ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/123 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 123/HC-A/2014
. އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޝަމްރާ ޝަމީމް
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މުޙައްމަދު ސަޢީދު
ދާއިމީ އެޑްރެސް: އިރާކުގެ
* އައި.ޑީ.ކާޑު ނަންބަރު: A144730 މިހާރުގެ އެޑްރެސް: ބ. މިދިލިކުރި/ މާލެ
ވަކީލް: އދ. އަޙްމަދު ޒަމީރު އާދަމް، ގ. މާލެހިޔާ2 01-14 | މާލެ
ގއ. ވިލިންލި
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަޖަބު 1435 ނިމުނު ތާރީޚް: 27 ރަޖަބު 1435
06 މެއި 2014
26 މެއި 2014
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2014
/
94/U2MC
-
B
0
• ނިންމެވި ކޯޓު: އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
04
• އަމުރު ނެރުއްވި ތާރީޚު: 30 އޭޕްރީލް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިއާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަބްދުއްރައޫފު
4 ރ 4
-ފ ބޮރާހިމް
ދިވެހިރާއްޖޭގެ ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2014/HC-A/123
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ވިލިނގިލި، އިރާކުގެ މުޙައްމަދު ސަޢީދެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ccc
2. އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ، ވިލިނގިލި، އިރާކުގެ މުޙައްމަދު ސަޢީދުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުޑަކުއްޖަކާއިމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލާގައި، މުޙައްމަދު
ސަޢީދު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި 2014
އޭޕްރީލް 30 ވަނަ ދުވަހުގެ 09:25 އިން ފެށިގެން 15 މެއި 2014 ވަނަ ދުވަހުގެ 09:24 އަށް، 15
(ފަނަރަ) ދުވަހުގެ މުއްދަތަށް، މުޙައްމަދު ސަޢީދު މިދިލިކުރި މާލެ ގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
3. އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު
އަމުރު ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ އަރިއަތޮޅު އުތުރުބުރީ ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދާއި، ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ
ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
1 22 2
4. މިމައްސަލައާ ގުޅިގެން އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަން
ނަންބަރު
2014
/
94/U2MC
-
B ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ގއ. ވިލިނގިލި، އިރާކުގެ މުޙައްމަދު ސަޢީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް
ބަލާއިރު، މިމައްސަލަ ނިންމަން ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރައުޔުއެއްގެ މައްޗަށް ޚިޔާލު
ތަފާތުވެފައިވާކަމާއި، އެދެރައުޔާއި އެދެރައުޔު ބިނާވެފައިވާ އަސާސްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
އަޤާއްލިއްޔާ ރައުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔު)
A
އެރައުޔު ބިނާކޮށްފައިވާ އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު އަމުރުގައި ވިލިނގިލި/ އިރާކުގެ މުޙައްމަދު ސަޢީދު 30
އޭޕްރިލް 2014 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މާލެ! މ. މިދިލިކުރި ގައި ބަންދުގައި
.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
އަމުރުކުރައްވާފަ
ބެހެއްޓުމަށް ރައްވާފައިވާކަމާއި، މުޙައްމަދު ސަޢީދު ބަންދުކުރުމަށް އަމުރު ކުރެއްވި ސަބަބުކަމަށް
ފެންކުރައްވާފައިވަނީ 2014 އޭޕްރިލް 23 ވަނަ ދުވަހުގެ ރެއިން ފެށިގެން 3 ރޭ ވާންދެން ކުޑަ ކުއްޖެއް
ވަކިން އެކަހެރި ތަނެއްގައި ބާއްވައިގެން ފަންޑިތަ ހެދުމުގެ ނަމުގައި، މުޙައްމަދު ސަޢީދު އެ ކުއްޖާގެ ގުނަވަން
ތަކުގައި އަތްކާއްތާ ބަދު އަޚްލާޤީ ޢަމަލު ހިންގަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، މީނާ ބަންދުން
ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް އެ އަމުރުގައި
ބަޔާންކުރެވިފައިވާކަމާއި،
އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި މުޙައްމަދު ސަޢީދު މިދިލިކުރި ގައި ބަންދުކުރުމަށް
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުއްވާފައިވަނީ މުޙައްމަދު ސަޢީދުގެ ބަލި
ޙާލަތަށް ރިޢާޔަތް ކުރެއްވުމަށްފަހުގައިކަމަށް މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާކަމާއި،
އެހެންނަމަވެސް،
އިސްތިއުނާފު އަމުރުގައި މުޙައްމަދު ސަޢީދު މ. މިދިލިކުރި ގައި
ބަންދުގައި
އަމުރުކުރެއްވި ސަބަބެއް އެ އަމުރުގައި ބަޔާންކުރައްވާފައިނުވާކަން ފާހަގަކުރެވެން
10
ه
6
8
9 ހ
ބެހެއްޓުމަށް
އޯނޭންކަމެވެ.
OCX
(ށ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ކަނޑައެޅުމަށްޓަކާ
ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ ފަދަ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކާތެރިކަން ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 194/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން ފާހަގަކުރެވޭއިރު، މީހަކު
ބަންދުކުރެވިފައި ހުންނަންޖެހޭނީ އޭނާގެ ކިބައިގައި ހުރި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތްތައް އެންމެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/123
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
0 31 1 2 3
އެކަށީގެންވާ ގޮތެއްގައި ނެތިކޮށްލެވޭފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
355/HC-A/2013 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 102/HC-A/2014 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ޢާންމު އުޞޫލަކީ، ތުހުމަތު ކުރެވިފައިވާ ޢަމަލުގެ ސަބަބުން އެމީހަކީ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ހުންނަންޖެހޭނީ
އެމީހެއްގެ ކިބައިން މުޖުތަމަޢަށް ނުރައްކާ ނުވާނެ ތަނެއްގައި އެކަހެރިކުރެވިފައި ކަމަށާއި، އެއީ އެކަމަށް
އިސްތިސްނާއެއް މެދުވެރިނުވާނެ މުތްލަޤް އުޞޫލެއްކަމަށް އެއިން އެއްވެސް ޤަޟިއްޔާއަކުން ދޭހަނުވާކަމަށާއި،
ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކުގައި ހުށަހެޅިފައިވާ ހެއްކާ ޤާރީނާގެ އިތުރުން މުއްތަހަމަށް ޚާއްޞަ
ޙަލާތެއް ދިމާވެފައިވާނަމަ، އެކަން އަންގައިދޭ ކަމާބެހޭ ލިޔުންތަކަށް ފަނޑިޔާރު ރިޢާޔަތްކޮށް މުޖުތަމަޢުން
އެކަހެރިކުރާނެ މިންގަނޑު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށާއި، މުޖުތަމަޢުން
އެއްކޮން އެކަހެރި ކުރުމުގެ ބަދަލުގައި ވަކި ޤައިދުތަކެއް ކަނޑައަޅައިގެން މަޤްޞަދު ޙާޞިލުކުރެވިދާނެކަ
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެކަހެރިކުރުމުގެ މިންގަނޑު ލުއިކުރެވޭފަދަ ގޮތަކަށް އެކަންކުރުމަކީވެސް
ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމަށާއި، ނަމަވެސް ފަނޑިޔާރު އެބާރުގެ ބޭނުންހިފައި އެކަހެރިކުރުމުގެ
މިންގަނޑު ލުއިކޮށް ބަރުކޮށް ހަދަންޖެހޭނީ ޒިންމާދާރު ކަމާއެކު އެކަށީގެންވާ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް
ބިނާކޮށްގެންކަމަށް އިސްވެ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި،
އިސްތިއުނާފު މިކުރެވޭ ކޯޓު އަމުރުގައި، މުޙައްމަދު ސަޢީދުގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ފާހަގަކުރައްވާފައިވާއިރު،
މުޙައްމަދު ސަޢީދު މާލެ ގެނެސް މ. މިދިލިކުރި ގައި ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ސަބަބު އެ
އަމުރުން އެނގެން ނެތްކަމާއި،
މުޙައްމަދު ސަޢީދުގެ ފަރާތުން އޭނާގެ ސިއްޙީ ޙާލަތާގުޅޭ ގޮތުން ލިޔެކިއުންތައް އަރިއަތޮޅު
އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިކަމަށް ބުނެފައިވާއިރު، މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތާ
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
ގުޅޭ އެއްވެސް ލިޔެކިއުމެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، އަދި މުޙައްމަދު
ސައީދު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓާފައި ހުރިނަމަވެސް،
މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް، އޭނާއަށް ބޭސްފަރުވާ ކުރުމަށް ހަމަޖައްސަންޖެހޭ ހުރިހާ
އިންތިޒާމްތަކެއް ހަމަޖައްސައިދެވޭނެކަމަށާއި، އަދި މުޙައްމަދު ސަޢީދުގެ ބަލި ޙާލަތު ހުރިގޮތުން އޭނާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ޤަބޫލުކުރެވޭނަމަ، ކޯޓު މެދުވެރިކޮށް މުޙައްމަދު ސަޢީދު ގޭ ބަންދަށް ބަދަލުކުރެވޭނެކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި، އަދި ތަޙުޤީޤު މަރުޙަލާ ނުނިމެނީސް މުޙައްމަދު ސަޢީދު
ގޭބަންދަށް ބަދަލުކުރުމުން އެކަމާ ކަންބޮޑުވާކަމަށް
ބޮޑުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފާހަގަކޮށްފައި
އަތުމެނޭ،
މައްސަލައަކީ، 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއިމެދު މުޙައްމަދު ސަޢީދު ބަދުއަޚްލާޤީ ޢަމަލު
ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށްވެ
ކަމަށްވެފައި، މި މައްސަލާގައި މުޙައްމަދު ސަޢީދުގެ މައްޗަށް
ދަޢުވާކުރާނަމަ، ދަޢުވާ އުފުލޭނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ
މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުންކަމާއި، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގައި
އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އެ މާއްދާގެ (ހ) ގައި މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް
ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެ ގޮތުގައި އެ ރައްކާތެރިކަން
ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގަޔާއި ޝަރީޢަތުގެ
މަރުޙަލާގައި ބަންދުގައި ބޭތިއްބުން ހިމެނިފައިވާކަން ފާހަގަކުރެވޭއިރު، އަދި އިސްތިއުނާފު މި ކުރެވޭ ކޯޓު
އަމުރުގައިވެސް މުޙައްމަދު ސަޢީދު ބަންދު ކުރައްވާފައިވަނީ މީނާ ބަންދުން ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް އަމުރުގައިވެސް ބަޔާންކުރެވިފައި
އޮތުމުން، މުޙައްމަދު ސަޢީދު މ. މިދިލިކުރި ގައި ބަންދުކޮށްފައި ބެހެއްޓުމަކީ
އޭނާގެ ފަރާތުން މުޖުތަމަޢުއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
.
"ދިވެހިންގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
އޮތް ނުރައްކާ ފިލައިގެންދާނެ ކަމެއް ނޫންކަމަށް އަހުރެންނަށް ޤަބޫލުކުރެވޭކަމާއި، މުޙައްމަދު ސަޢީދު
ށ. މިދިލިކުރި ގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބު އެ ކޯޓު އަމުރުގައި އެނގެން ނެތް
ހިނދު، އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތެއް އިސްތިއުނާފުކުރާ ފަރާތަށްވެސް ދެވިފައިނުވާއިރު، މުޙައްމަދު
ސަޢީދު މިދިލިކުރި ގައި ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވަނީ އޭނާގެ ސިއްޙީ ޙާލަތާ
ގުޅިގެންކަމުގައި ބެލިނަމަވެސް، އޭނާގެ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް، ބޭސްފަރުވާކޮށްދިނުމުގެ އިންތިޒާމްތައް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަމަޖައްސައިދެވޭނެކަމުގައި އެ ފަރާތުން ބުނެފައިވާއިރު، އަހުރެންނަށް މި
މައްސަލަ ނިންމަން ފެންނަ ގޮތަކީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
94/U2MC
-
B ކޯޓު އަމުރުގައި މުޙައްމަދު ސަޢީދު ކ. މާލެ | މ. މިދިލިކުރި ގައި ބަންދުގައި
ހެއްޓުމަށް ކުރެއްވި އަމުރު ބާތިލުކަމަށް ކަނޑައަޅައި، މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް،
މުޙައްމަދު ސަޢީދުގެ ބޭސްފަރުވާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް
ގެ މައްޗަށް ޝަރުޠުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ސަޢީދު
ބަންދުކޮށްފައި
¢ 0
¢ 2 ހއ ހ & 4
هހއ2
eނމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާދު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި
އިބްރާހީމްގެ ރައުޔު) އާއި އެރައުޔު ބިނާކޮށްފައިވާ އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ، މުޙައްމަދު ސަޢީދުގެ މައްޗަށް ތުހުމަތުކުރެވިފައިމިވާ ކުޑަކުއްޖަކާމެދު
ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައާ ގުޅިގެން، މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލައިފިނަމަ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބައްލަވައި، މުޙައްމަދު ސަޢީދުގެ ބަންދުގެ މުއްދަތު
އިސްތިއުނާފުކުރެވިފައިވާ އަމުރުގެ ކުރިންވެސް އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުން
އިތުރުކޮށްދެއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
މިގޮތުން، އެކޯޓުގެ ނަންބަރު 2014
/
89/U2MC
-
B ކޯޓު އަމުރުން 27 އޭޕްރީލް 2014 ވަނަ
ދުވަހުގެ 10:15 އިން ފެށިގެން 30 އޭޕްރީލް 2014 ވަނަ ދުވަހުގެ 10:14 އަށް، 03 (ތިނެއް) ދުވަހުގެ
މުއްދަތަށް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ސަޢީދު ބަންދުގައި
ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
94/U2MC
-
B ކޯޓު އަމުރަކީ، އިސްވެދެންނެވުނު އެކޯޓުގެ ނަންބަރު ކޯޓު އަމުރުގައި މުޙައްމަދު
ސައީދު ބަންދުގައި ބެހެއްޓުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު ހަމަވާތީ، މުޙައްމަދު ސަޢީދުގެ ބަންދުގެ މުއްދަތު
އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
109180/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ
J
އަމުރެއްކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ނަންބަރު
2014
/
94/U2MC
-
B ކޯޓު އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކޮށްފައި
މިވަނީ، ގއ. ވިލިނގިލި، އިރާކުގެ މުޙައްމަދު ސަޢީދު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ މުޙައްމަދު ސަޢީދު 2 މިދިލިކުރި ގައި ބަންދުކޮށްފައި ބެހެއްޓުމަށް
އެއަމުރުގައި ނިންމަވާފައިވާއިރު، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނަ ޙާލަތުގައި
ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ކަމަށާއި އެހެންކަމުން އިސްތިއުނާފު ކުރެވިފައިމިވާ އަމުރުގައި މުޙައްމަދު ސަޢީދު ބަންދުކޮށްފައި
.. މިދިލިކުރި ގައި ބެހެއްޓުމަށް ނިންމަވާފައިވާ ބައި ބަދަލުކޮށް، މުޙައްމަދު ސަޢީދު މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެދިކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/123
މިއިސްތިއުނާފް ދަޢުވާއާ ގުޅިގެން މުޙައްމަދު ސަޢީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މުޙައްމަދު ސަޢީދަކީ ހިތުގެބަލި ހުންނަ ބަލިމީހެއްކަމަށާއި، މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތާ ގުޅޭގޮތުން
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހަށް
ހުށަހަޅާފައިވާނެކަމަށާއި، އަރިއަތޮޅު
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
94/U2MC
-
B ކޯޓު އަމުރުގައި މުޙައްމަދު ސަޢީދު މިދިލިކުރި ގައި ބަންދުކުރުމަށް
ނިންމަވާފައިވަނީ، މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތާ ގުޅޭގޮތުން މުޙައްމަދު ސަޢީދު އެކޯޓަށް ހުށަހެޅި
ހުށަހެޅުމަށް ބައްލަވައި، އެއަށް ރިޢާޔަތްކުރެއްވުމަށްފަހުކަމަށް ޤަބޫލުކުރާކަމަށް މުޙައްމަދު ސަޢީދުގެ ފަރާތުން
ބުނެފައިވާކަމެވެ.
4 * *
އްޗަށް
(ނ) ތިންވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއްނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމަވާ ޙާލަތުގައި ބައްލަވަންޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު
ހިމާޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހާގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް
ރައްކައުތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް މައްސަލަ ބައްލަވާ ފަނޑިޔާރަކު ރިޢާޔަތްކޮށް، މިދެމަސްލަޙަތު
ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަ ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމެވުމުގައި
ރިޢާޔަތްކުރައްވަންވާނެކަމާއި،
އަދި މިގޮތަށް ބަންދުގައި ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ
މައްޗަށާއި، މައްސަލާގައި ކަން ހިނގާފައިވާގޮތުގެ މައްޗަށާއި، ހުށަހެޅިފައިވާ ހެއްކާއި ޤަރީޝާގެ އިތުރުން،
މުއްތަހަމަށް ޚާއްޞަ ޙާލަތެއް ދިމާވެފައިވާކަމަށް ބުނާ ޙާލަތުގައި، އެކަމާ ގުޅޭ ލިޔެކިޔުންތަކެއް
ހުށަހެޅިފައިވާނަމަ އެކަންކަމަށް ރިޢާޔަތްކުރައްވައި، ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ލުޔެއް ދިނުމުގެ ގޮތުން
އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކަނކު
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/123
ކުށްކުށުގެ ތުހުމަތުކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަންދުގައި ތިބޭ ފަރާތްތަކުގެ
ތެރެއިން، ބަލި ޙާލަތު ހުރިގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެކަމަށް ފުލުހުންނަށް ޤަބޫލުރެވޭ
ފަރާތްތައް، އެފަރާތެއްގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް، ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި ގޭބަންދަށް
އެފަރާތެއް ބަދަލުކުރުމަކީ ފުލުހުންނަށް ލިބިދީފައިވާ ބާރެއްކަމަށާއި، އަދި އެއީ ފުލުހުން ޢަމަލުކުރަމުންގެންދާ
އުޞޫލެއް ކަމަށް، މިޤަޟިއްޔާއާ ގުޅިގެން 21 މެއި 2014 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ނުވަތަ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުމުން، ފަނޑިޔާރު ބައްލަވާ ބެއްލެވުމުގައި އެމީހެއްގެ މައްޗަށް
ތުހުމަތުކުރެވޭ ޢަމަލަކީ، އެޢަމަލެއްގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފަނޑިޔާރަށް
ޤަބޫލުކުރެވޭފަދަ ޢަމަލެއްނަމަ އެމީހަކު ބަންދުކުރެވިފައި ހުންނަންޖެހޭނީ މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކަކީ އެއްވެސް އިސްތިސްނާއެއް އޭގެ މައްޗަށް ނުހިނގާނެގޮތަށް
މުޠުލަޤުކޮށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ނޫންކަމާއި، އަދި މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 102/HC
-
A/2014 ޤަޟި
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
cc
22
#/
22,
COC
ce O
2723 ހޑ 8
އެގެއެފެނެކޮއެ
CU
ޢަހން ކަމުން،
އެކުށުގެ
،ވަބަށް
ގއ. ވިލިނގިލި، އިރާކުގެ މުޙައްމަދު ސަޢީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ
ބަލާއިރު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކައުތެރި ކުށެއްކަމަށް ބެލެވޭފަދަ
ކުށެއްކަމުގައިވީނަމަވެސް، މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، މައްސަލާގައި ކަންހިގާފައިވާ
ގޮތަށާއި، މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތުގެ މައްޗަށާއި އެކަމާގުޅޭ ގޮތުން މުޙައްމަދު ސަޢީދުގެ ފަރާތުން
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހުށަހެޅުމަށާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ މުޙައްމަދު ސަޢީދުގެ ސިއްޙީ ޙާލަތާގުޅޭ ލިޔުންތަކަށް ބެލުމުން، މުޙައްމަދު ސަޢީދަކީ ހިތުގެ
ދިވެހިރާއްa
R
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2014/HC-A/123
ބައްޔަށް ފަރުވާހޯދަމުންދާ ބަލިމީހެއްކަމާއި، ވުމާއެކު އޭނާގެ ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ގޭގައި ބަންދުގައި
ބެހެއްޓިދާނެ ފަރާތެއްކަމަށް ޤަބޫލުކުރެވޭކަމާއި، އެހެންކަމުން، 2014 އޭޕްރީލް 30 ވަނަ ދުވަހުގެ 09:25
އިން ފެށިގެން 15 މެއި 2014 ވަނަ ދުވަހުގެ 09:24 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މުޙައްމަދު
ސަޢީދު މ. މިދިލިކުރި( މާލެ ގައި ބަންދުކޮށްފައި ބެހެއްޓުމަށް އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް
ކޯޓުން ނެރުއްވާފައިވާ ނަންބަރު 2014
/
94/U2MC
-
B ކޯޓު އަމުރަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ޤަބޫލުކުރެވޭކަމެވެ
• ޙުކުމް.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
94/U2MC
-
B ކޯޓު އަމުރަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް
ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv