދެވޭ އަދަބު“ މި ޤަވާޢިދުގެ ޗެޕްޓަރ 02 ގެ 15 ވަނަ މާއްދާގައި
ސިފައިންގެ ޤަވާޢިދުގެ ތިންވަނަ ބާބުގައިވާ ”ސިފައިން ކައިވެނި ކުރުން” މި ސުރުޚީގެ ދަށުގައިވާ މާއްދާތަކުން
މާއްދާއަކާއި ޚިލާފުވެއްޖެ މީހަކަށް ނުވަތަ ބަޔަކަށް ދެވޭނެ އަދަބުތައް ބަޔާންކޮށް، އެމާއްދާގެ 06 ވަނަ
ނަންބަރުގައި ”ވަޒީފާއިން ވަކިކުރުން، ހިމެނި ބަޔާން ކުރެވިފައި އޮތްކަން އެނގެން އޮވެއެވެ.
(ނ) އިސްވެ އިޝާރާތްކުރެވުނު ފަދައިން، ސިފައިންގެ ޤަވާއިދުގެ 03 ވަނަ ބާބުގެ 37 ވަނަ
މާއްދާގައި ސިފައިންގެ މީހަކާ ކައިވެނިކޮށް ވަރިކޮށްފައިވާ މީހަކާ (ވަރިކުރިމީހާ ސިފައިންގެ ވަޒީފާގައި ހުރިހާ
ހިނދަކު އެހެން ސިފައިންގެ މީހަކު ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ބަޔާންކޮށްފައި ވަނިކޮށް، ގދ.
ތިނަދޫހިލިހިލާގޭ އަމީނާ މުޙައްމަދަކީ، ސިފައިންގެ މީހަކު އިނދެ ވަރިކޮށްފައިވާ މީހެއްކަމާއި، އަމީނާ
މުޙައްމަދު އިނދެ ވަރިކުރި ސިފައިންގެމީހާ ސިފައިންގެ ވަޒީފާގައި ދެމިހުރިކަން އެނގިހުރި ހާލު އަމީނާ
މުޙައްމަދާއި ޢަބްދުއްނާފިޢު ޙުސައިން ކައިވެނިކޮށްފައިވާކަން، މައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް
ސާބިތުވެއެވެ.
(ރ) އިސްވެއިޝާރާތްކުރެވުނު ފަދައިން، ގދ. ތިނަދޫހިލިހިލާގޭ އަމީނާ މުޙައްމަދަކީ،
ސިފައިންގެ މީހަކު އިނދެ ވަރިކޮށްފައިވާ މީހެއްކަމާއި، އަމީނާ މުޙައްމަދު އިނދެ ވަރިކުރި ސިފައިންގެމީހާ
ސިފައިންގެ ވަޒީފާގައި ދެމިހުރިކަމާއި، ސިފައިންގެ ޤަވާޢިދުގެ 03 ވަނަ ބާބުގެ 37 ވަނަ މާއްދާގައި
ސިފައިންގެ މީހަކާ ކައިވެނިކޮށް ވަރިކޮށްފައިވާ މީހަކާ (ވަރިކުރިމީހާ ސިފައިންގެ ވަޒީފާގައި ހުރިހާ ހިނދަކު)
އެހެން ސިފައިންގެ މީހަކު ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫންކަމާއި، ޢަބްދުއްނާފިޢު ޙުސައިންގެ އެޢަމަލު
މަތީގައި ދެމިހުރެ ސިފައިންގެ ވަޒީފާގައި ހުންނަ ހުރުމަކީ ސިފައިންގެ ޤަވާޢިދާއި ޚިލާފަށް ސިފައިންގެ
ވަޒީފާގައި ހުންނަ ހުރުމެއްކަމަށްވާތީ، އެކަން ޢަބްދުއްނާފިޢު ޙުސައިނަށް އަންގައި އެކަމުގައި ޢަބްދުއްނާފިޢު
ޙުސައިން ބޭނުންވާ ގޮތެއް އިޚްތިޔާރު ކުރުމަށް ތަކުރާރުކޮށް ފުރުޞަތުދެވިފައިވާއިރު، އެފުރުޞަތުގެ ބޭނުން
ހިފާފައިނުވާކަން އެނގެން އޮވެއެވެ.
) 01 އޭޕްރީލް 2008 ވަނަދުވަހު، ޅ. ހިންނަވަރު | ޕެރިސްގެ ޢަބްދުއްނާފިޢު ޙުސައިން،
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލާންސް ކޯޕްރަލްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އިސްވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2009/HC-A/124
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02
xތތ
ބަޔާންވެދިޔަ ފަދައިން ސިފައިންގެ ޤަވާޢިދުގެ ތިންވަނަ ބާބުގެ 37 ވަނަ މާއްދާއާއި ޚިލާފުވުމުން،
”ސިފައިންކުރާ ކުށްތަކަށް ދެވޭ އަދަބު، މި ޤަވާޢިދުގެ ޗެޕްޓަރ 02 ގެ 15 ވަނަ މާއްދާގެ 06 ވަނަ
ނަންބަރުގެ ދަށުންކަމާއި، ސިފައިންގެ ޤަވާޢިދުގެ ތިންވަނަ ބާބުގެ 37 ވަނަ މާއްދާއާއި ޚިލާފުވެ އެޢަމަލުގެ
މަތީގައި ދެމިހުރި ފަރާތަކަށް އިޝާރާތްކުރެވުނު ”ސިފައިންކުރާ ކުށްތަކަށް ދެވޭ އަދަބު މި ޤަވާޢިދުގެ ޗެޕްޓަރ
02 ގެ 15 ވަނަ މާއްދާގައި ސިފައިންގެ ޤަވާޢިދުގެ ތިންވަނަ ބާބުގައިވާ ”ސިފައިން ކައިވެނި ކުރުން“
ސުރުޚީގެ ދަށުގައިވާ މާއްދާތަކުން މާއްދާއަކާއި ޚިލާފުވެއްޖެ މީހަކަށް ނުވަތަ ބަޔަކަށް ދެވޭނެކަމަށް
ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އެ މާއްދާގެ 06 ވަނަ ނަންބަރުގައިވާ ”ވަޒީފާއިން ވަކިކުރުން، މި
އަދަބު ފިޔަވައި އިތުރު އަދަބެއް ދީގެން، ސިފައިންގެ ޤަވާޢިދުގެ މަޤްޞަދާއި ރޫޙާ
އެއްގޮތަށް ޢަމަލުކޮށް
ފިޔަވަޅުއެޅުނީކަމުގައި ބެލެވެންނެތްކަމާއި، ޢަބްދުއްނާފިޢު ޙުސައިންގެ އެޢަމަލަށް "ސިފައިންކުރާ ކުށްތަކަށް ދެވޭ
އަދަބު، މި ޤަވާޢިދުގެ ޗެޕްޓަރ 02 ގެ 15 ވަނަ މާއްދާގެ 06 ވަނަ ނަންބަރުގައިވާ ”ވަޒީފާއިން ވަކިކުރުން“
ފިޔަވައި އެމާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއްދީ ވަޒީފާގައި ބަހައްޓައިފިނަމަ، އެބެހެއްޓޭ
ބެހެއްޓުމަކީ ސިފައިންގެ ޤަވާޢިދާއި ޚިލާފަށް ސިފައިންގެ ވަޒީފާގައި ބެހެއްޓޭ ބެހެއްޓުމެއްކަން އެނގެންއޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް
ނަންބަރު
2008/MC/778 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން
ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ބެލުމުން،
މަދަނީ ކޯޓުގެ
44 24 2
22 ހ02
14@ހއ ނެލޭވެނެވެ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމުން، މަދަނީކޯޓުގެ ނަންބަރު 2008/MC/778 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދު ކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv