ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/64 ޤަޟިއްޔާގެ ޙުކުމް
1
20j5/HC-A/64
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
m
ޤަޟިއް ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 64/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރަމީޒު
އައިޑީ ކާޑު ނަންބަރ: A147298
* ދާއިމީ އެޑްރެސް: ރީކޯ ޏ.ފުވައްމުލައް
އެޑްރެސް: ރަންމުތްގެ(ޏ.ފުވައްމުލައް
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ރަބީޢުލްއާޚިރު 1436 * ނިމުނު ތާރީޚް: 03 ޖުމާދަލްއޫލާ 1436
15 ފެބުރުވަރީ 2015
22 ފެބުރުވަރީ 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2015
/
1207/J
/
MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 18 ފެބުރުވަރީ 2015 ނިމުނު ތާރީޚް: 10 ފެބުރުވަރީ 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/64
• ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1207/J
/
MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޏ.ފުވައްމުލައް ރީކޯ
މުޙައްމަދު ރަމީޒު (ދރ. ކާޑް ނަންބަރު A147298) އެވެ.
ފާހަގަކުރެވުނު ނުކުތާ
އަށް
އެ
01 - އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1207/J
/
MD-145
އަމުރު"
ބަލާއިރު، އަމުރަކީ ޏ.ފުވައްމުލައް ރީކޯ
މުޙައްމަދު ރަމީޒު
(ދރ. ކާޑް ނަންބަރު A147298) މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުގައި މުޙައްމަދު ރަމީޒު
ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ
ނަންބަރު: 124233/n MFބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން ނެރުއްވާފައިވާ
އަމުރެއްކަމާއި، އެ އަމުރުގައި މުޙައްމަދު ރަމީޒު ފިލާފާނެކަމަށް ފެންނާތީ ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރު ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1207/J
/
MD-145 ކޯޓު އަމުރު" އަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 03 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
تیشی
2{0j5/HC-A/64
حرم میر علمی معی
98ދ8
ހނވނނ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާހިރާއްޖޭގެ ހައިކޯޓް
ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ރަމީޒުގެ މައްޗަށް ތުހުމަތުކުރެވެނީ އިތުރު ބަޔަކާއި
ބައިވެރިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއްކަމަށްވެފައި މީނާ ދޫކޮށްލައިފިނަމަ މީނާގެ
ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި މިމައްސަލައާ ގުޅިގެން ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒުފޯރުވަފާނެކަމަށް ނުވަތަ ލިބެންހުރި ހެއްކަކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި މުޙައްމަދު ރަމީޒު
ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު 124233/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހަޅާފައިވީނަމަވެސް، މުޙައްމަދު ރަމީޒު
ގޭ ބަންދަށް ބަދަލުކުރަން އަމުރުކުރައްވައި، 10 ފެބުރުވަރީ 2015 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވާ
ނެރުއްވާފައިވާ ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ
ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ދަށު މަރުޙަލާގެ ކޯޓުތަކުން
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން
އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތްނުކުރައްވާ އަމުރު ނެރުއްވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު
ކޯޓު އަމުރަށާއި،
ދއިށެވެ"
ހދ 4
2
2
4
1
އފަންވާން
cu o
ން ވެ އެވެ.
145-J/MD/2015/1207
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2015/HC-A/64
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މިޤަޟިއްޔާއާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ޝަރީޢަތަށް
2 / 2/8/
ފާހަގަކުރެވެއެވެ.
OCX
3.1 ފުރަތަމަ ކަމަކީ: ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް ތުހުމަތު
ކުރެވޭ މީހާގެ ކިބާގައި ފުރިހަމަވޭތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބި
ގެންވާކަން އެނގެން އޮންނަކަމާއި،
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1207/J
/
MD-145 ކޯޓު
އަމުރަކީ ޏ.ފުވައްމުލައް ރީކޯ މުޙައްމަދު ރަމީޒު ގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފުލުހުންގެ
ފަރާތުން ހުށަހެޅި ނަންބަރު:124233/MF ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން
ހުށަހެޅުމުން، މީނާ ފިލާފާނެކަމަށް ފެންނާތީ، އޭނާ ގޭގައި ބަންދުކޮށް
ބެހެއްޓުމަށް ކުރައްވާފައިވާ
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
COCC
04އ"
3.2- ދެވަނަ ކަމަކީ: މިޤަޟިއްޔާއާ ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން، މުޙައްމަދު ރަމީޒު ހައްޔަރުކުރެވިފައިވަނީޑި-ރާއްޖޭގެ އި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2015/HC-A/64
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 ޖެނުއަރީ 2015 ގައި ކަމާއި، އެހާތަނުން ފެށިގެން މީނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން،
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓަމުން އައިސްފައިވާކަމާއި،
ނަމަވެސް އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1207/J
/
MD-145 ކޯޓު
އަމުރުން އޭނާ ފިލާފާނެކަމަށްޓަކައި އޭނާ ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި،
30
2
33 މ
މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއް ކަމަށާއި،
އެ ބާވަތުގެ ކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި،
ތުހުމަތުކުރެވޭ ކުށްސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ
މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައިފާނެ ކަމުގެ ބިރުއޮތީ
ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
etc
14 2
އެނގެން
އޮންނައިރު،
މުޙައްމަދު ރަމީޒުގެ މައްޗަށް ތުހުމަތުކުރެވިފައި މިވާ ކުށުގެ ޢަމަލަކީ، މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާފަދަ ޢަމަލެއްކަމުގައި ބަލަންޖެހޭކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް
ކަނޑައެޅުމާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:260/HC
-
A/2012
ބެހޭގޮތުން
ޤަޟިއްޔާއާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޔާ
2015/HC-A/64
میم منیم
ނަންބަރު:35/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ
މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު
ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ
ތަނެއްގައިކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން މިފަދަ ތުހުމަތެއްގައިވާ ފަރާތެއް
މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ ތަނެއްގައި ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް އޮތް ކަމެއްކަމުގައި ޤަބޫލުކުރަންޖެހޭކަމެވެ.
ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ
ނަންބަރު 2015
/
1207/J
/
MD-145 ކޯޓު އަމުރުން މުޙައްމަދު ރަމީޒު ފިލާފާނެ ކަމަށްޓަކައި ގޭގައި
ބަންދުކުރުމަށް ނިންމާފައިވާ ނިންމެވުމަކީ ރަގަޅު އަސާސެއްގެ މައްޗަށް ބިނާކުރައްވައިގެން ނިންމަވާފައިވާ
ނިންމެވުމެއް ނޫންކަމުގައެވެ.
OX
CU O
UCOOC
145-J/MD/2015/12(07
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
1207/J
/
MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ އަމުރެއްކަމަށް
ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު،
ކްރިމިނަލް ކޯޓުގެ ނަންބަރު
ކޯޓު އަމުރުން، މުޙައްމަދު ރަމީޒު
ފިލާފާނެކަމަށްޓަކައި ގޭގައި ބަންދުކުރުމަށް ނިންމާފައިވާ ނިންމެވުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގައި ޙުކުމްކުރެވޭހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
1207/J
/
MD-145 ކޯޓު އަމުރުން
މުޙައްމަދު ރަމީޒު ގޭގައި ބަންދުކުރުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު ހަމަވެފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގައި އިތުރަށް މުއްދަތު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތީން
ޙުކުމްކޮށްފީމެވެ.
cu O
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv