ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/76 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/76
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 76/HC-A/2010
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މަރްޔަމް އަޙްމަދު
ދާއިމީ އެޑްރެސް: ފ. ކުޅުދުއްފުށީގެ ދެކުނުބައި
* އައި.ޑީ.ކާޑު ނަންބަރު: A155963
* މިހާރުގެ އެޑްރެސް: ފ. ކުޅުދުއްފުށީގެ ދެކުނުބައި
ވަކީލް މޒ. ޢަލީ އިބްރާހީމް މަނިކު ހ. ކަފުރުތޮޅިގެ
.
0
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަލީ ޝާކިރު
ދާއިމީ އެޑްރެސް: ހ. ކުޅުދުއްފުށީގެ ދެކުނުބައި
* އައި.ޑީ.ކާޑު ނަންބަރު: A068887
މިހާރުގެ އެޑްރެސް:
ކުޅުދުއްފުށީގެ ދެކުނުބައި
ވަކީލް: އޏ. އަޙްމަދު ޒަނީން އާދަމް| ހ. ވެއްޕިލާގެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ރަބީޢުލްއާޚިރު 1431
08 އޭޕްރިލް 2010
ނިމުނު ތާރީޚް: 15 ޝައްވާލު 1434
22 އޯގަސްޓް 2013
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1639
• ނިންމިކޯޓު: މަދަނީކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 08 ޖުލައި 2009
ނިމުނު ތާރީޚް:
11 ފެބްރުއަރީ 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2010/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ހ. ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހ. ކުޅުދުއްފުށީގެ ދެކުނުބައި ޢަލީ ޝާކިރުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
e eހ4
1. މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ކުޅުދުއްފުށީގެ ދެކުނުބައި ޢަލީ ޝާކިރު އަތުން
އަނބުރާ ދައްކާގޮތަށް ހ. ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދު ނަގާފައިވާ -/
185,000ރ. (އެއްލައްކަ
އަށްޑިހަ ފަސްހާސް ރުފިޔާ) އެއްބަސްވެފައިވާ ތާރީޚާއި ހަމައަށް ދައްކާފައިނުވާތީ މިފައިސާ ހޯދުމަށްއެދި،
މަރްޔަމް އަޙްމަދަށް ދަޢުވާ ރައްދުވާގޮތަށް ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން
އެނގެންއޮވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2010/HC-A/76
"1639}MC/2009
.
3. މިޤަޟިއްޔާއާ ގުޅިގެން މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ،
ދ.ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދުގެ މައްޗަށް ކުޅުދުއްފުށީގެ ދެކުނުބައި ޢަލީ ޝާކިރު
ކޮށްފައިވާ މިދަޢުވާއަށް ބަލާއިރު، އަނބުރާ ދައްކާގޮތަށް ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދީފައިވާކަމަށް
ދަޢުވާކުރާ ފަރާތުން ބުނާ -/
185,000ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) އާއި މެދު ދަޢުވާލިބޭ
ފަރާތުން އިންކާރު ކުރިނަމަވެސް، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އެފައިސާ ދީފައިވާކަމަށާއި،
މިދެފަރާތްދެމެދު އެކަމާއިގުޅޭގޮތުން ވެފައިވާކަމަށްބުނެ ޝަރީއަތަށް ހުށަހެޅިފައިވާ އެއްބަސްވުމަކީ ޞައްޙަ
އެކަމަށް ދެހެކިންގެ ހެކިބަސް ލިބިފައިވާތީ އާއި، މިފައިސާއަކީ ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ
ފަރާތަށް ދިނުމަށްފަހު އަނބުރާ ލިބިފައިނުވާ ފައިސާއެއްކަމަށް ބުނެ ދަޢުވާކުރާ ޢަލީ ޝާކިރު ޝަރީޢަތުގެ
މަޖިލީހުގައި ހުވާކޮށްފައިވާތީ، މިފައިސާއަކީ ދަޢުވާލިބޭ މަރްޔަމް އަޙްމަދު، ދަޢުވާކުރާ ޢަލީ ޝާކިރަށް
ދައްކަންޖެހި ނުދައްކައިވާ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ އެފަރާތަށް ލިބިދިނުމަށްޓަކައި
މިއަދުންފެށިގެން 08 (އަށެއް) މަސްދުވަހުގެތެރޭ ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށްޖެހޭ މިންވަރު
މަދަނީކޯޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު މަރްޔަމް އަޙްމަދަށް އަންގާ ޙުކުމްކޮށްފިމެވެ"
މިހެންނެވެ.
ތިތަ 50/2 ސް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޒ 2
2
4
2
2
4 އދ
އެއްބަސްވަމެއެވެ
22 ހއ
އއ 3ނށް
އުޞޫލުތަކާ
4. މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދުގެ ފަރާތުން 10
(ދިހައެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/76
ފުރަތަމަ ނުކުތާއަކީ: ޢަލީ ޝާކިރުއާއި މަރްޔަމް އަޙްމަދާދެމެދު ވެފައިވާކަމަށްބުނެ ޝަރީޢަތަށް
ހުށަހެޅިފައިވާ އެއްބަސްވުމަކީ، ހެކިންގެ ގޮތުގައި ޖަހާފައިވާ ހދ. ކުޅުދުއްފުށި ބޮޑުދުބުރިގެ ޢަބްދުލްޤްދިރު
ޢަލީ އާއި، މ. ގަލަގިލި މުޙައްމަދު ޒަހީން އާ ދެމީހުންކުރެ އެއްވެސް މީހަކު ސޮއިކޮށްފައިވާ އެއްބަސްވުމަކަށް
ނުވާއިރު، ދެމީހުންގެ ހެކިބަހުގައި ތަޢާރަޝްތަކެއް ހުރިއިރުވެސް، އެ އެއްބަސްވުމަ
އެއްބަސްވުމެއްކަމަށް ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެ
މިކ
ޞައްޙަ
CCC). O
އަޙްމަދާއި
ދެވަނަ ނުކުތާއަކީ: ޢަލީ ޝާކިރާއި މަރްޔަމް އަޙްމަދާދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ ޢަލީ
ޝާކިރު ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުމުގައި ހެކިންގެ ގޮތުގައި ޖަހާފައިވާ ދެމީހުންގެ ތެރެއިން
ހދ. ކުޅުދުއްފުށި ބޮނޑުދުބުރިގެ ޢަބްދުއްޤާދިރު ޢަލީ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު،
އެހެކިބަހުގައި 3 (ތިނެއް) ކަމެއް ފާހަގަކުރެވޭކަމަށް ބުނެ އެކަންކަން ފާހަގަކޮށް ހުށަހެޅި ނުކުތާއެވެ.
ފުރަތަމަ ކަމަކީ، އެހެކިބަހުގައި "މިއެއްބަސްވުން ހެދުނީ ޢަލީ ޝާކިރުގެ ކާފައާއި މަރްޔަމް
ދެމެދުވެވުނު އެއްބަސްވުމެކެވެ." މިގޮތަށް ބުނުމުން، އެބުނާ އެއްބަސްވުމަކީ ޢަލީ ޝާކިރާއި މަރްޔަމް
އަޙްމަދާ ދެމެދު ވެވިފައިވާ އެއްބަސްވުމަކަށް ނުވާކަމަށާއި، އެ އެއްބަސްވުމެއް އެއްބަސްވިކަމަށް އެވަނީ ޢަލީ
ޝާކިރުގެ ކާފައާ މަރްޔަމް އަޙްމަދާ ދެމެދުގައިކަމުގައި ވީނަމަވެސް މިނުކުތާއަށްވެސް ރިޢާޔަތްކުރުމެއްނެތި
އެހެކިބަސް ޞައްޙަކަމަށް ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ފާހަގަކުރި ފާހަގަކުރުމެވެ.
ދެވަނަ ކަމަކީ، އެހެކިބަހުގައި "އަދި އެއްބަސްވުމުގައި އަޅުގަނޑު ސޮއިކޮށްފައިވާނެއެވެ."
ބުނެފައިވާއިރު، އެބުނާ އެއްބަސްވުމެއްގައި ޢަބްދުއްޤާދިރު ޢަލީ ސޮއިކޮށްފައި ނުވާކަމަށާއި، އަދި އެއީ
ހެދި ބޮޑު ދޮގެއްކަމުގައި ވާއިރުވެސް، އެފަދަ ބޮޑު ދޮގުވެރިއެއްގެ ބަސް އެއީ ޞައްޙަ ހެކިބަހެއްކަމުގައި
ބައްލަވާފައިވާކަމަށްބުނެ ފާހަގަކުރި ފާހަގަކުރުމުވެ.
ތިންވަނަ ކަމަކީ، އެހެކިބަހުގައި "އަޅުގަނޑާއި ޢަލީ ޝާކިރާއި، މާމައާއި، ކާފައާއި، މަރްޔަމް
އަޙްމަދާއި އަދި ހެއްކެއްގެ ގޮތުގައި އަޅުގަނޑުގެ އިތުރުން ސޮއިކޮށްފައި ވަނީ ޒަހީން ކިޔާ ބޭފުޅެކެ
44
އަނި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/7
މިދިފައިން ބުނެފައިވުމުން، އެއެއްބަސްވުމުގައި 6 (ހައެއް) މީހެއްގެ ސޮއި އޮންނަންޖެހުނު ނަމަވެސް،
އޭގައިވަނީ 2 (ދޭއް) ސޮއިކަމުން މީނާގެ ބަހަކީ ދޮގު ބަހެއްކަން އެނގޭކަމާއި، ނަމަވެސް މިފަދަ މީހެއްގެ
ހެކިބަސް އެއީ ޞައްޙަ ހެކިބަހެއްކަމުގައި ޝަރީޢަތުން ބައްލަވާފައިވާކަމަށްބުނެ ފާހަގަކުރި ފާހަގަކުރުމެވެ.
ތިންވަނަ ނުކުތާއަކީ: ޢަލީ ޝާކިރާއި މަރްޔަމް އަޙްމަދާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ
ޢަލީ ޝާކިރު ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުމުގައި ހެކިންގެ ގޮތުގައި ޖަހާފައިވާ ދެމީހުންގެ
ތެރެއިން ލ. ގަލަގިލި މުޙައްމަދު ޒަހީން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު އެހެކިބަހުގައި،
"މިއެއްބަސްވުމުގައި އަޅުގަނޑު ސޮއިކޮށްފައިނުވާނެއެވެ. ހަމައެކަނި ހެއްކެއްގެ ގޮތުގައި އިނީއެވެ.
ނަމަވެސް އެއްބަސްވުމުގައި ލިޔެފައިވާ ލިޔުމެއް އަޅުގަނޑު ނުދެކެމެވެ." މިގޮތަށް ބުނެފައި އޮތުމުން
ޢަބްދުލްޤާދިރު ޢަލީ ދީފައިވާ ހެކިބަހާ މުޙައްމަދު ޒަހީންގެ ހެކިބަހާ ތަފާތެއް ވާކަމާއި، އަދި މިހެކިބަހުގައި
ލިޔެފައިވާ ލިޔުމެއް މުޙައްމަދު ޒަހީނަށް ނުފެންނަކަމަށް ބުނި ނަމަވެސް، ހަމަ އެބަޔާނުގައި ކުރިން
"މިއެއްބަސްވުމުގައިވާ ފައިސާގެ އަދަދަކީ -/185,000ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) އެވެ."
މިދައިން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ނުދެކޭ ލިޔުމެއްގައި އޮތް ފައިސާގެ ޢަދަދެއް މުޙައްމަދު ޒަހީނަށް
އެހާ ރަނގަޅަށް ދެ އަހަރާ އެތަށް މަހެއްފަހުންވެސް ބުނެލަން އެނގުމަކީ ޙައިރާންވާންޖެހޭކަމެއްކަމަށާއި،
ނަމަވެސް މިކަމަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި،
އަދި ހަމައެހެންމެ، މުޙަމަދު ޒަހީން ނުދެކޭ ލިޔުމުގައި، "އަދި މިފައިސާ ދެއްކުމުގެ މުއްދަތެއްކަމަށް
އޮންނާނީ 02 (ދޭއް) އަހަރާއި އެއްމަސްދުވަހެވެ. އަދި އޭގެ އިތުރުން މި ފައިސާ ނުދައްކައިފި ނަމަ ނުދައްކާދާ
ކޮންމެ ދުވަހަކަށް -/500ރ. (ފަސްސަތޭކަފަރިޔާ) ގެ ޖޫރިމަނާއެއް ދައްކަންވެސް އޮންނާނެއެވެ." މިގޮތަށް
އޮތްކަން އެނގުނުކަންވެސް އެއީ ކުޑަ އަޖާއިބެއް ނޫންކަމަށާއި ނަމަވެސް އެހެކިބަހަކީވެސް ޞައްޙަ
ހެކިބަހެއްކަމުގައި ނިންމަވާފައިއެވަނީ އެއްވެސް ވަރަކަށް މިކަންކަމަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބުނެ ހުށަހެޅި
4
ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/76
9 ގއ ގދ ޏ ސ ޑ ވ 82
مامور سرسرا
ފެންނަ
ހަތަރުވަނަ ނުކުތާއަކީ: ޝަރީޢަތުގެ ފަރާތުން ހެކިންނާ
ސުވާލުކުރެއްވުމެއްނެތި ހެކިންގެ ހެކިބަސް ނަންގަވާފައިވާކަމަށް ބުނެ ހުށަހެޅި
2 493
ކeއވާ
ފަސްވަނަ ނުކުތާއަކީ: މަރްޔަމް އަޙްމަދުގެ ފަރާތުން ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތުނުދެއްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ހއ ހދ
ހަވަނަ ނުކުތާއަކީ: އެއެއްބަސްވުމުގައި މަރްޔަމް އަޙްމަދު ސޮއިކޮށްފައިނުވާނެކަމަށާއި އޭގައި އެވާ
ސޮޔަކީ މަރްޔަމް އަޙްމަދުގެ ސޮއި ނޫންކަމަށް ދެންނެވުމުން ޝަރީޢަތުގެ ފަރާތުން މަރްޔަމް އަޙްމަދުގެ ސޮއި
އެތަށް ފަހަރަކު
ފޮރެންސިކް ޓެސްޓް ހެދުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް
ފޮނުއްވާނެކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވިނަމަވެސް މައްސަލަ ނިމުނުއިރު ސޮއި ސާބިތުކުރުމަށްޓަކައި
އެއްވެސް ޓެސްޓެއް ހައްދަވާފައިވާކަން އެނގެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
55
ހަތްވަނަ ނުކުތާއަކީ: މިމައްސަލާގައި އެބުނާ ފައިސާއަކީ ޢަލީ ޝާކިރު އަތުން މަރްޔަމް އަޙްމަދު
ނަގާފައިވާ ފައިސާއެއްކަމަށް ނުވުމާއި، އަދި ހުށަހަޅާފައި އެވާ ހެކިންނަކީ ދުވަހަކު މަރްޔަމް އަޙްމަދު ދެކެފައިވާ
ބަޔަކަށްވެސް ނުވުމާއެކު، މިއީ ދަޢުވާލިބޭ ފަރާތަށް ހުވާއަރާ މައްސަލައަކަށްވާތީ މައްސަލާގައި ހުވާކުރަން
މަރްޔަމް އަޙްމަދު ހުރުމާއެކު، މަރްޔަމް އަޙްމަދަށް ހުވާދިނުމަށް އެދިފައިވަނިކޮށް މަރްޔަމް އަޙްމަދަށް ހުވާ
ނުދެއްވައި އަލީ ޝާކިރު ލައްވައި ހުވާކުރުވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
4 2 493
ނށ ބއ.
އަށްވަނަ ނުކުތާއަކީ: ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގައި، އިސްވެ ދަންނަވާފައިވާ
ދެހެކިން ދީފައިވާ
ހެކިބަހަށް ބަލާއިރު، އެ
އެއްބަސްވުމަކީ
ޞައްޙަ
އެއްބަސްވުމެއްކަމަށް
ބުނެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
t
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/76
ހެކިބަސްދީފައިވާކަން ފާހަގަކުރެއްވި ފާހަގަކުރެއްވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް
ފާހަގަކުރައްވާފައިވާ ފާހަގަކުރެއްވުމެއްކަމަށް ބުނެ ހުށަހެޅި 4
22
2 ޑޑ
ނުކުތާއެވެ.
ނުވަވަނަ ނުކުތާއަކީ: ފާހަގަކުރެވުނު ނުކުތާތަކުގެ 05 ވަނަ ނަންބަރުގައި، "ދަޢުވާލިބޭ ފަރާތުން
ދަޢުވާކުރާ ފަރާތުގެ އަތުން -/
185,000ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ނަގާފައިވާކަމަށް
ދެހެކީންގެ ހެކިބަސް ލިބިފައި ވާތީ، ދަޢުވާލިބޭ ފަރާތުން އެދިފައިވާގޮތަށް އެފަރާތަށް ހުވާދިނުމުގެ ބަދަލުގައި
އެފަރާތާއި އެއްކޮޅަށް ހެކިބަސް ލިބިފައިވާ ފަރާތަށް" މިގޮތަށް ފާހަގަކުރައްވައި ޢަލީ ޝާކިރަށް ހުވާ ދެއްވި
ދެއްވުމުގައި ޢަދުލުވެރިކަމެއް ނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިހަވަނަ ނުކުތާއަކީ: އަލީ ޝާކިރު މަދަނީ ކޯޓުގައި މަރްޔަމް އަޙްމަދުގެ މައްޗަށް ހުށަހަޅާފައިވާ
ދަޢުވާ ފޯމުގައި، މައްސަލާގައި ކަންހިގާފައިވާގޮތުގެ ތަފްޞީލުގައި، ވިޔަފާރިއެއް ހިންގުމަށްޓަކައި ޢަލީ ޝާކިރު
އަތުން އަނބުރާ ދައްކާގޮތަށް އެބުނާ ފައިސާ މަރްޔަމް އަޙްމަދު ނެގިކަމަށް ބުނެފައިވީނަމަވެސް، 02 ފެބްރުއަރީ
2010 ދުވަހު ޝަރީޢަތުގެ މަޖިލީހަށް ޢަލީ ޝާކިރު ހުށަހަޅާފައިވާ ބަޔާނުގެ 05 ވަނަ ނަންބަރުގައި، މަރްޔަމް
އަޙްމަދު ޢަލީ ޝާކިރު އަތުން އެބުނާ ފައިސާއެއް ނަގައިގެން ހުޅުދޫގައި ޒިންކޯ ނަމަކަށްކިޔާ ބޭކަރީއެއް
ތަރައްޤީކުރިކަމަށް ބުނެފައިވާކަށާއި، އަދި ޢަލީ ޝާކިރު ހުށަހަޅާފައިވާ ހެއްކެއްކަމަށްވާ މުޙައްމަދު ޒަހީން،
އޭނާގެ ހެކިބަހުގައި، އެއެއްބަސްވުން ހެދިފައިވަނީ އޭނާ ހަނދާންވާގޮތުން 02 ކޮޓަރީގެ އެޕާރޓްމަންޓަކާއި،
ފާރޮށިގެ ތަރައްޤީކުރުމަށްކަމަށް ބުނެފައިވާއިރު، މިދެންނެވުނު ފަދައިން ޢަލީ ޝާކިރުގެ ވާހަކައާއި މުޙައްމަދު
ޒަހީންގެ ވާހަކަހުރިއިރު، މިކަންކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/76
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިމިވާ، މަދަނީކޯޓުގެ
ނަންބަރު 2009/MC/1639 ޤަޟިއްޔާގައި ކުޅުދުއްފުށީގެ ދެކުނުބައި ޢަލީ ޝާކިރު ހުށަހަޅާފައިވާ
ދަޢުވާއަކީ، 2 އަހަރާ 1 މަސްދުވަހުގެ ތެރޭގައި ދައްކާގޮތަށް ހ. ކުޅުދުއްފުށީގެ ދެކުނުބައި މަރްޔަމް އަޙްމަދު
3 ޖޫން 2007 ގައި ޢަލީ ޝާކިރު އަތުން ނަގާފައިވާ -/185,000 ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް
ރުފިޔާ) އެއްބަސްވެފައިވާ ތާރީޚާއި ހަމައަށް ދައްކާފައިނުވާތީ މިފައިސާ ހޯދުމަށްއެދި ޢަލީ ޝާކިރުގެ ފަރާތުން
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮތްކަމާއި،
މަދަނީކޯޓަށް މިމައްސަލަ ހުށަހެޅުނު ދަޢުވާ ފޯމަށާއި، ޢަލީ ޝާކިރު ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، ޢަލީ ޝާކިރު ހޯދުމަށް ދަޢުވާކުރާ ފައިސާ މަރްޔަމް އަޙްމަދަށް ދިނީ ޢަލީ ޝާކިރުގެ
އަތުން ހެކީންގެ
ޙާޟިރުގައި ލިއުމެއް ލިޔެ ސޮއިކޮށްފައިކަމަށް ބުނެ، އެލިއުމާއި، އަދި އެލިޔުން ލިޔެ ސޮއިކުރިއިރު
އެޙާޟިރުގައި ތިބިކަމަށް ޢަލީ ޝާކިރު ބުނާ ދެފަރާތް ކަމުގައިވާ، ހދ. ކުޅުދުއްފުށި ބޮޑުދުބުރިގޭ
ޢަބްދުލް ޤާދިރު ޢަލީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A068890) އާއި، މާލެ/ މ. ގަލަގިލި
މުޙައްމަދު ޒަހީން (މ. ކަނދޮޅު)، (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A148797) ހެކިންގެ
ގޮތުގައި ހުށަހެޅި، އެދެ ފަރާތުގެ ހެކިބަސް ނެގިފައިވާކަމާއި،
ޢަލީ ޝާކިރުގެ މި ދަޢުވާއަށް ޖަވާބު ދިނުމުގެ ގޮތުން މަރްޔަމް އަޙްމަދު މަދަނީކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، ޢަލީ ޝާކިރަށް މަރްޔަމް އަޙްމަދު ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/76
ޢަލީ ޝާކިރު އަތުން މަރްޔަމް އަޙްމަދު -/185,000 ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ނެގި ކަމަށް
ބުނެ ޢަލީ ޝާކިރުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިވާ އެއްބަސްވުމުގައިވަނީ މަރްޔަމް އަޙްމަދުގެ ސޮއި
ންކަމަށް ބުނެފައިވާކަމާއި، އަދި ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅި ދެފަރާތުގެ ހެކިބަސް ދިމާނުވާކަމަށާއި،
މިފަދަ ކަމެއްގައި ކަމެއް ސާބިތުކުރުމަށްޓަކައި ނުވަތަ ނަފީ ކުރުމަށްޓަކައި ދޭ ހެކިބަސް އެއްގޮތްވުމަކީ
ހެކިބަސް ޞައްޙަ ވުމުގައި ބަލަންޖެހޭ އަސާސެއްކަމަށް މަރްޔަމް އަޙްމަދުގެ ފަރާތުން ބުނެފައިވާކަމެވެ.
(ނ) ދެވަނަ ކަމަކީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި އެރިޕޯޓުގައި ހިމެނިފައިވާ ބަޔާންތަކާއި ލިއުންތަކަށް ބަލާއިރު، ޢަލީ ޝާކިރު މަރްޔަމް
އަޙްމަދަށް ދިންކަމަށް ބުނާ ފައިސާ ދިނުމާއި، އަނބުރާ އެ ފައިސާ ދެއްކުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި
ވެފައިވާކަމަށް ބުނާ އެއްބަސްވުމެއް
ނެވުމެއް ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅިފައިވާކަމާއި، އަދި ހެކިންގެ ގޮތުގައި ޢަލީ
ޝާކިރު ހުށަހެޅި، ހދ. ކުޅުދުއްފުށި ބޮޑުދުބުރިގޭ ޢަބްދުލް ޤާދިރު ޢަލީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A068890) އާއި، މާލެ/ މ. ގަލަގިލި މުޙައްމަދު ޒަހީން (މ. ކަނދޮޅު)، (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A148797) ގެ ހެކިބަސް ނެގިފައިވާކަންވެސް އެނގޭކަމާއި،
އެ އެއްބަސްވުން ކަމަށް ބުނާ ލިއުމަށް ބަލާއިރު، އޭގައި ޢަލީ ޝާކިރުގެ ސޮއިގެ އިތުރުން، މަރްޔަމް
އަޙްމަދުގެ ސޮއިކަމަށް ބުނާ ސޮޔެއްވެސް އޮތްކަމާއި، ނަމަވެސް އެއެއްބަސްވުމުގައި މަރްޔަމް އަޙްމަދު
ސޮއިކޮށްފައިނުވާނެކަމަށާއި އޭގައި އެވާ ސޮޔަކީ މަރްޔަމް އަޙްމަދުގެ ސޮއި ނޫންކަމަށް މަރްޔަމް އަޙްމަދު
މަދަނީ ކޯޓާއި ހައިކޯޓުގައިވެސް ބުނެ ވާހަކަ ދައްކާފައިވުމުން، އެސޮޔަކީ މަރްޔަމް އަޙްމަދުގެ ސޮއިކަން ނުވަތަ
ނޫންކަން ކަށަވަރުކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އެސޮއި ބަލައި
ކަށަވަރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވިފައިވާކަމާއި، އަދި މަދަނީކޯޓުންވެސް އެސޮއި ކަށަވަރުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުއްވާފައިވާކަމާއި، ނަމަވެސް އެއީ މަރްޔަމް އަޙްމަދުގެ ސޮއިކަން ނުވަތަ
ނޫންކަން އެގޮތުގެ މަތީން
ވެފައިނުވާކަމާއި،
މީޑިޖޭގެ ހައިކޯ
ހަމަމިs ه2
ނފަރެކެޕީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2010/HC-A/76
އެއްޖެހި8
ނ
ހެކިންގެ ހެކިބަހަށާއި އެހެކިބަސްތަކާމެދު މަދަނީކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަލާއިރު، ޢަލީ
ޝާކިރުގެ އަތުން މަރްޔަމް އަޙްމަދު -/
185,000ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ނަގާފައިވާކަމަށް
ދެހެކިންގެ ހެކިބަސް ލިބިފައިވާކަމަށާއި،
އެހެންކަމުން ދަޢުވާކުރި
ޢަލީ ޝާކިރާ
ހެކިބަސްލިބިފައިވާކަން މަދަނީކޯޓުން ފާހަގަކުރައްވައި، ޢަލީ ޝާކިރަށް ހުވައި ދެއްވައި، ޢަލީ ޝާކިރު ހުށަހެޅި
ދަޢުވާ ސާބިތުވާކަމަށް ނިންމަވާފައިވާކަމާއި،
ނަމަވެސް ޢަލީ ޝާކިރު އެލިއުން ލިބުނީ އެދެހެކިންގެ ވެސް ޙާޟިރުގައިކަމުގައި ބުނެ ހުށަހެޅި
ދެހެކިންގެ ހެކިބަސް މަދަނީ ކޯޓުންނާއި އަދި މިކޯޓުން ނެގިފައިވާއިރު، އެދެމީހުންގެ ބަހުގައި އެލިއުމާއި، އަދި
އެހެކި ބަހަކީ ޞައްޙަ ހެކިބަހެއްކަމުގައި ޤަބޫލު ނުކުރެވޭފަދަ ބޮޑެތި ފުށުއެރުންތަކެއް ހުރިކަމާއި އަދި
އެލިއުމުގައި ފެންނަންހުރި އަސާސީ ބައެއްކަންކަމާއި، ޢަލީ ޝާކިރުގެ ބަހާވެސް ދިމާނުވާގޮތަށް ހެކިންގެ
ހެކިބަހުގައި ބުނެފައިވާކަން އެނގޭކަމާއި،
އެގޮތުން، ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅި ދެހެކިންކުރެ ހދ. ކުޅުދުއްފުށި ބޮޑުދުބުރިގޭ
ޢަބްދުލްޤާދިރު ޢަލީގެ ހެކިބަހަށް ބަލާއިރު، އެއެއްބަސްވުން ހެދުނީ ޢަލީ ޝާކިރުގެ ކާފައާއި މަރްޔަމް އަޙްމަދާ
ދެމެދުގައި ކަމަށާއި، އަދި އެއްބަސްވުމުގައި ސޮއިކޮށްފައިވާނެކަމަށް މަދަނީ ކޯޓުގައި ބުނެފައިވާއިރު، ދަޢުވާކުރި
ޢަލީ ޝާކިރު ބުނެފައިވަނީ ހޯދުމަށް ދަޢުވާކުރެވޭ ފައިސާ އޭނާގެ އަތުން ހޯދާފައިވަނީ އަދި
އެއްބަސްވުމެއްވެ ސޮއިކޮށްފައިވަނީ ޢަލީ ޝާކިރު އާއި މަރްޔަމް އަޙްމަދާ ދެމީހުންކަމަށްކަމުންނާއި އަދި
އެއެއްބަސްވުމުގައި ޢަބްދުލްޤާދިރު ޢަލީ ސޮއިކޮށްފައި ނެތުމުން، ޢަބްދުލްޤާދިރު އަލީގެ ބަސް، ދަޢުވާކުރި ޢަލީ
ޝާކިރުގެ ބަހާ ދިމާނުވާކަމާއި، އަދި ހައިކޯޓުގައި ޢަބްދުލްޤާދިރު ޢަލީ ދިން ހެކިބަސް ދަށު ކޯޓުގައި ހެކިބަސް
ދިނުމުގައި ދައްކާފައިވާ ވާހަކަތަކާ ފުށުއަރާކަން އެނގޭކަމާއި،
ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅި ދެހެކިންކުރެ މާލެ/ މ. ގަލަގިލި މުޙައްމަދު ޒަހީން (މ. ކަނދޮޅު)
ގެ ހެކިބަހަށް ބަލާއިރު، މިދަޢުވާގައި ބުނާ ފައިސާ ޢަލީ ޝާކިރު މަރްޔަމް އަޙްމަދަށް ދިނީ ހެކިންގެ
ޙާޟިރުގައި ލިއުމެއް ލިޔެ ސޮއިކޮށްފައި ކަމުގައި ޢަލީ ޝާކިރު ބުނެފައިވާއިރު، އެބުނާ އެއްބަސްވުމުގައި
ސީރިއާގެ ސައި
(22ކ8
އިހުهހ03ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/76
ލިޔެފައިވާ ލިއުމެއް ނުދެކޭކަމަށް ދަށުކޯޓުގައި މުޙައްމަދު ޒަހީން ބުނުމަށްފަހު، އެތަނުގައި ލިއުމެއް އޮތްކަމަށާއި
ނަމަވެސް އެލިއުން ލިއުނުތަނެއް ނުދެކޭކަމަށް ހައިކޯޓުގައި ބުނެފައިވާކަމާއި،
އެހެންކަމުން،
އެފުށުއެރުންތަކަށް ބަލާއިރު، އެދެމީހުންގެ ހެކިބަސް ޤަބޫލުނުކުރެވޭނެކަމާ
ބުލުނުކުރެވޭނެކަމާއި، އަދި
އެލިއުމަކީ ޞައްހަ ލިއުމެއްކަމުގައިވެސް ޤަބޫލުކުރެވޭނެ ލިއުމެއްނޫންކަން އެނގޭއިރު، ދަޢުވާކުރި ޢަލީ ޝާކިރާ
އެއްކޮޅަށް ހެކިބަސް ލިބިފައިވާކަމަށް މަދަނީކޯޓުން ނިންމަވައި ޢަލީ ޝާކިރަށް ހުވައި ދެއްވާފައިވަނީ ރަނގަޅަށް
ކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދަޢުވާ ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ކަމެއްކަމާއި، މާލީ
މުޢާމަލާތްތަކާގުޅޭ މައްސަލަތަކުގައި ދަޢުވާ ކުރާފަރާތަށް ހެކި ނުދެއްކިއްޖެނަމަ، އެދަޢުވާއެއް ސާބިތުނުވާނެ
ކަމާއި،
ވުމާއެކު، މިމައްސަލާގައި ދަޢުވާކުރި ޢަލީ ޝާކިރު ހެކި ހުށަހެޅިނަމަވެސް އެހެކިބަސްތަކާއި، ހެކި
ހުށަހެޅި ޢަލީ ޝާކިރުގެ ބަހުގައި ހުރި ފުށުއެރުންތަކާއި، އަދި ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅި ދެހެކިންގެ
ބަހުގައިވެސް އެކަކު އަނެކަކުގެ ހެކިބަސް ފުށުއަރާފައިވާތީއާއި އަދި އަލީ ޝާކިރުގެ ފަރާތުން ހުށަހެޅި
ލިއުމުގައިވާ ސޮޔަކީ މަރްޔަމް އަޙްމަދުގެ ސޮއިކަން ނުވަތަ ނޫންކަން ކަށަވަރުކުރެވިފައިނުވާތީއާއި، އަދި
އެލިއުމަކީ ޢަލީ ޝާކިރުގެ ދަޢުވާގައި ބުނި ފަދައިން، އެމުޢާމަލާތް ހިނގި މަޖިލީހުގައި ހެކިންގެ ޙާޟިރުގައި
ލިޔެފައިވާ ޞައްޙަ ލިއުމެއްކަމުގައި ބެލެވެން ނެތްއިރު، ދަޢުވާކުރި އަލީ ޝާކިރުގެ ބަހާއި އޭނާ ހުށަހެޅި
ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކަކީ އެދަޢުވާ ސާބިތުކުރުމަށް އޭގެ މައްޗަށް ބުރަވާންޖެހޭ އަސާސީ
ކަންކަމުގައި ހުރި ފުށުއެރުންތަކެއް
ތަކެއްކަމުން، ޢަލީ ޝާކިރުގެ ފަރާތުން ހުށަހެޅި ހެކި ޤަބޫލުކުރެވެންނެތުމުން،
ދަޢުވާކުރާފަރާތަށް ހެކި ދެއްކިފައިނުވާކަމަށް ބަލަންޖެހޭކަމެވެ.
އެހެންކަމުން، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
މަދަނީކޯޓުގެ ނަންބަރު 2009/MC/1639 ޤަޟިއްޔާގައި ދަޢުވާކުރި ޢަލީ ޝާކިރު ހުށަހެޅި ދަޢުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2013/HC-A/76
ސާބިތުވާކަމަށް މަދަނީކޯޓުން ނިންމަވާފައިވާ ނިންމެވުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ވާކަމަށާއި، އެހެންކަމުން އެ ނިންމެވުމަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.
2
2x އ ހ
އއ 003ކ
އެގޮތުގެ މަތިން
ދެމެނޭ،
ދެންފަހެ،
ބަޔާންކުރެވިދިޔަ ސަބަބުތައް
މަދަނީކޯޓުގެ ނަންބަރު
2009/MC/1639 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އަލީ ޝާކިރުގެ އަތުން މަރްޔަމް އަޙްމަދު
އަނބުރާ ދައްކާގޮތަށް -/185,000ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ) ނަގާފައިވާކަމަށް ބުނެ ޢަލީ
ޝާކިރުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުނުވާކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ޖެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv