ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/245 ޤަޟިއްޔާގެ ޙުކުމް
ފަނޑިޔާރު ޢަލީ ސަމީރު ވެހިރާއްޖޭގެ
1
2{1/HC-A/245
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم تا مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 245/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސުންޖިން އިންޖިނިއަރިންގ (އެމް) އެސްޑީއެން.ބީއެޗްޑީ * ރަޖިސްޓްރޭޝަން ނަންބަރު:M
612151
ބިލްޑިންގ، ޓޯއަރ، ޕެޔޮހް، ނޯތް ބްލޮކް 2602079، މެލޭޝިޔާ
މިހާރުގެ އެޑްރެސް: އެވޮން ގާރޑް ލޯޔަރޒް، ހ. މިއަލަނި
އިސްތިއުނާފު ރައްދުވި ފަރާތް:
* ޕާސްޕޯޓް ނަންބަރު: JR3142715
އެޑްރެސް: 03-301 ހައުން ޑައި އެޕާރޓްމަންޓް، ބޮރާރީ ޖީ ހެއުންގ ޔޫބީ ޔޮންގް، ސައުތް ކޮރެއާ
ދާއިމީ
އެޑްރެސް: ޖޭޓީސީ
* ހުށަހެޅުނު ތާރީޚް: 07 ސެޕްޓެމްބަރ 2010
ނިމުނު ތާރީޚް: 17 ސެޕްޓެމްބަރ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު:2010/MC/49
* ކޯޓު: މަދަނީ ކޯޓު
*ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ތާރީޚް: 31 އޯގަސްޓް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
0
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{10/HC-A/245
ޤަޟިއްޔާ ނިމުނު
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި،
ދަޢުވާ ރައްދުވާ ފަރާތަކީ ސީއޯ ޖައި ހޯ (ޕާސްޕޯޓް ނަންބަރު
JR3142715, ސައުތު ކޮރެޔާ) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1- މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 2008/MC/410 ޤަޟިއްޔާއިން ސީއޯ ޖައި
ހޯ | ސައުތު ކޮރެއާގެ ޕާސްޕޯޓް ނަންބަރު JR3142715 ކުރި ދަޢުވާއަކީ މަދަނީ ކޯޓުގެ އިޙްތިޞާޞްގެ
ތެރޭގައި ހިމެނިގެންވާ ކަމެއް ނޫންކަމުގައި މަދަނީ ކޯޓުން ޙުކުމްކުރެއްވުމުން، އެމައްސަލަ
02 2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2{10/HC-A/245
ޤަޟިއްޔާ ނިމުނު "
کیم محترمب
07492
އަޑުއެހުން
410/MC/2008
ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2009 ޤަޟިއްޔާގައި،
ބޭއްވުމަށްފަހު، އެމައްސަލައަކީ ޝަރުޢީ ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ކުރި ދަޢުވާ އަލުން ހުށަހެޅުމުގެ ގޮތުން، ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ)
އެސް.ޑީ.އެން.ބީ.އެޗް.ޑީ (Sun Jin Engineering
(
M
)
SDN BHD) ގެ ވަޒީފާއިން ސީ އޯ ޖައި
ހޯ ވަކިކުރުމާއި ގުޅިގެން ސީ އޯ ޖައި ހޯ އަށް ލިބެންޖެހޭ 67,430.00$USD (ފަސްދޮޅަސް ހަތްހާސް
ހަތަރުސަތޭކަ ތިރީސް ޔޫ.އެސް ޑޮލަރ) ވަގުތުން ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ)
އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ ފަރާތުން ހޯދުމަށް އެދި، ސީ އައި ޖައި ހޯގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއް ކަމާއި،
oooo
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ...ދަޢުވާގެ އަސްލު ބިނާކޮށްފައިވާ ލެޓަރ އޮފް
އެމްޕަވަރމަންޓް (05 ޑިސެމްބަރ 2006) އާއި އެޕޮއިންޓްމެންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓް
(10 މެއި 2007) އަކީ ދަޢުވާކުރާ ފަރާތުން ނުވަތަ އެނޫންވެ
ހުންވެސް ފަރާތަކުން ހަދާފައިވާ ނުވަތަ
ޕޯޖުކޮށްފައިވާ ލިޔުމެއްކަމުގައި ބުނެ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީގެ
ފަރާތުން ދަޢުވާއަށް އިންކާރުކޮށްފައިވާކަން އެނގޭކަމާއި،
2 /
މިޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާއަކީ ސީއޯ ޖައި ހޯއަށް ދޫކޮށްފައިވާ ލެޓަރ އޮފް
އެޕޮއިންޓްމަންޓްގެ މައްޗަށާއި އެޕޮއިންޓްމަންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓްގެ މައްޗަށް
ބިނާކޮށް، އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ހޯދުމަށާއި، މާލޭގައި ހުރުމުގެ ޚަރަދުގެ ފައިސާއާއެކު
ޖުމްލަ 67,430.00$USD (ފަސްދޮޅަސް ހަތްހާސް ހަތަރު ސަތޭކަ ތިރީސް ޔޫ.އެސް.ޑޮލަރ) ހޯދުމަ
އެދި ކޮށްފައިވާ ދަޢުވާއެއްކަމުގައިވާއިރު، އަދި ސީ އޯ ޖައި ހޯއަކީ ސުންޖިން އިންޖިނިއަރިންގ (މެލޭސީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮ
2{10/HC-A/245
و مری
=32
އެސް.ޑީ.އެން.ބީ.އެޗް.ޑީގެ މުވައްޒަފެއް ނޫންކަމުގައިބުނެ، ދަޢުވާގައި ބަޔާންކޮށްފައިވާ ލެޓަރ އޮފް
އެޕޮއިންޓްމަންޓް އާއި އެޕޮއިންޓްމަންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓްގެ ޞައްޙަކަމާމެދު
ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗްޑީ ގެ ފަރާތުން ސުވާލު އުފައްދާފައިވާހިނދު،
ބަޔާންކުރެވުނު ލެޓަރ އޮފް އެޕޮއިންޓްމަންޓް ލެޓަރ އެންޑް ޓަރާންސްފަރ ރިކުއެސްޓްސް ޞައްޙަ މަގުން
ދީފައިވާ ދެލިޔުންކަން ނުވަތަ ނޫންކަމަށް ބަލާއިރު،
2 ބ 22
2009/HC-A/37
**
0
2cވ
0 04 x 0
ދިވެހިރާއްޖެ
ޚާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 22/SC
-
A/2009
ޤަޟިއްޔާއަށާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބެލުމުން، ދަޢުވާގައި
ބަޔާންކޮށްފައިވާ ލެޓަރ އޮފް އެޕޮއިންޓްމަންޓްއާއި އެޕޮއިންޓްމަންޓް ލެޓަރ އެންޑް ޓްރާންސްފަރ
ރިކުއެސްޓްއަކީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ތަމްޘީލުކުރުމަށް އެއިރު
ދިވެހިރާއްޖޭގައި ހުރި ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ
މެނޭޖަރ ހުވަންގ ޖައިދޫ (Hwang Jae Woo) ސޮއިކޮށްފައިވާ ލިޔުންތަކެއްކަމާއި، އެލިޔުންތަކުގައި
ހުވަން ޖައިވުގެ ފަރާތުން ސޮއިކޮށްފައިވަނީ، ސުނޭޖިން އިންޖިނިއަރިންގ (މެލޭޝިޔާ)
އެސް.ޑީ.އެން.ބީ.އެޗް.ޑީ އިން އެކުންފުނީގެ ފަރާތުން މުޢާމަލާތްކުރުމާއި އެއްބަސްވުންތައްވުމުގެ ބާރު
ހުވަންގ ޖައިވް އަށް ދީފައިވަނިކޮށްކަން އެނގެން އޮތަތީ،
در ملاع
ސީ އޯ ޖައި ހޯ އަށް ދޫކޮށްފައިވާ ލެޓަރ އޮފް އެޕޮއިންޓްމަންޓްގެ 03 ވަނަ މާއްދާގައި
ވާފަދައިން ޖެނުއަރީ 2008 ގެ މުސާރައަށްވާ USD6,250.00 (ހަހާސް ދުއިސައްތަ ފަންސާސް
ޔޫ.އެސް ޑޮލަރ) އާއި، ލެޓަރ އޮފް އެޕޮއިންޓްމަންޓްގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން
ނޯޓިސްއަކާއި ނުލައި، ކުންފުނިން ބޭނުންވެގެން ވަޒީފާއިން ވަކި ކޮށްފައިވާތީ، 03 (ތިނެއް) މަސްދުވަހުގެ
މުސާރައަށްވާ 18,750.00$USD (އަށާރަހާސް ހަތްސަތޭކަ ފަންސާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: M16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{10/HC-A/245
5 ޤަޟިއްޔާ ނިމުނު ގޮ
مری
މަސައްކަތް ނިމުމުން އަނބުރާ ސައުތު ކޮރެއާއަށް ދިއުމުގެ ޚަރަދަށްވާ 1,310.00$US (އެއްހާސް
ތިންސަތޭކަ ދިހައެއް ޔޫ.އެސް.ޑޮލަރު) އާއި، އެޕޮއިންޓްމެންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓްގެ
03 ވަނަ މާއްދާގެ (ސީ)ގައިވާ ފަދައިން، ބެންޔަންޓްރީ ޕްރޮޖެކްޓްއިން ވަކިކޮށްފިނަމަ ނުވަތަ ކުންފުނިން
ވަކިކޮށްފިނަމަ، ޕްރޮޖެކްޓް މެނޭޖަރ ކަމުގެ ޒިންމާ ހަވާލުކުރި ދުވަހުން ފެށިގެން އެކަމުން ދުރުކުރި ދުވަހާއި
ހަމައަށް ހިނގާ މުއްދަތަށް އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާގެ އިތުރުން، ކޮންމެ މަހަކު
US
$
5,000.00 (ފަސްހާސް ޔޫ.އެސް ޑޮލަރު) މަގުން (އަށެއް) މަސްދުވަހަށްވާ
ގެ
08
US
$
40,000.00 (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) އާއެކު 66,310.00$US (ފަސްދޮޅަސް ހަހާސް
ތިންސަތޭކަ ދިހައެއް ޔޫ.އެސް ޑޮލަރު) ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ
ފަރާތުން ސީ އޯ އައި ހޯ އަށް ލިބިދޭންޖެހޭނެ ކަމުގައާއި،
01 ފެބްރުއަރީ 2008 އިން ފެށިގެން މައްސަލަ ފުރަތަމަ ހުށަހެޅި ދުވަހާއި ހަމައަށް
މާލޭގައި ހުރުމުގެ ޚަރަދަށްވާ ފައިސާ ހޯދުމަށްއެދި ސީ އޯ އައި ހޯ ގެ ފަރާތުން ހުށަހަޅާފައިވާއިރު، އެއީ
ކުރެވިފައިވާ ޚަރަދެއްކަން ދައްކުވައިދޭ އެއްވެސް ލިޔެކިޔުމެއް ސީ އޯ ޖައި ހޯގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައި ނެތަތީ، ސީ އޯ ޖައި ހޯ މާލޭގައި ހުރުމުގެ ޚަރަދަށް ދިޔަކަމަށް ބުނާ ފައިސާއަކީ ނަގައިދެވޭނެ
ފައިސާއެއްނޫންކަމަށް ކަނޑައަޅުއްވައި،
4 22
ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ ފަރާތުން ސީ އޯ
ޖައި ހޯ އަށް 66,310.00$US (ފަސްދޮޅަސް ހަހާސް ތިންސަތޭކަ ދިހައެއް ޔޫ.އެސް ޑޮލަރު)
ރައްދުކުރުމުގެ ގޮތުން، 31 އޯގަސްޓް 2010 ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި،
ކޮންމެ މަހަކު އެމަހަކަށް ޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މަދަނީ ކޯޓަށް ދައްކާ ޚަލާސްކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2{10/HC-A/245
ޤަޟިއްޔާ ނިމުނު "
ދެލި
ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ އަށް އަންގަވައިކަން އެނގެން
އޮންނަކަމެވެ.
3- މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސުންޖިން
އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީގެ ފަރާތުން މައިގަނޑު 7 (ހަތެއް) ނުކުތާއެއް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
4 22
)
OXO
ޏ x
2 ބ 2
OOOO
(ހ) ފުރަތަމަ ނުކުތާއަކީ މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 ޤަޟިއްޔާއިން ސީ
އޯ ޖައި ހޯ އަށް ކޮށްފައިވާ ދަޢުވާއަށް އޭނާއަށް ބަދަލުދީފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 22/SC
-
A/2009 ޤަޟިއްޔާއަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 37/HC
-
A/2009
ޤަޟިއްޔާއަށް ރިޢާޔަތްކޮށް، މިދަޢުވާގެ އަސްލު ބިނާކޮށްފައިވާ ދެލިޔުން ކަމުގައިވާ، ލެޓަރ އޮފް
އެމްޕްލޮއިމެންޓާއި އެޕޮއިންޓްމެންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓަކީ ހުވަންގ ޖައި ވާގެ
ފަރާތުން ސޮއިކޮށްފައިވާ ލިޔުންތަކެއްކަމަށާއި، މިލިޔުންތަކުގައި ހުވަންގ ޖައި ވާ ސޮއިކޮށްފައިވަނީ ސުން
ޖިން އިންޖިނިއަރިންގގެ ފަރާތުން މުޢާމަލާތްކުރުމާއި އެއްބަސްވުންތައް ވުމުގެ ބާރު ހުވަންގ ޖައި ވާ އަށް
ދީފައިވަނިކޮށްކަން އެނގެން އޮތްކަމަށް ބަޔާންކޮށް
ކުށްފައިވީނަމަވެސް، އެތަނުން އެއް ލިޔުމަކީ ސުންޖިންގ ގެ
ފަރާތުން މުޢާމަލާތް ކުރުމާއި، އެއްބަސްވުންތައް ވުމުގެ ބާރު، ހުވާންޖައިޑޫއަށް ލިބިދީފައިވާކަމަށް ސުޕްރީމް
ކޯޓުން ކަނޑައަޅުއްވާފައިވާ މުއްދަތުގެ މާކުރީގެ ތާރީޚެއްގެ ލިޔުމެއްކަން އެނގޭކަމާއި، ހުވަންގ ޖައި ވާ
އަކީ، 03 މެއި 2007 ން ފެށިގެން 22 ޖެނުއަރީ 2008 ނިޔަލަށް ސުންޖިންގެ ފަރާތުން
ދިވެހިރާއްޖޭގައި ހުރި، އެކުންފުނި ތަމްސީލުކުރި އެންމެ އިސް ފަރާތްކަން ސާބިތުވާކަމަށް ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
24 23 22
2{010/HC-A/245
کی مری
ޤަޟިއްޔާ ނިމުނު ގޮ
ސުޕްރީމްކޯޓުގެ ނަންބަރު 22/SC
-
A/2009 ޤަޟިއްޔާގެ 4 ވަނަ ނުކުތާގެ (ނ) އާއި (ރ) އަދި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 37/HC
-
A/2009 ޤަޟިއްޔާގެ 4.2 ވަނަ ނުކުތާގެ ދެވަނަ
ޕެރެގްރާފުގައި ބަޔާކޮށްފައިވާކަމަށާއި، އެދެޤަޟިއްޔާއަށް ބެލުމުންވެސް، ހުވާން ޖައި ޔޫ އަށް ކުންފުނީގެ
ފަރާތުން މުޢާމަލާތުކުރުމަށާ
މަށާއި ކުންފުނީގެ ފަރާތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ސައްހަ ބާރު
3 މެއި 2007 ން ފެށިގެން 22 ޖެނުއަރީ 2008 ގެ ނިޔަލަށްކަން ކަނޑައެޅިގެން އެނގެން
އޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
އe
(ށ) ދެވަނަ ނުކުތާއަކީ: ސުޕްރީމް ކޯޓުގެ ނަންބަރު 22/SC-A/2009 ޤަޟިއްޔާ
ޙުކުމުގައިވާ އެންމެހައި ކަންތައްތަކަކީ މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 މައްސަލައިގައި ގޮތެއް
ނިންމުމަށް ސީދާ ރިޢާޔަތް ކުރެވޭނެ ކަންތައްތަކެއް ނޫންކަމާއި، ސަބަބަކީ އެމައްސަލައިގައި ސުންޖިންގެ
މައްޗަށް ދަޢުވާކޮށްފައިވާ ފަރާތަކީ ކުންފުނިން ބޭރުގެ ތިންވަނަ ފަރާތަކަށްވާއިރު، މިމައްސަލައިގައި
ހަވާލާދެވިފައިވާ ސީ އޯ ޖައި ހޯ އަކީ ކުންފުނީގެ މުވައްޒަފަކަށް ވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 22
(ނ) ތިންވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 ޤަޟިއްޔާގެ ޙުކުމް
ބިނާކޮށްފައިވާ ދެލިޔުމުގެ ތެރެއިން އެއް ލިޔުންކަމަށްވާ ލެޓަރ އޮފް އެމްޕްލޮއިމެންޓްގައިވާ ތާރީޚަކީ (5
ޑިސެމްބަރ 2006) ސުޕްރީމް ކޯޓުގެ ނަންބަރު 22/SC
-
A/2009 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު
37/HC
-
A/2009 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ، ހުވާންގ ޖައި ވާ އަށް ކުންފުނީގެ ފަރާތުން
މުޢާމަލާތްކުރުމަށާއި ކުންފުނީގެ ފަރާތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ސައްހަ ބާރު ލިބިފައިވާ
މުއްދަތުގެ (3 މެއި 2007 ން 22 ޖެނުއަރީ 2008) މާކުރީ ތާރީޚެއްކަމަށް ވުމާއެކު، ނަންބަރު
2010/MC/49 ޤަޟިއްޔާގެ ޙުކުމުން، 5 ޑިސެމްބަރ 2006 ތާރީޚުގެ ލެޓަރ އޮފް އެމްޕްލޮއިމަންޓްގެ
3 ވަނަ މާއްދާގެ ދަށުން ސީއޯ ޖައި ރޯ އަށް ދިނުމަށް ސުންޖިން އިންޖިނިއަރިންގ
ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު 1
2{010/HC-A/245
کی مرگی
އަމުރުކޮށްފައިވާ 6250.00$US (ހަހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) އާއި ލެޓަރ އޮފް
އެމްޕްލޮއިމެންޓްގެ 10 ވަނަ މާއްދާގެ ދަށުން ދިނުމަށް އަމުރުކޮށްފައިވާ US18750.00 (އަށާރަހާސް
ހަތްސަތޭކަ ފަންސާސް ޔޫ.އެސް.ޑޮލަރ) އާއި މަސައްކަތް ނިމުމުން އަނބުރާ ސައުތު ކޮރެއާއަށް ދިއުމުގެ
ޚަރަދުކަމަށްވާ 1310.00$US (އެއްހާސް ތިން ސަތޭކަ ދިހަ ޔޫ.އެސް.ޑޮލަރ) އަކީ ޤާނޫނީ ގޮތުން
އެއްވެސް ބުރަދަނެއް ނެތް އަސާސެއްގެ މައްޗަށް ބިނާކޮށް ސުން ދިން އިންޖިނިއަރިންގ ގެ
މައްޗަށްކޮށްފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ މިމައްސަލައިގެ އަސްލު ބިނާކޮށްފައިވާ ދެލިއުމަކީ ވެސް
އެދެލިޔުމުގެ އަސްލާ މެދު ސުން ޖިން އިންޖިނިއަރިންގ ގެ ފަރާތުން އިންކާރުކޮށްފައިވާ
ލިޔުންތަކަށްވާއިރު، އަދި އެލިޔުންތަކަކީ އަޞްލު ލިޔުމެއް ނޫންކަމުގައި ދަޢުވާ ލިބޭ ފަރާތުން
ޝަރީޢަތުގައި ތަކުރާރުކޮށް ދަންނަވާ، އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވަނިކޮށް، އަދި
އެއްބަސްވުމުގެ އަޞްލުކޮޕީ އެފަރާތުން ޝަރީޢަތުން ހޯއްދަވައިދެއްވާ، ދަޢުވާ ލިބޭ ސުން ޖިން
އިންޖިނިއަރިންގ ގެ ޚަރަދުގައި ނަމަވެސް ފޮރެންސިކް ޓެސްޓަކުން، މިކޮޕީގައި ސޮއިކޮށްފައިވާ ތާރީޚު
ބައްލަވައިދެއްވުމަށް ޝަރީޢަތުގެ މަޖިލީހުގައި ދަންނަވާފައިވަނިކޮށް، ދެފަރާތުގެ މެދުގައިވެވިފައިވާ
އެއްބަސްވުންތަކެއްކަމަށް ބަޔާންކޮށް ސީއޯ ޖައި އޯ ގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުންތަކަކީ ޞައްޙަ
އެފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވަނީސް، އަދި އެލިޔުމުގެ އަސްލެއް
ޝަރީޢަތަށް ހުށަހަޅާފައިނުވަނީސް، އެ އެއްބަސްވުމަކީ ދެފަރާތުގެ މެދުގައި ވެވިފައިވާ އަޞްލު
އެއްބަސްވުމެއް ކަމަށް ބައްލަވައި، އެ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމަށް ސުން ޖިން
އިންޖިނިއަރިންގ މައްޗަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
22 ހ 20
22 ހދه
އެއްބަސްވުމެއްކަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
443
9
201{/HC-A/245
ޤަޟިއްޔާ ނިމުނު ގޮ
(ބ) ފަސްވަނަ ނުކުތާއަކީ: ސީއޯ ޖައި ރޯ އަކީ ދަޢުވާ ލިބޭ ސުންޖިން މެލޭޝިއާ
ކުންފުނީގެ މުވައްޒަފެއް ނޫންކަމަށް ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ދަންނަވައި، ސީއޯ ޖައި ހޯ އަކީ
ސުންޖިން ސިންގަޕޯރ ކުންފުނީގެ ފަރާތުން ޢައްޔަންކޮށްފައިވާ ކޮންސްޓްރަކްޝަން މެނޭޖަރކަމާއި،
އޭނާއަކީ ސުންޖިން ސިންގަޕޯރ ކުންފުނީގެ މުވައްޒަފެއްކަން ސާބިތުކޮށްދިމަށްޓަކައި އޭނާގެ ވަޒީފާއާބެހޭ
އެންމެހާ ލިޔެކިޔުންތަކާއި މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާއަށް ދީފައިވަނީ ސުންޖިން ސިންގަޕޯރ
ކުންފުނިންކަން އެނގޭނެ ލިޔެކިޔުންތަކާއި މިނޫންވެސް އެތަކެއް ކިތާބީ ހެކި ހުށަހަޅާފައިވަނިކޮށް،
އެލިޔުންތަކަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅު ނުކުތާ.
ICO
(ޅ) ހަވަނަ ނުކުތާއަކީ، ދަޢުވާކުރި ފަރާތްކަމުގައިވާ ސިއޯ ޖައި ހޯއަކީ ސުންޖިން
ސިންގަޕޫރު ކުންފުނީގެ މުވައްޒަފެއްކަމުގައިވީއިރު، އަދި އޭނައަކީ އެކުންފުނިން ރާއްޖޭގައި
ވަޒީފާއަދާކުރުމަށް ސުންޖިން މެލޭޝިޔާއަށް ދޫކޮށްފައިވާ މުވައްޒަފަކަށްވާއިރު، މިދެކުންފުންޏަކީ ޤާނޫނީ
ގޮތުން މުޅިން ވަކި ދެ ޝަޙްސަކަށްވާ ޤާނޫނީ މަފްޙޫމަށާއި އަދި އެކަމުގެ ޤާނޫނޫ ނަތީޖާތަކަށް
ރިޢާޔަތްނުކުރައްވާ ސިއޯ ޖައި ރޯ އަކީ ސުންޖިން މެލޭޝިޔާގެ މުވައްޒަފެއްކަމުގައި ނިންމަވާފައިވުމާއި،
އަދި މިނިންމެވުން ނިންމެވުމުގައި، އެއް ކުންފުނިން އަނެއް ކުންފުންޏަށް އެކުންފުނީގެ މުއައްޒަފުން
ވީއްލުމުގެ ޤާނޫނީ ނަތީއަކަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައިނުވާކަމަށްބުނެ ހުށަހެޅު ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ޕޯން: 9}3325، ފެކްސް: 36471
5
ދެވެ
2c4 24ދ
އެތޭރޭގައި
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
(ކ) ހަތްވަނަ ނުކުތާއަކީ: ދައުވާ ކުރާފަރާތުން ސުޕްރީޕް ކޯޓުގެ ނަންބަރު
22/SC-A/2009 ޤަޟިއްޔާއަށް ހަވާލާދީފައިވީ ނަމަވެސް، މައްސަލައިގައި ހިމެނޭ ސިއޯ ޖައި ހޯ އާއި
ހަވާލާދެވުނު ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ހިމެނޭ އަޙްމަދު ޝާހިދަކީ ކުންފުނިން ބޭރުގެ ތިންވަނަ
ފަރާތެއް (ތާރޑް ޕާޓީއެއް) ކަމަށާއި، މައްސަލަ ހުށަހަޅާފައިވާ ފަރާތަކީ ކުންފުނީގެ ހިންގުން އެނގޭނެ އަދި
ކުންފުނީގައި މަސައްކަތްކުރާ
އެހެން މީހުންގެ ޒިންމާތައް އެނގޭނެ
ހައިކޯޓް
2{10/HC-A/245
10 ޤަޟިއްޔާ ނިމުނު ގޮ
گمرکی
=32
އެސްޓޮޕެލްއަކީ، ކުންފުނީގެ އެތެރޭގެ ހިންގުން ނޭނގޭ ބޭރުގެ ފަރާތަކަށް ކުންފުނީގެ އެތެރޭގައި ހިނގާ
ޤާނޫނީ ބާރުނެތް ކަންކަމުން ރައްކާތެރިކޮށްދިނުމަށްޓަކައި ގެންގުޅޭނެ ޤާނޫނީ ޢުޞޫލެއްކަމަށް ވާއިރު
މިދެފަރާތުގެ ޤާނޫނީ ހައިސިއްޔަތުން ތަފާތުވުމާއެކު ހަވާލާދެވުނު ސުޕްރީމްކޯޓުގެ ޙުކުމް ސީދާ
މިމައްސަލައަށް އެޕްލައިނުކުރެވޭނެކަމަށް ދަޢުވާލިބޭ ފަރާތުން ބަޔާންކޮށްފައިވާވުމަށް ޝަރީޢަތުން
ރިޢާޔަތްކުރައްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ
4
މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅޭ ގޮތުން ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު
2010/MC/49 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: 15 އޯގަސްޓް 2006 އިން ފެށިގެން ކަނޑޫމާ ރިސޯޓުގައި
ހިންގާފައިވާ ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ސައުތު ކޮރެޔާގެ
ރައްޔިތެއްކަމުގައިވާ ހުވަންގ ޖައި ވާ ކަމާއި، އޭނާއަކީ ދިވެހިރާއްޖޭގައި ސުންޖިންގ އިންޖިނިއަރިންގ
ތަމްސީލުކުރާ އެންމެ އިސް ފަރާތްކަމާއި، އޭނާއަށް އެކުންފުނީގެ ފަރާތުން ލިޔުންތަކުގައި ސޮއިކުރުމާއި،
ފައިސާގެ މުޢާމަލާތްތަކާއި އެނޫން އެހެން
މުޢާމަލާތްކުރުމާއި، އެއްބަސް
ބަސްވުންތައް ވުމުގެ ބާރު
ލިބިދީފައިވާކަމަށް ދަލީލުލިބޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 22/SC-A/2009
ޤަޟިއްޔާގެ 4 ވަނަ ނުކުތާގެ (ށ) އާއި (ރ) އަދި، (ބ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
“ދިވެހިންގެ
2010/HC-A/245
کی عمری
ދެވެ
0 2
<< O
11 ޤަޟިއްޔާ ނިމުނު "
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 37/HC
-
A/2009 ޤަޟިއްޔާގެ 4.2
އެކަން އެގޮތަށް އޮތްކަމަށް
ވަނަ ނުކުތާގެ ދެވަނަ ޕެރެގްރާފުގައި ބަޔާކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ހުވާން ޖައި މޫ އަށް ސުންޖިންގ އިންޖިނިއަރިންގ
(މެލޭޝިޔާ)
އެސް.ޑީ.އެން.ބީ.އެޗް.ޑީގެ ފަރާތުން މުޢާމަލާތުކުރުމަށާއި އެކުންފުނީގެ ފަރާތުން ކުރަންޖެހޭ އެހެނިހެން
ކަންކަން ކުރުމުގެ ސައްހަ ބާރު އޮތީ 3 މެއި 2007 ން ފެށިގެން 22 ޖެނުއަރީ 2008 ގެ
ނިޔަލަށްކަމަށް ސުންޖިންގ އިންޖިނިއަރިންގގެ ފަރާތުން ބުނެފައިވުމުން، ސުންޖިންގ އިންޖިނިއަރިންގެ
ފަރާތުން މުޢާމަލާތްކުރުމުގެ ބާރު ހުވާން ޖައި ވާއަށް ލިބިގެންވާކަމަށް ޚުދު ސުންޖިންގ އިންޖިނިއަރިންގ
ގެ ފަރާތުންވެސް ޤަބޫލުކުރާކަން އެނގޭކަމާއި، އެގޮތުން އޭނާއަށް ލިބިދީފައިވާ ބާރުގެ ދަށުން ކޮށްފައިވާ
މުޢާމަލާތްތަކަކީ ބާޠިލް މުޢާމަލާތްތަކެއްކަމަށް ބުނެ، އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާތަކުގައި
ހުށަހެޅިފައިވާ ލިޔުންތައް ނަފީކުރެވޭފަދަ ހުއްޖަތެއް ޤާއިމްކުރެވިފައިނުވާކަން އެނގޭކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު 22/SC
-
A/2009 ޤަޟިއްޔާގެ 4 ވަނަ ނުކުތާގެ (ބ) އިން އެނގޭއިރު، ސީ
އޯ ޖައި ހޯއަށް ވަޒީފާ ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ލެޓަރގެ ދަށުން ކަމާއި، އަދި އޭނާ އަދާކުރަމުން
ދިޔަ ވަޒީފާ ޕްރޮޖެކްޓް މެނޭޖަރަކަށް ބަދަލުކޮށްފައިވަނީ 10 މެއި 2007 އިން ފެށިގެންކަން އެނގޭކަމާއި،
އެމަޤާމަށް އޭނާ ބަދަލުކުރި ލިޔުމުގައި ސޮއިކޮށްފައިވަނީ ހުވާން ޖައިވާކަމާއި، ސި އޯ ޖައި ހޯ، އެމަޤާމަށް
ބަދަލުކުރި ދުވަސްވަރު، ސުންޖިންގގެ ފަރާތުން އެފަދަ ލިޔުންތަކުގައި ސޮއިކުރުމުގެ ބާރު ހުވާން
ޖައިވާއަށް ލިބިދީފައިވާކަން އެނގެން އޮންނަކަމެވެ.
OOX
ތތ
Luo
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ)
ގެ (2) ވަނަ ނަންބަރުގެ ދަށުން ހުވާން ޖައި ލޫ އަކީ ސުންޖިން އިންޖިނިއަރިންގެ ނަމުގައި ލިޔުންތައް
ދޫކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ދިވެހިރާއްޖޭގައި އެކުންފުނި 03 މެއި 2007 ން ފެށިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [831647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ 3
12 ޤަޟިއްޔާ ނިމުނު ގޮ
201{/HC-A/245
و مری
ދެވެ
3
ޖެނުއަރީ 2008 ގެ ނިޔަލަށް ތަމްޞީލުކުރާ އެންމެ އިސްފަރާތުގެ ގޮތުގައި 3 މެއި 2007 ގެ ބޯޑު
ރިޒޮލިއުޝަނުން ކަނޑައަޅުއްވާފައިވާ ފަރާތްކަމާއި، ސުންޖިން އިންޖިނިއަރިންގ ދިވެހިރާއްޖޭގައި ރީ
ރަޖިސްޓްރީ ކުރެވި ޕްރޮޓެކްޓްތައް ހިންގުމުގައި އެކުންފުނީގެ ނަމުގައި ލިޔުންތައް ދޫކުރުމުގެ ބާރާއި
އިޚްތިޔާރު ލިބިފައިވާ އެންމެ އިސްފަރާތަކީ ހުވާންގ ޖައި ވާކަމާއި، ސަރުކާރުގެ އެކި އެކި މިނިސްޓްރީ
ތަކާއި އިދާރާތްތަކާއި އެކު ސުންޖިންގެ ފަރާތުން މުޢާމަލާތް ކޮށްފައިވަނީ އެކުންފުނީގެ ފަރާތުން
އޭނާކަމާއި،
އެގޮތުން 15 އޯގަސްޓް 2006 އިން ފެށިގެން ކަނޑުމާ ޓުއަރިސްޓް ރިޒޯޓް ހެދުމުގެ
މަސައްކަތާއި ހަވާލުވެ ހުރި އެންމެ އިސްފަރާތަކީ މީނާކަމަށާއި، ސުންޖިން އިންޖިނިއަރިންގގެ ފަރާތުން
ދިވެހިރާއްޖޭގައި ދުވަހުން ދުވަހަށް ކުރާ އެކި އެކި މުޢާމަލާތްތައްކޮށް އެކި އެކި ފަރާތްތަކާއި އެކު
އެކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކޮށް، އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ ފައިސާ
އަދާކޮށްފައިވަނީ އޭރު ސުންޖިން އިންޖިނިއަރިންގެ ފަރާތުން ހުވަންގ ޖައި ވާކަމާއި، އެގޮތަށް ކުންފުނި
ތަމްޘީލުކޮށްފައިވަނީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރގެ ހައިޘިއްޔަތުން ހުވާން ޖައި ވާ ކަމާއި، އެކިއެކި
އަމިއްލަ ފަރާތާއި ދިވެހިސަރުކާރާއިއެކު ސުންޖިން އިންޖިނިއަރިންގ ކޮށްފައިވާ ފައިސާގެ މުޢާމަލާތްތަކާއި
އަދި އެނޫންވެސް މުޢާމަލާތްތަކުން ކުންފުނީގެ ފަރާތުން އެކަންކުރުމުގެ ޤާނޫނީ ހައިޘިއްޔަތު ހުވާން ޖައި
ލިބިފައިވާކަން ދަލީލު ލިބޭކަމަށް ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ ނަންބަރު 22/SC
-
A/2009
ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 37/HC
-
A/2009 ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން
އެނގެން އޮންނަކަމާއި،
22 ތތ
ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީގެ ލެޓަރ އޮފް
އެމްޕްލޮއިމެންޓް، ނަންބަރު 1206
/
1205/ADM (05 ޑިސެމްބަރ 2006) އާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/245
می هرکی
އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީގެ ނަންބަރު 001/KAND
/
L
/
SJ
-
JIIS (10 މެއި
2007) ގެ އެޕޮއިންޓްމެންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓް، އެދެސިޓީގައި ހުވާން ޖައި ވާ
ސޮއިކޮށްފައިވަނީ އެކުންފުނި ތަމްޘީލުކުރާ ޕްރޮޖެކްޓު މެނޭޖަރގެ ހައިޘިއްޔަތުން ކަމުގައިވާތީ، އެދެލިއުމަކީ
އޭނާގެ ފަރާތުން އެކަން ކުރުމުގެ ޤާނޫނީ ބާރުލިބިގެން ސޮއިކޮށްފައިވާ ދެލިޔުންކަން އެނގެން އޮންކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސީ އޯ ޖައި އަކީ ސުންޖިން އިންޖިނިއަރިންގ ސިންގަޕޯރގެ
މުވައްޒަފެއްކަމަށާއި، އޭނާއަކީ ސުންޖިން އިންޖިނިއަރިންގ ސިންގަޕޯރ ކުންފުނީގެ ކޮންސްޓްރަކްޝަން
މެނޭޖަރކަމާއި، އޭނާއަކީ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ސުންޖިން މެލޭޝިޔާއަށް ދޫކޮށްފައިވާ
މުވައްޒަފެއްކަމާއި، ސީ އޯ ޖައި ހޯ އާއި ސުންޖިން އިންޖިނިއަރިން އާއި ދެމެދު ވެފައިވާ އެކުންފުނީގެ
ލެޓަރ އޮފް އެމްޕްލޮއިމެންޓް ގައި ނަންބަރު 1206
/
1205/ADM (05 ޑިސެމްބަރ 2006)ގެ އިތުރުން
އެގްރީމެންޓެއްވެފައިވާނެ ކަމަށާއި، މިލިޔުމަކީ ސައްޙަ ލިޔުންތަކެއް ނޫންކަމުގައި ބުނެ އެކަން
ފާހަގަކޮށްފައިވާ ކަމާއި އަދި މިމައްސަލައިގެ އަސްލު އެގްރީމެންޓް ހުށަހަޅަން ދަށުކޯޓުން ފުރުސަތު
ދީފައިނުވާ ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ސުންޖިންގެ ފަރާތުން ބުނެފައި
އޮންނަކަމާއި، އެހެންކަމުން މިލިޔުންތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ސުންޖިން
އިންޖިނިއަރިންއަށް ދީފައިވާކަމާއި، ނަމަވެސް އެފަރާތުން އެލިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު
ފަހަނައަޅައިދިޔަ އިރުވެސް އެލިޔުންތަކުގެ އަސްލު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާކަން އެނގެން
އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ ސީއޯ ޖައި ރޯ އަކީ ދަޢުވާ ލިބޭ ސުންޖިންގ މެލޭޝިއާ
ކުންފުނީގެ މުވައްޒަފެއް ނޫންކަމަށާއި، އޭނައަކީ އެކުންފުނިން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ސުންޖިން
މެލޭޝިޔާއަށް ދޫކޮށްފައިވާ މުވައްޒަފަކަށްވާއިރު، އެދެކުންފުންޏަކީ ޤާނޫނީ ގޮތުން މުޅިން
:
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: M6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4, 2
=32
2{10/HC-A/245
کی مری
ތ4 3
2 ތތ 2 ދ ތތ
މލއފއވނ
ICO
14 ޤަޟިއްޔާ ނިމުނު ގޮ
ޝަޚްސަކަށްވާ ޤާނޫނީ މަފްޙޫމަށާއި އަދި އެކަމުގެ ޤާނޫނީ ނަތީޖާތަކަށް ރިޢާޔަތްނުކުރައް
ސުންޖިންގ ގެ ފަރާތުން ބުނެފައިވާ ނުކުތާއަށް ބަލާއިރު، ސީއޯ ޖައި ރޯ ދިވެހިރާއްޖޭގައި
މަސައްކަތްކޮށްފައިވަނީ ކަނޑޫމާ ޓުއަރިސްޓް ރިޒޯޓް އިމާރާތްކުރުމުގައި ކަމާއި، އޭނާއަށް ވަޒީފާދިން
ފަރާތަކީ ސުންޖިންގ އިންޖިނިއަރިންގކަން އޭނާ ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ނަންބަރު
13087183B ވޯރކް ޕާލިޓަށް ބެލުމުން އެނގޭކަމާއި، ދިވެހިރާއްޖޭއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ
ކުންފުންޏަކުން ރާއްޖޭގައި މަސައްކަތްކުރެވޭނީ، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން
އެކުންފުންޏެއް ދިވެހިރާއްޖޭގައި ރީ-ރަޖިސްޓަރކޮށްގެންކަން
އެނގޭކަމާއި، ދިވެހިރާއްޖޭގައި
ރަޖިސްޓްރީކުރެވިގެން ހިންގާ ކުންފުންޏެއްގެ ޚުވައްޒަކާމެދު ދިމާވާ މައްސަލައެއްގައި، ޒިންމާ
ވަޒީފާދިން ފަރާތުންކަމަށް ބަލަންޖެހޭކަމެވެ.
27 ތ 8
24
22c ހއ
ފިލިން ޖެހެނީ އޭނައަށް
(.) ފަސްވަނަ ކަމަކީސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗްޑީ
(Sun Jin Engineering
(
M
)
SDN BHD) ގެ ލެޓަރ އޮފް އެމްޕްލޮއިމެންޓްގައި (ނަންބަރު
1206
/
1205/ADM) ބުނެފައިވަނީ ސީ އޯ ޖައި ހޯ އަކީ ކަނޑޫމާ ރިސޯޓު ހެދުމުގެ މަސައްކަތުގައި
ކޮންސްޓްރަކްޝަންސް މެނޭޖަރގެ ވަޒީފާ ސީ އޯ ޖައި ހޯއަށް ދީފައިވާކަމާއި، މަހު މުސާރައިގެ ގޮތުގައި
US
$
6,250.00 (ހަހާސް ދުއިސައްތަ ފަންސާސް ޔޫ.އެސް ޑޮލަރު) ލިބޭނެކަމަށާއި ވަޒީފާގެ މުއްދަތަކީ
ވަޒީފާ ދޭ ދުވަހުން ފެށިގެން އެ ޕްރޮޖެކްޓު ނިމެންދެންކަމަށާއި، އެމުއްދަތު ތެރޭގައި އެއްވެސް ސަބަބަކާއި
ހުރެ ވަޒީފާއިން ވަކިކޮށްފިނަމަ 3 (ތިނެއް) މަސްދުވަހުގެ މުސާރަ ލިބިދޭންޖެހޭނެކަމަށާއި، އެލާރި
ދޭންޖެހޭނީ އޭނާ މާލެއިން ފުރުމުގެ ކުރިންކަން ލެޓަރ އޮފް އެޕޮއިންޓްމެންޓުގެ 3 އަދި 4 ވަނަ
ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮ
2{010/HC-A/245
و مری
ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން.ބީ.އެޗް.ޑީގެ ނަންބަރު
-KAND
/
L
/
SJ
001/JHS (10 މެއި 2007) ގެ އެޕޮއިންޓްމެންޓް ލެޓަރ އެންޑް ޓްރާންސްފަރ ރިކުއެސްޓް ގައި
ބެންޔަންޓްރީގެ ޕްރޮޖެކްޓް މެނޭޖަރަކަށް ސީ އޯ ޖައި ހޯ ހަމަޖައްސާފައިވާކަމަށާއި، އެއްވެސް ސަބަބަކާހުރެ
މަސައްކަތް ނުނިމެނީސް އޭނާ ވަޒީފާއިން ވަކިކޮށްފިނަމަ އޭނާއަށް ވަޒީފާ ހަވާލު ކުރި ދުވަހުން ފެށިގެން
ލިބެންވާ އިނާޔަތްތަކުގެ އިތުރުން ކޮންމެ މަހަކު 5,000.00$US (ފަސްހާސް ޔޫ.އެސް ޑޮލަރު)
ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން އެސިޓީގެ 3 ވަނަ ނަންބަރުގެ c (ސީ) އަށް ބެލުމުން އެނގެން
އޮންނަކަމެވެ.
oxo
(ޅ) ހަވަނަ ކަމަކީ: މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ސިއޯ ޖައިއޯގެ ފަރާތުން
ބަދަލުގައި ޢައްޔަންކޮށްފައިވާ މއ. ބްލޫގްރާސް، އަޙްމަދު މުރާދު، ސި އޯ ޖައިރޯގެ ބަދަލުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށް ހަމަޖައްސާފައިވާ ހަމަޖެއްސެވުން ބާޠިލްކޮށް
ދިނުމަށް 10 ޖުލައި 2012 ގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އައްމަދު މުރާދު ފޮނުވި ސިޓީގައި
އެދިފައިވާތީއާއި، އޯ ޖައިހޯގެ އެޑްރެސްކަމަށް އިސްތިއުނާފަށް މައްސަލަ ހުށަހަޅާ ފޯމުގައި
ބަޔާންކޮށްފައިވާ އެޑްރެހަށް މިކޯޓުގެ ނަންބަރު HC
-
B7
/
2012
/
657 ކޯޓަށް ޙާޟިރުވުމުގެ އަމުރު
ފޮނުވުމުން އެއަމުރު އޭނާއަށް ރައްދުކުރެވިފައިނުވާތީ، މިޤަޟިއްޔާ ބަލައި ޙުކުމްކުރެވިފައިވަނީ ސި
ޖައިރޯގެ ޣައިރު ޙާޟިރުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް:
3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{1/HC-A/245
16 ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
07)
ހއ 243
2
1ނކުރވާން
ދެންފަހެ އިސްވެ
ކަންކަން ބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމާއެކު،
މަދަނީ ކޯޓުގެ ނަންބަރު 2010/MC/49 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މީޤްޟިއްޔާގައި އިސްތިއުނާފު ރައްދުވާ ސި އޯ ޖައި
ހޯގެ ޣައިރު ޙާޟިރުގައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv