ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/84 ޤަޟިއްޔާގެ ޙުކުމް
1
2{14/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم ان المراسیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 84/HC
-
A/2014
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕީ.ޖީ އޮފީސް | މާލެ
* މިހާރުގެ އެޑްރެސްޕީ.ޓީ. އޮފީސް | މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފަހުދު ޝަރީފު
: ދާއިމީ އެޑްރެސް: ގ. ފެހިމާގެ 1 މާވެ
*
އައި.ޑީ.ކާޑު ނަންބަރު: A075651
މިހާރުގެ އެޑްރެސް: ފެހިމާގެ/ މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 26 މާރޗް 2014
ނިމުނު ތާރީޚް: 13 އޭޕްރީލް 2014
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު.
4 ނަންބަރު: 201412558/J(MD-145
* ކޯޓު: ކްރިމިނަލް ކޯޓު
ނިންމެވި ތާރީޚް: 20 މާރޗް 2014
4 ބާވަތް : ބަންދު އަމުރު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްމިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
2
2{14/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/2558(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ގ.ފެހިމާގެ ފަހުދު ޝަރީފެވެ.
ފާހަގަކުރެވުނު ނުކުތާތައް
22
22 2ތތ
01 ކްރިމިނަލް ކޯޓުގެ ނަންބަރު 2014/2558(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-02
ކްރިމިނަލް ކޯޓުގެ ނަންބަރު 2014/558(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ ގ. ފެހިމާގޭ ފަހުދު ޝަރީފުގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ
މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބައްލަވައި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން
ފެނިވަޑައިނުގަންނަވާކަމަށް ބަޔާންކުރައްވައި، ފަހުދު ޝަރީފު 20 މާރޗް 2014 ގެ 14:45 ގައި ބަންދުން
ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮން. މެވެ.
2
03x ދ ތ 4
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ސަބަބެއްކަމައް
3
2{014/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/2558(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
145-J(MD)2014/2558
2c
04 ކްރިމިނަލް ކޯޓުގެ ނަންބަރު
އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުންނާއި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ގ.ފެހިމާގޭ ފަހުދު
ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2014/2558(J
(
MD-145 ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ ފެހިމާގޭ ފަހުދު ޝަރީފުގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތި
ޓްރެފިކް ކުރުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބައްލަވައި އޭނާ އިތުރަށް ބަންދުގައި
ބެހެއްޓުމަށް ފެނިވަޑައި ނުގަންނަވާތީ، 20 މާރޗް 2014 ގެ 14:45 ގައި އޭނާ ބަންދުން ދޫކޮށްލުމަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމާއި، އެއަމުރު ނެރުއްވާފައިވަނީ ފަހުދު ޝަރީފް 20 މާޗް
2014 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް
އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 106655/MF ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ
ފޯމް" އިން ހުށަހެޅުމުން ކަމާއި، އެފޯމުގައި ފަހުދު ޝަރީފް ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ
ހހ 0x0 ދ ތ
eތ 72
ه0
2
4
99%0 އ
As
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
/ ހ ޑއ ދވ
ފިލިފާންކަމަށް ފެންނަ
ފެންނާތި
މީނާގެ ފަރާތުން މުޖްތަމަޢަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީކަން އެނގެން
އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: މައްސަލައެއް ތަޙްޤީޤުކުރެވުމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުހަލާގައިވެސް، ތުހުމަތުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލަކީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުން ކުރެ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯ
ފަނޑިޔާރު ބެލުންކަމާއި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
Puc
24 20 0;
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކު
ބސއ•
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ
މަތީން މީހަކު ބަންދުކުރުމުގައި ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ
ތަޙްޤީޤުކުރުމުގައި ގޮންޖެހުންތައް ހުރި މިންވަރަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ
ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑު މިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި ޝައްކުކުރެވޭ މީހާ
ފިލާފާނެ ކަމުގެ ބިރުއޮތް މިންވަރަށާއި އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރަށް
ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{014/HC-A/84
22 ހ2 22
2
2
عمومی که می
(ރ) ހަތަރުވަނަ ކަމަކީ: ފަހުދު ޝަރީފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ޓްރެފިކް
ކުރުމުގެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، އޭނާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ފޮނުވުމުން، އެމައްސަލައިގައި އޭނާގެ މައްޗަށް ޤާނޫނުނަންބަރު 17/2011 (މަސްތު
ޤާނޫނު) ގެ 106 ވަނަމާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ
ކުށުގެ ދަޢުވާކޮށްފައިވާކަން އެނގޭކަމާއި، އަދި އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާކަން ދެފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް
ނިންމާނީ މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ
އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއްކަމަށް "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 13
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، މިމައްސަލައިގައި ފަހުދު ޝަރީފްގެ ބަންދުގެ މުއްދަތު އިތުރު
ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ، ކުށެއްގެ ތުހުމަތުގައި
ބަންދުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ އިޖްރާޢަތުގެ ތެރެއިންކަން އެނގޭކަމާއި،
ކުށެއްގެ ތަޙްޤީޤު މައްސަލައެއްގައި ދަޢުވާކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ
މައްސަލައެއްގައި އެމައްސަލައިގައި ހިމެނޭ ފަރާތެއް ބަންދުގައި ބަހައްޓަންޖެހޭކަން ނުވަތަ ނޫންކަން
ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމާއި، މައްސަލަ ތަޙްޤީޤު ކުރި ފަރާތުން ނޫންކަން ޖިނާއީ
އިޖުރާޢަތުގެ އުސޫލުތަކަށް ބެލުމުން އެނގެން އޮތްއިރު، މިމައްސަލައިގައި ފަހުދު ޝަރީފުގެ މައްޗަށް
ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވަފައިވާކަން
އެނގެން އޮތްއިރު، ފަހުދު ޝަރީފުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ނިންމެވުމެއްގެ މައްޗަށް ކަން އެނގެން ނެތުމުން މިމައްސަލައިގައި ފަހުދު ޝަރީފް ބަންދުން ދޫކޮށް
ނެރުއްވާފައިވާ އަމުރަކީ ރަނގަޅުނޫން އަމުރެއްކަމަށް ބަލާނެ ތަނެއްނެތްކަމާއި، އަދި ފަހުދު
ޝަރީފަކީ، އޭނާގެ މައްޗަށް ދަޢުވާ ކުރެވިފައިވާ މައްސަލާގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން ބަންދުގައި"
)
32 ތތ
ވާކުރުމަށް
(+
2 22 22 2
04
2 ތތ
މއމނ
22
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ކްރިމިނަލް ކޯޓަށް
ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް ފެންނަކަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރ 2014/2558(J(MD-145 ކޯޓު އަމުރުގައި ފަހުދު ޝަރީފް 20 މާރޗް 2014 ގެ
14:45 ގައި ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ގައިމް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv