ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/315 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/315
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 315/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
• ރަޖިސްޓްރީ ތާރީޚް: 01 ޛުލްޙިއްޖާ 1434
06 އޮކްޓޯބަރ 2013
* ނިމުނު ތާރީޚް:
21 ޝައްވާލް 1435
17 އޯގަސްޓް 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2013
/
004/TAT
-
CA
-
B
، ނިންމެވި ތަން: ޓެކްސް އެޕީލް ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަލީ ސަމީރު، ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
04
އއ،
42
0 0 0
މާޝާގެ ޚައި
ދަޢުވާގެ ޚުލާޞާ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
004/TAT
-
CA
-
B މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް
ކޮށްދިނުން އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
61- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
004/TAT
-
CA
-
B މައްސަލައިގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ، މާލެ
ބްރާންޗް (އެސް.ބީ.އައި) ގެ ފަރާތުން ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 31 ޑިސެމްބަރ 2011
ވަނަ ދުވަހުގެ ނިޔަލަށް 132,226,257.00ރ. (ސަތޭކަ ތިރީސް ދެ މިލިއަން ދުއިސައްތަ
ސައްބީސްހާސް ދުއިސައްތަ ފަންސާސް ހަތް ރުފިޔާ) ޓެކްސްގެ ގޮތުގައި ދެއްކުމުން، މީރާއިން ޓެކްސް
ދައްކާ ފަރާތުގެ މާލީ ބަޔާން ތަޙުލީލްކުރުމަށްފަހު، 31 އޮކްޓޯބަރ 2012 ވަނަ ދުވަހު މީރާއިން،
އެސް.ބީ.އައި އަށް ފޮނުވާފައިވާ "ނޯޓިސް ޓު ދަ ބޭންކް ޕްރޮފިޓް ޓެކްސް އެސެސްމަންޓް"
(Notice to the bank profit tax assessment) އިން އެބޭންކުން، އެޑިޝަނަލް ޓެކްސްގެ
ގޮތުގައި 55,647,652.75ރ. (ފަންސާސް ފަސް މިލިއަން ހަސަތޭކަ ސާޅީސް ހަތްހާސް ހަސަތޭކަ
ފަންސާސް ދެރުފިޔާ ހަތްދިހަ ފަސްލާރި) 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާތީ އާއި، މީރާގެ
މިނިންމުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ
ގޮތުގެ މަތީން އިޢުތިރާ މީރާއިން ނިންމި ނިންމުން ރަނގަޅުކަމަށް ބުނެ، އެޑިޝަނަލް
ޓެކްސްގެ ގޮތުގައި
ދައްކަންޖެހޭ
ފައިސާ ޕްރޮފިޓް ޓެކްސް ރެގިއުލޭޝަން"
Bank) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 2
0%
200
032 29 2
میر کی ترت ما تعريعر
02
2
0 4ޑ
DOLCI
ބަންކު
Profit Tax regulation)
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
2012 ގެ ކުރިން ދައްކަންޖެހޭނެކަމަށް މީރާއިން އެސް.ބީ.އައި އަށް 1 ނޮވެމްބަރ 2012 ގައި
އަންގާފައިވާތީ، އެކަމާ ހިތްހަމަނުޖެހިގެން އެސް.ބީ.އައި އިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
އިސްތިއުނާފްކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
ތިއް
އެމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް
އެގޮތުގެ މަތިން ހުރުމާއެކު، ސްޓޭޓް ބޭންކް އޮފް އިންޑިޔާ، މާލެ ބްރާންޗް (އެސް.ބީ.އައި) އަށް
އެޑިޝަނަލް ޓެކްސް ދެއްކުމަށް 1 ނޮވެމްބަރ 2012 ގައި މީރާއިން އަންގާފައިވާ ނަންބަރު
2012
/
4417/AA
/
PRIV-220 އެންގުން ބިނާވެފައިވަނީ ޤާނޫނު ނަންބަރު 5/85 (ދިވެހިރާއްޖޭގައި
ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ބާރު
ލިބިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީން އެކުލަވާލައިފައިވާ "ބޭންކް ޕްރޮފިޓް ޓެކްސް
ރެގިއުލޭޝަން" (Bank profit tax regulation) ގައިވާ އުޞޫލުތަކާ އެއްގޮތްވާ
ކަމަށްވާތީ، މިމައްސަލައިގާ މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް މިމައްސަލަ ބެލި
ޓްރައިބިއުނަލްގެ 5 (ފަހެއް) މެމްބަރުންގެ އިއްތިފާޤުން ނިންމައިފީމެވެ. " މިފަދައިންނެވެ.
ޖީއީގޮތްވާ ގޮތުގެ މަތީން
0804
02 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
004/TAT
-
CA
-
B މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނުވާކަމަށްބުނެ
އެމައްސަލަ
އިސްތިއުނާފުކޮށްދިނުން އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
04
<< O
(ހ) ފުރަތަމަ ނުކުތާއަކީ، ޓެކްސް ނެގުމުގައި ޤާނޫނު ނަންބަރު 5/85 (ދިވެހިރާއްޖޭގައި
ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއާއި
އެޤާނޫނުގެ ދަށުން ހަދާފައިވާ
ޕްރޮފިޓް ޓެކްސް ރެގިއުލޭޝަންގެ 9 ވަނަ މާއްދާގެ 9 ވަނަ
ނުކުތާއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ބޭންކިންއާބެހޭ ޤާނޫނު) ގެ 46 ވަނަ މާއްދާއާ
0024
ބޭންކް
¿ec O
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
ޚިލާފުވެފައިވާކަމާއި، އަދި މީރާއިން ޢަމަލުކުރި ގޮތުން މިދެންނެވުނު ޤާނޫނީ ނައްޞުތަކުގެ މަޤް ޞަދު
ގެއްލިދާހިނދު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
OXO
ނ) ދެވަނަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލްއިން މައްސަލަ ނިންމަވަމުން
ފާހަގަކޮށްފައިވާ 6 ވަނަ ނުކުތާގައި ކެޕިޓަލް ފަންޑަކީ ކުންފުނީގެ ޙިއްސާދާރުން ކުންފުންޏަށް
ކޮންޓްރިބިއުޓްކުރާ ފައިސާކަމާއި، ޙިއްސާދާރުން ފަންޑަށް ކޮންޓްރިބިއުޓްކުރާ ފައިސާއަކީ އެ ވިޔަފާރި
ހިންގުމަށް އެ ޙިއްސާދާރުން ކޮންމެހެންވެސް ކޮންޓްރިބިއުޓްކުރަންޖެހޭ ފައިސާކަމަށް ބަޔާންކޮށް އަދި
އެފައިސާ ބެލެންސް ޝީޓްގައި ހިމަނަންޖެހޭނީ ލައިބިލިޓީއެއްގެ ބަދަލުގައި އެކުއިޓީ ގޮތުގައިކަމަށް
ބަޔާންކޮށްފައިވާއިރު، ބޭންކުގެ ކެޕިޓަލް ފައިސާއިން ޓެކްސް ނުނެގޭނެކަން ދޭހަވާކަމަށާއި، ނަމަވެސް
ބެންކް ޕްރޮފިޓް ޓެކްސް ރެގިއުލޭޝަންގެ 9 ވަނަ މާއްދާގެ 9 ވަނަ ނުކުތާގެ ފުރަތަމަ ދެ ޖުމްލައިގެ
ދަށުން އެސެޓާއި ލައެބިލިޓީސް ޓްރާންސްލޭޓް ކުރިއިރު ބެންކުގެ ކެޕިޓަލްގެ ގޮތުގައި ބެންކަށް
އިތުރުކުރެވުނު 85.71 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއަށް ޓްރާންސްލޭޓް ކުރުމުން
އައިސްފައިވާ ތަފާތަށް ރިޢާޔަތްކޮށް އެފައިސާއިން ޓެކްސް ނަގާފައިވުމުން ޓެކްސް ނެގިފައިއެވަނީ
ބެންކުގެ ސާފު ފައިދާ ފިޔަވައި ބެންކުގެ އެހެން ފައިސާއަކުންކަން އެނގެން އޮތްނަމަވެސް އެކަމަށް
ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، މީރާއިން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ޑަބަލް ޓެކްސޭޝަންގެ
ބިރުވެރިކަމަށް ބެންކު ހުށަހެޅިފައިވާހިނދު، ޑަބަލް ޓެކްސް ނެގުމަކީ ޤާނޫނު ނަންބަރު 9/85
(ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ
މަޤްޞަދު އަދި އެޤާނޫނުގައި ލިބިދީފައިވާ އިޚްތިޔާރެއްވެސް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
403 މިމައްސަލައާއި ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
2013
/
004/TAT
-
CA
-
B މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ސްޓޭޓް
ބޭންކް އޮފް އިންޑިއާގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/315
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ﷲ0ލ0
މައްޗަށް
(ހ) ފުރަތަމަކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާދިޔަ ގޮތުގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ou o
Ox One
002
ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސް.ބީ.އައި) ގެ ފަރާތުން ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި
31 ޑިސެމްބަރ 2011 ވަނަ ދުވަހުގެ ނިޔަލަށް 132,226,257.00ރ. (ސަތޭކަ ތިރީސް ދެ
މިލިއަން ދުއިސައްތަ ސައްބީސްހާސް ދުއިސައްތަ ފަންސާސް ހަތް ރުފިޔާ) ޓެކްސްގެ ގޮތުގައި
ދެއްކުމުން، މީރާއިން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލީ ބަޔާން ތަޙުލީލުކުރުމަށްފަހު، އެބޭންކުން،
އެޑިޝަނަލް ޓެކްސްގެ ގޮތުގައި 55,647,652.75ރ. (ފަންސާސް ފަސް މިލިއަން ހަސަތޭކަ ސާޅީސް
ހަތްހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ ހަތްދިހަ ފަސްލާރި) 30 ދުވަހުގެ ތެރޭގައި ދެއްކުމަށް
މީރާއިން އެބޭންކަށް އަންގާފައިވާކަމާއި، މީރާގެ މިނިންމުމާއި ގުޅިގެން ޤާނޫނު ނަންބަރު 3/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ސްޓޭޓް ބޭންކް އޮފް
އިންޑިއާއިން އެނިންމުމަށް އިޢުތިރާޒްކޮށް އެކަން މީރާއަށް އެންގިކަމާއި، ސްޓޭޓް ބޭންކް އޮފް
އިންޑިއާގެ މިއިޢުތިރާޒްގެ މައްޗަށް މީރާއިން ބައްލަވާ މީރާއިން ޢަމަލުކޮށްފައިވަނީ ރަނގަޅަށްކަމަށްބުނެ
މީރާއިން ބޭންކަށް ޖަވާބުދީފައިވާކަމާއި، މީރާއިން ފަހުން މިނިންމި ނިންމުމާއި ގުޅިގެން ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުގެ
މަތީން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެޑިޝަނަލް ޓެކްސްގެ ގޮތުގައި ދެއްކުމަށް މީރާއިން
އަންގާފައިވާ ފައިސާ 2 ޑިސެމްބަރ 2012 ވަނަ ދުވަހު އެފަރާތުން މީރާއަށް ދެއްކުމަށްފަހު ސްޓޭޓް
ބޭންކް އޮފް އިންޑިޔާ، މާލެ ބްރާންޗް (އެސް.ބީ.އައި) އަށް އެޑިޝަނަލް ޓެކްސް ދެއްކުމަށް 1
(މްބަރ 2012 ގައި މީރާއިން އަންގާފައިވާ ނަންބަރު 2012
/
4417/AA
/
PRIV-220 ނިންމުން
އިސްތިއުނާފު ކުރުމަށް ޓެކްސް އެޕީލްޓްރައިބިއުނަލަށް ހުށަހެޅިކަމާއި، މިމައްސަލަ ޓެކްސް އެޕީލް
ޓްރައިބިއުނަލުން ބައްލަވާ ކަނޑައަޅުއްވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ، މާލެ ބްރާންޗް
(އެސް.ބީ.އައި) އަށް އެޑިޝަނަލް ޓެކްސް ދެއްކުމަށް 1 ނޮވެމްބަރ 2012 ގައި މީރާއިން އަންގާފައިވާ
o ecc
oec
**0 ހ
,09ބރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
ބޭންކް
ނަންބަރު 201214417/AA
/
PRIV-220 އެންގުން ބިނާވެފައިވަނީ ޤާނޫނު ނަންބަރު 9/85
(ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އާއި
އެޤާނޫނުގެ ދަށުން ބާރު ލިބިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ދަރީން އެކުލަވާލައިފައިވާ
ޕްރޮފިޓް ޓެކްސް ރެގިއުލޭޝަން" (Bank profit tax regulation) ގައިވާ އުޞޫލުތަކާ
ގޮތުގެ މަތީން ކަމަށްވާތީ، މިމައްސަލައިގާ މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް
ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މިކުރެވޭ މައްސަލައަކީ މީރާގެ ނިންމުން
ރަނގަޅުކަމަށް ކަނޑައަޅައި ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އިސްތިއުނާފު
ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ހުށަހަޅާފައިވާ މައްސަލަކަމެވެ.
20t 04
می ہو کر صرف
/
<< O
02c0
o ou
24 ހ2
ކެވެ
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 5/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި
ބޭންކްތަ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށްބަލާއިރު، އެޤާނޫނުގެ 3 ވަނަ މާއްދާގައި
ބޭންކެއްގެ ވިޔަފާރީގެ ސާފު ފައިދާއަކީ، އެއަހަރެއްގެ މުޅި ފައިދާއިން މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީ ޤަބޫލުކުރާ ޚަރަދުތަކެއް ކެނޑުމަށްފަހު ބާކީ އޮންނަ ފައިދާކަމަށް ބަޔާން ކުރެވިފައި
އޮންނަކަމާއި، މިހެންކަމުން ބޭންކެއްގެ ޚަރަދުތަކަކީ ކޮބައިކަން ދެނެގަތުމުގައި ޢަމަލުކުރަންވީ ގޮތުގެ
ޤަވާޢިދެއް ވާލުމުގެ ޤާނޫނީ އިޚުތިޔާރު، ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ
ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ބާރުން ލިބިދީފައިވަނީ މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީއަށްކަން އެނގޭކަމާއި، މިގޮތުން ޤާނޫނު ނަންބަރު 5/85 (ދިވެހިރާއްޖޭގައި
ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓް ދަރީން ވަނީ "Bank profit regulation" ގެ ނަމުގައި ޤަވާޢިދެއް އެކުލަވާލާ
އެޤަވާޢިދަށް 2000 ވަނަ އަހަރުގެ ތެރޭގައި ޢަމަލުކުރަން ފަށާފައިކަމާއި، އިޝާރާތްކުރެވުނު
"Bank profit regulation" މިޤަވާޢިދަކީ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ
ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އިން ބާރު ލިބިގެން ހެދިފައިވާ
ޤަވާޢިދެއްކަން އެނގެން އޮންނައިރު، މިޤަވާޢިދަކީ އަދި މިޤަވާޢިދުގައި ބަޔާންކުރާ އެއްވެސް މާއްދާއަކީ
އެއްވެސް ކޯޓަކުން އެޤަވާޢިދު އަދި އެޤަވާޢިދުން ބައެއް ވިޔަސް ބާޠިލްކޮށްފައިނުވާ
ޤަވާޢިދެއްކަމުން އެޤަވާޢިދުގެ ބާރު އެގޮތުގައި ދެމި އޮތް ޤަވާޢިދެއްކަމުގައި ބަލަންޖެހޭކަމެވެ.
PLC O
ފހު 24
ކަމާބެހޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
bei profit when realized provided that the computation of such unrealized
7
2013/HC-A/315
02c
ou o
(ނ) ތިންވަނަކަމަކީ، މިމައްސަލަ އިސްތިއުނާފުކުރަމުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފަރާތުން ފާހަގަކުރައްވާފައިވާ ފުރަތަމަ ނުކުތާއަކީ، ޓެކްސް ނެގުމުގައި ޤާނޫނު ނަންބަރު 9/85
(ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ
އެޤާނޫނުގެ ދަށުން ހަދާފައިވާ ބޭންކް ޕްރޮފިޓް ޓެކްސް ރެގިއުލޭޝަންގެ 9 ވަނަ މާއްދާގެ 9
ވަނަ ނުކުތާއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ބޭންކިންއާބެހޭ ޤާނޫނު) ގެ 46 ވަނަ
މާއްދާއާ ޚިލާފުވެފައިވާކަމަށާއި އަދި މީރާއިން ޢަމަލުކުރި ގޮތުން މިދެންނެވުނު ޤާނޫނީ ނައްޞުތަކުގެ
މަޤްޞަދު ގެއްލިދާހިނދު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ ކަމަށްވާއިރު،
މިނުކުތާއާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކަށް ބެލުމުން ސްޓޭޓް ބޭންކް
އޮފް އިންޑިއާ އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި ދެމެދު ދެބަސްވުން އުފެދިފައިވާ
މައިގަނޑު އެއް ކަމަކީ، ޓެކްސްގެ ބޭނުމަށްޓަކައި ބޭންކެއްގެ އެސެޓްސްތަކާއި ލައިބިލިޓީސްތައް
ދިވެހިރުފިޔާއަށް ބަދަލު ކުރުމުން އަންނަ unrealized gain އަކީ ޓެކްސް ކުރެވިދާނެ އެއްޗެއްތޯ
ނުވަތަ ނޫންތޯކަމާ މެދުގައިކަން އެނގޭކަމާއި، މިގޮތުން މިދެބަސްވުން އުފެދިފައިވާ މައިގަނޑު ސަބަބަކީ
އިޝާރާތް ކުރެވުނު ބޭންކް ޕްރޮފިޓް ޓެކްސް ރެގިއުލޭޝަން ގެ 9 ވަނަ މާއްދާގެ 9 ވަނަ ނަންބަރު
ތަފްސީރުކުރުމުގައި މިދެފަރާތުގެ ދެމެދުގައިވާ ދެބަސްވުމެއްކަން އެނގެން އޮންނަކަމާއި، އެމާއްދާއަކާއި
މެދު މިދެފަރާތުގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ ޕްރޮފިޓް ޓެކްސް ރެގިއުލޭޝަން ގެ
9 ވަނަ މާއްދާގެ 9 ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވަނީ،
Ooec
ބަތަކ
The assets and liabilities of a bank in foreign currencies shall
be translated at the middle rate of exchange ruling on the date of the
balance sheet. The translation gains or losses shall be dealt through the
profit and loss account. Foreign exchange contracts shall, however, be
valued at the forward market rates ruling on the date of the balance
sheet Unrealized losses may be dealt with through the profit and loss
account whereas unrealized gains maybe deferred and recognized as
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/315
losses and gains is furnished and the method of accounting is followed
consistently."
00c
9
02 0 0 2 0
02 0 0
މިފަދައިން ކަމާއި، މިމާއްދާ ތަފްސީރުކުރުމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ދެކޭ
ގޮތްކަމަށް ބުނެ އެފަރާތުން ބަޔާންކޮށްފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް ރެގިއުލޭޝަން ގެ 9 ވަނަ
މާއްދާގެ ވަނަ ނަންބަރު އެކުލެވިފައިވާ ގޮތަށް ބެލުމުން މިމާއްދާގައި 4 ޖުމްލަ
އެކުލެވިގެންވާކަމަށާއި، އެގޮތުން ފުރަތަމަ ޖުމްލައިގައި ބަޔާންކޮށްފައިވަނީ ޓެކްސްގެ ބޭނުމަށްޓަކައި ބޭރު
ފައިސާއިން ހުރި ބޭންކްގެ އެސެޓްސްތަކާއި ލައިބިލިޓީސްތައް ދިވެހި ރުފިޔާއަށް ޓްރާންސްލޭޓް
ކުރަންޖެހޭނެ ވާހަކަކަމަށާއި، އެއާއި ޖެހިގެން އަންނަ ޖުމްލައިގައި ބަޔާންކޮށްފައިވަނީ އެގޮތަށް
ޓްރާންސްލޭޓް ކުރުމުން އަންނަ ފައިދާއާއި ގެއްލުން ޕްރޮފިޓް އެންޑް ލޮސް އެކައުންޓްގައި
ހިމަނަންޖެހޭނެ ވާހަކަކަމަށާއި، 3 ވަނަ ޖުމްލައިގައިވަނީ ފޯރވާރޑް މާކެޓް ރޫލިންގެ ވާހަކަކަމަށާއި، ވި
3 ޖުމްލައާއި މެދު ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޚިލާފެއް ނެތްކަމަށާއި، އެހެންނަމަވެސް އެމާއްދާގެ
4 ވަނަ ޖުމްލައަށް ބެލުމުން އެޖުމްލައިގައި ބަޔާންކުރާ unrealized gain ގެ މާނައަކީ
ޙާސިލްވެފައިނުވާ ފައިދާކަމަށާއި، ބޭންކަށް ޙާސިލްނުވާ ފައިދާއާއި މެދު ޢަމަލު ކުރާނެ ގޮތެއް
މިމާއްދާގައި ހިމެނިފައިނުވާކަމަށާއި، މިމާއްދާގައި ބަޔާންކުރަނީ unrealized gain އެއް realized
ވަންދެން ފަސްކުރުމުގެ ވާހަކަކަމަށާއި، މިހެންކަމުން ބޭންކުގެ އެސެޓްސްތަކާއި ލައިބިލިޓީސްތައް
ދިވެހިރުފިޔާއަށް ޓްރާންސްލޭޓް ކުރުމުން ބޭންކަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ އަކީ އެފައިދާއެއް
ޙަޤީޤަތުގައިވެސް ލިބުމުގެ ކުރިން ޓެކްސް ކުރެވިދާނެ ފައިސާ އެއް ނޫންކަމަށް ދެކޭކަމަށް ބުނެ އެކަން
ފާހަގަކޮށްފައިވާއިރު، މި މާއްދާއާއި ގުޅޭ ގޮތުން މީރާގެ ފަރާތުން ބުނެފައިވަނީ "އެމާއްދާގައި
ބަޔާންކޮށްފައިވަނީ ބޭންކެއްގައި ހުރި އެސެޓްސްތަކާއި ލައިބިލިޓީސްތައް ފޮރިންގ ކަރަންސީގައި
ހުރިނަމަ އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރުފިޔާއަށް ބަދަލުކުރަންޖެހޭނެ ކަން އަދި
ލޭޓް ކުރުމުން
ލިބޭ ފައިދާ ނުވަތަ ގެއްލުން ބޭންކުގެ ޕްރޮފިޓް އެންޑް ލޮސް
ސްޓޭޓްމަންޓުގައި ހިމަނަންޖެހޭނެ ވާހަކަ ކަމަށާއި، އިޝާރާތްކުރެވުނު މާއްދާގެ ފުރަތަމަ ދެ ޖުމްލައިގައި
ބަޔާންކުރަނީ އެފަދަ އެސެންސް ނުވަތަ ލައިބިލިޓީސް ތަކުގެ ވާހަކަކަމަށާއި، މިހެންކަމުން އެފަދަ
އެސެޓެއް ނުވަތަ ލައިބިލިޓީއެއް ޓްރާންސްލޭޓް ކުރުމުން އަންނަ ގެއިން ނުވަތަ ލޮސް އާއި ގުޅިގެން
ބޭންކް ޕްރޮފިޓް ޓެކްސްގެ ބޭނުމަށް ޢަމަލުކުރަން ޖެހޭނީ އެދެޖުމްލައިގައި ބަޔާންކޮށްފައި
00
0x4
02 0 0 0 0
02 0 0 2 0
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
2 20
ޑރ 0
2 *
،
މަތިންކަމަށާއި، އެމާއްދާގެ 4 ވަނަ ޖުމްލައިގައި ބަޔާންކުރާ unrealzied gain ގެ މިބަސް
ނިސްބަތްވަނީ އެމާއްދާގެ 3 ވަނަ ޖުމްލަ އަށްކަމަށާއި، ތިންވަނަ ޖުމްލައިގައި ބަޔާންކޮށްފައިވަނީ ފޮރިން
އެކްސްޗޭންޖް އެއްބަސްވުންތަކުގައި ޢަމަލުކުރަންވީ ގޮތް ކަމަށާއި، ޙަވާލާދެވިފައިވާ މާއްދާގެ ފުރަތަމަ ދެ
ޖުމްލައިގައި unrealized gain ނުވަތަ ލޮސް އާއި މެދު ޢަމަލުކުރާ ގޮތް ވަކިން ބަޔާންކޮށްފައި
އޮތުމުން އެމާއްދާގެ 4 ވަނަ ޖުމްލައިގައި ބަޔާންކޮށްފައިވާ ގޮތަށް unrealized gain އާއި މެދު
ޢަމަލުކުރަން ނުޖެހޭނެކަމަށާއި، އެއީ ފޮރިން އެކްސްޗޭންޖު އެއްބަސްވުމެއް މިޙާލަތުގައި
ނެތުމުންކަމަށާއި، މިހެންކަމުން ބޭންކުގެ އެސެޓްސްތަކާއި ލައިބިލިޓީސްތައް ދިވެހިރުފިޔާއަށް
ޓްރާންސްލޭޓް ކުރުމުން ބޭންކަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ އަކީ ޓެކްސް ކުރެވޭނެ ފައިދާއެއްކަން
މިމާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށް ފާހަގަކޮށްފައިވާކަމާއި،
12 30
ޓެކްސް ނެގުމުގައި ޢަމަލުކުރަމުންގެންދާ ނިޒާމުތަކާއި ޓެކްސް ކުރެވިދާނެ ގޮތްތަކުގައި ދުނިޔޭގެ
އެކިއެކި ޤައުމުތަކުގައި ތަފާތުތަކެއް ހުންނަކަމާއި މިގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި
unrealized gain އިން ޓެކްސް ކުރެވޭއިރު ބައެއް ޤައުމުތަކުގައި މިފަދައިން ހުންނަ umrealized
gain އަކީ ޓެކްސް ނުކުރެވޭނެ ގޮތުގައި ބަލަމުންދާކަމާއި، ބޭންކެއްގެ އެސެޓްސްތަކާއި
ލައިބިލިޓީސްތައް ދިވެހި ރުފިޔާއަށް ޓްރާންސްލޭޓްކުރުމުން އަންނަ unrealized gain އަކީ ސްޓޭޓް
ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި ދެމެދު ދެބަސްވުން
އުފެދިފައިވާ އިޝާރާތް ކުރެވުނު ނުކުތާކަމަށްވާ ޓެކްސްގެ ބޭނުމަށްޓަކައި ބޭންކެއްގެ އެސެޓްސްތަކާއި
ލައިބިލިޓީސްތައް ދިވެހި ރުފިޔާއަށް ޓްރާންސްލޭޓްކުރުމުން އަންނަ unrealized gain އަކީ ޓެކްސް
ކުރެވިދާނެ އެއްޗެއްކަން ނުވަތަ ނޫންކަމާއި މެދު، އަދި މިގޮތަށް ހުންނަ unrealized gain އިން
ޓެކްސްކުރުމަކީ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އަލީގައި އަދި މިމައްސަލަ ނިންމެވުމުގައި ޓެކްސް އެޕީލް
ޓްރައިބިއުނަލުން ޙަވާލާދެއްވާފައިވާ ކަމާއިގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ މާއްދާތަކުގެ މައްޗަށް
އުޖޭގެ ހައިޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
UC O
ބޭންކުން201
OX
ޢަމަލުކުރަންޖެހޭ
/
<< O
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ މިންއާބެހޭ ޤާނޫނު) އަކީ ދިވެހިރާއްޖޭގައި
ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ
ކަންތައްތައް އިންތިޒާމުކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި
އުސޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި،
ކޮންޒަވޭޓަރުންނާއި، ރިސީވަރުން ޢަންޔަންކުރުމާއި، ބޭންކުތައް އިފްލާސްކުރުމާއި، ބޭންކުތަކާއި ގުޅޭ
މިނޫންވެސް ކަންކަން ކަނޑައެޅުމަށް ހަދާފައިވާ ޤާނޫނެއްކަން އެނގޭއިރު، އެޤާނޫނުގެ މަޤްސަދަކީ
ބޭންކިންގ ނިޒާމުގެ ހަރުދަނާކަން ހިފަހައްޓައި، ބޭންކިންގ ނިޒާމާދޭތެރޭ ޢާއްމުންގެ އިތުބާރު
ދެމެހެއްޓުމާއި، ބޭންކުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ބޭންކިންގ
ނިޒާމަށް އެކަމަކުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަންތައްތަކާމެދު އެކަށޭނެ
ފިޔަވަޅު އެޅުމާއި، މަނީ ލޯންޑްރިންގއާއި، ޓެރަރިޒަމް ފައިނޭންސްކުރުމުގެ ކުށްތަކާއި، ޚިޔާނާތާއި އަދި
މިނޫންވެސް މާލީ ކުށްތައް ހުއްޓުވުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ވާދަވެރިކަން ފުޅާކުރުމާއި
ބޭންކިންގ ނިޒާމަކީ ޢާންމުންގެ ބޭނުންތަކާއެއްގޮތަށް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ
އިޤްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ނިޒާމެއް ކަމުގައި ހެދުންކަން އެނގެން އޮންނަކަމާއި،
މިޤާނޫނުގެ ތަޢާރަފަށާއި، މިޤާނޫނުން ޙާސިލުކުރަން ބޭނުންވާ މަޤްސަދުތަކަށް ބެލުމުން އަދި
މިޤާނޫނުގައި ހުރި މާއްދާތަކަށް ޖުމްލަގޮތެއްގައި ބެލުމުން، މިޤާނޫނުގެ އެއްވެސް މާއްދާއެއްގައި
ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކުތަކުން ޓެކްސްކުރުމާއި ނުކުރުމާބެހޭ އެއްވެސް ވާހަކައެއް
ހިމަނާފައިނުވާކަމާއި، އެއާއި ޚިލާފަށް ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން
ޓެކްސް ނެގުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅައި ބަޔާންކޮށްދީފައިވަނީ، ޤާނޫނު ނަންބަރު 9/85
(ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގައި ކަމާއި،
މިގޮތުން އެޤާނޫނުގެ 1 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުން، ކޮންމެ
އަހަރެއްގެ ޖޫންމަސް ހުސްވުމުގެ ކުރިން، ވޭތުވެދިޔަ މީލާދީ އަހަރުގެ ނިޔަލަށް ބޭންކް ވިޔަފާރީގެ ޙާލަތު
ހުރި ނެތްގޮތް އެނގޭގޮތަށް އެއަހަރެއްގެ ހިސާބު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް
ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެޤާނޫނުގެ 2 ވަނަ މާއްދާގައި ކޮންމެ އަހަރެއްގެ
ޖުލައި މަސް ހުސްވުމުގެ ކުރިން ވޭތުވެދިޔަ މީލާދީ އަހަރު ބޭންކު ވިޔަފާރި ސާފު ފައިދާއިން 100
އަކުން 25 ޓެކްސްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދައްކަންވާނެކަމައްގެ އިg
ދި
OXLC
0 0 22
00
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
ޤަޝީއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
42272 ދު
މަޢުލޫމާތާއި،
ބަޔާންކޮށްފައިވާކަމާއި، އަދި އެޤާނޫނުގެ 3 ވަނަ މާއްދާގައި ބޭންކެއްގެ ސާފު ފައިދާއަކީ އެ އަހަރެއްގެ
މުޅި ފައިދާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ދަރީން ޤަބޫލުކުރާ ޚަރަދުތަކެއް ކެނޑުމަށްފަހު
ބާކީ އޮންނަ ފައިދާކަމުގައި ބަޔާންކޮށްފައިވާކަމާއި، މިހެންކަމުން މިޤާނޫނުގެ 3 ވަނަ މާއްދާގައިވާ
ޢިބާރާތަށް ބެލުމުން ބޭންކުގެ ސާފު ފައިދާއަކީ ކޮބައިކަން ދެނެގަތުމުގެ ބާރު މިޤާނޫނުން
މަތިކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށްކަމަށް ބެލެވެން އޮންނަކަމާއި،
އިޝާރާތްކުރެވުނު މާއްދާއިން ލިބިދޭ ބާރުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ދަރީންވަނީ
”Bank profit Tax Regulation] ގެ ނަމުގައި ޤަވާޢިދެއް އެކުލަވާލާފައިކަމާއި، މިޤަވާޢިދުގެ
ނަމަށް އަދި މިޤަވާޢިދުގައި ބަޔާންކުރެވިގެންވާ މާއްދާތަކަށް ބެލުމުން މިޤަވާޢިދަކީ ޤާނޫނު ނަންބަރު
9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ
3 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްސްގެ ބޭނުމަށް ހުށަހަޅަން ޖެހޭ މާލީ ބަޔާނުގައި ހިމަނަންޖެހޭ
އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ބޭންކުގެ ސާފު ފައިދާ
އަކީ ކޮބައިކަން ދެނެގަތުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ
ޤަވާޢިދެއްކަން އެނގޭކަމާއި، މިޤަވާޢިދުގެ 9 ވަނަ މާއްދާގެ 9 ވަނަ ނަންބަރަށް ބެލުމުން އެމާއްދާ
އެކުލެވިގެންވަނީ 4 ޖުމްލައެއްގެ މައްޗަށް ކަމުގައިވީ ނަމަވެސް، މިމައްސަލައާއި ގުޅިގެން މީރާގެ
ފަރާތުންނާއި އަދި މިމައްސަލަ ނިންމެވުމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުންވެސް ފާހަގަކުރައްވާފައިވާ
ފަދައިން އެމާއްދާގެ ފުރަތަމަ ދެޖުމްލައިގައި ބެލެންސް ޝީޓް ހަދާ ތާރީޚުގައި ބޭންކުގައި ހުރި ބޭރު
ފައިސާއަކުން ޑިނޯމިނޭޓްކުރެވިފައިވާ އެސެޓްތަކާއި ލައެބިލިޓީތައް ދިވެހިރުފިޔާއަށް ބަދަލުކުރުމުން ފެންނަ
ގެއިން ނުވަތަ ލޮސް، ޕްރޮފިޓް އެންޑް ލޮސް އެކައުންޓުގައި ހިމަނަންޖެހޭނެކަމަށް ބަޔާންވެފައި އޮތުމުން
އެދެޖުމްލައިގައިވާ ޓްރާންސްލޭޝަން ގެއިން އަކީ އަންރިއަލައިޒްޑް ގެއިން ކަމުގައި ބަލަން ޖެހޭކަމާއި،
އެހެންނަމަވެސް 3 ވަނަ ޖުމްލައިގައި ބަޔާންކުރަނީ، ފޮރިން އެކްސްޗޭންޖް ކޮންޓްރެކްޓް ކުރެވިފައިވާ
ޙާލަތުގައި ބޭރު ފައިސާ ދިވެހިރުފިޔާއަށް ޓްރާންސްލޭޓްކުރާނެ ގޮތްކަމާއި، އަދި 4 ވަނަ ޖުމްލައިގައި
އެވަނީ އެފަދަ ފޮރިން އެކްސްޗޭންޖް ކޮންޓްރެކްޓް ދިވެހިރުފިޔާއަށް ބަދަލުކުރުމުން ލިބޭ އަންރިއަލައިޒްޑް
ގެއިން އަދި ލޮސް އާއި މެދު ޢަމަލުކުރާނެ ގޮތްކަމާއި މިހެންކަމުން މިމާއްދާ އެތުރިފައިވާ ގޮތަށް އަދި
ޢިބާރާތްތަކަށް ބެލުމުން އެމާއްދާގެ ފުރަތަމަ ދެޖުމްލައަކީ ފޮރިން އެކްސްޗޭންޖް ކޮންޓްރެކްޓަކަށް ނުވާ
އެސެޓާއި ލައިބިލިޓީ ޓްރާންސްލޭޓުކުރުމުން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ގުޅޭ ގޮތުން ޢަމަލުގުއަލްޖޭގެ ހައިޖާ
99
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ހ&"ކްކުގެވެސް
12
2013/HC-A/315
004
ޖެހޭ ގޮތް ބަޔާންކުރާ ދެޖުމްލަކަމާއި އަދި އެމާއްދާ ފަހު ދެޖުމްލައަކީ ފޮރިން އެކްސްޗޭންޖް ކޮންޓްރެކްޓް
ދިވެހިރުފިޔާއަށް ބަދަލުކުރުމުން ލިބޭ އަންރިއަލައިޒްޑް ގެއިން އަދި ލޮސް އާއި މެދު ޢަމަލުކުރާނެ
ގޮތްކަމާއި، މިމައްސަލައިގައި އުފެދިގެން އުޅޭ ޚިލާފު ބިނާވެގެންވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފޮރިން އެކްސްޗޭންޖް ކޮންޓްރެކްޓަކަށް ނުވާ އެސެޓާއި ލައިބިލިޓީ ޓްރާންސްލޭޓުކުރުމުން ލިބޭ
އަންރިއަލައިޒްޑް ގެއިންއާއި މެދު ޢަމަލުކުރާނެ ގޮތަކާއި މެދު އުފެދިފައިވާ ޚިލާފެއްކަން އެނގޭކަމާއި،
މިސަބަބަށްޓަކައި މިމާއްދާގެ ފަހު ދެޖުމްލައިގައި ބަޔާންކުރާ ގޮތާއި ޚިލާފަށް މިމައްސަލައިގައި
ޢަމަލުކުރަން ޖެހޭނީ އެމާއްދާގެ ފުރަތަމަ ދެޖުމްލައިގައި ބަޔާންކުރާ އުސޫލުންކަމަށް ބެލެވެން އޮތުމުން
ފޮރިން އެކްސްޗޭންޖް ކޮންޓްރެކްޓަކަށް ނުވާ އެސެޓާއި ލައިބިލިޓީ ޓްރާންސްލޭ ކުރުމުން އޮންނަ
އަންރިއަލައިޒްޑް ގެއިންއަކުން ޓެކްސް ކުރެވިދާނެކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމާއި، މިހެންކަމުން އިސްތިއުނާފު މިކުރެވޭ މައްސަލަ ޓެކްސް
އެޕީލްޓްރައިބިއުނަލުން ނިންމި ނިންމުމުގައި ޤާނޫނު ނަންބަރު 5/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ
ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއާއި އެޤާނޫނުގެ ދަށުން
ހަދާފައިވާ ބޭންކް ޕްރޮފިޓް ޓެކްސް ރެގިއުލޭޝަންގެ 9 ވަނަ މާއްދާގެ 9 ވަނަ ނުކުތާއާއި ޤާނޫނު
ނަންބަރު
(ދިވެހިރާއްޖޭގެ ބޭންކިންއާބެހޭ ޤާނޫނު)
ވަނަ މާއްދާއާ
ޚިލާފުވެފައިވާކަމުގައި ބެލެވެންނެތްކަމާއި، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެނިންމެވުމުގެ
24/2010
46
7 ,
02
2 ހ2ޑ
02
30
22
2c4ދ * *
ނެބޮލެވޭކަމެވެ"
OLO
00 22
(ހ) ހަތަރުވަނަކަމަކީ، ބޭންކުގެ ކެޕިޓަލް ފައިސާއަކީ، އެފައިސާއިން ޓެކްސް ނުކުރެވޭނެ
ދޭހަވާކަމަށް ބުނެ މިމައްސަލަ އިސްތިއުނާފުކުރަމުން ބޭންކް އޮފް އިންޑިޔާގެ
ފަރާތުން ހުށަހެޅި އިސްތިއުނާފް ދެވަނަ ނުކުތާގެ މައްޗަށް ބަލާއިރު،
002 ހހހ
އެސޮއެކަމަށް
موقع مع
ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުން ޓެކްސް ނެގުމާއި ގުޅޭ ގޮތުން
ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އިޝާރާތްކުރެވުނު ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބެލުމުން ބިންތަކެވެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
2 02 0 2c
ކޮނެމެހެންވެ
Out o o o
ޤާނޫނާއި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން ރާއްޖޭގައި ހިނގަމުންދާ ވަޒީރާއްޖޭގެ
ޙިއްސާދާރުންގެ ފަރާތުން ކެޕިޓަލްގެ ގޮތުގައި ހޭދަކުރާ ކެޕިޓަލް ފަންޑަކީ އެއިން ޓެކްސް ނުކުރެވޭނެ
އެއްޗެއްކަމަށް ބަޔާންކުރާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ނައްސެއް ފެންނަންނެތްކަމާއި، އެއާ ޚިލާފަށް
ބޭންކެއްގައި ހުންނަ މިފަދަ ކެޕިޓަލް ފަންޑަކީ މިމައްސަލައިގައި މީރާގެ ފަރާތުންވެސް ފާހަގަކޮށްފައިވާ
ފަދައިން ޙިއްސާދާރުންގެ ފަރާތުން ހޭދަކުރާ ފައިސާކަމަށްވެފައި އަދި މިފައިސާއަކީ ވިޔަފާރި ހިންގުމަށް
ޙިއްސާދާރުން ހޭދަކުރަންޖެހޭ ފައިސާއެއްކަމުން މިފައިސާއަކީ އެއްވެސް ޙާލެއްގައި
ބޭންކުގެ ލައިބިލިޓީގެ ގޮތުގައި ބެލެވޭނެ ފައިސާއެއް ނޫންކަމާއި، އެހެންކަމުން މިފައިސާގެ ބާވަތުން
މިފައިސާ ބެލެވޭނީ ބޭންކުގެ ކަރަންޓް އެސެޓްގެ ތެރޭގައިކަމާއި ބޭންކެއްގައި ހުންނަ މިފަދަ އެސެޓެއް
ދިވެހިރުފިޔާއަށް ޓްރާންސްލޭޓް ކުރުމުން އަންނަ އަންރިއަލައިޒްޑް ގެއިންއަކީ އިޝާރާތްކުރެމު
[Bank profit Tax Regulation] ގެ 9 ވަނަ މާއްދާގެ 9 ވަނަ ނުކުތާއަކު
ތާއަށް ބެލުމުން ޓެކްސް
ކުރެވިދާނެ އެއްޗެއްކަމަށް ދެކޭކަމާއި، މިހެންކަމުން މިމައްސަލައިގައި ސްޓޭޓް ބޭންކު އޮފް އިންޑިއާގެ
ފަރާތުން ޙަވާލާދީފައިވާ ބެންކުގެ ކެޕިޓަލްގެ ގޮތުގައި ބެންކަށް އިތުރުކުރެވުނު 85.71 މިލިއަން
އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއަށް ޓްރާންސްލޭޓް ކުރުމުން އައިސްފައިވާ ތަފާތަށް ރިޢާޔަތްކޮށް
އެފައިސާއިން ޓެކްސް ނަގާފައި އޮތް އޮތުމަކީ މީރާއިން ޤާނޫނާއި ޚިލާފަށްކޮށްފައިވާކަމެއްކަމުގައި
ނުބެލެވޭކަމެވެ.
(ބ) ފަސްވަނަކަމަކީ، މީރާއިން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ޑަބަލް ޓެކްސޭޝަންގެ
ބިރުވެރިކަމަށް ބޭންކު ހުށަހެޅިފައިވާހިނދު، ޑަބަލް ޓެކްސް ނެގުމަކީ ޤާނޫނު ނަންބަރު 9/85
(ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ
މަޤްޞަދު އަދި އެޤާނޫނުގައި ލިބިދީފައިވާ އިޚްތިޔާރެއްވެސް ނޫންކަމަށް ބުނެ މިމައްސަލަ
އިސްތިއުނާފުކުރަމުން ސްޓޭޓް އޮފް އިންޑިޔާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ތިންވަނަ
ނުކުތާގެ މައްޗަށް ބަލާއިރު،
މިމައްސަލައިގައި މީރާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އަދި އިޝާރާތްކުރެވުނު
020
OLO
ooc
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/315
Oouc
ބޭންކުތަކުގެ ޕްރޮފިޓް ޓެކްސްގެ މިންވަރު ހިސާބުކުރުމަށް ބޭނުންކުރަނީ އެބޭންކަކުން ހުށަހަޅާ މާލީ
ބަޔާންތަކެއްގެ މައްޗަށް ބުރަވެ ހުރެކަން އެނގެން އޮވެފައި އެފަދަ ބަޔާންތައް ތައްޔާރުކުރަން ޖެހެނީ
އިންޓަރނޭޝަނަލް އެކައުންޓިން އުސޫލުތަކާއި އެއްގޮތަށްކަމަށްވާއިރު ފާއިތުވެފައިވާ އަހަރަކަށް
ނިސްބަތްވާ އެއްވެސް ޢަދަދެއް ހިނގަމުންދާ އަހަރުގެ ޕްރޮފިޓް އެންޑް ލޮސް އެކައުންޓުގައި
ނުހިމަނާނެކަމަށާއި، އެހެންކަމުން ބޭންކް ޕްރޮފިޓް ޓެކްސް ޤާނޫނާއި ބޭންކް ޕްރޮފިޓް ޓެކްސް
ރެގިއުލޭޝަންއާ އެއްގޮތަށް ދައްކަންޖެހޭ ޓެކުހުގެ މިންވަރު ހިސާބުކުރުމުން ދެފަހަރު ޓެކްސް ދެއްކުމުގެ
ޙާލަތު މެދުވެރިނުވާނެކަމަށް މީރާގެ ފަރާތުން ބުނާކަމާއި، މީގެ އިތުރުން މިމައްސަލައިގައި ކަން
ހިނގިގޮތުގެ މައްޗަށް ބެލުމުން މިމައްސަލައަކީ މީރާގެ ފަރާތުން އެއް މުޢާމަލާތްތަކަކަށް ދެފަހަރު
ޓެކްސް ދައްކަން އަންގައިގެން އެކަމުގެ މައްޗަށް އުފެދިފައިވާ ޚިލާފެއްގެ މައްޗަށް ސްޓޭޓް ބޭންކް އޮފް
އިންޑިއާއިން ހުށަހެޅި މައްސަލައަކަށް ނުވެފައި އެފަދަ ގޮތަކަށް މީރާއިން ޢަމަލުކޮށްފިނަމަ އެކަން ކަމާއި
ބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ޙައްޤަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ލިބިއޮތް ޙައްޤެއް ކަމުގައިވީ
ހިނދު، މީރާ ޢަމަލުކުރިގޮތެއްގެ ސަބަބުން ޑަބަލް ޓެކްސޭޝަންގެ ބިރުވެރިކަމަށް
ހުށަހެޅިފައިވާކަމަށް ބޭންކުން ދެކޭ ދެކުމަކީ އެކަމުގެ މައްޗަށް ބަލައި، މިމައްސަލައިގައި ޙަވާލާދެވޭ
ކަންކަން ކުރުމުގައި މީރާއިން ޢަމަލުކޮށްފައިވާ ގޮތް ޣައިރު ޤާނޫނީ ވުމަށް އޮތް ޙުއްޖަތެއްކަމުގައި
02c0
02& 0
08
244
0
0 ހ 24
0ފޅަނކަމެވެ"
ވީމާ، އިސްވެ ދިޔަ އެންމެހައިކަންކަން އެގޮތުގެ މަތީން ހުރުމުން މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
2013
/
004/TAT
-
CA
-
B އިސްތިއުނާފުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލެއް
ގެންނަންޖެހޭނެތަނެއް ނެތްކަމަށެވެ.
oec
ދިވެހިރާއްޖޭގެ
4
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
15
2013/HC-A/315
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ނަންބަރު 2013
/
004/TAT
-
CA
-
B އިސްތިއުނާފުކުރުމަށް ސްޓޭޓް ބޭންކް އޮފް
އިންޑިއާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
2013
/
004/TAT
-
CA
-
B ނިންމުމަށް
ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
02/
0
0 ހ 3
ނަންބަރު
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv