ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/04 ޤަޟިއްޔާގެ ޙުކުމް
.2
2012/HC-ION04
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 04/HC
-
MD/2012
• އިސްތިއުނާފް ކުރިފަރާތް:
* ނަން: މެހެނާޒް ޙުސައިން
އައިޑީ ކާޑު ނަންބަރ: Al11472
*
ދާއިމީ އެޑްރެސް: ބީޗްވިލާގއ. ދާންދޫ
މިހާރުގެ އެޑްރެސް: މިއ. އުދުހޭކޮކާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
*
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
އައިޑީ ކާޑު ނަންބަރ.
• ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ރަބީޢުލްއައްވަލް 1433 * ނިމުނު ތާރީޚް: 04 ޖުމާދަލްއާއިރާ 1433
ފެބްރުއަރީ 2012
25 އޭޕްރީލް 2012
0
• ޤަޟިއްޔާގެ ބާވަތް ދުސްތޫރީ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
ޞަފްޙާ ނަންބަރ: 03
fl
04-07 :
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް
If
08 :
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙުޝަރު ބަޔާންތައް:
މެހެނާޒް ޙުސައިން(ގއ. ދާންދޫ، ބީޗްވިލާގެ ފަރާތުން:
ބަދަލުގައި އދ. ޒުންނަވާރު ސަލީމު ގއ. ދާންދޫ، ޖަރީމާގެ ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 08-01 :HC
-
DM
-
04 Mpg-2012
މަޙުޝަރު ނަންބަރ: 19-16 :HC
-
DM
-
044 Mpg-2012
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން:
އދއ، ޢައިޝަތު އާޒިމާ ޝަކޫރު!މ. އާސްތާނާ ދެއްކީ
މި ވާހަކަ
މަޙުޝަރު ނަންބަރ: 13-09 :HC
-
DM-
04 Mpg-2012
ޑެޕިއުޓީ ސްޓޭޓް އެޓަރނީ އދއ. މަރްޔަމް ޝުނާނާ ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 15-14 :HC
-
DM
-
04 Mpg-2012
05 - މައްސަލައާއި ގުޅިގެން ހުށަހެޅުން ލިޔުންތައް:
.
05.1. ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ ނަންބަރު 32
/
2012
/
20/AD-170(12 މާރޗް 2012)
ރިޕޯރޓްގައިވާ ޞަފްޙާގެ ޖުމްލަ އަދަދު: 31
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2]2/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިއީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ
ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް
ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް
ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް
ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް އެއްވެސް
މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ
(ހ) ގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި
ބަޔާންކޮށްފައިވީހިނދު، އިސްވެބަޔާންވެދިޔަ ޤާނޫނުއަސާސީގެ މާއްދާތަކާއި ޚިލާފަށް 25 ޖެނުއަރީ 2012 ވީ
ބުދަ ދުވަހު ހެދުންއެޅުމާ ބޭރުފުށަށް ފެންނަގޮތް" މިނަމުގައި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނޯޓިސް
ބޯޑުގައި ކުއްލިއްޔާގެ ދަރިވަރުން ޢަމަލުކުރުމަށް ޢާންމުކުރި ޤަވާއިދުގެ ފެށޭ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ
"ދިވެހިރާއްޖޭ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާން ނުކުރާނަމަ، އެވަގުތު
އެކުރާ ކަމެއްގެ ޠަބީޢަތާ ފުށުނާރާ ހިނދެއްގައި، ކުއްލިއްޔާގައި މުވައްޒަފުންނާއި ދަރިވަރުންނާއި، އެހެނިހެން
ކަންކަމުގައި ކުއްލިއްޔާގެ ޚިދުމަތް ހޯދާމީހުން، ކުއްލިއްޔާގެ ތެރޭގައި ނުވަތަ ކުއްލިއްޔާ ތަމްސީލު ކުރުމުގެ
ގޮތުން ކުރާ ކަމެއްގައި ޙަރަކާތްތެރިވާއިރު ހެދުންއަޅަންވަނީ، ސިވިލް ސަރވިސްގެ ޑްރެސް ކޯޑާ އެއްގޮތްވާ
މި ޢިބާރާތާއި، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކާކުކަންނޭނގޭ ގޮތަށް މޫނު ފޮރުވޭފަދަ ހެދުން"
އަޅައިގެން ކުއްލިއްޔާއަށް ޙާޟިރުވުމަކީ މަނާކަމެއްކަމުގައި ބުނެފައި އޮތުމަކީ، ދިވެހި ޖުމްހޫރިއްޔާގެ
ޤާނުނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ކ) އަދި ޤާނޫނުއަސާސީގެ 19 ވަނަ މައްދާއާއި ޤާނޫނުއަސާސީގެ
36 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާއި 66
ވަނަ މާއްދާއާއި އަދި 62 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅައިދިނުން
އެދި ގއ. ދާންދޫ ބީޗްވިލާ މެހެނާޒް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
+eނވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
22/C-DVfq4
ފާހަގަކުރެވުނު ނުކުތާތައް:
22 20
01- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ
ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް
ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް
ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް
ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް އެއްވެސް
މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ
(ހ) ގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި
ބަޔާންކޮށްފައިވީހިނދު، އިސްވެބަޔާންވެދިޔަ ޤާނޫނުއަސާސީގެ މާއްދާތަކާއި ޚިލާފަށް 25 ޖެނުއަރީ 2012
ބުދަ ދުވަހު "ހެދުންއެޅުމާ ބޭރުފުށަށް ފެންނަގޮތް" މިނަމުގައި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނޯޓިސް
ބޯޑުގައި ކުއްލިއްޔާގެ ދަރިވަރުން ޢަމަލުކުރުމަށް ޢާންމުކުރި ޤަވާޢިދުގެ ފެށޭ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ
"ދިވެހިރާއްޖޭ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާން ނުކުރާނަމަ، އެވަގުތު
އެކުރާ ކަމެއްގެ ޠަބީޢަތާ ފުށުނާރާ ހިނދެއްގައި، ކުއްލިއްޔާގައި މުވައްޒަފުންނާއި ދަރިވަރުންނާއި، އެހެނިހެން
ކަންކަމުގައި ކުއްލިއްޔާގެ ޚިދުމަތް ހޯދާމީހުން، ކުއްލިއްޔާގެ ތެރޭގައި ނުވަތަ ކުއްލިއްޔާ ތަމްސީލު ކުރުމުގެ
ގޮތުން ކުރާ ކަމެއްގައި ޙަރަކާތްތެރިވާއިރު ހެދުންއަޅަންވަނީ، ސިވިލް ސަރވިސްގެ ޑްރެސް ކޯޑާ އެއްގޮތްވާ
ގާތަށެވެ.” މި ޢިބާރާތާއި، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ "ކާކުކަންނޭނގޭ ގޮތަށް މޫނު ފޮރުވޭފަދަ ހެދުން"
އަޅައިގެން ކުއްލިއްޔާއަށް ޙާޟިރުވުމަކީ މަނާކަމެއްކަމުގައި ބުނެފައި އޮތުމަކީ، ދިވެހި ޖުމްހޫރިއްޔާގެ
ޤާނުނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ކ) އަދި ޤާނޫނުއަސާސީގެ 19 ވަނަ މައްދާއާއި ޤާނޫނުއަސާސީގެ
36 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާއި 66
ވަނަ މާއްދާއާއި އަދި 62 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅައިދިނުން
އެދި ގއ. ދާންދޫ ބީޗްވިލާ މެހެނާޒް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ގއ. ދާންދޫ މެހެނާޒް ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ ދަޢުވާ ބިނާކުރި
ސަބަބުތަކުގެ މައްޗަށް ބެލިއިރު، 11 (އެގާރަ) ސަބަބެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ނިމުނު ގޮތުގެ ރިޕޯޓް
2012&HC-DM/04
(ހ) ފުރަތަމަ ސަބަބަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)
ގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު
މަޞްދަރުކަމަށް ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި
ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން
އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ
މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު
ކުރާ އެއްވެސް ކަމަކަށް އެއްވެސް މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމާއި،
ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ) ގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު
ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި ބަޔާންކޮށްފައި އޮންނަކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
އަދި 8*0
2
(ށ) ދެވަނަ ސަބަބަކީ: މޫނުބުރުގާ އަޅައިގެން ދިވެހިރާއްޖޭގައި އުޅުމާއި ތަޢުލީމް
ޙާޞިލްކުރުމަކީ މަނާކަމެއް ކަމުގައި އެއްވެސް ޤާނޫނަކުން އެނގެން ނެތްކަމަށާއި، މިކަމަކީ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 16، 17، 19
20، އަދި 36 ވަނަ މާއްދާގެ (ހ) ގެ އަލީގައި ކޮންމެ
ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމުގައި ވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ނ) ތިންވަނަ ސަބަބަކީ: ކުއްލިއްޔާގެ ދަރިވަރުންގެ ޤަވާޢިދު ފޮތަކީ ކުރީގެ
ޤާނޫނުއަސާސީގެ ދަށުން ހެދިފައިވާ ޤަވާޢިދެއްކުމަށް ވުމާއި 2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ފެހި
ސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ ގިނަ ޙައްޤުތައް އެޤަވާޢިދުން ހަނިވެފައި އޮތުމާއި،
އިންތިޤާލީ މަރުޙަލާގައި ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެނެވުނު ޤަވާޢިދު ތަކުގެ ތެރޭގައި،
"ކުއްލިއްޔާގެ ދަރިވަރުންގެ ޤަވާޢިދު" ހިމެނިފައި ނުވުމާއި، އާޤަވާޢިދު ފޮތެއް ހެދުމުގެ ބާރުލިބިގެން ވަނީ
ކުއްލިއްޔާގެ މަޖިލީހަށް ކަމަށްވުމުން މިހާތަނަށް އެމަޖިލީހުގެ ފަރާތުން އެއްވެސް ޤަވާޢިދެއް ޢާންމުކޮށްފައި
ނުވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ރ) ހަތަރުވަނަ ސަބަބަކީ މިހާރު ކުއްލިއްޔާގައި ޢަމަލުކުރެވެމުންދާ ޤަވާޢިދު ފޮތަކީ
ޤާނޫނުއަސާސީގެ 63 ވަނަ މާއްދާއާއި 66 ވަނަ މާއްދާއާއި ތަޢާރުޟުވާ ޤަވާޢިދަކަށްވާ ކަމަށްބުނެ ހުށަހެޅި
ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.imv
عمری امی
6
ނިމުނު ގޮތުގެ ރިޕޯޓް.
2012}IC-DI;{)44
(ބ) ފަސްވަނަ ސަބަބަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް
ހިއުމަން ރައިޓްސް ގެ 26 ވަނަ މާއްދާގެ (2) ގައި "ތަޢުލީމު ދިނުން އަމާޒުކުރަންވާނީ، އިންސާނީ ޝަޚްޞް
ފުރިހަމައަށް ބިނާކުރުމަށާއި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމުގެ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް
ހިތުން ހަރުދަނާ ކުރުމަށާއި، ހުރިހައި ޤައުމުތަކެއްގެ މެދުގައާއި ނަސްލީ ޖަމާޢަތްތަކުގެ މެދުގައާއި ދީނީ
ޖަމާޢަތްތަކުގެ މެދުގައި އޮންނާންޖެހޭ ދެކެފަރިތަކަމާއި ތަފާތު ޚިޔާލުތައް ތަޙައްމަލު ކުރުމުގެ މިޒާޖާއި
ރަޙްމަތްތެރިކަން ތަޢުލީމުގެ ދާއިރާއިން އާލާކުރަންވާނެކަމަށް" ބުނެފައިވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ޅ) ހަވަނަ ސަބަބަކީ: ދިވެހިރާއްޖޭގެ ހުރިހައި ކޯޓަކަށްމެ މޫނު ބުރުގާ އަޅައިގެންހުރެ
ޝަރީޢަތްތަކަށް ވަނުމުގެ ހުއްދަ ލިބިދީފައި އޮންނަކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ކ) ހަތްވަނަ ސަބަބަކީ: ދިވެހިރާއްޖޭގައި ޢަޤުދުކޮށްދެވޭ ކައިވެނީގެ މަޖިލިސްތަކަށްވެސް
މޫނުބުރުގާ އަޅައިގެން ވަދެވޭކަމަށާއި، ދިވެހިރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބުތަކެއްގައި މޫނުބުރުގާ އަޅައިގެން
ހުރެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(އ) އަށްވަނަ ސަބަބަކީ: މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް
ޕަބްލިކް އެގްޒޭމިނޭޝަނުން ބާއްވާ ޢާންމު އިމްތިޙާންތަކާއި ބައިނަލްއަޤްވާމީ އިމްތިޙާނުތައް ހެދުމަށްވެސް
މޫނުބުރުގާ އަޅައިގެން ވަދެވޭކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(ވ) ނުވަވަނަ ސަބަބަކީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް
ހިއުމަންރައިޓްސްގެ 7 ވަނަ މާއްދާގައި ހުރިހާ އެންމެންނަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ
ބައެއްކަމާއި އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނުގެ ހަމަހަމަ ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު އެމީހުންނަށް
ލިބިގެންވާކަމާއި، ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސް އާއި ޚިލާފަށް އެއްވެސް ތަފާތެއް
ކުރެވޭނަމަ، ނުވަތަ އެފަދަ ތަފާތެއް ކުރުމަށް ހިތްވަރުދޭނަމަ، އެކަމަކުން ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު
ލިބިގެންވުމާއި، ހަމަ އެޤަރާރުގެ 26 ވަނަ މާއްދާގެ 1 ގައި ހަމަކޮންމެ މީހަކަށްމެ ތަޢުލީމް
އުނގެނުމުގެ ޙައްޤު ލިބިގެންވާކަމުގައި ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
01 0 4 4
އއވމނނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
.. (7
2{j12/HC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
OXO
(މ) ދިހަވަނަ ސަބަބަކީ: ޤާނުނުއަސާސީގެ 62 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން އަންހެނުންނަށާއި
ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބިގެންވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ފ) އެގާރަވަނަ ސަބަބަކީ: އިސްލާމީ މުޢުތަބަރު ޢިލްމުވެރިންގެ އަރިހުގައި މޫނު އަޅައިގެން
މީހެއްގެ މޫނު ކަޝްފުކުރުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫންކަމުގައި ފަތުވާތައް ޢާންމުކޮށްފައި
ހުންނަކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
03- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު،
439 99
ޖޫންޓުންގެ
7 ދ
ފަރުވާގތން
ނުވަތަ މޫނު
އަޅާފައިހުންނަ ހެދުން އަޅައިގެން
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ކިޔަވަންދެވޭކަމަށް 18 އޭޕްރީލް 2012 ވަނަ ދުވަހު ބޭއްވުނު
ޝަރީޢަތުގެ މަޖިލީހުގައި، މެހެނާޒު ޙުސައިންގެ ފަރާތުން ބުނެފައިވާކަން އެނގޭއިރު،
މިމައްސަލާގައި 18 އޭޕްރީލް 2012 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި،
ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް، ކުއްލިއްޔަތުއްދިރާސާތިލް
އިސްލާމިއްޔާގެ ދަރިވަރުންގެ ޤަވާޢިދު މިހާރު ވަނީ އިޞްލާޙުކުރެވިފައި ކަމާއި، އަދި މޫނު ފޮރުވޭގޮތަށް
ހެދުންއެޅުން މަނާކުރާ ނުކުތާ ވަނީ އެޤަވާޢިދުން އުނިކޮށްފައިކަމަށް ބުނެ، ދައުލަތުގެ ބަންޑާރަ ނައިބުގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ނަންބަރު
2012) ސިޓީއަށް ބަލާއިރު، ކުއްލިއްޔަތުއްދިރާސާތިލް
އިސްލާމިއްޔާގެ ދަރިވަރުންގެ ޤަވާޢިދުގެ "މޫނު ފޮރުވޭގޮތަށް އަޅާފައި ހުންނަ ހެދުން" މިބައި އެޤަވާޢިދުން
އުނިކުރެވިފައިވާކަމާއި، އަދި މޫނު ނިވާކޮށްގެން ތިބޭ ދަރިވަރުން، ކިޔަވަން ކުއްލިއްޔާއަށް ދިއުން އެތާރީޚުން
ފެށިގެން
މަނާވެގެންނުވާކަން އެނގެން އޮތުމުން، މެހެނާޒު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް އޮތްކަމަކަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް
ނުފެނުނެވެ.
170-AD/32/2012/20
12)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected]
www.highcourt.gov.niy
8
2012/HC-bM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ގއ. ދާންދޫ ބީޗްވިލާ
މެހެނާޖު ޙުޞައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ
ތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ
ور
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު)
ތަން/0ހމަދު
ޢަލީ ސަމީރު
(ފަނޑިޔާރު)
(ފަނޑިޔާރު)
ތައްޔާރުކުރީ: ފާޠިމަތު ނީޝާ
ޗެކްކުރީ، އައްވާ ނަޝާތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.Imv