ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/289 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/289
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 289/HC
-
A/2012
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޙުސައިން ޝަބީން ޙަސަން ދާއިމީ އެޑްރެސް: ރޯޝަނީގެ/ ސ. ހިތަދޫ
އައި.ޑީ.ކާޑު ނަންބަރު: A047266 މިހާރުގެ އެޑްރެސް: -
* ވަކީލް: އޖ.
ތ. އިބްރާހީމް ޝަފީޢު، ވާރޭވިލާ/ ސ. ހުޅުދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ މޒ. ޢަލީ އަޙްމަދު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ޛުލްޤަޢިދާ 1433 ނިމުނު ތާރީޚް: 25 ޛުލްޤަޢިދާ 1433
07 އޮކްޓޯބަރ 2012
11 އޮކްޓޯބަރ 2012
*
0
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012/8305(J
(
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
، ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުނު ތާރީޚް: 30 ސެޕްޓެމްބަރ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
22/HC-A/289
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8305(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށްއެދި
ހިތަދޫ ރޯޝަނީގެ، ޙުސައިން ޝަބީން ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
.--
ޙުސައިން ޝަބީން ޙަސަންގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
CO
.....
eއ
1. ޞ.
ހިތަދޫ ރޯޝަނީގެ، ޙުސައިން ޝަބީން ޙަސަންގެ ފަރާތުން އިސްތިއުނާފު ކޮށްފައިމިވާ
ކްރިމިނަލް ކޯޓުގެ ނަންބަރު
ނަންބަރު 2012/8305(J
(
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 079267/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން . ހިތަދޫ ރޯޝަނީގެ،
ޙުސައިން ޝަބީން ޙަސަން (ދ.ރ.ކާޑު ނަންބަރު A047266)، 2012 އޮކްޓޯބަރ 01 ވަނަ ދުވަހުން
ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، ޙުސައިން ޝަބީން ޙަސަންގެ ބަންދުގެ މުއްދަތު
އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8305(J(MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޙުސައިން ޝަބީން ޙަސަންގެ ފަރާތުން ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ، ފުރަތަމަ ފަހަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/289
އަމުރަށް ނުކިޔަމަންތެރިވި ކަމުގައި ބުނެ ބަންދުގައި ބެހެއްޓުމަށްފަހު ތަޙްޤީޤެއްނެތި ދޫކޮށްލުމަށްޓަކާ ނެރެފައި
އަނެއްކާ އެތެރެއަށް ވައްދައި ބަންދުކުރަނީ އެހެން މައްސަލައެއްގެ ތުހުމަތުގައިކަމަށްބުނެ ބަންދުގައި ބަހައްޓާ
އެމުއްދަތު ހަމަވުމުން އަނެއްކާވެސް 21 ސެޕްޓެމްބަރ 2012 ގައި 10 ދުވަހުގެ މުއްދަތު އިތުރުކޮށް
ޙައްޤަކާނުލާ ޙުސައިން ޝަބީން ޙަސަން ބަންދުކޮށްގެން ގެންގުޅޭ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8305(J(MD-145 ކޯޓު އަމުރު ޙުސައިން ޝަބީން
ޙަސަންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ
1-
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8305(J(MD-145 ކޯޓު އަމުރަކީ،
2012 ސެޕްޓެމްބަރު 11 ވަނަ ދުވަހުގެރޭ 01:42 ހާއިރު ކ. މާފުށީގައި ހުންނަ މާފުށި އިން
ގެސްޓްހައުސްގެ 104 ނަންބަރު ކޮޓަރީގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލާގައި
ހިތަދޫ ރޯޝަނީގެ، ޙުސައިން ޝަބީން ޙަސަންގެ މައްޗަށް ތުހުމަތުކުރެވިގެން، ތުހުމަތުކުރެވިފައިމިވާ
މައްސަލައިގެ ބާވަތުން ޙުސައިން ޝަބީން ޙަސަން ދޫކޮށްލައިފިނަމަ އެ މައްސަލައިގެ ހެކިބަސްދީފައިވާ
މީހުންނަށް ނުފޫޒުފޯރުވައި ހެކި ނައްތާލަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި، ޙުސައިން ޝަބީން
ޙަސަންގެ ފަރާތުން މިފަދަކަންކަން ތަކުރާރުވެ، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މުޖުތަމަޢުގައި
އޮންނަންޖެހޭ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެ، އެތައްބައެއްގެ ޙައްޤުތައް ގެއްލިގެން ހިނގައިދާނެކަމަށް
ފެންނާތީކަމަށް ބަޔާންކޮށް، 2012 އޮކްޓޯބަރު 01 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ޙުސައިން ޝަބީން ޙަސަން ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުން
އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 079267/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް
ފޯމް" އިން އެދުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޙުސައިން ޝަބީން
ދިވެހިއެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012HC-A/289
2012 އޮކްޓޯބަރު 01 ވަނަ ދުވަހުގެ 19:54 އިން ފެށިގެން 2012 އޮކްޓޯބަރު 16 ދުވަހުގެ 19:53 ގެ
ނިޔަލަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި
ޙުސައިން ޝަބީން ޙަސަން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ: މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
މައްދާއާއި
e3އ
(ދ) ތިންވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެޙާދިސާ ތަޙުޤީޤުކުރުމުގައި ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެތި
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/289
ސުޕްރީމް
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ޙުސައިން ޝަބީން ޙަސަން ބަންދުގައި ބެހެއްޓުމަށް އަމުރު
ނެރުއްވާފައިވަނީ، މާފުށީގައި ހުންނަ މާފުށި އިން ގެސްޓްހައުސްގެ 104 ނަންބަރު ކޮޓަރީގައި ބަޔަކު
ގަސްތުގައި އަލިފާން ރޯކޮށްލާފައިވާ، ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބެލެވޭ މައްސަލައެއްގެ ތުހުމަތުގައި
#
ކަމާއި،
ދދވ
އދުށް،
ޓެރަރިޒަމްގެ ކުށުގެ އެ ތުހުމަތުގައި ޙުސައިން ޝަބީން ޙަސަން ހައްޔަރުކުރެވިފައިވަނީ ކްރިމިނަލް
ކޯޓުގެ އަމުރެއްގެ ދަށުން 20 ސެޕްޓެންބަރު 2012 ގައި ކަމާއި، އެއަށްފަހު، އިސްތިއުނާފްކުރެވިފައިމިވާ ކޯޓު
އަމުރުގައި ބަޔާންކުރައްވާފައިވާ ސަބަބުކަމުގައިވާ، މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ޙުސައިން
ޝަބީން ޙަސަން 21 ސެޕްޓެންބަރު 2012 އިން ފެށިގެން 1 އޮކްޓޯބަރު 2012 އަށް، 10 ދުވަހުގެ
ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
8032/(J
(
MD-145 ކޯޓު އަމުރުގެ ދަށުން
ބަންދުކުރެވިފައިވާކަން އެނގޭއިރު، އެއަމުރު އިސްތިއުނާފުކޮށްފައިނުވާކަމާއި، ޙުސައިން ޝަބީން ޙަސަންގެ
ފަރާތުން އިސްތިއުނާފުކޮށްފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8305(J/MD-145 ކޯޓު އަމުރަކީ،
ބަޔާންކުރެވިދިޔަ ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
8032/(J
(
MD-145 ކޯޓު އަމުރުގައިވެސް
ބަޔާންކުރައްވާފައިވާ ކުށުގެ ތުހުމަތުގައި އަދި ހަމަ އެއަމުރުގައި ދެކުރައްވަފައިވާ ސަބަބުގެ މައްޗަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި،
އދ ވ މ ކތ ދ
ބަޔާންކ"
0x4
2ދ99ޑ 4ދ 29
ތުހުމަތުކުރެވޭފަގެ
ޙުސައިން ޝަބީން ޙަސަންގެ މައްޗަށް ކުރެވިފައިވާ މި
އެކަށޭނަ
ސަބަބުތަކެއް ފެންނަންއޮތްއިރު، މީސްތަކުންގެ މުދަލާއި، ތަންތަނުގައި ރޯކޮށް ގެއްލުންދިނުންފަދަ ކުށްތަކަކީ
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/289
އެފަދަ ކުށްތަކުގެ ސަބަބުން އެތަށް ބައެއްގެ ޙައްޤުތައް ގެއްލި، މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ
ޒާތުގެ ބޮޑެތި ކުށްތައްކަމުގައި ފާހަގަކުރެވޭ ކުށްތަކެއްކަމުން، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/8305(J
(
MD-145 ކޯޓު އަމުރުގައި، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި، ހިތަދޫ ރޯޝަނީގެ، ޙުސައިން ޝަބީން ޙަސަން، 2012 އޮކްޓޯބަރ 01 ވަނަ
ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަ މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނެވެ.
.ޑ 8 އ ދވ
,ރެއްކަމަށް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެގޮތަށް
ހުރުމާއެކު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/8305(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv