ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/128 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/128
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަވއްޔާ
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 128/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލިފުތު
ދާއިމީ އެޑްރެސް: އަހިގަސްދޮށުގެ / ޏ. ފުވައްމުލައް
ކާޑް ނަންބަރު: A283144
މިހާރުގެ އެޑްރެސް: އަހިގަސްދޮށުގެ
ހއ 2 ހއ
ޏ. ފުވައްމުލައެ
އައިޑީކާޑް
، އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
* ދާއިމީ އެޑްރެސް: ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
0
• ރަޖިސްޓްރީކުރެވުނު ތާރީޚް:
11 މެއި 2014 ، ނިމުނު ތާރީޚް:20 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/323
ޤަޟިއްޔާ
22
• :ޟިއްޔާގެ ބާވަތް: ގޯއްޗާއި
ނިންމެވި ޖެ: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ތާރީޚް: 07 ޖުލައި 2013 ނިމުނު ތާރީޚް: 25 ޖުލައި 2013
:
ކޮށްވެސް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
هلހި
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/128
ދަޢުވާގެ ޚުލާޞާ
މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/323 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި ޏ. ފުވައްމުލައް : އަހިގަސްދޮށުގެ، ޢަލީފުތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ފާހަގަކުރެވުނު ނުކުތާތައް
02& 0 0
i
OLOO
1- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/323 ޤަޟިއްޔާ އަކީ
ފުވައްމުލަކު އަހިގަސްދޮށުގެ ކިޔާ ބަންޑާރަ ގޯއްޗަށް ފުވައްމުލަކު އަތޮޅު އޮފީހުން ހައްދަވާފައިވާ ޢިމާރާތާއި
ގޯތީގެ ރަޖިސްޓްރީ ހައްދަވާދެއްވިއިރު އެގޯއްޗަށް 5000 އަކަފޫޓްގެ ބިން ހަމަނުވާތީ މި 5000 އަކަފޫޓުގެ
ބިމުން އުނިވާ ބައި ހޯދުމަށްޓަކައި ފުވައްމުލަކު އަހިގަސްދޮށުގެ ޢަލިފުތުގެ ފަރާތުން ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 3
/
2013-R1C/323 ޤަޟިއްޔާގައި ފާހަގަކުރެވުނު ކަންތަކަށާއި، ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 248 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ފުވައްމުލަކު އަހިގަސްދޮށުގެ ކިޔާ ބަންޑާރަ
ގޯތިން ފުވައްމުލަކު ވިޔެސް އަލްމަރުޙޫމާ މަރިޔަމް އަޙްމަދު އަށް ދައުލަތުން ވަކިކޮށްދެއްވި ބަންޑާރަ
ގޯއްޗަށް އަހިގަސްދޮށުގެ ބިމުން ބިން ވަކިކޮށްފައިވަނީ، ދިވެހި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ
ހިޔާވަހިކަން ދިނުމުގެ ސިޔާސަތުގެ ތެރެއިންކަން ފާހަގަވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
هلހި
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/128
އެންމެހައި ހިކިފަސްބިމަކީ ދިވެހި ދައުލަތުގެ ފުރަމާނަ ހިގާ ދައުލަތުގެ މިލްކަކަށްވާ ހިނދު، ފުވައްމުލަކު
އަހިގަސްދޮށުގެ ގޯތީގެ ބިމުން އުނިކޮށްފައިވާ ބިން ފުވައްމުލަކު އަހިގަސްދޮށުގެ ގޯތީގެ ބިމަށް
ރުޖޫޢަކުރުމަށް އަމުރުކުރެވޭނެ ނިޔާއެއް ނެތްކަމަށާއި، ފުވައްމުލަކު އަހިގަސްދޮށުގެ ޢަލިފުތުއަކީ ބަންޑާރަ
ބިމުގެ މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ލިބިފައިވާ މީހަކަށް ނުވާ ހިނދު، ފުވައްމުލަކު އަހިގަސްދޮށުގެ
ޢަލިފުތު މިޤަޟިއްޔާގައި ކުރާ ދައުވާއަކީ އޭނާއަށް ދައުވާކުރުމުގެ ޙައްޤު ލިބިގެންވާ ދަޢުވާއެއްނޫންކަމަށް
ކަޑައަޅައިފީމެވެ. " މިފަދައިންކަން އެނގެން އޮވެއެވެ.
2- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/323 ޤަޟިއްޔާ،
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދެއްވުން އެދި 7ޏ. ފުވައްމުލައް : އަހިގަސްދޮށުގެ، ޢަލިފުތުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 01 (އެކެއް) ނުކުތާ ހުށަހަޅައި އެކަންކަމާއިބެހޭ ގޮތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެނުކުތާ އަކީ، ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 2
/
82-R1C/70 ޤަޟިއްޔާގެ
ދަށުން އަލިފުތަށް ލިޔެދެއްވާފައިވާ ހިބަ ފަތަށް ބަލާއިރު ޏ. ފުވައްމުލަކު އަހިގަސްދޮށުގެ އިން
ޢަލިފުތުއަށް ލިބިފައިވަނީ 5000 އަކަފޫޓު ކަން އެނގެން އޮތްއިރު މިންވަރަށް
ޏ. ފުވައްމުލަކު
އަހިގަސްދޮށުގެ ޢަލިފުތުއަށް ބިން ލިބިފައިނުވާކަމަށް ދެންނެވުމުން އެ މިންވަރަށް ބިން
ހޯދުމަށް ދަޢްވާކުރުމުގެ ޙައްޤު ޏ. ފުވައްމުލަކު އަހިގަސްދޮށުގެ ޢަލިފުތުއަށް ލިބިގެންނުވާކަމަށް
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ޑްރިން:22
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
هلހި
2014/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދީފައިވާ ބަޔާން ތަކަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/323 ގެ ޤަޟިއްޔާ
ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓާއި އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކާއި
މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާއި ގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު މިކުރެވޭ މައްސަލައަކީ ފުވައްމުލަކު އަހިގަސްދޮށުގެ
ކިޔާ ބަންޑާރަ ގޯއްޗަށް ފުވައްމުލަކު އަތޮޅު އޮފީހުން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދިންއިރު
އެގޯއްޗަށް 5000 އަކަފޫޓް ބިން ހަމަނުވާތީ އެ 5000 އަކަ ފޫޓް ބިމުން އުނިވާ ބައި ހޯދުމަށް އެދި
ފުވައްމުލަކު އަހިގަސްދޮށުގެ ޢަލިފުތު ގެ ފަރާތުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ މައްޗަށް ހުށަހެޅުމުން
ބެލެވުނު ޤާޟިއްޔާއެއްކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 248 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު
ފުވައްމުލަކު އަހިގަސްދޮށުގެ ކިޔާ ބަންޑާރަ ގޯތިން ފުވައްމުލަކު ވިސެސް އަލްމަރުޙޫމާ މަރިޔަމް އަޙްމަދު
އަށް ދައުލަތުން ވަކިކޮށްދެއްވި ބަންޑާރަ ގޯއްޗަށް އަހިގަސްދޮށުގެ ބިމުން ބިން ވަކިކޮށްފައިވަނީ، ދިވެހި
ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިޔާވަހިކަން ދިނުމުގެ ސިޔާސަތުގެ ތެރެއިންކަމަށް
ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެންމެހައި ހިކިފަސްބިމަކީ ދިވެހި ދައުލަތުގެ
ފުރަމާނަ ހިގާ ދައުލަތުގެ މިލްކަކަށްވާތީ، ފުވައްމުލަކު އަހިގަސްދޮށުގެ ގޯތީގެ ބިމުން އުނިކޮށްފައިވާ ބިން
ފުވައްމުލަކު އަހިގަސްދޮށުގެ ގޯތީގެ ބިމަށް ރުޖޫޢަކުރުމަށް އަމުރު ކުރެވޭނެ ނިޔާއެއް ނެތްކަމަށާއި،
ފުވައްމުލަކު އަހިގަސްދޮށުގެ ޢަލިފުތުއަކީ ބަންޑާރަ ބިމުގެ މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ލިބިފައިވާ
މީހަކަށް ނުވާތީ ،ފުވައްމުލަކު އަހިގަސްދޮށުގެ ޢަލިފުތު ކުރާ ދަޢުވާ އަކީ އޭނާއަށް ދައުވާކުރުމުގެ ޙައްޤު
ލިބިގެންވާ ދަޢުވާއެއްނޫންކަމަށް ކަޑައަޅައި އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
ޒާއިން:22 )
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
هلހި
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/128
(ނ) ދެވަނަ ކަމަކީ، އަލިފުތަށް ޏ. ފުވައްމުލަކު އަހިގަސްދޮށުގެ އެވެ ކިޔުނު ގެއިން
5000 އަކަފޫޓް އެގޭގެ ވެރިފަރާތްކަމަށްވާ އަލްމަރްޙޫމާ މަރްޔަމް އަޙްމަދު ފުވައްމުލަކު ކޯޓުގެ ނަންބަރު
2
/
82-R1C/70 ޤަޟިއްޔާ އިން ހިބަކޮށްދީފައިވާކަމަށް އަލިފުތުގެ ފަރާތުން ބުނެފައިވާއިރު،
ފުވައްމުލަކު ކޯޓުގެ ނަންބަރު 2
/
82-R1C/70 ޤަޟިއްޔާ ގައި ކުރައްވާފައިވާ
އެކެމެ
05)
2 22 22 22
برای کم کر
ބާޠިލްކޮށް އަލުން ބެލުމަށް ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ނަންބަރު 92
/
01/B
/
R1C-21
ޖެނުއަރީ 1992) ގެ ސިޓީން އެންގެވުމާއި ގުޅިގެން އެހިބައިގެ މައްސަލަ އަލުން ފުވައްމުލަކު ކޯޓުގެ
ނަންބަރު 1
/
92-R1C/71 ޤަޟިއްޔާއިން ބެލިފައިވާ ކަމާއި އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ފުވައްމުލަކު އަހިގަސްދޮށުގެއޭ ކިޔާ ރާނާފައިވާގެ އަހިގަސްދޮށުގޭ މަރްޔަމް އަޙްމަދު އޭނާގެ
މިލްކުން ކަނޑައި އޭނާގެ އ.ބ. އުޚުތު، އަހިގަސްދޮށުގެ ފާތިމަތުގެ ޢަލިފުތު (އަހިގަސްދޮށުގެ ޢަލިފުތު)
އަށް ހިބައިންދީ އަހިގަސްދޮށުގެ ޢަލިފުތު އެބަ ބަލައި ޤަބޫލުކޮށްފައިވާތީ މިހިބައިގެ އީޖާބާއި ޤަބޫލާއި
ވުމާއި، ތަޢުލީޤާއި ތަޢުޤީޘެއް ނެތް ހިނދު، މިހިބަ އަކީ ސައްޙަ ހިބައެއް ކަމަށް
ކަނޑައަޅައި، ފުވައްމުލަކު އަހިގަސްދޮށުގެ އަކީ މިއަދުން ފެށިގެން އަހިގަސްދޮށުގޭ ޢަލިފުތުގެ މިލްކު ގެއެއް
ކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިން ކަމަށްވާއިރު ޢަލިފުތު އަށް ހިބައިން ލިބިދީފައިވަނީ ޏ.ފުވައްމުލަކު
އަހިގަސްދޮށުގެ އެވެ ކިޔުނު ގޯތީގައި ރާނާފައިވާގެ ކަން އެޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި، އެގެ
ފިޔަވައި އެގޯތީގައިވާ ނުއުފުލޭ މުދަލުގެ މިލްކުވެރިކަން އަލިފުތުއަށް ލިބިފައިވާކަން އެނގެން ނެތްކަމާއި،
އަދި އެޤަޟިއްޔާ އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައި ނުވާކަން ބަޔާންތަކުން އެނގޭކަމާއި،
އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ފައިޞަލާކުރަނިވި ޙުކުމުގެ ބާރުދެމިއޮތް
އިސްތިޤުރާރުވެފައިވާ ޙުކުމެއްކަން އެނގެއެވެ.
(ނ) ތިންވަނަ ކަމަކީ، ފުވައްމުލަކު ކޯޓުގެ ނަންބަރު 1
/
92-R1C/71 ޤަޟިއްޔާގައި
ޑިއިރާ:22 )
ހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
هلހި
6
2014/HC-A/128
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރައްވާފައިވާ ޙުކުމުގައި އަލިފުތަށް ޏ. ފުވައްމުލައް އަހިގަސްދޮށުގެ އެވެ ކިޔުނު ގޯތިން އަލިފުތައް
އެހިބަ ކޮށްދެއްވުނު އިރު އެގޯތީގައި ރާނާފައިވާ ގެ ފިޔަވައި 5000 އަކަފޫޓް ބިން ހިބައިން ދިނުމަށް
އެޤަޟިއްޔާގައި ކަނޑައަޅުއްވާފައި ނުވާކަން އެނގެން އޮންނަކަމާއި ފުވައްމުލަކު އަހިގަސްދޮށުގެ ބަންޑާރަ
ގޯތިން އުނިވާބައި ކަމަށް ދަޢުވާކުރާ ބަޔަކީ މިހާރު ވިޝެސް ނަމުގައި މަރްޔަމް އަޙްމަދަށް ރަޖިސްޓްރީ
ކުރެވިފައިވާ ބައިކަންވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.
0x4ތ
ہی کرو
އެހެންކަމުން އިސްވެ ބަޔާންކުރެވިދިޔަ ކަންކަން
ހުރުމުން ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/323 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ވަނީ ޤަބޫލުކުރެވިފައެވެ.
ޙުކުމް
323/R1C-3/2013
ދެންފަހެ، އިސްވެ ބަޔާން ކުރެވުނުކަންކަން އެގޮތަށް ހުރުމާއެކު ފުވައްމުލަކު މެޖިސްޓްރޭޓް
ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ޒާއިން:22 )
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
هلހި