ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/114 ޤަޟިއްޔާގެ ޙުކުމް
"ޑި 7
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 114/HC
-
A/2009
އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު މުބާސިރު
ކާޑު ނަންބަރު: A007804
* ދާއިމީ އެޑްރެސް: ކަންމަތީގެ/މއ.އުކުޅަސް
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަލީމާ ޢަލީ
އައިޑީ ކާޑު ނަންބަރު: A007691
ދާއިމީ އެޑްރެސް: އިރުމަތީގެ (އއ. އުކުޅަސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޖުމާދަލްއޫލާ 1430
28 އެޕްރީލް 2009
ނިމުނު ތާރީޚް: 25 ރަބީޢުލްއާޚިރު 1433
18 މާޗް 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަ: 2008/U
-
4
-
C/13
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރެއް ނެރެދިނުން
ނިންމެވި ކޯޓް:
އއ. އުކުޅަހު ކޯޓު (އަރިއަތޮޅު އުތުރުބުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓު)
* ހުށަހެޅުނު ތާރީޚް: 1 ޖޫން 2008
* ނިމުނު ތާރީޚް: 21 ފެބްރުއަރީ 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
ދަޢުވާގެ ޚުލާޞާ:
މިއީ،
އއ. އުކުޅަހު ކޯޓުގެ ނަންބަރު 2008/U-4-C/13 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މުޙައްމަދު މުބާސިރު، ކަންމަތީގެ އއ. އުކުޅަސް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A007804) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޙަލީމާ ޢަލީ، އިރުމަތީގެ އއ. އުކުޅަސް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A007691} އެވެ.
ކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ އއ. އުކުޅަހު ކޯޓުގެ ނަންބަރު 2008/U-4-C/13
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، އއ. އުކުޅަސް އިރުމަތީގެ، ޙަލީމާ ޢަލީ ދިރިއުޅުމަށްޓަކައި
13 ފެބުރުއަރީ 1986 ގައި ސަރުކާރުން ޙަލީމާ ޢަލީ އަށް ދޫކުރައްވާފައިވާ ގޯތި، 17 ޑިސެމްބަރ
1997 ގައި "މުރިނގު" ނަމުގައި ރަޖިސްޓްރީ ކޮށްފައި ވަނިކޮށް، އއ. އުކުޅަސް ޖަމްޢިއްޔާއެއް
ކަމުގައިވާ "ގްލޯރިއަސް ސްޕޯޓްސް ކްލަބް" ގެ އިދާރީ މަރުކަޒު އެޅުމަށްޓަކައި، 10 މާޗް 1998 ގައި
އެކްލަބަށް ދޫކުރައްވާފައިވާ196
x65 ފޫޓު (12740 އަކަފޫޓުގެ} ބިން ދޫކުރެއްވިއިރު ކްލަބު ގޯއްޗާއި،
މުރިނގު ގޯއްޗާއި ދެމެދު ގޯޅިމަގެއް ނެތުމުން، އެސަރަޙައްދުގައި ދިރިއުޅޭ މީހުންނައް ދަތިވާތީ، 30
މާޗް 2002 ގައި މުރިނގު ގޯއްޗާއި، ގްލޯރިއަސް ސްޕޯޓްސް ކްލަބުގެ ގޯއްޗާއި ދެމެދުން 15 ފޫޓް ފުޅާ،
ދިގުމިން 196 ފޫޓުގެ މަގެއް ސަރުކާރުން (އަތޮޅު އޮފީހުން) ހައްދަވާފައިވަނިކޮށް، ގްލޯރިއަސް ސްޕޯޓްސް
ކްލަބުގެ ގޯތީގައި ވަށާފާރު ރާނާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރުމަށް 12 މާޗް
އެކްލަބަށް
މެއި 2008 ގައި އއ. އުކުޅަސް އޮފީހާއި އަތޮޅު އޮފީހަށްވެސް ނޭނގި، އެކުލަބުގެ ގިނަ
ޢަދަދެއްގެ މެންބަރުން ގޮވައިގެން އެކުލަބުގެ ނައިބުރައީސް އުކުޅަސް ކަންމަތީގެ މުޙައްމަދު
މުބާސިރު އިސްކޮށް ހުންނަވައިގެން ނުކުމެ، އެޅިގަލުން ގާތްގަޑަކަށް 06 (ހައެއް) ފޫޓް އުސްމިނަށް
ރާނާ، މުރިނގު ގޯއްޗާއި، ކުލަބު ގޯއްޗާއި ދެމެދުގައިވާ މަގު ބައްދާފައިވާތީ، އެކަމުގެ ސަބަބުން މުރިނގު
ގޯއްޗަށް ލިބިފައިވާ ދަތި ފިލުވައިދިނުމަށް ގްލޯރިއަސް ސްޕޯޓްސް ކްލަބްގެ ނައިބުރައީސް
2008
އެންގުމާ
21
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471(
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
އުކުޅަސް ކަންމަތީގެ މުޙައްމަދު މުބާސިރުގެ މައްޗަށް، އއ. އުކުޅަސް މުރިނގު ޙަލީމާ ޢަލީ ދަޢުވާކުރުމުން
އއ. އުކުޅަހު ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ގޯއްޗާއި،
މަގު
21
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އއ. އުކުޅަސް މުރިނގު ޙަލީމާ
ޢަލީގެ ގޯއްޗާއި، އއ. އުކުޅަސް ގްލޯރިއަސް ސްޕޯޓްސް ކުލަބުގެ ގޯއްޗާއި ދެމެދުގައި 15 ފޫޓް ފުޅާ
196 ފޫޓު ދިގު ގޯޅިމަގެއް 30 މާޗް 2002 ވަނަ ދުވަހު އަރިއަތޮޅު އުތުރުބުރީ އަތޮޅު އޮފީހުން
ހައްދަވާފައިވާކަމަށް އެއޮފީހުގެ ނަންބަރު 2008
/
2965-M
)
C) މެސެޖުން އަންގަވާފައިވާތީއާއި، މުރިނގު
ގޯއްޗާއި، ކުލަބު ގޯއްޗާއި ދެމެދުގައިވާ މަގު ބައްދާ އެޅިގަލުން ފާރު ރާނާފައިވަނީ އއ. އުކުޅަހު އޮފީހަށް
އަދި އަތޮޅު އޮފީހަށް އެނގިގެން ނޫންކަމަށްވާތީ، ގްލޯރިއަސް ސްޕޯޓްސް ކުލަބުން އެކުލަބުގެ
މުރިނގު
ދެމެދުގައިވާ
މެއި 2008 ގައި ބައްދާފައިވަނީ، ޤަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅާ މުރިނގު ގޯތީގެ ފާރުގައި
ޖައްސައިގެން ގްލޯރިއަސް ސްޕޯޓްސް ކްލަބުން 05 ފޫޓު އެޅިގަލުން ރާނާފައިވާ ފާރާއި، މުރިނގު ގޯތީގެ
އިރުދެކުނު ކަނުން ފެށިގެން ދެކުނަށް ގާތްގަޑަކަށް 03 ފޫޓް އުސްމިނުގައި ރާނާފައިހުރި ފާރުން (މުރިނގު
ގޯތީގެ ފާރުން ފެށިގެން)
15 ފޫޓް ތަޅާ ބިންސާފުކޮށް، މިއަދު 12 ފެބުރުއަރީ 2009 ފެށިގެން 01
(އެކެއް) މަސްދުވަހުގެ ތެރޭގައި ނިންމުމަށް ގްލޯރިއަސް ސްޕޯޓްސް ކުލަބުގެ ނައިބުރައީސް
ކަންމަތީގެ މުޙައްމަދު މުބާސިރަށް އަންގާ އަދި މީގެފަހުން މިފަދަ ކަންތައް ތަކުރާރު ނުކުރުމަށް
އިލްތިމާސްކޮށް" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
އއ. އުކުޅަސް
އުކުޅަހު ކޯޓުގެ ނަންބަރު 2008/U-4-C/13 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް
ކަމަށް ބުނެ މުޙައްމަދު މުބާސިރުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކު
އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
3
ދ
ބެލެވޭކަމެއްގައި
ފުރަތަމަ ނުކުތާއަ
ކުތާއަކީ، ޤާނޫނީ ޝަޚުޞިއްކަމުގައި ބެލެވޭ ގްލޯރިއަސް ސްޕޯޓްސް
ކްލަބްގެ ފަރާތުން ހިންގާފައިވާ ޢަމަލެއްކަމުގައި، ޤާނޫނީ ގޮތުންނާއި ޝަރުޢީގޮތުން
ފަރުދީ ޝަޚު ޞައްކަމުގައިވާ އުކުޅަސް ކަންމަތީގޭ މުޙައްމަދު މުބާސިރުގެ މައްޗަށް، ދަޢުވާ
އުކުޅަސް ކޯޓަށް، އުކުޅަސް މުރިނގު ޙަލީމާ ޢަލީ (އިރުމަތީގެ) މައްސަލަ
ހުށަހެޅުމުން މައްސަލަ ބަލައިގަނެ، މައްސަލަ ހިންގާ މުޙައްމަދު މުބާސިރުގެ މައްޗަށް ކަނޑައެޅި ޙުކުމަކީ
ހ4 3 * 02
ރައްދުވާގޮތަށް
އއ.
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
74=ޑ ތ ދ
ބޮރގއގއި
ތެއްގައި ކުރައްވާފައިވާ ކަމެއްކަމުގައި ބެލެވޭކަމަށްބުނެ
ޝަރުޢީ ނިޒާމާއި ޤާނޫނީ އިމުން
ހުށަހަޅާފައިވާ ނުކުތާ
· · 4;
ރެކުތައވެ.
0
ދެވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މެޖިސްޓްރޭޓްގެ ރިޕޯޓްގެ ފާހަގަ ކުރެއްވި
ނުކުތާތަކުގައި ލިޔުއްވާފައިވާ ޢިބާރާތްކޮޅުގައި "އެކުލަބުގެ ފަރާތުން ޝަރީއަތުގެ މަޖިލިސް އަށް ހާޒިރުވި
އެކުލަބުގެ ނައިބު ރައީސް، އުކުޅަސް ކަންމަތީގެ މުޙައްމަދު މުބާސިރު" މި އިބާރާތުން ލިއުއްވައި ހަޤީގަތް
އޮޅުވާލުމަށްޓަކައި، މެޖިސްޓްރޭޓް މަސައްކަތް ކުރައްވާފައިވާކަން އެނގިފާޅުވާން އޮތްއިރު، ދަޢުވާކުރެއްވި
ފަރާތުން ކުރެއްވި ދަޢުވާގައި ދަޢުވާލިބޭ ފަރާތަކީ ގްލޯރިއަސް ސްޕޯޓްސް ކްލަބު ނޫންކަމާއި، ދަޢުވާލިބޭ
ފަރާތަކި، އުކުޅަސް(ކަންމަތީގެ، މުޙައްމަދު މުބާސިރުކަން ކަނޑައެޅިގެން އެނގެންއޮވެ، މިފަދަ
މެޖިސްޓްރޭޓްގެ ޢަމަލުތަކުން ފެންނަންހުރިކަމަކީ، ޢަދުލުއިންސާފާއި، ޤާނޫނީ އިމުން
ބާރުވެފައިވާ، ބޭއިންސާފުވެރި އަނިޔާވެރި ނިޔާއެއްކަމަށް ދެކޭކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
*ތީ هވ
އޅުވާހއ
ތިންވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މެޖިސްޓްރޭޓްގެ މައްސަލަ ނިންމި
ރިޕޯޓްގެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ދަޢުވާވެރިޔާ ޙަލީމާ ޢަލީގެ ދަޢުވާއަކީ ދަޢުވާލިބޭ މުޙައްމަދު
މުބާސިރަށް، އޭނާގެ ނަފުސީ ހައިސިއްޔަތުން، އެއްވެސް ބާރެއް ނުފޯރުވޭނެ އަދި ކަނޑައެޅިގެން ޤާނޫނީ
ޝަޚުސެއްގެ ގޮތުގައިބެލެވޭ ގްލޯރިއަސް ސްޕޯޓްސް ކްލަބުގެ ނަމުގައި ސަރުކާރުން ދޫކޮށްފައިވާ
ގޯއްޗެއްގައި އެކުލަބުގެ ފަރާތުން ރޭނިފާރަކާ ގުޅޭކަމެއްކަން ފާހަގަކުރައްވަމުން، ދަޢުވާލިބޭ މީހެއްގެ
ގޮތުގައި މުޙައްމަދު މުބާސިރުގެ މައްޗަށް ހުށަހެޅުވި މިދަޢުވާ، އެގޮތުގައި ބައްލަވާ، މުޙައްމަދު މުބާސިރަށް
ނަފުސީ ގޮތުން ބާރުނުފޯރުވޭނެ އެއްވެސް ހައިސިއްޔަތެއްނުވާ މިމައްސަލަ ހިންގާ، ޢަދުލް އިންސާފުގެ
ރޫހާ ޚިލާފަށް އަދި ޤާނޫނޫ އިމުން ބޭރުގައި، މުޙައްމަދު މުބާސިރުގެ މައްޗަށް ޙުކުމް ކަނޑައެޅިކަމީ
ހަމަޔާ އިންސާފުން އެއްކިބާވެހުރެ ލިބިފައިނުވާ ބާރުވެރިކަމެއްގެ ބޭނުންކުރީ ކަމުގައި ދެކޭކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން އއ. އުކުޅަހު ކޯޓުގެ ނަންބަރު 2008/U-4-C/13
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު
މުބާސިރުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން
މައްސަލަ ރައްދުވާ ޙަލީމާ ޢަލީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަހާ ގޭޅިގެތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދެން 3325029. ފެކުސް: 41، ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
44
8
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ، އުކުޅަހު ކޯޓުގެ ނަންބަރު
2008/U
-
4
-
C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެމައްސަލައިގައި ދަޢުވާ
ރައްދުވާ ފަރާތަކީ އުކުޅަސްކަންމަތީގެ، މުޙައްމަދު މުބާސިރުކަމަށް ބަޔާންކޮށްފައިވާކަމާއި،
މުޙައްމަދު މުބާސިރުގެ މައްޗަށް ދަޢުވާކުރެވިފައިވަނީ، އުކުޅަސް ޖަމްޢިއްޔާއެއް ކަމުގައިވާ
ގްލޯރިއަސް ސްޕޯޓްސް ކްލަބް" އިން އިދާރީ މަރުކަޒެއް އެޅުމަށްޓަކައި އެކުލަބަށް ދޫކޮށްފައިވާ ބިމުގައި
ވަށާފާރު ރޭނުމުގައި، އެކުލަބަށް ދޫކޮށްފައިވާ ބިމާއި، އއ. އުކުޅަސް މުރިނގުގެއާ ދެމެދު އޮތް 15 ފޫޓް
ފުޅާ، 196 ފޫޓު ދިގު މަގެއް، އެކުލަބުގެ ގިނަ އަދަދެއްގެ މެންބަރުން ގޮވައިގެން އެކުލަބުގެ
ނައިބުރައީސް އުކުޅަސް ކަންމަތީގެ މުޙައްމަދު މުބާސިރު އިސްކޮށް ހުންނަވައިގެން، ގާތްގަޑަކަށް
06 (ހައެއް) ފޫޓް އުސްމިނަށް ރާނާ، އއ. އުކުޅަސް(މުރިނގު ގޯއްޗާއި، ކުލަބު ގޯއްޗާއި ދެމެދުގައިވާ
މަގު ބައްދާލާފައިވާތީ، އެކަމުގެ ސަބަބުން މުރިނގު ގޯއްޗަށް ލިބިފައިވާ ދަތި ފިލުވައިދިނުމަށްއެދިކަން
އެނގޭކަމާއި،
*14
ޑ 8
82
4
އއޤީ30
44
ގްލޯރިއަސް ސްޕޯޓްސް ކްލަބަށް އުކުޅަހުން
މީހުން ދޫކޮށްފައިވާ ބިމުގެ ވަށާފާރު
ރޭނުމުގައި ޢަމަލުކޮށްފައިވަނީ އެކުލަބުގެ ހިންގާ ކޮމިޓީން އެކަންކުރުމަށްޓަކައި ނިންމާފައިވާ ނިންމުމާ
ގޮތުގެމަތިން ކަމަށާއި، އެމަސައްކަތުގައި އިސްކޮށް ހުރި
ހުރީ މުޙައްމަދު މުބާސިރު
ކަމުގައިވީނަމަވެސް، އެމަސައްކަތަކީ މުޙައްމަދު މުބާސިރުގެ އަމިއްލަ އެއްވެސް މަސްލަޙަތެއް އޮތްކަމެއް
ނޫންކަމަށާއި، އެފާރު ރޭނުމުގެ ސަބަބުން މުޙައްމަދު މުބާސިރަށް ލިބޭނޭ އެއްވެސް ފަރުދީ ނުވަތަ ޒާތީ
ހިދާއެއްވެސް ނެތްކަމަށް މުޙައްމަދު މުބާސިރުގެ ފަރާތުން ބުނެފައިވާކަމާއި، އަދި އެފާރު ރޭނުމުގައި
ކަންތައް ހިނގާފައިވާ ގޮތުން މުޙައްމަދު މުބާސިރަށް އެއްވެސް ބާވަތެއްގެ ފަރުދީ ނުވަތަ ޒާތީ ފައިދާއެއް
ވެފައިވާކަން، އެމައްސަލައިގައި ދަޢުވާކުރި ޙަލީމާ ޢަލީގެ ފަރާތުން
އުކުޅަސް ކޯޓަށް ދީފައިވާ
އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާނުންވެސް
ބަޔާނުންވެސް އެނގެން ނެތްކަމެވެ
(ށ) ދެވަނަ ކަމަކީ، "ގްލޯރިއަސް ސްޕޯޓްސް ކްލަބް" އަކީ އޭރު ދިވެހިރާއްޖޭގައި
ކުރެވެމުންދިޔަ،
ޤާނޫނުގެ 26/82 (ޖަމްޢިއްޔާ، ކްލަބް، ޕާޓީފަދަ ޖަމާޢަތްތައް
އދ މ 8 ، 8
ބނނވ
CU O
.
/ /
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން އޭރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އެންޑް ސްޕޯޓްސް
ގައި، 1990 ޖޫން 26 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ކްލަބެއްކަމާއި،
O c ecc
މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު)
އަށް ޢަމަލުކުރަން ފެށުމާއެކު، އެޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޖަމްޢިއްޔާ، ކްލަބް، ޕާޓީފަދަ
ޖަމާޢަތްތައް ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންގޮސްފައިވާ
ޖަމްޢިއްޔާ، ކްލަބް، ޕާޓީފަދަ ޖަމާޢަތްތައް، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެވުނީ
ކަމުގައި ބެލެވޭނެކަމަށް ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގްލޯރިއަސް
ސްޕޯޓްސް ކްލަބް އުވާނުލާހާ ހިނދަކު، ނުވަތަ ކަމާބެހޭ ފަރާތުން އެޖަމްޢިއްޔާގެ ރަޖިސްޓްރީ
ކުރާހާ ހިނދަކު، ގްލޯރިއަސް ސްޕޯޓްސް ކްލަބްއަކީ މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ
ޤާނޫނުގެ ދަށުން ކަމާބެހޭ
ފަރާތުގައި ރަޖިސްޓްރީކުރެވިގެން ހިނގަމުންދާ
ޖަމްޢިއްޔާއެއްކަމަށް ބަލަންޖެހޭކަމާއި،
އެހެންކަމުން،
2
23 4ތ
81
8
M ހރ ޑ 4
428އޔާތަކާބެހޭ
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ބަޔާންކޮށްފައިވާ ފާރު ރޭނުނު
ތާރީޚުކަމަށް، އެމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ، 21 މެއި 2008
ގައި ގްލޯރިއަސް ސްޕޯޓްސް ކްލަބްއަކީ، ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
އުވާލެވިފައިވާ ނުވަތަ ރަޖިސްޓްރީ ބާޠިލުކުރެވިފައިވާ ކްލަބެއް ނުވަތަ ޖަމުޢިއްޔާއެއް ނޫންކަމެވެ.
2
8 8
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އަށް
ބަލާއިރު، އެޤާނޫނުގައިވާ ގޮތުގެމަތިން، ޖަމުޢިއްޔާއެއް ރަޖިސްޓްރީ ކުރެވުމުން، އެ ޖަމުޢިއްޔާއަކީ،
އެޖަމުޢިއްޔާއެއް ރަޖިސްޓްރީވެފައިވާ ނަމުގައި، އެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޖަމުޢިއްޔާއެއްގެ
ހިންގާ ޤަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި
ނޫފުލޭ މުދާ، ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ
ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، މެންބަރު ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން
ޝައްކެއްކަމަށް، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާ
ރެނަން
ގޮތުން އަމިއްލަ
ފެށީމައި،
އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެހންކަމުން،
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/114
ޝާ 2
2
2x
2
އުސޫލެއްގެގޮތުން،
އާންމު
މިޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިގެން ދިވެހިރާއްޖޭގައި ހިންގޭ
ޖަމްޢިއްޔާތަކުން ކުރާ ކަންކަމުގައި އެޖަމުޢިއްޔާތަކުގެ މެންބަރުން ފަރުދީ ގޮތުން ޒިންމާނަގަން
ނުޖެހޭނެކަމާއި،
5 26
cocco
ނަމަވެސް، ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ޖަމްޢިއްޔާއެއް ރަޖިސްޓްރީވުމުން،
އެޖަމްޢިއްޔާއަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞިއްޔަތެއް ލިބިގެންވާ
ފަރާތަކަށްވީ ކަމުގައިވީނަމަވެސް، ނިވާފަތްގަނޑެއްގެ ގޮތުގައި އެ ޝަޙުޞިއްޔަތުގެ ބޭނުންހިފައިގެން
ޤާނޫނާ ޚިލާފުކަމެއް ކޮށްފިނަމަ، އެކަމެއްގެ ޒިންމާ އުފުލަންޖެހޭނީ، އެކަމެއް ކު
ކުރި މީހަމު ނުވަތަ
ބަޔަކުކަމަށް،
އެޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފުކުރެވިފައިވާ މިވާ
މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް، މިމާއްދާގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ޤާނޫނީ މަޞްދައު
(legal principle) ތަޠުބީޤުކުރާއިރު، އިސްވެދެންނެވިފައިވާ ފަދައިން، ގްލޯރިއަސް ސްޕޯޓްސް
ކްލަބަށް އއ. އުކުޅަހުން ދޫކޮށްފައިވާ ބިމުގެ ވަށާފާރު ރޭނުމުގައި މުޙައްމަދު މުބާސިރު ޙަރަކާތްތެރިވެފައި
އެމަސައްކަތް އޭނާކޮށްފައިވަނީ ކްލަބުގެ މެންބަރެއްގެ ހައިސިއްޔަތުންކަމާއި، އެފާރު
ރޭނުމުގައި ކަންތައް ހިނގާފައިވާ ގޮތުން މުޙައްމަދު މުބާސިރަށް އެއްވެސް ބާވަތެއްގެ ފަރުދީ ނުވަތަ ޒާތީ
ފައިދާއެއް ވެފައިވާކަން، ނުވަތަ މުޙައްމަދު މުބާސިރު އެމަސައްކަތް ކޮށްފައިވަނީ އެޖަމްޢިއްޔާ ނުވަތަ
ކްލަބުގެ ޤާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށް، ޤާނޫނާ
ޚިލާފުކަމެއް ހިންގުމުގެ ބޭނުމުގައިކަން، އެމައްސަލައިގައި ދަޢުވާކުރި ޙަލީމާ ޢަލީގެ ފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާކަމާއި،
ވީނަމަވެސް،
COX >
#e
އިސްތިއުނާފުކުރެވިފައިމިވާ، އުކުޅަހު ކޯޓުގެ ނަންބަރު
2008/U-4-C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، އެމައްސަލައިގައި ދަޢުވާ ރައްދުވާ
ފަރާތަކީ އުކުޅަސްކަންމަތީގެ، މުޙައްމަދު މުބާސިރުކަމަށް ބަޔާންކޮށްފައިވީނަމަވެސް،
އެމައްސަލާގައި ހިމެނޭ މަސައްކަތަކީ ޖަމްޢިއްޔާއާބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ
ކުރެވިފައިވާ ޖަމްޢިއްޔާއަކުން ކޮށްފައިވާ މަސައްކަތަކަށް
އެމައްސަލައިގައި މުޙައްމަދު
މުބާސިރުގެ މައްޗަށް ފަރުދީ ގޮތުން ދަޢުވާކުރެވޭނެ ތަނެއްނެތްކަމެވެ.
24 25
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
2009/HC-A/114
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އއ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އުކުޅަހު ކޯޓުގެ
ނަންބަރު 2008/U
-
4
-
C/13 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލުގެންނަޖެހޭ ޙުކުމެއްމަކަށް
މިމައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ހއ 2
3
4
3
2
ބަޔާންކުރެވުން
ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި
ކަންކަން
ޔާންކުރެވުނު ގޮތަށް ހުރުމާއެކު، އއ. އުކުޅަހު ކޯޓުގެ ނަންބަރު 2008/U-4-C/13 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކުރައްވާފައިވާ
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، އުކުޅަހު ކޯޓުގެ ނަންބަރު 2008/U-4-C/13 ޤަޟިއްޔާގެ ޙުކުމް
ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ޙުކުމެއްކަމަށް
8
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
8 40/
ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv