ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/356 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/356
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 356/HC
-
A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ ޢާޞިމް
އައިޑީ ކާޑު ނަންބަރު: A010087
*
ދާއިމީ އެޑްރެސް: ހ.ސްނޫޕީ/ ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ސްނޫޕީ) ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު
* ދާއިމީ އެޑްރެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
1437
1437
ރަޖިސްޓްރީކުރެވުނު ތާރީޚް: 22 މުޙައްރަމް
04 ނޮވެމްބަރ 2015
ނިމުނު ތާރީޚް: 05 ޞަފަރު
17 ނޮވެމްބަރ 2015
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2015
/
7177/J
/
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 26 އޮކްޓޯބަރ 2015 ނިމުނު ތާރީޚް: 26 އޮކްޓޯބަރު 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު: ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !281647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/356
ދަޢުވާގެ ޚުލާސާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7177/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމްގެ އައިޑީކާޑު ނަންބަރު A010087) ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
000-
ފާހަގަކުރެވުނު
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7171/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމްގެ (އައިޑީކާޑު ނަންބަރު A010087)
ހުށަހަޅާފައިވެއެވެ.
ފަރާތުން
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7177/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު
އެކޯޓު އަމުރު ނެރެފައިވަނީ، 26 އޮކްޓޯބަރު 2015 ދުވަހުގެ 13:52 އިން ފެށިގެން 05 ނޮވެމްބަރު
2015 ވަނަ ދުވަހުގެ 13:51 އަށް ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމް (އައިޑީކާޑު ނަންބަރު A010087)
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި،
މިގޮތަށް ޢަބްދު
ޢާސިމް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި
ނައްތާލަފާނެތީއާއި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ސަބަބަކީ،
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7177/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމްގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޢަބްދުﷲ ޢާޞިމްގެ
ފަރާތުން ހުށަހަޅާފައިވާ
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
¢ 3
=32
2015/HC-A/356
3 ޤަޟިއްޔާ ނިމުނު ގޮތުގެ
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުން ޢަބްދުﷲ ޢާޞިމް ބަންދުކުރުމުގެ އަމުރު
ނެރެފައިވަނީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި މީހެއް ބަންދުކުރުމުގައި ރިޢާޔަތްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް
ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ
ހުށަހަޅާފައިވާ ނުކުތާއެވެ.
ﷲ2
4
2 ހއ 2
4
އަލްސއކު9ނeން
<< O
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20
ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާއިން އެކޯޓުން
ކަނޑައަޅުއްވާފައިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
023x
• ތިންވަނަ ނުކުތާއަކީ: ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ
ކަނޑައެޅުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކޮށް ޢަބްދުﷲ ޢާޞިމްގެ ބަންދާމެދު
ނިންމާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، 18 ވަނަ މާއްދާއާއި 42
ވަނަ މާއްދާއާއި، 45 ވަނަ މާއްދާއާއި، 51 ވަނަ މާއްދާގެ (ބ) އާއި 57 ވަނަ މާއްދާއާއި، 68 ވަނަ
މާއްދާއާއި 69 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާއިން އެ ކޯޓުން ކަނޑައަޅުއްފާއިވާ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7177/J
/
MD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރުމަށް ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7177/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 26 އޮކްޓޯބަރ 2015 ދުވަހުގެ 13:52 އިން
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471{{
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/356
کی عمر
ފެށިގެން 05 ނޮވެމްބަރ 2015 ވަނަ ދުވަހުގެ 13:51 އަށް ހ.ސްނޫޕީ ޢަބްދުﷲ ޢާޞިމްގެ
(އައިޑީކާޑު ނަންބަރު A010087) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަބްދުﷲ ޢާޞިމް ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
(އެމް.އެމް.ޕީ.އާރ.ސީ) ގައި މަސައްކަތްކުރާ އިސްބޭފުޅުންތަކަކާއި ބައިވެރިވެގެން ރާއްޖެއާއި ރާއްޖެއިން
ބޭރުގެ ކުންފުނިތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރިސޯޓް ހެދުމަށް ރާއްޖެއިން ރަށްތަކެއް
ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ޣައިރުޤާނޫނީ ޢަމަލުތަކެއް ކުރުމަށް
މަގުފަހިކޮށްދީފައިވާކަމަށް ތަޙްޤީޤަށް ފެންނާތީޢާއި، ހެކިފޮރުވުމަށް މަސައްކަތްކޮށްފާނެ ކަމަށާއި،
ތަމަޢުގެ ސަލާމަތަށްޓަކައި، ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
oxd
Oxo
22 22
04x
(ށ) ދެވަނަ ކަމަކީ، ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ
ތުހުމަތުގައިވާ މީހާގެ ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން
ކަނޑައެޅުމަކީ އެފަދަ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް މީގެ ކުރިން
ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 93/HC
-
A/2012 ޤަޟިއްޔާފަދަ ޤަޟިއްޔާތަކުގައި
ކަނޑައަޅައިފައިވާކަން އެނގޭއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރެ
ތެތޯކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް
ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް،
ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ
ނެރުމުގެ ބާރު
ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި، މިމައްސަލައިގައި ޙަވާލާދެވޭ ކްރިމިނަލް ކޯޓުގެ
ތޗ 04
ސަބަބ
20x ހ2
/ވ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471+
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/356
5 ޤަޟިއްޔާ ނިމުނު "
کی عمری
02 92
އަޚުން
ބަލާއިރު، ޢަބްދުﷲ ޢާޞިމް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި ކްރިމިނަލް
ކޯޓުން ފާހަގަކުރައްވާފައިވަނީ، ޢަބްދުﷲ ޢާޞިމްގެ ފުށުން ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށާއި،
މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަން އެނގޭއިރު، ކުށެއްގެ ތުހުމަތުގައިވާ މީހަކީ ހެކި ފޮރުވަން
މަސައްކަތްކޮށްފާނެފަދަ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެނުމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
ސަބަބެއްކަން
4 047
ވެP
ہی ہے کہ مرمک مرک
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި
ވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކި
ނެތްކަމުގައިވިޔަސް، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤު
ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަށާއި، ކުށުގެ ތަބީޢަތަށާއި، ކުށުގެ
ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ފަނޑިޔާރު
ރިޢާޔަތްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް
ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) ގައި މަސައްކަތްކުރާ އިސްބޭފުޅުންތަކަކާއި
ބައިވެރިވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރިސޯޓް
ހެދުމަށް ރާއްޖެއިން ރަށްތަކެއް ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ޣައިރުޤާނޫނީ
ޢަމަލުތަކެއް ކުރުމަށް މަގުފަހިކޮށްދީފައިވާކަމުގެ ތުހުމަތުގައިކަމަށްވާއިރު، ޢަބްދުﷲ ޢާޞިމްގެ މައްޗަށް
ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤު ކުރުމުގައިހުރި
ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި،
މިއެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމުން މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހެޅި އެސާރވިސްގެ ނަންބަރު TD084361 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ
ފޯމު" ގައި މިމައްސަލައާއި ގުޅިގެން އެހާތަނަށް ލިބިފައި ހުރިކަމަށް ބަޔާންކޮށްފައިވާ ހެކި ނުވަތަ ޤަރީނާ
ތަކުގައި ޢަބްދުﷲ ޢާޞިމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައްޗަށް ތުހުމަތެއް އެހިނދަށް ކުރެވޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/356
ޤަޟިއްޔާ ނިމުނު ގޮ
کی مرکی
ވެ
މިންވަރުގެ ހެކި ޤަރީން ހުށަހެޅިފައިވާކަމުގައި ބެލެވެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ
ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ 9 ވަނަ ނުކުތާގައި މީހަކު ބަންދުގައި ބެހެއްޓުމުގައި
ރިޢާޔަތްކުރަން ޖެހޭނެ އަދި ފަނޑިޔާރު ވަޒަންކުރަންވާނެ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު އެމާއްދާގައި
ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކީ ބަންދާއި މެދު ގޮތެއް
ނިންމުމުގެ މައްސަލައާއި އެކު ހުށަހެޅޭ އެންމެހާ ހެކި ޤަރީނާތަކާއި ދައްކާވާހަކަތަކުގެ މައްޗަށް ބިނާކޮށް
ބަންދާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން އެކަންކަން
ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަން އެނގޭކަމާއި އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ
ދެކިޤާރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ
ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅާފައި ވާކަން އެނގޭކަމާއި، އިޝާރާތްކުރެވުނު ކަންކަން ވަޒަންކުރުމުގައި ކޮންމެ
މައްސަލައެއްގެވެސް ވަށައިގެންވާ ކަންތައްތަކާއި، މައްސަލައިގެ ބާވަތަށް ބެލުމަށްފަހު އެކި މައްސަލަތައް
ވަޒަންކުރެވޭނީ އެކި މިންވަރަށްކަން އެނގޭކަމާއި، މިމައްސަލައާއި އެކު ހުށަހެޅުނު ހެކިތަކާއި މައްސަލައިގެ
ވަށައިގެން ހުރި އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު، ޢަބްދުﷲ އާޞިމް ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވަނީ އިޝާރާތްކުރެވުނު ސްޕްރީމްކޯޓުގެ ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްނުކޮށް ކަމުގައި ބެލެވެންނެތްއިރު، މިފަދައިން ނިންމި
ނިންމުމަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި، 18 ވަނަ މާއްދާއާއި 42 ވަނަ
45 ވަނަ މާއްދާއާއި، 51 ވަނަ މާއްދާގެ (ނ) އާއި 57 ވަނަ މާއްދާއާއި، 68 ވަނަ
މާއްދާއާއި 69 ވަނަ މާއްދާއާއި، ޚިލާފު ނިންމުމެއްކަމުގައި ބެލެވެންނެތްކަމެވެ.
މާއްދާއެއް،
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/7177(J
(
MD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރުމަށް ޢަބްދުﷲ ޢާޞިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ
މައްޗަށް ބިނާކޮށް
ބާޠިލުކުރަންޖެހޭފަދަ ސަބަބެއް ފެންނަން ނެތްކަމަށެވެ.
އެއަމުރު
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ
در هر متر مربع
2015/HC-A/356
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/7177(J
(
MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ހ.ސްނޫޕީ ޢަބްދުﷲ އާޞިމްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv