ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/77 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{11/HC-A/1?
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 77/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: އިބްރާހީމް ލަޠީފް
އައިޑީ ކާޑު ނަންބަރު: A000111
* ދާއިމީ އެޑްރެސް:
ސަނދުރަވި މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 165
/
2001-C
ދާއިމީ އެޑްރެސް:
..
ގ. ކެރެނޭޑް
ނޭޑްމާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޖުމާދަލްއޫލާ 1432
02 މެއި 2011
ނިމުނު ތާރީޚް: 04 ޖުމާދަލްއޫލާ 1433
27 މާޗް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/1151
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 19 އެޕްރީލް 2010
ނިމުނު ތާރީޚް: 31 އޮގަސްޓް 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު
# 4 3 )
2{011/HC-A/11
مې منفي کی عمر
ދަޢުވާގެ ޚުލާޞާ
1151/MC/2010
މިއީ، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އިބްރާހީމް ލަޠީފް، މ. ސަނދުރަވި(މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A000111) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު 165
/
2001-C) އެވެ.
0
<
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2010/MC/1151 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، މ. ސަނދުރަވި، އިބްރާހީމް ލަޠީފްގެ އަތުން އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން ގަނެފައިވާ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އިބްރާހީމް ލަޠީފް އަތަށް އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އިން ދީފައިވާ -/200,000 (ދެލައްކަ) ރުފިޔާ ގެ ޗެކް، އެކައުންޓުގައި ފައިސާ
ނެތުމުގެ ސަބަބުން ބައުންސް ވެފައިވާތީއާއި، އިބްރާހީމް ލަފްގެ ފަރާތުން ކޯޓަށް ދާނެކަމުގެ އިންޒާރު
އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމާ ގުޅިގެން އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން -/50,000 (ފަންސާސް ހާސް) ރުފިޔާ ދީފައިވާތީއާއި، ބާކީ ނުލިބިވާ -/150,000
(އެއްލައްކަ ފަންސާސް ހާސް) ރުފިޔާ ހޯދުމަށްއެދި، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
އިބްރާހީމް ލަޠީފް ދަޢުވާކުރުމުން މަދަނީ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދަޢުވާއަށް ޖަވާބުދާރީވަމުން އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ އިބްރާހީމް ލަޠީފްގެ އެއްވެސް ބާވަތެއްގެ
އެއްވެސް މުދަލެއް، އިބްރާހީމް ލަޠީފްގެ އަތުން އަދި އެނޫންވެސް މީހެއްގެ އަތުން އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގަނެފައިނުވާނެކަމަށާއި، މުދަލުގެ އަގުގެތެރެއިން -/150,000ރ.
(އެއްލައްކަ ފަންސާސްހާސް ރުފިޔާ) އިބްރާހީމް ލަތީފަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދައްކަންޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާގައިވާ ފައިސާ ދެއްކުމަށް އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކުރާކަން އެނގޭކަމާއި،
\
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 33971)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
443
ޤަޟިއްޔާ
2{11/HC-A/1?
مری
ދެވެ
ޤާބިލުގައި ދަޢުވާގައި ލިބިދިނުމަށް އެދި ހުށަހަޅާފައިވާ ފައިސާ ލިބުމަށްޓަކައި،
އިބްރާހީމް ލަޠީފްގެ ފަރާތުން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް މުދަލެއް
ވިއްކާފައިވާކަން އެނގޭނޭފަދަ، ނުވަތަ އިބްރާހީމް ނަޢީފުގެ އެއްވެސް މުދަލެއް އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ފަރާތަކުން ވިއްކާފައިވާކަން އެނގޭފަދަ ހެއްކެއް އިބްރާހީމް ލަޠީފުގެ
ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާތީއާއި، އިބްރާހީމް ލަތީފުގެ މުދާކަމުގައި ބުނާ މުދަލަކީ މުޙައްމަދު
ނިޒާމް (އައިލަންޑް ވޭވް) ގެ ނަމުގައި ގެނެސްފައިވާ، އަދި ވިއްކާފައިވާ މުދާކަން، އަދި އެމުދަލަކީ
އިބްރާހީމް ލަޠީފުގެ މުދާނޫންކަން ޘާބިތުކޮށްދިނުމުގެ ގޮތުން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ލިޔެކިޔުން ހުށަހަޅާފައިވާތީ އަދި އިބްރާހީމް ލަޠީފްއާއި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު އެއްވެސް އެއްބަސްވުމެއް ވެފައިވާކަން އެނގެން ނެތަތީ،
މަދަނީ މިންގަނޑުތަކަށް ރިޢާޔަތްކުރާއިރު، ދަޢުވާގައި ލިބިދިނުމަށްއެދި
ހުށަހަޅާފައިވާ -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އިބްރާހީމް ލަތީފަށް ނަގައިދެވެން
ނެތްކަމުގައި ކަނޑައަޅައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން
24
އޮންނަކަމެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2010/MC/1121 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިބްރާހީމް ލަޠީފްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މއ. ޑޯން ޝައިން އިބްރާހިމް މުއިއްޒު އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް ގަތް މުދަލެއް ގަތުމަށް އިބްރާހީމް ލަޠީފް އަތުން -/200,000 (ދެލައްކަ) ރުފިޔާ
އަތުލައިފައިވާ ހިނދު އަދި މިފައިސާ އަތުލީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އިބްރާހިމް
މުޢިއްޒު ގަނެދިން މުދާ ގަތުމަށްކަމަށް އިބްރާހިމް މުޢިއްޒު އިއުތިރާފްވުމުގެ އިތުރުން އިބްރާހީމް
ލަޠީފްއާއި، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ނަބީލްގެ ގާތު ބުނެ، މިކަން
އިބްރާހީމް ލަޠީފްގެ ހާޟިރުގައި ތިންފަރާތުންވެސް އެއްބަސްވެ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އިން އިބްރާހީމް ލަޠީފްގެ ފައިސާގެ ބަދަލުގައި ދީފައިވާ ޗެކް ބައުންސް
ންސްވުމުގެ ސަބަބުން ފައިސާ
ނުލިބިގެން އިބްރާހީމް ލަޠީފް އެފަރާތުގައި (އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ކުރި ޝަކުވާއަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:133071
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 35 23
2{11/HC-A/1?
4 ޤަޟިއްޔާ ނިމުނު
می هرکی
ދެވެ
ގުޅިގެން މިފައިސާ ނުދިނުމަށް ހަޤީޤަތާއި ޚިލާފު ޙުއްޖަތް ދައްކައި އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް އިން ހުށަހެޅި މިމައްސަލަ ބެއްލެވިއިރު އެބުނާ މުދަލެއް ގަތުމަށް އިބްރާހީމް ލަޠީފް އަތުން
ފައިސާ އަތުލިކަމަށް ކަނޑައެޅިގެން ފައިސާ އަތުލި ފަރާތް ވެފައިވާ އިއުތިރާފަށް އެއްވެސް ބެލުމެއްނެތި
އަދި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންވެސް އެމުދަލެއް ލިބިގަތުމުގައި އެމުދާ ގަތުމަށް ފައިސާ
ޚަރަދު ކުރިފަރާތަކީ ސީދާ އިބްރާހީމް ލަޠީފް ކަމަށް ޤަބޫލުކޮށް އިބްރާހީމް ލަޠީފްއަށް ދީފައިވާ ޗެކްތަކަކުން
ބައެއް ޗެކްތަކަށް ފައިސާ ނުލިބިގެން އެފައިސާ ހޯދުމަށް އެދުމުން މިފައިސާ ނުދިނުމަށް ދެއްކި ހުއްޖަތުގެ
ތެރެއިން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހުށަހެޅި މައްސަލައެއްކަން އެނގެން ހުރި ސާބިތު
ހެކިތައް ހުރިއިރުވެސް ސިވިލް ކޯޓުން މިކަމަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
9
• ދެވަނަ ނުކުތާއަކީ، އިބްރާހީމް ލަޠީފްއާއި، މުދާގަނެ އެން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރި އިބްރާހިމް މުޢިއްޒު އާއި، އަދި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
މެނޭޖިންގ ޑިރެކްޓަރ ނަބީލް އާއި ތިންމީހުންގެ އެއްހާޟިރުގައި މިމުދާ ގަތުމަށް ޚަރަދު ކުރެވުނު
ފައިސާއަކީ އިބްރާހީމް ލަޠީފްގެ ފައިސާކަމަށް މުދާގަނެ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ
ހަވާލުކުރި ފަރާތުން ބުނި ބުނުން ޤަބޫލުކޮށް އިބްރާހީމް ލަޠީފްއަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން ދީފައިވާ ޗެކްތަކަކީ އިބްރާހީމް ލަޠީފްގެ ބޮޑު ޙައްޤެއް ގެއްލިފައިވާ ގެއްލުންކަމަށް
ތިންފަރާތުގެ ވާހަކަ ތަކުންނާއި، ޝަރީއަތަށް ހުށަހެޅިފައިވާ ބަޔާންތަކުން އެނގެން ހުރިއިރު މިކަމަށް
އެވެސް މިންވަރަކަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1051 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އިބްރާހީމް ލަޠީފްގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ
އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2010/MC/1151 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔެކިޔުންތަކަށާއި،
މިމައްސަލައާ ގުޅިގެން، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ރާއްޖޭގެ
ދާއިV
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1341471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ
ނިމުނު
މީ =
کی عمری
, 2
=32
2{011/HC-A/11
OX
2
20 8
ވާހަކަތަކަށް ބަލާއިރު، ހ. ޑޯންޝައިން އިބްރާހީމް މުޢިއްޒު ކިޔާ މީހަކާއި އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައި 800 (އަށްސަތޭކަ) ކޭސް މިކްސްޑް
ވެޖިޓަބަލްސްއާއި 800 (އަށްސަތޭކަ) ކޭސް ބޭކްޑް
ބީންސް، އިބްރާހީމް މުޢިއްޒު އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްދީފައިވާކަމާއި، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް
މުޢިއްޒު ސަޕްލައިކޮށްދީފައިވާ، އިސްވެދެންނެވިފައިވާ ތަކެތި ދިވެހިރާއްޖެ އެތެރެކޮށްފައިވަނީ
އއ.ރަސްދޫހިތިގަސްދޮށުގެ، މުޙައްމަދު ނިޒާމްކަމަށް ވީނަމަވެސް، އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް އެތަކެތި ސަޕްލައިކޮށްދީފައިވަނީ، އެކުންފުންޏާއި އިބްރާހީމް މުޢިއްޒުއާ ދެމެދު ކުރެވިފައިވާ
ވިޔަފާރީގެ މުޢާމަލާތެއްގެ ތެރެއިންކަމާއި، މިދެންނެވި ވިޔަފާރީގެ މުޢާމަލާތުގައި އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް މުޢިއްޒުގެ އިތުރުން އެހެން އެއްވެސް މީހަކު ބައިވެރިވެފައި
ނުވާކަންއެނގޭކަމާއި،
އެހެންކަމުން، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް މުޢިއްޒުއާ ދެމެދު
ހިނގާފައިވާ، އިސްވެދެންނެވިފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ދަށުން އިބްރާހިމް މުޢިއްޒު އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްފައިވާ ތަކެތީގެ އަގު އަދާކުރުމުގެ ގޮތުން އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ އެކުންފުނިން ދައްކަންޖެހޭނީ އިބްރާހީމް
މުޢިއްޒުއަށްކަމެވެ.
(ނ) ދެވަނަ ކަމަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް މުޢިއްޒުއް
ދެމެދު ހިނގާފައިވާ، އިސްވެދެންނެވިފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ދަށުން އިބްރާހިމް މުޢިއްޒު އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްފައިވާ ތަކެތީގެ އަގެއްގެ ގޮތުގައި އެކުންފުނިން
ދައްކަންޖެހެނީ ޖުމްލަ -/400,000 (ހަތަރު ލައްކަ) ރުފިޔާކަމާއި، މި އަގުގެ ތެރެއިން ޖުމްލަ
-/50,000 (ފަންސާސް ހާސް) ރުފިޔާ، މިފައިސާ ލިބެންޖެހޭ އިބްރާޙިމް މުޢިއްޒުގެ އެދުމުގެމަތިން،
އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދެ ޗެކުން އައިލަންޑް ވޭވް ކިޔާ ތަނަކަށް އެކުންފުނީގެ
ފަރާތުން ދައްކާފައިވާކަމާއި، އަދި އެފައިސާ އައިލަންޑް ވޭވްއަށް ދައްކާފައިވަނިކޮށް، އެންޑޯ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް މުޢިއްޒުއާ ދެމެދު ހިނގާފައިވާ، އިސްވެދެންނެވިފައިވާ ވިޔަފާރީގެ
މުޢާމަލާތުގެ ދަށުން އިބްރާހިމް މުޢިއްޒު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްފައިވާ
ތަކެތީގެ އަގަށްވާ ފައިސާ އިބްރާހީމް ލަތީފަށް ދިނުމަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ކިބައިން އިބްރާހީމް މުޢިއްޒު އެދިފައިވާކަމާއި، އަދި އެއަށްފަހު، އިބްރާހީމް މުޢިއްޒުގެ އެދުމުގެ މަތިން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 131471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު
44 235 23
=32
2{11/HC-A/1?
ތަކެތީގެ އަގުގެތެރެއިން އެހާތަނަށް ނުދައްކާ ބާކީހުރި ފައިސާގެ ތެރެއިން -/200,000 (ދެލައްކަ)
ރުފިޔާގެ ޗެކެއް އިބްރާހީމް ލަތީފަށް އަދި، -/150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާގެ ޗެކެއް
އއ.ރަސްދޫހިތިގަސްދޮށުގެ، މުޙައްމަދު ނިޒާމަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން
ދޫކޮށްފައިވާކަމާއި،
އިސްވެދެންނެވުނު ދެ ޗެކުގެ ތެރެއިން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އިބްރާހީމް ލަތީފަށް ދޫކޮށްފައިވާ، އެކުންފުނީގެ ނަންބަރު 001
146107
7701
000457 ގެ
-/200,000 (ދެލައްކަ) ރުފިޔާގެ ޗެކަށް ފައިސާ ނަގަން ބޭންކް އޮފް މޯލްޑިވްސް އަށް ދިއުމުން، 28
މެއި 2009 ގައި އެޗެކު ބައުންސްވެފައިވާކަމާއި، ޗެކު ބައުންސްވުމާ ގުޅިގެން، އެފައިސާ 7 (ހަތެއް)
ދުވަހުގެ ތެރޭގައި ނުލިބިއްޖެނަމަ އެމައްސަލަ ޝަރީޢަތަށް ހުށަހަޅާނެކަމަށް ބަޔާންކޮށް 27 ޖެނުއަރީ
2010 ގެ ތާރީޚުގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް ލަޠީފު ސިޓީއެއް
ފޮނުވާފައިވާކަމާއި، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެސިޓީ ލިބުމާގުޅިގެން، އެކުންފުނީގެ
ބައުންސްވެފައިވާ، އިސްވެދެންނެވިފައިވާ ޗެކުގައި ހިމެނޭ -!200,000 (ދެލައްކަ) ރުފިޔާގެ ތެރެއިން
-/50,000 (ފަންސާސް ހާސް) ރުފިޔާ، އެކުންފުނީގެ ދެޗަކުން އިބްރާހީމް ލަތީފަށް ލިބިދީފައިވާކަމާއި،
ނަމަވެސް އެއަށްފަހު، އިބްރާހިމް ލަތީފްގެ އަތުން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ
އެއްވެސް މުދަލެއް ނޯންނާނެކަމަށް ބުނެ އެކުންފުނީގެ ބައުންސްވެފައިވާ، އިސްވެދެންނެވިފައިވާ ޗެކުގައި
ހިމެނޭ -/200,000 (ދެލައްކަ) ރުފިޔާގެ ތެރެއިން އިބްރާހިމް ލަތީފްއަށް އެހާތަނަށް ނުދީ ބާކީ އޮތް
(އެއްލައްކަ ފަންސާސްހާސް) ރުފިޔާ އިބްރާހިމް ލަޠީފްއަށް ދިނުމަށް
އިންކާރުކޮށްފައިވާކަމާއި، އަދި އިބްރާހީމް ލަތީފަށް އެކުންފުނިން ދީފައިވާ، އިސްވެދެންނެވިފައިވާ
-/50,000 (ފަންސާސް ހާސް) ރުފިޔާ އަނބުރާ ހޯދުމަށް އެކުންފުނިން ދަޢުވާކޮށްފައިވާކަން އެނގެން
މެވެ.
02
150,000/-
xތ ދ ތ * 4
އޮންނަ ކު9
(ނ) ތިންވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފުކުރެވިފައިމިވާ
މައްސަލައިގައި ހިމެނޭ ވަޔަފާރީގެ މުޢާމަލާތަކީ، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް
މުޢިއްޒުއާ ދެމެދު ހިނގާފައިވާ ވިޔަފާރީގެ މުޢާމަލާތެއްކަމާއި، އެހެންކަމުން އެމުޢާމަލާތުގެ ދަށުން
އިބްރާހިމް މުޢިއްޒު އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްފައިވާ ތަކެތީގެ އަގު
އަދާކުރުމުގެ ގޮތުން އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ އެކުންފުނިން
ދައްކަންޖެހޭނީ އިބްރާހީމް މުޢިއްޒުއަށް ކަމާއި، އަދި އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [13951/147
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/1?
7 ޤަޟިއްޔާ ނިމުނު
کی عمری
ދެވެ
ލަޠީފްއަށް ދޫކޮށްފައިވާ، އިސްވެދެންނެވިފައިވާ -/200,000 (ދެލައްކަ) ރުފިޔާގެ ޗެކަކީ، އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް މުޢިއްޒުއާ ދެމެދު ހިނގާފައިވާ އިސްވެދެންނެވިފައި
ވިޔަފާރީގެ މުޢާމަލާތާ ގުޅިގެން އެކުންފުނިން އިބްރާހިމް މުޢިއްޒުއަށް ދޭންޖެހޭ -/400,000 (ހަތަރު
ލައްކަ) ރުފިޔާގެ ތެރެއިން، އިބްރާހިމް މުޢިއްޒުގެ އެދުމުގެމަތިން އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އިބްރާހިމް ލަޠީފްއަށް ދޫކޮށްފައިވާ ޗެކެއްކަމާއި، އެޗެކުގައިވާ ފައިސާއަކީ އެޑޯން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން އިބްރާހިމް ލަތީފްއާއެކު ކޮށްފައިވާ ވިޔާފާރީގެ މުޢާމަލާތެއްގެ މުޤާބިލުގައި ދީފައިވާ
ފައިސާއެއް ނޫންކަމާއި، އެހެންނަމަވެސް އެފައިސާއަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އިބްރާހިމް މުޢިއްޒުއަށް ދޭންޖެހޭ ފައިސާއެއްގެ ތެރެއިން އިބްރާހިމް މުޢިއްޒުގެ އެދުމުގެމަތިން އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ލަތީފަށް ދޭން އެއްބަސްވެފައިވާ ފައިސާއެއްކަމާއި، އަދި
އެފައިސާގެ ތެރެއިން ބައެއް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހިމް ލަތީފަށް
ދީފައިވާކަންވެސް އެނގޭކަމާއި،
އެހެންކަމުން، އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ލަޠީފްއަށް
ދޫކޮށްފައިވާ، އިސްވެދެންނެވިފައިވާ -/200,000 (ދެލައްކަ) ރުފިޔާގެ ޗެކުގައި ހިމެނޭ ފައިސާއަކީ
އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހިމް ލަޠީފްއާއެކު ކޮށްފައިވާ ވިޔާފާރީގެ މުޢާމަލާތެއްގެ
މުޤާބިލުގައި ދީފައިވާ ފައިސާއެއް ނޫންކަމުގައިވީނަމަވެސް، އަދި އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގެ
މަދަނީ ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ފަދައިން، ޙާދިޘާ ޘާބިތުވުމެއްނެތި،
ޗެކެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ދަޢުވާއެއް އުފުލޭ ކަމަކަށް ނުވިނަމަވެސް، އަދި ޗެކަކީ އޭގެ
ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ ހެއްކެއް ނޫންކަމުގައިވީނަމަވެސް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެޗެކަކީ އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
އިބްރާހިމް މުޢިއްޒުއާ ދެމެދު ހިނގާފައިވާ، އިސްވެދެންނެވިފައިވާ ވިޔަފާރި މުޢާމަލާތުގެ މުޤާބިލުގައި
އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިބްރާހިމް މުޢިއްޒުއަށް ދޭންޖެހޭ ފައިސާގެ ތެރެއިން،
އިބްރާހިމް މުޢިއްޒުގެ އެދުމުގެމަތިން އިބްރާހީމް ލަޠީފްއަށް ދިނުމަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އެއްބަސްވެފައިވާ ފައިސާއެއް ހިމެނޭ ޗެކަކަށް ވުމާއެކު، އެޗެކުގައިވާ ފައިސާއަކީ އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ލަތީފަށް ލިބިދޭންޖެހޭނެ ފައިސާއެއްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2010/MC/1151 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316471 +
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2{11/HC-A/1?
ޤަޟިއްޔާ ނިމުނު ގޮތުގެ
• ޙުކުމް
(4ހދ
ނަކުV
ހދ ޏ 7
72
24 2
ދެންފަހެ، އިސްވެފާހަގަކުރެވުނު ތާތަކުގައި ރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1151 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ބަދަލުގެންނަޖެހޭ ޙުކުމެއްކަމަށް މިމައްސަލަބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1151
ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް،
އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިބްރާހިމް މުޢިއްޒުއާ ދެމެދު
ހިނގާފައިވާ، އިސްވެދެންނެވިފައިވާ ވިޔަފާރި މުޢާމަލާތުގެ މުޤާބިލުގައި އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އިބްރާހިމް މުޢިއްޒުއަށް ދޭންޖެހޭ ފައިސާގެ ތެރެއިން، އިބްރާހިމް މުޢިއްޒުގެ އެދުމުގެމަތިން
އިބްރާހީމް ލަތީފްއަށް ދިނުމަށް އެޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެ، އިބްރާހީމް
ލަޠީފްއަށް ދޫކޮށްފައިވާ އެޑޯން މޯލްޑިވްސް
ނަންބަރު
001
146107
7701
000457 ޗެކުގައިވާ ފައިސާގެ ތެރެއިން އެޑޯން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން އިބްރާހީމް ލަތީފަށް މީހާތަނަށް ލިބިދީފައިނުވާ -!150,000 (އެއްލައްކަ ފަންސާސްހާސް)
ރުފިޔާ، މިއަދު 27 މާޗް 2012 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެޑޯން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 165
/
2001-C) އިން އިބްރާހިމް ލަޠީފް،
ސަނދުރަވި މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A000111) އަށް ދައްކާ
ޚަލާސްކުރުމަށް އަންގައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤައްޔާ ބަލާ ޙުކުމްކުރީ.
ޢައްބާސް ޝަރީފް
އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
(ފަނޑިޔާރު)
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv