ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/78 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/78
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދާއިމީ
+++
• ޤަޟިއްޔާ ނަންބަރ: 78/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޙިސާން އަޙްމަދު
އެޑްރެސް:
ހިތަދޫ ތަބިވައްގެ
އައިޑީ ކާޑު ނަންބަރ: A123729
މިހާރުގެ އެޑްރެސް:
މިލްކުމޭޑް
* ބަދަލުގައި: އަޙްމަދު ނަޒީރު، ސ. ހިތަދޫ ތަނބިވައެވެ. އައިކާޑު ނަންބަރު A009590
އިސްތިއުނާފު ރައްދުވި ފަރާތްތައް:
(1) * ނަން: އިސްމާޢީލް ޢަލީ
: ދާއިމީ އެޑްރެސް: ގދ. ފަރެސް އަތިރީގެ
އައިޑީ ކާޑު ނަންބަރ: A096984 * މިހާރުގެ އެޑްރެސް: ގދ. ފަރެސް އަތިރީގެ
(2) * ނަން: ޙަސަން އަޙްމަދު
ދާއިމީ އެޑްރެސް: ގއ. ، ކޮލަމާފުށި ހިރުދުމާގެ
އައިޑީ ކާޑު ނަންބަރ: A097683 * މިހާރުގެ އެޑްރެސް: ގއ. ކޮލަމާފުށި! ހިރުދުމާގެ
ބަދަލުގައި: ހަމްޒާ މުނީރު، ކޮލަމާފުށި އާޒަމާން. އައިކާޑު ނަންބަރު A116470
(3) * ނަން: ފާޠިމަތު އިބްރާހީމް
: ދާއިމީ އެޑްރެސް: ގދ. ފަރެސް ފެންފިޔާޒުގެ
އައިޑީ ކާޑު ނަންބަރ: A150347 މިހާރުގެ އެޑްރެސް: ގދ. ފަރެސް/ ފެންފިޔާޒުގެ
ބަދަލުގައި: މޫސާ މަނިކު، ހީނާމާގެ. އައިކާޑު ނަންބަރު A001115
6
20x
• ހުށަހެޅުން ތާރީޚް: 08 އޭޕްރީލް 2010
* ނިމުނު ތާރީޚް: 28 ނޮވެމްބަރު 2011
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/38
ޚުލާޞާ:
މިއީ،
ގުރައިދޫކޯޓްގެ ނަންބަރު 2009/H
-
13C/54 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސ. ހިތަދޫ ތަބިވައްގެ
ޙުސައިން ޙިސާން އަޙްމަދު ހުށަހެޅުމުން ބެލި ޤަޟިއްޔާއެއް
ޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ގދ. ފަރެސް އަތިރީގެ އިސްމާޢީލް ޢަލީ އާއި
ކޮލަމާފުށި ހިރުދުމާގެ ޙަސަން އަޙްމަދު އާއި ގދ. ފަރެސް ފެންފިޔާޒުގެ ފާޠިމަތު އިބްރާހީމް އަށެވެ.
13
ފާހަގަކުރެވުނު ނުކުތާތައް:
-01
4
ހިތަދޫ،
ގުރައިދޫކޯޓްގެ ނަންބަރު 2009/H
-
13 C/54
ޤަޟިއްޔާ އަކީ،
ކޮލަމާފުށި
ހިރުދުމާގެ ޙަސަން އަޙްމަދު އާއި، ގދ. ފަރެސްމާތޮޑާ ފަރެސް އަވަށު ފެންފިޔާޒުގެ ފާޠިމަތު އިބްރާހީމް އާއި،
އަތިރީގެ އިސްމާޢީލް ޢަލީއަށް ކ. ގުރައިދޫން ލިބިފައިއޮތް ނަސީމީހިޔާ ގޯއްޗާއި ޢިމާރާތްތައް ސ.
ތަބިވައްގެ ޙުސައިން ޙިސާން އަޙްމަދު ގަނެގެން މިގަނެވިއްކުން ޞައްޙަކޮށް މިގޯއްޗާއި ޢިމާރާތުގެ
މިލްކުވެރިކަން ޙުސައިން ޙިސާން އަޙްމަދަށް ބަދަލުކޮށް ދިނުމަށް އެދި ޙުސައިން ޙިސާން އަޙްމަދު ހުށަހެޅުމުން
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [އިސްވެދިޔަ ވާހަކަތަކާއި ނުކުތާތަކަށް ވިސްނުމަށްފަހު،
ކ. ގުރައިދޫ ނަސީމީހިޔާ ގޯތީގައިވާ ޢިމާރާތްތައް އޭގެ ވެރިންކަމުގައިވާ އިސްމާޢީލް ޢަލީ އާއި ޙަސަން
އަޙްމަދާއި، ފާތިމަތު އިބްރާހީމްއާއި މިތިން މީހުން ހިތަދޫ ތަބިވައްގޭ ޙުސައިން ޙިސާން އަޙްމަދަށް
ވިއްކާފައިވާކަމާއި، އަދި ޙުސައިން އިސާން އަޙްމަދު ގަނެފައިވާކަން ޘާބިތުނުވާތީ، މިޢިމާރާތާއި ގޯތީގެ
މިލްކުވެރިންނަކީ އަދިވެސް އިސްމާޢީލް ޢަލީއާއި، ޙަސަން އަޙްމަދު އާއި، ފާޠިމަތު އިބްރާހީމް ކަމަށާއި، ދެން
މިފަދައިން ގޯއްޗާއި ޢިމާރާތް ވިއްކަންވެއްޖެނަމަ ބިމާއިބެހޭ ޤާނޫނުއާއި ޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރުމަށް
ޙުކުމް ކޮށްފީމެވެ.“ މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2010/HC-A/78
ހ2 0
2
24
3
19ތޗ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02- އިސްވެ
ކުރެވުނު ގޮތުގެމަތީން
ގުރައިދޫކޯޓުގެ ނަންބަރު 2009/H
-
13 C/54
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ޙުސައިން ޙިސާން އަޙްމަދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އަށް ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03- ކ.
ގުރައިދޫކޯޓުގެ ނަންބަރު 2009/H
-
13 C/54 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙުސައިން ޙިސާން އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ގުރައިދޫކޯޓުގެ ނަންބަރު
2009/H
-
13 C/54 ޤަޟިއްޔާގައި ޙުސައިން ޙިސާން
އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، ގދ. ފަރެސްމާތޮޑާ ފަރެސް އަވަށު ފެންފިޔާޒުގެ ފާޠިމަތު
އިބްރާހީމް އާއި، އަތިރީގެ އިސްމާޢީލް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކ. ގުރައިދޫ ނަސީމީހިޔާ އެވެ
ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން އެތިން މީހުންގެ
އަތުން
25000.00ރ. (ފަންސަވީސްހާސް ރުފިޔާ) އަށް ގަނެފައިވާތީ އެމުޢާމަލާތް ޝަރުޢީ ޤާނޫނީ ހަމަތަކުގެ މަތިން
ބައްލަވައި އެޢިމާރާތްތައް މިލްކުކޮށްދިނުމަށް އެދި ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
24 2
88226
ގެންގުޅެ، ބިމާއި
42x
ގޯއްޗާބެހޭ
کرم کر
(ޅ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ،
އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ މަތީންކަމަށް
ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮވެއެވެ.
(ނ) 2004 މެއި 03 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އައިސްފައިވަނީ، ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް އެއްވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ކަމުގައިވާ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/38
ޤާނޫނު ނަންބަރު 01/2004 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 1 ވަނަ
އިސްލާޙް ގެނައުމުގެ ޤާނޫނު) ގެ 1 ވަނަ ނަންބަރުގައި އެމާއްދާ އިޞްލާޙް ކުރެވިފައިވާގޮތުގެ މަތިންކަން
އެނގެން އޮވެފައި، އެމާއްދާއަށް ބަލާއިރު،
ބަންޑާރަގޯތި ދޫކުރެވިފައިވާ ފަރާތަކަށް، އެއްފަހަރާ އަގުދެއްކުމަށްފަހު، ނުވަތަ އެކިފަހަރު މަތީން
ފައިސާ ދައްކާ އަގުއަދާކުރާ އުޞޫލުން، މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން
އަގުދައްކާ ނިންމުމަށްފަހު އެގޯއްޗެއް ގަނެވިދާނެ ކަމަށާއި، އެގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ އެ
ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީންކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަން
އެނގެން އޮވެއެވެ.
<< O
22 /
(ރ) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މިކުރެވޭ ގުރައިދޫކޯޓުގެ ނަންބަރު 13-H/54
2009/C ގެ ޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައިވަނީ 2011 ފެބުރުއަރީ 28 ވަނަ ދުވަހުގެ ތާރީޚުގައި ކަމާއި،
އަދި އެޤަޟިއްޔާ ނިމިފައިވަނީ 2011 ޖޫން 07 ވަނަ ދުވަހުގެ ތާރީޚުގައި ކަން އެނގެން އޮންނައިރު،
2008 ޖުލައި 23 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އައިސްފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ
18 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ކަމުގައިވާ، ޤާނޫނު ނަންބަރު
4/2008 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ
ޤާނޫނު) ގެ 4 ވަނަ ނަންބަރުގައި އެމާއްދާ އިޞްލާޙް ކުރެވިފައިވާގޮތުގެ މަތިންކަން އެނގެން އޮވެފައި،
އެމާއްދާއަށް ބަލާއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން
މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް
ވިއްކަންވާނީ އެމާއްދާގެ (ހ)، (ނ)، (ނ)، އަދި (ރ) މިއަކުރުތަކުގައި ބުނެފައިވާ ގޮތުގެ މަތިންކަން
އެނގޭކަމާއި،
އެގޮތުން (ހ) ގައި ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް
ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުމާއި، (ށ) ގައި ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން
ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ
2 0
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/38
ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯފަރޭޓިވް ސޮއައިޓީ އަކަށްވުން ނުވަތަ ދިވެހިރާއްޖޭގައި
ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ކަމުގައިވުމާއި، (ނ)
ގައި ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިން
ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެ ކަމާއި، (ރ) ގައި
އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި
އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެކަމާއި މިކަންކަން އެމާއްދާއިން އެނގެން
444x
ވެއެވެ"
(ބ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދި ޢަމަލުކުރެވެމުންދާ
”ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދު ގެ 9 ވަނަ މާއްދާގައި އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް
ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހު ވިޔަސް ވިއްކާނަމަ އެވިއްކުމުގެ މުޢާމަލާތް
ހިންގަންވާނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް ބަޔާންކޮށްފައިވެއެވެ.
(ކ) ކ. ގުރައިދޫ ނަސީރީހިޔާ އެވެ ކިޔުނު ގޯއްޗަކީ، ގއ. ކޮލަމާފުށި ހިރުދުމާގެ ޙަސަން އިބްރާހީމް
އާއި، ގދ. ފަރެސް އަތިރީގެ އިސްމާޢީލް އިބްރާހީމް އާއި، ގދ. ފަރެސް/ ފެންފިޔާޒުގެ ފާތިމަތު އިބްރާހީމް
އާއި މިތިން މީހުނާއި ޙަވާލުކުރެވިފައިވާ ބަންޑާރަ ގޯއްޗެއްކަން އެގޯއްޗަށް މާލެ އަތޮޅު ގުރައިދޫ އޮފީހުން
2002 ސެޕްޓެމްބަރު 30 ވަނަ ދުވަހު ހަދައިދީފައިވާ ނަންބަރު 1312002
/
20-H ”ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީ، އިން ސާފުކޮށް އެނގެން އޮވެއެވެ.
24
(ކ) އިސްވެފާހަގަކުރި އެންމެހައި ނުކުތާތަކަށް ބަލާއިރު، ގުރައިދޫ ނަސީރީހިޔާ އެވެ ކިޔުނު ބަންޑާރަ
ގޯތީގައި ހުރި އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަން ގަނެ، އެގަނެ ވިއްކުން ޞައްޙަތޯ ބެލުމަށްޓަކައި ކ.
ގުރައިދޫކޯޓުގެ ނަންބަރު 2009/H
-
13 C/54 ޤަޟިއްޔާގެ ދަށުން އެކޯޓަށް ހުށަހެޅިފައިވަނީ، ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެޤާނޫނަށް ގެނެވުނު ދެ އިޞްލާޙަށް ޢަމަލު ކުރަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A78
292
ފެށިފަހުން، 2011 ފެބުރުއަރީ 28 ވަނަ ދުވަހުގެ ތާރީޚުގައި ކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ
ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކަށް މިމުޢާމަލާތުގައި ޢަމަލުކުރަން
ޖެހޭކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ގޯއްޗެއް ވިއްކޭނީ އެގޯތި އަމިއްލަ ކުރުމަށްފަހު
ކަމަށްވާއިރު، މިމައްސަލަގާ ހިމެނޭ ގޯތީގެ މުޢާމަލާތު ކުރި އިރު އެގޯއްޗަކީ ބަންޑާރަ ގޯއްޗެއް ކަން އެނގެން
އޮންނަކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދު" ގެ 9
ވަނަ މާއްދާގެ ދަށުން، އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ
ބިން އަމިއްލަ ކުރުމަށްފަހު ވިޔަސް ވިއްކާނަމަ އެވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން
ލާޒިމުކޮށްފައިވާއިރު، މިމުޢާމަލާތް ހިންގާފައިވަނީ ޝަރީޢަތުން ބޭރުގައިކަން ޝަރީޢަތަށް ސާބިތުވާކަމާއި،
މިކަންކަން މިހެން ހުރުމުން މިމުޢާމަލާތަކީ ޤާނޫނީ ގޮތުން ޞައްޙަ މުޢާމަލާތެއް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ވީމާ، ގުރައިދޫކޯޓުގެ ނަންބަރު 2009/H
-
13 C/54 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުވެވުނެވެ.
2ކ ބޑތ
ޙުކުމް.
ތ.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއެކު، ގުރައިދޫ ކޯޓުގެ ނަންބަރު 2009/R
-
13 C/54 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
އެތިކްއް
ޤަޖާ 4
35
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv