ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/185 ޤަޟިއްޔާގެ ޙުކުމް
!ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/185
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 185/HC-A/2011
އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު ލަޠީފް
އައިޑީކާޑު ނަންބަރު: 007385-A
އެޑްރެސް: ދިލްބަހާރުގެ / ކ. މިލަންދޫ މިހާރުގެ އެޑްރެސް: ދިލްބަހާރުގެ ށ. މިލަންދޫ
ބަދަލުގައި: ޢަބްދުﷲ ސަޢީދު (އައިޑެންޓިޓީ ކާޑު ނަންބަރު A045529) ޚައިރާތު / ހުޅުމާލެ
*
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ނަންބަރު:245
/
2001-C
ދާއިމީ އެޑްރެސް:
އާގެ / މާލެ
މިހާރުގެ އެޑްރެސް:
އާގެ / މާލެ
*
އh
*
* ހުށަހެޅުނު ތާރީޚް: 26 ޖޫން 2011
ނިމުނު ތާރީޚް: 24 މެއި 2012
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
4 ނަންބަރު: 2010/MC
/
2009
)
287
/
Cv
-
C/3174)
ނިންމެވި ތާރީޚް: 21 މާރޗް 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2 ޤަޟިއްޔާ ނިމު
ނިމުނު
2{011/HC-A/185
کی مر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/287 ޤަޟިއްޔާ، އެކޯޓުން ބައްލަވައި،
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށެކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މިލަންދޫ، ދިލްބަހާރުގޭ މުޙައްމަދު ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/287 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
މިލަންދޫ، ދިލްބަހާރުގެ މުޙައްމަދު ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ކުރުމަށް ޅ.
2. ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/287 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ވ. ލީނިކްސް | ހ. އަލިނަރުވިލާ، ޙުސައިން ޝާހިދާއި، ދަފްތަރު ނަންބަރު 3538
މ. އޮޕިންގސަން އަމްޖަދު ޢަލީއާއި، ށ. މިލަންދޫ ދިލްބަހާރުގެ (މ. މަޑިކުޅިމާގެ) މުޙައްމަދު ލަތީފުގެ
sed
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 1 ?64*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 43
ޤަޟިއްޔާ ނިމުނު
2{11/HC-A/185
پی وی سی سی کی مری
04
މައްޗަށް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި އެތިން މީހުންގެ މައްޗަށް ދަޢުވާ
ކޮށްފައިވަނީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙުސައިން ޝާހިދާ،
ދެމެދު 11 އޭޕްރީލް 2006 ގައި ވެވުނު ނަންބަރު 06030194 ފައިނޭންސް ލީސް އެގްރީމެންޓުގެ
ދަށުން ރަޖިސްޓްރީ ނަންބަރު: C7986A
-
01-10
-
T 'މަލަ-2" އެވެ ކިޔުނު އުޅަނދު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދެއްކުމަށްފަހު ޙުސައިން ޝާހިދަށް
ލީސްކޮށްދެވުނުކަމާއި، މިމުޢާމަލާތުގައި ޔަޤީންކަންދޭ ފަރާތުގެ ހައިޞިއްޔަތުން އަމްޖަދު ޢަލީ އަދި
މުހައްމަދު ލަޠީފް ސޮއިކޮށްފައިވާކަމާއި، މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ
ގޮތުގެ މަތީން ދައްކާފައިނުވުމުގެ ސަބަބަބުން ދަޢުވާލިބޭ ފަރާތްތަކުން 1,552,470.38ރ. (އެއްމިލިޔަން
ފަސްލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ ތިރީސްއަށްލާރި) ދައްކަންޖެހި ނުދައްކާވާކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، ދެފަރާތުގެ ބަހުން ސާބިތުވާކަމަށާއި،
މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވެ،
ހުށަހެޅި ހުށަހެޅުމަށް ދަޢުވާކުރާ ފަރާތުން އެއްބަސްވެފައިވާތީ، ދަޢުވާގައި ބަޔާންކޮށްފައިވާ،
1,552,470
/
38ރ. (އެއްމިލިޔަން ފަސްލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ
ތިރީސްއަށްލާރި) އަކީ ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅުއްވައި، ދަޢުވާކުރާ
ފަރާތާއި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާފަދައިން މިމުޢާމަލާތާއި ގުޅިގެން
ދައްކަންޖެހޭ
މިޖެހޭ 1,552,470.38ރ (އެއްމިލިޔަން ފަސްލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ހަތްދިހަ
ރުފިޔާ ތިރީސްއަށްލާރި) ދެއްކުމުގެ ގޮތުން، 2011 އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް
ކޮންމެ މަހަކު 5،000.00ރ (ފަސްހާސް ރުފިޔާ) ސިވިލް ކޯޓަށް ދެއްކުމަށާއި، 2011 ޖުލައި މަހުން
ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ މަހަކު 25،000.00ރ. (ފަންސަވީސްހާސް ރުފިޔާ)
ސިވިލް ކޯޓަށް ދެއްކުމަށާއި، 2011 އޮކްޓޯބަރ މަހުން ފެށިގެން 2013 ނޮވެމްބަރ މަހުގެ ނިޔާ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011 ގައި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ރައީސްގެ ހައިކޯ
2{11/HC-A/185
کی عمر
ދެވެ
ޤަޟިއްޔާ ނިމުނު ގޮ
ކޮންމެ މަހަކު 52,249.00ރ (ފަންސާސް ދެހާސް ދުއިސައްތަ ސާޅީސްނުވަ ރުފިޔާ) ސިވިލް ކޯޓަށް
ދައްކައި، މިމުއްދަތުގެ ތެރޭގައި، މިފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމަށް ވ. ލީނިކްސް | ހ.
އަލިނަރުވިލާ ޙުސައިން ޝާހިދާއި، ދަފްތަރު ނަންބަރު 2538/ މ. އޮޕިންގސަން އަމްޖަދު ޢަލީއާއި،
މިލަންދޫ، ދިލްބަހާރުގެ (މ. ބަޑިކުޅިމާގެ) މުޙައްމަދު ލަތީފަށް އަންގަވައި، މިލަންދޫ، ދިލްބަހާރުގެ
(މ.ބަޑިކުޅިމާގެ) މުހައްމަދު ލަޠީފުގެ ޣައިރު ޙާޟިރުގައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
3- ސިވިލް ކޯޓުގެ 2010/Cv-C/287 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ށ. މިލަންދޫ،
ދިލްބަހާރުގޭ މުޙައްމަދު ލަޠީފުގެ ފަރާތުން 6 (ހައެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
03x
کر تیسری
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ޝާހިދު
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް، އަދި 21 މާރޗް 2011 ގައި ޙުސައިން ޝާހިދު ދެއްވާފައިވާ
މަޙްޝަރު ބަޔާނުގައި އޭނާ އެއްބަސްވެ، އިޤްރާރުވުމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން
ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް، އަދި 21 މާރޗް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/185
5ޤަޟިއްޔާ ނިމުނު "
گمرکی
=32
ތ 2
3
4
ބަނގެ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅުއްވާފައިވާ ލޯނުގެ މައްޗަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތީން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ
) ތިންވަނަ ނުކުތާއަކީ، މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ލަޠީފުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް، އަދި 26 މެއި 2010 ގައި މައްސަލައިގެ ޝަރީޢަތުގެ
މަޖިލީހަށް މުޙައްމަދު ލަތީފުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބަޔާނުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3174/MC/2009)
(ރ) ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/287 ގެ ޤަޟިއްޔާގައި ބައްލަވާ ނިންމަވާފައިވާ ފައިސާގެ މައްސަލައިގައި، ކޮންމެ
މީހަކަށްވެސް އެމީހެއްގެ އަމިއްލަ ނަފުސުން މަޢުނަވީ ގޮތުގައި ޖަވާބުދާރީވުމަށް މައްސަލައިގެ ޝަރީޢަތުގެ
މަޖިލީހުން އަންގަވާފައިވާކަމާއި، މިގޮތުން ޖަވާބުދެމުން ދިޔަ ދިޔުމުގައި، މިދަޢުވާގައި ޑީމެންގެންވާ
އެންމެހައި ޙައްޤުތަކާއި، ވާޖިބުތަށް އަދާކުރުމަށް 1,552,470.38ރ (އެއްމިލިޔަން ފަސްލައް
ދެހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ ތިރީސްއަށްލާނީ ރުފިޔާގެ ދަރަނި އަދާކުރުމަށް) ޙުސައިންޑީޝާޢިދު
އެއްބަސްވެ އިޤުރާރުވެފައިވާކަމަށް ބުނެ އަދި މިގޮތުން ޙުސައިން ޝާހިދު ހުށަހެޅި ހުށަހެޅުން (ޕޭމެންޓް
ޝެޑިއުލް) މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤަބޫލުކޮށް
ބަލައިގެންފައިވާކަމާއި، އެހެން ނަމަވެސް މިމައްސަލައިގައި ހިމެނޭ ގަނެވިއްކުމުގެ މުޢާމަލާތުގައި
ގެރެންޓަރެއްގެ ޙައިސިއްޔަތުން މުޙައްމަދު ލަތީފު އެއްވެސްކަމެއް ކޮށްދީފައިނުވާތީ، މުޙައްމަދު ލަޠީފު
ފަރާތުން މިހުރިހާ ކަމަކަށް ދެކޮޅުހަދައި އިންކާރު ކޮށްފައިވާކަމާއި، އަދި މިމުޢާމަލާތާބެހޭ އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ތަ04ގ
* *
2{11/HC-A/185
کی عمری
ދެވެ
ހ2222 24
343
6ޤަޟިއްޔާ ނިމުނު
މުޙައްމަދު ލަޠީފަށް
ލިބިފައިނުވާތީ، މުޙައްމަދު ލަތީފުގެ ފަރާތުން
ބަޔާންދީފައިވާކަމާއި، މިހުރިހާ ކަމެއް މިޤާޟިއްޔާގައި ސާބިތުވެ އެގެންހުރި އިރު ވެސް މިކަންކަމުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުގައި މައްސަލައިގެ
ޙުކުމުގައި، "މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާދެއްކުމަށް ދަޢުވާލިބޭފަރާތުން އެއްބަސްވެ ހުށަހެޅި
ހުށަހެޅުމަށް ދަޢުވާކުރާފަރާތުން އެއްބަސްވެފައިވާތީ މިފަދައިން ލިޔުއްވާފައިވާ ލިޔުއްވުމަކީ މިޤަޟިއްޔާގެ
ގެރެންޓަރެއްގެ ހައިޞިއްޔަތުން މުޙައްމަދު ލަޠީފު އިންކާރުކުރާ އިންކާރުކުރުން ނަފީކުރެއްވުމަށް ދެއްކޭނެ
ޤާނޫނީ ޙުއްޖަތަކަށްނުވާއިރު، މުޙައްމަދު ލަޠީފު ޝާމިލްވާ ގޮތުގައި މިމައްސަލާގައި، ނިޔާ
ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ލ) ހަވަނަ ނުކުތާއަކީ: މުޙައްމަދު ލަތީފުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާއަށް މުޙައްމަދު ލަޠީފު، އިންކާރުކޮށްފައިވާ ކަމާއި،
އަދި މިގޮތުން ދަޢުވާއަށް އިންކާރުކުރަމުން ދިޔަދިޔުމުގައި، މުޙައްމަދު ލަޠީފުގެ ސޮއި ވެރިފައިކޮށް
ދެއްވުމަށް އެޝަރީޢަތުގައި އެދުމުން މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް، މުޙައްމަދު ލަޠީފު ސޮއި
ވެރިފައި ކުރެއްވުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ކޯޓުން ފޮނުއްވި ސާމްޕަލްގެ
ނަތީޖާ (ފޮރިންސިކް އެވިޑެންސް) ލިބުމުގެ ކުރިން މުޙައްމަދު ލަޠީފު ކޯޓަށް ޙާޟިރުވެ
ނުވަތަ ކޯޓު އަމުރުލިބިނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
މަރުވުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 516471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{11/HC-A/185
و مری
ދެވެ
.
/ޤަޟިއްޔާ ނިމުނު ގޮ
4 ސިވިލް ކޯޓުގެ 2010/Cv-C/287 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މިލަންދޫ،
ދިލްބަހާރުގޭ މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުކުތާގުޅޭ ގޮތުން މުޙައްމަދު ލަޠީފުގެ
ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ސިވިލް ކޯޓުގެ 2010/Cv-C/287 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ތުރުކުރެވުނީ
(ހ) ފުރަތަމަ ކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
. ލީނިކްސް ޙުސައިން ޝާހިދާ ދެމެދު 11 އޭޕްރިލް 2006 ގައި، ވެވުނު ނަންބަރ 06030194
ފައިނޭންސް ލީސް އެގްރީމަންޓާއި، 30 ޑިސެމްބަރ 2008 ގައި އެއެގްރީމެންޓަށް
އެޖެންޑަމްގެ ދަށުން "މަލަ-2" އެވެ ކިޔުނު ރަޖިސްޓްރީ ނަންބަރ C7986A
-
01 10
-
T އުޅަނދު
ޙުސައިން ޝާހިދަށް ލީސްކޮށްފައިވާކަމާއި، ފ. ލިނިކްސް، ޙުސައިން ޝާހިދާއި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު، އެގްރީމަންޓުގައި ގެރެންޓަރުންގެ ގޮތުގައި، ނ.
މިލަންދޫ، ދިލްބަހާރުގޭ މުޙައްމަދު ލަތީފާއި ދަފްތަރު ނަންބަރ 3538 އަމްޖަދު ޢަލީ އާ ދެމީހުންގެ
ނަންލިޔެ، ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ހރީ 2
2x .
ދަޢުވާގައި
(ށ) ދެވަނަ ކަމަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފުންކޮށްފައިވާ 1,511,350.38 (އެއްމިލިޔަން ފަސްލައްކަ އެގާރަހާސް ތިންސަތޭކަ
ފަންސާސް ރުފިޔާ ތިރީސްއަށް ލާރި) އަކީ، ދަޢުވާ ލިބޭފަރާތް ކަމުގައިވާ
ލީނިކްސް ޙުސައިން
ޝާހިދު، އަދި މިމުޢާމަލާތަށް ގެރެންޓީދީފައިވާ ދެ ގެރެންޓަރުންކަމުގައިވާ ށ. މިލަންދޫ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2x
443
2{11/HC-A/185
8 ޤަޟިއްޔާ ނިމުނު "
:جي وي سري شمسي کمری
ދެވެ
މުޙައްމަދު ލަޠީފް އާއި ދަފްތަރު ނަންބަރ 3538 އަމްޖަދު ޢަލީގެ ތެރެއިން ޙުސައިން ޝާހިދާއި އަމްޖަދު
ޢަލީ، އެފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް އެއްބަސްވެފައިވާކަމާއި، އަދި އެދެފަރާތުން
އެފައިސާ ދެއްކުމަށް ހުށަހެޅި ހުށަހެޅުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ޤަބޫލުކުރުމުން، ސިވިލް ކޯޓުން އެފައިސާ ދެއްކުމަށް ޙުކުމް ކުރައްވާފައިވަނީ، އެފައިސާ ދެއްކުމަށް
އެފަރާތްތަކުން އެއްބަސްވީ ގޮތުގެމަތިންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، އަދި
މުޙައްމަދު ލަޠީފު އެދަޢުވާއަށް އިންކާރުކޮށްފައި އޮންނަކަމާއި، އަދި އެމުޢާމަލާތުގައި
ބައިވެރިވެފައިވާކަމަށްވެސް އިންކާރުކޮށްފައިވާކަން މުޙައްމަދު ލަޠީފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ބެލުމުން އެނގެން އޮންނަކަމެވެ.
06030194
(ބ) ތިންވަނަ ކަމަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ނަންބަރު 06030194 ފައިނޭންސް ލީސް އެގްރީމެންޓުގައި، ގެރެންޓަރެއްގެ ގޮތުގައި،
ށ. މިލަންދޫ، ދިލްބަހާރުގޭ މުހައްމަދު ލަތީފު ސޮއިކޮށްފައިނުވާނެކަމަށާއި، އަދި ޙުސައިން ޝާހިދާއި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު ގަނެވިއްކުމުގެ
މުޢާމަލާތުގައި މުހައްމަދު ލަޠީފް ގެރެންޓީ ދީފައި ނުވާނެކަމަށް މުހައްމަދު ލަތީފް ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި، މުޙައްމަދު ލަޠީފުގެ ފަރާތުން އޭނާ
އެއެއްބަސްވުމުގައި ސޮއިކޮށްފައި ބުނެފައިވާތީ، އޭނާގެ ނަމުގައި ކޮށްފައިވާ ސޮޔަކީ
މުޙައްމަދު ލަތީފުގެ ސޮއި ތޯ ބެލުމަށްޓަކައި، ސިވިލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ހުށަހަޅާފައިވާކަމަށާއި، ނަމަވެސް ސިވިލް ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ، މުޙައްމަދު ލަޠީފުގެ
ސޮއިކަން ކަށަވަރު ނުކުރައްވައިކަމަށް މުޙައްމަދު ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
22 2ދ ހއ
ނުވާނެކަމަށް
2 20
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{11/HC-A/185
کی مرکی
02c
4 22
9 ޤަޟިއްޔާ ނިމުނު ގޮ
(ހ) ހަތަރު ވަނަކަމަކީ: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި، ޙުސައިން ޝާހިދާ ދެމެދު 11 އޭޕްރީލް 2006 ވެފައިވާ ފައިނޭންސް ލީސް އެގްރީމަންޓަށް
ގެރެންޓީ ދީފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާއަށް ބަލާއިރު، އިސްވެދެންނެވިފައިވާ
ފައިނޭންސް ލީސް އެގްރީމަންޓުގެ ލެސީ (ޙުސައިން ޝާހިދު) ލީސް އެގްރީމަންޓުގެ ފައިސާ ދެއްކުމާބެހޭ
މާއްދާތަކާ އެއްގޮތަށް ފައިސާ ނުދައްކާ، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އޭނާގެ ފަރާތުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް، ލީސް އެގްރީމަންޓުގައި ބުނެފައިވާ ގޮތުގެމަތިން،
ލީސް ޕޭމަންޓުތަކާއި، އެއެގްރީމަންޓްގައި ބުނެފައިވާ ރޭޓުން ނުވަތަ ރޭޓުތަކުން އިންޓްރެސްޓާއި އެހެނިހެން
ޗާޖުތަކާއި، އަދި ހުރިހާ ޤާނޫނީ ޚިދުމަތެއްގެ ތާޖާއި، އަދި އެހެނިހެން ޚަރަދާއި، އަދި އެނޫންވެސް ލީސް
އެގްރީމަންޓް ގުޅިފައިވާ އެންމެހާ ސެކިއުރިޓީއަކަށް ދައްކަންވާ ފައިސާއާއި، އަދި މިފައިސާ ހޯދުމަށްޓަކައި
ޚަރަދުކުރާ އެންމެހާ ފައިސާ ދެއްކުމަށް، ލެސީގެ ގެރެންޓަރުގެ ހައިސިއްޔަތުން އެއްބަސްވެފައިވާކަން
އެނގޭކަމާއި،
އަދި، ލީސް އެގްރީމަންޓް ބެހޭގޮތުން ދަޢުވާކުރުމުގައި، ފުރަތަމަ މަރުޙަލާގައިވެސް، ލެސީ
(ޙުސައިން ޝާހިދު) އާ އެކުގައި ނުވަތަ ހަމައެކަނި ގެރެންޓަރުގެ މައްޗަށް ދަޢުވާ ކުރުމުގެ އިޚްތިޔާރު
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށާއި، އަދި ލީސް
އެގްރީމަންޓުގައިވާ ގޮތުގެމަތިން ކުރެވޭ ދަޢުވާ ފުރަތަމަ ލެސީ (ޙުސައިން ޝާހިދު) ގެ މައްޗަށް ކުރުމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި އެދުމުގެ ޙައްޤުވެސް ދޫކޮށްލުމަށާއި،
އަދި ލީސް އެގްރީމަންޓުގެ ދަށުން "ޕްރިންސިޕަލް ޑެޓަރ" ނަގަންޖެހޭ ހުރިހާ އިލްތިޒާމެއް "ޕްރިންސިޕަލް
ޑެޓަރ" އެކޭ އެއްގޮތްވާ ގޮތުގެމަތިން ނެގުމަށް އެއްބަސްވާޙާލު، ލީސް އެގްރީމަންޓުގެ ދަށުން ލިބެންޖެހޭ
ޙައްޤުތައް ހޯދުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކުރާ މަސައްކަތުގައި
ހައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 331471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
23
8 42
2{011/HC-A/185
10 ޤަޟިއްޔާ ނިމުނު
ލެސީގެ މައްޗަށް
މައްޗަށް ދަޢުވާހު ކުރިން ލެސީގެ ގެރެންޓަރުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް، ލިބިގެންވާކަމާއި،
ހ22 222
4
ވެރެމުގެ
އަދި، ލީސް އެގްރީމަންޓުގެ ދަށުން ޙުސައިން ޝާހިދު އަދާކުރަންޖެހޭ އިލްތިޒާމްތައް،
ބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޙުސައިން ޝާހިދު އަދާނުކޮށްފިނަމަ ނުވަތަ
އެއިލްތިޒާމްތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެނަމަ، އެއެއްބަސްވުމުގައިވާ ގޮތުގެމަތިން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް އެކުންފުނިންކުރާ
މަސައްކަތުގައި، އެކުންފުނީގެ ޙައްޤުތައް ހޯދުމަށްޓަކައި ވެސް ޙުސައިން ޝާހިދު އަދި ލެސީގެ
ގެރެންޓަރުންގެ މައްޗަށް އެއްކޮށް ނުވަތަ ވަކިވަކިން ދަޢުވާކުރުމުގެ ޙައްޤު މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދީފައިވާކަން ގެރެންޓަރުގެ އެއްބަސްވުމުގެ 14 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮތުމުން، 11 އޭޕްރީލް 2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙުސައިން ޝާހިދާ ދެމެދު ވެފައިވާ ފައިނޭންސް ލީސް އެގްރީމަންޓުގެ
ދަށުން ޙުސައިން ޝާހިދު އަދާކުރަންޖެހޭ އިލްތިޒާމްތައް، އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ
މަތިން ޙުސައިން ޝާހިދު އަދާނުކޮށްފިނަމަ ނުވަތަ އެއިލްތިޒާމްތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެނަމަ،
އެއެއްބަސްވުމުގެ ދަށުން ޙުސައިން ޝާހިދު އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް އަދާކުރުމުގައި، ލެސީގެ
ގެރެންޓަރުން، ޙުސައިން ޝާހިދެކޭ އެއްފަދައިން، އަދި އެއްކަމެއްގައި، ފުރިހަމައަށް ޒިންމާވާންޖެހޭނެކަމަށް
o ec
24
ޤަބޫލުކުރެވޭ ކަމެވެ.
02c
(ބ) ފަސްވަނަ ކަމަކީ: ލީނިކްސް، ޙުސައިން ޝާހިދާއި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 11 އޭޕްރީލް 2006 ގައި ސޮއިކޮށްފައިވާ، ފައިނޭންސް
ލީސް އެގްރީމެންޓުގައި ގެރެންޓަރުންގެ ހައިސިއްޔަތުން ށ. މިލަންދޫ، ދިލްބަހާރުގޭ މުހައްމަލާޑް
ހައިކޯއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
=32
2{11/HC-A/185
11 ޤަޟިއްޔާ ނިމުނު "
ސޮއިކުރިކަމަށް އިންކާރުކުރުމުން އަދި އޭނާގެ މައްޗަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާގެ އަސްލަށް އިންކާރުކުރުމުން އެކަން ސާބިތުކުރުމުގައި ޝަރީޢަތުން
އެއެގްރީމަންޓުގައި ސޮއިކޮށްފައިވާ ދެހެކީން ހާޒިރުކޮށްފައިނުވާކަމާއި، އަދި އޭނާގެ ސޮއިތޯ ބެލުމަށްޓަކައި
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސިވިލް ކޯޓުން ފޮނުވި، ސިޓީގެ ޖަވާބު ލިބުމުގެ ކުރިން އެދަޢުވާގައި
މުޙައްމަދު ލަޠީފް ޒިންމާކުރުވައި މިމައްސަލަ ނިންމަވާފައިވަނީ، މުޙައްމަދު ލަތީފުގެ މައްޗަށް ހުށަހެޅުނު
ދަޢުވާ ސާބިތުކުރުމަށްޓަކައި ޝަރީޢަތުން ބައްލަވަންޖެހޭ
ކަންތައްތަކަށް ނުބައްލަވައިކަން ފާހަގަ
ކުރެވޭކަމެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/287 ޤަޟިއްޔާގައި، މުޙައްމަދު ލަޠީފުގެ
ބައިގައި ޙުކުމް ކުރައްވާފައިވަނީ، އޭނާގެ މައްޗަށް އެދަޢުވާ މަދަނީ މިންގަނޑުން ޝަރީޢަތުން
ސާބިތުކުރުމުގައި ބައްލަވަންޖެހޭ ކަންތައްތަކަށް ނުބައްލަވައިކަމަށް ޤަބޫލުކުރެވޭތީ، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވޭކަމެވެ.
3 3
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ
2010/Cv
-
C/287 ޤަޟިއްޔާގައި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭކަމަށް ސާބިތުވާ ފައިސާގައި މިލަންދޫ، ދިލްބަހާރުގޭ މުޙައްމަދު ލަތީފު،
ޒިއްމާކުރުވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މިޤާޟިއްޔާ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގައި މުޙައްމަދު"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
=
4 43
3,2
2{011/HC-A/185
12 ޤަޟިއްޔާ ނިމުނު
ލަޠީފް ފައިސާއަށް ޒިންމާކުރުވާފައިވާ ބައި ބާޠިލްކަމަށް ކަނޑައަޅައި، މުޙައްމަދު ލަޠީފުގެ ބައި އަލުން
ބެލުމަށް ސިވިލް ކޯޓަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv