ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/268 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 268/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ރީތި ރަށް ރިސޯރޓް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރު:
8
ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ/ ކ. މާލެ
* މިހާރުގެ އެޑްރެސް: ފަސްމީރު ބިލްޑިންގ! ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
ރަޖިސްޓްރީ ނަންބަރު: 22
/
1982-C
-l
ދާއިމީ އެޑްރެސް: 11 ބޮޑުތަކުރުފާނުމަގު،މާލެ
މިހާރުގެ އެޑްރެސް: 11 ބޮޑުތަކުރުފާނުމަގު،
،މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 25 ޛުލްޤަޢިދާ 1433
12 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 06 ރަބީޢުލްއާޚިރު 1435
06 ފެބްރުއަރީ 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1183
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: އެކައުންޓުން ޑެބިޓްކުރި ފައިސާ އަނބުރާ ހޯދުން
ހުށަހެޅި ތާރީޚް: 2012-26.06
ނިމުނު ތާރީޚް: 23.07.2012
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
562 3
2
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1183 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މު
މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕޮލިކި އެވެ.
2&
ފާހަގަކުރެވުނު ނުކުތާތައް:
7701-134690-013
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1183 ޤަޟިއްޔާގައި، ރީތި
ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑަށް އެނގުމަކާ ނުލައި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރީތި ރަށް
ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ނަންބަރު
އެކައުންޓުން
2,753,168
/
50ރ. (ދެމިލިއަން ހަތްލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ
ފަންސާސް ލާރި) އާއި، އަދި ނަންބަރު 014-134690-7701 އެކައުންޓުން 1,149,240.48$US
(އެއްމިލިއަން އެއްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ސާޅީސް ޔޫ.އެސް ޑޮލަރ | ސާޅީސް އަށް ސެންޓް)
ކޮށްފައިވާކަމަށް ބުނެ، އެ ފައިސާ އެކައުންޓްތަކަށް އަނބުރާ ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް
އަމުރުކޮށްދިނުމަށް އެދި ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކުރާއިރު، ރީތިރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑަށް އެނގުމަކާއި ނުލައި، ބޭންކް އޮފް މޯލްޑިވްސް ޕލކ
ގައި ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ނަންބަރު: 013-134690-7701 އެކައުންޓުން
އުނިކޮށްފައިވާ 2,753,168
/
50ރ. (ދެމިލިއަން ހަތްލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް އަށް
ރުފިޔާ | ފަންސާސް ލާރި) އާއި، އަދި ނަންބަރު: 014-134690-7701 އެކައުންޓުން އުނިކޮށްފައިވާ
US
$
1,149,240.48 (އެއްމިލިއަން އެއްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ސާޅީސް ޔޫ.އެސް ޑޮލަރެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސާޅީސް އަށް ސެންޓް) އަނބުރާ އެ އެކައުންޓްތަކަށް ޖަމާކުރުމަށް އަންގާނެ ތަނެއް އަދި ނެތްކަމަށް ކަނޑައަޅައި
ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1183 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ބޭންކް އޮފް
• ފުރަތަމަ ނުކުތާއަކީ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް
މޯލްޑިވްސް ޕލކ އިން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީސް ތަކަކަށް ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން
ޔަޤީންކަން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެންޑް އިންޑެމްނިޓީ"
އެއްބަސްވުމާއި "ފިކްސްޑް އެންޑް ފްލޯޓިންގ ޗާޖް" އެއްބަސްވުމުގެ ދަށުން، ރީތި ރަށް ރިސޯރޓް ޕްރައިވެޓް
ލިމިޓެޑްއިން ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓްތަކުން ފައިސާ އުނިކުރުމުގެ ޙައްޤު
ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2010
/
04 އަމުރާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ
މާއްދާއާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ooc
4 22
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 "ޙުކުމް
ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު" އަކީ، ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ރައްދުވާ އަމުރެއް ނޫންކަމަށް
ނިންމެވުމަކީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ނިންމެވި ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ކްރެޑިޓް ފެސިލިޓީސްތަކުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ
މިވަގުތަށް އުނިކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިދިނުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި
ބެލެވެންއޮތްކަމެއްކަމަށް ނިންމެވުމަކީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ނިންމެވި ނިންމެވުމެއްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
އިސް
a
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/268
• ހަތަރުވަނަ ނުކުތާއަކީ، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއި ބޭންކް އޮފް މޯލްޑިވްސް
ޕީލކ ތެރެއިން، އިސްކަންދޭންޖެހޭ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ ކަމަށް ޙުކުމްކުރައްވާފައިވަނީ ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްބުނެ ހުށަހެޅި ނުކުތާ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1183 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް މި
މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މި މައްސަލަ ނިންމަން ފެންނަ
ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މިގޮތުން؛
ތަފާތުވި ރަޢުޔު (ފަނޑިޔާރު ޢައްބާސް ޝަރީފްގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ
1
0 2
<< O
کر فری
އިސްތިއުނާފަށް ހުށަހެޅިފައިމިވާ
ކޯޓުގެ
ނަންބަރު
2012/Cv-C/1183 ޤަޟިއްޔާގައި ހިމެނޭ، 2010 އެޕްރީލް 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން
ނެރެފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ
އަމުރު" އަށް ބަލާއިރު އެ އަމުރަކީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި ހިމެނޭ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުމާ ގުޅިގެން، "އެ ޤަޟިއްޔާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ވަކި
ގޮތެއް ކަނޑައެޅެންދެން، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޒުނުކޮށް ފަސްކުރަންޖެހޭކަމަށް ފެންނާތީ،
އިސްވެބުނެވިދިޔަ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށް"
ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ އަމުރެއްކަމާއި،
ދެންނެވުނު އަމުރު އެ މައްސަލައަކަށް ނިސްބަތްވާ މަދަނީ ކޯޓުގެ ނަންބަރު
2009/MC/582 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު އެ މައްސަލައަކީ، ސަލްޓަންސް އޮފް ދަ ސީސް
ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ދޫކޮށްފައިވާ ޑިމާންޑް ލޯނުތަކަކާއި،
ކޮމްބައިންޑް ކްރެޑިޓް ފެސިލިޓީއަކަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 4
08
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Ooec
ޓ
ދިވެހިރާއްޖޭގެ ހައިކޯ
އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކޮށްފައިނުވާތީ، އެ ފައިސާ، އިންޓްރެސްޓާއި ޖޫރިމަނާއާއެކު، އެއްފަހަރާ
ލިބިގަތުމަށް އެދި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި، އެ ފެސިލިޓީތަކަށް ޔަޤީންކަން ދީފައިވާ
ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް ހިމެނޭ ގޮތަށް ތަފާތު 9 (ނުވައެއް) ފަރާތެއްގެ މައްޗަށް، ބޭންކް އޮފް
މޯލްޑިވްސް ޕލކ އިން ދަޢުވާކޮށް، އިސްވެދެންނެވުނު ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ އެކުގައި
އެއްފަހަރާ އަދި ވަގުތުން ނުދެއްކޭނަމަ، އެ ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން
ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެ މައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ
ހައްޤުތައް ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ފައިސާ ލިބިގަތުމަށްއެދި
އޮފް މޯލްޑިވްސް ޕްލކ
ގެ ފަރާތުން ދަޢުވާކުރުމުން، މަދަނީ ކޯޓުން ބައްލަވާ ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާގައި މަދަނީ ކޯޓުން ޙުކުމްކުރައްވާފައިވަނީ ".. މި ފައިސާއާއި ދަޢުވާލިބޭ
ފަރާތްތަކުން ޙަވާލާދެވުނު ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުޠުތަކާއި ޚިލާފުވުމުގެ
ސަބަބުން ދައްކަންޖެހޭ އިންޓަރެސްޓް އަދި ޖޫރިމަނާ ފައިސާއަކީ ދަޢުވާލިބޭ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސް
ޕީލކ އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
މި ފައިސާ ދެއްކުމުގެ ގޮތުން 07 ޑިސެމްބަރ 2009 ދުވަހުން ފެށިގެން 12 (ބާރަ)
މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް
ބޭންކް އޮފް
މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞްކުރުމަށާއި، މި މުއްދަތުގެ ތެރޭގައި ދަޢުވާލިބޭ ފަރާތްތަކުން ކްރެޑިޓް
ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އެންމެހާ
ފައިސާ އެކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާސްނުކޮށްފިނަމަ، 07 ޑިސެމްބަރ 2010 އިން
ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާގައިވާ ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ރަހުނުކޮށްފައިވާ
އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެމައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކުރުމުގެ
ޙައްޤުތަކާއެކު އެ އުޅަނދުތަކާއި، ތަންތަނާއި ތަކެތި ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ޙަވާލުކުރުމަށް" އެ
މައްސަލާގައި ދަޢުވާ ލިބުނު ފަރާތްތަކަށް އަންގައި އެ ގޮތުގެމަތިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު" އެ މައްސަލައަކަށް ނިސްބަތްވާ މަދަނީ
ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީތަކަށް، ދެފަރާތުން
އެއްބަސްވެފައިވާ ގޮތުގެމަތިން ފައިސާ ނުދައްކައިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން މަދަނީ ކޯޓަށް
ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވެފައި، އެ މައްސަލަ މަދަނީ ކޯޓުން ބެއްލެވުމަށްފަހު، އެ ފައިސާއާއި
އިންޓްރެސްޓާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ޖޫރިމަނާއަކީ އެ
ފައިސާ ނެގި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި އެ ފައިސާއަށް ޔަޤީންކަން ދީފައިވާ ފަރާތްތަކުން
ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އަދި އެ ފައިސާ ޙުކުމުގައިވާ ގޮތުގެމަތިން
ނުދައްކައިފިނަމަ ދެން ޢަމަލުކުރާނެ ގޮތެއްވެސް މަދަނީ ކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާއިރު، ބޭންކް އޮފް
މޯލްޑިވްސް ޕީލކ އާއި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި އަދި ކްރެޑިޓް ފެސިލިޓީތަކަށް
ގެރެންޓީ ދީފައިވާ ފަރާތްތަކާއި ދެމެދު ހެދިފައިވާ އެއްބަސްވުންތައް އެ ހިސާބުން ބާޠިލުވީކަމަށް ނުވަތަ ނިމުމަކަށް
އައީކަމަށް ޙުކުމުގައި ބަޔާންކޮށްފައި ނުވިނަމަވެސް، އިސްވެމިދެންނެވުނު ގޮތުގެމަތިން ކޯޓަކުން ޙުކުމުކުރުމުގެ
ނަތީޖާއަކީ ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ބޭންކަށް ދައްކަންޖެހޭ ފައިސާ އާއި އިންޓްރަސްޓްއާއި، ޖޫރިމަނާ، އެ
ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ދައްކާ ޚަލާސްކުރާނެ އައު ގޮތްތަކަކާއި، އެ ފައިސާ ކޯޓުން ކަނޑައަޅާފައިވާ
ގޮތުގެމަތިން ނުދައްކައިފިނަމަ ދެން ޢަމަލުކުރާނެ ގޮތްތަކެއް ކޯޓުން ކަނޑައަޅައި، ކްރެޑިޓް ފެސިލިޓީތައް ނެގި
ފަރާތާއި އެ ފެސިލިޓީތަކަށް ޔަޤީންކަން ދިން ފަރާތްތަކުން ޒިންމާވާންޖެހޭ ފައިސާ ބޭންކަށް ދެއްކުމާ
ބެހޭގޮތުންނާއި ފައިސާ ނުދައްކައިފިނަމަ ޢަމަލުކުރާނެ ގޮތާބެހޭގޮތުން އެ އެއްބަސްވުންތަކުގައި ހުރި މާއްދަތަކަށް
ޙުކުމުން ބަދަލުތަކެއް ގެނެއުންކަމަށްވުމާއެކު، ބޭންކް ލޯނަކާ ގުޅިގެން ކޯޓަކުން އިސްވެމިދެންނެވުނުފަދަ ޙުކުމެއް
ކުރާ ހިސާބުން ފެށިގެން ބޭންކާއި ކްރެޑިޓް ފެސިލިޓީތައް ނެގި ފަރާތާއި އެ ފެސިލިޓީތަކަށް ޔަޤީންކަން ދިން
ފަރާތްތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުންތަކުގައި ހިމެނޭ، ފައިސާދެއްކުމާއި، ފައިސާ އަނބުރާ ބޭންކަށް
ހޯދުމުގައި ބޭންކުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ހުރި މާއްދާތަކާއި އަދި ފައިސާ ނުދައްކައިފިނަމަ ދެން
ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން ހުރި މާއްދާތަކަށް، އެ މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަކިގޮތަކަށް އެއްބަސްނުވާހާ
ކަކީ
ޖެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/268
ހިނދަކު، އިތުރަށް ޢަމަލުކުރެވިގެން ނުވާނެކަމާއި، ކޯޓުގެ ޙުކުމަށްފަހު މި ކަންކަން ދެންކުރެވެންވާނީ ކޯޓުގެ
ޙުކުމާ އެއްގޮތަށްކަން އެނގޭކަމެވެ.
/
<< O
(ނ) ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް
އދ. އިން ނަގާފައިވާ އިސްވެދެންނެވިފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ
ނުދެއްކުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުގެ
ނަންބަރު 2009/MC/582 ޤަޟިއްޔާގައި ވަކިގޮތަށް ޙުކުމް ކުރައްވާފައިވަނިކޮށް، މި ދެންނެވުނު ފެސިލިޓީތަކާ
ގުޅިގެން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި އެ
ފެސިލިޓީތަކަށް ޔަޤީންކަން ދިން ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުންތަކުން ބާރުލިބިގެންކަމަށް ބުނެ، މަދަނީ
ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި ހިމެނޭ މައްސަލާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގައި
ހިނގަމުން ދަނިކޮށް، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ އެނގުމަކާއި ނުލައި، ބޭންކް އޮފް މޯލްޑިވްސް
ޕީލކ ގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ނަންބަރު 013-134690-7701 އެކައުންޓުން
2,753,168
/
50ރ. (ދެމިލިއަން ހަތްލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ
ފަންސާސް ލާރި) އާއި، ނަންބަރު 014-134690-7701 އެކައުންޓުން 1,149,240
/
48$US (އެއްމިލިއަން
އެއްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ސާޅީސް ޔޫ.އެސް ޑޮލަރުސާޅީސް އަށް ސެންޓް) އުނިކުރުމުގެ
ސަބަބުން މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 އެޔާގެ ޙުކުމުގެ ކޮންމެވެސް މިންވަރެއް
ތަންފީޒުވެގެން ގޮސްފައިވާކަމަށް ބަލަންޖެހޭކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު" އަށް ބަލާއިރު، އެ އަމުރުގެ ތިރީގައި، އެ
އަމުރު ލިބެންވީ ފަރާތެއްގެ ގޮތުގައި މަދަނީ ކޯޓު ޖަހާފައިވުމުން އެ އަމުރު ރައްދުވާ ފަރާތަކީ މަދަނީ ކޯޓު ކަމަށް
ބެލެވުމުގެ ފުރުސަތު އޮތްކަމުގައިވީނަމަވެސް، އެ އަމުރު ރައްދުވަނީ ހަމައެކަނި ވަކި މިވެނި ފަރާތަކަށްކަމަށް އެ
އަމުރުގައި ސަރީޙަކޮށް ބަޔާންކޮށްފައިނުވާއިރު، އަދި އެ އަމުރާ މެދު ބޭންކް އޮފް މޯލްޑިވްސް ޕލކ އިން
ޢަމަލުކޮށްފައިވާ ގޮތުން އެ އަމުރަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ މައްޗަށްވެސް ރައްދުވާ އަމުރެއްކަމަށް ޚުދު
އެ ބޭންކުގެ ފަރާތުންވެސް ޤަބޫލުކޮށްފައިވާކަން އެނގޭކަމާއި، އެހެން ނޫންނަމަ ބޭންކް އޮފް މޯލްޑިވްސް
ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި
ޤަޟިއްޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(4ޗ ހއ
ހނޅުނުކަމުއ*
ހުށަނާޅާނެކަމާއި، އަދި ހަމަ އެ ފަދައިން މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި ހިމެނޭ
މައްސަލާގެ އިސްތިއުނާފު މަރުޙަލާގައި އެ އަމުރު ބާޠިލު ކޮށްދިނުމަށް ނުވަތަ އެ އަމުރަށް ބަދަލުގެނެސްދިނުމަށް
އެދި ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން އިޖްރާއީ މައްސަލައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް
އެހެންކަމުން މި ޙާލަތުގައި، އެ އަމުރުގެ މަޤްޞަދު ގެއްލޭގޮތަށް ނުވަތަ އެ އަމުރުގެ ބާރު
ކެނޑޭގޮތަށް ޢަމަލުކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށްވިއަސް ނުވަތަ އެ މައްސަލާގައި ހިމެނޭ
އެހެން ފަރާތަކަށްވިއަސް ލިބިދެވިގެންވާކަމަށް ބެލެވިގެން ނުވާނޭކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު" ގެ މަޤްޞަދަކީ އެ އަމުރު ނިސްބަތްވާ
މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓުމަކަށް
ގެނައުންކަމާއި، މި ޙާލަތުގައި އެ އަމުރަކީ މަދަނީ ކޯޓަށް ރައްދުވާ އަމުރެއްކަމަށް ބުނެ އެ އަމުރާ ޚިލާފަށް މަދަނީ
ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޙުކުމުގެ އެއްވެސް މިންވަރެއް ތަންފީޒުވާފަދަ އެއްވެސް ކަމެއް
ކުރުމުގެ ޤާނޫނީ ބާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިދެވިގެން ނުވާނޭކަމާއި،
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން
ފަސްކުރުމުގެ އަމުރު" އެ ގޮތަށް އޮއްވައި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑުން ހުޅުވާފައިވާ ނަންބަރު 013-134690-7701 އެކައުންޓުން 2,753,168
/
50ރ. (ދެމިލިއަން
ހަތްލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ފަންސާސް ލާރި) އާއި، ނަންބަރު
7701-134690-014 އެކައުންޓުން 1,149,240
/
48$US (އެއްމިލިއަން އެއްލައްކަ ސާޅީސް ނުވަހާސް
ދުއިސައްތަ ސާޅީސް ޔޫ.އެސް ޑޮލަރުސާޅީސް އަށް ސެންޓް) ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ
އެނގުމަކާއި ނުލައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އުނިކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު" އާ ޚިލާފަށްކަމަށް ބަލަންޖެހޭކަމެވެ.
02 22 22
ހދހ2،
(ށ) އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވެފައި، މަދަނީ މައްސަލައެއްގެ ޙުކުމް އިސްތިއުނާފުކުރުމަށް
އެ ޙުކުމް ތަންފީޒުކުރުން ފަސްކުރެވިފައި އޮތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ފުރިހަމައަށް ލިބިދިނު
ކޯޓްގެ ހި
މަދަނީ އިޖުރާއަތުތަކުގެ ތެރޭގައި އޮންނަ އުސޫލެއްކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 04/SC
-
SJ/2011
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
އޮފް ޕްރޮހިބިޝަން" ގައި ބަޔާންކޮށްފައިވާ ހިނދު، ދަށުކޯޓަކުން ނިންމާ މަދަނީ މައްސަލައެއް ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރެވުމާގުޅިގެން އެ މައްސަލައެއްގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް
ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ޙާލަތުގައި، އެ ޙުކުމެއްގެ އެއްވެސް މިންވަރެއް ތަންފީޒުވުމަކީ ނުވަތަ އެފަދަ
ނަތީޖާއެއް ނިކުންނާނެ ފަދަ ފިޔަވަޅެއް އެއްވެސް ފަރާތަކުން އެޅުމަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ
ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާ ހިނދަކު،
ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ އަސާސީ ޙައްޤަކަށް އުނިކަމެއް
ލިބިދާނެކަމެއް ކަމުން، އެފަދަ ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަށް
ލިބިދިނުންވާނީ އިސްވެމިދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް އެކޯޓުގެ "ރިޓް އޮފް ޕްރޮހިބިޝަން" ގައި
ކަނޑައަޅުއްވާފައިވާ އުސޫލާ ފުށުއަރާ ކަމެއްކަމުގައިވާކަން އެނގޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި އަހުރެންގެ ރައުޔަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2012/Cv-C/1183 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު"
ގޮތަށް އޮއްވައި، ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ އެނގުމަކާއި ނުލައި، ބޭންކް އޮފް މޯލްޑިވްސް ޕލކ
ގައި ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ނަންބަރު 013-134690-7701 އެކައުންޓުން
އުނިކޮށްފައިވާ 2,753,168
/
50ރ. (ދެމިލިއަން ހަތްލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް އަށް
ރުފިޔާ ފަންސާސް ލާރި) އާއި، ނަންބަރު
އެކައުންޓުން އުނިކޮށްފައިވާ
US
$
1,149,240
/
48 (އެއްމިލިއަން އެއްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ސާޅީސް ޔޫ.އެސް
ޑޮލަރުސާޅީސް އަށް ސެންޓް) އަނބުރާ އެ ކުންފުންޏަށް ދެއްކުމަށް ބޭންކް އޮ
އޮފް މޯލްޑިވްސް ޕލކ ގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކުރަންޖެހޭ ކަމަށެވެ.
7701-134690-014
، ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/268
އަޣުލަބިއްޔަތު ރަޢުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ޢަބްދުއްރައޫފު
އިބްރާހީމްގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް:
03x32 ތ
4 20 02
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1183 ޤަޟިއްޔާގައި ކަންހިނގާދިޔަގޮތަށް ނަޒަރުކުރިއިރު،
ބޭންކް އޮފް މޯލްޑިވްސް ޕލކއިން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީސްތަކަކަށް ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ޔަޤީންކަންދިނުމުގެގޮތުން
ބޭންކް އޮފް މޯލްޑިވްސް ޕލކއާ ދެމެދު އެއްބަސްވުންތަކެއް ވެފައިވާކަމާއި، އެގޮތުން ރީތި ރަށް ރިސޯރޓް
ޕްރައިވެޓް ލިމިޓެޑުން "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެންޑް އިންޑެމޯނިޓީ" އެއްބަސްވުމާއި "ފިކްސްޑް
އެންޑް ފްލޯޓިންގ ޗާޖް" އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވެންއޮންނަކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި "..މި ފައިސާ ދެއްކުމުގެ ގޮތުން 07
ޑިސެމްބަރު 2009 ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެ މަހަކަށް ޖެހޭ
ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާޞްކުރުމަށާއި، މުއްދަތުގެ
ތެރޭގައި ދަޢުވާލިބޭ ފަރާތްތަކުން ކްރެޑިޓް ފެސިލިޓީތައް ލިބިގަތުމަށްޓަކައި އެއްބަސްވެފައިވާ ޝަރުތުތަކާއި
ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ އެންމެހާ ފައިސާ އެކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ
ޚަލާޞްނުކޮށްފިނަމަ، 07 ޑިސެމްބަރު 2010 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާގައިވާ
ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަނާއި ތަކެތީގެމައްޗަށް ދަޢުވާލިބޭ
ފަރާތްތަކަށް ލިބިގެންވާ އެންމެހާ މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އެއުޅަނދުތަކާއި، ތަންތަނާއި ތަކެތި ބޭންކް އޮފް
މޯލްޑިވްސް ޕލކ އާއި ޙަވާލުކުރުމަށް ލޯނު ނެގި ފަރާތާއި އެފަރާތުގެ ގެރެންޓަރުންނަށް އަންގަވައި
އެގޮތުގެމަތިން ޙުކުމްކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޙަވާލާދެވުނު މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަމާއި، އަދި
އެމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
(01 އޭޕްރިލް 2010) އަމުރުން މަދަނީ ކޯޓުގެ އިސްވެބުނެވުނު
HC-B2/2010/04
&
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
582/MC/2009
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޒުނުކޮށް ފަސްކުރުމަށް
ފަސްކުރުމަށް އަންގައި
އަމުރުކޮށްފައިވާކަމާއި،
އިސްވެ އިޝާރާތްކުރެވުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވަނިކޮށް ބޭންކް އޮފް
މޯލްޑިވްސް ޕވކިން ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުގެ އެނގުމަކާއި ނުލައި، ބޭންކް އޮފް މޯލްޑިވްސް
ޕީލކގައި ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ނަންބަރު 013-134690-7701
އެކައުންޓުން 2,753,168
/
50ރ. (ދެމިލިއަން ހަތްލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް އަށް
ރުފިޔާ ފަންސާސް ލާރި) އާއި، އަދި ނަންބަރު 014-134690-7701 އެކައުންޓުން 1,149,240
/
48$US
(އެއްމިލިއަން އެއްލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ސާޅީސް ޔޫ.އެސް ޑޮލަރު | ސާޅީސް އަށް ސެންޓް)
އުނިކޮށްފައިވާކަން ބޭންކް އޮފް މޯލްޑިވްސް ޕލކގެ ނަންބަރު 2012
/
825/BML
/
RECOVERIES (21
ޖޫން 2012) ސިޓީއިން އެނގެންއޮންނަކަމާއި،
އިސްތިއުނާ ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަކީ ބޭންކް އޮފް މޯލްޑިވްސް ޕވކިން ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުގެ އެނގުމަކާއި ނުލައި،
އިސްވެ ބުނެވުނު ފައިސާ އުނިކޮށްފައިވާތީވެ، އެކަން ބަލައިދިނުމަށް ސިވިލް ކޯޓުގައި އެދިފައިވާ މައްސަލަކަމާއި،
ސިވިލް ކޯޓުން އެއަދަދު އަނބުރާ ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ޖަމާކުރަން
އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
3 / 32 މ ގތ
ގނކޗަމށް
1183/Cv-C/2012
(ނ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 އަމުރަކީ މަދަނީ
ކޯޓަށް ރައްދުވާގޮތަށް އަދި އެމައްސަލައިގެ ދެޚަޞްމުންނަށް ކޮޕީކޮށް، ނެރެފައިވާ އަމުރެއްކަމާއި، ޙުކުމް
ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކީ އޭގެ ޢާންމު މާނައަށް ބަލާއިރު އެއަމުރު ނެރުނު މައްސަލައިގެ ޙުކުމަށް
ޢަމަލުކުރުން ވަގުތީ ގޮތުން މަޑުޖެއްސުންކަމާއި، މަދަނީ މައްސަލަތަކުގައި، ޝަރީޢަތުން ޙުކުމެއްކުރުމަށްފަހު، އެ
ޙުކުމް އަމިއްލައަށް ތަންފީޒުކުރުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ގިނަ މައްސަލަތަކުގެ ޚަޞްމުން
ނުކުޅެދިފައިވީނަމަވެސް، އިސްތިސްނާއީ ޙާލަތްތަކުގައި މައްސަލައެއް ކާމިޔާބުކުރާ ޚަޞްމަށް
ތަންފީޒުކުރުމުގެ ގޮތުން އެޅޭ ފިޔަވަޅުތައް ހުންނަކަން ފާހަގަކުރެވޭކަމާއި، މިގޮތުން، ޚާއްޞަގޮތެއްގައި
މާލީ އިދާރާތަކާ ގުޅޭ މައްސަލަތައް ފާހަގަކުރެވޭކަމާއި،
އެޙުކުމް
» 0 ހއ
ގޮތެއްގައި ބޭންކްތަކާއި
މައިކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2x;
ބޭންކު#
ތަކާއި މާލީ އިދާރާތަކާ ކުރެވޭ އެކި މުޢާމަލާތްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި،
އެބާވަތުގެ މައްސަލަތަކަށް ތަޠުބީޤްވާނެ ވަކި ޚާއްޞަ އުޞޫލުތަކެއް، އަދި އަމުރެއް ނެރޭކަމުގައި ވަނީނަމަ، އެފަދަ
އަމުރަކަށް ޢަމަލުކުރުން ލާޒިމްވާ ފަރާތްތައް ބަޔާންކުރާ ޤާނޫނެއް، ގަވާއިދެއް އަދި އުޞޫލެއްވެސް އަދި
ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިނުވާކަމާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ގޮތަށް ބަލާއިރު، ޙުކުމް
ތަންފީޒުކުރުން ފަސްކުރާ އަމުރުތައް
މުރުތައް މީގެކުރިންވެސް އެޙުކުމް ތަންފީޒުކުރާނެ ކޯޓުގެ އިތުރުން، މައްސަލައެއްގެ
ޚަޞްމުންނަށްވެސް ރައްދުވާގޮތަށް ނެރެފައިވާކަމާއި، މައްސަލައެއްގެ ޚަޞްމަކަށް ސީދާ ރައްދުވާގޮތަށްވެސް އަމުރު
ނެރެވޭކަމާއި، އެގޮތުން، ޚަޞްމެއް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި، ޢާންމުކޮށް . ނެރެވެނީ ވަގުތީ
އަމުރުކަމާއި، އެހެންނަމަވެ
ނަމަވެސް، ބައެއް ޙާލަތްތަކުގައި މިދެ ބާވަތުންކުރެ ކޮންމެ އަމުރެއް މައްސަލައެއްގައި
ނެރުނުނަމަވެސް، ވާސިލުވެވޭ ނަތީޖާ ތަފާތުނުވެ ގޮސްދާނެކަން ފާހަގަކުރެވެ
0x 4ތ 44
ވެން އޮންނަކަމެވެ"
(ނ) ތިންވަނަ ކަމަކީ، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ އިން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީސް ތަކަކަށް ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން
ޔަޤީންކަން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެންޑް އިންޑެމްނިޓީ"
އެއްބަސްވުމާއި "ފިކްސްޑް އެންޑް ފްލޯޓިންގ ޗާޖް" އެއްބަސްވުމުގެ ދަށުން، ރީތި ރަށް ރިސޯރޓް ޕްރައިވެޓް
ލިމިޓެޑްއިން ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓްތަކުން ފައިސާ އުނިކުރުމުގެ ޙައްޤު
ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2010
/
04 އަމުރާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ
މާއްދާއާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ހުށަހެޅިފައިމިވާ މައްސަލައިގައި ކަން ހިނގާ ދިޔަގޮތަށް ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1183 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި، ބޭންކް އޮފް މޯލްޑިވްސް ޕލކއިން ރީތި
ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ފައިސާ ނަގާފައިވަނީ ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން
ޔަޤީންކަން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެންޑް އިންޑެމްނިޓީ"
އެއްބަސްވުމާއި "ފިކްސްޑް އެންޑް ފްލޯޓިންގ ޗާޖް" އެއްބަސްވުމުގެ ދަށުންކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ
ފަރާތުން ދަށުކޯޓުގައި ފާހަގަކޮށްފައިވާކަމާއި،
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
/ 0
2 **ތޏ
ނަންނަށް
"ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެންޑް އިންޑެމްނިޓީ" އެއްބަސްވުމުގެ 5.1 ވަނަ
މާއްދާގައި ސެންކްޝަން ސިޓީގައިވާ ގޮތަށް ފައިސާ ނުދެއްކިއްޖެ ޙާލަތެއްގައި، ނުވަތަ އެކައުންޓް
ހަމަޖެއްސުމަށްކުރާ ކަމަކުން، ނުވަތަ އެހެން ސަބަބަކާ ހުރެނަމަވެސް، ކޮންމެ ވަގުތެއްގައިވެސް އަދި އެއްވެސް
ނޯޓިހަކާ ނުލައި ބޭންކް އޮފް މޯލްޑިވްސް ޕޮލިކިއަށް އަޅާކެނޑުމާއި ހިފެހެއްޓުމުގެ ޙައްޤު ލިބިގެންވާކަމަށް
ގެރެންޓަރުގެ ހައިސިއްޔަތުން ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާ
ސްވާކަމަށް ބަޔާންކުރެވިފައިވާއިރު،
"ފިކްސްޑް އެންޑް ފްލޯޓިންގ ޗާޖް" އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ދަށުން ބޭންކް އޮފް
މޯލްޑިވްސް ޕލކއަށް ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޑެބިޓްކުރުމަށް ރީތި ރަށް
ރިސޯރޓް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ނުގެންދެވޭނެ ޙައްޤެއް (irrevocable right) ރީތި ރަށް ރިސޯރޓް
ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް ޕޮލިކިއަށް ދީފައިވާކަން ފާހަގަކުރެވޭކަމާއި، އަދި މިޙައްޤަކީ ބޭންކް
އޮފް މޯލްޑިވްސް ޕލކއަށް ލިބިފައިވާ އެހެން އެއްވެސް ޙައްޤުތަކާއި މަންފާތަކަށް އެއްވެސް އުނިކަމެއް
ދީފައިވާ ޙައްޤެއްކަމަށް އެމާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ އެ އެއްބަސްވުމުގެ
19 ވަނަ މާއްދާގެ ދަށުން
ށުން ބޭންކް އޮފް
އޮފް މޯލްޑިވްސް ޕލކއިން ކޮންމެ ވަގުތެއްގައިވެސް، އަދި އެއްވެސް ނޯޓިހެއް
ދިނުމަކާ ނުލައި އެކައުންޓްތައް އެއްކޮށްލުމުގެ ބާރާއި އެކައުންޓްތައް އަޅާކެނޑުމުގެ ބާރު، ފަހުން ބަދަލު ނުކުރާނެ
ފަދައިން، ބޭންކް އޮފް މޯލްޑިވްސް ޕޮލިކިއަށް ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަން
ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެ ޙުކުމްގައި
އިސްވެ ފާހަގަކުރެވުނު އެއްބަސްވުންތައް ބާޠިލުކަމަށް ނުވަތަ ނިމުމަކަށް އައީ ކަމަށް ކަނޑައަޅުއްވާފައިނުވާކަމާއި،
އަދި އެ އެއްބަސްވުންތަކުގެ އިސްވެ ފާހަގަ ކުރެވުނު މާއްދާތަކަށް ރިޢާޔަތްކުރާއިރުވެސް، ބޭންކް އޮފް މޯލްޑި
ޕީލކއަށް ލިބިފައިވާ ޙައްޤުތަކަށާއި މަންފާތަކަށް އުނިކަން ނާންނަފަދަ ގޮތެއްގެ މަތިން، އެ އެއްބަސްވުންތަކުގަ
ޙާލަތެއްގައި، ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ
އެކައުންޓްތަކުން ފައިސާ ކެނޑުމުގެ ފުރިހަމަ ބާރު ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް
މޯލްޑިވްސް ޕލކއަށް ދީފައިވާކަމާއި،
އަދި ހުށަހެޅިފައިމިވާ މައްސަލައިގައި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑަށް
ދޫކުރެވުނު ލޯނު ފައިސާ، އެއްބަސްވުންތަކުގައިވާ ގޮތުގެ މަތިން، ސަލްޓަންސް އޮފް ދަ
ޚި2 0
47
ބަޔާންވެނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/268
ލިމިޓެޑަށާއި ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްވެސް ހިމެނޭގޮތަށް އެކުންފުނީގެ ހުރިހާ ގެރެންޓަރުންނަށް،
ބޭންކް އޮފް މޯލްޑިވްސް ޕލކއަށް އަނބުރާ ދެއްކިފައިނުވާކަން އެނގޭކަމާއި، އެހެންކަމުން، ރީތި ރަށް ރިސޯރޓް
ޕްރައިވެޓް ލިމިޓެޑުން ސޮއިކުރި "ފިކްސްޑް އެންޑް ފްލޯޓިންގ ޗާޖް" އެއްބަސްވުމުގެ
17 ވަނަ މާއްދާގައި
ބުނާފަދަ ޙާލަތެއް މެދުވެރިވެފައިވާކަން އެނގޭކަމާއި،
އެހެންކަމުން، ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ޔަޤީންކަން ދިނުމުގެ ގޮތުން
ސޮއިކޮށްފައިވާ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެންޑް އިންޑެމްނިޓީ" އެއްބަސްވުމާއި "ފިކްސްޑް އެންޑް
ފްލޯޓިންގ ޗާޖް" އެއްބަސްވުމަކީ ޢަމަލުކުރެވޭ އެއްބަސްވުންތަކެއް ކަމުގައި ވީހިނދު، އަދި އެއްބަސްވުންތަކުގެ
މާއްދާތަކުގައި ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ލިބޭ ޙައްޤުތަކާއި މަންފާތަކަށް އުނިކަމެއް ނާންނާނެފަދަ
ގޮތަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ބާރުތަކެއް ދީފައިވާއިރު،
މައްސަލައެއް ކޯޓަށް ހުށަހެޅުމަކުން އަދި ކޯޓުން އެއާމެދު ވަކި ގޮތްތަކެއް ކަނޑައެޅުމަކުން ބޭންކް އޮފް
މޯލްޑިވްސް ޕޮލިކިއަށް އިސްވެ ފާހަގަކުރެވުނު އެއްބަސްވުންތަކުގެ ދަށުން ލިބިފައިވާ އެހެނިހެން ޙައްޤުތަކަށް
އުނިކަމެއް އަންނާނެކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެނުނުކަމެވެ.
ބައެއް މުއނތ
24
(ހ) ހަތަރުވަނަ ކަމަކީ، ބޭންކް އޮފް މޯލްޑިވްސް ޕލކއިން ރީތި ރަށް ރިސޯރޓް ޕްރައިވެޓް
ލިމިޓެޑްގެ ދެ އެކައުންޓަކުން ފައިސާ ނަގާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04
އަމުރާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު،
އިސްވެ އިޝާރާތް ކުރެވުނު އަމުރު ރައްދުވެފައިވަނީ މަދަނީ ކޯޓަށްކަން އެނގޭކަމާއި،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން ކޯޓަކަށް ރައްދުވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއްގެ ނަތީޖާއާއި
ސީދާ ޚަޞްމަކަށް ރައްދުވާ ވަގުތީ އަމުރެއްގެ ނަތީޖާ އެއްގޮތްވާ ޙާލަތުތަކެއް މެދުވެރިވެދާނެކަމާއި،
އެގޮތުން، ހުށަހެޅިފައިމިވާ މައްސަލައިގައި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ކޯޓަށް
ނެރުމުން، އެއަމުރުގެ އާޚިރު ނަތީޖާއަކީ ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ
ނުދެއްކިއްޖެނަމަ، ރަހުނު ތަންފީޒުނުކޮށް ހިފެހެއްޓުންކަމާއި، އަދި ކޮންމެ މަހަކުމެ ލޯނުނެގި ފަރާތާއި އެފަރާތުގެ
ކްޓަރުން ދައްކަންޖެހޭ އަދަދު ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދެއްކުމުގެ މުއްދަތު ފަސްވެގެންދިއުންކަމާއި،
އެހެންކަމުން، ޙުކުމް ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރުގެ ދަށުން ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް
ލިމިޓެޑާއި އެކުންފުނީގެ ގެރެންޓަރުން ޢަމަލީގޮތުން (actively) އެފައިސާ ބޭންކް އޮފް މޯލްޑިވްސް ޕޯޓްސްއަށް
ހޗ 22
xތ
کر کرو کہ کی
2 20
4 ތ ދ09
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/268
07w2c3
ގުޅޭގޮތުން
ދެއްކުމަށް ކުރަންޖެހޭ މަސައްކަތް ވަގުތީ ގޮތުން ހުއްޓުމަކަށް އަންނާނެކަމާއި، މިއާ ޚިލާފަށް، މި މައްސަލައާ
އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި ވަގުތީ އަމުރެއް ބޭންކް އޮފް މޯލްޑިވްސް ޕލކގެ
މައްޗަށް ނެރެވުނުނަމަ، ދެފަރާތު ދެމެދު ވެވިފައި ހުރި ހުރިހާ އެއްބަސްވުންތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް
ޕީލކއަށް ލޯނު ފައިސާ އަނބުރާ ހޯދުމަށް ޢަމަލީގޮތުން ކުރެވެން ހުރި ހުރިހާ ކަންތައްތައް ހުއްޓުމަކަށް
އަންނާނެކަން އެނގޭކަމާއި، އެހެންކަމުން، މި މައްސަލައިގައި މިދެ ބާވަތުގެ އަމުރުން ނިކުންނާނީ މުޅިން ތަފާތު
ދެނަތީޖާއެއްކަން އެނގެންއޮތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 އަމުރުގެ ބާރާއި
މަޤުޞަދު ކެނޑިގެންދާކަމަށް ބަލާފައި، އެ އަމުރުގެ ދަށުން ޝިމްނީގޮތުން
ގުތުން ބޭންކް އޮފް މޯލްޑިވްސް ޕލކއިން
އެއެއްބަސްވުންތަކަށް ޢަމަލުކުރުން ހުއްޓުވުން ލާޒިމްވާކަން ބެލެވެން ނެތްކަމާއި،
އިސްވެ ފާހަގަކުރެވުނު ހުރިހާ ކަންކަމަށް ރިޢާޔަތްކޮށް، ބޭންކް އޮފް މޯލްޑިވްސް ޕލކއިން ރީތި
ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކުން ފައިސާ ކެނޑުމަކީ މަދަނީ ކޯޓުގެ ނަންބަރު
2009/MC/582 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުންކަން ބެލެވެން ނެތްކަމާއި، އެ ޤަޟިއްޔާގެ ޙުކުމް
ތަންފީޒު ކުރުން ފަސްކުރަން ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު އަމުރުގެ ދަށުން، ސަލްޓަންސް އޮފް ދަ ސީސް
ޕްރައިވެޓް ލިމިޓެޑާއި އަދި އެ ކުންފުނީގެ ގެރެންޓަރުންނަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި
ފައިސާ ދެއްކުން ހުއްޓުމަކަށް އައިސްފައިވާއިރު، އެ އަމުރާ ޚިލާފަށް، ނުވަތަ އެ އަމުރުގެ މަޤުޞަދު ގެއްލޭފަދަ
ގޮތަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކއިން ޢަމަލުކޮށްފައިވާކަމަށް ބެލެވެން ނެތްކަމެވެ.
07
(ބ) ފަސްވަނަ ކަމަކީ، ކްރެޑިޓް ފެސިލިޓީސްތަކުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ
މިވަގުތަށް އުނިކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިދިނުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި
ބެލެވެން އޮތް ކަމަށް ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ނުކުތާއަށް ނަޒަރުކުރިއިރު،
ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގައި ސަލްޓަންސް އޮފް ދަ ސީސް
ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ހުރިހާ ގެރެންޓަރުން ލޯނު ފައިސާ އަނބުރާ ދެއްކުމަށް ދެއްވާފައިވާ
މުއްދަތަކީ 12 (ބާރަ) މަސް ދުވަސްކަމާއި، އެ 12 (ބާރަ) މަސް ދުވަސް ހަމަވާނެ ތާރީޚުކަމަށް އެ ޙުކުމްގައި
ބަޔާންކުރައްވާފައިވަނީ 07 ޑިސެމްބަރު 2010 ކަމާއި، 07 ޑިސެމްބަރު 2010 އިން ފެށިގެން 15 (ފަނަރަ
ދުވަހުގެ ތެރޭގައި ދަޢުވާގައިވާ ކްރެޑިޓް ފެސިލިޓީތަކާއި ގުޅިގެން ރަހުނުކޮށްފައިވާ އުޅަނދުތަކާއި، ތަންތަ
މަދަނީ
ބާއްޖޭގެ
ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
E
16
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OLC
21
2012
ކަން
2ތ 0
ބޭން
ތަކެތީގެމައްޗަށް ދަޢުވާލިބޭ ފަރާތްތަކަށް ލިބިގެންވާ އެންމެހައި މިލްކުވެރިކަމުގެ ޙައްޤުތަކާއެކު އެ އުޅަނދުތަކާއި،
ތަންތަނާއި ތަކެތި ބޭންކް އޮފް މޯލްޑިވްސް ޕލކ އާ ޙަވާލުކުރުމަށް ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް
ލިމިޓެޑަށާއި އަދި އެކުންފުންޏަށް ގެރެންޓީދިން ފަރާތްތަކުގެ މައްޗަށް ޙުކުމް ކުރައްވާފައިއޮތް އިރު، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/582 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ވާގޮތަށް ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ
ނަންބަރު HC
-
B2
/
2010
/
04 އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވަނީ 01 އޭޕްރިލް 2010 ގައިކަމާއި،
ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް ޕލކގައި ހުޅުވާފައިވާ ނަންބަރު
7701-134690-013 އެކައުންޓުންނާއި ނަންބަރު 014-134690-7701 އެކައުންޓުން ފައިސާ އުނިކުރި
ތާރީޚަކީ ޖޫން
މޯލްޑިވްސް ޕީލކގެ ނަންބަރު
2012
/
825/BML
/
RECOVERIES ސިޓީއިން އެނގޭކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކއިން މި
ފައިސާ އުނިކޮށްފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޙުކުމްގައި ކަނޑައެޅި
ބަޔާންކުރެވިފައި އޮތް މުއްދަތު ފަހަނައަޅައި ދިޔަތާ ގާތްގަނޑަކަށް 18 މަސްދުވަސް ފަހުންކަމާއި،
ނަންބަރު 2012/Cv
-
C/1183 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ
ފަދައިން، އެ މައްސަލަ އެ ކޯޓަށް ހުށަހެޅުނުއިރު، އެ ވަގުތަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ޙައްޤެއް ރީތި
ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވެފައިވާކަމާއި، ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް
ލިމިޓެޑާއި އެކުންފުނީގެ ގެރެންޓަރުން ބޭންކް އޮފް މޯލްޑިވްސް ޕލކއާ އެކު ވެވުނު އެއްބަސްވުންތަކަކީ ބާޠިލު
އެއްބަސްވުންތަކެއްކަމަށް ބެލެވެން ނެތް ޙާލަތުގައި، އަދި އެއެއްބަސްވުން ދަށުން ބޭންކް އޮފް މޯލްޑިވްސް
ޕީލކއަށް ނެގެންހުރި ފައިސާތަކަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC
-
B2
/
2010
/
04 އަމުރާ ޚިލާފަށް، އެ
އަމުރުގެ ބާރު ކެނޑޭފަދަ ގޮތަކަށް ކޮށްފައިއޮތް ޢަމަލެއްކަމަށް ބެލެވެން ނެތްއިރު، އަދި އެ އެއްބަސްވުންތަކުގެ
ދަށުން
ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދީފައިވަނީ އަނބުރާ
ޙައްޤުތަކެއް (irrevocable right) ކަމުގައި ވީހިނދު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1183 ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސް ޕލކއިން ނެގި ފައިސާ ރީތި ރަށް ރިސޯރޓް
ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށް ޖަމާކުރުމަށް އަންގާނެ ތަނެއް އަދި ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ
ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަ
ލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
ސިވިލް ކޯޓުގެ
ތ ބ 2
0 ހ42
ވާނތކުގެ
244 0 2 7
سرکستروس
/ 02 ދ ތތ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: wwww.highcourt.gov.mv
;
11
2012/HC-A/268
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22c 0
ވީމާ، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1183
ޤަޟިއްޔާގައި މަދަނީ ކޯޓުގެ ނަންބަރު 2009/MC/582 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުނެރެފައިވަނިކޮށް، ބޭންކް އޮފް މޯލްޑިވްސް ޕލކއިން ރީތި ރަށް ރިސޯރޓް
ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުން އުނިކުރި ފައިސާ އަނބުރާ ޖަމާކުރަން އަންގަވާނެ ތަނެއް އަދި ނެތްކަމަށް
ޙުކުމް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު IIC
-
B2
/
2010
/
04 އަމުރާއި އަދި ޤާނޫނީ އަދި
ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެނުނެވެ.
8..
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1183 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ރީތި ރަށް ރިސޯރޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ނެތްކަމަށް
ދިވެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;