ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/79 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/79
بم ندارم سیم
639
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 79/HC
-
A/2011
0
. އިސްތިއުނާފު ކުރިފަރާތްތައް:
* ނަން: ޢަބްދުﷲ ރަޝީދު މޫސާ
ދާއިމީ އެޑްރެސް: ގުލްފާމުގެ / އއ. ބޮޑުފޮޅަދޫ
އައިޑެންޓިޓީކާޑު ނަންބަރު: A008080
މިހާރުގެ އެޑްރެސް:
ފަނަސް / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މ. ވެސްޓްހައުސް / މާލެ
ރަޖިސްޓްރޭޝަން ނަންބަރު: 14
/
83-C
މިހާރުގެ އެޑްރެސް: ލ. ވެސްޓްހައުސް / މާލެ
E
* ރަޖިސްޓްރީކުރެވުނު ތާރީޚް:
16 މެއި 2011
ނިމުނު ތާރީޚް: 14 ނޮވެމްބަރު 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
* ނަންބަރު: 2010/MC/1368
* ކޯޓު: މަދަނީ ކޯޓު
ނިމުނު ތާރީޚް: 14 އޮކްޓޯބަރު 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުނުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2011/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އއ. ބޮޑުފޮޅަދޫ، ގުލްފާމުގޭ ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އއ. ބޮޑުފޮޅަދޫ، ގުލްފާމުގޭ ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
<< O
02- މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ، އއ. ބޮޑުފޮޅަދޫ، ގުލްފާމުގޭ ޢަބްދުﷲ ރަޝީދު މޫސާގެ ބައްޕަ
އަލްމަރްޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އއ. ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ
ޓޫރިސްޓް ރިސޯޓް (ރިސޯޓް) ކުއްޔަށް ދިނުމާއި ބެހޭގޮތުން 07 ޖެނުއަރީ 1987 ދުވަހު ސޮއިކޮށްފައިވާ
ނަންބަރު 07
/
87-C
-
3
/
C އެގްރީމެންޓްގެ މުއްދަތު 20 ޖުލައި 1999 ގައި ހަމަވެފައިވާހިނދު، އަލްމަރްޙޫމް
މޫސާ ޤާސިމުގެ ވާރިޘުންނާއި ރިސޯޓް ޙަވާލުނުކޮށް ހިންގަމުންދާތީ، އަލްމަރްޙޫމް މޫސާ ޤާސިމުގެ ވާރިޘުންނާއި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2011/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަގުތުން ރިސޯޓް ހަވާލުކުރުމަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްދިނުމަށް އެދި
ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އަލްމަރްޙޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު އއ. ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ޓޫރިސްޓް ރިސޯޓް ކުއްޔަށް ދިނުމަށް 07
ޖެނުއަރީ 1987 ދުވަހު އެގްރީމަންޓް ކޮށްފައިނުވާނެކަމަށާއި، އެހެންކަމާއެކު ޢަބްދުﷲ ރަޝީދު މޫސާގެ
ފަރާތުން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޙައްޤުނޫން ދަޢުވާއެއް
ކަމަށާއި، ދަޢުވާއަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަނޑައެޅިގެން އިންކާރުކުރާކަމަށް
ދަޢުވާލިބޭފަރާތުން ބަޔާންކުރާކަން އެނގޭކަމާއި، ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކާއި
ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން މޫސާ ޤާސިމާއި ޖޯވާނީ ބޯރގާ އާއި އަދި އެއިގެ ފަހުން މޫސާ ޤާސިމާއި
ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އއ. ކުޑަފޮޅަދޫ އެފަރާތްތަކަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން
ތަކެއް ވެފައިވާހިނދު، އއ. ކުޑަފޮޅަދޫ އަކީ އަލްމަރުހޫމް މޫސާ ޤާސިމް ސަރުކާރުން ވަރުވާއަށް ނަގާފައިވާ
ރަށެއްކަން އެނގެން އޮތަތީ، އަދި ކުޑަފޮޅަދޫއަކީ އަލްމަރްޙޫމް މުސާ ޤާސިމުގެ މިލްކެއްކަން އެންގެން
ނެތަތީ، އެރަށުގައި މައްޗަށް
މޫސާ ޤާސިމުގެ ވާރިޘުންނަށްވާ ޙައްޤަކީ ކޮބައިކަން
ސާފުނުވާކަމަށްޓަކައި،
އއ. ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ޓޫރިސްޓް ރިސޯޓު އަލްމަރްޙޫމް މުސާ ޤާސިމުގެ
ވާރިޘުންނާއި ޙަވާކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން
022
ކތ ހ 0
032
24/ޗވެ
4 22
xތ ކހ2
އަނކު9ވ.
ކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުނުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{11/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އއ. ބޮޑުފޮޅަދޫ، ގުލްފާމުގޭ ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި،
އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މިމައްސަލައިގައި ދަށު ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ
ހައިކޯޓުން މައްސަލަ ބައްލަވައި ގޮތްތަކެއް ނިންމަވާފައިވާ ކަންކަމާ ތަޢާރުޒުވާ ނިންމެވުމަކަށްވުމާއެކު، މިއީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 08.1 ވަނަ
ނުކުތާގައި ވަރުވާއަށް ލިޔެދެ ރަށްރަށަކީ ސަރުކާރުން ރަށްވަކިކުރެވޭނެ ރަށްރަށް ކަމަށް ބަޔާން
ކުރައްވާފައިވާއިރު، އޭރުގައި ޢަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10
ވަނަ މާއްދާގައި، ޤާނޫނުގައި ބަޔާންވެގެންވާ ހާލަތެއްގައި ޢާއްމުވެގެންވާ މަންފާއަކަށްޓަކައި، އެ ޤާނޫނުގައި
ބަޔާންވެގެންވާ ފަދަޔަކުން އެއްޗަކަށް ޢަދުލުވެރި ބަދަލެއް ދީފައިމެނުވީ ހަމައެކަކުގެ ކިބައިންވެސް އެމީހާގެ
އެއްވެސް މިލްކުވެރިކަމެއް ނިގުޅައި ނުގަނެވޭނެ ކަމުގައި ބަޔާންކޮށްފައިވާ ކަމާއި އަދި ޤާނޫނު ނަންބަރު 3/94
ގެ 8 ވަނަ މާއްދާގެ ދަށުންވެސް ޢަދުލުވެރި ބަދަލެއްނުދީ އއ. ކުޑަފޮޅަދޫ މޫސާ ޤާސިމުގެ ކިބައިން
ވަކިނުކުރެވޭނެ ކަމާއި އަދި އެ ޙުކުމުގައި ހަވާލާ ދެއްވާފައިވާ ޤާނޫނު ނަންބަރު 29/79 ގެ 4 ވަނަ މާއްދާގެ
ދަށުންވެސް އެމީހަކަށް ބަދަލުނުދީ ވަރުވާއަށް ލިޔެދީފައިވާ ރަށެއް ނުނެގޭނެ ކަމަށް ބަޔާން ކުރައްވާފައި
42
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2011/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނީ ހަމަތަކުގެ މަތީން ސަރުކާރުން އެރަށް މޫސާ ޤާސިމުގެ އަތުން ނަންގަވާފައި ނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
2 22 22
(ނ) ތިންވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 08.2 ވަނަ
ނުކުތާގައި، އެއްވެސް ބާވަތެއްގެ އެގްރީމަންޓެއްގެ ދަށުން މުދަލެއްގެ މިލްކުވެރިކަން ރައްކާތެރިކުރުމަށް އެއްވެސް
ފިޔަވަޅެއް ނުއަޅާ މިނިސްޓްރީ އޮފް ޓޫރިޒަމުން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޑާއި، އއ. ކުޑަފޮޅަދޫ
ހަވާލުކުރިތާ އެތަކެއް އަހަރު ފަހުން، ދަޢުވާކުރުމުން، ޤާނޫނީ ގޮތުން އެކަން ކުރުމަށް ދީފައިވާ މުއްދަތުގެ
ތެރޭގައި އެފަރާތުގެ ޙައްޤު ހިމާޔަތްކުރުމަށް އަމަލުކޮށްފައި ނުވަނީކަމުގައި ބެލޭކަމަށާއި، މިފަދައިން ޤާނޫނަކުން
ނުވަތަ ޤާނޫނަކުން ބާރުލިބިގެން މުއްދަތު ކަނޑައަޅާފައިވާ ހާލަތުގައި، އެމުއްދަތުގެ ތެރޭގައި ޢަމަލު ނުކުރުމުން
ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ އެފަދައިން ޢަމަލުނުކޮށް ދޫކޮށްލި ފަރާތަކުންކަމުގައި ނިންމަވާފައިވީއިރު،
މިހާލަތުގައި އެނިންމެވުންތަކަކީ ޤާނޫނީ ގޮތުން ރަނގަޅުނޫން ނިންމެވުންތަކެއް ކަމުގައިވާނެކަމަށް ބުނެ
ހުށަހެޅި ނުކުތާ
4- މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ބޮޑުފޮޅަދޫ، ގުލްފާމުގޭ ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން
ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ނިކަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ
ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2011/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ކަމަކީ: ބޮޑުފޮޅަދޫ، ގުލްފާމުގޭ އަލްމަރްޙޫމް މޫސާ ޤާސިމާއި އިޓަލީގެ
ރައްޔިތެއްކަމުގައިވާ ޖޯވާނީބޯރގަ އާއި ދެމެދު 21 ޖުލައި 1979 ގައި އެއްބަސްވެ 18 ނޮވެމްބަރު
1982 ގައި ކޯޓް ނަންބަރު 3 ގައި ރަޖިސްޓްރީކޮށްފައިވާ އެގްރިމެންޓުގެ ދަށުން އއ. ކުޑަފޮޅަދޫގައި
ބިނާކުރެވުނު ޓޫރިސްޓް ރިސޯޓެއްކަމުގައިވާ ނިކަ އައިލެންޑް ރިސޯޓުގެ މިލްކުވެރިކަން ސާބިތުކޮށް އެރިސޯޓަކީ
އަލްމަރްޙޫމް މޫސާ ޤާސިމުގެ ތަރިކައަކަށްވާތީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަލްމަރްހޫމް މޫސާ ޤާސިމުގެ
ވާރިސުންގެ ޙައްޤު ހޯދުމަށާއި އއ. ކުޑަފޮޅަދޫގެ ޙަޤީޤީ މިލްކުވެރިކަން ސާބިތުކޮށްދިނުމަށް އަލްމަރްޙޫމް މޫސާ
ޤާސިމުގެ ވާރިސުންގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2006/MC/1093
ޤަޟިއްޔާގައި ބައްލަވައި،
އއ. ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ނިކަ އައިލެންޑް ރިސޯޓުގެ މިލްކުވެރިފަރާތަކީ
ބޮޑުފޮޅަދޫ ގުލްފާމުގޭ އަލްމަރްޙޫމް މޫސާ ޤާސިމުގެ ވާރިސުން ކަމުގައިވާ އއ. ބޮޑުފޮޅަދޫ ގުލްފާމުގެ(ސ. ޕިންކް
ޢަބްދުﷲ ރަޝީދު މޫސާ އާއި އއ. ބޮޑުފޮޅަދޫ ގުލްފާމުގޭ އާމިނަތު މޫސާ އާއި އއ. ބޮޑުފޮޅަދޫ ގުލްފާމުގޭ
މަރިޔަމް މޫސާ އާއި
އއ. ބޮޑުފޮޅަދޫ ރޯޝަނީވިލާ (ސ. ޕިންކް) ޚަދީޖާ މޫސާކަން ހުށަހެޅިފައިވާ ލިޔުންތަކުން
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން 14 ނޮވެމްބަރު
2007 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 227/HC
-
A/2007
ޤަޟިއްޔާގައި އެމައްސަލަ ބައްލަވައި،
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުނުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/79
އއ. ބޮޑުފޮޅަދޫ، ގުލްފާމުގޭ މޫސާ ޤާސިމާއި އިޓަލީގެ ރައްޔިތެއްކަމުގައިވާ ޖޯވާނީ
ބޯރގަ އާއި ދެމެދު 21 ޖުލައި 1979 ގައި އެއްބަސްވެ 18 ނޮވެމްބަރު
ޚަބަރު 1982 ގައި ރަޖިސްޓްރީ ކޮށްފައިވާ
އެގްރިމެންޓުގެ ދަށުން އއ. ކުޑަފޮޅަދޫގައި ބިނާކުރެވުނު ޓޫރިސްޓް ރިސޯޓެއް ކަމުގައިވާ ނިކަ އައިލެންޑް
ރިސޯޓުގެ މިލްކުވެރިކަން ސާބިތުކޮށް އެރިސޯޓަކީ އަލްމަރްޙޫމް މުސާ ޤާސިމުގެ ތަރިކަ އަކަށްވާތީ ޤާނޫނާއި
އެއްގޮތްވާ ގޮތުގެ މަތިން މަރްޙޫމް މޫސާ ޤާސިމުގެ ވާރިސުންގެ ޙައްޤު ހޯދުމަށާއި، އެރަށުގެ ޙަޤީޤީ
މިލްކްވެރިންނަކީ އަލްމަރްހޫމް މޫސާ ޤާސިމުގެ ވާރިސުންކަމުގައި ސާބިތުކުރުމަށް މޫސާ ޤާސިމުގެ ވާރިސުންގެ
ފަރާތުން ހުށަހެޅި މައްސަލާގައި ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ނިކަ އައިލެންޑް ރިސޯޓުގެ މިލްކުވެރި
ފަރާތަކީ އއ. ބޮޑުފޮޅަދޫ ގުލްފާމުގޭ އަލްމަރްހޫމް މޫސާ ޤާސިމުގެ ވާރިސުން ކަމުގައިވާ ޢަބްދުﷲ ރަޝީދު މޫސާ
އާއި އާމިނަތު މޫސާ، މަރިޔަމް މޫސާ އަދި ޚަދީޖާ މޫސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުނުވާކަމަށް އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މޫސާ
ޤާސިމާއި މރ. ޖޯވާނީ ބޯރގަ، އަދި މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް އާ ދެމެދު ކުރެވިފައިވާ ކުލީގެ
އެގްރީމެންޓުގެ ރޫޙަށާއި، އޭގެ ޠަބީޢަތަށް ރިޢާޔަތްކުރެވިގެން ނޫންކަމާއި، އަދި ނިކަ މޯލްޑިވްސް އަށް އެރަށުގެ
މައްޗަށް އޮތް ހައްޤަކީ ކޮބައިކަމާއި، އެޙައްޤުގެ މިންވަރާއި އެޙައްޤު އުފެދުނު މަސްދަރުގެ މައްޗަށް
ބެލިފައިނުވާއިރު، ޓޫރިޒަމް މިނިސްޓްރީ އާއި އެކު ނިކަ މޯލްޑިވްސް އިން ކުޅަ އެގްރިމެންޓުގެ ނަތީޖާއެއްގެ
ގޮތުން މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް އާ ދެމެދު ޢަމަލުކުރެވެމުން އައިސްފައިވާ އެގްރީމެންޓުގެ ވަޞީރަކީ
ކޮބައިކަމާއިމެދު ގޮތެއް ނިންމާފައި ނުވާކަމާ ޤާނޫނު ނަންބަރު 3/94 ގެ 6 ވަނަ މައްދާ އާއި މެދު މޫސާ
ޤާސިމުގެ ފަރާތުން ޢަމަލުކުރި ގޮތުން މިލްކުވެރިކަން ނުވަތަ އއ. ކުޑަފޮޅަދޫގައި ހަދާފައިވާ ޢިމާރާތާއި ތަކެތީގެ
ވެރިފަރާތުގެ ހައިސިއްޔަތު ބަދަލުވެގެން ދާންޖެހޭ ޤާނޫނީ އަސާސެއް އަދި މިލްކުވެރިކަން ޝަރުޢީ ގޮތުން
ބަދަލުވަންޖެހޭ އެއްވެސް ޝަރުޢީ ސަބަބެއް ދެއްކިފައިނެތުމާއި މިލްކުވެރިފަރާތަކީ ކޮބައިކަން ޙުކުމުގައި
ކަނޑައަޅުއްވާފައި ނެތުމާއި މިލްކުވެރިކަމުގެ މަފްހޫމްގައި މޫސާ ޤާސިމަށް އޮތް ޙައްޤުގެ މިންވަރާއި
4:
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުނުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2!311}HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއަށްވީގޮތަކާއި މެދު ޝަރުޢީ ހަމަތަކުގެ މަތިން ފުރިހަމައަށް ބެލިފައިނުވާއިރު، މުސާ ޤާސިމުގެ ފަރާތުން މިހާރު
ހުށަހަޅާ ހެކިންނާއި ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ޤަޟިއްޔާ ނަންބަރު 2006/MC/1093 ގައި ރިޢާޔަތް
ކުރެވިފައި ނެތުމުން އެޤަޟިއްޔާ ނިމިފައިވަނީ ރަގަޅަށްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ޤަބޫލު ނުކުރެވޭކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް
ޙުކުމެއްކަމުގައި ކަނޑައަޅުއްވައި، އިސްވެ އިޝާރާތްކުރެވުނު ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ފުރިހަމައަށް ރިޢާޔަތް ކުރުމާއި އެކު މި މައްސަލައަކީ ދަށު ކޯޓުން އަލުން ބަލައި ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ފައިސަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމަށް ޙުކުމް ކުރައްވައިކަން
އެނގެން އޮންނަކަމާއި،
2007/HC-A/227
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމް
ރަނގަޅުނޫންކަމަށް ބުނެ، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2011
ޤަޟިއްޔާގައި އެމައްސަލަ ބައްލަވައި،
2x 22
މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ
ނަންބަރު 227/HC
-
A/2007 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ނުވާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައެޅުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2006/MC/1093 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ގޮތުގެ މަތިން ކޮށްފައިވާ ޙުކުމެއްކަމަށް އެމައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ
އަޣުލަބިއްޔަތަށް އިއްތިފާޤުވެވުނު ހިނދު، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާގައި ކޮށްފައިވާ
02
xތ 2
یک مرمي
22 22
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/79
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތްކަމަށް ޙުކުމް ކުރައްވާފައިވާކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
LUCO
ބެލުމުން އެނގެން އޮންނަކަމެވެ.
.
(ނ) ދެވަނަ ކަމަކީ: އަރިއަތޮޅު ކުޑަފޮޅަދޫ، އަލްމަރުހޫމް މޫސާ ޤާސިމަށް ވަރުވާއަށް
ލިޔެދެއްވާފައިވަނިކޮށް އެރަށުގައި ރިޒޯޓެއް ހަދައި ހިންގުމާބެހޭ ގޮތުން އަލްމަރުހޫމް މޫސާ ޤާސިމާއި އިޓަލީގެ
ރައްޔިތެއްކަމުގައިވާ މިސްޓަރ ޖިއޮވާނީ ބޯގަރއާ ދެމެދު 21 ޖުލައި 1979 ގައި އެއްބަސްވެ، 18 ނޮވެމްބަރު
1982 ގައި ކޯޓު ނަންބަރު 8 ގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 255
/
82-C/8- އެގްރީމަންޓުގެ ދަށުން
ޖިއޮވާނީ
ބޯގަރ އެރަށުގައި ރިޒޯޓެއް ހަދާފައިވަނީ އަލްމަރުހޫމް މޫސާ ޤާސިމުގެ އަތުން އެރަށް
ކުއްޔަށްހިފައިގެންކަން އަލްމަރުހޫމް މޫސާ ޤާސިމާއި ޖިއޮވާނީ ބޯރގައާ ދެމެދު ކުރެވިފައިވާ އެއެގްރީމަންޓުން
ސާފުކޮށް އެނގެން އޮންނަކަމާއި، އަދި އަލްމަރުހޫމް މޫސާ ޤާސިމަކީ ރިޒޯޓެއް ހަދައި ހިންގުމަށް
އެއެގްރީމަންޓުގައިވާ ޝަރުޠުތަކުގެ މަތިން ޖިއޮވާނީ ބޯގަރއަށް ކުއްޔަށްދިން ފަރާތްކަން އެނގެން އޮންނަކަމާއި،
އެއެގްރީމަންޓުގެ 12 ވަނަ މާއްދާގައި، "ރަށް ކުއްޔަށްހިފާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި މިއެގްރީމަންޓުން
އެފަރާތަށް ލިބިދޭ ހުރިހައި ޙައްޤުތަކާއި އިޚްތިޔާރުތައް ނުވަތަ އެއިން ބައެއް (ދިވެހި ސަރުކާރުގެ ޤަވާޢިދާ
ގޮތުގެ މަތިން) އެފަރާތް ބައިވެރިވާ ކުންފުންޏަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ދިނުމުގެ ނުވަތަ
ލުކޮށްލުމުގެ އިޚްތިޔާރު ކުއްޔަށްހިފާ ފަރާތަށް ލިބިގެންވާކަމަށް ރަށް ލިޔުއްވާ ފަރާތް އެއްބަސްވެއެވެ." މިހެން
އޮތުމުން އެރަށުގައި އޮތް ރިޒޯޓުގެ މިލްކްވެރިއަކީ ޖިއޮވާނީ ބޯގަރކަމާއި އޭނާއަށް އެރިޒޯޓުގެ މައްޗަށް ލިބިފައިވާ
މިލްކްވެރިކަމުގެ ޙައްޤު އެހެން ފަރާތަކަށް ބަދަލުކުރުމަކީ އަލްމަރުހޫމް މޫސާ ޤާސިމުގެ އިޢުތިރާޚެއް އޮތް
މުޢާމަލާއެއް ނޫންކަމާއި، އެކަމަކީ މުޠުލަޤު ގޮތެއްގައި ޖިއޮވާނީ ބޯގަރއަށް ލިބިގެންވާ ޙައްޤެއްކަމާއި، ޖިއޮވާނީ
ބޯގަރއަށް އެރިޒޯޓުގެ ލިބިފައިވާ މިލްކްވެރިކަމުގެ ޙައްޤު ނިކަ މޯލްޑިވްސް ޕްރައިވެޓް
2ތ 0x
2
318,eވ
ހހx2
22
ބަދު
މިއަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ޔޫ?xތ ހ 23 ދ ތ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/79
ދެމެދު އއ.
ބަދަލުކޮށްފައިވާ ކަމާއި، މިމުޢާމަލާއާ ގުޅިގެން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަލްމަރުހޫމް މޫސާ ޤާސިމާ
ކުޑަފޮޅަދޫ ކުއްޔަށް ހިފުމާ ބެހޭ ގޮތުން 07 ޖެނުއަރީ 1987 ގައި އެއްބަސްވެ، 25 ޖެނުއަރީ
1987 ގައި ކޯޓު ނަންބަރު 3 ގައި ރަޖިސްޓްރީ ކުރެވިފައިވާ 07
/
87-C
-
3
/
C އެގްރީމަންޓުގެ މާއްދާތަކުން
އަލްމަރުހޫމް މޫސާ ޤާސިމަކީ އެރިޒޯޓު ހިންގުމަށް އއ. ކުޑަފޮޅަދޫ ކުއްޔަށް ދޭފަރާތްކަމާއި، އެރިޒޯޓަކީ
އަލްމަރުހޫމް މޫސާ ޤާސިމުގެ މިލްކްވެރިކަމުގެ ޙައްޤެއް އޮތް ރިޒޯޓެއްކަމަށް އަލްމަރުހޫމް މޫސާ ޤާސިމް
02
x
8 އ ހ2
19
4 3 2 0 044
ޤަ
މުއްދަތު ހަމަވުމުގެ ކުރީގައި އަލްމަރުހޫމް މޫސާ ޤާސިމަކީ ނިކަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރެއްކަމަށް ހަމަޖެހި، ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ހިއްސާދާރަކަށް ވުމަށްޓަކައި އަލްމަރުހޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 07 މެއި
1990 ގައި އެއްބަސްވި އެގްރީމަންޓުގެ 4 ވަނަ މާއްދާގައި، ކުޑަފޮޅަދޫ، އަލްމަރުހޫމް މޫސާ ޤަސީމަށް
ވަރުވާއަށް ލިޔެދެއްވާފައި އޮތް ހާ ދުވަހަކު ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައި ބޭއްވުމަށް
އަލްމަރުހޫމް މޫސާ ޤާސިމް އެއްބަސްވެފައިވާކަމާއި، އއ. ކުޑަފޮޅަދޫގައި ރިޒޯޓެއް ހެދުމާބެހޭ ގޮތުން އަލްމަރުހޫމް
މޫސާ ޤާސިމާއި ޖިއޮވާނީ ބޯގަރއާ ދެމެދު 21 ޖުލައި 1979 ގައި ކޮށްފައިވާ އެގްރީމަންޓުގެ މުއްދަތު
އިތުރުކުރުމަށް އަލްމަރުހޫމް މޫސާ ޤާސިމާއި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 07 ޖެނުއަރީ 1987
ގައި ކުރެވިފައިވާ އެގްރީމަންޓުން އެދެ އެގްރީމަންޓުގެ މުއްދަތު ހަމަވުމުން އެރިޒޯޓުގެ މިލްކްވެރިކަމުގެ ޙައްޤު
އަލްމަރުހޫމް މޫސާ ޤާސިމަށް ބަދަލު ކުރުމަށް އެއްބަސްވާ ޝަރުޠެއް، ނުވަތަ މާއްދާއެއްވިޔަސް ނެތްކަން
އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
2!311}HC-A/19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
ޤާނޫނު ނަންބަރު 3194 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ރަށް ދޫކުރުމާ ބެހޭ ޤާނޫނު)
ގެ 6 ވަނަ މާއްދާގައި އެޤާނޫނު ފާސްވުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނޭޅި ރިޒޯޓް ހަދަން ހުއްދަ ދެވިފައިވާ
ރަށް ރަށުގައި ހަދާފައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރި ފަރާތްތަކާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު އެޤާނޫނުގެ
5 ވަނަ މާއްދާގައި ބުނެފައިވާ އެގްރީމަންޓް، އެޤާނޫނަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ދުވަހުގެ
ތެރޭގައި ކުރަންވާނެކަމަށް އޮތުމުން އެމާއްދާގައިވާ ގޮތުގެ މަތިން އއ. ކުޑަފޮޅަދޫގައި ހަދާފައިވާ ނިކު އައިލެންޑް
ރިޒޯޓުގެ ޢިމާރާތްތަކާއި ތަކެތީގެ މިލްކުވެރިފަރާތުގެ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު އެގްރީމަންޓް
ކުރުމަށް ބޭނުންވެގެން ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅިއިރު، އެރަށުގައިވާ ރިޒޯޓާއި އެރިޒޯޓުގެ
ޢިމާރާތްތަކާއި ތަކެތީގެ މިލްކްވެރިކަމާމެދު އެޤާނޫނުގައި ބުނެފައިވާ 1 (އެކެއް) އަހަރުގެ މުއްދަތުގައި
އެހެންފަރާތަކުން ދަޢުވާއެއްކޮށް
އެއްކޮށްފައިނުވާކަމާއި، އެޤާނޫނު ފާސްވުމުގެ ކުރިން ވަކިމުއްދަތެއް ކަނޑަނޭޅި ރިޒޯޓް
ހަދަން ހުއްދަ ދެވިފައިވާ ރަށެއްގައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރިފަރާތަކުން އެޤާނޫނުގެ 6 ވަނަ މާއްދާގައި
ބުނެފައިވާ އެގްރީމަންޓް އެޤާނޫނުގައިވާ ގޮތުގެ މަތިން ކުރަން ނޭދޭނަމަ، އެރަށް އެފަރާތެއްގެ ކިބައިން ވަކިކޮށް،
އެރަށެއްގައިވާ ޢިމާރާތްތަކާއި ތަކެއްޗަށް ޢަދުލުވެރި ބަދަލު ދެވޭނެކަމަށް އޮތުމުން އެޤާނޫނުގައި ބުނެފައިވާ
އެމުއްދަތު ފާއިތުވުމަށްފަހު، އެޤާނޫނާ ޚިލާފަށް ފަޅުރަށެއްގައި އޮތް ރިޒޯޓެއްގެ މިލްކްވެރިކަމާމެދު ދަޢުވާއެއް
ނުކުރެވޭނެކަން އެޤާނޫނުން ކަނޑައެޅިގެން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
02/SC
-
A/2011 ޤަޟިއްޔާގެ އަޣްލަބިއްޔަތު ރަޢުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 އާއި 8 އާއި 9 އަކަށް
ބެލުމުން އެނގެން އޮންނަކަމެވެ.
0 2
<< O
(ނ) ތިންވަނަ ކަމަކީ: މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާއަކީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 227/HC
-
A/2007 ޤަޟިއްޔާގައި، މަދަނީ ކޯޓުގެ ނަންބަރު
2006/MC/1093 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް އެމައްސަލައަކީ ދަށު ކޯޓުން އަލުން ބަޒަޓިގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
R
12
2011/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިދު 3
2
ފައިސަލާކުރަނިވި ޙުކުމެއް
ކުރަންޖެހޭ މައްސަލައެއްކަމަށް ޙުކުމް ކުރުމާގުޅިގެން އއ. ބޮޑުފޮޅަދޫ، ގުލްފާމުގޭ
ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނައިރު،
2011/SC-A/02
|
2ތxހ32
ކުޑަފޮޅަދޫގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 227/HC
-
A/2007 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކަމަށް
ކަނޑައަޅުއްވައި، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާގައި
ބިނާކޮށްފައިވާ ނިކަ އައިލެންޑް ރިސޯޓުގެ މިލްކުވެރިފަރާތަކީ އއ. ބޮޑުފޮޅަދޫ ގުލްފާމުގޭ އަލްމަރްޙޫމް މޫސާ
ޤާސިމުގެ ވާރިސުން ކަމުގައިވާ އއ. ބޮޑުފޮޅަދޫ ގުލްފާމުގެ (އ.ޕިންކް) ޢަބްދުﷲ ރަޝީދު މޫސާ އާއި
ބޮޑުފޮޅަދޫ ގުލްފާމުގޭ އާމިނަތު މޫސާ އާއި ބޮޑުފޮޅަދޫ ގުލްފާމުގޭ މަރިޔަމް މޫސާ އާއި
އއ. ބޮޑުފޮޅަދޫ ރޯޝަނީވިލާ (ޅ.ޕިންކް) ޚަދީޖާ މޫސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް
ހަމައެއްނެތްކަމަށް ޙުކުމް ކުރައްވާފައިވާކަން އެނގެން އޮތުމުންނާއި،
ޤާނޫނުއަސާސީ
އާއި ޤާނޫނުތައް މާނަކުރުމުގައާއި، ޝަރީޢަތުން ބަލާ އެނޫންވެސް
މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތުމުން އއ. ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ
ޓޫރިސްޓް ރިސޯޓު (ރިސޯޓު) ގެ މިލްކުވެރިކަމުގެ މައްޗަށާއި، އެޙައްޤާ ގުޅިގެން އުފެދޭ އެހެން ޙައްޤެއް
ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އަލްމަރްޙޫމް މޫސާ ޤާސިމުގެ ވާރިޘުންނަށް މިހާރު ލިބިގެން ނުވާކަން އެނގެން
އޮންނަކަމެވެ.
.
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
2!311/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
1093}IC2006
2
0
2 / ތތ
3ނންވާނީ
(ރ) ހަތަރުވަނަ ކަމަކީ: އއ. ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ޓޫރިސްޓް ރިސޯޓަކީ
ބޮޑުފޮޅަދޫ ގުލްފާމުގޭ އަލްމަރްޙޫމް މުސާ ޤާސިމުގެ ވާރިސުންގެ މިލްކެއްކަމުގައި ކަނޑައެޅެންނެތްކަމަށް މަދަނީ
ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް
ގެންނާނެ
ހަމައެއްނެތްކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވުމާއެކު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ ޚިލާފަށް ނުވަތަ ތަޢާރުޒުވާ ގޮތަށް
މައްސަލައެއް ބަލައި ޙުކުމް ކުރުމުގެ ބާރު، ދިވެހިރާއްޖޭގެ ޝަރުޢީ އެއްވެސް ކޯޓަކަށް ލިބިގެން
އެނގޭތީއާއި، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1368 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2011 ޤަޟިއްޔާގައި ބެލެވުނު މައްސަލަ އެކޯޓަށް
ހުށަހަޅައި އަދި އެކޯޓުން ޙުކުމް ކުރެއްވުމުގެ
ވުމުގެ ކުރިންކަން އެނގޭތީއާއި އެދެ ޤަޟިއްޔާގެ ޙުކުމް ތަޢާރުޒުވާ ކަމަށް
ނުފެންނާތީ، ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ރިސޯޓުގެ މައްޗަށް އަލްމަރްޙޫމް މޫސާ ޤާސިމުގެ ވާރިޘުންނަށްވާ
ޙައްޤަކީ ކޮބައިކަން ސާފުނުވާކަމަށްޓަކައި، ކުޑަފޮޅަދޫގައި ބިނާކޮށްފައިވާ ޓޫރިސްޓް ރިސޯޓު އަލްމަރްޙޫމް
މުސާ ޤާސިމުގެ ވާރިޘުންނާއި ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މަދަނީ ކޯޓުގެ ނަންބަރު
2010/MC/1368 ޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެ
ޖެހޭ ސަބަބެއް
އޮތްކަމަށް ނުފެންނަކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވެއެވެ.
ހ224 22
ހވެށެރެވޭނޭ
ހދ29 ތ ދ ތ 2&2
کرک سرسررت سے
444
ދިވެހިރާއްe
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
14
2011/HC-A/79
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ހ2 3
4
3
2
ދެންފަހެ އިސްވެ
ފިކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، މަދަނީ ކޯޓުގެ
ނަންބަރު 2010/MC/1368 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތްކަމަށް މީޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
.ހައިކޯޑް
ދިވެހިރާއްޖޭގެއިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv